ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/261 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/261
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 261/HC-A/2009
• އިސްތިއުނާފުކުރި ފަރާތް؟
* ނަން: ޢަބްދުﷲ ޖާމިޢު
އައިޑީ ކާޑް ނަންބަރު: A256132
* ދާއިމީ އެޑްރެސް: ސީސަންގެ | ރ.މަޑުއްވަރި
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
، ރަޖިސްޓްރީ ތާރީޚް: 09 ޝަޢުބާން 1430
30 އޮގަސްޓް 2009
ނިމުނު ތާރީޚް: 26 ޖުމާދަލްއާޚިރާ 1436
15 އޭޕްރީލް
2015
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2009/JC/1462
ނިންމެވި ކޯޓް: ޖިނާއީ ކޯޓު
• މައްސަލައިގެ ބާވަތް: އަމުރަށްނުކިޔަމަންތެރިވުން
• ހުށަހެޅިތާރީޚް: 25 ޖޫން 2009
• ނިންމެވިތާރީޚް: 17 އޮގަސްޓް 2009
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
• ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢައްބާސް ޝަރީފް
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2009/HC-A/26l
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1462 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ރ.މަޑުއްވަރީ | ސީސަންގެ،
ޢަބްދުﷲ ޖާމިޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާ
31 ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1462 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ރ.މަޑުއްވަރީ | ސީސަންގެ، ޢަބްދުﷲ ޖާމިޢު 08 ރަމަޟާން 1429 ވަނަ
ދުވަހުގެ ހެނދުނު 06:00 އެހައިކަންހާއިރު ޝަރުޢީ މަޤުބޫލު އުޒުރެއްނެތި އައްޑޫގެ ޕޮލިސް އެކަޑަމީގެ
މެސްރޫމްގައި ހުންނަ ފެން އިސްކުރުބަރިން ފެންބޮއި ރޯދަދޫކޮށްލާފައިވާތީ، ޤާނޫނުލް އުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ)ގެ ދަށުން ޢަބްދުﷲ ޖާމިއުގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާކުރުމުން
ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ރ.މަޑުއްވަރީ / ސީސަންގެ، ޢަބްދުﷲ ޖާމިޢުގެ
މައްޗަށް ދަޢުލަތުން ދަޢުވާކުރި، އަމުރަށްނުކިޔަންތެރިވުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން
ޢަބްދުﷲ ޖާމިޢު 08 ރަމަޟާން 1429 ދުވަހު ޝަރުޢީ މަޤްބޫލު އުޒުރެއްނެތި އައްޑޫ ޕޮލިސް އެކަޑަމީގެ
މެސްރޫމްގައި ހުންނަ ފެން އިސްކުރުބަރިން ފެންބޮއި ރޯދަ ދޫކޮށްލާފައިވާކަން ހެކިންގެ ހެކިބަހުން ޝަރީޢަތަށް
ސާބިތުވާތީ، ޢަބްދުﷲ ޖާމިޢު އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުން ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ
ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ދަށުން ރ.މަޑުއްވަރީ | ސީސަންގެ،
ޢަބްދުﷲ ޖާމިޢުގެ 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށާއި، މީނާ ދޫކޮށްލި ރޯދަ ޤަޟާކުރުމަށް
އަންގާ މިގޮތުގެ މަތިން ޙުކުމްކޮށް، މައްސަލަ ނިންމީއެވެ." މިފަދައިންނެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ވާ،
ޚި2 2ތަކުގެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2009HC-A/26
{
02- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1462 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ރ.މަޑުއްވަރީ | ސީސަންގެ،
ޢަބްދުﷲ ޖާމިޢުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހިނދު
(ހ) ފުރަތަމަ ނުކުތާއަކީ، ރޯދައަކީ އަޅާއާއި ހެއްދެވި ފަރާތާއި ދެމެދު ވާ ގުޅުމަކަށް
ފެންނަ ފެނުމަށް ނުވަތަ ހީއެއްގެ މައްޗަށް ބިނާކޮށް ރޯދަ ދޫކޮށްލިކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމާއި، މައިމޫނާ
ރަޝީދާ ކޯޓުގައި އަދި ބަޔާނުގައިވެސް ވަކި ތާރީޚެއް ނޭނގޭކަމަށް ބުނެފައިވީނަމަވެސް ކޯޓު ބަޔާނުގައި ޤާނީ
ތާރީޚް ޖައްސަވާފައިވާކަމާއި، 1429 ވަނަ އަހަރުގެ ރަމަޝާން މަހުގެ އެއްވެސް ދުވަހެއްގައި ރޯދަ ދޫކޮށްލާފައި
ދުވާނެކަމަށް ޢަބްދުﷲ ޖާމިޢު ބުނެފައިވާއިރު، ދަޢުވާލިބޭ ފަރާތުގެ އިޢުތިރާޝަށް ބެލިފައިނެތްކަމަށްބުނެ ހުށަހެޅި
ންކުތަ.
(ނ) ދެވަނަ ނުކުތާއަކީ، ޙުސައިން މުސްތަފާއަށް 15 ފޫޓް ދުރުން ފެނިފައިވާއިރު، އެޖޯޑުގައި
ފެންހުރިކަން ނުވަތަ ނޫންކަން އެނގޭނެ އެއްވެސް ޖާގައެއްނެތްކަމާއި، އެޖޯޑަކީ އެތެރެ ފެންނަ ޖޯޑެއްނޫންކަމާއި،
އާދަމް ޝާހިދުއާއި ޙުސައިން މުސްތަފާ ގާތްގާތުގައިތިބިއިރު، އެތަނުން ޢަބްދުﷲ ޖާމިޢު އާއި އާދަމް ޝާހިދު
ވާހަކަ ދެއްކިކަން ނޭނގޭއިރު ފެންބުއިކަން އެނގޭނެ ގޮތެއް ނޯންނާނެކަމާއި، ދެއިންސާނެއްގެ ބަހުރުވަ
ތެނުވާއިރު، އާދަމް ޝާހިދު އާއި ޙުސައިން މުސްތަފާގެ ބަޔާނުގެ ބޮޑުބައި އަކުރުން އަކުރަށް އޮތްކަމާއި،
ހަވީރު 16:30 ހާއިރު އެޖިލިޓީ ޓެސްޓްކަމަށް ޙުސައިން މުސްތަފާ ބުނެފައިވާއިރު، މައިމޫނާ ރަޝީދާ އޮސްޓް
ކުލާސްކަމަށް ބުނެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
އއޤީe
(ނ) ތިންވަނަ ނުކުތާއަކީ، އޮސްޓް ކްލާސް އަދި އެޖިލިޓީ
ޓެސްޓް އޮންނަގަޑި އަށް
ބެލިފައިނުވާކަމާއި، އަޒުމަތު ބަޝީރަށް ފެންނާނެކަމަށް މައިމޫނާ ރަޝީދާ ބުނެފައިވާއިރު، އަޒުމަތު ބަޝީރަށް
ފެނިފައިނުވުން އަދި އެންމެން ދިޔައީ އެއްވަގުތެއްގައިކަން ނުވަތަ ނޫންކަން ބެލިފައިނުވާކަމާއި،
ބެލިފައިނުވާކަމާއި، 5 ވަރަކަށް ފޫޓު ކައިރީ މައިމޫނާ ހުރިއިރު ދެންތިވި ހެކިންނަށް
ފެންނަންނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހހހހހ2 ޖެ2
އހ2ށފި
4
އ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2009HC-A/26
03- މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1462 ޤަޟިއްޔާ ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ރ.މަޑުއްވަރީ | ސީސަންގެ، ޢަބްދުﷲ ޖާމިޢުގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
cccc
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ ޖިނާއީކޯޓުގެ ނަންބަރު 2009/JC/1462 ޤަޟިއްޔާގައި
ޢަބްދުﷲ ޖާމިޢުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުޅި ދަޢުވާއަކީ، 08 ރަމަޟާން 1429 ވަނަ ދުވަހު،
ޝަރުޢީ މަޤްބޫލު ޢުޒުރެއްނެތި، ރޯދަ ދޫކޮށްލާފައިވާކަމަށް ބުނެ، ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ)
ގެ ދަށުން، ޢަބްދުﷲ ޖާމިޢުގެ މައްޗަށް ކުޅަ އަމުރަށްނުކިޔަމަންތެރި ވުމުގެ ދަޢުވާކަމާއި، މިދަޢުވާއަށް
ޢަބްދުﷲ ޖާމިޢު ޝަރީޢަތުގައި އިންކާރުކުރާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، ޢަބްދުﷲ ޖާމިޢުގެ މައްޗަށް އުފުލުނު މިދަޢުވާ އަށް އިންކާރުކޮށްފައިވާތީ، މިދަޢުވާ
ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ، ޢަބްދުﷲ ޖާމިޢުގެ ފަރާތުން ތަޙްޤީޤަށް
ދީފައިވާ ބަޔާނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް އާދަމް ޝާހިދުއާއި، ކޮންސްޓަބަލް މައިމޫނާ
ރަޝީދާއި، ކޮންސްޓްބަލް ޙުސައިން މުސްތަފާކަމާއި، ދައުލަތުގެ ފަރާތުން ހުށަހެޅި މިހެކިން ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކުރެވި އެފަރާތްތަކުގެ ހެކިބަސްނަގާފައިވާކަން އެނގެން އޮންނައިރު، ޢަބްދުﷲ ޖާމިޢުގެ
މައްޗަށް މިދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ތަޙްޤީޤުގައި ޢަބްދުﷲ ޖާމިޢުވެފައިވާ އިޢުތިރާފުގެ
މައްޗަށާއި، ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށްގެންކަމަށް މިމައްސަލަ ނިންމެވުމުގައި ޖިނާއީކޯޓުން ފާހަގަކޮށްފައިވާ
ނުކުތާތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ޢަބްދުﷲ ޖާމިޢުގެ މައްޗަށް އުފުލުނު މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ
ފަރާތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ޢަބްދުﷲ ޖާމިޢުގެ ތަޙްޤީޤު
ބަޔާނަށް
ބަލާއިރު،
މިމައްސަލައިގައި ޢަބްދުﷲ ޖާމިޢުގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި އޭނާ 1429 ވަނަ އަހަރު
ރަމަޟާންމަހު ފެން ބުއިކަމަށް އެއްބަސްވެފައިވާކަމާއި، އެހެންނަމަވެސް ފެން ބުއި މީނާ ހާރު އިއިރު ކެވުނު
އެއްޗެއްގެ ސަބަބުން ފާޚާނާކުރެވި ގައިން ވަރުދޫވެ މޫނު މައްޗަށް އަނދިރިވާން ފެށުމުން ބޭސްކެއުމަށްޓަކައި
ކަމަށް ޢަބްދުﷲ ޖާމިޢު ބުނާއިރު، ޢަބްދުﷲ ޖާމިޢު އެބުނާ ބުނުން ނަފީކުރުމަށް ދައުލަތުގެ ފަރާތުން އެއްތެއްޖޭގެ
ހައިކޯޓް
I
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2009HC-A/26
ހެއްކެއް ހުށަހަޅާފައިނުވާކަން އެނގޭކަމާއި، ރަމަޟާންމަހުގެ ރޯދައަކީ މުސްލިމުންގެ
މައްޗަށް
ވާޖިބުކުރައްވާފައިވާ އަޅުކަމެއްކަމާއި، އެމަހުގައި އެންމެ ރޯދައެއްވެސް ދޫކޮށްލުމަކީ އިސްލާމްދީނުގައި
ޙަރާމްކުރައްވާފައިވާކަމެއްކަމާއި އަދި އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއްކަމާއި، އެހެންނަމަވެސް
ޝަރުޢީގޮތުން ހުއްދަ ޢުޛުރެއް އޮވެއްޖަނަމަ އެމަހުގައި ރޯދަދޫކޮށްލުން މަނާނޫންކަން އެނގެން އޮތުމުން
ޢަބްދުﷲ ޖާމިޢު ތަޙްޤީޤުގައި އޭނާ ފެންބުއިކަމަށް ބުނެފައި އޮތްނަމަވެސް އެއީ އޭނާ
ޤަސްދުގައި ރޯދަނުހިފާ ދޫކޮށްލި ކަމަށް ވެވުނު އިޢުތިރާފެއްކަމުގައި ބެލެވެންނެތްކަމެވެ.
2ފppތ 2
3 ޑ
ރެދދކޮށްލަ37
(ރ) ހަތަރުވަނަކަމަކީ، މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ 3 މީހެއްގެ
ނަންކަމާއި، އެފަރާތްތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް މައިމޫނާ ރަޝީދާއި، އާދަމް
ޝާހިދާއި، ޙުސައިން މުސްތަފާކަން އެނގޭއިރު، މިފަރާތްތަކުގެ ހެކިބަސް ޖިނާއީކޯޓުން ނަންގަވާފައިވާކަން
އެނގެން އޮންނަކަމާއި، މިގޮތުން މިމައްސަލަގައި ހެކިންގެ ފަރާތުން ދީފައިވާ ހެކިބަހަށް ބަލާއިރު، ހެކިންގެ
ތެރެއިން އާދަމް ޝާހިދު ބުނެފައިވަނީ، ޢަބްދުﷲ ޖާމިޢު ޖޯޑަށް ފެން އެޅިތަން ދެކުނުކަމަށާއި، އެހެންނަމަވެސް
ފެން ބުއިތަނެއް ފެނިފައިނުވާކަމަށެވެ. މިފަދައިންކަމާއި،
ހެކިންގެ ތެރެއިން މައިމޫނާ ރަޝީދުގެ ހެކިބަހުގައި، ބުނެފައިވަނީ 08 ރަމަޟާން 1429 ވަނަ
ދުވަހުގެ ހެނދުނު ޢަބްދުﷲ ޖާމިޢު ރޯދަދޫކޮށްލި ތަން ފެނުނު ވާހަކަ ކަމުގައިވާއިރު، ހެކިންގެ ތެރެއިން
ޙުސައިން މުސްތަފާގެ ހެކިބަހުގައި ބުނެފައިވަނީ އެދުވަހުގެ ހަވީރު ޢަބްދުﷲ ޖާމިޢު ރޯދަދޫކޮށްލިވާހަކަ ކަން
މިދެހެކިންގެ ފަރާތުން ދީފައިވާ ހެކިބަހުން އެނގެން އޮތް އިރު، ޢަބްދުﷲ ޖާމިޢު ރޯދަ ދޫކޮށްލި ގޮތްކަމަށް
ބުނާ ގޮތް މިދެފަރާތުގެ އްގޮތްވާއިރު، އެކަން ފެނުނު ދެފަރާތުން އެކަން ފެނުނުކަމަށް ބުނާ ވަގުތާއިމެދު
މިހެކިންގެ ހެކިބަހާއި މެދު ޝައްކު އުފެދެން އޮން
ފެދެން އޮންނަކަމާއި،
ޑ 8
އެވަރުގެ ޗެމް
33
4
3
2 ދޑ
ފެށިއނއކއި އަތުމެނޭ
ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިން ކޮންމެ މީހަކަށްމެ
ލިބިދޭ ޙައްޤަކީ އެމީހަކު ކުށެއް ކޮށް ފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި
ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތްމީހަކު ކަމުގައި ބެލުމުގެ ޙައްޤު ކަމުގައިވީ ހިނދު، މީހެއްގެ މައްޗަށް
ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ބެލުމުގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި ސާބިތުވުމަކީ ޖިނާއީ ކުށެއް ކޮށްފިކަމުގެ ތެދާމެދު އެކަށީގެންވާ ގޮތުގައި
COCO
ހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2009 HC-A/261
އުފެދޭނެ ފުރުސަތު ނެތުންކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
34/SC-A/2011 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން ބަލާއިރު،
މިމައްސަލައިގައި، ޙާދިސާ ހިނގިކަމަށް ބުނާގޮތަށާއި، ހެކިންގެ ހެކިބަހަށާއި، މައްސަލައިގެ ވަށައިގެން
ދެންހުރި އެންމެހައިކަންކަމަށް ބެލުމުން، ޢަބްދުﷲ ޖާމިޢުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުޅަ އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ
އެއްނެތް މިންގަނޑުން ސާބިތުނުވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވޭކަމެވެ.
އެކަށީގެންވާ ޝައްކެއްނެތް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ޖިނާއީކޯޓުގެ ނަންބަރު
2009/JC/1462 ޤަޟިއްޔާގައި ރ.މަޑުއްވަރީ ސީސަންގެ ޢަބްދުﷲ ޖާމިޢުގެ މައްޗަށް އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެކަމަށް
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ޖިނާއީކޯޓުގެ ނަންބަރު
2009/JC/1462 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާތިލުކޮށް، އެގޮތުގެ މަތީން މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv