ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/165 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
2015/HC-A/165
کی عمری
ދެލި
-
ރާއްޖޭގެ
*
ދިވެހިރާއްޖޭގެ ހައިކޯa
ނިމުނު ގޮތު
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 165/HC
-
A/2015
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އާމިނަތު ނާސިޔާ
ދާއިމީ އެޑްރެސް: ހދ.ނޭކުރެންދޫ ވާރޭވިލާ
އައިޑީ
ކާޑު ނަންބަރު: A15324
މިހާރުގެ އެޑްރެސް: ފ.ލައިފްސީ ކ.މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ދާއިމީ އެޑްރެސް: އެސް.ޓީ.އޯ ހެޑްއޮފީސް
ރަޖިސްޓްރީ ނަންބަރު: 186
/
2001-C
ރެވުނު ތާރީޚް: 15 ރަޖަބު 1436 • ނިމުނު ތާރީޚް: 07 ޛުލްޤަޢިދާ 1437
04 މެއި 2015
10 އޯގަސްޓް 2016
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2014/VTR/75
• ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު
ތާރީޚް: 03 ޖޫން 2014 * ނިމުނު ތާރީޚް: 02 މާރިޗު 2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
0
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 71
331/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ
2015/HC-A/165
8ގޗް
مل من *
• ދައުވާގެ ޚުލާޞާ
15/VTR/2014
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން
އެދި ހދ.ނޭކުރެންދޫ ވާރޭވިލާ އާމިނަތު ނާސިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2 ﷲ
ހުށަހެޅުމެނޭ
މިޤާޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން
ޕޮލިކީ އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
2
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/75 މައްސަލައިގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ހދ.ނޭކުރެންދޫ ވާރޭވިލާ އާމިނަތު ނާސިޔާ
(ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A153284) 2012 ވަނަ އަހަރުގެ ޑިސެމްބަރު
މަހުގެ 16 ވަނަ ދުވަހުން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގައި ވަޒީފާ
އަދާކުރަމުން ދަނިކޮށް ވިހެއުމުގެ ޗުއްޓީގައި ހުއްޓާ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 03 ވަނަ
ދުވަހު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު
ބަދަލެއްގެ ސަބަބުން އޭނާ އަދާކުރަމުން ގެންދިޔަ މަޤާމު އުވިފައިވާކަމަށް ބުނެ، އަލުން އަނބުރާ
މަސައްކަތަށް ނިކުތުމުގެ ފުރުޞަތު ނުދީ، އެއްވެސް ނޯޓިސްއެއް ދިނުމަކާނުލާ ވަޒީފާއިން ވަކިކުރި
ކުރުމަކީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާ ކުރިން
އަދާކުރަމުން ދިޔަ ވަޒީފާ އަލުން ހޯދައިދިނުމަށާއި، ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން
އަލުން އަނބުރާ ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ހޯދައިދިނުމަށް އެދި،
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ރައްދުވާ ގޮތަށް، އާމިނަތު ނާސިޔާ ދަޢުވާކުރުމުން
ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: liގެ ދިވެހި3
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2015/HC-A/165
3 ޤަޟިއްޔާ ނިމުނު
معي مي کر محلي مم
OX
އެމައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، މިމައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި
ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަ ބަލާ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި އަދި ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ ހުށަހެޅި
ހދ.ނޭކުރެންދޫ، ވާރޭވިލާ އާމިނަތު ނާސިޔާ (153284) ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން
ޕަބްލިކް ލިމިޓެޑްގައި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން މެނޭޖަރ
ޑރ.1 ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާ ވިހެއުމާއި ގުޅިގެން ޗުއްޓީގައި ހުއްޓާ، 2013
ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 03 ވަނަ ދުވަހު ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން ޕަބްލިކް
ލިމިޓެޑްގެ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލެއްގެ ސަބަބުން އޭނާ އަދާކުރަމުން ގެންދިޔަ މަޤާމު
އުވިފައިވާކަމަށް ބުނެ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި،
އޭނާ އަދާކުރަމުން ދިޔަ މަޤާމުގެ ވަޒީފާ އަލުން ހަމަޖައްސައިދިނުމަށާއި، ވަޒީފާއިން ވަކިކުރިކަމަށް ބުނާ
ތާރީޚުން ފެށިގެން އަލުން އަނބުރާ ވަޒީފާ ހަމަޖެހޭ ދުވަހާ ހަމަޔަށް މުސާރައާއި ޢިނާޔަތްތައް އެކީ
އެއްފަހަރާ ދިނުމަށް އެދި ހުށަހަޅާފައިވާ މި މައްސަލާގައި، މައްސަލަ ހުށަހެޅި އާމިނަތު ނާސިޔާ ވަޒީފާއިން
ވަކިކޮށްފައިވަނީ ކުންފުނީގެ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން އާމިނަތު ނާސިޔާ
އަދާކުރަމުން ދިޔަ ވަޒީފާ އުވިފައިވާތީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 44 ވަނަ
މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި މައްސަލަ ރައްދުވި ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން
ޕަބްލިކް ލިމިޓެޑުގެ މުވައްޒަފުންގެ އަތްމަތީ ފޮތުގައިވާ ގޮތުގެ މަތީން ކަމަށް މައްސަލަ ރައްދުވި ފަރާތުން
ބުނާއިރު، މިފަދަ ޙާލަތެއް މެދުވެރިވެގެންވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖްރާޢީ ޢަދުލުވެރިކަން
ޤާއިމްކުރުމަށް ފަހުގައި ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމަވާފައިވާ ވަޒީފާއާބެހޭ
މައްސަލަތަކުން އެނގެން އޮންނައިރު، މައްސަލަ ހުށަހެޅި އާމިނަތު ނާސިޔާ މައްސަލަ ރައްދުވި ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ވަޒީފާއިން ވަކިކުރިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން
ޤާއިމްކުރެވިފައިވާކަމަށް ބުރަވެވުނު ނަމަވެސް، އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމްކުރަންޖެހޭ
އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމްކޮށްފައިނުވާކަމަށް ބުރަވެވޭ ހިނދު، މި މައްސަލާގައި މައްސަލަ
ހުށަހެޅި ފަރާތް އެދިފައިވާފަދައިން އޭނާއަށް އަލުން އަނބުރާ އެވަޒީފާ ދިނުމަށް މައްސަލަ ރައްދުވި
ފަރާތަށް އަންގަން ބަލާއިރު، އޭނާ ވަޒީފާއިން ވަކިކުރުމުގައި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުނުވެ
ހަމައެކަނި އެ ސަބަބަށްޓަކައި، އޭނާއަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް މައްސަލަ ރައްދުވި
ފަރާތަށް އެންގިދާނެ ހުއްޖަތެއް ނޫންކަމަށާއި، އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުކޮށް ވަޒީފާއިން
4 22
2x 2xދ
eއe#
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 30171(
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު
2015/HC-A/165
کی عمری
ވަކިކުރެވޭ މުވައްޒަފުންނަށް މާލީ ބަދަލެއް ނަގައިދެވިދާނެކަމަށާއި، މިގޮތުން މައްސަލަ ހުށަހެޅި ފަރާތަށް
މާލީ ބަދަލުގެ ގޮތުގައި 28,6000.00 (އަށާވީސްހާސް ހަސަތޭކަ) ރުފިޔާ ނަގައިދިނުމަށް މައްސަލަ ބެލި
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، އެ ފައިސާ މިއަދު، 02 މާރިޗު 2015 އިން ފެށިގެން 15
(ފަނަރަ) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި އާމިނަތު ނާސިޔާއަށް އެކީ އެއްފަހަރާ ދިނުމަށްފަހު އެކަން
ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ
ރައްދުވި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު:
186
/
2001-C) އަށް އަންގާ އަމުރުކުރަމެވެ" މިފަދައިންނެވެ.
15/VTR/2014
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި ހދ.ނޭކުރެންދޫ ވާރޭވިލާ އާމިނަތު ނާސިޔާގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް
ހުށަހަޅާ
އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ
ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާއިރު އެ ޤާނޫނުގެ 22 ވަނަ
މާއްދާގެ (ހ) އެއްވެސް މިންވަރަކަށް ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
OLO
(ނ) ދެވަނަ ނުކުތާއަކީ، އާމިނަތު ނާސިޔާ ވަޒީފާއިން ވަކިކޮށްފައިވަނީ ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން (ޕީލކ) ކުންފުނީގެ މުވައްޒަފުންގެ އަތްމަތީ ފޮތުގެ 1 ވަނަ މާއްދާގެ (ބ)
(ޅ) އަދި (ކ) އާއި މުޅިން ޚިލާފަށް ކަން ހުށަހެޅުނު އެ ފޮތުގެ ބުނެވިދިޔަ ނަންބަރުތަކަށް ބެލުމުން
އެގެން އޮތްއިރު އެއިން އެއްވެސް ކަމަކަށް ރިޢާޔަތް ކުރުމަކާ ނުލައި މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، އައިމިނަތު ނާސިޔާ ވަޒީފާއިން ވަކިކުރުމަށް ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ލޓޑ އިން ނިންމި ނިއްމުމުގައި މަޢުޟޫއީ އަދި އިޖުރާޢީ
އަދުލުވެރިކަން ޤާއިމް ކުރެވިފައި ނުވާއިރު އަދި މިމައްސަލައާ ގުޅިގެން އެސްޓީއޯގެ ފަރާތުން އާމިނަތު
ސިޔާ ވަޒީފާއިން ވަކިކޮށްފައިވަނީ އިޖްރާޢީ އަދުލުވެރިކަމާއި މަޢުޟޫޢީ އަދުލުވެރިކަން ޤާއިމް
ދިވެހިރާއްa
މި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3816471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު "
2015/HC-A/165
کی مری
=32
ކުރުމަށްފަހުކަން ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ނުވާއިރު ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ
މާއްދާއަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
1
(ރ) ހަތަރުވަނަ ނުކުތާއަކީ، މިމައްސަލަ ބައްލަވައި ނިންމެވުމުގައި ބަދަލެއްގެ ގޮތުގައި
ކަނޑައަޅާފައިވާ ޢަދަދު 28600 (އަށާވީސް ހަސަތޭކަ) ރުފިޔާ ހިސާބު ކުރެވުނު ގޮތެއް ބަޔާން ކުރުމަކާ
ނުލައި އެޢަދަދު ދިނުމަށް ނިންމި ނިންމެވުމަކީ ޢަދުލުވެރި ބަދަލެއް ކަމުގައި ނުދެކޭކަމަށް ބުނެ ހުށަހެޅި
ނުކުތާ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/75 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ހދ.ނޭކުރެންދޫ، ވާރޭވިލާ އާމިނަތު ނާސިޔާގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި،މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އާމިނަތު ނާސިޔާގެ ފަރާތުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
(އެސް.ޓީ.އޯ) ގެ މައްޗަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، އާމިނަތު
ނާސިޔާ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެސް.ޓީ.އޯ ގައި ވަޒީފާ
އަދާކުރަމުން ދަނިކޮށް ވިހެއުމުގެ ޗުއްޓީގައި ހުއްޓާ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 03 ވަނަ
ދުވަހު އެސް.ޓީ.އޯގެ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލެއްގެ ސަބަބުން އާމިނަތު ނާސިޔާ
އެކުންފުނީގައި އަދާކުރަމުން ގެންދިޔަ މަޤާމު އުވިފައިވާކަމަށް ބުނެ، އަލުން އަނބުރާ މަސައްކަތަށް
ނިކުތުމުގެ ފުރުޞަތު ނުދީ، އެއްވެސް ނޯޓިސްއެއް ދިނުމަކާނުލާ ވަޒީފާއިން ކޮށްފައިވަނީ ވަޒީފާއާބެހޭ
ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، އާމިނަތު ނާސިޔާ އަދާކުރަމުން ދިޔަ ވަޒީފާ އަލުން
ހޯދައިދިނުމަށާއި، ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން އަލުން އަނބުރާ ވަޒީފާ ހަމަޖެހޭ
ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ހޯދުމަށް ކަން އެނގެން އޮންނަކަމާއި، ޤާނޫނު
ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ
އެކަށީގެންވާ ސަބަބެއް އޮވެގެންކަން އެޤާނޫނުގެ 21 އަދި 28 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި ،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި،
އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2x )
4 43
ޤަޟިއްޔާ ނިމުނު 1
2015/HC-A/165
OX
29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ
ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެންވާކަން އެނގެން އޮންނަކަމެވެ.
0266
2.3ޑ
(ނ) ދެވަނަކަމަކީ، އާމިނަތު ނާސިޔާއަކީ، އެސް.ޓީ.އޯގެ މެނޭޖަރ 1 ގެ މަޤާމު
އަދާކުރަމުން ގެންދިޔަ ފަރާތެއްކަން އެނގެން އޮންނަކަމާއި، އާމިނަތު ނާސިޔާ އެސް.ޓީ.އޯގައި
އަދާކުރަމުންދިޔަ މަޤާމުން 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން
ވަކިކުރެވިފައިވަނީ، އެސް.ޓީ.އޯގެ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާއި ގުޅިގެން އާމިނަތު ނާސިޔާ
އަދާކުރަމުންދިޔަ މަޤާމު އުވިފައިވާތީކަމަށް އެސް.ޓީ.އޯ ގެ ފަރާތުން ބުނެފައިވާކަމާއި، އަދި އާމިނަތު
ނާސިޔާ ވަޒީފާއިން ވަކިކުރުމުގައި ބަލާފައިވާނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 44
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަށާއި، އެސް.ޓީ.އޯ ގެ މުވައްޒަފުންގެ އަތްމަތީ ފޮތުގެ 8 ވަނަ
ބާބުގެ (8.5) ގެ (ބ) އަށްކަމަށް އެސްޓީއޯ ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބުނެފައިވާކަން
އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، އާމިނަތު ނާސިޔާގެ ވަޒީފާއާމެދު ކަން ހިނގާދިޔަގޮތަށް ބަލާއިރު،
އާމިނަތު ނާސިޔާ އެސް.ޓީ.އޯގެ އިޝާރާތްކުރެވުނު ވަޒީފާ އަދާކުރަމުންދަނިކޮށް، އާމިނަތު ނާސިޔާ
ވިހެއުމާއި ގުޅިގެން ލިބޭ ޗުއްޓީއާއި ޙައްޤުވާ އަހަރީ ޗުއްޓީ ނެގިކަމާއި، އަދި މިޗުއްޓީތައް ހަމަވުމުގެ
ސަބަބުން 10 ޖެނުއަރީ 2014 އިން ފެށިގެން 08 ފެބުރުއަރީ 2014 ގެ ނިޔަލަށް 01 މަސްދުވަހުގެ
މުސާރަ ނުލިބޭ ޗުއްޓީ ނެގުމަށް ބޭނުންވެގެން އެކަން އެސް.ޓީ.އޯ އަށް އާމިނަތު ނާސިޔާގެ ފަރާތުން
ހުށަހެޅިކަމާއި، އަދި މިހުށަހެޅުމުގެ ޖަވާބުގައި، މުސާރަ ނުލިބޭ ޗުއްޓީ ދިނުމަށްފަހު، މަސައްކަތް ކުރާ
ޑިޕާޓްމަންޓަށް ދަތިވާނަމަ އެ މަޤާމަށް މީހަކު ހަމަޖެއްސިދާނެކަމަށާއި، އެސް.ޓީ.އޯގެ ޑިޕާޓްމަންޓަކަށް
އަންނަ ބަދަލަކާއި ގުޅިގެން ވަޒީފާ އުވިއްޖެނަމަ މުސާރަ ނުލިބޭ ޗުއްޓީ ހަމަވެގެން ވަޒީފާއަށް ނުކުންނައިރު
ކުރިން އަދާކުރަމުންދިޔަ ވަޒީފާނެތުން އެކަށީގެންވާކަމަށް އެސް.ޓީ.އޯގެ ފަރާތުން ސިޓީއަކުން އާމިނަތު
ނާސިޔާއަށް އަންގާފައިވާކަން އެނގެން އޮންނައިރު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަވުމުން، އެޗުއްޓީ
ކުރިން އަދާކުރަމުން އައި ވަޒީފާއަށް އަނބުރާ އައުމުގެ ޙައްޤު މަސައްކަތްކުރާ ތަނުގެ
އިޤްތިސާދީ، ނުވަތަ ފަންނީ، ނުވަތަ އިންތިޒާމީ ސަބަބަކާހުރެ، އެވަޒީފާ ނެތިއްޖެނަމަ ލިބިގެންނުވާކަން
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަށް
ބެލުމުން އެނގެން އޮންނަކަމާއި، އާމިނަތު ނާސިޔާ އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރެވިފައި
4 2 2 4
سر گرمی کی
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331641
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2015/HC-A/165
7 ޤަޟިއްޔާ ނިމުނު 1
کی مرگی
ދެވެ
އާމިނަތު ނާސިޔާ ވިހެއުމުގެ ޗުއްޓީގައި ވަނިކޮށް، އެސް.ޓީ.އޯ ގެ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު
ބަދަލަކާއި ގުޅިގެން އާމިނަތު ނާސިޔާ އަދާކުރަމުންދިޔަ މަޤާމު އުވިފައިވާތީކަމަށް އެސްޓީއޯ ގެ ފަރާތުން
ބުނެފައިވާކަން އެނގެން އޮންނަކަމާއި މިހެންކަމުން، އާމިނަތު ނާސިޔާ ވަޒީފާއިން ވަކިވެފައިވަނީ
ރިޑަންޑަންޓްވެގެންކަން އެނގެން އޮންނަކަމެވެ.
(ދ) ހަތަރުވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމާފައިވާ ވަޒީފާއާބެހޭ
މައްސަލަތަކަށް ބަލާއިރު، ޢާންމު އުޞޫލެއްގެ ގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ "އެކަށީގެންވާ" ސަބަބެއްތޯ ބަލާއިރު، ވިޔަފާރީގެ ނަފާ ހޯދުމުގެ
ގޮތުން ހިންގާ ކުންފުނި ތަކުގައި، އެކުންފުނިތައް ހަރުދަނާކޮށް، ނަފާ އިތުރުވާނޭ ގޮތެއްގެމަތިން
ހިންގުމަށްޓަކައި ނުވަތަ ކުންފުނި ރީސްޓްރަކްޗަރ ކުރުންފަދަ ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް އެކުންފުންޏަކުން ދޫކޮށްލަންޖެހޭފަދަ ޙާލަތެއް (ރިޑަންޑަންސީގެ ޙާލަތު) މެދުވެރިވެދާނެ
ކަމަށް ޤަބޫލުކުރަން ޖެހޭކަމަށާއި، އަދި މިފަދަ ޙާލަތެއްގައި މުވައްޒަފުން މަދުކުރެވެން ނޯންނަނަމަ އެކަމަކީ
އެފަދަ ކުންފުނިތަކުގެ ވިޔަފާރިއަށް ހުރަސްތަކެއް މެދުވެރިވެ، ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަމެއް
އަތުވެދާނެފަދަ ސަބަބެއްކަމުގައި ޤަބޫލުކުރަން ޖެހޭކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ
ދަށުން ހެދިފައިވާ ޤަވާޢިދެއްގައިވެސް ރިޑަންޑަންސީއާ ގުޅޭގޮތުން ވަކި އުޞޫލެއް ޤާއިމުކޮށްފައި
ނުވިނަމަވެސް، އަދި ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ
ސަބަބެއްކަމުގައި ބަޔާންކޮށްފައި ނެތްނަމަވެސް، ވިޔަފާރީގެ ނަފާ ހޯދުމަށް ހިންގޭ ކުންފުނިތައް
ރީސްޓްރަކްޗަރ ކުރުމަށް ނުވަތަ ކުންފުނީގެ މާލީ ޙާލަތު ދަށްވުންފަދަ ކަމެއް މެދުވެރިވެގެން ކުންފުނީގެ
މުވައްޒަފަކު ދޫކޮށްލަންޖެހިއްޖެނަމަ ނުވަތަ މަދުކުރަންޖެހިއްޖެނަމަ، އެފަދަ ޙާލަތުގައި މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާ ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްއޮތް އެކަށީގެންވާ
ސަބަބެއް ކަމުގައި ބެލެވިދާނެކަމަށާއި، ނަމަވެސް މި ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ
ކުރުމުގައި ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ހެޔޮނިޔަތުގައި
ތޯއާއި، އަދި އެއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން
ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން
ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
3
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
83
8 ޤަޟިއްޔާ ނިމުނު
2015/HC-A/165
گمرکی
ދެލީ
Pec
02 22 22
ޢަދުލުވެރިކަމާއި (substantive faimess) އިޖްރާއީ ޢަދުލުވެރިކަން (procedural fairness)
ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
89/HC
-
A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމެވެ.
0
0
xތ ހ 4 ވ 22
20
(ބ) ފަސްވަނަކަމަކީ، އާމިނަތު ނާސިޔާ އެސް.ޓީ.އޯ ގައި އަދާކުރަމުންދިޔަ ވަޒީފާއިން
ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބަލާއިރު، އެސް.ޓީ.އޯ ގެ "ބޯޑު ޑިރެކްޓަރުންގެ
34 ވަނަ ޖަލްސާގެ" ޔައުމިއްޔާއިންނާއި، އެކުންފުނީގެ ނަންބަރު 7
/
2013-C (03 ޑިސެމްބަރ 2013)
ސަރކިއުލަރ އިން އާމިނަތު ނާސިޔާ ވަޒީފާ އަދާކުރަމުންދިޔަ ލޮޖިސްޓިކް ޑިޕާޓްމަންޓް އުވާލާފައިވާކަން
ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމާއި، އަދި މިގޮތަށް މިޑިޕާޓްމަންޓް އުވާލާފައިވަނީ އެސް.ޓީ.އޯ ގެ
ހިންގުން ހަރުދަނާކުރުމަށްޓަކައި ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ
އިޝާރާތްކުރެވުނު ޔައުމިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނައިރު، އެސް.ޓީ.އޯ ގެ
މިނިންމުމަކީ އެއްވެސް ޙާލެއްގައި އާމިނަތު ނާސިޔާ ބޭއިންސާފުން ވަޒީފާއިން ވަކިކުރުމުގެ ބޭނުމުގައި
ނުބައި ނިޔަތެއްގައި ކުރިކަމެއްކަމުގައި ބެލުމުގެ އިއްތިމާލެއް ފާޅުވާ މިންވަރުގެ ޙުއްޖަތްތަކެއް
ފެންނަންނެތްކަން އެނގެން އޮންނަކަމާއި، މިހެންކަމުން އާމިނަތު ނާސިޔާ ވަޒީފާއިން ވަކިކުރުމުގައި
މައުޟޫއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމުގައި ބަލަންޖެހެއެވެ.
22
0
2 ހއ
ގޮތުން ކަމަށް
46
(ޅ) ހަވަނަކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/75 މައްސަލަ
އިސްތިއުނާފުކުރަމުން، އާމިނަތު ނާސިޔާގެ ފަރާތުން ފާހަގަކޮށްފައިވާ، ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ
މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ވަޒީފާއިން ވަކިކުރުމާއި އެ
ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނެތުމާއި، އާމިނަތު ނާސިޔާ
ވަޒީފާއިން ވަކިކޮށްފައިވަނީ އެސް.ޓީ.އޯ ގެ ކުންފުނީގެ މުވައްޒަފުންގެ އަތްމަތީ ފޮތުގެ 1 ވަނަ މާއްދާގެ
(ބ) (ޅ) އަދި (ކ) އާއި މުޅިން ޚިލާފަށް ކަން ހުށަހެޅުނު އެ ފޮތުގެ ބުނެވިދިޔަ ނަންބަރުތަކަށް ބެލުމުން
އެގެން އޮތްއިރު އެއިން އެއްވެސް ކަމަކަށް ރިޢާޔަތް ކުރުމަކާ ނުލައި މައްސަލަ ނިންމާފައިވާކަމަށް
ބުނެފައިވާ ބުނުމަކީ، އާމިނަތު ނާސިޔާ ވަޒީފާއިން ވަކިކުރި ގޮތުގެ އިޖުރާއާތު ތަކާއި ގުޅޭގޮތުން ކޮށްފައިވާ
ޝަކުވާތަކެއްކަން އެނގޭކަމާއި، ވަޒީފާއިން ވަކިކުރާ ކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން
ޤާއިމުވެފައިވާނަމަ، އެވަކިކުރާ ކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުވެފައިނުވިނަމަވެސް،
އެފަދަ މީހަކު އަނބުރާ ވަޒީފާއަށް އިޢާދަކުރުން ލާޒިމްނޫންކަމާއި، އެޙާލަތުގައި އެފަދަ މީހަކަށް ދޭންޖެހޭނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: B316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9 ޤަޟިއްޔާ
2015/HC-A/165
ގއ
<< O
އެކަށީގެންވާ މާލީ ބަދަލެއްކަން މީގެ ކުރިން ނިންމާފައިވާ ވަޒީފާއާބެހޭ މައްސަލަތަކުގައި ދިވެހިރާއްޖޭގެ
ހައިކޯޓުން ކަނޑައަޅުއްވާފައިވާކަމާއި، މިމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ
ނިންމެވުމުގައި އާމިނަތު ނާސިޔާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ޢަމަލުކުރަންޖެހޭ އިޖުރާއާތުތަކާއި
އެއްގޮތަށް އެސް.ޓީ.އޯ އިން ޢަމަލުކޮށްފައިނުވާކަމަށް ކަނޑައަޅައި، އާމިނަތު ނާސިޔާއަށް އެކަމުގެ
ބަދަލެއްގެ ގޮތުން -/28,600ރ. (އަށާވީސްހާސް ހަސަތޭކަރުފިޔާ) މައްސަލަ ނިންމި ދުވަހުން ފެށިގެން
15 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދިނުމަށް އަންގާފައިވާކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަކަމަކީ، މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވައި ނިންމެވުމުގައި
ބަދަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދު -:28,600ރ. (އަށާވީސްހާސް ހަސަތޭކަރުފިޔާ) ހިސާބު
ކުރެވުނު ގޮތެއް ބަޔާން ކުރުމަކާ ނުލައި އެޢަދަދު ދިނުމަށް ނިންމި ނިންމެވުމަކީ ޢަދުލުވެރި ބަދަލެއް
ކަމުގައި ނުދެކޭކަމަށް އާމިނަތު ނާސިޔާގެ ފަރާތުން ފާހަގަކޮށްފައިވާއިރު، މިފަދަ މައްސަލަތަކުގައި މާލީ
ބަދަލު ނެގުމުގައި ބަލަންޖެހޭ މިންގަނޑުތަކެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 184/HC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި، އާމިނަތު ނާސިޔާއަށް ބަދަލު ނަގައިދިނުމުގައިވެސް
މިއުސޫލުތަކަށް ރިއާޔަތްކުރެވިފައިވާނެކަމަށް މިމައްސަލަ ނިންމެވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ފާހަގަކުރައްވާފައިވާއިރު، އާމިނަތު ނާސިޔާއަކީ ގާތްގަނޑަކަށް 1 އަހަރާއި 2 މަސްދުވަސްވަރު އެސް.ޓީ.އޯ
ގައި ވަޒީފާއަދާކުރި މުވައްޒަފެއްކަމާއި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ
މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އާމިނަތު ނާސިޔާއަށް ދޭންޖެހޭ ނޯޓިސްގެ ބަދަލުގައި
އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ފައިސާ ދީ އާމިނަތު ނާސިޔާ ވަކިކުރެވުނުނަމަވެސް އާމިނަތު
ނާސިޔާއަށް ޙައްޤުވާނީ ހަމައެކަނި 01 މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތައް އެކަނިކަމާއި، މިހެންކަމުން
އާމިނަތު ނާސިޔާއަށް ލިބެމުންދިޔަ މުސާރައަށާއި، ވަޒީފާއަދާކުރި މުއްދަތަށާއި، މިކަންކަމުގެ މައްޗަށް
ބެލުމުން، އާމިނަތު ނާސިޔާއަށް މާލީ ބަދަލުގެ މިންވަރެއްގެ ގޮތުގައި -/28,600ރ. (އަށާވީސްހާސް
ހަސަތޭކަރުފިޔާ) ކަމަށް ކަނޑައެޅި ކަނޑައެޅުމަކީ، ޢަދުލުވެރިނޫން ބަދަލެއްކަމުގައި ބެލެވެންނެތްކަމެވެ.
0/
<< O
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/75 މައްސަލަ
އިސްތިއުނާފުކުރުމަށް އެދި އާމިނަތު ނާސިޔާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް
އެމައްސަލައިގައި ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނުވާކަމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
10 ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/165
مرسي يمر متر مربع
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2014/VTR/75 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމުން އިސްތިއުނާފު
ކުރުމަށްޓަކައި ހދ.ނޭކުރެންދޫގެ ވާރޭވިލާ އާމިނަތު ނާސިޔާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބިނާކޮށް، އެމައްސަލައިގައި ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
42 0 2
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv