ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/07 ޤަޟިއްޔާގެ ޙުކުމް
ރާ 3989
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2014/HC-A/07
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 07/HC-A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މުޙައްމަދު ޢާޞިމް ބުޝްރީ ދާއިމީ އެޑްރެސް: ވިޜަން
* އައި.ޑީ.ކާޑު ނަންބަރު: A117201 * މިހާރުގެ އެޑްރެސް: ވިޜަން(
ބަދަލުގައި: އދ. މުޙައްމަދު ޝާހު، ދަފްތަރު ނަންބަރު ރސ 9537
ގއ. ވިލިނގިލި
ވިލިނގިލި
0
*
އިސްތިއުނާފް ރައްދުވި ފަރާތް:
ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
އެޑްރެސް: ބްލޮކް 389/ މާލެ
ރެޖިސްޓްރޭޝަން ނަންބަރު: 0418
/
2010-C މިހާރުގެ އެޑްރެސް: ބްލޮކް 389/ މާލެ
ވަކީލް: އދ. މުޙައްމަދު ފައިސަލް، ސިތާރާވާދީ މ. މުލައް
E
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ރަބީޢުލްއައްވަލު 1435 ނިމުނު ތާރީޚް: 14 ޛުލްޤަޢިދާ 1435
16 ޖެނުއަރީ 2014
09 ސެޕްޓެމްބަރ 2014
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2017/VTR/05
• ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 03 ޖެނުއަރީ 2013
ނިމުނު ތާރީޚް: 16 އޮކްޓޯބަރ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/07
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/05 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި
ވިޜަން މުޙައްމަދު ޢާޞިމް ބުޝްރީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ވިލިނގިލި،
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/05 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ގއ. ވިލިނގިލި،
ވިޜަން މުޙައްމަދު ޢާޞިމް ބުޝްރީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/05 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު އެމައްސަލައަކީ، ގއ. ވިލިނގިލި، ވިޜަން މުޙައްމަދު ޢާޞިމް ބުޝްރީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް
ލިމިޓެޑުގައި އަދާކުރަމުން އައި ސްކީޕަރ ކްލާސް 3 ގެ މަޤާމުން ވަކިކޮށްފައިވާތީ އެމައްސަލަ ބަލައިދިނުމަށް
އެދި، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑަށް ދަޢުވާ ރައްދުވާ ގޮތަށް މުޙައްމަދު ޢާޞިމް ބުޝްރީގެ ފަރާތުން
އެޓްރައިބިއުނަލަށް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި،
ދިވެހިރާއްޖޭގެ ހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/07
07
CcX
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، މައްސަލަ ހުށަހެޅި
ފަރާތާއި، މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް
ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި ފަރާތް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގައި އަދާކުރަމުން އައި
ވަޒީފާއިން 2012 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު ވަކިކޮށްފައިވަނީ، ޤާނޫނުއަސާސީގެ 31
ވަނަ މާއްދާއާ ޚިލާފަށް ހަޅުތާލުކޮށް ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓްގެ
ވަނަ މާއްދާއާ
ޚިލާފުވެފައިވުމުންކަން އޭނާ ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުން އެނގެން އޮވެމެ، ޤާނޫނުއަސާސީން
މުވައްޒަފުންނަށް ލިބިދޭ އިޙްތިޖާޖު ކުރުމަށްޓަކައި ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ
ޙައްޤު ބޭނުން ކުރުމުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރިން
ޢަމަލުކުރާނެ އުޞޫލުތައް 'ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލު
ކުރުމުގައި މުޢާމަލާތު ކުރުމުގެ ޤަވާޢިދު' ގައި ބަޔާންކޮށްފައިވަނިކޮށް، މައްސަލަ ހުށަހެޅި ފަރާތުން މަސައްކަތް
ހުއްޓާލާފައިވަނީ އެ ޤަވާޢިދުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް ކުރެވުނު އިޙްތިޖާޖަކާ ގުޅިގެން ނޫންކަމުން،
އޭނާގެ
ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް ވަޒީފާއަށް އެނބުރި ރުޖޫޢަވުމަށް އެނާއަށް އެންގުމުގެ ފުރިހަމަ
އިޚްތިޔާރު މައްސަލަ ރައްދުވި ކުންފުންޏަށް ލިބިގެންވީ ހިނދު، މަސައްކަތް ހުއްޓާލައިގެން ތިބި މުވައްޒަފުން
މަސައްކަތަށް ރުޖޫޢަވުމަށް މައްސަލަ ރައްދުވި ކުންފުނިން އެންގުމުން އެ އަމުރަށް މައްސަލަ ހުށަހެޅި ފަރާތުން
ކިޔަމަން ނުގަތުމުގެ ސަބަބުން އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން އެނގޭތީއާއި، މައްސަލަ ހުށަހެޅި ފަރާތް
ވަޒީފާއިން ވަކިކުރި ޙާލަތަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުއްވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ވަކި އިޖުރާއާތުތަކެއް ފުރިހަމަ ކުރުމެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ
ޙާލަތެއްކަމަށް ބުރަވެވޭތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް
ކަމަށް ބެލެވެން ނެތުމުން
ތުމުން މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތުން އެދުނުފަދަ އަމުރެއް ކުރާނެ ތަނެއް
ނެތްކަމަށް މައްސަލަ ބެލި މެންބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، މި މައްސަލަ ނިންމައިފީމެވެ"
މިފަދައިންނެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/07
3. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/05 މައްސަލަ ނިމިފައިވާގޮތް ޝަރުއީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ގއ. ވިލިނގިލި، ވިޜަން މުޙައްމަދު ޢާޞިމް ބުޝްރީގެ
ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މައްޗަށް
ފުރަތަމަ ނުކުތާއަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި، 23 ވަނަ މާއްދާގައި
ވަޒީފާއަދާކުރާ މީހުންނާއި ވަޒީފާދޭ ފަރާތްތަކުގެ އަދާކުރަންޖެހޭ ވަކި އިލްތިޒާމުތަކެއް
ބަޔާންކޮށްފައިވަނިކޮށް، އެމާއްދާތަކުގައި ބަޔާންކުރާ އުޞޫލުތަކުގެ ބޭރުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވިދާނެ އިތުރު އުޞޫލުތަކެއް ވަޒީފާގެ އެއްބަސްވުމުގައި ހިމެނުމަށް ޤާނޫނު ތަންނުދޭކަމަށް ވަޒީފާއާބެހޭ
ޤާނޫނުގެ 02 ވަނަ މާއްދާއިން އެނގެން އޮތްހިނދު، މިކަންކަމަށް ރިޢާޔަތްނުކުރައްވައި ކޫއްޑޫ ފިޝަރީޒް
ކުންފުނީގެ ވަޒީފާގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ހަމައެކަނި ރިޢާޔަތްކުރައްވައި މުޙައްމަދު ޢާޞިމް
ބުޝްރީ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ނިންމަވާ
މަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 31 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރާ ފަރާތެއްގެ
ހައިސިއްޔަތުން މުޙައްމަދު ޢާޞިމް ބުޝްރީއަށް ކަށަވަރު ކޮށްދެވިފައިވާ ޙައްޤު ޤާނޫނީ އިމުގެ ތެރެއިން
ބޭނުންކުރާ ޙާލަތެއްގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުޙައްމަދު ޢާޞިމް ބުޝްރީ
ވަޒީފާއިން ވަކިކުރަންޖެހޭފަދަ ޙާލަތެއް މެދުވެރިވެފައިނުވާ ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިކަމަށް
ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި .
އެކު ބައެވެ.
ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-C/2010 ޤަޟިއްޔާގައި
ހިމަނުއްވާފައިވާ އަސާސީ ޙައްޤުތަކާބެހޭ ކަންކަމަށް ރިޢާޔަތްނުކުރައްވައި ނިންމަވާފައިވުމާއި އަދި މައްސަލާގައި
ދިވެހިރާއް2
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ
5
2014/HC-A/07
ހުށަހެޅުނު ހެކިންގެ ހެކިބަހަށް އަދި މައްސަލާގައި ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ރިޢާޔަތްކުރެއްވުމެއްނެތި،
ވަޒީފާއާބެހޭ ޤާނޫނުގެ
27
ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި ކަމަށް
ބަޔާންކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ންކތއ
ހަތަރުވަނަ ނުކުތާއަކީ: ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމަކީ އިންސާފުން އެއްކިބާވެފައިވާ،
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމަހަމަކަމުގެ
އުޞޫލުތަކާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކުރާ މައްދައުއާ ފުށުއަރާ
ކަމެއްކަމަށް ވީހިނދު އަދި މިކަންކަމަކީ ވަޒީފާއާބެހޭ ޤާނޫނުގެ ވަނަ މާއްދާގައި މުޠުލަޤުކޮށް
ބަޔާންކޮށްފައިވާކަންކަން ކަމުގައި ވީހިނދު މިއިންކަމަކަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
04
ފަސްވަނަ ނުކުތާއަކީ، ކުންފުނީގެ
އޮޕަރޭޝަންސް
ހުއްޓުމަކަށް
އައިސްފައިވާކަމަށް
ބަޔާންކުރައްވާފައިވީނަމަވެސް އެކަމަކީ ކަނޑައެޅިގެން ދޮގެއްކަން ސާބިތުކޮށްދިނުމަށް ހުށަހެޅުނު
ލިޔެކިއުންތަކުން ކޫއްޑޫ ފިޝަރީޒް ކުންފުނީގެ ވިޔަފާރި ކުރިއަށް ދިޔަކަން ސާބިތުކޮށްދެވިފައިވީ ހިނދު މިއިން
އެއްވެސް ކަމަކަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
COX >
ނު
ހަވަނަ ނުކުތާއަކީ މައްސަލާގައި ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުން މުޙައްމަދު ޢާޞިމް
ބުޝްރީމެންގެ (އިޙްތިޖާޖު ކުރި ފަރާތްތަކުގެ) ފުށުން ކުންފުނީގެ އެއްވެސް މުދަލަކަށް ގެއްލުމެއް
ލިބިފައިނުވާކަމަށް ހެކިބަސް ލިބިފައި ވީހިނދު މިހެކިބަހަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި
ސ ޑ
ނއއ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/07
4. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/05 މައްސަލަ
އިސްތިއުނާފުކުރުމަށް މުޙައްމަދު ޢާޞިމް ބުޝްރީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭގޮތުން
މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މި
މައްސަލައާ ގުޅުންހުރި ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/05 މައްސަލައަކީ، ގއ. ވިލިނގިލި، ވިދަން މުޙައްމަދު ޢާޞިމް ބުޝްރީ ކޫއްޑޫ ފިޝަރީޒް
މޯލްޑިވްސް ލިމިޓެޑުގައި އަދާކުރަމުން އައި ސްކީޕަރ ކްލާސް 3 ގެ މަޤާމުން، ނޯޓިހެއް ދިނުމަކާ ނުލައި
ވަކިކުރުމާގުޅިގެން ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެންއޮތްއިރު،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެކަށީގެންވާ ސަބަބަކާލައިގެން
މެނުވީ، ވަޒީފާއަދާކު
ފާއަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަމާއި، އަދި އެޤާނޫނުގެ 23
ވަނަ މާއްދާގައިވާ ޙާލަތުތަކުގައި މެނުވީ އެންމެ މަދުވެގެން ނޯޓިސް ދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ނޯޓިސް
ދޭންޖެހޭނެކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން ނޯޓިހެއް ދިނުމަކާއި ނުލައި، ވަޒީފާއަދާކުރާ
ފަރާތެއް ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވުމާއިއެކު، އޭނާ ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާ ދޭފަރާތަށް ނުފެންނަ
ޙާލަތުގައިކަމާއި، ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ބެލެވޭނީ ވަޒީފާގައި
އިތުރަށް ބެހެއްޓުމުން ވަޒީފާ ދޭފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން
ނުވަތަ ޚިޔާނާތެއްވެފައިވުން މިދެޙާލަތުގައި ކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ)ގެ 01 އަދި
02 ކަށް ބެލުމުން އެނގޭކަމާއި،
މއ ހދ8
ނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/07
މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާ ދޭފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާދޭ ފަރާތަށް ފެނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
ނޯޓިސް އެއް ނުދީ ވަޒީފާއިން ވަކިކުރެވޭނެ ހުއްދަ ސަބަބެއް ކަމުގައި އޮތްނަމަވެސް، މި މާއްދާއަކީ ވަޒީފާ
ދޭފަރާތަށް ހަމަ ފެންނަ ފެނުމުގެ މައްޗަށް އެކަނި ވަޒީފާއިން ވަކިކުރުމުގެ ހުއްދަ ލިބިގެންވާ މާއްދާއެއް
ނޫންކަމާއި، މި މާއްދާގެ ދަށުން ވަޒީފާއިން ވަކި ކުރާއިރުވެސް ވަޒީފާ ދޭފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާ ދޭފަރާތަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްތޯ ބެލެވެން
ޖެހޭކަމާއި، ވަޒީފާ ދޭފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް އެކަނި މުވައްޒަފަކު ވަޒީފާއިން
ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނަކަމާއި،
އަދި އެފަދަ ތުހުމަތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ވަޒީފާއިން ވަކިކޮށްފައިވަނީ
ޢަދުލުވެރިކަމާއިއެކުގައިތޯއާއި، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ހަމައަކުންތޯއާއި، ވަޒީފާއިން ވަކިކުރުމުގެ
ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްވެފައިވާ ކަންތައްތަކަށް ވަޒީފާ ދިންފަރާތުން
ފަހުގައިތޯ އާއި، މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް އެކަށީގެންވާ މިންވަރަކަށް
މިމަށްފަހު، ޑިއު ޕްރޮސެސް
ޕްރޮސީޖަރަލް
(procedural fairness} ޤާއިމުކުރުމަށް ފަހުގައިތޯ ކަށަވަރުކުރަން ޖެހޭކަން އެނގެންއޮންނަ ކަމެވެ.
2010/HC-A/24
ބޮފުމަށް
process)
(Due
ނުވަތަ
ފެއާނަސް
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC
-
A/2010 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ
ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން ކަށަވަރުކުރުމަށްޓަކައި
ވަޒީފާ ދޭފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަކަމާއި، މިގޮތުން، ޢާންމު
އުޞޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި
uc
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
#
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/07
ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) އާއި އިޖްރާއީ ޢަދުލުވެރިކަން
(procedural fairness} ޤާއިމުކުރުމަށް ފަހުގައިކަމާއި،
މަޢުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ
އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް
ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC-A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމެވެ.
24
(ނ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ޤާނޫނީ އުޞޫލުތައް، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައަށް ތަޠުބީޤުކޮށް، މުޙައްމަދު ޢާޞިމް ބުޝްރީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ޤާއިމުކުރަންޖެހޭ
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބަލާއިރު،
މުޙައްމަދު ޢާޞިމް ބުޝްރީ ވަޒީފާއިން ވަކިކުރިކަން އަންގައި، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް
ލިމިޓެޑުން އޭނާއަށް ފޮނުވާފައިވާ، އެކުންފުނީގެ ނަންބަރު 09/2012(C) (22 ނޮވެމްބަރ 2012)
"ވަޒީފާއިން ވަކިކުރި ޗިޓު" އަށް ބަލާއިރު، މުޙައްމަދު ޢާޞިމް ބުޝްރީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް
ލިމިޓެޑްގައި އަދާކުރަމުން ދިޔަ ވަޒީފާކަމުގައިވާ ސްކީޕަރ ކްލާސް 3 ގެ މަޤާމުން، 22 ނޮވެމްބަރު 2012
ގައި ވަކިކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 31 ވަނަ މާއްދާއާ ޚިލާފަށް
ހަޅުތާލުކޮށް، ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓްގެ 7 ވަނަ މާއްދާއާ ޚިލާފުވެފައިވާތީކަން އެނގެން އޮތްއިރު،
އިޙްތިޖާޖުކުރުމު ހަޅުތާޅުކުރުމަކީ، ވަޒީފާ އަދާކުރާ ފަރާތްތަކަށް އަދި ކޮންމެ
މަސައްކަތްތެރިއަކަށްވެސް އެފަރާތްތަކުގެ އިޖްތިމާއީ، އިޤްތިޞާދީ ޙައްޤުތައް ހޯދުމަށާއި އަދި އެޙައްޤުތައް
,Pއހެ833ނ
ދިވެހިރާއްa ,
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/07
ޙިމާޔަތްކުރުމަށް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤެއްކަން އެނގެން އޮތްނަމަވެސް އެއީ އެއްވެސް އިމެއް
މިނެއް ނެތި މުޠުލަޤު ގޮތެއްގައި ދީފައިވާ ޙައްޤެއްކަމުގައި ބަލައިގެން ނުވާނެކަމާއި، ވަޒީފާ އަދާކުރާ
ފަރާތްތަކާއި އަދި މަސައްކަތްތެރިން އެ ޙައްޤު ބޭނުންކުރަންވާނީ ޤާނޫނީ އިންތަކާ މިންތަކުގެ ތެރެއިންކަމާއި،
އެގޮތުން އެއްވެސް މީހަކު ހަޅުތާލުގައި ބައިވެރިވުމަށް މަޖުބޫރު ނުކުރުވުމާއި، ވަޒީފާ ދޭފަރާތުގެ ނުވަތަ ވަޒީފާ
އަދާކުރާތަނުގެ ނުވަތަ އެތަނުގެ އެއްވެސް މީހެއްގެ ނަފްސަށް ނުވަތަ މުދަލަކަށް ގެއްލުން ނުވާނޭގޮތެއްގެ މަތިން
ޞުލްޙަވެރިކަމާއެކު
އެކު މަސައްކަތް ހުއްޓާލައިގެން ތިބުމާއި، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި، މިނިވަންކަމާއެކު
ޚިޔާލު ފާޅުކުރުންފަދަ ކަންތައްތައް ކުރުން އިޙްތިޖާޖުކުރުމުގެ ތެރޭގައި ހިމެނޭއިރު، އެފަދަ ޙަރަކާތެއް
ޢަމަލީގޮތުން ތަންފީޛު ކުރެވެންވާނީ، އެ ޙަރަކާތެއްގެ ކުރިން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާ
ދެމެދު އުފެދިފައިވާ ދެބަސްވުމަށް ޙައްލެއް ހޯދުމަށް ޞުލްޙަވެރިކަމާއެކު މަޝްވަރާކޮށް، ޙައްލެއް ލިބިފައި
ނުވާނަމަ، އަދި ވަޒީފާ ދޭފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅުވައިދޭ ބެލެނިވެރި ފަރާތެއް މެދުވެރިކޮށް
ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަށްފަހު، އެކަށީގެންވާ ޙައްލެއް ލިބިފައިނުވާނަމަކަމާއި، ނަމަވެސް މިފަދައިން
ކުރާ ހަޅުތާލުގައިވެސް އިޙްތިޖާޖް ކުރާނެކަމުގެ އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް ދިނުމަށްފަހު، އެ އިންތަކުގެ
ތެރޭގައި ކުރާ އިޙްތިޖާޖް ނޫނީ އެފަދަ ޙަރަކާތްތައް ޤާނޫނީގޮތުން ބަލައިނުގަނެވޭނެކަމާއި، މިކަންކަން މިގޮތަށް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 13/HC
-
A/2014 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާކަމާއި،
މީގެއިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 77 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން
އެކުލަވާލައި، 4 އޭޕްރީލް 2011 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ، ގަވާއިދު ނަންބަރު
12-R/2011 (ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި
ގަވާއިދު) ގައި، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މީހުންނާއި އެނޫންވެސް
މަސައްކަތްތެރީންނަށް ޤާނޫނުއަސާސީގެ 31 ވަނަ މާއްދާއިން ލިބިދީފައިވާ ހަޅުތާލުކުރުމުގެ ޙައްޤު ތަންޒީމުކޮށް
އެކަމަށްޓަކައި އުޞޫލުތަކެއް ކަނޑައަޅާފައިވާކަން އެނގެން އޮތްއިރު، އެގަވާއިދުގައި ކަނޑައެޅިފައިވާ
އުޞޫލުތަކަށް ތަބާވެ، އެގަވާއިދަށް ޢަމަލުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ އެއްމެހައި
42މލިކެރު.
(4ހ4(
ކުރުމުގެ
ޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2014/HC-A/07
2 2
ފަރާތްތަކުންވެސް ކުރަންޖެހޭނެ ކަމެއްކަމަށްވީނަމަވެސް، މުޙައްމަދު ޢާޞިމް ބުޝްރީވެސް ހިމެނޭގޮތުން ކޫއްޑޫ
ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުގެ މުވައްޒަފުން މަސައްކަތް ހުއްޓާލައިގެން ތިބެ ހިންގާފައިވާ ޙަރަކާތަކީ،
އިޙްތިޖާޖުކުރުމަށް ހިންގި ޙަރަކާތެއްކަމަށް ބުނިނަމަވެސް، އެޙަރަކާތަކީ، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ
ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި މުޢާމަލާތުކުރުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ
އިޖްރާއާތުތަކާ އަދި އިސްވެ ބަޔާންކުރެވިދިޔަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 13/HC-A/2014
ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ހިންގާފައިވާ ޙަރަކާތެއްކަން، މިމައްސަލާގައި
ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ބަލާއިރު އެނގެން
ނެތްކަމާއި،
މީގެއިތުރުން، އިޙްތިޖާޖް ކުރުމުގެގޮތުން މުވައްޒަފަކު މަސައްކަތް ހުއްޓާލައިގެން ހުރުމުގެ ސަބަބުން
މުވައްޒަފެއްގެ ޚިދުމަތް ވަޒީފާ ދޭފަރާތަށް ނުލިބިދާއިރު، ޤާނޫނުއަސާސީގެ 31 ވަނަ މާއްދާގައި ބުނެފައިވާ
އިޙްތިޖާޖް ކުރުމުގެގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ޙައްޤުގެ ބޭނުން އެމުވައްޒަފަކު ކޮށްފައިވަނީ
އެކަމުގައި ތަބާވާންޖެހޭ އިޖްރާއާތުތަކާ ޚިލާފަށް، އަދި ޤާނޫނީ މިންގަނޑުން ބޭރުންކަމުގައިވާނަމަ، އަދި
އެމުވައްޒަފަކު އިޙްތިޖާޖްގައި ބައިވެރިވުމުގެ ސަބަބުން އެމުވައްޒަފުގެ ޚިދުމަތް މެދުކެނޑިގެން ގޮސްފައިވާނަމަ،
ވަޒީފާދޭ ފަރާތަށް ގެއްލުންވުމުގެ އިޙްތިމާލް ވުޖޫދުވެފައިވާކަމަށް ބަލައި، ވަޒީފާއަށް ނުކުތުމަށް އެމުވައްޒަފަކަށް
އެންގުމުގެ ބާރު ވަޒީފާ ދޭފަރާތަށް ލިބިގެންވާކަމާއި، އަދި އެފަދައިން އަންގާ އެންގުމާއި އެއްގޮތަށް ވަޒީފާއަށް
ނުކުތުމަށް އެމުވައްޒަފަކު އިންކާރުކޮށްފިނަމަ، ވަޒީފާ ދޭފަރާތުގެ މަސައްކަތުގެ ބާވަތަށާއި މުވައްޒަފުގެ މަޤާމުގެ
މަސްއޫލިއްޔަތުތަކަށް ބަލައި، އެމުވައްޒަފުގެ ފަރާތުން ލިބިދާނެ ގެއްލުންތަކުގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޤާނޫނު ހުއްދަކުރާކަމާއި، މިގޮތުން
އެމުވައްޒަފަކާމެދު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރާއި އިޚްތިޔާރު ވަޒީފާ
ދޭފަރާތަށް ލިބިގެންވާކަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 13/HC-A/2014 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަން އެނގެން އޮތުމުން،
44
.1ތކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2014/HC-A/7
ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ބަލާއިރު، މުޙައްމަދު ޢާޞިމް ބުޝްރީ ވަޒީފާއިން
ވަކިކުރުމުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން
ޤާއިމުވެފައިވާކަމަށް ބަލަންޖެހޭކަމެވެ.
6
(ރ) ހަތަރުވަނަ ކަމަކީ، މުޙައްމަދު ޢާޞިމް ބުޝްރީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުން ވަޒީފާއިން ވަކިކުރުމުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 208/HC
-
A/2010 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ
އިޖްރާއީ ޢަދުލުވެރިކަން މުޙައްމަދު ޢާޞިމް ބުޝްރީ ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރެވިފައިވާކަމަށް
ބެލެވޭނީ، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ވަޒީފާއިން މުޙައްމަދު ޢާޞިމް ބުޝްރީ ވަކިކުރުމުގެ
ކުރިން، މުޙައްމަދު ޢާޞިމް ބުޝްރީގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަންކަމާބެހޭ މަޢުލޫމާތު، އެއިރު ދެވެން
ހުރި ހުރިހާ ތަފްސީލަކާއެކު، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ފަރާތުން މުޙައްމަދު ޢާޞިމް
ބުޝްރީއަށް ދީފައިވުމުގެ އިތުރުން އެތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އޭނާއަށް ދީ، އަދި
އެމައްސަލައެއް ތަޙްޤީޤުކުރުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ
ޝަރުޠު ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިފައިވުމުގެ އިތުރުން މުޙައްމަދު ޢާޞިމް ބުޝްރީއަށް
ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި، އޭނާ އެދިފައިވާނަމަ، އޭނާ ކަނޑައެޅި މީހެއްގެ އެހީތެރިކަން ހޯދުމުގެ
ފުރުޞަތުވެސް ދެވިފައިވާނަމަކަމާއި،
ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ މުވައްޒަފުންތަކެއް އިޙްތިޖާޖް ކުރުމުގެ ގޮތުން މަސައްކަތް
ހުއްޓާލައިގެން ތިބުމުގެ ސަބަބުން އެކުންފުނީގެ އޮޕަރޭޝަންތަކަ
އޮޕަރޭޝަންތަކަށް ހުރަސްއެޅެމުންދާތީއާއި، އެކުންފުންޏަށް
ه2/
4
ކުއެޑީ
: 2
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/07
ގެއްލުންތަކެއް ލިބެމުންދާތީ، ޢަމަލުކުރަން އޮންނަ ޢާންމު އުޞޫލާ ޚިލާފަށް އަމަލުކޮށް ކުންފުނީގެ މުދަލާއި
ވިޔަފާރިއަށާއި، ޚާއްޞަކޮށް މަސްގަތުމުގެ އޮޕަރޭޝަނަށް ގެއްލުންވާގޮތަށް ޢަމަލުކުރާ މުވައްޒަފުން ވަގުތުން
ވަޒީފާއިން ވަކިކުރާ ގޮތަށް ނިންމާފައިވާކަން އަންގައި، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ނަންބަރު
2012
/
289/KFM މެމޯ 19 ނޮވެމްބަރު 2012 ގައި ނެރެ ޢާންމުކޮށްފައިވާކަމާއި،
މަސައްކަތް ހުއްޓާލައިގެންތިބެ މުވައްޒަފުން ހަޅުތާލުކުރަމުންދަނީ އެކުންފުނީގެ ފަރާތުން އައްޑޫގައި
ކޭނިންގ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ކުރަމުންދާތީ އެސަބަބަށްޓަކައިކަމަށް ބަޔާންކޮށް، މުވައްޒަފުންގެ
އެޙަރަކާތުގެ ސަބަބުން ކުންފުންޏަށް ވަމުންދާ ގެއްލުންތައް ބަޔާންކޮށް، އަދި ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް
ވަމުންދާތީ އެޙަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނާ އެތަކެއް ފަހަރުމަތިން ވާހަކަ ދެއްކިފައިވިޔަސް
އެހާތަނަށް އެއްވެސް ޙައްލެއް ފެނިފައިނުވާކަމަށް ބަޔާންކޮށް، ކޫއްޑޫ ސެންޓަރު ހިންގުމާ ޙަވާލުވެ ހުރި
އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް ކުންފުނީގެ
ހެޑް އޮފީހަށް ނަންބަރު 2012
/
98/KFM (20 ނޮވެމްބަރ 2012) ފެކްސް މެސެޖް ފޮނުވާފައިވާކަމާއި،
އަދި އެކުންފުނީގެ ފަރާތުން އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ކޭނިންގ ފެކްޓްރީ އެޅުން
މަޑުޖައްސާލިކަން އިޙްތިޖާޖް ކުރަމުންދާ މުވައްޒަފުންނަށް އަންގައި، އިހުތިޖާޖުކުރުމަށްކަމަ
އެމުވައްޒަފުން ހިންގަމުންދިޔަ އެޙަރާކާތުގެ
ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާތީ
ހަޅުތާލު ހުއްޓާލުމަށްފަހު މަސައްކަތަށް ނުކުތުމަށް އެންގުމުންވެ. ހަޅުތާލު ކުރަމުން ދިޔަ މުވައްޒަފުންގެ
ޙަރަކާތްތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާއިރު، އެޙަރަކާތުގައި މުޙައްމަދު ޢާޞިމް ބުޝްރީވެސް
ބައިވެރިވެ، އެޙަރަކާތުގައި ދެމިހުރެފައިވާތީ، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގައި ވަޒީފާ އަދާކުރަމުންދިޔަ
މުވައްޒަފުންތަކެއް ހިމެނޭގޮތުން، 22 ނޮވެމްބަރު 2012 ގައި، މުޙައްމަދު ޢާޞިމް ބުޝްރީވެސް ވަޒީފާއިން
ވަކިކޮށްފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ވަޒީފާ ދޭފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރުމަށްފަހުގައިކަމަށް ބަލަންޖެހޭކަމެވެ.
ބުނެ،
2
8
9
0 0ވ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ، ތިސީންގ
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/07
(ބ) ފަސްވަނަ ކަމަކީ، އިސްވެ ފާހަގަކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/05 މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް
ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަ މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
އި2eނ
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2013/VTR/05 މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv