ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/166 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/166
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 166/HC
-
A/2007
. އިސްތިއުނާފުކުރި ފަރާތް
* ނަން: ސަންޖިން މޯލްޑިވްސް
އައިޑީ
ކާޑު ނަންބަރ:
އެޑްރެސް:
މިހާރުގެ އެޑްރެސް:
• އިސްތިއުނާފް ރައްދުވާ ފަރާތް
* ނަން: ޢަބްދުﷲ އަޙްމަދު
އައިޑީ ކާޑު ނަންބަރ.057643-A
ދާއިމީ އެޑްރެސް: މ.މ.ޚާއްޞަ ދަފްތަރު 1880
މިހާރުގެ
އެޑްރެސް.
0
0 މކ ތ ދ
کرم سروع بحر
ah
ހުށަހެޅުނު ތާރީޚް:02/09/2007 ނިމުނު ތާރީޚް: 29/04/2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު:2007/MC/572
ނިންމެވިކޯޓް: މަދަނީކޯޓް
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ފަހެޅުނުތާރީޚް: 10/04/2007 ނިމުނު ތާރީޚް: 01/08/2007
*
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2007/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓްގެ ނަންބަރ 2007/MC/572 ގެ ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދެއްވުން އެދި ސަންޖިން
މޯލްޑިވްސް ޕްރައިވެޓްލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ބެލެވުނު ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓްގެ ނަންބަރ 2007/MC/572 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓާއި އަދި އެރިޕޯޓް އެކުގައިވާ ބަޔާންތަކާއި ލިޔެކިޔުންތަކާއި އަދި މިމައްސަލައާގުޅޭ ގޮތުން
ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، މަދަނީ ކޯޓްގެ ނަންބަރ 2007/MC/572 ގެ ޤަޟިއްޔާގައި
ޢަބްދުﷲ އަޙްމަދު ކޮށްފައިވާ ދަޢުވާގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ކަމަށްބުނެ
ޢަބްދުﷲ އަޙްމަދު އެޤަޟިއްޔާގެ ދަޢުވާފޯމްގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، އެޤަޟިއްޔާގެ
ދަޢުވާގައި ބުނާ އެއްބަސްވުމަކީ ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން، ސަންޖިން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާލިބޭ ގޮތަށް މަދަނީ ކޯޓަށް ހުށަހެޅި ފައިސާގެ މައްސަލައެއްގައި
އެކުންފުނީގެ ފަރާތުން ކުރަންޖެހޭ ޤާނޫނީ އެންމެހާ މަސައްކަތްތައް ޢަބްދުﷲ އަޙްމަދާ ޙަވާލު ކުރުމާ ބެހޭ
ގޮތުން ޢަބްދުﷲ އަޙްމަދާއި، ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 05 ޑިސެމްބަރު 2006
ގައި ލިޔެ ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، އެއެއްބަސްވުމުގައި ޢަބްދުﷲ އަޙްމަދުގެ އެމަސައްކަތަށް
ކަނޑައެޅިފައިވާ އަގަކީ -/000°50ރ (ފަންސާސް ހާސް) ރުފިޔާކަމަށާއި އެއްބަސްވުމުގައި ސޮއިކުރި
ވަގުތު، މަސައްކަތް ފެށުމަށް އެއަޑުގެ ތެރެއިން -/107000 ރ(ދިހަހާސް) ރުފިޔާ ސަންޖިން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއިން އަބްދުﷲ އަޙްމަދަށް ދީފައިވާކަމަށާއި، އެއަޑުގެ ތެރެއިން ބާކީވާ -/40
:
000
ރ(ސާޅީސްހާސް) ރުފިޔާ، އެމައްސަލަ ނިމޭދުވަހު އަބްދުﷲ އަޙްމަދަށް ދިނުމަށް އެކުންފުނިން
އެއްބަސްވެފައިވާ ކަމަށާއި ކިޔަލް ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑުން 757420/61 (ހަތްލައްކަ
ސަތުވަންނަ ހާސް ހަތަރުސަތޭކަ ވިހި ރުފިޔާ އެކާ ހައްޓި ލާރި) ހޯދުމަށް ސަންޖިން މޯލްޑިވްސް
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/166
05
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާގެ މައްސަލަ، ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް
ވަރަށް ފާގަތި ކޮށް ވަނީ ނިމިފައިކަމަށާއި އެއަދަދުގެ ތެރެއިން އެއްވެސް މިންވަރެއް ރިޔަލް
ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑަށް، ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ދޭންޖެހިފައިއެއް
ނުވާކަމަށާއި، އަބްދުﷲ އަޙްމަދު މިމައްސަލަ މިގޮތަށް ހުށަހަޅަން ޖެހުނީ އަބްދުﷲ އަޙްމަދުގެ ޙައްޤު
ލިބިގަތުމަށްޓަކައި ޞުލްޙަވެރި ގޮތުން އަބްދުﷲ އަޙްމަދު ކުރަމުންއައި މަސައްކަތްތަކުން އެދެވޭ
ހުތީޖާއެއް ނުފެނުމުން ކަމަށް އެވާހަކަ ތަކުގައި އަބްދުﷲ އަޙްމަދު ބުނެފައިވާކަން އެނގެން އޮންނަ
4, 29
އިތުމެވެ.
0*
ހ2 222
02x
مرمر مرمر
04 ހ 0
2
0
އެއްބަސްވުމާއި
ހ9 އ ހވ
ދެވަނަ ކަމަކީ މަދަނީ ކޯޓްގެ އިސްވެއިޝާރާތް ކުރެވުނު ޤަޟިއްޔާގައި
އަބްދުﷲ އަޙްމަދުކޮށްފައިވާ ދަޢުވާއާ މެދު އެޤްޟިއްޔާގައި ދަޢުވާ ލިބުނު ސަންޖިން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު،
އަބްދުﷲ އަޙްމަދު އަސާސެއްގެ މައްޗަށް ބިނާކޮށް ދަޢުވާކުރާ އެއްބަސްވުމަކީ، ޤާނޫނީ ހަމަތަކާއި
އުޞޫލުތަކާ
ހެދިފައިވާ
ކަމުންނާއި
މިއެއްބަސްވުމަކީ،ވަކާލާތުކުރާ ވަކީލުންނާބެހޭ ޤަވާޢިދާ ޚިލާފުވާގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް
ވާތީއާއި، އަދި ވަކިން ޚާއްސަކޮށް އަބްދުﷲ އަޙްމަދު ޞައްޙަކަމަށް ބުނާ މިއެއްބަސްވުމަށް ޚުދު އޭނާ
ޚިލާފުވެފައިވާތީވެ މިދަޢުވާ ބާޠިލް ދަޢުވައެއްގެ ގޮތުގައި ހައްދަވައި މިއެގްރިމެންޓްގެ ދަށުން އަބްދު
ދަޢުވާކުރާނެ ފުރުސަތުނެތް ކަމުގައި ޙުކުމް ކޮށްދެއްވުން އެދޭ ކަމަށާއި އަބްދު
އަޙްމަދުގެ މި ދަޢުވާގައި ބުނާ ދަރަންޏަކީ ސާބިތު ދަރަންޏެއް ކަމުގައިވާނަމަ އެދަރަންޏަށް ޒިއްމާވާ
ފަރާތަކީ ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ ބޯޑް ޑައިރެކްޓަރުންކަމުގައި، ހެދިފައިވާ
ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން ސާބިތުވެ އެނގެން އޮތުމުން ދަރަންޏަށް ޒިންމާ ނެގުމުގެ ސަބަބުން
އެދަޢުވާ ނިސްބަތްވާ ފަރާތް ކަނޑައެޅިގެން އެނގޭ ޙާލު އެފަރާތް ޙާޟިރުކުރުވާ މިކަމުގައި އެފަރާތުން
ދެކޭގޮތަކީ ކޮބައިތޯ ބެލުމުގެ ގޮތުން ދަޢުވާ ލިބެންޖެހޭ ފަރާތަކީ އެއީ ކަމުގައި ދެކޭ ކަމަށާއި އެދަރަންޏަށް
ޒިންމާވާ ފަރާތަކުން ދިފާޢުގައި ވަކާލާތުކުރުމުގެ ފުރުޞަތު އޮތުމަކީ އެމީހުންނަށް ލިބިދެވެންޖެހޭ އަސާސީ
ޙައްޤެއްގެގޮތުގައި ނޫނީ ނުވާނެކަމަށާއި މިގޮތުން ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޒިންމާވާން
ނުޖެހޭ ކަމެއްގައި މިޝަރީޢަތް ހިންގުމުގެ ބަދަލުގައި ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ
ބޯޑް ޑައިރެކްޓަރުންގެ މައްޗަށް މިޝަރީޢަތް ކުރިޔަށް ގެންދެވުން އެދޭކަމަށް ބުނެ މިކަންކަމުގެ މައްޗަށް
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2007/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
22 23x
އަނނީ 281
އެބަޔާންތަކުގައި ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވާހަކަ ދައްކާފައިވާކަން އެނގެން
އޮންނަ
ތިންވަނަ ކަމަކީ، މަދަނީ ކޯޓްގެ ނަންބަރ 2007/MC/572 ގެ ޤަޟިއްޔާގައި
ޢަބްދުﷲ އަޙްމަދު ކޮށްފައިވާ ދަޢުވާއާ ގުޅިގެން ހެކީގެ ގޮތުގައި އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހަޅާފައިވާ ކަން އެޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮންނަ، ޢަބްދުﷲ އަޙްމަދާއި ސަންޖިން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ކުރެވުނުކަމަށް ޢަބްދުﷲ އަޙްމަދު ބުނާ އެއްބަސްވުމުގެ ލިޔުމަށް ބަލާއިރު،
މިއެއްބަސްވުމުގެ 1 ވަނަ މާއްދާގައި މަސައްކަތް ހަވާލުކުރި ފަރާތުގެ ގޮތުގައި ލިޔެފައިވަނީ ސަންޖިން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަމާއި، މިއެއްބަސްވުމުގެ 2ވަނަ މާއްދާގައި މިއެއްބަސްވުމުގެ މަސައްކަތާ
ޙަވާލުވި ފަރާތުގެ ގޮތުގައި ލިޔެފައިވާ ފަރާތަކީ، ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަބްދުﷲ އަޙްމަދު
ޅ.އޮޅުފަޅުކަމާއި، މިއެއްބަސްވުމުގެ 3 ވަނަ މާއްދާއިން މިއެއްބަސްވުމުގެ ދަށުން ޢަބްދުﷲ އަޙްމަދާ
ކުރުމަށް ޙަވާލު ކުރެވިފައިވާ މަސައްކަތްތަކަކީ ކ.އަތޮޅު ކުޑަހުރާ(ފޯސީޒަން ރިޒޯޓް)ގައި އެތަކެއް
އިމާރާތްކުރުމުގެ މަސައްކަތް ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން، ކޮށްފައިވާނެ ކަމަށާއި
އެމަސައްކަތްތައް ކުރީ ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެކުންފުންޏާ ދެމެދު ވެފައިވާ
އެއްބަސްވުމެއްގެ ދަށުންކަމަށާއި، ކުރިމަސައްކަތްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 757420/61 ރުފިޔާ
ނުލިބިވާކަމަށްބުނެ ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާލިބޭގޮތަށް ރިއަލް
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މަދަނީކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ސަންޖިން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކުރަންޖެހޭ އެންމެހައި
މަސައްކަތްތައް ކަމާއި، މިއެއްބަސްވުމުގެ 4 ވަނަ މާއްދާގައި އެއްބަސްވުމުގައި ބަޔާންވެދިޔަ
މައްސަލައިގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ޢަބްދުﷲ އަޙްމަދު ކުރާ މަސައްކަތްތަކުގެ އަގަކީ
-/50°000ރ (ފަންސާސް ހާސް) ރުފިޔާ ކަމަށާއި،މިއަގުގެ ތެރެއިން މަސައްކަތް ފެށުމަށް -/000°10
ރ(ދިހަހާސް) ރުފިޔާ މިލިޔުމުގައި ސޮއިކުރުމުގެ ކުރިން ޢަބްދުﷲ އަޙްމަދަށް ވަނީ ލިބިފައިކަމަށާއި، ބާކީވާ
-/407000 ރ(ސާޅީސްހާސް) ރުފިޔާ، މައްސަލަ ނިމޭ ދުވަހު ޢަބްދުﷲ އަޙްމަދާ ޙަވާލުކުރުމަށް
އެއްބަސްވާކަމަށް ބަޔާންކޮށްފައިވާ ކަމާއި، މިއެއްބަސްވުމުގެ 5 ވަނަ މާއްދާގައި މިއެއްބަސްވުމުގައިބުނާ
މަސައްކަތް ޢަބްދުﷲ އަޙްމަދު ކުރަމުން ދަނިކޮށް އެމަސައްކަތްތައް ނުވަތަ އެއިން ބައެއް ޢަބްދު
އަޙްމަދުގެ އިޒުނަ ލިބިގެން ނޫން ގޮތެއްގައި އެހެންފަރާތަކަށް ޙަވާލުކުރެވޭނީ އަދި އެމަސައްކަތް ނުވަތަ
އެއިން ބައެއް ވިޔަސް ޢަބްދުﷲ އަޙްމަދު ކިބައިން ވަކިކުރެވޭނީ ނުވަތަ މައްސަލަ ދޫކޮށްލުމަށް އެއްވެސް
ކަމެއް ކުރެވޭނީ ޢަބްދުﷲ އަޙްމަދު އެކަމަށް އެއްބަސްވެއްޖެނަމަ، އެ މަސައްކަތަށް މިއެއްބަސްވުމުގައި
22
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2007/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
990
0
ކަނޑައަޅާފައިވާ އަގުގެ ބާކީ ކަމުގައިވާ -/000°40 ރ(ސާޅީސްހާސް) ރުފިޔާ އެއްފަހަރާ ޢަބްދު
އަޙްމަދުއަށް ދިނުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާ ކަމާއި މިއެއްބަސްވުމުގެ ތިރީގައި 05 ޑިސެމްބަރ
2006 ގެ ތާރީޚް ޖަހައި، މިއެއްބަސްވުމުގެ ކަނާތްފަރާތުގައި މަސައްކަތް ހަވާލުކުރިފަރާތުގެ ހައިޘިއްޔަތުން
ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމާއި ތައްގަނޑުޖަހައި ސަންޖިން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން މެނޭޖިން ޑިރެކްޓަރ އަޙްމަދު ޒަރީރުގެ ނަންލިޔެ ސަންޖިން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ނަމުގައި ސޮއިކޮށްފައިވާ ކަމާއި، މިއެއްބަސްވުމުގެ ލިޔުމުގެ ވާތްފަރާތުގައި މަސައްކަތާއި
ޙަވާލުވިފަރާތުގެ ގޮތުގައި ޢަބްދުﷲ އަޙްމަދު ގ.އޮޅުފަޅު ލިޔެ އެނަމުގެ މަތީގައި ސޮއިކޮށްފައިވާ ކަމާއި
މިކަންކަން މިއެއްބަސްވުމުގެ ލިޔުމަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
ހަތަރުވަނަކަމަކީ އިސްވެ އިޝާރާތް ކުރެވުނު އެއްބަސްވުމުގައި ސަންޖިން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރެއްގެ ހައިޘިއްޔަތުން
ސޮއިކޮށްފައިވާ ހ.ރޭއަލި! ފަސްޓް ފްލޯ ސ.ހުޅުދޫ ބްލޫސްކައި އަޙްމަދު ޒަރީރު މަދަނީ ކޯޓްގެ ނަންބަރ
2007/MC/572 ގެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 2007/06/19 ދުވަހު،ދީފައިވާ ބަޔާނަށް
ބަލާއިރު ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން،ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
މައްޗަށް ހުށަހެޅި ޤަޟިއްޔާއާ ގުޅިގެން ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލަކަށް
.އޮޅުފަޅު ޢަބްދުﷲ އަޙްމަދު ޢައްޔަންކޮށްފައިވާނެކަމަށާއި، ޢަބްދުﷲ އަޙްމަދު ކުންފުނި ތަމްޘީލް
ކުރާފަރާތަކަށް ޢައްޔަންކުރީ ކުންފުނީގެ ފަރާތުން ކަމަށާއި އަދި އެކަމަށް އެއްބަސްވުމެއްވެސް ހެދުނު
ކަމަށާއި ޝަރީޢަތުން އަޙްމަދު ޒަމީރަށް ދެއްކެވި އެއްބަސްވުމަކީ އެއެއްބަސްވުންކަމަށް އެބަޔާނުގައި އަޙްމަދު
ޒަރީރު ބުނެފައިވާ ކަމާއި، އަދި މި ޢަޙްމަދު ޒަރީރު މިބަޔާންދީފައިވަނީ ސަންޖިން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ކުރީގެ ހިއްސާ ދާރެއްގެ ހައިޘިއްޔަތުން ކަމާއި މިކަންކަން އެބަޔާން ބެލުމުން އެނގެން އޮންނަ
އޮތުމުގެ އިތުރުން،ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ކުރިން އެތިންމީހުންގެ ޝެއަރގެ ދަށުން
ހިގަމުންއައި އިސްވެއިޝާރާތްކުރެވުނު ހ.ރޭއަލި އަޙްމަދު ޒަރީރާއި،މ.އެމެރިކަންސްޓަރ އަލީ ޝަހީމްއާއި،
މ.ޖީޒާގެ ޢަލީ ފައުޒީއާއި މިތިންމީހުން މަދަނީ ކޯޓުގެ އިސްވެއިޝާރާތް ކުރެވުނު ޤާޟިއްޔާގެ ޝަރީޢަތުގެ
މަޖިލީހަށް 2007/07/09
ދުވަހު، ދީފައިވާ
ބަޔާނަށް ބަލާއިރު، މަދަނީ ކޯޓްގެ ނަންބަރ
ގެ ޤަޟިއްޔާގައި ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ދަޢުވާލިބޭގޮތަށް ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި މައްސަލައިގައި
ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢަބްދުﷲ އަޙްމަދު ގ،.އޮޅުފަޅު ކުރެއްވި ޤާނޫނީ
މަސައްކަތްތައް ކުރެއްވީ ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޢަބްދުﷲ އަޙްމަދާ ދެމެދު ލިޔެ
1585/
MC/2006
Oxuc
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2007/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. 0
02
2
އެއްބަސްވުމެއްގެ
ސޮއިކޮށްފައިވާ އެއްބަ ދަށުންކަމަށާއި، ޝަރީޢަތުގެ މަޖިލީހުން މިމީހުންނަށް ދެއްކެވީ
އެއެއްބަސްވެވުންކަމަށް
އެބަޔާނުގައި މިތިންމީހުން ބުނެފައިވުމުން، މަދަނީ ކޯޓްގެ ނަންބަރ
2007/MC/572 ގެ ޤަޟިއްޔާގައި ޢަބްދުﷲ އަޙްމަދު ކޮށްފައިވާ ދަޢުވާގެ ޝަރީޢަތަށް ޢަބްދުﷲ އަޙްމަދު
ހުށަހަޅާފައިވާ އިސްވެއިޝާރާތް ކުރެވުނު އެއްބަސްވުމަކީ ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި
ޢަބްދުﷲ އަޙްމަދާ ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްކަން އެނގެން އޮންނައޮތުމެވެ.
ފަސްވަނަކަމަކީ، ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖްމަންޓް
ބަދަލުވެގެން ދިޔައިރު، އެކުންފުނީގެ ކުރީގެ ޙިއްޞާދާރުން އެހާހިސާބަށް ކުންފުނީގެ ނަމުގައި ކޮށްފައިވާ
ކަންކަމަށާއި، ހުރި ދަރަނިތަކަށާއި، އެއްވެސް ފަރާތަކަށް ދޭންޖެހޭ ފައިސާއެއް އޮތްނަމަ އެފައިސާއެއް
ދެއްކުމަށް ދިންމާވާނެކަމަށް ބުނެފައިވާ ބޯޑްރިޒޮލިއުޝަނެއް އޮތުމުން ޢަބްދުﷲ އަޙްމަދު މިދަޢުވާކުރާ
ފައިސާ ދެއްކުމަށް ދިންމާވާންޖެހޭ ފަރާތަކީ އެފަރާތްތައް ކަމަށް ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ބުނެފައިވީނަމަވެސް އެކަމަކީ ޢަބްދުﷲ އަޙްމަދާ ގުޅުމެއް ނެތްގޮތެއްގައި ކުންފުނީގެ އެތެރޭގައި ހިނގާފައިވާ
ކަމެއް ކަމަށްވާތީއާއި، އަދި މިމައްސަލައާ ގުޅިގެން ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ޝަރީޢަތަށް ހުށަހަޅާފައިވާ، އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޒަރީރާއި ޑިރެކްޓަރުން
ކަމުގައިވާ ޢަލީ ފައުޒީއާއި، ޢަލީ ޝަހީމް އާއި މިތިން މީހުން ސޮއިކޮށްފައިވާ 2007/1/24 ގެ ބޯޑް
ރިޒޮލިއުޝަނަކީ އޭގައިވާ ކަން ކަމުގެ މައްޗަށް ޢަބްދުﷲ އަޙްމަދު އެއްވެސް މިންވަރަކަށް އެއްބަސް ވެފައިވާ
ރިޒޮލިއުޝަނެއް ނޫންކަން ރިޒޮލިއުޝަނަށް ބެލުމުން އެނގެން އޮންނާތީއާއި، އަދި އެރިޒޮލިއުޝަނުގައިވާ،
ކަންކަމަށް ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ އޭރުގެ މެނޭޖިން ޑިރެކްޓަރާއި އަދި އޭރުގެ
ދެޑިރެކްޓަރުން ކަމުގައިވާ މިބުނެވުނު ޢަލީ ޝަހީމާއި އަލީ ފައުޒީއާއި މިތިންމީހުން އެއްބަސްވެފައިވަނީ
ޢަބްދުﷲ އަޙްމަދާ ވާހަކަ ދައްކައި އެކަން ޢަބްދުﷲ އަޙްމަދަށް އަންގާފައި ނޫންކަން 2007/06/16
ދުވަހު، މިމައްސަލައާގުޅިގެން މިނަންގެނެވުނު އަޙްމަދު ޒަރީރު ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާނުން އެނގެން އޮންނަ އޮތުމުންނާއި އަދި ޢަބްދުﷲ އަޙްމަދު މިދަޢުވާ ކޮށްފައިވަނީ ސަންޖިން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކަމަށްވެފައި ޢަބްދުﷲ އަޙްމަދު މިމައްސަލައާ ގުޅިގެން
ޝަރީޢަތަށް ހުށަހަޅާފައިވާ އިސްވެއިޝާރާތް ކުރެވުނު އެއްބަސްވުމަކީ، ސަންޖިން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއާއި ޢަބްދުﷲ އަޙްމަދުއާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްކަން ސާބިތުވާތީއާއި، އަދި ކުންފުންޏަކީ
ވަކި ސިއްކައެއް އޮންނަ، މެންބަރުންނާއިވަކިން އުފެދިފައިވާ ޤާނޫނީ ގޮތުން އަމިއްލަ ޝަހުޏެއްއެއްކަން
ޤާނޫނު ނަންބަރ 10/96(ދިވހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނު)ގެ 15 ވަނަ މާއްދާއިން ރަނގަޅަށް
އެނގެން އޮތުމުން ޢަބްދުﷲ އަޙްމަދުގެ ޙައްޤުގައި ޢަބްދުﷲ އަޙްމަދުގެ މިދަޢުވާގައި ބުނާފައިސާ ޢަބްދު
ވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2007/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަޙްމަދަށް ދައްކަންޖެހޭ ފަރާތްތަކަކީ، އެކުންފުނީގެ ކުރީގެމެނޭޖްމަންޓްގައި ހިމެނޭ އިސްވެއިޝާރާތްކުރެވުނު
ފަރާތްތައްކަމަށް ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާވާހަކައަކީ، ޤާނޫނީ ރަނގަޅު
ސާސެއްގެ މައްޗަސް ބިނާކޮށް ދައްކާފައިވާ ވާހަކައެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
ހަވަނަކަމަކީ ޢަބްދުﷲ އަޙްމަދު މިމައްސަލައާގުޅިގެން ޝަރީޢަތަށް ހުށަހެޅި
އެގްރިމެންޓަކީ ޤާނޫނީ ވަކީލުންނާއިބެހޭ ޤަވާޢިދުގެ 5.4ގައި ބުނާ ގޮތާއި ޚިލާފަށް މައްސަލަ ބަލަން
ފެށިފަހުން އެކުލަވާލެވިފައިވާ އެއްބަސްވުމެއްކަމަށާއި އެމާއްދާގައި ވަކީލު މަސައްކަތް ފެށުމުގެ ކުރިން އަނގު
ކަނޑައެޅިފައި އޮންނަންވާނެކަމަށް އޮންނައިރު، އެއާ ޚިލާފު ގޮތަކަށް މިއެގްރިމެންޓް ހަދާފައިވުމުން
މިއެގްރިމެންޓަކީ ބާޠިލް އެގްރިމެންޓެއްކަމަށް ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ބުނެފައިވީނަމަވެސް "ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާއި ބެހޭ ޤަވާޢިދު"ގެ 5.4 ވަނަ މާއްދާގެ
ރޫޙަށްބަލާއިރު،އެމާއްދާގައި ބާރުއަޅާފައިވަނީ ވަކީލާ މުވައްކިލާ ދެމެދު ވެވޭ ފީގެ އެއްބަސްވުން ދެފަރާތުން
ސޮއިކޮށްގެން ލިޔެކިޔުމުން ފެންނަން އޮތުން ލާޒިމު ކުރުމުގެ މައްޗަށްކަން އެނގެން އޮންނާތީއާއި، އަދި
އެއެއްބަސްވުމުގައިވާ 2006
/
12
/
05ގެ ތާރީޚްގެ ކުރީގެ ތާރީޚެއްގައި (2006/12/03 ގެ ތާރީޚްގައި)
މިއެއްބަސްވުމުގައި ބުނާ މައްސަލައިގައި (މަދަނީ ކޯޓްގެ ނަންބަރ 2006/MC/1585 ގެ ޤަޟިއްޔާގައި)
ޢަބްދުﷲ އަޙްމަދު ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަކީލެއްގެ ހައިޘިއްޔަތުން
ބަޔާންދީފައިވީނަމަވެސް، ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޢަބްދުﷲ އަޙްމަދާ ދެމެދު ވެވިފައިވާ
އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގައިވާ ތާރީޚުގެފަހުން އެމައްސަލާގައި ޢަބްދުﷲ އަޙްމަދު ސަންޖިން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަކާލާތުކޮށްފައިވާކަން މަދަނީކޯޓުގެ އިސްވެއިޝާރާތްކުރެވުނު
އެކޯޓްގެ ނަންބަރ 2006/MC/1585 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އިސްވެއިޝާރާތްކުރެވުނު ޤަވާއިދުގެ 5.4 ގައިވާ ގޮތުގެ މަތިން ޢަބްދުﷲ އަޙްމަދު
ޢަމަލުކޮށްފައިވާކަން(އެބަހީ، އެއްބަސްވުމަށްފަހު އެއްބަސްވުމުގައި ބުނާ މަސައްކަތް ޢަބްދުﷲ އަޙްމަދު
ކޮށްފައިވާކަން އެނގެން އޮންނާތީއާއި، އަދި ވަކީލާއި މުވައްކިލާ ދެމެދު ވެވޭ އެއްބަސްވުމުގެ ކުރިން ވަކީލު
ޤާނޫނީ މަސައްކަތެއް ކޮށްފައިވާނަމަ އެއްބަސްވުން ބާޠިލުވާނެކަމަށް އެޤަވާއިދުގެ 5.4ގައި ނުވަތަ
އެޤަވާއިދުގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައި ނުވުމުން ދެފަރާތް އެއްބަސްވާ ޙާލަތްތަކުގައި ވަކީލު
ޤާނޫނީ މަސައްކަތެއް ކުރުމަށްފަހުވެސް ވަކީލާ މުވައްކިލާގެ ދެމެދުގައިވެވޭ ފީގެ އެއްބަސްވުން ހެދުމަށްފަހު،
އެއްބަސްވުމުގެ ދަށުން ވަކީލުގެ ޤާނޫނީ މަސައްކަތް ކުރުމަށް މިމާއްދާ ހުރަސްނާޅާކަން އެނގެން
އޮންނާތީއާއި، އަދި މިއެއްބަސްވުމުގައިވާ ޤާނޫނީ މަސައްކަތުގެ އަގާމެދު އެއްވެސް ޚިލާފެއް މިދެފަރާތުގެ
ދެމެދުގައި އުފެދިފައިނުވާތީ މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން މިއެއްބަސްވުމަކީ ބާޠިލް
0 333x
އޮތުމުން
3
OXO
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2007/HC-A/166
ޤުޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 20
އެއްބަސްވުމެއް ކަމަށް ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާ ބުނުމަކީވެސް ޤާނޫނީ
ރަގަޅު ބިނާއެއްގެ މައްޗަށް ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާ ބުނުމެއް ކަމަށް
ޤާނޫނީ ގޮތުން ބެލެވެންނެތްކަން އެނގެންއޮންނަ އޮތުމެވެ.
ހަތްވަނަ ކަމަކީ، މަދަނީ ކޯޓްގެ ނަންބަރ 2006/MC/1585 ގެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޢަބްދު
އަޙްމަދު ދެމެދު 2006/12/05 ގައި ކުރެވިފައިވާ ބުނެވުނު އެއްބަސްވުމުގައި ޢަބްދުﷲ އަޙްމަދާ ކުރަން
ހަވާލުކުރެވިފައިވާ ޤާނޫނީ މަސައްކަތް ޢަބްދުﷲ އަޙްމަދު ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލީހަށް ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ތަމްސީލުކޮށް އެކުންފުނީގެ ފަރާތުން ޢަބްދު
އަޙްމަދު ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނައޮތުމުގެ އިތުރުން މިމައްސަލައާ ގުޅިގެން ސަންޖިން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރ އަޙްމަދު ޝާހިދު ގދ.ގައްދޫ ކޮމާ
2007/10/25 ދުވަހު، މިމައްސަލައާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުގައި
ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢަބްދުﷲ އަޙްމަދު ކޯޓަށް ޙާޟިރުވެ އެމައްސަލަ
ނިމެންދެން ކޯޓަށް ގޮސް ވަކާލާތު ކުރުމަށް އެއްބަސްވި އެއްބަސްވުމުގެ ދަށުން ކުރިއަށް ދަނިކޮށް
މެނޭޖްމެންޓް ބަދަލުވުމާއި ގުޅިގެން އެމައްސަލަ ކޯޓުގައި އޮއްވާ ކޯޓުން މުޅިން ނުނިމެނީސް ކޯޓުން
އެމައްސަލައިގެ ޙުކުމަކާ ހިސާބަށް ވަޑައިގެން ނިންމަވަންދެން ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ޢަބްދުﷲ އަޙްމަދު ޙާޟިރުވެ އެ ހާދިޘާ ހިނގާދިޔަ ފަހުންވެސް ޙާޟިރުވެ
ނިމެންދެންވެސް އެމަސަކައްތަކުގައި އުޅުއްވިއެވެ." މިފަދައިން ބުނެ ފައިވުމުންނާއި، އަދި އިސްތިއުނާފު
މިކުރެވޭ މަދަނީ ކޯޓްގެ ނަންބަރ 2007/MC/572 ގެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީޙަށް 09 ޖުލައި
2007 ދުވަހު، ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެތިންމީހެއްގެ ޝެއަރގެދަށުން ކުރިން
ހިނގަމުން އައި ތިންމީހުން ކަމަށްވާ އަޙްމަދު ޒަރީރު ހ.ރޭއަލިއާއި، އަލީ ޝަހީމް މ.އެމެރިކަންސްޓަރއާއި،
ޢަލީ ފައުޒީ މ.ޖީޒާގެ ދީފައިވާ ބަޔާނުގައި:" މަދަނީ ކޯޓްގެ ނަންބަރ 2006/MC/1585 ގެ ޤަޟިއްޔާގައި
ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ރިޔަލް ކޮންސްޓްރަކްޝަން
ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލައިގައި ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ޢަބްދުﷲ އަޙްމަދު ގ.އޮޅުފަޅު ކުރެއްވި ޤާނޫނީ މަސައްކަތްތައް ކުރެއްވީ ސަންޖިން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑާއި ޢަބްދުﷲ އަޙްމަދާ ދެމެދު ލިޔެ ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ." މިގޮތަށް ބުނެފައި
ވުމުން، ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޢަބްދުﷲ އަޙްމަދާ ދެމެދު 2006/12/5 ގައި
ވެވިފައިވާ، މިމައްސަލައާއިގުޅޭ އެއްބަސްވުމުގެ ދަށުން، ޢަބްދުﷲ އަޙްމަދު ކުރުމަށް ޙަވާލު ކުރެވުނު
ހދ 8
2 ބ 2
ބަޔާންދެއެވެ
ވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2007/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 2
އޮންނައިތުގެ
ގެ
ޤަޟިއްޔާގެ
މަސައްކަތްތައް ޢަބްދުﷲ އަޙްމަދު ކޮށްފައިވާކަން ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބަހުންވެސް
އެނގެން އޮންނަކަން ފާހަގަ ކުރެވިފައި
އަށްވަނަކަމަކީ، 2006/12/5 ގައި ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި
ޢަބްދުﷲ އަޙްމަދާ ދެމެދު ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ 4 ވަނަ މާއްދާގައި
ބަޔާންވެދިޔަ މައްސަލައިގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ޢަބްދުﷲ އަޙްމަދު ކުރާ މަސައްކަތުގެ އަގަކީ
-/50000ރ (ފަންސާސް ހާސް) ރުފިޔާ ކަމަށާއި، މިއަގުގެ ތެރެއިން މަސައްކަތް ފެށުމުން -/10000
ދިހަހާސް) ރުފިޔާ މިލިޔުމުގައި ސޮއިކުރުމުގެ ކުރިން ޢަބްދުﷲ އަޙްމަދަށްވަނީ ލިބިފައިކަމަށާއި، ބާކީވާ
-/407000(ސާޅީސް ހާސް) ރުފިޔާ މައްސަލަނިމޭ ދުވަހު ޢަބްދުﷲ އަޙްމަދާ ޙަވާލު ކުރުމަށް ސަންޖިން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވާކަމަށް ބަޔާން ކުރެވިފައިވާއިރު، ޢަބްދުﷲ އަޙްމަދު،
އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓްގެ ނަންބަރ 2007/MC/572
ދަށުން
ދަޢުވާކޮށްފައިވަނީ، ޢަބްދުﷲ އަޙްމަދާއި، ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވިފައިވާ
އިސްވެއިޝާރާތް ކުރެވުނު އެއްބަސް ވުމުގައި ބުނާ މައްސަލަ މަދަނީ ކޯޓުން ބެއްލެވި ޤަޟިއްޔާ ކަމުގައިވާ
އެކޯޓުގެ ނަންބަރ 2006/MC/1585 ގެ ޤަޟިއްޔާ ނިމުނު ފަހުންކަން، ބުނެވުނު މަދަނީ
މި ކޯޓްގެ ނަންބަރ
2007/MC/572 ގެ ޤަޟިއްޔާ އެކޯޓަށް ހުށަހެޅުނު ތާރީޚް ކަމަށްވާ 2007/04/10 ގެ ތާރީޚާއި، އަދި
މަދަނީ ކޯޓުގެ މިބުނެވުނު އެކޯޓުގެ ނަންބަރ 2006/MC/1585 ގެ ޤަޟިއްޔާ އެކޯޓުން ނިމުނު ތާރީޚް
ކަމަށްވާ 2007
/
03
/
12ގެ ތާރީޚްއާ މިދެތާރީޚަށް ބެލުމުން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
ނުވަވަނަ ކަމަކީ، ޢަބްދުﷲ އަޙްމަދާއި، ސަންޖިން މޯލްޑިވްސްއާ ދެމެދު
ކުރެވިފައިވާ މިބުނެވުނު އެއްބަސްވުމުގައި ބުނާ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވުމަށް
ޢަބްދުﷲ އަޙްމަދަށް ކޯޓުން އެންގެވުމުން ޢަބްދުﷲ އަޙްމަދު ކޯޓަށް ޙާޟިރުވިއިރު، އެމައްސަލައިގައި
ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަކާލާތުކުރުމަށް ޢަބްދުﷲ އަޙްމަދަށް އެނގުމަކާއި
ނުލައި އެހެން ދެވަކީލަކު ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢައްޔަންކޮށް އެޤަޟިއްޔާގެ
ޝަރީޢަތަށް ފޮނުވާފައިވާ ކަމަށާއި އަދި އެމަސަލައިގައި ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ޢައްޔަންކޮށްފައިވަނީ އެދެވަކީލުން ކަމަށްވާތީ ޢަބްދުﷲ އަޙްމަދުގެ ވަކީލު ކަމުގެ މަސައްކަތް
އެހިސާބުން ނިމުނީ ކަމަށް އެދުވަހުގެ ޝަރީޢަތުން ޢަބްދުﷲ އަޙްމަދަށް އަންގަވައިފައިވާ ކަމަށާއި އެދުވަހުގެ
ޝަރީޢަތް ނިމުމުން ޢަބްދުﷲ އަޙްމަދާއި ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދުގައި
ކޮންޓްރެކްޓެއް އޮންނާނެ ކަމަށާއި އެހެންކަމުން އެކޮންޓްރެކްޓަށް ޙުރުމަތްތެރިކޮށް ހިތަން ޖެހޭނެކަމަށް
ޢަބްދުﷲ އަޙްމަދު، ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އަންގާފައިވާ ކަމަށް ޢަބްދުﷲ އަޙްމަދު
3 24 2
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2007/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިމައްސަލައިގެ ޝަރީޢަތަށް ދީފައިވާ ބަޔާންތަކުގައި ބުނެފައިވާކަން އެނގެން އޮންނައިރު، މިނުކުތާއާއި
ގުޅިގެން ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީއަތުގައި ދައްކާފައިވާ
ހަކަތަކުންވެސް ޢަބްދުﷲ އަޙްމަދާއި ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ހެދިފައިވާ
އެއްބަސްވުމެއް އޮތްކަމަށާއި، އެއެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތުމަށް ޢަބްދުﷲ އަޙްމަދު، ސަންޖިން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އެންގި ކަމަށް ސަންޖިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުންވެސް ބުނެފައިވާކަން އެނގެން އޮތުމުން، ޢަބްދުﷲ އަޙްމަދާއި ސަންޖިން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއާ ދެމެދު ވެވިފައިވާ ބުނެވުނު އެއްބަސްވުމުގެ 5 ވަނަ މާއްދާ ނިޔާކުރާ ގޮތުން ސަންޖިން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑާމެނޭޖްމަންޓްގެ މައްޗަށްވެސް ލާޒިމުވެގެންވަނީ އެމާއްދާއާ އެއްގޮތަށް
ޢަމަލު ކުރުންކަން އެނގެން އޮންނައިރު އެމާއްދާގައިވާ ގޮތުގެ މަތިން ސަންޖިން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއިން އަމަލުނުކޮށް ތިބެ ޢަބްދުﷲ އަޙްމަދުގެ ކިބައިން އެމައްސަލައިގެ ފައިލު ދިނުމަށް ސަންޖިން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އެދުނު ހިނދު އެފަލް ޢަބްދުﷲ އަޙްމަދު ސަންޖިން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއަށް އެޙާލަތުގައި ނުދިން ނުދިނުމަކީ ޢަބްދުﷲ އަޙްމަދާއި ސާންޖިން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވިފައިވާ ބުނެވުނު އެއްބަސްވުމާ ޚިލާފަށް ޢަބްދުﷲ އަޙްމަދު ކުރިކަމެއް
ކަމަށް ބެލެވެން ނެތްކަން އެނގެން އޮންނައޮތުމެވެ.
ދިހަވަނަކަމަކީ، އިސްވެ ބަޔާން ކުރެވިދިޔަ ކަންކަން ބަޔާންވެދިޔަ ގޮތުގެ މަތިން
ހުރުމާއިއެކު، މަދަނީކޯޓުގެ ނަންބަރ 2007/MC/572ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމް
ރަނގަޅުނޫން ކަމަށް ބަލާނެތަނެއް އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް
2 22 22
ނުދެމެވެ"
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2007/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން
މަދަނީ ކޯޓްގެ ނަންބަރ 2007/MC/572 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބެލެވޭނެ ތަނެއް އޮތްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް ނުފެނުނު ހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ތާއީދުކޮށް
މިޤްޟިއްޔާ ނިންމީއެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
&ރީ
އި)
އަމީތު އަދި
އާދަމް މުޙައްމަދު ޢަބްދު
،ފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްa
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv