ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/22 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 22/HC
-
A/2011
، އިސްތިއުނާފުކުރި ފަރާތް:
* ނަން: ބިލެތްފަހި ޒުވާނުންގެ ޖަމިއްޔާ
ރަޖިސްޓްރީ ނަންބަރު: 2/92
އެޑްރެސް:
ބިލެތްފަހި ލައިޓް ހައުސް
• އިސްތިއުނާފު ރައްދުވި ފަރާތް:
0
ހުށަހެޅުނު ތާރީޚް: 13 ޖެނުއަރީ 2011
* ނިމުނު ތާރީޚް:
10 ޖުލައި 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢައްބާސް ޝަރީފު
ދިވެހިރާ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2011/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚުލާޞާ
މިއީ، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއާއި ދިވެހި ދައުލަތާއި ދެމެދު ވެފައިވާ
އެއްބަސްވުމާއި، ދައުލަތުން ޚިލާފުވުމުގެ ސަބަބުން ދައުލަތުގެ މައްޗަށް ދަޢުވާކުރަން ބިލެތްފަހި ޒުވާނުންގެ
ޖަމްޢިއްޔާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ނިންމާފައިވަނީ އެމައްސަލަ އެކޯޓުން ބަލައިގަނެ
ހިންގުމުގެ އިޚްތިޞާޞް އެކޯޓަށް ލިބިގެންނުވާކަމަށް، ސިވިލް ކޯޓުގެ ނަންބަރު 2010
/
02/Cv
-
c
/
DFJ
ޖަވާބު ފޯމުން އަންގާފައިވާތީ، އެނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ
ނިންމުމެއްކަމަށް ބުނެ އެނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި، ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ
ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
00 2 02 0
ގއ.
.
01- ސިވިލް ކޯޓުގެ ނަންބަރު 2010
/
02/Cv
-
c
/
DFJ ޖަވާބަކީ، ދިވެހި ދައުލަތާއި ށ.
ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ދައުލަތުން ޚިލާފުވުމުގެ ސަބަބުން،
ދައުލަތުގެ މައްޗަށް ދައުވާކުރަން ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ސިވިލް ކޯޓަށް ހުށަހެޅުމުން،
ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ފޯމުގެ ޖަވާބުކަމާއި،
އެޖަވާބުގައި ވަނީ: ”ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން މި ކޯޓުގެ ރަޖިސްޓްރާގެ
ނިންމުން އަލުން ބަލައިދިނުމަށް ހުށަހެޅި ސަބަބުތަކަށް ބެލިއިރު، ސަރުކާރާއި އަމިއްލަ ފަރާތްތަކާއިމެދު
ވެފައިވާ އެއްބަސްވުންތަކާއި ޚިލާފު އުފެދިގެން ނުވަތަ އެއްބަސްވުންތަކާއި ޚިލާފުވެގެން ހުށަހެޅޭ
މައްސަލަތަކަކީ، ހަމައެކަނި ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމަކަށްނުވެފައި، މިބާވަތުގެ
މައްސަލަތަކަކީ މެޖިސްޓްރޭޓް ކޯޓުތަކުގެވެސް އިޚްތިޞާޞް ލިބިގެންވާފަދަ މައްސަލަތަކެއްކަން، ކޯޓުތަކާއިބެހޭ
ޤާނޫނުގެ ޖަދުވަލު 5 ގެ 1 ގެ (ހ) އިން މަފުހޫމް ކޮށްދޭއިރު، ކޯޓުތަކުގެ ސަރަހައްދީ އިޚްތިޞާޞް
ކަނޑައެޅިފައިވާގޮތުން ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްނަމަ،
އެއިދާރާއެއް ނުވަތަ އެމުއައްސަސާއެއްހުރި އިދާރާގެ ކޯޓަކަށް ވާންޖެހޭނެކަމަށް އޮންނާތީ އާއި،
މިމައްސަލައަކީ ބިލެތްފަހި އޮފީހުގެ މައްޗަށް ދަޢުވާކުރާ މައްސަލައެއްކަމުން މިމައްސަލަ ސިވިލްކޯޓުން
ބަލައިނުގަންނަން ރަޖިސްޓްރާ ނިންމި ނިންމުން ރަގަނޅުކަމުގައި ކަނޑައަޅައިފީމެވެ.” މިފަދައިންކަން އެގެން
** **
އޮވެއެވެ
ދިވެހިރާ
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2011/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
02- ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ބަލައިދިނުމަށް އެދި ހުށަހެޅި ފޯމުގެ
ޖަވާބުގައި، އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2010
/
02/Cv
-
c
/
DFJ
ސީޓީން ޖަވާބު ދީފައިވުމުން، ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން އެނިންމުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިޢުނާފު ކުރަމުން، 07 (ހަތެއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2010
/
02/Cv
-
c
/
DFJ ޖަވާބު ސިޓީއަށާއި، ބިލެތްފަހި
ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން އެނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
22c 0 /
(ހ) ސިވިލް ކޯޓަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ
(ހ) އިން ބާރު ލިބިގެން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ
މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށްކަމުގައިވާ މާލޭގައި އުފައްދާފައިވާ މަތީ ގިންތީގެ
ސުޕީރިއަރ ކޯޓެއްކަމާއި،
ސުޕީރިއަރ ކޯޓުތަކުގެ އިޚްތިޞާޞް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ 57 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި، ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓުގެ
އިޚްތިޞާޞް އިޝާރާތް ކުރެވުނު ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާއިރު،
މެޖިސްޓްރޭޓް ކޯޓުތަކަކީ، ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން
އުފައްދާފައިވާ ތިރީ ގިންތީގެ ކޯޓު ތަކެއްކަމާއި،
މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ 66 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި، އެކޯޓުތަކުގެ އިޚްތިޞާޞް އެޤާނޫނުގެ ޖަދުވަލު 5
ގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
ދިވެހި
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ށ) މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާ، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 އަށް ބެލިއިރު، އެ ޖަދުވަލުގައި ނުވަތަ އެޤާނޫނުގެ އެހެން
މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިވާ މައްސަލަތައް ފިޔަވައި އެކޯޓެއް ހިމެނޭ
ޖުޑިޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް
މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިދީފައިވާކަން އެނގެން އޮންނަކަމާއި؛
މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭގޮތަށް އިސްތިސްނާކޮށްފައިވާ
މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތައް ފިޔަވައި އެހެނިހެން މަދަނީ މައްސަލަތަކަށް ބަލާއިރު،
މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭގޮތަށް، ހަމައެކަނި ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ގޮތުގެ ކަނޑައެޅި ބަޔާން
ކުރެވިފައި އޮތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 2
ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ، 5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ
ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް އެކަނިކަން އެނގެން އޮންނަކަމާއި؛
ހިންކަމުން، 5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ
ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް ފިޔަވައި އެހެނިހެން އެންމެހައި މަދަނީ މައްސަލަތައް
ބެލުމުގެ އިޚްތިޞާޞް، އުޞޫލެއްގެގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށްވެސް ލިބިފައިވާކަން އެނގެންއޮތުމުން،
މަދަނީ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓަށް ވަކި އިޚްތިޞާޏެއް ލިބިފައިވާ މައްސަލައަކީ 5,000,000
(ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ
މައްސަލަތައް އެކަނިކަން އެނގެއެވެ.
(ނ) އިސްވެ ބަޔާންކުރެވުނު ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްތަކުގެ
އިތުރުން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގައި
ކޯޓުތަކަށް ލިބިގެންވާ ސަރަޙައްދީ އިޚްތިޞާޞްތަކެއްވެސް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި،
އެގޮތުން ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު އެމާއްދާގައި
ޤާނޫނު އަސާސީއާއި އެޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞް ތަކުގެ އިތުރުން ދައުލަތުގެ
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2011/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްނަމަ، އެއިދާރާއެއް ނުވަތަ މުއައްސަސާއެއް
ހުރި ދާއިރާއެއްގެ ކޯޓަކަށް އެމައްސަލައެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞްވެސް ލިބިގެންވާކަން އެމާއްދާގެ
(ނ) އިން އެނގެން އޮވެއެވެ.
<< O
oxd
(ރ) ސިވިލް ކޯޓުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާ، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 1 ގައި މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ
މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕީރިއަރ ކޯޓުތަކުގެ
ތެރޭގައި ހިމެނޭ ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައި އޮތްއިރު، ޢާއިލީ މައްސަލަތައް ފިޔަވައި
އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަން އިޝާރާތް ކުރެވުނު
ޖަދުވަލު 1 ގެ 27 ވަނަ ނަންބަރުގެ ސާފު އިބާރާތުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި، ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން އެމާއްދާގައި ބަޔާންކުރެވިފައިވާ
ޙާލަތްތަކުގައި ސަރަޙައްދީ އިޚްތިޞާޞްވެސް އެކޯޓުތަކަށް ލިބިގެންވާކަމަށް ބަޔާން ކުރުމަށްފަހު؟
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 70 ވަނަ މާއްދާގައި، އެޤާނޫނުގެ ދަށުން ވަކި ކޯޓަކަށް
ދީފައިވާ ވަކި އިޚްތިޞާޞްކާއި އެޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ސަރަޙައްދީ ގޮތުން ކޯޓުތަކަށް
ކަނޑައެޅިފައިވާ އިޚްތިޞާޞް ފުށުއަރާނަމަ އެޙާލަތުގައި އެމައްސަލައެއް ބަލާނީ އެ ވަކި އިޚްތިޞާޞް
ލިބިގެންވާ ކޯޓުންކަމަށް ބަޔާން ކޮށްފައިވާއިރު، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ހުށަހަޅާފައިވާ
ގޮތަށް ސިވިލް ކޯޓަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 1 ގައި
ބަޔާންކޮށްފައިވާ މައްސަލަތައް ބެލުމުގެ ވަކި އިޚްތިޞާޏެއް ލިބިފައިވާ ކޯޓެއްކަމަށް ބަލައިފިނަމަ
ނަތީޖާއަކަށް ވެގެންދާނީ މަދަނީ އެއްވެސް މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިއްޖެނަމަ އެމައްސަލައެއް
ސިވިލް ކޯޓުގައި ނުބެލި ދޫކޮށްލެވޭނެގޮތެއް ދިމާނުވާގޮތްވުންކަމާއިގެ
އެހެންކަމުން ސިވިލް ކޯޓަކީ އެކޯޓުން ބެލޭ މައްސަލަތައްކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ
މައްސަލަތައް ބެލުމުގެ ވަކި އިޚްތިޞާޞް ލިބިފައިވާ ކޯޓެއް ކަމުގައި އެޤާނޫނުގެ އެއްވެސް މާއްދާއެއްގައި
ދިވެހިރާ
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/22
22
ޞަރީޙަކޮށް ބަޔާންކޮށްފައިނުވާއިރު، އެގޮތަށް އެޤާނޫނުގެ މާއްދާތައް މާނަކުރުމަކީ، އަތޮޅުތަކުގައި ހިނގާ
މަދަނީ މުޢާމަލާތްތަކާ ގުޅޭ ދަޢުވާތައް ހިންގުމަށް، އެއަތޮޅުތަކުގައި ދިރިއުޅޭ މީހުން މާލެ އަންނަން
މަޖްބޫރުވެދާނެ ކަމެއް ކަމަށްވުމުގެ އިތުރުން، ކޯޓުތަކަށް ލިބިދީފައިވާ ސަރަޙައްދީ އިޚްތިޞާޞް
ހަނިވެގެންދާނެ ކަމެއް ކަމާއި،
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ކޯޓުތަކަށް ސަރަޙައްދީގޮތުން
ކަނޑައެޅިފައިވާ އިޚްތިޞާޞްކީ، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ރޫޙާ އެއްގޮތަށް،
ޢަދުލްއިންޞާފު ހޯދުމަށް އެދޭ ފަރާތަށާއި ޢަދުލްއިންޞާފު ފޯރުކޮށްދޭ ފަރާތަށް އަދި މައްސަލާގައި ހިމެނޭ
ފަރާތްތަކަށް ދިމާވާ ތަކުލީފު ކުޑަ ކުރެވޭނެ ގޮތެއްގެ މަތިން ވީހާވެސް ކައިރިން ފަސޭހަކަމާއެކު ޢަދުލު
އިންސާފަށް ވާޞިލްވެވޭނެ މަގު ފަހިކުރުމުގެ ގޮތުން ކަނޑައެޅިފައިވާ އިޚްތިޞާޞްތަކެއްކަން އެނގެން
އޮންނަކަމާއި؛
އެގޮތުން 69 ވަނަ މާއްދާގެ (ނ) ގައި ”ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ
މައްޗަށް ކުރެވޭ ދަޢުވާއެއްނަމަ، އެއިދާރާއެއް ނުވަތަ މުއައްސަސާއެއް ހުރި ދާއިރާއެއްގެ ކޯޓަށްވުން.
މިފަދައިން ބަޔާންކޮށްފައިވާއިރު، މިއަކުރު މާނަ ކުރެވެން ޖެހޭނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69
ވަނަ މާއްދާގެ ދަށުން ކޯޓުތަކަށް ލިބިދީފައިވާ ސަރަޙައްދީ އިޚްތިޞާޞްގެ މަޤުޞަދު ނުގެއްލޭގޮތަށް،
އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި އެކަމެއް މާނަކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 68 ވަނަ މާއްދާއާއި 69 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް
ކުރެވި، އެ މާއްދާތަކުގެ މަފްހޫމް އާއި އެއްގޮތަށް އިންޞާފު ލިބުމުގެ ޙައްޤު ހަނިކުރެވިގެން ނުދާނެ އަދި
އެޙައްޤު ލިބިދިނުމަށް ހުރަހެއް ނޭޅޭނެފަދަ ގޮތެއްގައި ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި
މަޖިލީހުގެ ފަނޑިޔާރުންދެކެއެވެ.
&&
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން، ބިލެތްފަހި ޒުވާނުންގެ
ޖަމްޢިއްޔާގެ ފަރާތުން ށ. ބިލެތްފަހި އޮފީހުގެ މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ
މެޖިސްޓްރޭޓް ކޯޓުތަކުގެވެސް އިޚްތިޞާޞް ލިބިގެންވާފަދަ މައްސަލައެއް ކަމަށްވިދާޅުވެ އެމައްސަލަ ސިވިލް
ދިވެހިރާ
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2011/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޯޓަށް ބަލައިނުގަތުމަށް، ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމެވި ނިންމެވުން ބަދަލުކުރާނެ ތަނެއްނެތްކަމުގައި
ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް
އޮތްކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކޯޓުތަކުގެ
ސަރަޙައްދީ އިޚްތިޞާޞް ކަނޑައަޅާފައިވާ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ 69 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، އެއަކުރުގައި ޤާނޫނު އަސާސީއާއި އެޤާނޫނުން ކޯޓުތަކަށް
ކަނޑައަޅާފައިވާ އިޚްތިޞާޞް ތަކުގެ އިތުރުން، ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ މައްޗަށް
ކުރެވޭ ދަޢުވާއެއްނަމަ، އެއިދާރާއެއް ނުވަތަ މުއައްސަސާއެއް ހުރި ދާއިރާއެއްގެ ކޯޓަކަށް އެމައްސަލައެއް
ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞްވެސް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާއިރު، ސަރުކާރާއި ސަރުކާރުނޫން
ފަރާތްތަކާއި، އަމިއްލަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކާމެދު ޚިލާފު އުފެދިގެން ނުވަތަ އެ
އެއްބަސްވުންތަކާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތަކަކީ މަދަނީ މައްސަލަތައް ކަމުގައި ކަނޑައެޅިފައިވާ
މައްސަލަތަކަށްވެފައި، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން
މެޖިސްޓްރޭޓް ކޯޓުތަކަށްވެސް ލިބިދީފައިވާކަން އެނގެން އޮވެފައި، ސަރުކާރާއި، ސަރުކާރުނޫން ފަރާތްތަކާއި،
އަމިއްލަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކާމެދު ޚިލާފު އުފެދިގެން ނުވަތަ އެ އެއްބަސްވުންތަކާ
ޚިލާފުވެގެން ހުށަހެޅޭ މައްސަލަތަކަކީ ހަމަ އެކަނި ސިވިލް ކޯޓުން ބެލުމަށް ޚާއްޞަ ކުރެވި، އެކޯޓުން
ބެލުމަށް ވަކި އިޚްޞާޞް އެއްގެ ގޮތުގައި ކަނޑައެޅިފައިވާ މައްސަލަތަކަކަށް ނުވާތީ،
ބިލެތްފަހި
ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން ބިލެތްފަހި އޮފީހުގެ މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ
މައްސަލައަކީ މެޖިސްޓްރޭޓް ކޯޓުތަކުގެވެސް އިޚްތިޞާޞް ލިބިގެންވާފަދަ މައްސަލައެއް ކަމަށްވިދާޅުވެ
އެމައްސަލަ ސިވިލް ކޯޓަށް ބަލައިނުގަތުމަށް، ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމެވި ނިންމެވުން
ބަދަލުކުރާނެ ތަނެއްނެތްކަމުގައި ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ
02& 0 0
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2011/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށް މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު
ހިނދު، ސިވިލް ކޯޓުގެ (ނަންބަރު 2010
/
02/Cv
-
c
/
DFJ) އެނިންމުމަށް ތާއީދު ކޮށްފީމެވެ.
ދިވެހިންވީ
ه"
ދިވެހިރާ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv