ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/11 ޤަޟިއްޔާގެ ޙުކުމް
2011/HC-I-K11
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 11/HC
-
I
-
K/2011
• މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ދަޢުވާ ރައްދުވި ފަރާތް:
އެމަދު
ޝިފާހު
ކާޑު ނަންބަރ: A054215
:
.8 ,2 ހއ ހ
ތަމެހއްމަދު
* ދާއިމީ އެޑްރެސް: ލ.ދަނބިދޫ ގެ ފުއްޓަރު
މިހާރުގެ އެޑްރެސް: ލ. އިސްދޫ ! ހިޔާކޯނި
*
އައިޑީ
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
* ނިމުނު ތާރީޚް: 17 މާޗް 2011
0
. ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K11
• ދަޢުވާގެ ޚުލާޞާ
މިއީ، ލ.ދަނބިދޫ ފުއްޓަރު ޙައްމަދު ސިރާޙުގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު
2006/JC/180 ޤަޟިއްޔާއިން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ މުދަލަކުން ވައްކަންކުރުމުގެ ކުށް
ސާބިތުވެފައިވަނިކޮށް 5 ފެބްރުއަރީ 2011 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު
2011އަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަން ކޮމިޝަނަށް މުޙައްމަދު ސިރާޙު
ހުށަހެޅި ލޯކަލް
ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމްގައި މީނާއަކީ ޤާނޫނު ނަންބަރު: 10/2010 (ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބު)ގެ 12ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި
އެފޯމުގައިވާ މައުލޫމާތުތަކަކީ ޞައްޙަ މައުލޫމާތުކަމަށް އިޤުރާރުވެ އިންތިޙާބަށް ކުރިމަތިލުމުގެ ގޮތުން
ދޮގުމައުލޫމާތު ދިފައިވާތީ ޤާނޫނު ނަންބަރު 11/2008 އިންތިޚާބު ތަކާއި ބެހޭ ޢާއްމު ޤާނޫނުގެ 74 ވަނަ
މާއްދާގެ (ހ)ގެ 1ވަނަ ނަންބަރު އާއި ޙަވާލާދީ އެޤާނޫނުގެ 74ވަނަ މާއްދާގެ (ށ)ގެދަށުން މުޙައްމަދު ސިރާޙުގެ
މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކުރުމުން ބެލިފައިވާ އިންތިޚާބީ ކުށުގެ މައްސަލައެކެވެ.
42c 0
ފާހަގަކުރެވުނު ނުކުތާތައް:
ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާ ހުށަހަޅަމުން ދެއްކި ވާހަކައަށާއި ދައުވާލިބޭ މުހައްމަދު
ސިފާޙާގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނަށާއި މިދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅުއްވާފައިވާ
ސްޕްރީމް ކޯޓުގެ ނަންބަރ 10/SC
-
E/2011 ޤަޟިއްޔާގެ ނިމުނުގޮތުގެ ޚުލާސާއަށާއި ލޯކަލް ކައުންސިލްތަކުގެ
މެމްބަރުކަމަށް ކުރިމަތިލުމަށް އިލެކްޝަންކޮމިޝަންއަށް މުޙައްމަދު ސިލާޙު ހުށަހެޅި ފޯމަށް ބަލާއިރު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި އިންތިޚާބަށް ކުރިމަތިލާ
މީހެއްގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކޮށްފައިވާއިރު އެމާއްދާގެ (ނ)ގައި އަންނަނިވި ޙާލަތުންކުރެ
ޙާލަތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް ބުނެފައިވާ ޙާލަތްތަކުގެ
ތެރެއިން އެމާއްދާގެ (ނ)ގެ 4 ވަނަ ނަންބަރުގައިވަނީ "އިސްލާމްދީނުގައި ޙައްދުކަނޑައެޅިފައިވާ ކުށެއް ނުވަތަ
ޙިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި
ބޭނުންކުރުމުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން" މިފަދައިން ކަމާއި މިމާއްދާގައި ވަކި ވަކި
ނުވަތަ ޒަމާނެއް ތަހްދީދުކޮށްފައި ނުވާކަމާއި ޤާނޫނުގައި އެއްޗެއް އޮޅުން ނުފިލާ އޮތުމަކީ
މުއްދަތެއް
#
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-I-K11
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނުވަތަ ރަނގަޅަށް އެކަމުގެ މައުލޫމާތު ލިބިފައި ނެތުމަކީ ޤާނޫނުގެ ކުރިމަތީގައި ޢުޒުރެއްނޫންކަން ޤާނުނީ
ހަމަތަކުން ބަލާއިރު ސާފުކޮށް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ށ) މުޙައްމަދު ސިފާޙާގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 2006/JC/180 ޤަޟިއްޔާއިން
ވައްކަމުގެ ކުށް ސާބިތުވެ އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމް
ޙުކުމްކުރައްވާފައިވާކަން
އެނގޭކަމާއި އެޙުކުމަށް ބަދަލެއް އައިސްފައިނުވާކަމާއި އެކަމަށް މުޙައްމަދު ސިރާޙު އިންކާރުނުކުރާކަމާއި،
ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ
ނަންބަރުގައި ބުނެފައިވާ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ޝަރީޢަތް ސާބިތުވެފައިވާ
މީހެއްކަމަށް މުޙައްމަދު ސިފާޙް ވުމުން ލޯކަލް ކައުންސިލްތަކުގެ އިންތިޙާބުގައި ވާދަކުރުމަށް މުޙައްމަދު
ސިފާޙުއަށް އޮތް ޙައްޤަށް ހުރަސް އެޅިފައިވާކަމާއި ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގައި ވާދަކުރާ
ކެނޑިޑޭޓެއްގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 10/2010 އިން ލާޒިމްކުރާ އެއްވެސް ޝަރުތެއް
ފުރިހަމަނުވާ ފަރާތްތަކަށް އެއިންތިޙާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންނުވާނެކަމާއި މުޙައްމަދު ސިރާޙުއަށް
ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ލޯކަލް ކައުންސިލްތަކުގެ އިންތިޙާބު 2011ގައި ބައިވެރިވުމުގެ ޙައްޤު
ލިބިގެންނުވާކަމާއި މިކަންކަން ސްޕްރީމް ކޯޓުގެ ނަންބަރ 10/SC-E/2011 ޤަޟިއްޔާގެ ނިމުނުގޮތުގެ
ޚުލާސާއަށް ބަލާއިރު އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) މުޙައްމަދު ސިފާޙް 2 ޑިސެމްބަރ 2010 ދުވަހު އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ލޯކަލް
ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމުގެ ކެނޑިޑޭޓުގެ އިޤުރާރުގައި މުޙައްމަދު ސިފާޙް ލޯކަލް
ކައުންސިލްތަކުގެ އިންތިޙާބުގެ ޤާނޫނު (ޤާނޫނު ނަންބަރު 10/2010) ގެ 12 ވަނަ މާއްދާގައި ބުނާ
ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށް އިޤުރާރުވެ ނަން ޖަހައި ސޮއިކޮށްފައިވާއިރު މުޙައްމަދު ސިފީރުގެ ކިބައިގާ
ބުނާ ޝަރުޠުތަކުގެ ތެރެއިން އެމާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނާ ޝަރުތު ފުރިހަމަ
ނުވަނީ ވައްކަން ކުރުމުގެ ކުށް ސާބިތުވެފައި އޮވެގެންކަން އެނގެން އޮތުމުން މުޙައްމަދު ސިފާޙް
އިލެކްޝަންސް ކޮމިޝަނަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށްޓަކައި ދީފައިވާ މަޢުލޫމާތަކީ
ޞައްޙަ ތެދު މަޢުލޫމާތުކަމަށް ބެލެން ނެތްކަމާއި އެއީ ޙަޤީޤަތާއި ޚިލާފު ދޮގު މަޢުލޫމާތުކަން ހުށަހެޅިފައިވާ
ލިއުންތަކުންނާއި މުޙައްމަދު ސިފާހުގެ އިޤުރާރުންވެސް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
2 20
24އދެﷲއ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-I-/11
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
ދެންފަހެ އިސްވެ ބަޔާންކުރެވުނު ނުކުތާތައް ބަޔާންކުރެވި ދިޔަގޮތުގެ މަތިން ހުރުމުން،
ދަނބިދޫ ފުއްޓަރު މުޙައްމަދު ސިރާޙުގެ މައްޗަށް ޖިނާއީކޯޓުގެ ނަންބަރު 2006/JC/180 ޤަޟިއްޔާއިން
ވައްކަންކުރުމުގެ ކުށް ސާބިތުވެފައިވަނިކޮށް 05 ފެބުރުއަރީ 2011 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް
ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމުގައި މުޙައްމަދު ސިފާޙް އަކީ ޤާނޫނު ނަންބަރު
10/2010 ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނު 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް
ފުރިހަމަވެފައިވާ މީހެއްކަމަށާއި އެފޯމުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތުކަމަށް އިޤުރާރުވެ ސޮއިކޮށް
އެފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާތީ، އިންތިޚާބުތަކާއިބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު
11/2008) ގެ 74 ވަނަ މާއްދާ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން އިންތިޚާބަށް ކުރިމަތިލުމުގެ
ގޮތުން ދޮގު މަޢުލޫމާތު
ދިނުމުގެ ކުށް މުޙައްމަދު ސިރާޙުގެ މައްޗަށް ސާބިތުވާކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން
އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރ 11/2008) ގެ 74 ވަނަ މާއްދާގެ (ށ) ގެ ދަށުން
މުޙައްމަދު ސިރާޙު -/20000 (ވިހިހާސް) ރުފިޔާއިން ޖޫރިމަނާކޮށް، މިފައިސާ މިއަދު (17/3/2011) އިން
ފެށިގެން 1 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ދެއްކުމަށްޓަކައި
ދިވެހިރާއްޖޭގެ ހައިކޯޓަށް ދައްކާ ހަލާސް ކުރުމަށް، މުޙައްމަދު ސިފާއަށް އަންގާ ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme