ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/139 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/139
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 139/HC-A/2010
• އިސްތިއުނާފުކުރި ފަރާތް:
ނަން. އިބްރާހީމް އަފީފް
އައިޑީ ކާޑު ނަންބަރ: A049820
ދާއިމީ އެޑްރެސް: ގުލްބަކާގެ/ގދ.ހޯނޑެއްދޫ
* މިހާރުގެ އެޑްރެސް: ފ.ލިލީފެހި(ކ.މާވެ
· 4
0
އިސްތިއުނާފް ރައްދުވި ފަރާތް:
E
* ނަން: ޢަބްދުއްރަޙްމާން އަޙްމަދު
އައިޑީ ކާޑުނަންބަރު: A022941
* ދާއިމީ އެޑްރެސް: މ.އަރީޖް1މާލެ
މިހާރުގެ އެޑްރެސް: ސަނދުރަ- 3 ހުޅުމާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ޖޫން 2010
ނިމުނު ތާރީޚް: 20 ސެޕްޓެމްބަރ 2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2009/MC/2893
ނިންމެވިކޯޓް: މަދަނީ ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 2009-11-24 ނިމުނު ތާރީޚް: 2010-05-04
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ފަނޑިޔާރު: ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2010/HC-A/j39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުވާގެ ޚުލާޞާ:
،
މިއީ، މަދަނީ ކޯޓުގެ ނަންބަރު:2009/MC/2893 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބު ގދ.ހޯނޑެއްދޫ ޤުލްބަކާގެ، އިބްރާހީމް ޢަފީފް
(ދ.ރ.ކާޑް ނަންބަރުA049820) ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން
ބެލިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފް ރައްދުވާ ފަރާތްތަކަކީ، މ.އަރީޖް މާލެ، ޢަބްދުއްރަޙްމާން
އަޙްމަދު (ދ.ރ.ކާޑް ނަންބަރުA022941)އެވެ.
ވުން
OXOC
އެއެގެތެ ންފާކަމަށެބޮނޭ،
401 މިއީ، މަދަނީ ކޯޓުގެ ނަންބަރު:2009/MC/2893 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ނުވާކަމަށްބުނެ، ގދ.ހޯނޑެއްދޫ ޤުލްބަކާގެ، އިބްރާހީމް ޢަފީފް
(ދ.ރ.ކާޑް ނަންބަރުA049820) ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން
ބެލިފައިވާ މައްސަލައެކެވެ.
202 މަދަނީ ކޯޓުގެ ނަންބަރު:2009/MC/2893 ޤަޟިއްޔާއަކީ، ހ.ލިލީފެހި އެވެ، ކިޔާ
ބަންޑާރަ ގޯތިން، އެގޭ ޢަބްދުލްޙަލީމް ޢަބްދުއްރަޙްމާނާއި، ޙަފްޞާ ޢަބްދުއްރަޙްމާނުގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވާ ބައިން، މ.އަރީޖް ޢަބްދުއްރަޙްމާން އަޙްމަދު ކުއްޔަށް ހިފާފައިވާ ބައިގެ ދެވަނަ ފަންގިފިލާގައި
ދިރިއުޅޭ ގދ.ހޯޑެއްދޫ/ ޤުލްބަކާގެ އިބްރާހީމް ޢަފީފު، 01 ޖެނުއަރީ 2008 އިން ފެށިގެން ކުލި ދައްކަމުން
ނުދާކަމަށްބުނެ، ކުލި ނުދައްކާ ހިގާފައިވާ 22 މަސްދުވަހުގެ ކުއްޔަށްވާ -/000'132ރ.(އެއްލައްކަ ތިރީސް
ދެހާސް ރުފިޔާ) ހޯދުމަށާއި، އަދި ހ.ލިލީފެހިން ޢަބްދުއްރަޙްމާނު އަޙްމަދު ކުއްޔަށް ހިފާފައިވާ ބައިން އިބްރާހީމް
ޢަފީފު ނެރެދިނުން އެދި އިބްރާހީމް ޢަފީފުގެ މައްޗަށް
ޢަބްދުއްރަޙްމާން އަޙްމަދު ދަޢުވާ ކުރުމުން
ބައްލަވާފައިވާ ޤަޟިއްޔާއެކަމާއި،
/
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
139/HC-A/ޤަ201
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެޤަޟިއްޔާ ބައްލަވާ ކުރައްވާފައިވާ ޙުކުމުގައި، ހ.ލިލީފެހި އެވެ ކިޔާ ބަންޑާރަ ގޯތީން،
އެގޭ ޢަބްދުލްޙަލީމް ޢަބްދުއްރަޙްމާނާއި ޙަފްޞާ ޢަބްދުއްރަޙްމާނަށް ލިބިފައިވާ 293.50 އަކަފޫޓުގެ ތެރޭގައި
ކުރެވިފައިވާ ޢިމާރާތުގެ 03 ވަނަ ބުރި (ދެވަނަ ފަންގިފިލާ) އަކީ 01 ސެޕްޓެމްބަރ 2007 އިން ފެށިގެން
މ.މ.ދ.ދަފްތަރު (މ.ހަވީރީ މަންޒިލް) ޙަސަން ޢަލީ އަތުން މ.އަރީޖް ޢަބްދުއްރަޙްމާނު އަޙްމަދު ކުއްޔަށް
ހިފާފައިވާ ތަނެއްކަމާއި، އެތާރީޚުން ފެށިގެން 2007 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ގދ.ހޯޑެއްދޫ
ޤުލްބަކާގެ އިބްރާހީމް ޢަފީފު އެޢިމާރާތުގައި ދިރިއުޅެމުން އައިސްފައިވަނީ ޢަބްދުއްރަޙްމާން އަޙްމަދަށް ކުލި
ދީގެންކަމާއި، އަދި 01 ޖެނުއަރީ 2008 ގެ ނިޔަލަށް އެމާރާތް ހުސްކުރު
ކެކުރުމަށާއި، އަދި އެދުވަހުން ފެށިގެން
އެޢިމާރާތުގެ ކުއްޔަކީ މަހަކު -/000!6ރ.(ހަހާސް ރުފިޔާ) ކަމަށް، 04 ނޮވެމްބަރ 2007 ގައި
ޢަބްދުއްރަޙްމާން އަޙްމަދުގެ ފަރާތުން އިބްރާހީމް އަފީފަށް އެންގުމާއި ގުޅިގެން، ޢަބްދުއްރަޙްމާން އަޙްމަދަށް
ކުލިދެއްކުން، އިބްރާހީމް ޢަފީފު ހުއްޓާލާފައިވާކަން. އިބްރާހީމް ޢަފީފުގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅުއްވައި، 01 ޖެނުއަރީ 2008 އިން ފެށިގެން 04 މެއި 2010 ގެ ނިޔަލަށް ހިގާފައިވާ 28 މަހާއި
04 ދުވަހުގެ ތެރެއިން، ޢަބްދުއްރަޙްމާން އަޙްމަދުގެ ދަޢުވާގައި އެދިފައިވާ 22 މަސްދުވަހުގެ ކުއްޔަށް މަހަކު
-/000'6ރ.(ހަހާސް ރުފިޔާ) ގެ ރޭޓުން ޖެހޭ -/000'132 ރ.(އެއްލައްކަ ތިރީސް ދެހާސް ރުފިޔާ) އަކީ
ގދ.ހޯނޑެއްދޫ ޤުލްބަކާގެ އިބްރާހީމް އަފީފު، މ.އަރީޖް1 ޢަބްދުއްރަޙްމާން އަޙްމަދަށް ދޭންޖެހޭ ފައިސާއެއް
ކަމަށް ކަނޑައަޅާ، 04 މެއި 2010 ދުވަހުން ފެށިގެން އެމަހަކަށް ޖެހޭވަރު އެމަހަކު މަދަނީކޯޓަށް ދައްކަމުން
ގޮސް މީލާދީ 03 މަސް ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ޚަލާޞް ކުރުމަށް އިބްރާހީމް ޢަފީފަށް
އެނގުމާއެކު، ހ.ލިލީފެހި އެވެ ކިޔާ ޢިމާރާތުގައި އިބްރާހީމް އަފީފު ދިރިއުޅޭ ބައިގައިހުރި އިބްރާހީމް ޢަފީފުގެ
ފަރާތުން ތިބިނަމަ ތިބިބަޔަކާއި ހުރިނަމަ ހުރި ތަކެއްޗަކާއެކު އެޢިމާރާތް ހުސްކޮށް، 04 މެއި 2010 ދުވަހުން
ފެށިން މިލާދީ 01 މަސް ދުވަހުގެ ތެރޭގައި އެތަން ޢަބްދުއްރަޙްމާން އަޙްމަދާއި ޙަވާލު ކުރުމަށް އަންގަވައި
މަތިން ޙުކުމް ކުރައްވާފައިކަން އެޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެންގެން އޮންނަކަން
ut cu
· 3
پر مرد
ދިވެހިރާއްޖެ
ފާހަގަކުރެވެއެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2010/HC-A/j39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރު:2009/MC/2893
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފް ޙުކުމެއް ކަމަށްބުނެ
ގދ.ހޯނޑެއްދޫ ޤުލްބަކާގެ، އިބްރާހީމް ޢަފީފުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި
ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ހ.ލިލީފެހި ޢިމާރާތުގެ 03 ވަނަ ބުރި (ދެވަނަ ފަންގިފިލާ)،
މ.މ.ދ.ދަފްތަރު (މ.ހަވީރީމަންޒިލް) ޙަސަން ޢަލީ އަތުން އިބްރާހީމް ޢަފީފު ކުއްޔަށް ހިފާފައިވަނީ، ޙަސަން
ޢަލީ އާއި އިބްރާހީމް ޢަފީފު އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަން އެނގެންއޮވެ، އަދި އެއީ
ޙަސަން ޢަލީއާއި ޢަބްދުއްރަޙްމާން އަޙްމަދާއި ދެމެދު ވެވުނު އެއްބަސްވުން، އެއްބަސްވުމުގެ ކުރިންކަން
އެނގެން އޮންނައިރު، އަދި ޙަސަން ޢަލީ އާއި އިބްރާހީމް އަފީފު އާއި ދެމެދު ވެވުނު އެއްބަސްވުން ނިމުމަކަށް
ގެނެސްފައި ނުވާއިރު، އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް ބައްލަވައި، ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާއި ބެހޭ ޤާނޫނު) އާއި ޚިލާފަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ
CXOC
ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު:2009/MC/2893 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގެ 03 ވަނަ ނުކުތާގައި، "މިދަޢުވާގެ ޖަވާބުގައި ދަޢުވާލިބޭ އިބްރާހީމް އަފީފުގެ ފަރާތުން
ބުނެފައިވަނީ މިދަޢުވާގައި ހިމެނޭ ޢިމާރާތުގެ ކުލި ދަޢުވާކުރާ ޢަބްދުއްރަޙްމާން އައްމަދަށް ކުރިން ދީފައިވާ
ކަމަށާއި، އަދި އޭރު ޢަބްދުއްރަޙްމާނު އަޙްމަދަށް ކުލި ދެމުން ދިޔައީ އިބްރާހީމް އަފީފުގެ ޅިޔަނެއް ކަމުގައިވާ
ޙަސަން ޢަލީގެ ފަރާތުން ޢަބްދުއްރަޙްމާން އަޙްމަދަށް ދޭ ފައިސާއެއްގެ ގޮތުގައި ކަމަށާއި، ޢަބްދުއްރަޙްމާން
އަޙްމަދާއި ޙަސަން ޢަލީ އާއި ދެމެދު މިކަން ހިނގާފައިވާ ގޮތެއް އިބްރާހީމް އަފީފަށް ނޭގޭކަމަށާއި، އަދި
އިބްރާހީމް ޢަފީފާއި ޢަބްދުއްރަޙްމާން އަޙްމަދާއި ދެމެދު އެއްވެސް މުޢާމަލާތެއް ކުރެވިފައި ނުވާ
ނުވާކަމަށެވެ."
މިގޮތަށް ބުނެފައިވާކަމަށް ބަޔާން ކޮށްފައިވާއިރު، އިބްރާހީމް އަފީފުގެ އެބުނުމަށް އެއްވެސް މިންވަރަކަށް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާފަ، ޖީ
5
2010/HC-A/j39
2007 ގައި އެޢިމާރާތް ކުއްޔަށް ދޫކޮށްފައިވަނީ، ޙަސަން ޢަލީ އާއި ހ.ލިލީފެހިޢަބްދުލްގަޓްގެ ކައި)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަރީޢަތުން ރިޢާޔަތް ކުރައްވާފައި ނުވާކަމީ، ކޮންޓްރެކްޓާއި ބެހޭ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް
ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
404 މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު:2009/MC/2893 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އިބްރާހީމް ޢަފީފުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ދިހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ
ނަންބަރު:2009/MC/2893 ޤަޟިއްޔާގައި މ.އަރީޖް/ޢަބްދުއްރަޙްމާނު އަޙްމަދު ކޮށްފައިވާ ދަޢުވާއަކީ،
އާއި މ.މ.ދ.ދަފްތަރު (މ.ހަވީރީ މަންޒިލް) ޙަސަން ޢަލީ އާއި ދެމެދު 01 ސެޕްޓެމްބަރ 2007 ގައި
ވެވިފައިވާ އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީ އަތުން ޢަބްދުއްރަޙްމާން އަޙްމަދު ކުއްޔަށް ހިފާފައިވާ ޢިމާރާތުގެ
ތިންވަނަ ބުރީގައި އެޅެމުންދިޔަ ގދ.ހޯޑެއްދޫ/ޤުލްބަކާގެ އިބްރާހީމް ޢަފީފު 01 ޖެނުއަރީ 2008 ދުވަހުން
ފެށިގެން ޢަބްދުއްރަޙްމާނު އަޙްމަދަށް ކުލި ނުދައްކާ އެޢިމާރާތުގައި އުޅެމުންދާތީ، މަހަކު -/6000ރ.(ހަހާސް
ރުފިޔާ) ގެ މަގުން އެހާތަނަށް ކުލި ނުދީވާ 22 މަސްދުވަހުގެ ކުއްޔަށްވާ ފައިސާ އެކީ އެއްފަހަރާ އިބްރާހީމް
ޢަފީފު އަތުން ލިބިދެއްވުން އެދިގެންނާއި، އަދި އެޢިމާރާތުގައި އިބްރާހީމް ޢަފީފު ދިރިއުޅެމުންދާ ބައިން
އިބްރާހީމް ޢަފީފު ނެރެދެއްވުންއެދި ކޮށްފައިވާ ދަޢުވާއެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލުމުން އެނގެން އޮންނައިރު،
އެޢިމާރާތަކީ ޙަސަން ޢަލީ އާއި .ލިލީފެހި ޢަބްދުލްޙަލީމް ޢަބްދުއްރަޙްމާން
އާއި ދެމެދު
08 ޖޫން 2000 ގައި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ޙަސަން ޢަލީ ދިގުމުއްދަތަކަށް ކުއްޔަށް ހިފުމަށްފަހު
ކޮށްފައިވާ ޢިމާރާތެއްކަމާއި، ޙަސަން ޢަލީގެ ފަރާތުން މ.އަރީޖް (ޢަބްދުއްރަޙްމާނު އަޙްމަދަށް 01 ސެޕްޓެމްބަރ
OcOC
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2010/HC-A/139
މަންފާ ޙާޞިލް ކުރަމުންދާކަމާއި، އެހެން ކަމުން އެބައި ހުސްކޮށްދިނުމަށް ޢަބްދުއްރަޙްމާން އަޙްމަދުގެ ފަރާބުގޭޖްގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢަބްދުއްރަޙްމާނާއި ދެމެދު 08 ޖޫން 2000 ގައި ވެވިފައިވާ އެއްބަސްވުމުގައި އެހާތަނަށް ބާކީ އޮތް މުއްދަތަށް
ޖުމްލަ -/000'200ރ.(ދެލައްކަ ރުފިޔާ) ގެ ކުއްޔަށްކަމާއި، އެފައިސާ މ.އަރީޖް (ޢަބްދުއްރަޙްމާނު އަޙްމަދުގެ
ފަރާތުން ޙަސަން ޢަލީ އަށް ފުރިހަމައަށް ދައްކާ ޚަލާޞްކޮށްފައިވާކަމަށް މަދަނީ ކޯޓުގެ
ނަންބަރު:2009/MC/2893 ޤަޟިއްޔާގައި 07 ފެބްރުއަރީ 2010 ގައި ޙަސަން ޢަލީ ދީފައިވާ ބަޔާނުގައި
އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.
(ނ) މަދަނީ ކޯޓުގެ ނަންބަރު:2009/MC/2893 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ
ގދ.ހޯޑެއްދޫ| ޤުލްބަކާގެ އިބްރާހީމް އަފީފަކީ، އިސްވެ މިބަޔާންކުރެވުނު ޢިމާރާތް ޙަސަން ޢަލީ ގެ ފަރާތުން
މ.އަރީޖް (ޢަބްދުއްރަޙްމާނު އަޙްމަދަށް ކުއްޔަށް ދޫކުރިއިރު، ޙަސަން ޢަލީ އަތުން އެޢިމާރާތުގެ 03 ވަނަބުރި
ކުއްޔަށް ހިފައިގެން އުޅޭ ފަރާތްކަމާއި، އޭރު އިބްރާހީމް އަފީފް، ޙަސަން ޢަލީ އަށް ކުލީގެ ގޮތުގައި
ދެމުންދިޔައީ މަހަކު-/3500ރ.(ތިންހާސް ފަސްސަތޭކަ) ރުފިޔާ ކަމާއި، ޙަސަން ޢަލީ އާއި ޢަބްދުއްރަޙްމާން
އަޙްމަދުއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެއިމާރާތުން ޙަސަން ޢަލީ އަށް ލިބިފައިވާ "މަންފާ
ޙާޞިލްކުރުމުގެ ޙައްޤު" ޢަބްދުއްރަޙްމާން އަޙްމަދު ގަތުމަށްފަހު، އެ ހިނދުން ފެށިގެން 2007 ވަނަ އަހަރުގެ
ނިޔަލަށް އިބްރާހީމް އަފީފްގެ ފަރާތުން އެ ޢިމާރާތުގައި ހުންނަ ހުރުމަށް ކުލި ދައްކަމުން އައިސްފަވަނީ
ޢަބްދުއްރަޙްމާން އަޙްމަދަށްކަމާއި، މިގޮތުން 2007 ވަނަ އަހަރުގެ ސެޕްޓެމްބަރ، އޮކްޓޯބަރ، ނޮވެމްބަރ، އަދި
ޑިސެމްބަރ، މި ހަތަރު މަސްދުވަހުގެ ކުލި އިބްރާހީމް ޢަފީފުގެ ފަރާތުން ޢަބްދުއްރަޙްމާން އަޙްމަދަށް އެއިން
ކޮންމެ މަހަކުވެސް ދައްކާފައިވާކަމާއި، ނަމަވެސް 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިބްރާހީމް
ޢަފީފު ކުއްޔަށް ހިފާފައިވާބައިގެ ކުއްޔަކީ -/
6000ރ. (ހަހާސް ރުފިޔާ) ކަމަށް ޢަބްދުއްރަޙްމާން އަޙްމަދުގެ
ފަރާތުން އިބްރާހީމް އަފީފަށް އެންގުމާ ގުޅިގެން ބޮޑުކުރި ކުލި ނުދައްކާނެކަމަށްބުނެ
ކުލި ދެއްކުން
ހުއްޓާލާފައިވާކަމާއި، އޭގެ ފަހުން އެއްވެސް މަހަކު އިބްރާހީމް ޢަފީފުގެ ފަރާތުން ޢަބްދުއްރަޙްމާން އަޙްމަދަށް
ކުލި ހަވާލު ކޮށްފައިނުވާކަމާއި، ނަމަވެސް އެޢިމާރާތުން އިބްރާހީމް އަފީފު ކުއްޔަށް ހިފާފައިވާ ބައިން އޭނާ
ކު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
HC
-
A
/
j39/
ޤަ201
, ދޫކޮށްފައިވާކަން އިބްރާހީމް އަފީފުއްޖޭގެ ހައިކޯޑު"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިބްރާހީމް ޢަފީފަށް ލިޔުމަކުން އަންގާފައިވާކަމާއި، އެކަމާއި އިބްރާހީމް ޢަފީފު އިންކާރު ކޮށްފައި ނުވާކަމާއި،
އެސިޓީގައި އިބްރާހީމް ޢަފީފުއާ މުޚާޠަބްކޮށް، "ތިޔަފަރާތަށް އެގިލައްވާނެފަދައިން، ހ.ލިލީފެހި ޢަބްދުލްޙަލީމް
އަބްދުއްރަޙްމާނާއި އަފްޞާ ޢަބްދުއްރަޙްމާނުގެ ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާ ހ.ލިލީފެހި އެވެ ކިޔާ
ބަންޑާރަ ގޯތީގައި ހަނދާފައިވާ ޢިމާރާތަކީ، މީހާރު އަޅުގަނޑު ކުއްޔަށް ހިފާފައިވާ ތަނެކެވެ. ވީމާ އިބްރާހީމް
ޢަފީފް ތިޔަ އުޅުއްވާ ބައި (ހ.ލިލީފެހި އެވެ ކިޔާ ބަންޑާރަ ގޯތީގައި ހަނދާފައިވާ ޢިމާރާތުގެ 2 ވަނަ
ފަންގިފިލާ) 2007 ވަނަ އަހަރުގެ ޑިސެމްބަރ މަސް ހުސްވުމުގެ ކުރިން ހުސްކޮށް ދެއްވުމަށްއެދި
މިފަދައިން ބަޔާން ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ޢަބްދުއްރަޙްމާން އަޙްމަދުގެ ދަޢުވާގައި ބަޔާންކޮށްފައިވާ ފަދައިން، އެދަޢުވާގައި ބަޔާން
ކޮށްފައިވާ ޢިމާރާތުގައި 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ
ނަންބަރު:2009/MC/2893 ޤަޟިއްޔާ ނިމެންދެންވެސް މ.އަރީޖް ޢަބްދުއްރަޙްމާނު އަޙްމަދަށް ކުލި ނުދައްކާ
އެޢިމާރާތުން އިބްރާހީމް އަފީފު ކުއްޔަށް ހިފާފައިވާ ބައި ބޭނުންކޮށްފައިވާކަމަށް އިބްރާހީމް އަފީފު ގެ ފަރާތުން
ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވާކަން އެނގޭކަމާއި،
ނަމަވެސް ޢަބްދުއްރަޙްމާން އަޙްމަދަށް އެތަނުގެ ކުލި އިބްރާހީމް ޢަފީފު ނުދެއްކި
ކަމުގައިވިޔަސް، އެތަން އިބްރާހީމް ޢަފީފަށް ކުއްޔަށް ދޫކުރި އަސްލު ފަރާތް ކަމުގައިވާ ޙަސަން ޢަލީ އަށް
ބަރާބަރަށް ކުލި ދައްކަމުން ގެންދާކަމަށްބުނެ އެކަމުގެ ތަފްޞީލު ދެމުން އިބްރާހީމް ޢަފީފުގެ ފަރާތުން
ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޙަސަން ޢަލީ އަކީ އިބްރާހީމް ޢަފީފުގެ ޅިޔަނެއްކަމާ، ދިގުމުއްދަތަކަށް
ކުއްޔަށް ހިފައިގެން ހ.ލިލީފެހި އެވެ ކިޔާ ގޯތީގައި ޙަސަން ޢަލީ ކޮށްފައިވާ ޢިމާރާތުގެ ތިންވަނަ ބުރި
އިބްރާހީމް ޢަފީފު ކުއްޔަށް ހިފާފައިވަނީ ޙަސަން ޢަލީ އަތުން ކަމާއި، އެގޮތުން ކުއްޔަށް ހިފިދުވަހުން ފެށިގެން
ކުލި ދައްކަމުން އަންނަނީ ޙަސަން ޢަލީ އަށް ކަމާއި، ޙަސަން ޢަލީ އާއި ގޭގެ ވެރިފަރާތާއި ދެމެދުކުރެވިފައިވާ
އެގްރީމެންޓުން ޙަސަން ޢަލީ އަށް ލިބިދޭ ހުރިހާ ޙައްޤުތަކާއެކު އެ އެގްރީމެންޓުގައިވާ މުއްދަތަށް
ޢަބްދުއްރަޙްމާން އަޙްމަދަށް ޙަސަން ޢަލީގެ ފަރާތުން އެއިމާރާތް
ހ2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
139/HC-A/ޤަ201
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެނގިފައި ނުވާކަމަށް އޭނާގެ ފަރާތުން ބުނެފައިވާއިރު، ޢަބްދުއްރަޙްމާން އަޙްމަދު އެޢިމާރާތް ކުއްޔަށް ހިފި
ތާރީޚު ކަމުގައިވާ 01 ސެޕްޓެމްބަރ 2007 އިން ފެށިގެން 31 ޑިސެމްބަރ 2007 ގެ ނިޔަލަށް އިބްރާހީމް
ޢަފީފު ކުލި ދައްކާފައިވަނީ ޢަބްދުއްރަޙްމާން އަޙްމަދަށް ކަމުގައި އިބްރާހީމް އަފީފުވެސް އެއްބަސްވާކަމާއި،
ޢަބްދުއްރަޙްމާން އަޙްމަދުއާ ކުލި ޙަވާލު ކުރުން އިބްރާހީމް ޢަފީފު ހުއްޓާލާފައިވަނީ 2008 ވަނަ އަހަރުގެ
ޖެނުއަރީ މަހުން ފެށިގެންކަމާއި، އެއީ އެތާރީޚުން ފެށިގެން، އެ ޢިމާރާތުގައި އިބްރާހީމް އަފީފު ދިރިއުޅޭ ބައިގެ
ކުއްޔަކީ މަހަކު -/6000ރ.(ހަހާސް ރުފިޔާ) ކަމަށް ޢަބްދުއްރަޙްމާން އަޙްމަދު އެންގުމާ ގުޅިގެން ބޮޑުކުރި ކުލި
ދިނުމަށް އިންކާރުކުރުމުގެ ގޮތުން ކުލި ދެއްކުން ހުއްޓާލިކަން ފާހަގަކުރެވޭކަމާއި، އެހެންކަމުން ޙަސަން ޢަލީ
އަތުން އެ ޢިމާރާތް ޢަބްދުއްރަޙްމާން އަޙްމަދު ކުއްޔަށް ހިފާފައިވާކަން އެނގިފައި ނުވާކަމަށް އިބްރާހީމް ޢަފީފު
ބުނެފައިވާ ބުނުމަކީ ޝަރީޢަތަށް ޤަބޫލުކުރެވޭ ޞައްޙަ ބުނުމެއް ނޫންކަން ފާހަގަކުރެވެއެވެ.
(ރ) އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު:2009/MC/2893 ޤަޟިއްޔާއާއި
ގުޅިގެން، ޢަބްދުއްރަޙްމާން އަޙްމަދަށް އެ ޢިމާރާތް ކުއްޔަށް ދޫކޮށްފައިވާ މ.މ.ދ.ދަފްތަރު (މ.ހަވީރީ މަންޒިލް)
ޙަސަން ޢަލީ ވެސް އެކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަމާއި، އެގޮތުން ޙަސަން ޢަލީގެ ބަޔާނަށް ބަލާއިރު،
ޢަބްދުއްރަޙްމާން އަޙްމަދުގެ ދަޢުވާގައި ބުނެފައިވާ ފަދައިން ކުލީގެ ގޮތުގައި -/200000ރ.(ދެލައްކަ ރުފިޔާ)
އެއްފަހަރާ ނެގުމަށްފަހު ޢަބްދުއްރަޙްމާން އަޙްމަދަށް އެ ޢިމާރާތުގެ ހުރިހާ ބައިތަކެއް ކުއްޔަށް
ދޫކޮށްފައިވާކަމަށާއި، އަދި ޢަބްދުއްރަޙްމާން އަޙްމަދުގެ އަތުން އޭނާއަށް ކުލީގެ ގޮތުގައި ލިބެންޖެހޭ ހުރިހާ
ފައިސާއެއް ފުރިހަމައަށް ލިބިފައިވާކަމަށް އެއްބަސްވެފައިވާކަން އެނގޭކަމާއި،
އަދި މީގެއިތުރުން ޢަބްދުއްރަޙްމާން އަޙްމަދަށް އެޢިމާރާތް ކުއްޔަށް ދިނުމާއި ގުޅިގެން އޭރު
އެޢިމާރާތުން ބައެއް ކުއްޔަށް ހިފައިގެން ދިރިއުޅެމުން ގެންދާ އޭނާ ޅިޔަނެއްކަމަށްވާ އިބްރާހީމް ޢަފީފު ގެނެސް،
އެޢިމާރާތާ މިހާރު ހަވާލުވެގެން އެޅެނީ ޢަބްދުއްރަޙްމާން އަޙްމަދު ކަމަށާއި، އެޢިމާރާތް ޢަބްދުއްރަޙްމާން އަޙްމަދާ
ހަވާލު ކޮށްފައިވާކަމަށް އިބްރާހީމް ޢަފީފު ގެ ގާތުގައި ޙަސަން ޢަލީ ބުނެފައިވާކަމަށާއި، އެއާއި ގުޅިގެން
އިބްރާހީމް ޢަފީފު ގެ ފަރާތުން ޖެހިގެން އައި 2007 ވަނަ އަހަރުގެ ސެޕްޓެމްބަރ، އޮކްޓޯބަރ، ނޮވެމް
ހައިކޯއް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
g:
9
2010/HC-A/j39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި ޑިސެމްބަރ، މި ހަތަރު މަސްދުވަހުގެ ކުލި ޢަބްދުއްރަޙްމާން އަޙްމަދަށް ދައްކާފައިވާކަން އޭނާއަށް
އެނގޭކަމަށް ޙަސަން ޢަލީ ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ނަމަވެސް ޢަބްދުއްރަޙްމާން އަޙްމަދުގެ ފަރާތުން އެޢިމާރާތުގައި ކުއްޔަށް ދޫކޮށްފައިވާ ބައިތަކުގެ
ކުލި ބޮޑުކުރިއިރު އިބްރާހީމް ޢަފީފު ކުއްޔަށް ހިފާފައިވާ ބައިގެ ކުލިވެސް ބޮޑުކުރުމާއި ގުޅިގެން އެކަމާއި
ހިތްހަމަނުޖެހިގެން އިބްރާހީމް ޢަފީފު އައިސް ޙަސަން ޢަލީ ގާތުގައި އެވާހަކަ ދެއްކުމުން ޢަބްދުއްރަޙްމާން
އަޙްމަދު ކުލި ބޮޑުކުރިއަސް، ބޮޑުކުރި ކުދި އޭނާއަށް ނުދިނުމަށް އިބްރާހީމް ޢަފީފު ގާތު ޙަސަން ޢަލީ
ބުނެފައިވާކަމަށާއި، އަދި ބޮޑުކުރި ކުލި ނޫނީ ޢަބްދުއްރަޙްމާން އަޙްމަދު ބަލައި ނުގަންނަނަމަ، ކުރިންވެސް
ދައްކަމުން އައިކުލި ޙަސަން ޢަލީ އާއި ހަވާލުކުރުމަށް އިބްރާހީމް ޢަފީފުގާތުގައި ޙަސަން ޢަލީ ބުނުމާއި ގުޅިގެން
އެފަދައިން ކޮންމެ މަހެއްގެ ކުލަވެސް ހަވާލުކުރަމުން ގެންދަނީ ޙަސަން ޢަލީއާއި ކަމަށާއި، އަދި ޙަސަން ޢަލީ
އެފައިސާ ބަލައިގަނެ، އެކަން ޢަބްދުއްރަޙްމާން އަޙްމަދަށް އަންގަމުން ގެންގޮސްފައި ނުވާކަން އެނގޭކަމާއި،
އަދި ޙަސަން ޢަލީ ގެ ފަރާތުން ބުނެފައިވާ އެބުނުމަށް ބާރުދިނުމުގެ ގޮތުން އިބްރާހީމް އަފީފުގެ
ފަރާތުން ހައިކޯޓުގެ މިޤަޟިއްޔާގައި އޭނާގެ ބޭންކް އެކައުންޓް ސްޓޭމަންޓްގެ ބައެއް ހުށަހެޅުމަށްފަހު، އޭނާ
ކުލި ދައްކަމުން ގެންދަނީ ޙަސަން ޢަލީ އަށް ކަން ސާބިތު ކުރުމަށް މަސައްކަތް ކޮށްފައިވާކަމާއި، ނަމަވެސް އެ
ސްޓޭޓްމަންޓުގައި އިބްރާހީމް ޢަފީފު ގެ ފަރާތުން ފާހަގަކޮށްފައިވާ 07 މާރޗް 2010 ގައި އޭނާ އެކައުންޓުން
ޑެބިޓް ކޮށްފައިވާ -/4000ރ.(ހަތަރުހާސް ރުފިޔާ) އާއި 31 މާރޗް 2010 ގައި ޑެބިޓް ކޮށްފައިވާ
-/4000ރ.( ހަތަރުހާސް ރުފިޔާ) އާއި، 29 އޭޕްރީލް 2010 ގައި ޑެބިޓް ކޮށްފައިވާ -/4000ރ.(ހަތަރުހާސް
ރުފިޔާ) އާއި މި 3 ޓްރާންސެކްޝަނަކީ ޝަރީޢަތުން މިބަލާ މައްސަލައާއި އެއްވެސް ގުޅުމެއްހުރި
ޓްރާންސެކްޝަންތަކެއް ކަމަށް ބަލަންވީ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު
މަތީން ހުރުމާއެކު، ހ.ލިލީފެހި ޢަބްދުލްޙަލީމް ޢަބްދުއްރަޙްމާނާއި މ.މ.ދ.ދަފްތަރު (މ.ހަވީރީ މަންޒިލް، ޙަސަން
ޢަލީ އާއި ދެމެދު 08 ޖޫން 2000 ގައި ސޮއިކޮށް މަދަނީކޯޓުގައި ރަޖިސްޓްރީ
އެގޮތުގެ
ކޮށްފައިވުއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
10
2010/HC-A/j39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22
22 ހދ
4 6 8 2
232
/
2000-MC
/
C ނަންބަރު އެގްރީމެންޓާއި އެއްގޮތްވާ ގޮތުގެމަތީން ކ.ލިލީފެހި އެވެ ކިޔާ ގޯތީގައި
ޙަސަން ޢަލީ ކުރި ޢިމާރާތް، އެ އެގްރީމެންޓުގައި ބާކީ އޮތް މުއްދަތަށް 01 ސެޕްޓެމްބަރ 2007 ދުވަހުން
ފެށިގެން ޙަސަން ޢަލީގެ ފަރާތުން މ.އަރީޖް ޢަބްދުއްރަޙްމާނު އަޙްމަދަށް ކުއްޔަށް ދޫކޮށްފައިވާކަމާއި، އަދި
ދުއްރަޙްމާން އަޙްމަދުގެ ފަރާތުން ޙަސަން ޢަލީ އަށް ކުލީގެ ގޮތުގައި ލިބެންޖެހޭ ޖުމްލަ
-/
20000ރ.(ދެލައްކަ ރުފިޔާ) ފުރިހަމައަށް ލިބިފައިވަކަމާއި، އަދި ޙަސަން ޢަލީ އާއި ޢަބްދުއްރަޙްމާން
އަޙްމަދުއާއި ދެމެދު އެފަދައިން އެ މުޢާމަލާތް ކުރެވުނުފަހުން ޖެހިގެން އައި ހަތަރު މަސްދުވަހުވެސް އިބްރާހީމް
ޢަފީފު ކުލި ދައްކާފައިވަނީ ޢަބްދުއްރަޙްމާން އަޙްމަދަށްކަން އިބްރާހީމް ޢަފީފުގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ،
01 ސެޕްޓެމްބަރ 2007 އިން ފެށިގެން އިބްރާހީމް އަފީފު އެޢިމާރާތުގައި ހުންނަ ހުރުމަށް ކުލި
ދައްކަމުންދާނީ ޢަބްދުއްރަޙްމާނު އަޙްމަދަށްކަން ޙަސަން ޢަލީގެ ފަރާތުންނާއި ޢަބްދުއްރަޙްމާން އަޙްމަދުގެ
ފަރާތުން އަންގާފައިވާކަން އިބްރާހީމް އަފީފު ޢަމަލު ކޮށްފައިވާގޮތުން ޝަރީޢަތަށް ސާބިތުވާކަމާއި، ނަމަވެސް
އިބްރާހީމް ޢަފީފު ދައްކަމުން އައި ކުއްޔަށް ބަދަލުގެނެސް 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިން
ކުލީގެ ގޮތުގައި ކޮންމެ މަހަކު -/
6000ރ. ދެއްކުމަށް ޢަބްދުއްރަޙްމާން އަޙްމަދު އެންގި ހިސާބުން ފެށިގެން
މަދަނީ ކޯޓުގެ ނަންބަރު:2009/MC/2893 ޤަޟިއްޔާ ގައި ޢަބްދުއްރަޙްމާން އަޙްމަދު ދަޢުވާކުރި ހިސާބާ
(24 ނޮވެމްބަރ 2009) ހަމައަށްވެސް، އަދި ޝަރީޢަތުން އެޤަޟިއްޔާގެ ޙުކުމް ކުރި ތާރީޚް (04 މެއި
2010) އާއި ހަމައަށްވެސް އެއްވެސް މަހެއްގެ ކުލި އިބްރާހީމް ޢަފީފު ގެ ފަރާތުން ޢަބްދުއްރަޙްމާން އަޙްމަދަށް
ދައްކާފައިނުވާކަމާއި، ނަމަވެސް އެޢިމާރާތުން އިބްރާހީމް ޢަފީފު ކުއްޔަށް ހިފާފައިވާ ބައިން އޭނާ މަންފާ
ހާސިލް ކުރަމުން ގެންގޮސްފައިވާކަން ޝަރީޢަތަށް ސާބިތުވާތީ، މިއެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރައްވާ
މަދަނީ ކޯޓުގެ ނަންބަރު:2009/MC/2893 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެން ކުރައްވާފައިވާ ޙުކުމެއް ކަމުގައި މިމައްސަލަ ހައިކޯޓުގައި ބެލި
ފަނޑިޔާރުންނަށް އިއްތިފާޤް ވެވިފައިވާތީ، އެޤަޟިއްޔާގެ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް
އޮތްކަމަކަށް
މިމައްސަލަބެލި ފަނޑިޔާރުންނަކަށް ނުފެނުނެވެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2010/HC-A/j39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހއ 8
9 ޑ 3
2
ބަޔާންކުރވެ
a sޑ
33 11
ދެންފަހެ، އިސްވެ ފާހަގަކުރެނު ނުކުތާތަކުގައި ކުރެވުނު އެންމެހައި ސަބަބުތައް
މަތީން ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު:2009/MC/2893 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް އޮތްކަމަށް
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނުފެންނާތީ، މަދަނީ ކޯޓުގެ
ނަންބަރު:2009/MC/2893 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް މިޤަޟިއްޔާ ނިންމީއެވެ.
cu o
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv