ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/371 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/37l
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 371/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު:
* ދާއިމީ އެޑްރެސް:
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ވަޙީދު
* އައިޑީ ކާޑު ނަންބަރު: A024175
* ދާއިމީ އެޑްރެސް: ދަފްތަރު ރސ 3941/މާލެ
ސްޓްރީކުރެވުނު
ޚަ:14 ސަފަރު 1435
17 ޑިސެމްބަރު 2013
ނިމުނު ތާރީޚް: 21 ޞަފަރު 1435
24 ޑިސެމްބަރު 2013
ގ 3
334 *
އދ
އިސްތިގު ކުރެވުނު ކޯޓުއަމުރު ނަންބަރު: 2013
/
10600/J
(
MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ހެޅުނު ތާރީޚް: 10 ޑިސެމްބަރު 2013 ނިމުނު ތާރީޚް: 10 ޑިސެމްބަރު 2013
ރޮޗެވެ
އެހިރާއްޖޭގެ
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
2013/HC-A/371
ނިމުނު 1
يمر من *
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10600(J
(
MD-145 ކޯޓުއަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު
އިސްތިއުނާފު ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ދަފްތަރު ރސ
3941/މާލެ، މުޙައްމަދު ވަޙީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A024175) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10600(J
(
MD-145 ކޯޓުއަމުރަށް
ބަލާއިރު، އެ ކޯޓުއަމުރަކީ، ދަފްތަރު ރސ 3941/މާލެ (ހ. ސީސްޕީޑް!މާލެ)، މުޙައްމަދު ވަޙީދުގެ
މައްޗަށް ތުހުމަތުކުރެވިފައިވާ ފައިސާއަށް ހަށިވިއްކުމުގެ މައްސަލާގައި އޭނާ މުޖްތަމަޢުގެ ތެރެއަށް
ދޫކޮށްލައިފިނަމަ އެމައްސަލައާއި އެމައްސަލައާ ގުޅުންހުރި އެހެނިހެން ކަންކަމުގެ ތަޙްޤީޤަށް ހޯދަން
ބޭނުންވާ ހެކި ޤަރީނާ ނައްތާލުމަށާއި، ހެކި ފޮރުވާ ހެއްކަށް ނުފޫޒު ފޯރުވުމަށް ފުރުސަތު ބޮޑުވެގެން
ދާނެކަމެއްކަމަށް ފެންނާތީ، މުޙައްމަދު ވަޙީދުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް
ޕޮލިސް ސަރވިސްއިން ކްރިމިނަން ކޯޓަށް ހުށަހެޅުމާގުޅިގެން، "މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށްޓަކައި" ކަމަށް ވިދާޅުވެ، 10 ޑިސެމްބަރު 2013 ވަނަ ދުވަހުގެ 15:13 އިން
ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް ދަފްތަރު ރސ 3941/މާލެ (ހ. ސީސްޕީޑް (މާލެ)، މުޙައްމަދު
ވަޙީދު ގޭގައި ބެހެއްޓުމަށް، ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮންނަ އަމުރެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
44
2013/HC-A/371
3 ޤަޟިއްޔާ ނިމުނު ގޮ
و مری
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10600(J
(
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަކީ؛
C
04 /
، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10600(J
(
MD-145 ކޯޓު އަމުރުން
ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC
-
A/19 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް
ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10600(J
/
MD-145 ކޯޓުއަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/371
و مری
4 ޤަޟިއްޔާ ނިމުނު ގޮ
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
ބަންދާމެދު
ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއް
رہے کہ
ތުހުމަތުގައި ބަންދުކުރެވޭ މީހުން
|
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
މިގޮތުން ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާ ގޮތުގެމަތިން،
މުޙައްމަދު ވަޙީދު 7 (ހަތެއް) ދުވަހަށް ބަންދުކުރެއްވުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވަނީ
އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ހަށިވިއްކުމުގެ މައްސަލާގައި "މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް" ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރަށް ޤަބޫލުކުރެއްވޭތީކަން
އެނގޭކަމާއި، އެސަބަބަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުގެ ތެރޭގައި ހިމެނޭ ސަބަބެއްކަމެވެ.
ބާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
5 ޤަޟިއްޔާ ނިމުނު 1
2013HC-A/371
و مری
ދެވެ
2
<
މާއްދާއާއި
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައިވާ ގޮތުގެމަތިން ބަންދުކުރެވޭ މީހުން ބަންދުގައި
ބައިތިއްބަންޖެހޭ ތަން ކަނޑައެޅުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ ކުރިން
ކަނޑައަޅާފައިވާކަމާއި،
މިގޮތުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ
ތަނެއް ކަނޑައެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC
-
A/2012
ޤަޟިއްޔާގައި ކަންޑައަޅާފައިވާ އުސޫލަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ
ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި
ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ ތަނެއްގައިކަން
އެނގޭކަމާއި،
މީގެ އިތުރުން، މިކަމާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
355/HC
-
A/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް
އޮތްކަމަށް ނުވަތަ ނެތްކަމަށް ކަނޑައަޅުއްވަނީ، އެފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ
މައްސަލައަކާއި، އެމައްސަލައަކާ ގުޅިގެން ހައްޔަރުކުރެވިފައިވާ މީހަކު ނުވަތަ ބަޔަކާ
މައްސަލަ ތަޙްޤީޤުކުރާ ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެފަނޑިޔާރަކަށް .28
2 2 0 2
2 822
މައެދައ
امام ہے کہ
ދިވެހިރާއްa
ހައިކޯa
9x24
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/371
کی مری
ދެވެ
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ވުރެ ދަށު މަރުޙައީ މިދިވެހިރާa
6 ޤަޟިއްޔާ ނިމުނު 1
ހުށަހަޅާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްގެންކަމަށްވީއިރު އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކު
ބަންދުގައި ބަހައްޓަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ބައްލަވާ، އެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރެވޭ
ޙާލަތްތަކުގައި އެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރެވުނު ޙާލަތު ނެތިކޮށްލާ، އެމީހަކު ބަންދުކުރެވުނު
މަޤްޞަދު އެންމެ އެކަށީގެންވާ ގޮތުގައި ޙާސިލުކުރެވޭކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކުރެވެނީވެސް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކަމަށްވީއިރު، އެމީހަކު ބަންދުކުރެވުނު މަޤްޞަދު ޙާސިލުކުރެވޭނޭ
ގޮތެއްގެ މަތިން، އެމީހަކު ބަންދުކޮށްފައި ބަހައްޓަންޖެހުނު ޙާލަތު އެންމެ އެކަށީގެންވާ ގޮތެއްގެމަތިން
ނައްތާލެވޭނީ އެމީހަކު ކޮންތާކު ކޮންގޮތަކަށް ބަންދުކޮށްގެންކަން ކަނޑައަޅަން އެންމެ ރަނގަޅަށް އެނގޭނެ
އެއްބަޔަކަށްވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ޕޮލިސް
ސަރވިސްކަން އެނގޭކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައިވާ ގޮތުގެމަތިން
ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ތަން ކަނޑައެޅުމުގައި ޢަމަލުކުރާނެ އުސޫލުތަކާ
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އިސްވެމިދެންނެވުނު އުސޫލުތަކަކީ މިހާތަނަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ވިއަސް
އެއަށް ބަދަލެއް ގެނެސްފައިވާ އުސޫލުތަކެއް ނޫންކަމާއި، މިޙާލަތުގައި ޤާނޫނުއަސާސީގެ 49 ވަނަ
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައިވާ ގޮތުގެމަތިން ބަންދުކުރެވޭ މީހުން ބަންދުގައި
ބައިތިއްބަންޖެހޭ ތަން ކަނޑައެޅުމުގައި އިސްވެ މިދެންނެވުނު އުސޫލުތަކަށް ޢަމަލުކުރުމަކީ
/
<< O
މުއެނއއ
ކޯޓުތަކުގެ މައްޗަށް ލާޒިމު ކަމެއްކަމާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/371
7 ޤަޟިއްޔާ ނިމުނު 1
کی مرکی
32
4
2 ބ ޅ 2
4
އެހެންކަލު
މިކަމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ފަދަ، ކުށުގެ ތުހުމަތުގައިވާ
މީހަކު ބަންދުގައި ބަހައްޓަންޖެހޭ ސަބަބަކީ އެމީހަކު ދޫކޮށްލައިފިނަމަ އެމީހެއްގެ ފަރާތުން މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނުންކަމަށްވާނަމަ، އެމީހަކު ބަންދުގައި
ބަހައްޓާންޖެހޭނީ އެމީހެއްގެ ފަރާތުން މުޖްތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ ތަނެއްގައިކަމާއި،
އަދި އެމީހަކު ބަންދުގައި ބަހައްޓާ ތަނަކީ އެމީހަކު ދިރިއުޅޭ ގެ ކަމަށްވުމަކީ އެމީހެއްގެ ފަރާތުން
މުޖްތަމަޢަށް ފޯރާފާނެ ނުރައްކާތެރިކަމެއް ނެތިކޮށްނުލެވޭނޭ ކަމެއްކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސް
އަށް ޤަބޫލުކުރެވޭ ޙާލަތުތަކުގައި އެމީހަކު ގޭގައި ބަންދުކޮށްފައި ބަހައްޓަން މަޖުބޫރުވާ ގޮތަށް ކޯޓުތަކުން
އަމުރު ނެރެގެން ނުވާނަކަމާއި، އެފަދަ ޙާލަތުތަކުގައި އެމީހަކު ބަންދުގައި ބަހައްޓާނެ ތަނެއް
ކަނޑައެޅުމުގެ އިޚްތިޔާރު ލިބިދޭންވާނީ، އެމީހެއްގެ ފަރާތުން މުޖްތަމަޢަށް ހުރި ނުރައްކާ ނެތިކޮށްލުމުގެ
ޒިންމާ އެބަޔަކާ ޙަވާލުކުރެވިފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް އެމިނިސްޓްރީ އެއްގެ ދަށުން
ހިނގަމުންދާ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/10600(J
(
MD-145 ކޯޓުއަމުރުގައި، ދަފްތަރު ރސ
3941/މާލެ (ހ.
ސީސްޕީޑް (މާލެ)، މުޙައްމަދު ވަޙީދު 10 ޑިސެމްބަރު 2013 ވަނަ ދުވަހުގެ 15:13 އިން ފެށިގެން 7
(ހަތެއް) ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފައި ކުރައްވާފައިވާ އަމުރަށް ބަދަލު
ގެންނަޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
2
2
4
2 ހއ
ބޮހެއްޓުމަށް
22 22
އިއްތިފާޤު ވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތު
کمر متمم مب
2013HC-A/371
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10600(J
(
MD-145
ކޯޓުއަމުރުގައި،
ދަފްތަރު 3941!މާލެ (ހ. ސީސްޕީޑް މާލެ، މުޙައްމަދު ވަޙީދު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A024175) 10 ޑިސެމްބަރު 2013 ވަނަ ދުވަހުގެ
15:13 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު
ކުރައްވާފައިވާ ބައި، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
l
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv