ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/105 ޤަޟިއްޔާގެ ޙުކުމް
1
އިޖްރާއީ ނިންމުން
2{12/HC-A/1:35
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޖެހި
އިޖްރާއީ ނިންމުން
0
ޤަޟިއްޔާ ނަންބަރު: 105/HC
-
A/2012
• މައްސަލަ ހުށަހެޅި ފަރާތް:
ނަން: އެންޓި-ކޮރަޕްޝަން ކޮމިޝަން
އައިޑީ ކާޑު ނަންބަރު:
*ދާއިމީ އެޑްރެސް: ހުރަވީ ބިލްޑިންގ
• މައްސަލަ ރައްދުވާ ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
، ދާއިމީ އެޑްރެސް: ފ.ވެލާނާގެ މާލެ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޖުމާދަލްއޫލާ 1433
08 އެޕްރީލް 2012
• އިޖްރާއީ ނިންމުން:
ދިވެހިރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުގެ
ފަރާތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި ނެކްސްބިޒް ލިމިޓެޑާ ދެމެދު ވެފައިވާ
އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިނގާފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް
ފާހަގަކުރެވި، ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް އިތުރަށް ކުރިޔަށް ގެންދާނަމަ ނޭޝަނަލް ޕްލޭނިން
ބިލަށް ނުވަތަ ވަޒީރުންގެ މަޖިލިހަށް ހުށަހަޅައި އެފަރާތުން ނިންމާ ނިންމުންތަކާ އެއްގޮތަށް އާރު.އެފް.ޕީ
ތައްޔާރުކޮށް، އަލުން ބިޑްކޮށްގެން ކުރިއަށް ގެންދިޔުމަށް، 24 ޖެނުއަރީ 2011 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން
ކޮމިޝަނުން އަންގާފައިވަނިކޮށް މިއެންގުމާ ޚިލާފަށް 18 އޮކްޓޯބަރ 2011 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ
0 92
ex e {
02c
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
އިޖްރާއީ ނިންމުން
2{12/HC-A/1:35
20
2ދ 42
މަޖިލިހުން، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި ނެކްސްބިޒް ލިމިޓެޑާ ދެމެދު ވެފައިވާ
އެއްބަސްވުމަށް ޢަމަލުކުރުމަށް ނިންމާފައިވާތީ، 24 ޖެނުއަރީ 2011 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ
ފަރާތުން އެންގި އެންގުމަށް ޢަމަލުކުރުމަކީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މައްޗަށް
ޤާނޫނު ލާޒިމްކުރާ ކަމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް
އެމިގްރޭޝަނަށް ދަޢުވާ ލިބޭގޮތަށް ދިވެހި ދައުލަތުގެ މައްޗަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސިވިލް ކޯޓަށް
ހުށަހެޅި އެކޯޓުގެ ނަންބަރު 2011/Cv
-
C/2158 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ
މައްސަލަ (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 105/HC-A/2012 ޤަޟިއްޔާ) ގައި ދައުލަތުގެ ފަރާތުން
ހައިކޯޓަށް 03 މެއި 2012 ދުވަހު ޙާޟިރުވެ ދައުލަތް ތަމްސީލުކުރާނެ ފަރާތްތަކުގެ ގޮތުގައި ހަމަޖައްސާފައިވާ
ދެފަރާތުގެ ތެރޭގައި ހިމެނޭ އަޙްމަދު އުޝާމް އަކީ، ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓް ނެކްސްބިޒް
ލިމިޓެޑަށް އެވޯރޑް ކުރި ޓެންޑަރ އިވެލުއޭޝަން ބޯޑުގެ މެންބަރެއްގެ ގޮތުގައި ހިމެނޭ ފަރާތަކަށްވާތީއާއި،
މިމައްސަލައިގެ މައުޟޫއަކީ ދިވެހި ސަރުކާރުގެ ފަރާތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
އާއި ނެކްސްބިޒް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައަ
ލައަކަށްވުމާއެކު،
މިމައްސަލާގައި އަޙްމަދު އުޝާމް ދައުލަތް ތަމްސީލުކުރުމަކީ މަސްލަޙަތު ފުށުއެރުމެއް އޮތްކަމެއްކަމަށްވާތީ،
އަޙްމަދު އުޝާމް ދައުލަތް ތަމްސީލުކުރުމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން އިޢުތިރާޟްކުރާ ކަމެއްކަމުގައިބުނެ
އިޖްރާއީ އިޢުތިރާސެއް
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ އިޖްރާއީ އިޢުތިރާޝާއި އެ
އިޢުތިރާޟް ބިނާކުރި ސަބަބުތަކަށާއި އަދި އެ އިޢުތިރާޝަށް ދައުލަތުގެ ފަރާތުން ދީފައިވާ ޖަވާބަށް ބަލާއިރު،
ދައުލަތް ތަމްސީލްކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހަމަޖައްސާފައިވަނީ އެ
އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލް އަޙްމަދު އުޝާމް އާއި ޑެޕިއުޓީ ސްޓޭޓް އެޓަރނީ މަރްޔަމް ޝުނާނާ
ކަމާއި، އަޙްމަދު އުޝާމް މިމައްސަލާގައި ޙާޟިރުވަނީ އެޓަރނީ ޖެނެރަލް ތަމްސީލް ކުރުމަށްކަމުގައި ވީނަމަވެސް،
އަޙްމަދު އުޝާމްއަކީ ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މައްސަލަ އިވެލުއޭޓްކުރި ޓެންޑަރ އިވެލުއޭޝަން ބޯޑުގެ
މެންބަރެއްގެ ގޮތުގައި ހިމެނޭ އެއް ފަރާތްކަމުގައިވެފައި، އަދި މިކަމުގައި ޢަމަލީގޮތުން ބައިވެރިވި ފަރާތަކަށްވާތީ،
އަދި މިހާރު މިބެލެވޭ މައްސަލައަކީ ބޯރޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމުކުރުމަށް ޓެންޑަރ ކުރުމުގައި
ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލުތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފާހަގަކުރެވިގެން އަލުން ބިޑުކޮށްގެން
އެކަން ކުރިއަށް ގެންދިއުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވަނިކޮށް އެންޓި-ކޮރަޕްޝަން ކޮލީޝަނުގެ
ހުށަހެޅުމުން،
ދިވެހިރާއްޖެ"
: ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
އިޖުރާއީ ނިންމުން
2{12/HC-A/135
2x22
އެންގުމާ
އޮތުމުން،
އެކަމާ
کرکر میسر
ހުށަހެޅިފައިވާ
ދިގުމާ ޚިލާފަށް އެމަސައްކަތް ކުރިއަށް ގެންގޮސްފައި އޮތުމު
މައްސަލައެއްކަމަށްވާތީ،
މި މައްސަލައިގައި ދައުލަތުގެ ފަރާތުން އަޙްމަދު އުޝާމް ވަކާލާތުކުރަން އައުމަކީ އެންމެ
މަސްލަހަތު އޮތްގޮތް ކަމަށް ނުފެންނާތީ، އަހްމަދު އުޝާމްއަށް މި މައްސަލައިގައި ދައުލަތް ތަމްސީލު
ނުކުރެވޭނެކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
އިޒްރާއީ މައްސަލަ ނިންމީގެ
ޔޫސުފް ޙުސައިން
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;