ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/132 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/132
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 132/HC-A/2015
• އިސްތިއުނާފުކުރި ފަރާތްތައް:
ނަން: އާމިނަތު ޝާން
އައިޑީ ކާޑު ނަންބަރު: 156
A003
*
0
ދާއިމީ އެޑްރެސް: ޚުޝީ، މާދަނޑު/ ޏ.ފުވައްމުލައް
މިހާރުގެ އެޑްރެސް: ޕެނާ، މާދަޑު ޏ.ފުވައްމުލައް
އިސްތިއުނާފު ރައްދުވި ފަރާތްތައް:
• ނަން : މުޙައްމަދު ސަޢީދު
އައިޑީ ނަންބަރު: A045203
ދާއިމީ އެޑްރެސް: ޕެރެޑައިސް، ދުގުވާޑު/ ޏ.ފުވައްމުލައް
މިހާރުގެ އެޑްރެސް: ޕެރެޑައިސް،ދުގުވާޑު)
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ޖުމާދަލްއާޚިރާ 1436
"1438
•ނިމުނު ތާރީޚް: 01 ޞަފަރު
01 ނޮވެމްބަރ 2016
05 އެޕްރީލް
2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2
/
2014-R1C/408
ނިންމެވި ކޯޓު: ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: އެގްރިމެންޓާއި ޚިލާފުވުން
• ހުށަހެޅުނު ތާރީޚް: 25 ޖޫން 2014 ނިމުނު ތާރީޚް: 15 ޖެނުއަރީ 2015
0
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: ޢަބްދުﷲދީދީ، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ތައް
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/12
ދަޢުވާގެ ޚުލާޞާ
މިއީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2
/
2014-R1C/408 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުން އެދި މާދަޑު، ޚުޝީ/ ޏ.ފުވައްމުލައް އާމިނަތު ޝާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
· 8 2
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދިގުވާނދު، ޕެރެޑައިސް ޏ.ފުވައްމުލައް
މުޙައްމަދު ސަޢީދުއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2
/
2014-R1C/408 ޤަޟިއްޔާ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ފުވައްމުލަކު މާދަޑު، ޚުޝީ
އާމިނަތު ޝާންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ޚުޝީ" އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ 3200
އަކަފޫޓުގެ ބިމުގައި ރެސްޓޯރެންޓެއް ހަދާ ހިންގުމާއި ބެހޭގޮތުން ޏ.ފުވައްމުލަކު ޕެރެޑައިސް މުޙައްމަދު
ސަޢީދާއި، ޏ. ފުވައްމުލަކު މާދަޑު، ޚުޝީ އާމިނަތު ޝާންއާއި ދެމެދު މުޙައްމަދު ސަޢީދަށް 09
އަހަރާއި 09 މަސްދުވަހަށް ކުއްޔަށް ދިނުމަށް 11 މާޗް 2008 ދުވަހު ވެވުނު އެއްބަސްވުމުގެ 12
ވަނަ މާއްދާ އާއި ކުއްޔަށް ހިފިފަރާތުން ޚިލާފުވެފައިވާތީވެ، މި އެއްބަސްވުމުގެ 16 ވަނަ މާއްދާގައިވާ
ފަދައިން މި އެއްބަސްވުން ބާޠިލްކޮށް، މިތަން ވެރިފަރާތުން ބޭނުންވާތީވެ، މިހާރު ދެފަރާތުން ވެފައިވާ
އެއްބަސްވުން ބާޠިލްވެފައިވާ އެއްބަސްވުމެއް ކަމަށް ކަނޑައަޅުއްވާދެއްވާ، މިތަން ވެރިފަރާތާއި
ޙަވާލުކޮށް ދިނުމަށް އަންގާ، ތަންހުސްކޮށް ދިނުމަށް އެދި އާމިނަތު ޝާން، މުޙައްމަދު ސަޢީދުގެ
މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 2316M
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/132
އެމައްސަލައިގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، ޏ، ފުވައްމުލައް މާދަޑު، މުޝީ
އާމިނަތު ޝާންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނ.ފުވައްމުލަކު މާދަޑު ޚުޝީއެވެ ކިޔާ ބަނޑާރަ
ގޯތީގައިވާ 3200 އަކަފޫޓުގެ ބިމުގައި ރެސްޓޯރަންޓެއް ހަދާ ހިންގުމާއި ބެހޭގޮތުން ޏ. ފުވައްމުލަކު
ޕެރެޑައިސް މުޙައްމަދު ސަޢީދާއި، ވައްމުލަކު މާދަޑު، ޚުޝީ އާމިނަތު ޝާންއާއި ދެމެދު 2008
މާރޗް 11 ވަނަ ދުވަހު، 19 އަހަރާއި 09 މަސް ދުވަހަށް ޏ. ފުވައްމުލަކު ޕެރެޑައިސް މުޙައްމަދު
ސަޢީދުއަށް "މުޝީ" އެވެ ކިޔާ ގޯތި ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުމުގެ 12 ވަނަ މާއްދާ އާއި
ކުއްޔަށް ހިފިފަރާތުން ޚިލާފުވެފައިވާކަމަށް ބުނެ އެއްބަސްވުމުގެ 16 ވަނަ މާއްދާގައިވާ ފަދައިން މި
އެއްބަސްވުން ބާޠިލްކޮށް، ތަން ވެރިފަރާތުން ބޭނުންވާތީވެ، އާމިނަތު ޝާން އާއި މުޙައްމަދު ސަޢީދު
އާއި ދެފަރާތުން ވެފައިވާ އެއްބަސްވުން ބާޠިލްވެފައިވާ އެއްބަސްވުމެއްކަމަށް ކަނޑައަޅައި، މިތަން
ވެރިފަރާތާއި ޙަވާލުކޮށް ދިނުމަށް އަންގާ، ތަން ހުސްކޮށް ދިނުމަށް އެދި މުޙައްމަދު ސަޢީދުގެ މައްޗަށް
ދަޢުވާކޮށް އާމިނަތު ޝާން ހުށަހެޅުމުން ބެލުނު މިމައްސަލާގައި، މިދަޢުވާއަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެމަތިން، އާމިނަތު ޝާން އާއި މުޙައްމަދު ސަޢީދު އާއި މިދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ހެކިތަކަށް ނަޒަރުކޮށް ބެލިބެލުމުން،
ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫންކަމަށް ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ
ޤާނޫނުގައި ބަޔާންކޮށްފައި އޮތްހިނދު، އާމިނަތު ޝާން އާއި މުޙައްމަދު ސަޢީދު އާއި މިދެފަރާތުން
2008 މާރޗް 11ވަނަ ދުވަހު ވެފައިވާ އެއްބަސްވުން ބާޠިލްކޮށްދިނުމަށް އެދި ދަޢުވާކުރާ އާމިނަތު
ޝާން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، މިދެފަރާތް ދެމެދު ވެވިފައިވާ އެއްބަސްވުން އެޙަޤީޤަތެއްގެ
މައްޗަށް ބިނާވާ "ޚުޝީ" އެވެ ކިޔާ ގޯތި މުޙައްމަދު ސަޢީދުއަށް ކުއްޔަށް ދިނުމަށް އާމިނަތު ޝާން
ވެފައިވާ އެއްބަސްވުމަކީ ކުއްޔަށްދިނުމާ ބެހޭ އެއްބަސްވުމެއްކަމާއި
ކަމާއި، މިހާތަނަށް މިއެއްބަސްވުމުގެ
މިޙަޤީޤަތް މިއެއްބަސްވުމުގެ އެއްވެސް ފަރާތެއްގެ އިޚްތިޔާރުގައި އަދި މިދެފަރާތުންކުރެ ފަރާތެއްގެ
އިޚްތިޔާރަކާނުލާވެސް ބަދަލުވެފައިނުވާކަން ދެފަރާތުގެ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ހެކިތަކުން
ޝަރީޢަތަށް އެނގެންއޮތަތީ އާއި، މިދެފަރާތް ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާއާ
ކުއްޔަށްހިފި ފަރާތުން ޚިލާފުވެފައިވާކަމަށް ކުއްޔަށް ދިންފަރާތުން ބުނެފައިވީ ނަމަވެސް، މިމައްސަލައާ
ގުޅިގެން ދަޢުވާލިބޭ މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން ކަމުގައިވާ މަޢުޞޫމް
މުޙައްމަދު އާއި ޢަލީ ރިޝްވާން އާއި މިދެމީހުންގެ ބަހަށް ބަލާއިރު، މުޙައްމަދު ސަޢީދު އާއި އާމިނަތު
ޝާން އާއި މިދެފަރާތް ދެމެދު މިދަޢުވާގައި ބުނާ އެއްބަސްވުން ވެވުނުދުވަހު އާމިނަތު
U COCOOX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2/6471
19 ދިޖެހިއްގެ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/132
ހ 25
2
އެއްބަސްވުމުގެ 08 ވަނަ މާއްދާގައި ބުނާ ލިޔުން ޙަވާލުކުރުމަށް ދަޢުވާލިބޭ މުޙައްމަދު ސަޢީދު
މަސައްކަތް ކޮށްފައިވާކަން ޝަރީޢަތަށް އެނގެން އޮތްކަމާއި އެއްބަސްވުމުގެ 08 ވަނަ މާއްދާއާ
ފަރާތުން ކަނޑައެޅިގެން ޚިލާފުވެފައިވާކަން ދަޢުވާކުރާ ފަރާތަށް
ޝަރީޢަތަށް
ސާބިތުކޮށްދެވިފައި ނުވާތީއާއި، ދަޢުވާކުރާފަރާތުން ދަޢުވާލިބޭ ފަރާތާ ދެމެދު ވެވިފައިވާ އެއްބަސްވުމާ
ދަޢުވާލިބޭފަރާތުން ޚިލާފުވެފައިވާކަމަށް ބުނެ ހުށަހެޅި ކަންކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި
ނެތްހިނދު، 2008 މާރޗް 11 ވަނަ ދުވަހު އާމިނަތު ޝާން އާއި މުޙައްމަދު ސަޢީދު އާއި ދެމެދު
ވެވިފައިވާ އެއްބަސްވުން ބާޠިލްކޮށް ދަޢުވާކުރާ ފަރާތުން އެދިފައިވާގޮތަށް މިއެއްބަސްވުމަކީ ބާތިލް
އެއްބަސްވުމެއްކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނު ހަމައެއް ނެތްކަމަށް ކަނޑައަޅައި، 2008
މާރޗް 11 ވަނަ ދުވަހު އާމިނަތު ޝާން އާއި މުޙައްމަދު ސަޢީދު އާއި މިދެފަރާތް ދެމެދު ވެވިފައިވާ
ކިޔާ ބަންޑާރަގޯތި މުޙައްމަދު ސަޢީދުއަށް
އެއްބަސްވުމުގައި،
މިއެއްބަސްވުމުގެ ދެފަރާތަށް މިއެއްބަސްވުމުގެ ދަށުން ލާޒިމްކުރާ އެންމެހާކަންކަން އެއްބަސްވުމުގައިވާ
ގޮތުގެ މަތިން ފުރިހަމަކޮށް މިއެއްބަސްވުމަށް އިޙްތިރާމްކުރުމަށް އާމިނަތު ޝާން އާއި މުޙައްމަދު
ސަޢީދު އާއި މިދެފަރާތަށް އަންގައި މިގޮތުގެ މަތިން
ހު
ޤަޟިއްޔާ ނިންމީއެވެ."
މިފަދައިންނެވެ.
·
ހއޔަށްދމެބހޭ
OXOS
ޙުކުމްކޮށް
6
هر متر می
02- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2
/
2014-R1C/408 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ނުވާކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުން އެދި ފުވައްމުލަކު މާދަޑު، ޚުޝީ އާމިނަތު ޝާންގެ ފަރާތުން 02 (ދޭއް)
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ؟
3
2 / ކ ވ
(ކއތކއ
ފުރަތަމަ ނުކުތާއަކީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2
/
2014-R1C/408 ޤަޟިއްޔާގައި ޏ.ފުވައްމުލަކު ދިގުވާޑު ޕެރެޑައިސް މުޙައްމަދު ސަޢީދުއާއި
ފުވައްމުލަކު މާދަޑު، މުޝީ އާމިނަތު ޝާން އާއިދެމެދު ވެވިފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގައި
ރެފައިވާ އިމާރާތް ހެދުމަށް ހިނގާ ހުރިހާ ޚަރަދެއް އެޚަރަދެއްގެ ސައްޙަ ކޮޕީއެއް ކުއްޔަށްހިފި
ފަރާތުން ކުއްޔަށްދިން ފަރާތަށް ދޭންޖެހޭނެކަމަށް ބަޔާން ކޮށްފައިވަނިކޮށް އެކަން ފުރިހަމަނު
D9ކން
ޖީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 33f971
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންގެ
5
بنوري
2015/HC-A/132
އަދި މިއެއްބަސްވުމުގެ 10 ވަނަ މާއްދާގައި އިމާރަތް ހެދުމަށްހިނގާ ޚަރަދު ޝަރުޢީ ކޯޓެއްގައި
ރަޖިސްޓްރީ ކުރަންވާނޭކަމަށް ބަޔާންކޮށްފައިވަނިކޮށް މިއިން އެއްވެސް ކަމެއް ނުހިނގަނީސް އެކަން
ހިނގިކަމަށް މިދައުވާރައްދުވާ ފަރާތުން ހުށަހެޅި ދެހެކީންގެ ހެކިބަހުން މިދަޢުވާރައްދުވާ ފަރާތުން
އެއްބަސްވުމާއި ޚިލާފު ވެފައި ނުވާކަން ސާބިތުވާކަމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން މިމައްސަލަ
ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 142 ވަނަ މާއްދާގެ ރޫހާއި ޚިލާފަށް
ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6
ދެވަނަ ނުކުތާއަކީ،
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2
/
2014-R1C/408 ޤަޟިއްޔާގައި ޏ ފުވައްމުލައް ޕެރެޑައިސް ދިގުވާޑު މުޙައްމަދު ސަޢީދު އާއި
ޏ. ފުވައްމުލަކު މާދަޑު، ޚުޝީ އާމިނަތު ޝާންއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ 9 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ގޮތާއި މުޅިން ޚިލާފަށް މިދަޢުވާ ރައްދުވާ ޏ.ފުވައްމުލަކު ދިގުވާޑު
ޕެރެޑައިސް މުޙައްމަދު ސަޢީދު ޢަމަލުކޮށްފައިވާކަމަށް މިދައުވާރައްދުވާ ފަރާތުން ޝަރީޢަތުގެ
މަޖިލީހުގައި ބަޔާންކޮށްދީފައި ވަނިކޮށް އެކަމުގެ މައްޗަށް ރިޢާޔަތްނުކޮށް މިމައްސަލަ ފުވައްމުލައް
މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓް ޤާނޫނުގެ 19 ވަނަ މާއްދާއާއި 20
ވަނަ މާއްދާއާއި ޚިލާފަށްކަމަށްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2
/
2014-R1C/408 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ނުވާކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުން އެދި ޏ. ފުވައްމުލަކު މާދަޑު، ޚުޝީ އާމިނަތު ޝާންގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، ކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
އެތަކެތި
(ހ) ފުރަތަމަކަމަކީ، " ފުވައްމުލަކު ޕެނާ އާމިނަތު ޝާންގެ " ޚުޝީ" ގޯތީގައި
ރެސްޓޯރެންޓެއް އެޅުމަށް އެޤާތި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން" މިނަމުގައި
މާދަޑު، ޚުޝީ އާމިނަތު ޝާން އާއި ޏ.ފުވައްމުލައް ދިގުވާޑު، ޕެރަޑައިސް މުޙައްމަދުގެ އީދު
ފިވައްމުލައް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: A71/331)
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
6
ب ام بي
މުނު ގޮތުގެ ޚުލާޞާ
2015/HC-A/132
/ / 6
5
4
3 ه
ކިރވެ
ޝަރު
ދެމެދު 11 މާރިޗް 2008 މިދުވަހު އެއްބަސްވުމެއް ވެފައިވާކަމާއި، މިއެއްބަސްވުމުގެ 1 ވަނަ
މާއްދާއަށް ބެލުމުން މިއެއްބަސްވުމަކީ އާމިނަތު ޝާންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
ފުވައްމުލައް މާދަޑު، ޚުޝީއެވެ ކިޔާ ބަންޑާރަ ގޯތީގައިވާ 3200 އަކަފޫޓުގެ ބިމުގައި ރެސްޓޯރެންޓެއް
ހަދާ ހިންގުމަށް 09 އަހަރާއި 09 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިދެފަރާތުގެ
މެދުގައިވެވޭ އެއްބަސްވުމެއް
އެބަސްވުމެއްކަން އެނގެން އޮންނައިރު، މުޙައްމަދު ސަޢީދުގެ މައްޗަށް ރައްދުވާގޮތަށް
އާމިނަތު ޝާންގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓްކޯޓުގައި ދަޢުވާ އުފުލާފައިވަނީ އި
އެއްބަސްވުމުގެ 12 ވަނަ މާއްދާއާއި މުޙައްމަދު ސަޢީދު ޚިލާފުވެފައިވާކަމަށް ބުނެ، އެއްބަސްވުމުގެ
16 ވަނަ މާއްދާގައިވާ ފަދައިން އެއްބަސްވުން ބާތިލްކޮށް، މިތަން އާމިނަތު ޝާން ބޭނުންވާތީވެ،
މިހާރު ދެފަރާތުން ވެފައިވާ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއްކަމަށް ކަނޑައަޅުއްވާ ދެއްވާ، މިތަން
ހުސްކޮށް އާމިނަތު ޝާން އާއި ޙަވާލުކުރުމަށް މުޙައްމަދު ސަޢީދުއަށް އަންގައި ދިނުމަށް އެދިގެން
ކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް މިމައްސަލައާއި ގުޅިގެން އާމިނަތު ޝާންގެ ފަރާތުން
ޏ.ފުވައްމުލަކު މެޖިސްޓްރޭޓްކޯޓަށް ދީފައިވާ ބަޔާންތަކުގައި، މިދެފަރާތުގެ
ދެމެދުގައި ވެވުނު
އެއްބަސްވުމުގެ 08 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢިމާރާތް ހެދުމުގެ ޚަރަދު ބަޔާންކޮށްދޭ ސައްޙަ
ކޮޕީއެއް އާމިނަތު ޝާން އަށް ދޭންޖެހޭނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެކަން މުޙައްމަދު
ސަޢީދުގެ ފަރާތުން ފުރިހަމަކޮށްފައި ނެތްކަމަށާއި އެއްބަސްވުމުގެ 09 ވަނަ މާއްދާގައި، ޢިމާރާތަށް
މުޙައްމަދު ސަޢީދުގެ ފަރާތުން ކުރާ ޚަރަދު 09 އަހަރާއި 09 މަސްދުވަހުގެ ކުއްޔަށްވުރެ ބޮޑުވެގެން
ނުވާނެކަމަށް އޮންނައިރު، ކުއްޔަށް ހިފި މުޙައްމަދު ސަޢީދުގެ ފަރާތުން މިއަށްވުރެ ބޮޑު އަގެއް
ޢިމާރާތަށް ޚަރަދުކުރިނަމަވެސް އެކަމަކީ އާމިނަތު ޝާންގެ ފަރާތުން ޒިންމާވެވެންނެތްކަމެއްކަމަށް
ކަމަށާއި،
އަދި އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ޢިމާރާތް ހެދުމަށް ހިނގާ ޚަރަދު ޝަރުޢީކޯޓެއްގައި
ރަޖިސްޓްރީ ކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު އެކަންވެސް މުޙައްމަދު ސަޢީދު ކޮށްފައިނެތްކަމަށާއި،
އެއްބަސްވުމުގެ 18 އަދި 20 ވަނަ މާއްދާގައި އިތުރު އެހެން އެއްބަސްވުމަކަށް ބާރުލިބޭގޮތަށް ތާރީޚެއް
އަދި މުއްދަތެއް ނުވަތަ ކުއްޔަށްދިން ވަކި ފަރާތެއް ނޭނގޭގޮތަށް މާއްދާތަކެއް ހުރިކަމަށްބުނެ މިއީވެސް
މިދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއްކަމަށް ކަނޑައަޅަންޖެހޭ
ސަބަބުތަކެއްކަމުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްa
ތައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2015/HC-A/132
ޗ ޖ ޗ
« Cocoox
#
(ނ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު:4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ
މާއްދާގެ (ހ) އާއި، 17 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ
އެމާއްދާގެ (ނ) އަދި އެޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އާއި، 22 ވަނަ މާއްދާގެ (ހ)
އަށް ބެލުމުން، ދެފަރާތެއްގެ ދެމެދުގައިވެވޭ އެގްރީމެންޓްތައް ބާޠިލުކުރެވޭނީ ކޮންޙާލަތުތަކެއްގައިކަން
ބަޔާންކޮށްފައިވާކަމާއި، މިގޮތުން އެޙާލަތުތަކުގެ ތެރޭގައި ހިމެނިގެންވާ ކަންކަމުގެ މައްޗަށް ބަލާއިރު،
އެގްރީމެންޓް ބާޠިލުކުރެވޭނެކަމަށް އެގްރީމެންޓުގައި ވަކިގޮތަކަށް ބުނެފައިވާނަމަ އެގޮތަކަށް، ނުވަތަ
އެގްރީމެންޓުގެ ބައިވެރިންގެ ބާރު ނުފޯރާ ޙާދިސާއެއް މެދުވެރިވެގެން ނުވަތަ އެގްރީމެންޓް ނިމުމަކަށް
ގެނައުމަށް އެގްރީމެންޓުގެ ބައިވެރިން އެއްބަސްވެގެން ނުވަތަ އެގްރީމެންޓު ޣައިރު ޤާނޫނީވެގެން ނުވަތަ
އެގްރީމެންޓުގެ މުއްދަތު ހަމަވެގެން ނުވަތަ އަނބުރާ އިޢާދަނުކުރެވޭ ފަދަ ޚިލާފުވުމަކުން އެގްރީމެންޓުގެ
ބައިވެރިއަކު އެގްރީމެންޓާއި ޚިލާފުވެގެން އެގްރީމެންޓު ބާޠިލުކުރެވިދާނެކަން ކޮންޓްރެކްޓާބެހޭ
ޤާނޫނުގެ
މާއްދާތަކަށް ބެލުމުން
އެނގެން އޮތްއިރު،
ދެފަރާތެއްގެ ދެމެދުގައިވެފައިވާ
އެގްރީމެންޓެއް ބާޠިލުކުރުމަށް ނުވަތަ އެގްރީމެންޓެއް ބާޠިލުވެއްޖެކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި
އެންމެ ފުރަތަމަ ބަލަންޖެހޭނީ އެ އެގްރީމެންޓެއް ބާޠިލުކުރުމަށް ނުވަތަ އެގްރީމެންޓެއް ބާޠިލުވެއްޖެކަމަށް
ކަނޑައެޅުމުގައި ޢަމަލުކުރުމަށް އެގްރީމެންޓުގެ ދެބައިވެރިންގެ މެދުގައި އެއްބަސްވެފައިވަނީ
ދަށުން އެގްރީމެންޓު ބާޠިލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ ސަބަބެއްތޯއާއި، އެގްރީމެންޓާއި
ޚިލާފުވެ ކުރިކަމަށްބުނާ ޢަމަލަކީ އެގްރީމެންޓުގެ ދެވަނަ ބައިވެރިޔާ ޤަޞްދުގައި ކުރިކަމެއްކަން ނުވަތަ
ނޫންކަން ކަމުގައި
ކަމުގައިކަމާއި،
ޢާއްމުއުޞޫލެއްގެ ގޮތުން ދެފަރާތެއްގެ ދެމެދުގައިވެވޭ އެއްބަ
އެއްބަސްވުމެއްގެ ދަށުން އެއްފަރާތުން
އަނެއްފަރާތަށް އަދާކުރަންޖެހޭ ޒިންމާތައް އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނުދަނީނަމަ، އެއީ
ނިމުމަކަށް ގެނެވިދާނެ ޙާލަތެއްކަމަށް
ބެލެވިދާނެކަމާއި، އެހެންނަމަވެސް
އެސަބަބަށްޓަކައިވެސް އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއްކަމަށް ކަނޑައަޅާއިރު، އެއްބަސްވުމުގެ
ދަށުން އަދާނުކުރި ޒިންމާއަކީ، އެސަބަބަށްޓަކައި އެއްބަސްވުން ބާޠިލުކުރަންޖެހޭފަދަ ޒިންމާއެއްކަން
ނުވަތަ ނޫންކަން ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ މައްޗަށް ރިޢާޔަތްކޮށް ދެނެގަނެވިދާނެކަން
އެނގެން އޮންނަކަމެވެ.
xދ ހ ޑއ އޗ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 325029، ފެކްސް h6471ދީ އިލްތިރާއްޖެ
ފޯޟިއްޔާ
މުނު ގޮތުގެ ޚުލާޞާ
مریم سرور
އެއްބަސްވެމުއެ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ގެ4 t
cod
x
8
ޖޯސޓް
މުނު ގޮތުގެ ޚުލާޞާ
2015/HC-A/132
ކަނަތައެތަކގ
(ނ) ތިންވަނަކަމަކީ، މުޙައްމަދު ސަޢީދު އާއި އާމިނަތު ޝާން އާއި ދެމެދު ވެވުނު
އިޝާރާތްކުރެވުނު އެއްބަސްވުމަށް ބެލުމުން، މުޙައްމަދު ސަޢީދު ކުއްޔަށް ހިފާފައިވާ ޢިމާރާތް ކުއްޔަށް
ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން އާމިނަތު ޝާން އަށް ވަކިކުރެވޭނީ އެއްބަސްވުމުގައި ބަޔާންކުރާ
ތެރެއިން ކަމެއް ހިނގާ އެކަން ޙައްލުނުވުމުން ކަމަށް މިދެފަރާތުގެ ދެމެދުގައިވެފައިވާ
އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެމާއްދާގައި ބަޔާންކުރާގޮތުން އެއްބަސްވުން
ބާޠިލުކުރެވިދާނެ ސަބަބުތަކަކީ ޢިމާރާތުގެ ކުލި މުޙައްމަދު ސަޢީދުގެ ފަރާތުން މަހުން މަހަށް ނުދައްކާ
03 މަސް ފުރިހަމަވެ އާމިނަތު ޝާންގެ ފަރާތުން ކުލި ދެއްކުމަށް އަންގައި ކުލި ނުދެއްކުމާއި
އިސްލާމްދީނާ ޚިލާފު ކަންތައްތައް ޢިމާރާތުގެ ތެރޭގައި ހިންގުން ނުވަތަ އެފަދަ ކަންތައްތަކަށް
ވަރުދެވޭފަދަ ކަންތައްތައް ހިންގުމާއި، އެއްބަސްވުމާއި ޚިލާފުވުމާއި، ޢިމާރާތަށް ގެއްލުންލިބޭފަދަ
ތަކުރާރުކޮށްކުރުމާ ލިބޭ ގެއްލުން ރަނގަޅުކުރުމަށް އާމިނަތު ޝާންގެ ފަރާތުން
އެންގުމުން އެކަން ރަނގަޅު ނުކުރުންކަން އެނގެން އޮންނައިރު، މިމައްސަލައިގައި އާމިނަތު ޝާންގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަދި ޝަރީޢަތަށް ހުށަހެޅުނު ކަންކަމުގެ މައްޗަށް ބެލުމުން،
ޢިމާރާތަށް ކަނޑައެޅިފައިވާ ކުލި މުޙައްމަދު ސަޢީދުގެ ފަރާތުން މަހުންމަހަށް ނުދައްކައި 03 މަސް
ފުރިހަމަވެގެން އާމިނަތު ޝާންގެ ފަރާތުން އެކަން މުޙައްމަދު ސަޢީދަށް އެންގިކަން އަދި އެފަދައިން
އެންގުމުން ކުލި ދެއްކުމަށް މުޙައްމަދު ސަޢީދުގެ ފަރާތުން އިޢުތިރާޟުކުރިކަން އެނގެން ނެތްކަމާއި
މީގެ އިތުރުން އިސްލާމްދީނާ ޚިލާފު ކަންތައްތައް ޢިމާރާތުގެ ތެރޭގައި ހިންގުމަށް ނުވަތަ އެފަދަ
ހިތްވަރުދެވޭފަދަ ކަންތައްތައް މުޙައްމަދު ސަޢީދު ހިންގިކަން އަދި ޢިމާރާތަށް
ގެއްލުމެއްލިބި އެކަން ރަނގަޅުކުރުމަށް އާމިނަތު ޝާންގެ ފަރާތުން މުޙައްމަދު ސަޢީދަށް އެންގިކަން
/ ތ ދ ތ / ހތ
ކަންތައްތަކަށް
6 ¢
އިނގިނީންކ39
(ރ) ހަތަރުވަނަކަމަކީ، އާމިނަތު ޝާން އާއި މުޙައްމަދު ސަޢީދު އާއި ދެމެދު ވެވުނު
އިޝާރާތްކުރެވުނު އެއްބަސްވުމުގެ 16 ވަނަ މާއްދާއަށް ބެލުމުން، އެއްބަސްވުމާއި މުޙައްމަދު ސަޢީދުގެ
ފަރާތުން ޚިލާފުވުމަކީ އެއްބަސްވުން ބާޠިލުކުރަން ހުށަހެޅުން ހުއްދަ ސަބަބެއްކަމާއި، އެހެންނަމަވެސް
އެމާއްދާގައި ބަޔާންކުރާ ގޮތުން އެސަބަބަށްޓަކައިވެސް އެއްބަސްވުން ބާތިލުކުރުން ހުއްދަވަނީ
އެއްބަސްވުމާއި ޚިލާފަށް މުޙައްމަދު ސަޢީދުގެ ފަރާތުން ޢަމަލެއް ކޮށްފައިވާ ކަން ސާބި
އެކު،އެއްބަސްވެފައިވާ ކަންތައްތަކު ތެރެއިން ކަމެއް ހިނގާ އެކަމެއް ޙައްލުނުވުމުންކަން
ސަބަނވުމެއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 31647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/132
2ދ
13/6
ދ 2
6
62 ދ
ބައްޞަކޮށް
މިގޮތުން ބަލާއިރު، އާމިނަތު ޝާންގެ ފަރާތުން އެއްބަސްވުން ބާތިލުކުރަން ބޭނުންވާ ސަބަބުތަކުގެ
މިދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ 08 ވަނަ މާއްދާގައި ބަޔާންކުރާ ޢިމާރާތް
ހެދުމުގެ ޚަރަދު ބަޔާންކޮށްދޭ ސައްޙަ ކޮޕީއެއް އާމިނަތު ޝާން އަށް ދޭންޖެހޭނެކަމަށް
ކުށްފައިވީނަމަވެސް، އެކަން މުޙައްމަދު ސަޢީދުގެ ފަރާތުން ފުރިހަމަކޮށްފައި ނެތުމާއި
އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ޢިމާރާތް ހެދުމަށް ހިނގާ ޚަރަދު ޝަރުޢީކޯޓެއްގައި ރަޖިސްޓްރީ
ކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު އެކަން ކޮށްފައި ނެތުމަކީ އެއްބަސްވުން ބާތިލުކުރަން ޖެހޭ
ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބުނެފައިވާއިރު، މިދެފަރާތުގެ ދެމެދުގައި އެއްބަސްވުން
ވެވިފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާއިރު، އިޝާރާތްކުރެވުނު ލިޔުންނެތިގެން އެލިޔުން
ހޯދަން އާމިނަތު ޝާންގެ ފަރާތުން އެދިފައިވާކަން ސާބިތުވާން އޮތީ 2013 ވަނަ އަހަރުގެ
ތެރޭގައިކަމާއި، މިލިޔުން މުޙައްމަދު ސަޢީދުގެ ފަރާތުން އާމިނަތު ޝާން އާއި ޙަވާލުކުރުމަށް މުޙައްމަދު
ސަޢީދު މަސައްކަތް ކުރިކަމަށާއި އެހެންނަމަވެސް އެލިޔުމުގެ ކޮޕީ މުޙައްމަދު ސަޢީދުގެ އަތުގައި އޮތީ
އެލިޔުމުގެ ކޮޕީ މުޙައްމަދު ސަޢީދުގެ އަތުގައި ބާއްވަން ބުނުމުންކަމަ
ކަމަށް މުޙައްމަދު ސަޢީދު ބުނާކަމާއި
އަދި މިގޮތަށް މިކަން ހިނގިކަމަށް ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓަށް ޙާޟިރުކުރެވުނު ހެކިން
ހެކިބަސްދީފައިވާއިރު، މިލިޔުން އާމިނަތު ޝާން އަށް ދިނުމަށް މިހާރުވެސް މުޙައްމަދު ސަޢީދުގެ
ފަރާތުން އިންކާރުނުކުރާކަން އެނގޭކަމާއި، މީގެ އިތުރުން އިޝާރާތްކުރެވުނު ލިޔުން ދިނުމަށް
މުޙައްމަދު ސަޢީދުގެ ފަރާތުން ކުރިންވެސް އިންކާރުކުރިކަން ސާބިތުވާނެފަދަ ހެކިތަކެއް އާމިނަތުޝާންގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާއިރު، އެލިޔުން ނުލިބިގެން ނުވަތަ އެލިޔުންކޯޓުގައި ރަޖިސްޓްރީ
ނުކޮށްގެން އެކަން ކޯޓުން ބޭރުގައި ޙައްލުކުރުމަށް މިއެއްބަސްވުމަށްފަހު އެއްބަސްވުން ވެވުނު ތާރީޚުގެ
އަހަރުގެ ކުރިއަށް ހިނގާދިޔަ މުއްދަތުގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއްވެސް
ކޮށްފައިވާކަން އެނގެން ނެތްކަމާއި، މިހެންކަމުން މިދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ
ތަބީޢަތަށާއި، އެއްބަސްވުމަށް ހޭދަވެފައިވާ މުއްދަތަށާއި މައްސަލައިގެ ވަށައިގެން ހުރި އިސްވެ
ފާހަގަކުރެވުނު ޙަޤީޤަތްތަކުގެ މައްޗަށް ބެލުމުން، އާމިނަތު ޝާން އާއި މުޙައްމަދު ސަޢީދު އާއި ދެމެދު
ވެފައިވާ އެއްބަސްވުމަކީ އެއެއްބަސްވުމުގެ 8 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި އަދި
އެއްބަސްވުމުގެ 12 ވަނަ މާއްދާއާއި މުޙައްމަދު ސަޢީދުގެ ފަރާތުން ޚިލާފުވެފައިވާތީ ބާތިލު
ކަމުގައި ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނުވާކަމަށް މިމައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
05
3 od 3o
އއބ09އ97"
ޑ ތ ދ ތ 3
އއބަސްވަމުންކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 36471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ލީވާހިވެއްޖެ
10
بت
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/132
cu o
ވީމާ، އިސްވެބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން،
މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2
/
2014-R1C/408 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ
/ه
ބ ޅ މ އ $
ސަބަބާއެ ނކމގއވ.
ޙުކުމް
ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ފުވައްމުލަކު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2
/
2014-R1C/408 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފުކުރުމަށް ފުވައްމުލަކު މާދަޑު، ޚުޝީ އާމިނަތު ޝާންގެ ފަރާތުން ހުށަހަޅާފައިވާ
މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭނެ ތަނެއް
ނެތްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ
މަތީން ޙުކުމްކޮށްފީމެވެ.
ممرمرمری
ޒަޢީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv