ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/188 ޤަޟިއްޔާގެ ޙުކުމް
1
201{{{FIC-A/18
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ. 188/HC
-
A/2010
)
• އިސްތިއުނާފު ކުރިފަރާތްތައް:
* ނަން: ޢަބްދުލްޙަމީދު
އައިޑެންޓިޓީކާޑު ނަންބަރު: A038504
، ދާއިމީ އެޑްރެސް: ގ. އޮލިވަރގްރީން / މާލެ * މިހާރުގެ އެޑްރެސް: ގ. ޕަރިންދާގެ / މާލެ
*
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާދަމް އިބްރާހީމް
ދާއިމީ އެޑްރެސް: އަލިކުރާގެ / މާލެ
*
އައިޑެންޓިޓީކާޑު ނަންބަރު: A044057
މިހާރުގެ އެޑްރެސް
. އަލިކުރާގެ / މާލެ
*
ރޭ ގ.
#
• ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ޝަޢުބާން 1431
10 އޯގަސްޓް 2010
ނިމުނު ތާރީޚް: 14 ޝަޢުބާން 1433
04 ޖުލައި 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު:2004/MC/1636
• ނިންމެތިކޯޓް: މަދަނީ ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ށަހެޅުނުތާރީޚް: 07-12-2004
ނިމުނު ތާރީޚް: 31-12-2007
ހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު
21/C{{188
ފިހުރިސްތު
ޞަފްޙާ ނަންބަރ: 02
03 - 06:
01- ދަޢުވާގެ ޚުލާޞާ:
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
04- މަޙްޝަރު ބަޔާންތައް:
it
06 - 07 :
04.1 އިސްތިއުނާފުކުރި ފަރާތުގެ މަޙްޝަރު ބަޔާންތައް:
ޢަބްދުލްޙަމީދު ގ. އޮލިވްގްރީން ގެ ފަރާތުން
ވަކީލު: އދ. ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ދަފްތަރު ނަންބަރު 5378 ދެއްކި ވާހަކަ:
މަޙްޝަރު ނަންބަރ: 01-01 :HC
-
A
-
188 Mpg-2010
މަޙްޝަރު ނަންބަރ: 04-02 :HC
-
A
-
188 Mpg-2010
މަޙް ސަރު ނަންބަރ: 09-08 :HC
-
A
-
188 Mpg-2010
)
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަޙްޝަރު ބަޔާންތައް:
އާދަމް އިބްރާހީމް ގ. އަލިކުރާގެ
ބަދަލުގައި: ޢަބްދުﷲ އަޙްމަދު ގ. ގޯލްޑަންސްޓާރ ދެއްކިވާހަކަ:
މަޙްޝަރު ނަންބަރ: 07-05 :HC
-
A
-
188 Mpg-2010
05 - މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
05.1- މަދަނީ ކޯޓުގެ ނަންބަރު 2004/MC/1636 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
06 - ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 56
ދިވެހިރާއްޖޭގެ ހައިކޯޓު، ޙާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcxurt.gov.lv
3
ދު އެe
2014/HC-A/188
18
• ދައުވާގެ ޚުލާޞާ
މިއީ މަދަނީ ކޯޓުގެ ނަންބަރު 2004/MC/1636 ޤަޟިއްޔާ އެކޯޓުން ބައްލަވައި، ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ގ. އޮލިވަރގްރީން ޢަބްދުލްޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާ ރައްދުވާފަރާތަކީ ގ. އަލިކުރާގޭ އާދަމް އިބްރާހީމެވެ.
ކުރެވުނު
.ތަeއ
)
01- މަދަނީ ކޯޓުގެ ނަންބަރު 2004/MC/1636 ޤަޟިއްޔާ އެކޯޓުން ބައްލަވައި، ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށްގ.
އޮލިވަރގްރީން ޢަބްދުލްޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
&
02- މަދަނީ ކޯޓުގެ ނަންބަރު 2004/MC/1636 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާއަކީ، ގ. އަލިކުރާގޭގައި ހަދާފައިހުރި "މޫންކެފޭ" ކިޔާ ސައިހޮޓާ ކިއުޓް ލޭންޑް
ޕްރައިވެޓް ލިމިޓެޑަށް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް އެކުންފުންޏާއި އާދަމް
އިބްރާހީމާ ދެމެދު 14 ޖެނުއަރީ 2002 ގައި ވެވިފައިވާ އެގްރީމެންޓުގެ ދަށުން ކިއުޓްލޭންޑް ޕްރައިވެޓް
ލިމިޓެޑުން އަދާކުރަންޖެހޭ އިލްތިޒާމް ޢަބްދުލްޙަމީދަށް ތަޙްލީލުކޮށް ކިއުޓްލޭންޑް ޕްރައިވެޓް ލިމިޓެޑާއި {"
ޢަބްދުލްޙަމީދާ ދެމެދު 2002 ސެޕްޓެމްބަރުގައި ކުރި އެގްރީމަންޓް 06) މެއި 2004 ގައި ޝަރީޢަތުން ބާޠިލް
ކުރެއްވިއިރު، އެތަނުގެ ކުއްޔާއި، ކަރަންޓަށާއި، ސަޕްލައި ފެނާއި، ފޯނުގެ ޚިދުމަތަށް ޢަބްދުލްޙަމީދު
ދައްކަންޖެހި ނުދައްކާ އޮތް 338,774.67ރ (ތިންލައްކަ ތިރީސްއަށްހާސް ހަތްސަތޭކަ ހަތްދިހަހަތަރު ރުފިޔާ
ފަސްދޮޅަސް ހަތްލާރި) އާއި ތަނުގައި ހުރި ތަކެއްޗަށާއި ތަނަށް ދީފައިވާ އަދި ލިބިފައިވާ ގެއްލުމުގެ ބަދަލު
ޢަބްދުލްޙަމީދުގެ އަތުން ހޯދުމަށް އާދަމް އިބްރާހީމް ދަޢުވާ ކުރުމުން ބެލެވުނު ޤަޟިއްޔާއެއް
ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، 01 ސެޕްޓެމްބަރު 2002 ން ފެށިގެން "މޫންކެފޭ"
ގެ ކުލި ހަމަޖެހިފައިވާ ގޮތުގެ މަތީން ދައްކަންޖެހޭ ފަރާތަކީ ޢަބްދުލްޙަމީދު ކަމަށާއި، 2002 ސެޕްޓެމްބަރު،
އޮކްޓޯބަރު ދެމަހުގެ ކުލި ޢަބްދުލްޙަމީދު ދައްކާ އޭގެ ފަހުން ކުލި ނުދައްކާވާ 2002 ނޮވެމްބަރުން
2003
ހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން ތީމްގޭ 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.ilv
4
21/HC-
4188
ސެޕްޓެމްބަރު 15 ވަނަ ދުވަހާއި ހަމައަށް 157,500.00ރ (އެއްލައްކަ ފަންސާސް ހަތްހާސް ފަސްސަތޭކަ
ރުފިޔާ) އާއި، 2003 ސެޕްޓެމްބަރު 16 އިން 2004 މެއި 05 ވަނަ ދުވަހާއި ހަމައަށް 153,225.81ރ
(އެއްލައްކަ ފަންސާސް ތިންހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ އަށްޑިހަ އެއްލާރި) އާއި ތަނުގެ ކަރަންޓުގެ
ޚިދުމަތަށް ނުދައްކާއޮތް 10,967.09ރ (ދިހަހާސް ނުވަސަތޭކަ ފަސްދޮޅަސްހަތް ރުފިޔާ ނުވަ ލާރި) އާއި،
ސަޕްލައި ފެނަށް ނުދައްކާއޮތް 13,626.16ރ (ތޭރަހާސް ހަސަތޭކަ ސައްބީސް ރުފިޔާ ސޯޅަ ލާރި) އާއި،
ފޯނު ބިލަށް ނުދައްކާއޮތް 3,458.51ރ (ތިންހާސް ހަތަރުސަތޭކަ ފަންސާސްއަށް ރުފިޔާ ފަންސާސް އެއްލާރި)
އާއެކު ޖުމްލަ 338,774.67ރ (ތިންލައްކަ ތިރީސްއަށްހާސް ހަތްސަތޭކަ ހަތްދިހަހަތަރު ރުފިޔާ ފަސްދޮޅަސް
ހަތްލާ) އަކީ އާދަމް އިބްރާހީމަށް ޢަބްދުލްޙަމީދު ދައްކަންޖެހޭ ފައިސާއެއްކަމަށް ބުނެ ހުށަހެޅި ދަޢުވާއަށް
ޢަބްދުލްޙަމީދު އިންކާރުކޮށް މިފައިސާއަކީ އާދަމް އިބްރާހީމްފުޅަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ
އިންކާރުކުރި ނަމަވެސް ޢަބްދުލްޙަމީދުގެ ބަހުންނާއި އަދި މަދަނީ ކޯޓުގެ ނަންބަރު 2004/MC/23
ޤަޟިއްޔާއަށް ބަލާއިރު 06 މެއި 2004 އާއި ހަމައަށް މޫންކެފޭ ހޮޓާހުރީ ޢަބްދުލްޙަމީދުގެ ބާރުގެ ދަށުގައިކަން
އެނގޭތީ 2002 ނޮވެމްބަރު 01 އިން ފެށިގެން 06 މެއި 2004 އަށް ތަނުގެ ކުއްޔާއި ސަޕްލައި ފެން އަދި
ކަރަންޓް ފީ، ފޯނު ބިލަށް ދައްކަންޖެހޭ ފައިސާ 338,774.67ރ (ތިންލައްކަ ތިރީސްއަށްހާސް ހަތްސަތޭކަ
ހަތްދިހަ ހަތަރު ރުފިޔާ ފަސްދޮޅަސް ހަތްލާރި) އަކީ ޢަބްދުލްޙަމީދު، އާދަމް އިބްރާހީމްފުޅަށް ދައްކަންޖެހޭ
ފައިސާއެއްކަމަށް ޝަރީޢަތަށް ސާބިތުވާތީ، މިފައިސާ މިއަދުން ފެށިގެން 2 އަހަރާއި 5 މަސް ދުވަ
ތެރޭގައި އެމަހަކަށް ޖެހޭވަރު ދައްކާ ޚަލާޞްކުރުމަށް ޢަބްދުލްޙަމީދަށް އަންގަވައި، އަދި ޢަބްދުލްޙަމީދުގެ ބެލުމުގެ
ދަށުގައި މޫންކެފޭ ހޮޓާ ހުރިއިރު ތަނާއި ތަކެއްޗަށް ގެއްލުންދީފައިވާކަން ޝަރީޢަތަށް ސާބިތުނުވާތީ، ތަނަށާއި
ތަކެއްޗަށް ލިބުނު ގެއްލުމުގެ ބަދަލު އަތުލައިދެއްވެން ނެތްކަމަށް ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
)
03- މަދަނީ ކޯޓުގެ ނަންބަރު 2004/MC/1636 ޤަޟިއްޔާ، އެކޯޓުން ބައްލަވައި ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިޢުނާފު ކުރުމަށް
ގ. އޮލިވަރގްރީން ޢަބްދުލްޙަމީދުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
c &
(ހ) ފުރަތަމަ ނުކުތާއަކީ އޮލިވަރގްރީން ޢަބްދުލްޙަމީދުގެ މައްޗަށް ދަޢުވާ ލިބޭ ގޮތަށް
އަލިކުރާގޭ އާދަމް އިބްރާހީމް، މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން ބައްލަވައި ނިންމެވިއިރު، ޢަބްދުލްޙަމީދުގެ ޙައްޤަށް ރިޢާޔަތް
ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
1636/MC/2004
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން ތީލްގޭ 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2010/IICA188
ޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ށ) ދެވަނަ ނުކުތާއަކީ: އާދަމް އިބްރާހީމުގެ ހޮޓާ ޢަބްދުލްޙަމީދު ހިންގާފައިވަނީ، 02
(ދޭއް) މަސްދުވަހު ކަމަށާއި، އޭގެ ފަހުން އާދަމް އިބްރާހީމް ހޮޓާ ހިންގުމުގެ ހުއްދަ ބާޠިލު ކުރުމާއި ގުޅިގެން
ޢަބްދުލްޙަމީދަށް އެ ހޮޓާ ހިންގިފައިނުވާ ކަމަށްބުނެ މަދަނީ ކޯޓަށް ކިތާބީ ހެކި ހުށަހެޅުމުންވެސް މަދަނީ ކޯޓުން
ޢަބްދުލްޙަމީދު ހުށަހެޅި ލިޔުންތަކަށް ބެއްލެވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ މަދަނީ ކޯޓުގެ ނަންބަރު 2004/MC/1636 ޤަޟިއްޔާއަކީ
އާދަމް އިބްރާހީމް، ޢަބްދުލްޙަމީދުގެ އަތުން ފައިސާ ހޯދުމަށް ހުށަހެޅި މައްސަލައަކަށްވެފައި އަދި މި
މައްސަލައިގައި އެ ފައިސާ ދޭންޖެހޭކަން ސާބިތުކޮށްދިނުމުގެ ގޮތުން އާދަމް އިބްރާހީމަށް ދޭންޖެހޭ
ފައިސާއެއްނޫންކަން އެނގޭއިރު ޝަރީޢަތުން މިކަމުގެ މައްޗަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
)
(ރ) ހަތަރުވަނަ ނުކުތާ: ޢަބްދުލްޙަމީދުގެ މައްޗަށް އާދަމް އިބްރާހީމް ހުށަހެޅި މައްސަލައިގައި
ދަޢުވާއިން ބަރީޢަވުމަށްޓަކައި ޢަބްދުލްޙަމީދު ހުށަހެޅި ލިޔުންތަކާއި، މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4- މަދަނީ ކޯޓުގެ ނަންބަރު 2004/MC/1636 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގ. އޮލިވަރގްރީން ޢަބްދުލްޙަމީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ ގޮތުން ޢަބްދުލްޙަމީދުގެ
ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ ގ. އަލިކުރާގޭ އާދަމް އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2004/MC/1636
ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 106/HC
-
A/2008
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދ
(ހ) ފުރަތަމަ ކަމަކީ: ގ. އަލިކުރާގެ ކިޔާ ގޯތީގައިވާ 4 (ހަތަރެއް) ބުރި ޢިމާރާތުގެ ފުރަތަމަ
ބައި (ފަސްޓް ފްލޯރ) ގައި ހަދާފައިވާ ސައިހޮޓާ "މޫން ކެފޭ ކުއްޔަށް ދިނުމާބެހޭ ގޮތުން ކިއުޓް ލޭންޑް
ޕްރައިވެޓް ލިމިޓެޑާއި ގ. އަލިކުރާގޭ އާދަމް އިބްރާހީމާ ދެމެދު 14 ޖެނުއަރީ 2002 ގައި އެއްބަސްވުމެއްގައި
ސޮއިކޮށްފައި އޮންނަކަމާއި، އެއެއްބަސްވުމުގެ މުއްދަތަކީ 15 ޖެނުއަރީ 2002 އިން ފެށިގެން 5 (ފަހެއް)
އަހަރު ދުވަސް ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން ކުއްޔަށްދޫކުރެވޭ ޢިމާރާތުގައި ކުއްޔަށްހިފާ ފަރާތުންކުރާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް:
ވެބް ސައިޓް: www.highcourt.gov.mv
[email protected]
6
2013HC-A{188
އްޔާ ނިމުނު ގޮތުގެ
ޏނeކން
ބޭންންވެ
އެއެއްބަސްވުމުގެ
49 ހ4
އއ
މަސައްކަތާ ގުޅިގެން ސަރުކާރުގެ ފަރާތްތަކުން ނަގަންވާ ހުއްދަ ނެގުމުގައި ނުވަތަ އެނޫންވެސް ސަރުކާރުގެ
ބޭނުން ޢިމާރާތުގެ ވެރިފަރާތުން ލިޔުންތަކެއްވާނަމަ އެލިޔުމެއް ކުއްޔަށްދޫކުރާ ފަރާތުން
ކުއްޔަށްހިފާ ފަރާތަށް ދޭންވާނެކަމަށް އެއެއްބަސްވުމުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އަދި
ސްވުމުގެ މުއްދަތުގައި ކުއްޔަށްހިފާ ފަރާތުން ހޮޓާ ނުވަތަ ހޮޓަލުގެ އެއްވެސް ބައެއް ތިންވަނަ ފަރާތަކަށް
ދެވޭނީ ކުއްޔަށް ދޫކުރާ ފަރާތަށް އެކަން އެންގުމަށްފަހު، އެއެއްބަސްވުމުގައި ހިމެނިގެންވާ އެންމެހައި
ކަންތައްތަކަށް އެތިންވަނަ ފަރާތް ކުއްޔަށްހިފާފަރާތުން މަސްޢޫލުވާނެކަމުގެ ކަށަވަރުކަން ދިނުމަށްފަހު، ހުރިހާ
ޙާލަތެއްގައިވެސް އެއެއްބަސްވުމުގެ ދަށުން ނުވަތަ އެއެއްބަސްވުމާ ގުޅޭ ކަންތައްތަކުގައާއި، ހޮޓަލާއި ގުޅޭ
ތަކުގައި ކުއްޔަށްދޫކުރާ ފަރާތުގެ ކުރިމަތީގައި ކުއްޔަށް ހިފާފަރާތް މަސްއޫލުވެ ޒިންމާވާނެކަމުގެ ލިޔުމެއް
ހިފާފަރާތުން ކުއްޔަށްދޭ ފަރާތަށް ދިނުމަށްފަހުގައި ކަމަށް އެއެއްބަސްވުމުގެ 13 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮންނައިރު،
ކަeއނ#
92 ހ4
2
3
4
ހއ ހދ
OXO
)
15
27 ހއ
ކެއްޔަށް
އެއްވެސް
އެއެއްބަސްވުމުގެ 13 ވަނަ މާއްދާއިން ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ލިބިފައިވާ ބާރުގެ ދަށުން އެހޮޓާ އޮލިވަރގްރީން ޢަބްދުލްޙަމީދަށް ކުއްޔަށް ދީފައިވާކަމާއި،
ދީފައިވަނީ ހޮޓަލުގެ ވެރިފަރާތާއި، ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށްކަމާއި، އެއެއްބަސްވުމުގައި ސޮއިކުރުމުން ހޮޓަލުގައި ހިމެނޭ،
ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް މިލްކުވާ އެންމެހައި ތަކެއްޗާއި ޤާނޫނީ ގޮތުން އެކުންފުންޏަށް
ލިބިދޭ އެންމެހައި ބާރެއް އެކުންފުނީގެ ފަރާތުން ޢަބްދުލްޙަމީދަށް ދީފައިވާކަމާއި، އެއެއްބަސްވުމުގެ މުއްދަތުގައި
ނުވަތަ މުއްދަތު ހަމަވުމަށްފަހު، ޢިމާރާތުގެ ވެރިފަރާތާއި ޢިމާރާތް ހަވާލުކުރުމުގައި އެކުންފުންޏާ ތަނުގެ
ވެރިފަރާތާ ދެމެދު ސް މައްސަލައެއް ހިނގާފައިވާނަމަ އެކަމެއް ދެފަރާތުން ހަމަޖައްސާ އުޞޫލެއްގެ މަތިން
ނިންމުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ޢަބްދުލްޙަމީދުކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، ކިއުޓް ލޭންޑް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހޮޓަލުގެ ވެރިފަރާތާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ހޮޓަލުގެ
ވެރިފަރާތަށް ދައްކަންވާ ކުލި އަދި މަހުން މަހަށް ދައްކަންވާ އެހެނިހެން ފައިސާ ވެރިފަރާތަށް ދެއްކުމަކީ
ޢަބްދުލްޙަމީދުގެ ޒިންމާއެއް ކަމަށާއި، އެފަދަކަމަކާ ޚިލާފުވެގެން ނުކުންނަ އެއްވެސް މައްސަލައަކާއި ގުޅިގެން
ޢަބްދުލްޙަމީދަށް ލިބިދާނެ ގެއްލުމެއްގެ ޒިންމާ ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އުފުލަން
ނުޖެހޭނެކަމަށް ޢަބްދުލްޙަމީދާއި ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށް
25 ސެޕްޓެމްބަރު 2002 ގައި މަދަނީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ (ނަންބަރު 323
/
2002-MC
/
C)
އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމެވެ.
44 4
0 8 2
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ވެބް :
www.lighcourt.gov.my enos [email protected] inson
1
eޢީ
4.2
20-IC-A/1 88
(ށ) ދެވަނަ ކަމަކީ: އާދަމް އިބްރާހީމާއި، ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު
ވެވުނު އެއްބަސްވުމުގެ ދަށުން ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރެވުނު ސައިހޮޓާ،
އެކުންފުނިން ގ. އޮލިވަރގްރީން ޢަބްދުލްޙަމީދަށް ކުއްޔަށްދިން އެގްރީމެންޓުގެ ދަށުން އެ ހޮޓަލުގެ ކުލި އާދަމް
އިބްރާހީމަށް ދައްކަންޖެހޭނީ ޢަބްދުލްޙަމީދު ކަމަށްވާއިރު، އެތަން ތަޅުލައި، އަދި ކުލި ނުދައްކައި ހުންނަތާ
އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާތީ، ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޢަބްދުލްޙަމީދު
ދެމެދު ކުރެވިފައިވާ އެއްބަސްވުން ބާޠިލުކޮށް، އެހޮޓާ ލިބިގަތުމަށް އެދި، ޢަބްދުލްޙަމީދުގެ މައްޗަށް އާދަމް
އިބްރާހީމް ދަޢުވާ ކުރުމުން މަދަނީ ކޯޓުގެ ނަންބަރު 2004/MC/23 ޤަޟިއްޔާގައި ބެލެވުނު މައްސަލާގައި،
"މޫން ކެފޭ" ކިޔާ ސައިހޮޓާ ކުއްޔަށް ދިނުމާއި ބެހޭ ގޮތުން ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި
އަމީދާ ދެމެދު ސެޕްޓެމްބަރު 2002 ގައި ވެވިފައިވާ ނަންބަރު 323
/
2002-MC
/
C އެގްރީމަންޓް
ޝަރީޢަތުން ބާޠިލުކުރައްވައި، އެތަނުގައި ހުރިނަމަ ހުރި ޢަބްދުލްޙަމީދުގެ ތަކެތި ނެރެ ތަން ހުސްކުރުމަށްފަހު
06 މެއި 2004 ދުވަހުން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި އާދަމް އިބްރާހީމާ ތަން ޙަވާލުކުރުމަށް
ޢަބްދުލްޙަމީދަށް އަންގަވައި، ޙުކުމް ކުރައްވައިފައިވާ ކަމާއި، އެ ހޮޓަލުގެ ތަޅުދަނޑި ޢަބްދުލްޙަމީދު، އާދަމް
އިބްރާހީމާ ޙަވާލުކޮށްފައިވަނީ އެޤަޟިއްޔާގައި ޙުކުމް ކުރުމުންކަމާއި، މަދަނީ ކޯޓުގެ ނަންބަރު 2004/MC/23
ޤަޟިއް
ޟިއްޔާގައި ކުރައްވާފައިވާ، ޙުކުމަށް ބަދަލެއް ނައިސް އެގޮތުގައި ދެމި އޮތްކަން އެނގެން އޮންނަކަމެވެ.
ހ 0
2
0
2 #
24/04
(ނ) ތިންވަނަ ކަމަކީ: ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުއްޔަށް
ހިފައިގެން ހިންގަމުން ދިޔަ "މޫން ކެފޭ" ހޮޓާ، ކުއްޔަށް ދިނުމަށް ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއި ޢަބްދުލްޙަމީދާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޢަބްދުލްޙަމީދު އެހޮޓާ ހިންގަމުން ދަނިކޮށް، އެ
ހޮޓާ ހިންގިޔަ ނުދީ، ޢަބްދުލްޙަމީދާއި އޭނާގެ މުވައްޒަފުން އެޢިމާރާތުން ނެރެ ހޮޓަލުގެ ވެރިފަރާތް ކަމުގައިވާ
އާދަމް އިބްރާހީމް އެ ހޮޓާ އަތުލާފައިވާތީ، ހޮޓާ ކުއްޔަށްހިފުމަށް އެޑްވާންސް
އިންސްގެ ގޮތުގައި ދައްކާފައިވާ ފައިސާގެ
ތެރެއިން ތަން ބޭނުންކޮށްފައިވާ 09 (ނުވައެއް) މަސް ދުވަހަށް މަހަކު 5,000.00ރ (ފަސްހާސް ރުފިޔާ) ގެ
މަގުން 45,000.00ރ ސާޅީސް ފަސްހާސް ރުފިޔާ) ކެނޑުމުން ބާކީވާ 55,000.00ރ (ފަންސާސް
ފަސްހާސް ރުފިޔާ) އާއި، ހޮޓަލުގެ ފަރުނީޗަރަށް ކޮންމެ މަހަކު 2,779.66ރ (ދެހާސް ހަތްސަތޭކަ
ހަތްދިހަނު ރުފިޔާ ފަސްދޮޅަސް ހަ ލާރި) ގެރޭޓުން 09 (ނުވައެއް) މަހާއި 13 (ތޭރަ) ދުވަހަށް ދައްކާފައިވާ
26,126.94ރ (ސައްބީސްހާސް އެއްސަތޭކަ ސައްބީސް ރުފިޔާ ނުވަދިހަ ހަތަރު ލާރި) އާއި، ހޮޓަލުން
ޢަބްދުލްޙަމީދު ނެރުނުއިރު ހޮޓާ ހިންގުމަށް ހޯދާފައިވާ ތަކެތި ހަލާކުވެދިޔުމުން އެތަކެތީގެ އަގަށްވާ
150,000.00ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އާއި ހޮޓަލުގައި ގެންގުޅުނު 14 (ސާދަ) ބިދޭސީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން ތީލްގެ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް:
[email protected] SA
www.flighcourt.gov.mv ena
8
2010;HC-A/18
,
oxo
މުވައްޒަފުން 15 (ފަނަރަ) ދުވަހު ދިވެހިރާއްޖޭގައި ބޭތިއްބުމުގެ ޚަރަދާއި، މުސާރައާއި، ވިސާއަށްވާ
133,789.25ރ (އެއްލައްކަ ތެއްތިރީސްހާސް ހަތްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ފަންސަވީސް ލާރި) އާއިއެކު
ޖުމްލަ 364,916.19ރ (ތިންލައްކަ ފަސްދޮޅަސް ހަތަރުހާސް ނުވަސަތޭކަ ސޯޅަ ރުފިޔާ ނަވާރަ ލާރި) އާދަމް
އިބްރާހީމުގެ އަތުން ހޯދުމަށް ޢަބްދުލްޙަމީދު ދަޢުވާކުރުމުން މަދަނީ ކޯޓުގެ ނަންބަރު 2004/MC/613
ޤަޟިއްޔާގައި ބެލެވުނު މައްސަލައިގައި، އެދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް
އާދަމް އިބްރާހީމުގެ އަތުން ޢަބްދުލްޙަމީދަށް ދޭންޖެހޭ ކަމުގެ އެއްވެސް ހެއްކެއް ނެތުމާއިއެކު، އެ ފައިސާ
އާދަމް އިބްރާހީމުގެ އަތުން ޢަބްދުލްޙަމީދަށް ލިބިދެވެންނެތްކަމަށް ކަނޑައަޅުއްވައި، އެދަޢުވާ ސާބިތުނުވާކަމަށް
ޙުކުމް ކުރައްވާފައި އޮންނަކަމާއި، އަދި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ނައިސް އެގޮތުގައި
ދެމި އޮތްކަން އެނގެން އޮންނަކަމެވެ.
)
Cox
(ރ) ހަތަރުވަނަ ކަމަކީ: އަލިކުރާގޭގައި ހަދާފައިވާ ހޮޓާ ކިއުޓް ލޭންޑް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމުން، އެހޮޓާ އެކުންފުނިން 09 (ނުވައެއް) މަސްދުވަހު ހިންގާފައިވާކަމާއި،
އޭގެ ފަހުން ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަބްދުލްޙަމީދާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ
ދަށުން ކިއުޓް ލޭންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޮޓާ ޢަބްދުލްޙަމީދަށް ކުއްޔަށް ދީފައިވާކަމާއި،
ޢަބްދުލްޙަމީދަށް ހޮޓާ ހިންގިފައިވައިވަނީ 2 (ދޭއް) މަސް ދުވަހުކަމާއި، އޭގެ ފަހުން ހޮޓާ ހިންގުމުގެ ހުއްދަ
އާދަމް އިބްރާހީމް، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ދަންނަވައިގެން ބާޠިލްކޮށްފައިވާ ކަމަށް
ޢަބްދުލްޙަމީދު ބުނާއިރު، އެހޮޓަލާއި ބެހޭގޮތުން ދިމާވެފައިވާ ކަންތައްތައް ނިންމުމަށް ދެމަސް ދުވަސް
ދެވޭނެކަމަށް އާދަމް އިބްރާހީމް، ޢަބްދުލްޙަމީދުގެ ގާތުގައި ބުނެފައިވާކަމަށާއި، ހޮޓާ ހިންގުމަށް ދެވިފައިވާ
މުއްދަތަކީ އެކަންކަން ނިންމުމަށް ދެވިފައިވާ މުއްދަތެއްކަމާއި، ނަމަވެސް އެކަންކަން ހަމަނުޖެއްސުމުން ހޮޓާ
ހިންގުމުގެ ހުއްދަ އިތުރުކޮށް ދެވިފައި ނުވާކަމާއި، އަދި ހޮޓާ ހިންގުމުގެ ހުއްދަ ބާޠިލް ކުރުމުންވެސް
އެހޮޓަލުގައި ބޭނުން ކުރަމުން ގެންދިޔަ ތަކެތި، އެތަނުން ނުނެރި، އެތަނުގައި ތަޅުލާފައި ހުރިކަމާއި، އެތަނުގެ
ތަޅުދަނޑި އާދަމް އިބްރާހީމާ ޙަވާލުކޮށްފައިވަނީ، ތަޅުދަނޑި ޙަވާލުކުރުމަށް މަދަނީ ކޯޓުގެ ނަންބަރު
2004/MC/23 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުންކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: "މޫންކެފޭ ހޮޓާ ހިންގުމުގެ ހުއްދަ ޢަބްދުލްޙަމީދުގެ ނަމުގައި
ދިނުމާބެހޭ ކަންކަން ހިނގާފައިވާ ގޮތް ސާފުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
59/HC
-
A/2003 ޤަޟިއްޔާގައި ބެލެވުނު މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން މިނިސްޓްރީ އޮފް
ދިވެހިރާއްޖޭގެ ހައިކޯޓު، ދޯބުރުޒު ހިނގުން ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސުއިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނުގެ
2013/HC-A/188
OXO
4 0) 33
ޓްރޭޑް އެންޑް އިންޑަސްޓްރީޒަށް ލިޔުމުން އެކަން ހިނގާފައިވާ ގޮތްކަމަށް ބަޔާންކޮށް ފޮނުވި އެމިނިސްޓްރީގެ
ނަންބަރު 95
/
2003
/
15/B-101 (22 އޯގަސްޓް 2003) ގެ ސިޓީއަށް ބަލާއިރު، އަލިކުރާގޭގައި
މޫންކެފޭ ކިޔާ ހޮޓަލެއް ހިންގުމުގެ ހުއްދަ ޢަބްދުލްޙަމީދު ޅ. އޮލިވަރގްރީން | މާލެ (ހ. ވެމްވުޑް) އަށް
ދިނުމާމެދު އިޢުތިރާޒެއްނެތްކަމަށް ގ. އަލިކުރާގޭގެ ވެރިފަރާތްކަމުގައިވާ އާދަމް އިބްރާހީމް ސޮއިކުރައްވާފައިވާ
ފޯމެއް 15 ސެޕްޓެމްބަރު 2002 ގައި އެމިނިސްޓްރީއަށް ލިބިފައިވާކަމަށާއި، އެފޯމަށް ހުއްދަ ނުހެދިވަނިކޮށް
އެފޯމަށް ޢަމަލުނުކޮށް ފޯމު ބާޠިލްކުރުމަށްއެދި 17 ސެޕްޓެމްބަރު 2002 ގައި އާދަމް އިބްރާހީމް ސިޓީއެއް
ފޮނުވުމުން އެސިޓީއަށް ޢަމަލުކޮށް އެފޯމު ބާޠިލް ކޮށްފައިވާ ކަމަށާއި، 28 އޮކްޓޯބަރު 2002 ގައި
ޢަބްދުލްޙަމީދު ޅ. އޮލިވަރގްރީން | ގ. ވެމްވުޑަށް އެމިނިސްޓްރީން ދޫކޮށްފައިވާ ހޮޓާ ހިންގުމުގެ ހުއްދަ
(ނަންބަރު 02
/
0182/T10
-
D) އަކީ އަލިކުރާގޭ އާދަމް އިބްރާހީމް، 27 އޮކްޓޯބަރު 2002 ގައި
ލިޔުއްވައި އެމިނިސްޓްރީއަށް ފޮނުވި ސިޓީގައި، ގ. އަލިކުރާގޭގައި ހަދާފައިވާ ސައިހޮޓާ މޫންކެފޭގެ ވިޔަފާރި
ހުއްދަ ގ. ވެޖްވުޑް ޢަބްދުލްޙަމީދަށް 2 (ދޭއް) މަސް ދުވަހަށް ދޫކޮށް ދިނުމަށް އެދިފައިވާތީ ދޫކޮށްފައިވާ
ހުއްދައެއްކަމަށާއި، އެހުއްދައިގައި 28 ޑިސެމްބަރު 2002 ގެ ނިޔަލަށް އެހުއްދަ ބާތިލުވާނެކަމަށް
ބަޔާންކޮށްފައި އޮންނަކަމާއި، އެސިޓީއާއެކު އެމިނިސްޓްރީން ހައިކޯޓަށް ފޮނުއްވި އާދަމް އިބްރާހީމުގެ
ސިޓީގައިވަނީ، އަލިކުރާގޭގައި ހަދާފައިވާ ސައި ހޮޓާ މޫންކެފޭގެ ވިޔަފާރި ހުއްދަ ގ. ވެޖްވުޑް
ޢަބްދުލްޙަމީދަށް 2 (ދޭއް) މަސް ދުވަހަށް ދޫކޮށް ދެއްވުންއެދިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
59/HC
-
A/2013 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ 7 (ހަތްވަނަކަން) ގައި
ބަޔާންކޮށްފައި އޮންނަކަމެވެ.
)
(ޅ) ހަވަނަ ކަމަކީ: "މޫންކެފޭ" ހޮޓާ ހިންގުމުގެ ހުއްދަ އާދަމް އިބްރާހީމުގެ ފަރާތުން
ޢަބްދުލްޙަމީދަށް ނަގައިދީފައިވަނީ 2 (ދޭއް) މަސް ދުވަހަށްކަމާއި، އެއަށްފަހު އެހުއްދަ އާދަމް އިބްރާހީމް
އެދިގެން ބާޠިލްކުރިކަމުގައިވީނަމަވެސް، އެހުއްދަ ބާޠިލްކުރުމުން އެހޮޓަލުގައި ޢަބްދުލްޙަމީދު ބޭނުން ކުރަމުން
ގެންދިޔަ ތަކެތި ހުރެ، އެތަނުގެ ތަޅުދަނޑި އާދަމް އިބްރާހީމާއި ޙަވާލުނުކޮށްހުރި ހުރުމުން، އެތަނުގެ އަތުގެ
ވެރިފަރާތެއްގެ ގޮތުގައި ބަލަންޖެހޭނީ ޢަބްދުލްޙަމީދު ކަމަށްވާތީއާއި، އަދި އެހޮޓާ ހިންގުމަށް ޢަބްދުލްޙަމީދު
ކުރި ތަކެތި އެތަނުން ނުނެރެ، އެތަނުގައި ބަހައްޓައިގެން އެތަނުގެ ބޭނުން ކުރަމުން ގެންދިޔައީ
ޢަބްދުލްޙަމީދު ކަމަށްވާތީއާއި، އެގޮތަށް ހޮޓާ ހުސް ނުކޮށް އަދި ތަޅުދަނޑިވެސް ހަވާލު ނުކޮށް ހުރުމުގެ
ސަބަބުން އެތަނުގެ ބޭނުން އެހޮޓަލުގެ ވެރިފަރާތްކަމުގައިވާ އާދަމް އިބްރާހީމަށް ނުކުރެވި ދިޔަ ދިޔުމުގައި
ހޮޓަލުގެ ވެރިފަރާތަށް ލިބުނު ގެއްލުމުގައި، އެތަނުގެ އަތުގެ ވެރިފަރާތުގެ ޙައިޞިއްޔަތުން ޢަބްދުލްޙަމީދު
38 34
ބޭނނަރ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން ތީމްގޭ 3 ނަންބަރު ދޮރާށި ވާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
201{{{ CA; 88
10 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އުފުލަންޖެހޭ މަސްޢޫލިއްޔަތާއި ޒިންމާއިން ބަރީޢަވާފަދަ ޝަރުޢީ އަދި ޤާނޫނީ ހުއްޖަތެއް ޢަބްދުލްޙަމީދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައި ނުވާތީ،
މަދަނީ ކޯޓުގެ ނަންބަރު 2004/MC/1636 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަކަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން މަދަނީ ކޯޓުގެ
ނަންބަރު 2004/MC/1636 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ("
ޤާނޫނީ ސަބަބެއް އޮތްކަން ގ. އޮލިވަރގްރީން ޢަބްދުލްޙަމީދަށް ސާބިތުކޮށް ދެވިފައިނުވާތީ އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
(15)
مو
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
،ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ތައްޔާރުކުރީ: އާމިނަތު މުޙައްމަދު
ޗެކްކުރީ ޢާއިޝަތު ޝިހާބު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީލެއިލް: [email protected] ވެބް ސައިޓް: Www.fiighcourt.gov.li