ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/244 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2011/HC-A/189
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 244/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޙަސަންދީދީ
އެޑްރެސް: ހިންދޫސް/ ގދ.ތިނަދޫ
* ރަޖިސްޓަރީ ނަންބަރު.
މިހާރުގެ އެޑްރެސް:
އެށެވެލީ
އިސްތިއުނާފު ރައްދުވި ފަރާތް
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
ރަޖިސްޓަރީ ނަންބަރު.
• ރަޖިސްޓްރީ ތާރީޚް: 20 ޛުލްޤަޢިދާ 1432
ނިމުނު ތާރީޚް: 25 ޛުލްޤަޢިދާ 1432
18 އޮކްޓޯބަރ 2011
23 އޮކްޓޯބަރ 2011
އިސްތިއުނާފުކުރެވުނު އަމުރުގެ ނަންބަރު: 2011
/
01/Q10C
ނިންމެވި ފަރާތް: ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ބަންދުގެ މުއްދަތު
ހުށަހެޅި ތާރީޚް: 17 އޮކްޓޯބަރ 2011
= ނިމުނު ތާރީޚް: 23 އޮކްޓޯބަރ 2011
0¢¢ ¢ ¢
0
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އިސްފަނޑިޔާރު އަޙްމަދު ޝަރީފު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
2
2011/HC-A/2444
ދަޢުވާގެ ޚުލާޞާ
މިއީ، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/Q10C އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިޢުނާފު ކުރުމަށް ގދ.ތިނަދޫ ހިންދޫސް މުޙައްމަދު
ޙަސަންދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
-01
ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/Q10C އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ އެއަމުރު އިސްތިޢުނާފުކޮށްދިނުމަށް އެދި ގދ.ތިނަދޫ ހިންދޫސް މުޙައްމަދު
ޙަސަންދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2011
/
01/Q10C އަމުރަށް ބަލާއިރު، އެކޯޓު އަމުރު ނެރުއްވާފައިވަނީ
ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 116 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ދަށުން 13 އޮކްޓޯބަރ
2011 ދުވަހުގެ 20:30 އިން ފެށިގެން އެކޯޓުގެ ނަންބަރު 2011/Q10C/119 ޤަޟިއްޔާ ނިމެންދެން ގދ.ތިނަދޫ
ހިންދޫސް މުޙައްމަދު ޙަސަންދީދީ ބަންދުކޮށްފައި ބެހެއްޓުމަށްކަމާއި، މިގޮތަށް މުޙައްމަދު ޙަސަންދީދީ ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ، އެކޯޓުގެ ނަންބަރު 2011/Q10C/119 ޤަޟިއްޔާގެ ތިންވަނަ އަޑުއެހުން
ބޭއްވުމަށްޓަކާ އެކޯޓުގެ ނަންބަރު 934
/
2011-B1 އަމުރާއި، 979
/
2011-B1 އަމުރު ފޮނުވުމުން، ގދ.ތިނަދޫ
ހިންދޫސްގެއިންނާއި މުޙައްމަދު ޙަސަންދީދީ ވަޒީފާ އަދާކުރާ ގދ.އަތޮޅު ކައުންސިލް އިދާރާއިން ދީފައިވާ މަޢުލޫމާތުން
މުޙައްމަދު ޙަސަންދީދީ އެކޯޓުގެ ހުއްދަނެތި ދެފަހަރެއްގެ މަތިން މާލެއަށް ފުރައިގެން ގޮސްފައިވާކަން ސާބިތުކަމާއިއެކު
އެނގޭތީކަމަށް އެއަމުރުގައި ބަޔާންކޮށްފައި އޮވެއެވެ.
OX
03- ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/Q10C އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެ އަމުރު އިސްތިއުނާފު ކުރަމުން މުޙައްމަދު ޙަސަންދީދީގެ ފަރާތުން އަންނަނިވި
ނުކުތާތައް ފާހަގަކޮށް، އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އެހިރާއްޖޭގެ ކި
et
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯނި( މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2011/HC-A/244
4 2452
އtހން
ފުރަތަމަ ނުކުތާއަކީ: ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުއްދަނެތި ދެފަހަރެއްގެ މަތިން މާލެއަށް ފުރައިގެން
ގޮސްފައިވާކަން ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q10C/119 ޤަޟިއްޔާގެ ތިންވަނަ
ބޭއްވުމަށްޓަކައި ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 934
/
2011-B1 (04 އޮކްޓޯބަރު
2011) އަމުރާއި 979
/
2011-B1 (11 އޮކްޓޯބަރު 2011) އަމުރު ފޮނުވުމުން ގދ.ތިނަދޫ
އިންނާއި، މުޙައްމަދު ޙަސަންދީދީ ވަޒީފާ އަދާކުރާ ގދ.އަތޮޅު ކައުންސިލް އިދާރާއިން ދީފައިވާ
މަޢުލޫމާތުން ސާބިތުކަމާއެކު އެނގޭކަމަށް ބުނެފައިވާ ބުނުން.
40 28
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާބެހޭ ބާބުގެ 55 ވަނަ
މާއްދާގެ ރޫޙާ ޚިލާފަށް، ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނިމެންދެން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ބެލުމުގެ ދަށުގައި ނުވަތަ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި މުޙައްމަދު ޙަސަންދީދީ
ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވުން.
ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 04/68 (އާންމު ޤާނޫނުތަކެއް)ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން
މުޙައްމަދު ޙަސަންދީދީ ބަންދުކުރުމަށް ނިންމާފައިވާއިރު އެޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފުކަމެއް މުޙައްމަދު
ޙަސަންދީދީގެ ފަރާތުން ކޮށްފައިނުވުން.
04- ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/Q10C އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިޢުނާފު ކުރަމުން ގދ.ތިނަދޫ ހިންދޫސް މުޙައްމަދު
ޙަސަންދީދީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭގޮތުން މުޙައްމަދު ޙަސަންދީދީގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011
/
01/Q10C އަމުރަށާއި، މައްސަލައާގުޅޭގޮތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް
ފާހަގަ ކުރެވިފައިވެއެވެ.
(ހ) ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުއްވާފައިވާ ނަންބަރު 1B
-
1045
/
201
!
-Q10C
(19 އޮކްޓޯބަރ 2011) ސިޓީގައި ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q10C/119
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި) މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
•
2011/HC-A244
ފުރަތަމަ އަޑުއެހުން ބޭއްވުމަށްޓަކައި މުޙައްމަދު ޙަސަންދީދީ ކޯޓަށް ހާޟިރުކުރުމަށް އަމުރު ފޮނުއްވުމުން، އެ އަމުރުގައި
ނުހިފައި އަމުރު ފޮނުވާލުމުން އެދުވަހުގެ އަޑުއެހުން ބޭއްވެވީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަން މެދުވެރިކުރައްވާ މުޙައްމަދު
ޙަސަންދީދީ ހާޟިރުކުރައްވައިގެން ކަމާއި، ދެވަނަ އަޑުއެހުން ޖެހިގެން އައި ދުވަހު ބޭއްވުމުން ވަކީލެއްގެ ފުރުސަތަކަށް
މުޙައްމަދު ޙަސަންދީދީ އެދުމުން 03(ތިނެއް) ދުވަހުގެ ފުރުސަތުދީ 04(ހަތަރެއް) ވަނަ ދުވަހު އަޑުއެހުން
ބޭއްވިދާނެކަމަށާއި، އަދި ރަށުން ބޭރަށް ފުރައިގެންދާނަމަ ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 116 ވަނަ
މާއްދާގައިވާ ފަދައިން ކޯޓުގެ ހުއްދަ ހޯދުމަށް އަޑުއެހުމުގައި އިޢުލާނު ކުރެވިފައިވާނެކަމާއި، ނަމަވެސް 03(ތިނެއް) ވަނަ
ބޭއްވެވުމަށްޓަކައި މުޙައްމަދު ޙަސަންދީދީއަށާއި އޭނާ ހަމަޖެއްސި ވަކީލަށް ފޯނުން ގުޅުއްވައި، އަމުރު
ވުމަށްޓަކައި އެތައް މަސައްކަތެއް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާނެކަމާއި، އަދި މުޙައްމަދު
ޙަސަންދީދީ ތަކުރާރުކޮށް ކޯޓުގެ ހުއްދަ ނުހޯދައި ރަށުންބޭރަށް ފުރައިގެންދާކަމަށް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން
ފާހަގަކުރައްވާފައިވާކަން
އޑުއަހަނީ
ރައްދުކުރައހެންކއ
(ށ) ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 934
/
2011-B1 (4 އޮކްޓޯބަރ 2011) ގެ އަމުރުގައި
ބަޔާންކުރެވިފައިވާ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވުމަށްޓަކައި މުޙައްމަދު ޙަސަންދީދީއަށް ކޯޓުގެ އަމުރު ރައްދު
ނުކުރެވޭކަން އެކޯޓުން ފޮނުއްވާފައިވާ ނަންބަރު 934
/
2011-B1 އަމުރުގެ ކޮޕީއިން އެނގެން އޮވެފައި، އަދި 11
އޮކްޓޯބަރު 2011 ގައި މުޙައްމަދު ޙަސަންދީދީ ގދ.ތިނަދޫގައި ހުރިނަމަވެސް، ނަންބަރު 97912011-B1 (11
އޮކްޓޯބަރު 2011) ގެ އަމުރު އޭނާއަށް އެ ތާރީޚުގައި ހަވާލުކޮށްފައިނުވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި މުޙައްމަދު ޙަސަންދީދީގެ ފަރާތުން ބަޔާންކޮށްފައިވުމާއި، މިކަން ދަލީލުކޮށްދިނުމަށްޓަކައި މުޙައްމަދު ޙަސަންދީދީ
ހުށަހަޅާފައިވާ މޯލްޑިވިއަންގެ ރިޒަވޭޝަން ނަންބަރު AAGDSK ޓިކެޓުން މުޙައްމަދު ޙަސަންދީދީ މާލެ
ފުރާފައިވަނީ 12 އޮކްޓޯބަރ 2011ގެ ހެނދުނު 06:15 ގައިކަން އެނގެން އޮންނަކަން
ވެ
440
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 55 ވަނަ މާއްދާގައި މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ
ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން އެއްވެސް މީހަކު ހައްޔަރު ކޮށްގެން ނުވަތަ ބަންދު ކޮށްގެން ނުވާނެ ކަމަށް
ބަޔާންކޮށްފައި އޮތުމުން، އަދި މޯލްޑިވްސް ޕޮލިސް ސާރވިސް ގެ ނުވަތަ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ
ދަށުން މުޙައްމަދު ޙަސަންދީދީ ބަންދުގައި ބެހެއްޓުމަށް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/Q10C
އަމުރުން އަންގާފައިވާ ސަބަބަކީ މުޙައްމަދު ޙަސަންދީދީގެ މައްޗަށް އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ
ދަޢުވާއެއް ކޮށްފައިވަނިކޮށް، މުޙައްމަދު ޙަސަންދީދީ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުއްދައާއި ނުލާ ދެފަހަގެ
ދިވެހިރާއްޖޭގެ ހައިކޯޓް.އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 33254329، ފެކްސް: 3316471 *
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
މި
5
2011HC-A/244
މާލެއަށް ފުރައިގެން ގޮސްފައިވާކަމަށް ބަޔާންކުރައްވާފައި އޮތުމުން، މުޙައްމަދު ޙަސަންދީދީގެ މައްޗަށް ހުށަހެޅިފައިވާ
ޤަޟިއްޔާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރަކީ މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ
ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން ކުރައްވާފައިވާ އަމުރެއްނޫންކަން
(ރ) މުޙައްމަދު ޙަސަންދީދީ ޝަރީޢަތުގެ އަމުރުތަކާ ޚިލާފުވެފައިވާކަން ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ފޮނުއްވާފައިވާ
ނަންބަރު 00&1B
-
1045
/
2011
-
Q (19 އޮކްޓޯބަރ 2011) ސިޓީއިން އެނގެން އޮތުމުގެ އިތުރުން، މުޙައްމަދު
ހަސަންދީދީ ގދ.ތިނަދޫއިން ބޭރަށް ފުރައިގެން ދިޔަކަން މުޙައްމަދު ޙަސަންދީދީ ހުށަހަޅާފައިވާ މޯލްޑިވިއަންގެ ރިޒަވޭޝަން
ނަންބަރު AAGD5K ޓިކެޓުންވެސް އެނގެންއޮތުމުން، މުޙައްމަދު ޙަސަންދީދީގެ މައްޗަށް ޤާނޫނު ނަންބަރު 04/68
(ޢާންމު ޤާނޫނުތަކެއް)ގެ 6 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިފައިވާކަން
(ބ) ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 116 ވަނަ މާއްދާގެ 3 ވަނަ ނަންބަރުން ބާރުލިބިގެން
ޤާނޫނު ނަންބަރު 04/68 (ޢާންމު ޤާނޫނުތަކެއް)ގެ 6 ވަނަ މާއްދާގެ ދަށުން މުޙައްމަދު ޙަސަންދީދީ ބަންދުކުރުމަށް
ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ އަމުރުގައި އަމުރުކުރައްވާފައިވަނީ ޤާނޫނު ނަންބަރު 04/68 (ޢާންމު
ޤާނޫނުތަކެއް)ގެ 6 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާކަމަށް އެ މާއްދާގައި ލިޔެވިފައިވާ ފަރާތްތަކުގެ
ތެރެއިން ފަރާތަކަށް ނޫންކަމުގައިވީނަމަވެސް، ޤާނޫނު މާނަކުރުމުގެ ހަމަތަކަށް ބަލާ ރިޢާޔަތް ކުރާއިރު، މިހާރު މިފަދަ
ބަންދުތައް ކުރުމުގެ ބާރު ލިބިގެންވާ އެއްފަރާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސް ކަމުގައިވީހިނދު، އެ ފަރާތަށް އެފަދަ
އަމުރެއް ކުރެއްވުމުގެ ބާރު ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިވަޑައިގަންނަވާކަމަށް ޝަރީޢަތުން ޤަބޫލުކުރި ނަމަވެސް،
ޝަރުޢީ އަމުރަކާ ޚިލާފުވުމުގެ ސަބަބުން މީހަކު ބަންދުކުރުމުގައި، ބަންދުކުރެވޭ މުއްދަތެއް ސާފުކޮށް އަދި ސަރީޙަކޮށް
ކަނޑައެޅުމަކީ ދުނިޔޭގެ ގިނަ ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ޢަމަލުކުރަމުން އަންނަގޮތް ކަމުގައި ވީހިނދު، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 45 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މިނިވަންކަން ހަނިކުރެވިފައިވަނީ ޤާނޫނު އަސާސީގެ
16 ވަނަ މާއްދާގެ (ހ) އިން ހުއްދަކުރާ މިންވަރަކަށްނޫން ކަމުގައިވުމުން، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މުޙައްމަދު
ޙަސަންދީދީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ނުވަތަ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުން އެކޯޓުގެ ނަންބަރު
2011/Q10C/19 ޤަޟިއްޔާ ނިމެންދެން ބަންދުކުރުމަށް އަމުރު ނެރުއްވާފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށްކަން
8
ދިވެހިރާއްޖޭގެ ހައިކޯޓް.އާބުރުޒުހިނގުން،ތީގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471"
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
2011/HC-A/244
(ޅ) އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011
/
01/Q10C އަމުރު ކޯޓުން ކުރައްވާފައިވަނީ ޤާނޫނު އަސާސީއާއި ޚިލާފަށްކަމަށްވުމުން
އަމުރު ބާޠިލުކުރަން
ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަބެލި ފަނޑިޔާރުންނަށް ފެންނަކަން
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމުން، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011
/
01/Q10C އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް މި މައްސަލަބެވި
ފަނޑިޔާރުންނަށް އިއްތިފާޤުވެވުމުން، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/Q10C އަމުރު ބާޠިލުކަމަށް
ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
occo.
މަޖިކް"
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv