ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/204 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/204
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 204/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުﷲ ޙަސަން
އެޑްރެސް: އދ. ދަނގެތި{ ނަސްރު
އައިޑީ ކާޑު ނަންބަރ: A031490
އެޑްރެސް: އދ. ދަނގެތި ނަސްރު
ވަކީލުއޏ. ނަދީމު އިބްރާހީމް
އިސްތިއުނާފު ރައްދުވި ފަރާތް:
* ދިވެހި ދައުލަތް (ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީސް)
ވެހެޅުނު ތާރީޚް: 12 ޖުލައި 2012
ނިމުނު ތާރީޚް: 23 ޖުލައި 2012
0
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2012/5710(J(MD-145
• އަމުރު ނެރުނު ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: އެއްޖިންސުން ޖިންސީގުޅުން ހިންގުން
• އަމުރު ނެރުނު ތާރީޚް:
10 ޖުލައި 2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
A&A
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/2104
ދަޢުވާގެ ޚުލާޞާ
(
cut o
CCC.
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/5710(J(MD-145 ކޯޓު އަމުރަކީ ޝަރުޢީ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ އދ. ދަނގެތި ނަސްރު ޢަބްދުﷲ ޙަސަން އެއަމުރު
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ޢަބްދުﷲ ޙަސަންގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރު
ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/5710(J(MD-145 ކޯޓު އަމުރަކީ، އެއްޖިންސުން
ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ
ކުރެވޭ މައްސަލައެއްގައި މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައި ދޫކުރަން ނުފެންނާތީ ކަމަށް ވިދާޅުވެ 2012 ޖުލައި 10 ވަނަދުވަހުގެ 19:45 އިން
ފެށިގެން 2012 ޖުލައި 25 ވަނަ ދުވަހުގެ 19:44 ގެ ނިޔަލަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ޢަބްދުﷲ ޙަސަން ބަންދުކޮށްފައި ބެހެއްޓުމަށް
ކުރައްވާފައިވާ އަމުރެއްކަން އެއަމުރުން އެނގެން އޮވެއެވެ.
CCCX
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/5710(J
(
MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޢަބްދުﷲ ޙަސަންގެ ފަރާތުން ދެނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އިޖުރާއާތާ ޚިލާފަށް ޝަރީޢަތް
ހިންގާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތި
ބަންދުގެ މުއްދަތު އިތުރުކޮށްފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުރާ
ނުކުތާއެވެ.
4 22
AJA
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2{012/HC-A/204
ޝަޖީ
03 ކްރިމިނަލް ކޯޓުގެ ނަންބަރު 2012/5710(J(MD-145 ކޯޓު އަމުރަށާއި، ޢަބްދުﷲ ޙަސަންގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) މި މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް
ހުށަހަޅާފައިވާ ނަންބަރު 075021/MF [ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” ގައި މައްސަލަ
އާއި ގުޅޭގޮތުން ލިބިފައިވާ ހެކި ނުވަތަ ޤަރީނާގެ ގޮތުގައި ”މަންޒަރު ދުށް ފުލުހުން ބުނާ ބުނުން، މ.
ހުދުފަސް ގެސްޓްހައުސް 05 ނަމްބަރު ކޮޓަރިއަށް ފުލުހުން ވަތްއިރު ކޮޓަރިތެރޭގައި ހުރި އެނދެއްގެ މަތީގައި
ޢަބްދުﷲ ޙަސަން އާއި އިތުރު ފިރިހެނަކު ބަރަހަނާ ޙާލުގައި ތިއްބާ ފެނިފައިވުން، ފޮޓޯ ރިޕޯރޓް“
ހިމަނާފައިވާކަން އެނގެން އޮންނަކަމާއި،
ޢަބްދުﷲ ޙަސަން އާއި މެދު ތަހުމަތު ކުރެވިފައިވާ މައްސަލައިގެ ތަޙްޤީޤު ނިންމާ އޭނާގެ މައްޗަށް
ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާކަން ދައުލަތުގެ ފަރާތުން މިމައްސަލައާއި
ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި؛
މައްސަލައިގެ ތަޙްޤީޤު ނިމުމުން ޝަރީޢަތުން މައްސަލަ ނިމެންދެން އެމީހަކު ހައްޔަރުގައި ނުވަތަ
ބަންދުގައި ބެހެއްޓޭނީ ދަޢުވާ އުފުލޭ ވަރަށް ހެއްކާއި ޤަރީނާ ހުރުމާއެކު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައި ސަބަބުތަކުން ކުރި ސަބަބެއް އޮވެގެން
u occ
ކަމާއިގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
Aއ
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/204
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮވެފައި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/5710(J
(
MD-145 ކޯޓު އަމުރުގައި، މުޖްތަމަޢުގެ
ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި، ދޫކޮށްލަން ނުފެންނާތީކަމަށް ބަޔާންކުރައްވާ ޢަބްދުﷲ ޙަސަން
ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާ ސަބަބަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ސަބަބުތަކާއި ތަޢާރަޟުވާ އަދި އެސަބަބުތަކުގެ
މާނައިގާ ނުހިމެނޭ ސަބަބެއް ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ހައްޔަރާއިމެދު ގޮތެއް ނިންމައިދިނުމަށް
ފަނޑިޔާރެއްގެ ކުރިމައްޗަށް މައްސަލަ ހުށަހެޅުމުގެ ކުރިން ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ ޖަދުވަލު (2) ގައި
ބަޔާންކުރެވިފައިވާ ހުވާ ފަނޑިޔާރު ލައިދިނުމުން އެމައްސަލައެއް ތަޙްޤީޤުކުރާ މީހާ ފަނޑިޔާރުގެ ކުރިމަތީގައި
އިޝާރާތްކުރެވުނު ޤަވާއިދުގެ 05 ވަނަ މާއްދާގެ (ށ) ގެ ސާފު ޢިބާރާތުން އެނގެން
އޮވެފައި؟
މިއިސްތިއުނާފުކުރެވޭ އަމުރުގެ މައްސަލައިގާ ޢަބްދުﷲ ޙަސަންގެ ބަންދާއިމެދު ގޮތެއް ނިންމައިދިނުމަށް
ހުށަހެޅުމުގެ ކުރިން އިސްވެ އިޝާރާތްކުރެވުނު ހުވާކުރުވާފައި ނުވާކަން މިމައްސަލައާއި ގުޅިގެން ދައުލަތުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން، ކުރިމިނަލް ކޯޓުން ޢަބްދު
ޙަސަން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 05
ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ އިޖުރާތާއި އެއްގޮތަށް ނޫންކަން އެނގެއެވެ.
ކުރަން ވާނެކަން
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު، އދ. ދަނގެތި
ނަސްރު ޢަބްދުﷲ ޙަސަން 2012 ޖުލައި 10 ވަނަ ދުވަހުގެ 19:45 އިން ފެށިގެން 2012 ޖުލައި 25
A+
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{012/HC-A/204
ވަނަ ދުވަހުގެ 19:44 އަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު
2012/5710(J(MD-145 ކޯޓު އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 05
ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ އިޖުރާތާއި ޚިލާފަށްކަން ޝަރީޢަތަށް ސާބިތުވާތީ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/5710(JMD-145 ކޯޓު އަމުރު މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާތިލްކޮށްފީމެވެ.
ޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv