ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/67 ޤަޟިއްޔާގެ ޙުކުމް
1
2jj3/HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 67/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑް
އައިޑީ ކާޑު ނަންބަރ 391
/
2008-C
*
ދާއިމީ އެޑްރެސް: ލ.ވެލާލުގެ މާލެ
މިހާރުގެ އެޑްރެސް: ލ.ވެލާލުގެ މާލެ
0
އިސްތިއުނާފު ރައްދުވާ ފަރާތް:
ނަން: ޒިދުނާ ޢަލީ މަނިކު
ކާޑު ނަންބަރ: A051398
ދާއިމީ އެޑްރެސް: މއ.ފޮގެޓް މީނޮޓް/ މާލެ
މިހާރުގެ އެޑްރެސް:މއ.ފޮގެޓް މީނޮޓް/ މާލެ
:
60
2
މ 24
ރެވުނު ތާރީޚް: 09 ރަބީއުލްއާޚިރު 1434
19 ފެބްރުވަރީ 2013
1 ނިމުނު ތާރީޚް: 21 މުޙައްރަމް 1435
25 ނޮވެމްބަރު 2013
• އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2011/VTR/180
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް:ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް2011-12-26 ނިމުނު ތާރީޚް: 22 ޖުލައި 2012
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރުން ޢައްބާސް ޝަރީފް
ޢަޤީގރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2013/HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
CCCO
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2011/VTR/180 މައްސަލަ ނިމިފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން އެ އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކުރި މި އިސްތިއުނާފު ރައްދުވާ ފަރާތަކީ،
ފޮގެޓް ނޮޓް/ ޒިދުނާ ޢަލީ މަނިކު (ދ.ރ.ކާޑް ނަންބަރު:.A051398 ) އެވެ.
ހއ.ފަ23
0
ފާހަގަކުރެވުނު ނުކުތާތައް:
180TR/2011
OX
01- އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، މއ.ފޮގެޓް މީ ނޮޓް/ ޒިދުނާ ޢަލީ
މަނިކު، ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑް ގެ ކޭކު ޑެކަރޭޓަރ އެއްގެ ވަޒީފާގައި އުޅެމުން ދަނިކޮށް،
2011 އޮކްޓޯބަރ 20 ގައި ވަޒީފާއާއި ބެހޭ ޤާނޫނާއި ޚިލާފަށް އޭނާ އެ ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ
އެމައްސަލަ ބައްލަވައި ދެއްވުން އެދި ޒިދުނާ ޢަލީ މަނިކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން
ބައްލަވާފައިވާ މައްސަލައެއްކަމާއި، އެމައްސަލާގައި ޒިދުނާ ޢަލީ މަނިކު އެދިފައިވަނީ، ޤާނޫނާއި ޤަވާޢިދާއި
ޚިލާފަށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، ނޯޓިސްގެ ފައިސާ
ނަގައިދެވޭނަމަ އެފައިސާވެސް ނަންގަވައި ދެއްވުމަށްކަން އެނގެން އޮންނަކަމާއި،
އެމައްސަލަ ބައްލަވައި ނިންމާފައިވާ ނިންމުމުގައި، ޒިދުނާ ޢަލީ މަނިކު ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ
މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަދަލުގެ
ގޮތުގައި 24,000.00 (ސައުވީސްހާސް) ރުފިޔާ، 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުން
ފެށިގެން 07 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޒިދުނާ ޢަލީ މަނިކަށް ދިނުމަށް ފަހު، އެކަން ވަޒީފާއާ
ރާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/67
ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑަށް އަންގައި
އަމުރުކޮށްފައިވާކަން އެމައްސަލަ ނިންމިގޮތުގެ ރިޕޯޓުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ފަދައިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2011/VTR/180 މައްސަލަ ނިންމުމުން، އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ބޭކާރސް ފެންޓަސީ ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން އިސްތިއުނާފު ކުރަމުން ދެނުކުތާއެއް ފާހަގަކޮށް އެ ދެނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
* ފުރަތަމަ ނުކުތާއަކީ، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިނުވާ ބަދަލެއް، ޤާނޫނީ ހަމަތަކާއި
އުޞޫލުތަކާއި ޚިލާފަށް ނަންގަވައި ދެއްވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި އޭނާގެ އިހުމާލު
އޮތްކަން މަދަނީ މިންގަނޑުތަކުން ސާބިތުވާން އޮތްހިނދު އެކަމަށް ރިޢާޔަތް ނުކުރައްވައި، މައްސަލަ
ނިންމަވާފައިވުމުން ވަޒީފާދިން ފަރާތުގެ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
03- ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2011/VTR/180 މައްސަލަ އަށާއި، ބޭކާރސް
ފެންޓަސީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ދެފަރާތުން، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑް ގެ ކޭކު ޑެކަރޭޓަރ ގެ
ވަޒީފާއިން ޒިދުނާ ޢަލީ މަނިކު ވަކިކޮށްފައިވަނީ އޭނާގެ މަސައްކަތުގެ އަޚްލާޤު ދައްވުމުން އެކަން
އިޞްލާޙްކުރުމަށް ފުރުސަތު ދިނުމަށްފަހު، އިޞްލާޙް ނުވުމުން ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ
ދަށުންކަމަށް ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި
ފާހަގަކޮށްފައިވާކަމާއި، އަދި ޒިދުނާ ޢަލީ މަނިކު ގެ ޢަމަލުތައް ހުރިގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުންވެސް އޭނާ ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާކަމަށް އެކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވާ
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެއްބަ_7ޑ0
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/67
برف و سرما می
،ޑީ 8ށން
އެނގެން އޮންނައިރު، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި 28 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން، އެޤާނޫނާއި އެއްގޮތަށްކަމާއި، އަދި
މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ސާބިތުކޮށްދިނުމަކީ ވަޒީފާދޭ
ފަރާތުގެ ޒިންމާއެއްކަން އެޤާނޫނުގެ 27 ވަނަ މާއްދާގައި ކަނޑައަޅާ ބަޔާންކޮށްފައިވާއިރު، އިސްވެ
ބަޔާންކުރެވުނު ވަޒީފާއިން ޒިދުނާ ޢަލީ މަނިކު ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ ކޮން މާއްދާއެއްގެ
ދަށުންކަމެއް އޭނާ ވަޒީފާއިން ވަކިކުރިކަން އެންގުމުގެ ގޮތުން ބޭކާރސް ފެންޓަސީން ދޫކޮށްފައިވާ ނަންބަރު:
2011
/
020/FAN
/
HR (20 އޮކްޓޯބަރ 2011) ގެ ލިޔުމުން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
(ށ) ދެވަނަ ކަމަކީ: ޒިދުނާ ޢަލީ މަނިކު ވަޒީފާއިން ވަކިކޮށް، ބޭކާރސް ފެންޓަސީން
ދޫކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ލިޔުމުގައިވާ ޢިބާރާތަށް ބަލާއިރު، ޒިދުނާ ޢަލީ މަނިކު ގެ މަސައްކަތުގެ
އަޚްލާޤް ދައްވުމުން އެކަން އިޞްލާޙްކުރުމަށް ފުރުޞަތުދެވި އިޞްލާޙް ނުވުމުން، އެވަޒީފާއިން އޭނާ
ވަކިކޮށްފައިވާކަން ދޭހަވާގޮތަށް އެލިޔުން ޢިބާރާތްކޮށްފައިވާކަމާއި، އެކަން އެގޮތަށް ހިނގާފައިވާނަމަ ވަޒީފާއާބެހޭ
ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ އެޤާނޫނު ހުއްދަކުރާ ކަމެއްކަމާއި،
ނަމަވެސް މިފަދަ ޙާލަތުގައި، އެމުވައްޒަފަކާމެދު އެޅުނު އިޞްލާޙީ ފިޔަވަޅުތަކާއި، އިޞްލާޙްވުމަށް ފުރުޞަތު
ދެވުނު ގޮތާއި މިފަދަ ކަންތައްތައް ޤާނޫނީ އިމުގެ ތެރެއިން ފުރިހަމަ ކުރެވިފައިވާކަން ސާބިތުކޮށްދިނުމަކީ
ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމާއި، އަދި އިޞްލާޙީ ފިޔަވަޅު އަޅަންޖެހޭ ވަކި އުޞޫލުތަކެއް ވަޒީފާއާބެހޭ
ޤާނޫނުގައި ބަޔާންކޮށްފައި ނުވިނަމަވެސް، އެފަދަ އުޞޫލުތަކެއް ކަނޑައެޅުމަކީ ވަޒީފާދޭ ފަރާތެއްގެ
ޒިންމާއެއްކަމާއި، ވަޒީފާ އަދާކުރާ ފަރާތާއި ވަޒީފާ ދޭފަރާތާއި ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުމުގައި
އެއުޞޫލުތައް ކަނޑައެޅި ބަޔާންވެފައި އޮތުން މުހިންމުކަން ވަޒީފާއާއި ބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއިން
ސާފުކޮށް އެނގެން އޮންނައިރު، ޒިދުނާ ޢަލީ މަނިކާއި ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު
ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ބުނާފަދަ އެއްބަސްވުމެއް ވެވިފައި ނެތްކަން ދެފަރާތުގެ
އެނގޭކަމާއި، އަދި ނެތްކަމުގައި ވިޔަސް، މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު
0 09/
یک رس
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
هނާއަށް
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/67
ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުތައް ބަޔާންކޮށް އެކަން ލިޔުމުން މުވައްޒަފުންނަށް އެންގިފައިވާކަން
ސާބިތުކޮށްދިނުމަކީވެސް ވަޒީފާ ދިންފަރާތުން އުފުލަންޖެހޭ ބުރައެއްކަމުން، ޒިދުނާ ޢަލީ މަނިކާ މެދު އިޞްލާޙީ
ފިޔަވަޅު އަޅާފައިވާގޮތަކީ އެކަށީގެންވާ ގޮތެއްކަން ސާބިތުކޮށްދިނުމަކީ ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑް
ގެ ޒިންމާއެއްކަމާއި،
ޒިދުނާ ޢަލީ މަނިކަށް ތަކުރާރުކޮށް އަނގަބަހުން ނަޞޭޙަތް ދެވިފައިވާކަމާއި، އަދި އެގޮތުން
އިޞްލާޙް ނުވުމުން ލިޔުމުން އިންޒާރު ދެވިފައިވާކަމަށް ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
ބުނެފައިވާއިރު، ލިޔުމުންދީފައިވާ އިންޒާރު ފިޔަވައި، އޭނާއާ މެދު އެހެން އިޞްލާޙީ ފިޔަވަޅެއް
އެޅުނުކަން ދަލީލުކޮށްދޭ އެއްވެސް ލިޔުމެއް ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، މުވައްޒަފަކަށް އަނގަބަހުން ދެވޭ ނަސޭހަތަކީ މުވައްޒަފަކަށް އެކަން
އެންގުނުކަން އެނގޭފަދަ ގޮތަކަށް އެކަމުގެ ރެކޯޑް ބެލެހެއްޓެންޖެހޭފަދަ ކަމެއްކަމާއި، މުވައްޒަފަކަށް ނަޞޭޙަތް
ދިނުން އެއީ އެމުވައްޒަފަކާމެދު އެޅޭ އިޞްލާޙީ ފިޔަވަޅެއްގެ ގޮތުގައި
ވަޒީފާއާބެހޭ ޤާނޫނުގެ 19
ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި މުވައްޒަފަކަށް ދެވޭ ނަޞޭޙަތުގެ މައްޗަށް ބުރަވެވޭއިރު، ނަޞޭޙަތް ދިނުމުގައި ހަރުދަނާ
އުޞޫލެއް ގެންގުޅުމަކީ ވަޒީފާދޭ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އަނގަބަހުން ނަޞޭޙަތް ދިނުމުގައި އެފަދަ
ހަރުދަނާ އުޞޫލެއް ޤާއިމުކުރެވިފައިނުވާނަމަ، މުވައްޒަފެއް ގާތުގައި ކަމެއް ރަނގަޅުކުރުމަށް އަނގަބަހުން
ބުނެލާ ބުނުމަކީ ދެވުނު ނަސޭހަތެއްގެ ގޮތުގައި ވަޒީފާދޭ ފަރާތުން ބެލުމަށް ފުރުޞަތު
އޮންނާނެކަމާއި، ނަމަވެސް އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާ، އަދި 21 ވަނަ މާއްދާގެ
މަޤްޞަދަށްޓަކައި މުވައްޒަފަކަށް ނަޞޭޙަތްތެރިވެވެނުކަމަށް ބުނެ ދެއްކިދާނެ ޙުއްޖަތެއްކަމަށް ބެލެވޭނެ ހަމައެއް
/00ނ
ނޫންކަން ފާހަގަކުރެވެއެވެ
3/2
مرک
(ނ) ތިންވަނަ ކަމަކީ: ޒިދުނާ ޢަލީ މަނިކު ވަޒީފާއިން ވަކިކުރުމުގައި
ފެނިފައިވާ އަޚްލާޤީ މައްސަލަތަކާއި، ކުންފުނީގެ ޕޮލިސީއާއި ޚިލާފު ވުމުގެ މައްސަލަތައް ހިމެނޭކަމަށް ބޭކާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/67
شرم
UCOLA
ފެންޓަސީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެ އެކަން ފާހަގަކޮށްފައިވާއިރު، އެފަދަ އެއްވެސް ކަމެއް
ހިނގާފައިވާ ކަމާމެދު ޒިދުނާ ޢަލީ މަނިކު އިންކާރު ކޮށްފައިވާކަމާއި، އަދި އެފަދަކަންކަން ޒިދުނާ ޢަލީ މަނިކު
ގެ ފަރާތުން ފެނިފައިވާކަން ސާބިތުކޮށްދިނުމަށްޓަކައި ބޭކާރސް ފެންޓަސީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
އެފަދަ ކަމެއް ސާބިތުވާފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވުމުން ޒިދުނާ ޢަލީ މަނިކު ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާއި އެއްގޮތަކަން ބޭކާރ
ފެންޓަސީ ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
(ރ) ހަތަރުވަނަ ކަމަކީ: ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަން ސާބިތުވާ
ޙާލަތުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އެމީހަކަށް ޙައްލެއް ހޯދައިދޭންޖެހޭކަމާއި، އެގޮތުން
ޒިދުނާ ޢަލީ މަނިކަށް އަނބުރާ ވަޒީފާ ދިނުމަށް އަމުރުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ބެލިއިރު،
އޭނާ ވަޒީފާ އަދާކުރި ތަނުގެ މަސައްކަތް ހުއްޓާލައި އެތަން ބަންދުކޮށްފައިވާތީއާއި، ޒިދުނާ ޢަލީ މަނިކު
އެދިފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، ގެއްލުމުގެ ބަދަލު ހޯދައިދެއްވުމަށްކަން
އެނގެން އޮންނާތީ، އެނުކުތާއަށް ރިޢާޔަތްކުރައްވާ އަދި ޒިދުނާ ޢަލީ މަނިކު ވަޒީފާ އަދާކޮށްފައިވާ މުއްދަތަށް
ރިޢާޔަތްކުރައްވައި، އޭނާ
އޭނާއަށް ދެމަސް ދުވަހުގެ މުސާރަ އަށްވާ ފައިސާ ދިނުމަށް އަމުރުކުރުމަށް ވަޒީފާއާ ބެހޭ
ޓްރައިބިއުނަލްގެ ނަންބަރު:2011/VTR/180 މައްސަލާގައި ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ޚިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތްކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް
އެފަދައިން ހުރުމާއެކު، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވަނީ،
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2011/VTR/180 މައްސަލަ ބައްލަވައި ނިންމަވާފައިވާ ނިންމެވުމަށް
CCC
6 8 2
.ވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/67
• ޙުކުމް:
އޭނާ އެވަޒީފާއިން
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތަކަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ބޭކާރސް ފެންޓަސީ ޕވޓ.ލޓޑ ގައި ކޭކް
ޑެކަރޭޓަރ އެއްގެ މަޤާމުގައި މއ.ފޮގެޓް މީ ނޮޓް ޒިދުނާ ޢަލީ މަނިކު އުޅެމުންދަނިކޮށް،
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަން ސާބިތުވާކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2011/VTR/180 މައްސަލާގައި ކަނޑައަޅުއްވައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް
ރިޢާޔަތްކުރައްވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެމަހުގެ މުސާރައަށް ވާ -/000'24ރ.(ސައުވީސްހާސް ރުފިޔާ)
2012 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކީ
އެއްފަހަރާ ޒިދުނާ ޢަލީ މަނިކަށް ދިނުމަށާއި، އަދި އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް
އަމުރުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ބެވި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv