ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު Mohamed Nasheed/G.Kenereege ޤަޟިއްޔާގެ ޙުކުމް
ދިވެހިރާއްޖޭގެ ހައިކޯޓު
އިކޯ1
ދިވެހިރާއްޖެ.
ނަންބަރު: 01
2015/HC
-
IH
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމި ގޮތް
ހުއްދައަށް އެދޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
0
މައްސަލަ ރައްދުވި ފަރާތް: މުޙައްމަދު ނަޝީދު | ގ.ކެނެރީގެ
ހުށަހެޅި ތާރީޚް: 01 ސެޕްޓެމްބަރ 2015
ނިމުނު ތާރީޚް: 10 ސެޕްޓެމްބަރ 2015
• ނިންމި ގޮތް:
މިމައްސަލައަކީ، 13 މާރިޗް 2015 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/132
ޤަޟިއްޔާއިން ބައްލަވައި ނިންމަވައިފައިވާ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަކަށް
އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
މިމައްސަލަ ހުށަހެޅުމާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ބަލައިގަތުމަށް ނިންމުމުގެ
ކުރިން މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ބޭއްވިފައިވެއެވެ. މިގޮތުން މިމައްސަލައިގައި ހުށަހެޅުނު ލިޔުންތަކާއި
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމަށްޓަކައި
އަޑުއެހުމުގައި ދެކެވުނު ވާހަކަތަކާއި، ޤާނޫނުއަސާސީއަށާއި، ގުޅުންހުރި ޤާނޫނުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިއިރު، ތިރީގައިވާ ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
3
ބޭއްވުނު
1- ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް
އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤަކީ، މައްސަލައާއި ގުޅުން ހުރި ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންވެގެން އޮންނައިރު، އިސްތިއުނާފުކުރުމުގެ
l
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ (ޢާބުދުޓު ހިނގުން)، މާލެ، ދިވެހިރާއްޖެ
High Court of Maldives, Theemuge, Aaburuzu Higun, Male', Republic of Maldives
URL: www.highcourt.gov.mva
ފެކްސް9603331647+ :Fax
ފޯން:33252913007120
960+ :Tel
މިޙައްޤުގެ ބޭނުންކޮށް އެފަދަ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިދާނެ ޙާލަތްތައް ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން
އޮންނަ ކަމާއި، އެއީ؛-
(ހ) އިސްތިއުނާފު ކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާއި
ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠްބީޤްކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގަ
ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންކަންހުރުން.
(ށ) ޙުކުމްގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނޭ ޢައިބެއްގެ ސަބަބުން
ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައި ވުންކަން އެނގެން
އޮންނަކަމެވެ.
އެޙުކުމަށް
2- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/132 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ފޯމަށް ބަލާއިރު ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ފާހަގަކުރާ ފުރަތަމަ ކަމަކީ، މިމައްސަލަ ހިނގާދިޔަ ގޮތާއި މެދު އެކިއެކި ފަރާތްތަކުން އުފައްދާ
ސުވާލުތަކަށް ބިނާކޮށް، ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ގ.ކެނެރީގެ މުޙައްމަދު
ނަޝީދުގެ ފަރާތުން ހުށަހަޅަން ބޭނުންކަމަށްބުނެ ހުށަހަޅާ ނުކުތާތަކެއްކަމާއި އަދި އެނުކުތާތައް ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މުޙައްމަދު ނަޝީދުގެ ފަރާތުން 30 ޖުލައި 2015 ވަނަގު
ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފޮނުވާފައިވާ ސިޓީގައި، އިސްތިއުނާފުކުރުމަށް މުޙައްމަދު ނަޝީދަށް ލިބިފައިވާ
މުއްދަތު ހަމަވިއިރުވެސް އެކި އެކި ސަބަބުތަކާއި ހުރެ މައްސަލަ އިސްތިއުނާފު ކުރެވިފައި ނުވުމުން، މުޙައްމަދު
ނަޝީދަށް ޤާނޫނުން ލިބިފައި އޮތް އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލިފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
މައްސަލަ ހުށަހަޅާއިރު، މުޙައްމަދު ނަޝީދުގެ ފަރާތުންވެސް ފާހަގަކޮށްފައިވާ ކަންކަން ހުށަހެޅުމަށް އެދިފައިވާތީކަމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވާކަމެވެ.
ވަނަދުވަހު
3- އިސްތިއުނާފުކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ލިބިދޭ
ޙައްޤެއްކަމަށްވެފައި، ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއްގެ އިސްތިއުނާފު ފުރަތަމަ ބެލުމުގެ
މަރުޙަލާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުކަން އެނގޭއިރު، ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމެއް
ރަނގަޅުނޫންކަމަށް ދެކިގެން އެނިންމުމަކާއި މެދު ހިތްހަމަ ނުޖެހޭ ފަރާތަކުން އެނިންމުމެއް ނިންމިތާ 10 ދުވަހުގެ
ތެރޭގައި އިސްތިއުނާފުހުށަހެޅުމަށް ކަނޑައަޅައިފައިވާކަމާއި، ނަމަވެސް އެމުއްދަތުގައި މައްސަލަ ހުށަނޭޅުނު މަޤްބޫލު
ސަބަބެއް ނުވަތަ ސަބަބުތަކެއް އޮތްނަމަ އެކަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ކަނޑައެޅިގެން
ޤާނޫނީގޮތުން މަނާވެފައި .
2 / 2 3 4 )
ނުވާކަމެވެ
2
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ ( އާބުދުޓު ހިނގުން)، މާލެ، ދިވެހިރާއްޖެ
,
,
'
, ,
ވެބްސައިޓް : ފެކްސް331647 960+ :Fax ފޯން:33252913007120
960+ :Tel
High Court of Maldives, Theemuge, Aaburuzu Higun, Male', Republic of Maldives
URL: www.highcourt.gov.my ex
4- މުޙައްމަދު ނަޝީދުގެ ފަރާތުން ހުށަހަޅަން ބޭނުންވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާތަކުގެ
އިތުރަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގެ ދަށުން ޕްރޮސިކިއުޓަރ
ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ކްރިމިނަލްކޯޓުގެ ނަންބަރު 2015/Cr
-
C/132 ޤަޟިއްޔާގައި ކަން
ހިނގާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޝަރުޢީ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމުގެ
އަންނަނިވި ކަންކަން ފާހަގަކޮށްވީ
ފާހަގަކޮށްފައިވެއެވެ.
ގޮތުން
(ހ) ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
މެދުވެރިކޮށް ބަންދުކޮށްފައިވާ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ވަގުތާއި، ވަސީލަތްތަކާއި
ފުރުސަތުތައް ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވޭތޯ؟
(ށ) ކްރިމިނަލްކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
މެދުވެރިކޮށް ބަންދުކޮށްފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ
ވަކީލަކާއި މަޝްވަރާކޮށް ވަކީލުގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދަށް
ލިބިވަޑައިގެންފައިވޭތޯ؟
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއާއި 142 ވަނަ މާއްދާގައި
ބަޔާންކުރާ ކޯޓުތަކުގެ މިނިވަންކަމާއި ފަނޑިޔާރުންގެ މުސްތަޤިއްލުކަމާއިމެދު ސުވާލު އުފެދޭ ކަމެއް މުޙައްމަދު
ނަޝީދުގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ޝަރީޢަތުގައި ހިނގާފައިވޭތޯ އަދި ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާގައި ބަޔާންކުރާ
ޢަދުލުވެރިކަމާއި
ޝަރީޢަތްކުރުމުގެ ޙައްޤު
މުޙައްމަދު ނަޝީދަށް
ލިބިވަޑައިގެންފައިވޭތޯ؟
4
2 ހ/ 4
2
ހާމަކަމާއެކު
(ރ) މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގުނު ޝަރީޢަތުގައި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި ދަޢުވާހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ
ހެކިންނާ ސުވާލުކުރުމާއި، އެމީހަކު ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެހެކީންނާއި
ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވޭތޯ؟ މިކަންކަމެވެ.
3
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ ( އާބުދުޓު ހިނގުން)، މާލެ، ދިވެހިރާއްޖެ
,
,
'
, ,
ވެބްސައިޓް: : ފެކްސް331647 960+ :Fax ފޯން:33252913007120
960+ :Tel
High Court of Maldives, Theemuge, Aaburuzu Higun, Male', Republic of Maldives
URL: www.highcourt.gov.my
5- ދިވެހިރާއްޖޭގެ ހައިކޯޓަކީ އިސްތިއުނާފް މަރުޙަލާގެ ކޯޓެއްކަމާއި، އަދި މިކޯޓަކީ ބެލެނިވެރިކަމުގެ
އިޚްތިސާސްވެސް ލިބިގެންވާ ކޯޓެއްކަމާއި، އެހެންކަމުން ޢަދުލު އިންސާފު ޤާއިމުކޮށްފައިވާ ގޮތަކާއި މެދު ސުވާލު
އުފައްދާ ޙާލަތެއްގައި ޢަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމުގެ ގޮތުން އެކަން ހިނގާފައިވާގޮތް ބަލައި
ކަށަވަރުކުރުމުގައި މައްސަލައިގެ ބާވަތަށާއި ޒާތަށް ބަލައި އެފަދަކަންކަން ބެލުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި
މަތީ މަރުޙަލާގެ ކޯޓެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އޭގެ ޒާތުގައި ލިބިފައިވާ ވިރާސީ ބާރުތަކާއި
އިޚުތިސާސްތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު މިއީ ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާ ބާރެއްކަން އެނގޭތީ އިސްވެ
ބަޔާންކުރެވުނު މައްސަލައިގައި ހިނގާފައިވާ އިޖުރާއާތުތަކާއި ބުނެފައިވާ ކަން ހިނގާފައިވާ ގޮތް އިތުރަށް
ކަށަވަރުކުރުމުގެ ބާރު މިކޯޓަށް ލިބިފައިވާކަން އެނގޭކަމެވެ.
މިގޮތުން މިމައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކުރި އިސްވެބުނެވުނު
ކަންކަމުގެ މައްޗަށް ބެލުމުގެ ގޮތުން މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާއި ގުޅިގެން
ހުށަހެޅުނު ލިޔުންތަކަށާއި ޤާނޫނުތަކާއި ޤަވާޢިދުތައް އަދި ޢަދުލު އިންސާފުގެ ހަމަތަކަށް ބަލާއިރު އަންނަނިވި
ކަންތައް ފާހަގަކުރެވިފައިވެއެވެ.
|1
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ
"ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބެންވާނެއެވެ.
މިފަދައިން ކަމާއި، މިމާއްދާގައި ބަޔާންކުރާ އެކަށީގެންވާ ވަގުތު ލިބިދިނުން އެމައްސަލައިގެ ބާވަތަށާއި، ތަބީޢަތަށާއި،
މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބިނާވެގެންވާކަމާއި، އަދި އެމާއްދާގައި ބުނެފައިވާ އެކަށީގެންވާ
ވަސީލަތްތައް ލިބިދިނުމުގެ ތެރޭގައި އެމައްސަލައާއި ގުޅޭގޮތުން އެނގެންޖެހޭ ކަންކަން އެނގުމާއި، މައްސަލައިގައި
ހިމެނޭ ޑޮކިއުމެންޓްތައް އެފަރާތަށް ލިބިދިނުން ހިމެނޭކަން އެނގޭކަމާއި، މިގޮތުން ބަލާއިރު ކްރިމިނަލް ކޯޓުގެ
އިސްޤާޟީ ޢަބްދުﷲ މުޙައްމަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް ބަންދުކޮށްފައިވާ މައްސަލައިގެ
ދަޢުވާ އެންމެ ފުރަތަމަ މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓްކޯޓުގައި 15 ޖުލައި
2012 ގައިކަމާއި، އެތާރީޚުގައި މައްސަލަ ހުށަހެޅިއިރު މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ އެންމެހައި ބަޔާންތަކާއި،
އެމައްސަލަ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތައް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް،
މުޙައްމަދު ނަޝީދު ޤާނޫނީވަކީލު އަޙުމަދު ޢަބްދުﷲ ޢަފީފުއާއި 09 އޮކްޓޯބަރ 2012 ގައި ހަވާލުކޮށްފައިވާކަމާއި،
މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވަނީ އިސްވެ ބުނެވުނު ލިޔުންތަކުގެ މައްޗަށް ބިނާކޮށްގެންކަމާއި،
މިމައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރިން މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާ
އަށް ފެތޭ ޤާނޫނުގެ މާއްދާ މުރާޖަޢާކޮށްފައިވީ ނަމަވެސް މިދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައި ހެކިތަކާއި،
ބަޔާންތަކާއި، ވާޤިޢާތަކަކީ ހަމަ އެއްވާޤިޢާތަކަކަށްވުމުން މިހުށަހެޅުންތަކާއި ގުޅިގެން ދިފާޢު ހުށަހެޅުމަށް ޖިނާއީ
4
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ ( އާބުދުޓު ހިނގުން)، މާލެ، ދިވެހިރާއްޖެ
,
,
'
, ,
ވެބްސައިޓް : ފެކްސް960331647+ :Fax ފޯން:33252913007120
960+ :Tel
High Court of Maldives, Theemuge, Aaburuzu Higun, Male', Republic of Maldives
URL: www.highcourt.gov.my ex
06
x ހ
یکی هم مر گئے
ތުގެމަތީން، އެކަށީގެންވާ ވަގުތާއި، ވަސީލަތްތައް މުޙައްމަދު ނަޝީދަށް
އިޖުރާއާތުގެ އުސޫލުތަކާއި
ލިބިދެވިފައިވާކަން އެނގޭކަމެވެ.
ޔާނާއަށް ނޫ
22
4 އa
(ށ) ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވަނީ
"އެމީހެއްގެ ޙާޟިރުގައި ޝަރީޢަތްކުރެވުމާއި، އެމީހަކު އިޚުތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން
ބަރީއަވުމުގެ ޙައްޤު ލިބިގެންވެއެވެ." މިފަދައިންކަން އެނގޭއިރު ޤާނޫނުއަސާސީންނާއި ޖިނާއީ އިޖުރާއާތުން ލިބިދޭ
މިފަދަ ޙައްޤުތަކަކީ ކަނޑައެޅިފައިވާ ވަކި އުޞޫލުތަކަކާއި އެއްގޮތްވާގޮތުގެ މަތީން ދެވޭ ޙައްޤަކަށްވެފައި، ކޯޓުތަކަށް
ލާޒިމްވަނީ ޖިނާއީ އިޖުރާއާތުގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތީން އެފުރުސަތު ލިބިދިނުން ކަމަށްވާއިރު
ދައުލަތުން މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޓެރަރިޒަމްގެ ކުށުގެ ދަޢުވާއާ ގުޅިގެން 23
ފެބުރުއަރީ 2015 ގައި ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި މުޙައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ގޮތުގެމަތީން
ޤާނޫނީ ވަކީލު ޢައްޔަންކުރުމުގެ ފުރުސަތު މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވިކަމާއި އަދި އޭގެ ފަހުން
އަޑުއެހުންތަކަށް މުޙައްމަދު ނަޝީދުގެ ވަކީލުން ޢައްޔަންކޮށް އެއަޑުއެހުންތަކުގައި
.ހުންތަކުގައި މުޙައްމަދު ނަޝީދުއާއި
އެކު އޭނާގެ ޤާނޫނީ ވަކީލުންވެސް ޙާޟިރުވެފައިވާކަން އެނގޭކަމާއި، އެހެންނަމަވެސް މިމައްސަލައިގެ
ހިނގަމުން ދަނިކޮށް މުޙައްމަދު ނަޝީދުގެ ވަކީލުން މައްސަލައިން ތަނާޒުލްވެގެން ދިޔައީކަން އެނގޭކަމާއި،
މުޙައްމަދު ނަޝީދުގެ ވަކީލުން މައްސަލައިން ތަނާޒުލުވުމުން މުޙައްމަދު ނަޝީދު ބޭނުންނަމަ ވަކީލަކު
ޢައްޔަންކުރުމުގެ ކަންތަކުގައި އެހީވުމަށް ކްރިމިނަލްކޯޓުން ފުލުސްއޮފީހަށް ސިޓީއެއް ފޮނުވިކަމާއި، އެހެންނަމަވެސް
މުޙައްމަދު ނަޝީދު އެފުރުސަތު ބޭނުންކޮށް ޤާނޫނީ ވަކީލު ޢައްޔަންކޮށްފައިނުވާކަމާއި، މިމައްސަލައިގައި
ކަންހިނގާ ގޮސްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މުޙައްމަދު ނަޝީދަށް އޭނާގެ ފަރާތުން ބޭނުންވާ ޤާނޫނީ ވަކީލަކު
ޢައްޔަންކުރުމުގެ ފުރުސަތު ކޯޓުން ހަނިކޮށްފައިވާކަމަށް ބެލެވެން ނެތްކަމެވެ.
24 ބ 2
3
އވަން
/3
4
2
0 ހދ
އަޑުއެހުންތައް
(ނ) މައްސަލަ ބަލަމުންދާ ފަނޑިޔާރަކު އިންސާފުންބޭރުން މައްސަލަ ނިންމާފައިވާކަން ދަލާލަތުކޮށްދޭ
ޙަޤީޤީ ހެކިތަކެއް ނެތްހާ ހިނދަކު އެފަނޑިޔާރެއްގެ މުސްތަޤިއްލުކަމާއި މެދު ސުވާލު އުފެއްދުމުގެ ޖާގައެއް
ފެންނާނެކަމާއި، މިމައްސަލައިގައި ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ވާސިލުވުމުގައި ބިނާކޮށްފައިވާ
ސަބަބުތަކަށް ބެލުމުން، މިމައްސަލައިގައި ކްރިމިނަލް ކޯޓުން ޙުކުމަށް ވާސިލުވެފައިވަނީ، މައްސަލައާއި އެކު
ހުށަހެޅުނު ހެކިތަކާއި ބަޔާންތަކާއި ލިޔުންތަކާއި ޤަރީނާތަކުގެ މައްޗަށް ކަމާއި، މިހެންކަމުން މިމައްސަލަ ދަށު ކޯޓުގައި
ބެލި ފަނޑިޔާރުންނަކީ މިޙާދިސާ ހިނގާދިޔައިރު ކްރިމިނަލްކޯޓުގައި މަސައްކަތްކުރަމުންދިޔަ ފަނޑިޔާރުންނަށް ވުމަކީ
އެފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ޗެލެންޖް ކުރެވޭފަދަ މަޤްބޫލު ސަބަބެއް ނޫންކަމެވެ.
5
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ ( އާބުދުޓު ހިނގުން)، މާލެ، ދިވެހިރާއްޖެ
,
,
'
, ,
ވެބްސައިޓް : ފެކްސް960331647+ :Fax ފޯން:33252913007120
960+ :Tel
High Court of Maldives, Theemuge, Aaburuzu Higun, Male', Republic of Maldives
URL: www.highcourt.gov.my ex
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ،
"ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާއި ސުވާލުކުރުމާއި، އެމީހަކު ބޭނުން ހެކިން
ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެހެކީންނާއި ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު
ލިބިގެންވެއެވެ." މިފަދައިން ކަމާއި، މިމައްސަލައިގެ ޝަރީޢަތް ހިންގިފައިވާ އިޖުރާއާތުގެ މައްޗަށް ބަލާއިރު،
ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ހެކިންނާއި ސުވާލުކޮށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކާއިމެދު
ވާހަކަދެއްކުމުގެ ފުރުސަތު މުޙައްމަދު ނަޝީދަށް އިޖުރާއީ ޤާނޫނުތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީން
ކްރިމިނަލް ކޯޓުން ދީފައިވާކަން އެނގޭކަމާއި، އަދި މުޙައްމަދު ނަޝީދުގެ ފަރާތުން ދިފާޢުގައި ހުށަހަޅަން ބޭނުންވާ
ހެކި ހުށަހެޅުމުގެ ފުރުޞަތުވެސް އެކޯޓުން ލިބިދީފައިވާކަމާއި، އެހެންނަމަވެސް މުޙައްމަދު ނަޝީދުގެ ފަރާތުން
ދިފާޢުގައި ހުށަހެޅި ހެކިން ކޯޓަށް ޤަބޫލުކޮށްފައިނުވަނީ، ޤާނޫނާއި އިޖުރާއީ އުޞޫލުން އެޤަޟިއްޔާގައި ދައުލަތުގެ
ފަރާތުން ހުށަހެޅި ހެކިތަކުން މައްސަލައިގައި ކަން ހިނގާފައިވާގޮތުގެ ޙަޤީޤަތް ސާބިތުވެފައިވާތީކަން މިމައްސަލައިގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެފައި، އިސްތިއުނާފް އުޞޫލުންވެސް އިޖުރާއާތުގެ މައްޗަށް ޗެލެންޖް
ކުރެވޭނީ، މައްސަލަ އިސްތިއުނާފުކުރުމުގެ ޙައްޤު ބޭނުންކޮށް، ދަށުކޯޓުގެ ފަނޑިޔާރު ދޫކޮށްލެއްވި
ސަބަބުން، ޤާނޫނު ތަޠުބީޤު ކުރުމުގެ ނުވަތަ މާނަކުރުމުގައި ގޯހެއް އޮތްކަމަށް ބުނެ ޗެލެންޖްކުރެވޭ ޙާލަތުތަކުގައި
ކަމަށްވާއިރު، ދަށު ކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި މިފަދަ ގޯހެއް ހަދާފައިވާކަމަށް ބުނެ ޗެލެންޖެއް މުޙައްމަދު
ނަޝީދުގެ ފަރާތުން ކޮށްފައިނުވާކަން ސާފުކޮށް އެނގެން އޮންނަކަމެވެ.
ބުނެވިޔަ ސަބަބުތައް އެފަދައިން ހުރުމާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/132
ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްކަމަށްވެފައި، އެފަރާތުން އިސްތިއުނާފު
ބިނާކޮށްފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ
ތެރެއިން ޙާލަތަކަށް ފެތޭ ގޮތަށް ހުށަހެޅި މައްސަލައަކަށް ނުވާތީއާއި، އަދި މިމައްސަލައަކީ ކްރިމިނަލް ކޯޓުގެ ނަންބަރު
2015/Cr
-
C/132 ޤަޟިއްޔާގެ މައުޟޫޢުގައި އެފަރާތެއްގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށް ޙުކުމް
ކުރައްވާފައިވާ ކެނެރީގެ މުޙައްމަދު ނަޝީދުގެ ފަރާތުން އެޙުކުމް ރަނގަޅު ނޫންކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ، މިމައްސަލައަކީ އިސްތިއުނާފް މައްސަލައެއްގެ ގޮތުގައި
ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމުގެ ހުއްދަދެވެން އޮތް މައްސަލައެއް ނޫންކަމަށް ކަނޑައަޅައިފީމެވެ.
کر امی کی
i
ދިވެހިރާއްޖެ
6
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ (ޢާބުރުޒު ހިނގުން)، މާލެ، ދިވެހިރާއްޖެ
ވެބްސައިޓް :
High Court of Maldives, Theemuge, Aaburuzu Higun, Male', Republic of Maldives
URL: www.highcourt.gov.mv
ފެކްސް9603331647+ :Fax
ފޯން:33252913007120
960+ :Tel