ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/49 ޤަޟިއްޔާގެ ޙުކުމް
2{13/HC-A/49
!ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 49/HC
-
A/2010
އިސްތިއުނާފް ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އެޑްރެސް ޕީ.ޖީ. އޮފީސް، މަޖީދީމަގު / މާލެ * މިހާރުގެ އެޑްރެސް: ޕީ.ޖީ. އޮފީސް، މަޖީދީމަގު / މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާދަމް ނަޞީރު އަބޫބަކުރު
ދާއިމީ އެޑްރެސް: ހ. ރީދޫގެ / މާލެ
* އައިޑީކާޑު ނަންބަރު: 052392-A
މިހާރުގެ އެޑްރެސް: ހ. ރީދޫގެ / މާލެ
* ހުށަހެޅުނު ތާރީޚް: 07 މާރޗް 2010
ނިމުނު ތާރީޚް: 27 ނޮވެމްބަރު 2012
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ :
* ނަންބަރު: 2010/JC/86
* ކޯޓު: ޖިނާއީ ކޯޓު
* ނިންމެވި ތާރީޚް: 28 ފެބްރުއަރީ 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
28
2010
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާ
ލްދާ ޒާމީރުރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތު
کمر متمم مب
2014/HC-A/49
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/86 ޤަޟިއްޔާ، އެކޯޓުން ބައްލަވައި،
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2 2 2 0
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ، ހ. ރީދޫގޭ އާދަމް ނަޞީރު އަބޫބަކުރު އެވެ
ފާހަގަކުރެވުނު ނުކުތާތައް:
1. ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/86 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
0މ / ހޑ އ/ 2ޏ
8ޅުކއތހ
2. ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/86 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ރީދޫގޭ އާދަމް ނަޞީރު އަބޫބަކުރުގެ މައްޗަށް ޤާނޫނު ނަންބަރު
17/77 (މަސްތުވާ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާ ދެއްވައި އެމާއްދާގެ (ރ)
ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި،
އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށް ހަވާލާ
.ވާލާ ދެއްވައި، އެމާއްދާގެ (ބ) ގެ ދަށުން
ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއް ނެތި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4 43
2{10/HC-A/49
ޤަޟިއްޔާ ނިމުނު
, 0
22 04ތ
މަސްތުވާއެއްޗެއް ބޭނުން
ތ9499 3
1 ތޑ
ފުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، އާދަމް ނަޞީރު ބަކުރު
ދިރިއުޅޭ ކޮޓަރި ތެރެއިން ފެނުނު ފައިސާ އަތުލުމުގެ މައްސަލަ ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
މައްޗަށް ހުށަހެޅި،
477 444
eހeﷲ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދައުލަތުގެ ފަރާތުން ރީދޫގޭ އާދަމް ނަޞީރު
އަބޫބަކުރުގެ
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ
ބޭނުމަށް އަތުގައި
ކުށުގެ ދަޢުވާއާއި، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއް ނެތި،
ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތަށް ސާބިތުވާ ވަރުގެ ހެކި ނެތަތީ އެދަޢުވާތައް ސާބިތުނުވާކަމަށާއި އަދި އާދަމް ނަޞީރު އަބޫބަކުރު
ދިރިއުޅޭ ކޮޓަރި ތެރެއިން ފެނިފައިވާ ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އާދަމް ނަޞީރު
އަބޫބަކުރު ހޯދާފައިވާ ފައިސާތަކެއްކަން ޝަރީޢަތަށް ސާބިތުވާ ވަރުގެ ހެކި ލިބިފައިނުވާތީ، އެފައިސާތަކަކީ
ސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާތަކެއްކަމަށް ކަނޑައަޅާނެ ތަނެއް
ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
މަސްތު
މހއ
އެކަމަށް
3. ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/86 ޤަޟިއްޔާ ނިންމަވާފައިވަނީ، ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލުގެ
ފަރާތުން މައިގަނޑު 05 (ފަހެއް) ނުކުތާއެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެނުކުތާތަކާބެހޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:
ކަމުގައިވާ ހިތަދޫ، ދުންތަރި، އަޙްމަދު ރަމްޒީ ޝަރީޢަތަށް ދިން ބަޔާނުގައި އޭނާ އާދަމް ނަޞީރާއެކު
އާދަމް ނަޞީރު ހައްދާ ދަނޑާއި ހަމައަށް ދިޔަކަމަށާއި، އެސަރަހައްދުގެ ވަލުތެރެއަށް ވަދެ އާދަމް ނަޞީރުޑީޓީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/49
کی عمری
ދެވެ
ޖ29429
އަބަޛު
ޤަޟިއްޔާ ނިމުނު '
އަބޫބަކުރު ހިފައިގެން ނުކުތް އެތީގައި މަސްތުވާތަކެތި ހުރިކަމަށާއި، އާދަމް ނަޞީރު
ބަކުރުގެ ގެއިން
ފެނުނު ދަޅަކީ އާދަމް ނަޞީރު އަބޫބަކުރު ދަނޑު ސަރަހައްދުން ހިފައިގެން ނުކުތް ދަޅުކަމަށް އަޙްމަދު
ރަމްޒީއަށް ޔަޤީންވާކަމަށް ބުނެ ހެކިބަސް ދީފައިވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
(ށ) ދެވަނަ ނުކުތާއަކީ: ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންކަމުގައިވާ މޫސާ
ވަޒީހާއި، މުޙައްމަދު ޝިފާޢުއާއި އަޙްމަދު ވަޙީދުގެ ބަޔާނުގައި އާދަމް ނަޞީރު އަބޫބަކުރާއި އަޙްމަދު
ރަމްޒީ ވަލު ސަރަހައްދުން ފެނުނުކަމަށް ބުނެފައިވާތީ، މިދެމީހުންނަށް ފެނުނު މަންޒަރުން އަޙްމަދު ރަމްޒީގެ
ހެކިބަހަށް އިތުރަށް ބާރުލިބޭއިރު، އެކަމުގެ މައްޗަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
މި ހ2
ތޅުޅރﷲ
(ނ) ތިންވަނަ ނުކުތާއަކީ: މިމައްސަލާގައި ދަޢުވާ ބިނާކޮށްފައިވާ މަސްތުވާތަކެތި
އަޅާފައިހުރި ދުޅަކީ އާދަމް ނަޞީރު އަބޫބަކުރާއި ދެކޮޅަށް ހެކިބަސްދިން އަޙްމަދު ރަމްޒީ ހަމައެކަނި
ބުނާބުނުން ފިޔަވައި އާދަމް ނަޞީރު އަބޫބަކުރަށް ނިސްބަތްވާ އެއްޗެއްކަން ޝަރީޢަތަށް ސާބިތުވާ
އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހަޅާފައި ނުވާކަމަށް މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ބަޔާންކޮށްފައިވާއިރު، މުޙައްމަދު ޝިފާޢުއާއި، މޫސާ ވަޒީޙާއި އަޙްމަދު ވަޙީދު ޝަރީޢަތަށް ދިން
ބަޔާންތަކުގައި އާދަމް ނަޞީރު އަބޫބަކުރު ގޭ ތެރެއަށް ވަން ވަގުތުން ފެށިގެން އެސަރަޙައްދު ބަލަހައްޓަމުން
ދިޔަކަމަށާއި، އަދި ފުލުހުންނަށް ނުފެންނަ ގޮތަކަށް ސ. ހިތަދޫ ލައިޓް ޝެޑޯ ގެއަށް ނުވަދެވޭނެކަމަށާއި،
އަދި މިގޮތަށް ފުލުހުންގެ ބޭކަލުން ބަލަހައްޓަމުން ގޮސްފައިވާކަމަށް ބުނާއިރު، އެކަންކަމަށް ރިޢާޔަތް
ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
އައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
443
2{10/HC-A/49
ދެވެ
5 ޤަޟިއްޔާ ނިމުނު ގޮ
(ހ) ހަތަރުވަނަ ނުކުތާއަކީ: ހިތަދޫ ލައިޓްޝެޑޯ ގޭގައި އާދަމް ނަޞީރު އަބޫބަކުރު
ދިރިއުޅޭ ކޮޓަރި ތެރެއިންނާއި ހެންވޭރު ރީދޫގޭގައި އާދަމް ނަޞީރު އަބޫބަކުރު ދިރިއުޅޭ ކޮޓަރީގެ
އަލަމާރިއެއްގެ ތެރެއިން ފެނުނު ފައިސާތަކަކީ ސީދާ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ
ފައިސާތަކެއްކަން ޝަރީޢަތަށް ސާބިތުކޮށްދެވޭވަރުގެ ހެކިނެތްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަމަށް
މައްސަލާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުގައި ފާހަގަ ކުރައްވާފައިވާއިރު، ދައުލަތުގެ ފަރާތުން
ންކަމަށް ތުހުމަތު ކުރެވޭ ޤަރީނާތައް ހުރިކަމަށާއި، އަދި މިގޮތަށް ކަންތައްތައް ސާފުކުރުމަށްޓަކާ
ދައުލަތުގެ ފަރާތުން ހެކިން ހުށަހަޅައި، އެހެކިން ޙާޟިރުކުރުމަށް ދަންނަވާފައި ވަނިކޮށް ހެކިން ޙާޟިރުކޮށް
ދިނުމަކާނުލައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީމީހެއްގެ އަމިއްލަ ފައިސާ ރައްކާކޮށް ގެންގުޅެންޖެހެނީ
ވަކިގޮތަކަށްކަމަށް ޤާނޫނެއްގައި ބަޔާންކޮށްފައި ނެތްއިރު، އެފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި
މީހަކު ކުރާކަމަކީ އެފައިސާއަކީ ޣައިރު ޤާނޫނީ ކަމެއްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ދަލީލުކޮށްދޭ
ކަމެއްނޫންކަން ފާހަގަ ކުރައްވާފައިވާއިރު، އާދަމް ނަޞީރު އަބޫބަކުރު ދިރިއުޅޭ ގެ ކަމަށްވާ ހެންވޭރު
ރީދޫގޭގައިހުރި ފައިސާހުރީ ރައްކާތެރި ކުރުމަށްވުރެ ބޮޑަށް ރައްކާކޮށްފައި ކަމަށާއި،
އަދި ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް 96471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4 *3
201{/HC-A/49
و مری
404
ޖިނާއީ
6 ޤަޟިއްޔާ ނިމުނު "
ކޯޓުގެ ނަންބަރު 2010/JC/86 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް،
ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާގުޅޭ ގޮތުން ޕްރޮސިކިއުޓަރ
ޖެނެރަލުގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާރައްދުވާ ހ. ރީދޫގޭ އާދަމް ނަޞީރު އަބޫބަކުރުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޖިނާއީ ކޯޓުގެ ނަންބަރު
2010/JC/86 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހަޅާފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ހ) ފުރަތަމަ ކަމަކީ: ރީދޫގޭ އާދަމް ނަޞީރު އަބޫބަކުރުގެ މައްޗަށް ދައުލަތުން
ކުރެއްވި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި،
ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ
މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، އާދަމް ނަޞީރު އަބޫބަކުރު
ދިރިއުޅޭ ކޮޓަރި ތެރެއިން ފެނުނު ފައިސާ އަތުލުމުގެ މައްސަލައިގެ ދަޢުވާގެ ޞިޝާއަށް ބަލާއިރު
އެދަޢުވާކޮށްފައިވަނީ، އާދަމް ނަޞީރު އަބޫބަކުރު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު
މަޢުލޫމާތަކާއި ގުޅިގެން އާދަމް ނަޞީރު އަބޫބަކުރުގެ ހަރަކާތްތަށް ސިއްރިއްޔާތުގައި ފުލުހުންގެ ބޭކަލުން
ބަލަމުން ދަނިކޮށް، އާދަމް ނަސީރު އަބޫބަކުރު އިތުރު މީހަކާއެކު، 30 ޖޫން 2009 ދުވަހުގެ 5:30
ހާއިރު، ހިތަދޫ އާރު.އެފް ސަރަހައްދުގައި އޭނާ ހައްދާ ދަނޑަކާ ދިމާއަށްގޮސް އެދިމާ ވަލުތެރެއަށް
ވަދެ ހުދުކުލައިގެ ދަޅެއް ހިފައިގެން ނުކުމެ، އިތުރު މީހަކާއެކު ސައިކަލެއްގައި
ލައިޓް ޝެޑޯއަށް ވަތްތަން ފެނިގެން، އާދަމް ނަޞީރު އަބޫބަކުރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް،
ހިތަދޫ، ލައިޓް ޝެޑޯއަށް އޭނާ ވަތްއިރު އޭނާގެ އަތުގައި އޮތް ހުދުކުލައިގެ ދަޅުގައި މަސްތުވާތަކެތި
ހުރިކަމަށް ބެލެވިގެން، އާދަމް ނަޞީރު އަބޫބަކުރުގެ ހަށިގަނޑާއި،
ހިތަދޫ، ލައިޓް ޝެޑިއެއްގެ ވި
ox
ހިތަދޫ،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 43
/ޤަޟިއްޔާ ނިމުނު ގޮތު
2010/HC-A/49
کی مرکی
1024
ގޯތިތެރެ ބަލައި ފާސްކުރިއިރު، ސ. ހިތަދޫ، ލައިޓް ޝެޑޯ ގޯތީގެ އިރުދެކުނު ކަނުގައި ބަހައްޓާފައި ހުރި
ސިމެންތި ބަސްތާއެއްގެ ދަށުން ފެނުނު ހުދުކުލައިގެ ދަޅުގައި ހުރި ތަކެތީގެ ތެރެއިން، 28 ރަބަރު
ޕެކެޓްގައި 42.1839 ގްރާމް އޯޕީއޭޓްސް އާއި 2.2290 ގްރާމް ބެންޒޯޑައިޒީޕައިން ހުރިކަމަށާއި،
5 ރަބަރު ޕެކެޓްގައި 0.2987 ގްރާމް އޯޕީއޭޓްސް ހުރިކަމަށާއި، ރަބަރުން ހިމަ ދިގުކޮށް ހަދާފައި އޮތް
06 އެތީގައި 7.6939 އޯޕީއޭޓްސް (އެކު ޖުމްލަ 50.1765 ގްރާމް އޯޕީއޭޓްސް އާއި 2.2290 ގްރާމް
ބެންޒޯޑައިޒީޕައިން) ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ އާއި، ހިތަދޫ، ލައިޓްޝެޑޯ
ގޭގައި އާދަމް ނަޞީރު އަބޫބަކުރު ދިރިއުޅޭ ކޮޓަރި ތެރެއިން ފެނުނު 86,110.00ރ (އަށްޑިހަ ހަހާސް
އެއްސަތޭކަ ދިހަ ރުފިޔާ) އާއި ރީދޫގޭގައި އޭނާއާއި އޭނާގެ އަންހެނުން ދިރިއުޅޭ ކޮޓަރި ބަލައި
ފާސްކުރިއިރު އެކޮޓަރީގައި ހުރި އަލަމާރިއެއްގެ ތިރީގައި ރައްކާކޮށްފައިހުރި 5,390,000.00ރ
(ފަސްމިލިޔަން ތިންސަތޭކަ ނުވަދިހަހާސް ރުފިޔާ) އާ މުޅިއެކު ޖުމްލަ 5،476,110.00ރ (ފަސްމިލިޔަން
ހަތަރުސަތޭކަ ހަތްދިހަ ހަހާސް އެއްސަތޭކަ ދިހަ ރުފިޔާ) އާއި 43،400.00$US (ސާޅީސް ތިންހާސް
ހަތަރު ސަތޭކަ ޔޫ.އެސް.ޑޮލަރު) އަކީ، އާދަމް ނަޞީރު އަބޫބަކުރު މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން
ހޯދާފައިވާ ފައިސާކަމަށް ބެލެވޭތީކަން އެނގޭކަމާއި،
ހ
0
3
2 ބ 2
0
2
ސްތުވާތަކެއްއ،
4 22
24 7
ގޮތުގައި ބޭނުން
ނަން/ވ
އެދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޖިނާއީ ކޯޓުން ޙުކުމް ކުރައްވާފައިވަނީ،
02 ޖުލައި 2009 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސ. ހިތަދޫ، ލައިޓްޝެޑޯ ގޯތީގެ ތެރެއިން ފެނުނުކަމަށް
ބުނާ، މަނާކުރެވިފައިވާ މަސްތު
މަސްތުވާތަކެތި ހުރި ދަޅަކީ
އާދަމް ނަޞީރު އަބޫބަކުރުގެ އެއްޗެއްކަމަށް ސ. ހިތަދޫ، ދުންތަރި އަޙްމަދު ރަމްޒީ ބުނާ ބުނުން ފިޔަވައި،
އެއީ އާދަމް ނަޞީރު އަބޫބަކުރުގެ އެއްޗެއްކަން ޝަރީޢަތަށް ސާބިތުވާ ވަރުގެ އިތުރު ހެއްކާއި ޤަރީނާ
ލިބިފައިނުވާތީއާއި، އެދަޅު ފެނިފައިވާ ސަރަޙައްދަކީ އެތަނަށް ވަންނަން ބޭނުން ކޮންމެ މީހަކަށް ބޭނުން
ކޮންމެ ވަގުތެއްގައި ވަދެވޭގޮތަށް ހާމަކޮށް އޮތް ސަރަޙައްދަކަށް ވާތީއާއި، އެސަރަޙައްދަކީ އާދަމް ޔަ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު
2{10/HC-A/49
کی عمری
=32
29 94 990
އ@@Zﷲ
ބެލުމުގެ ދަށުގައިވާ ސަރަޙައްދަކަށް ނުވާތީއާއި، ބޭނުން ކޮންމެ މީހަކަށް ކޮންމެ ވަގުތެއްގައި
ބޭނުން ކޮންމެ އެއްޗެއް އެތަނުގައި ބެހެއްޓުމުގެ ފުރުޞަތު އޮތުމުންނާއި، އެދަޅަކީ އަދި އެދަޅުގައި ހުރި
މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗަކީ އާދަމް ނަޞީރު
އެއްޗެއްކަން ޝަރީޢަތަށް ސާބިތުވާވަރުގެ ކާފީ ހެކި ނެތުމުންކަން އެނގޭކަމާއި، ހިތަދޫ،
ލައިޓްޝެޑޯގައި އާދަމް ނަޞީރު އަބޫބަކުރު ދިރިއުޅޭ ކޮޓަރި ތެރެއިންނާއި، ހ. ރީދޫގޭގައި އާދަމް ނަޞީރު
އަބޫބަކުރު ދިރިއުޅޭ ކޮޓަރި ތެރެއިން ފެނުނު ފައިސާތަކަކީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ
ފައިސާތަކެއްކަން ޝަރީޢަތަށް ސާބިތުވާވަރުގެ ހެކި ލިބިފައިނުވާތީކަން އެނގެން އޮންނަކަމެވެ.
ހ22ށ2 2
2
އަބޫބަކުރުގެ އެއްޗެއް
04 05x
2 20
202c
(ށ) ދެވަނަ ކަމަކީ:
ރީދޫގޭ، އާދަމް ނަޞީރު އަބޫބަކުރުގެ މައްޗަށް ދައުލަތުން
ކުރެއްވި ދަޢުވާގެ އަޞްލަށް އާދަމް ނަޞީރު އަބޫބަކުރު ތަޙްޤީޤުގައާއި ޝަރީޢަތުގެ މަޖިލީހުގައި އިންކާރު
ކޮށްފައިވާކަން އެނގޭކަމާއި، އެދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި، މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް މުޙައްމަދު ޝިފާޢުއާއި، ލާންސް ކޯޕްރަލް މޫސާ ވަޒީހާއި،
ސްޓާރފް ސާރޖަންޓް އަޙްމަދު ވަޙީދާއި، ކޮންސްޓަބްލް މުޙައްމަދު ސަޢީދާއި، ސްޓާފް ސާރޖަންޓް
ޢަބްދުﷲ ވަޒީޙާއި، ކޮންސްޓަބަލް ޢަލީ ފާޞިރާއި، މަސްތުވާތަކެތި ތަޙްލީލު ކުރެއްވި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ކޮންސްޓަބްލް ޢަބްދުﷲ ރަޙްމާން ޤާސިމާއި، އަދި އެތަނުގައި ހުންނެވި ލާންސް ކޯޕްރަލް
މުޙައްމަދު އަޙްމަދު 20 ޖެނުއަރީ 2010 ގައި އަދި ސ. ހިތަދޫ، ދުންތަރި އަޙްމަދު ރަމްޒީއާއި، ލާންސް
ކޯޕްރަލް ޙުސައިން އަޝްރާޙު 28 އޭޕްރީލް 2010 ގައި ހުށަހަޅާފައިވާކަން ދައުލަތުގެ ފަރާތުން ޖިނާއީ
ކޯޓަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި ޝަރީޢަތުން ގޮތެއް ކަނޑައަޅައި
ދިނުމަށް އެދިފައިވާ ފައިސާއާ ބެހޭގޮތުން ހެކިބަސް ދީފައިވާ 12 (ބާރަ) މީހަކު ހެކިންގެ ގޮތުގައި
ހުށަހަޅައި، އެމީސްމީހުން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވާކަން
28 އޭޕްރީލް 2010 ގައި ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓަށް ދީފައިވާ ބަޔާނަށް ބެލުމުން ގެނައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33/471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ
=32
4
2013/HC-A/49
އޮންނައިރު، އެހެކިންގެ ތެރެއިން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށްފައިވަނީ، ހިތަދޫ، ދުންތަރި
އަޙްމަދު ރަމްޒީ އާއި، ލާންސް ކޯޕްރަލް މުޙައްމަދު ޝިފާޢު އާއި ލާންސް ކޯޕްރަލް މޫސާ ވަޒީޙާއި،
ސްޓާފް ސަރޖަންޓް އަޙްމަދު ވަޙީދު ކަން އެނގޭކަމާއި، އެމީހުންގެ ތެރެއިން:
ހިތަދޫ، ދުންތަރި، އަޙްމަދު ރަމްޒީ 28 ޖެނުއަރީ 2010 ގައި ޖިނާއީ ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި، 2009 ޖޫން މަހުގެ 30 ދުވަހު، އާދަމް ނަޞީރު
އަބޫބަކުރު، އޭނާއަށް ގުޅާފައި އާދަމް ނަޞީރު އަބޫބަކުރު، ބަލައި އައްޑުއަތޮޅު ގަމު އެއަރޕޯޓަށް
ގޮސްދިނުމަށް އެދުމުން އެއަރޕޯޓަށް ދިޔަކަމަށާއި، އެދުވަހުގެ 1:30 ގައި އެއަރޕޯޓުން އާދަމް ނަޞީރު
އަބޫބަކުރު ގޮވައިގެން އާދަމް ނަޞީރު އަބޫބަކުރު ދިރިއުޅޭ ގެއަށް ދިޔަ ކަމަށާއި، އޭނާ ގެއަށް ބާލާފައި
ކުޑައިރުކޮޅަކު އެގޭ ދޮށުގައި މަޑުކޮށްލުމަށްފަހު، އަޙްމަދު ރަމްޒީ ދިޔައީ ގެއަށްކަމަށާއި، އޭގެ ފަހުން އާދަމް
ނަޞީރު އަބޫބަކުރު ގުޅާފައި ފޭދޫގައި ހުންނަ ރެސްޓޯރެންޓަކަށް ސައިބޯން ދާންޖެހޭކަމަށް ބުނުމުން އާދަމް
ނަޞީރު އަބޫބަކުރު ގޮވައިގެން ފޭދޫގައި ހުންނަ ރެސްޓޯރެންޓަށް ގޮސް ސައިބޮއި ނިމިގެން ވާހަކަދައްކަން
ތިބެފައި އާދަމް ނަޞީރު އަބޫބަކުރު، އޭނާގެ ދަނޑަށް ދާންޖެހޭކަމަށް ބުނުމުން އޭނާ ގޮވައިގެން ދަނޑާ
ދިމާލަށް ދިޔައިރު، ގަޑިން 5:15 ވެދާނެ ކަމަށާއި، އެތަނަށްގޮސް ރިހިބިލިޓޭޝަން ސެންޓަރު ކައިރިން
ވަލުތެރެއަށް ސައިކަލް ވެއްދުމަށް އާދަމް ނަޞީރު އަބޫބަކުރު ބުނުމުން، ސައިކަލް ވައްދާފައި މަޑުކުރުމުން
އާދަމް ނަޞީރު އަބޫބަކުރު ވަލުތެރެއަށް ވަދެ ހުދުކުލައިގެ ރަބަރު ފުޅިއެއް ހިފައިގެން އައުމުން، އެއީ ކޮން
އެއްޗެއްތޯ އެހުމުން އެއީ މަސްތުވާތަކެތިކަމަށް އާދަމް ނަޞީރު އަބޫބަކުރު ބުނިކަމަށާއި، އަދި އޭގެ މަތި
ހުޅުވުމަށްފަހު، އެތަކެތި އަޙްމަދު ރަމްޒީއަށް ދެއްކި ކަމަށާއި، އޭގައި އޮތް ޖޫސްޕެޓީ ކޮތަޅަކަށް ކަޅުކުލައިގެ
ދިގުކޮށްހުރި އެއްޗެހިތަކެއް އަޅާފައި ހުރިކަމަށާއި، ދެން އޭގައި މަތި ޖެހުމަށްފަހު، އޭނާ ގެއަށް
ލައިދިނުމަށް އެދުމުން އޭނާ ގޮވައިގެން ގޮސް ގެއަށް ބޭލުމަށްފަހު، އަޙްމަދު ރަމްޒީ ގެއަށް ދަމުން، އާދަމް
ނަޞީރު އަބޫބަކުރަށް ނުފެންނަ ހިސާބަށް ގޮސް ޕޮލިސް ލާންސް ކޯޕްރަލް ޝިފާޢުއަށް ގުޅާފައި،ޤިޞާދު ރަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{10/HC-A/49
کی عمری
އޓިބަލޮން
10 ޤަޟިއްޔާ ނިމުނު ގޮ
ނަޞީރު އަބޫބަކުރު އެދަޅު ހިފައިގެން ގެއަށް ވަތްކަމަށް ބުނިކަމަށާއި، އަދި އާދަމް ނަޞީރު ބަކުރު
ދަނޑަށް ވަދެ ތަކެތި ނެގުމުގެ ކުރިން ފުލުހުންނަށް ގުޅިފައިވާނެ ކަމަށާއި، އެގޮތަށް ގުޅާފައިވަނީ
ހިނގަމުންދާ ކަންތައްތައް ފުލުހުންނަށް ކިޔައިދިނުމަށް ފުލުހުން އެދިފައިވާތީ ކަމަށާއި، އޭގެ ފަހުން އަނެއް
ދުވަހު (ޖުލައި 1) ގެ ރޭގަނޑު 9:00 ޖަހާކަން ހާއިރު، ފުލުހުން އަޙްމަދު ރަމްޒީ ދެމަށްފަހު،
އާދަމް ނަޞީރު އަބޫބަކުރާއި އެއްތަނެއްގައި ބަންދުކޮށްފައި ބެހެއްޓިކަމަށާއި،
ހައްޔަރުކުރުމަ
މިދެމީހުން އެއްތަނެއްގައި ބަންދުކޮށްފައި ތިބިއިރު، އާދަމް ނަޞީރު އަބޫބަކުރު ގެންގުޅުނު
ދަޅު ފެނިއްޖެއްޔާ އެދަޅަށް އަޙްމަދު ރަމްޒީ ޒިންމާވާނަންތޯ އަހައި، އަޙްމަދު ރަމްޒީ އެދަޅަށް
ޒިންމާވެއްޖެނަމަ، އާދަމް ނަޞީރު އަބޫބަކުރު ސަލާމަތްވެގެން އަޙްމަދު ރަމްޒީއާއި އޭނާގެ އާއިލާ
ސަލާމަތްކޮށްދޭނެ ކަމަށް އާދަމް ނަޞީރު އަބޫބަކުރު، އަޙްމަދު ރަމްޒީގެ ގާތުގައި ބުނިކަމަށާއި، އާދަމް
ނަޞީރު އަބޫބަކުރު އެގޮތަށް ބުނި ވާހަކަ ފުލުހުންގެ ގާތުގައި ބުނުމަށް އިޝާރާތްކޮށްފައި ވަނިކޮށް،
ފުލުހުން އެދަޅު ހިފައިގެން އައިސް އަޙްމަދު ރަމްޒީއަށް އެދަޅު ދައްކައި، އެއީ އެރޭ ގެނައި ދަޅުތޯ
އެހުމުން އެއީ އެދަޅުކަން އަޙްމަދު ރަމްޒީއަށް ވަރަށް ބޮޑަށް ޔަޤީންވިކަމަށާއި، ސިމެންތި ބަސްތާތަކުގެ
ދަށުގައި އާދަމް ނަޞީރު އަބޫބަކުރު އެއްވެސް އެއްޗެއް ބާއްވަނިކޮށް ނުދެކޭ ކަމަށް އަޙްމަދު ރަމްޒީ
ބުނެފައިވާކަން އެނގޭކަމާއި،
ﷲ0
7
(ށ) ލާންސް ކޯޕްރަލް މުޙައްމަދު ޝިފާޢުއާއި ސްޓާފް ސަރޖެންޓް އަޙްމަދު ވަޙީދާއި،
ލާންސް ކޯޕްރަލް މޫސާ ވަޖީހު، 28 ޖެނުއަރީ 2010 ގައި، ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ދީފައިވާ ބަޔާންތަކަށް ބަލާއިރު، މިމީހުންނަކީ އާދަމް ނަޞީރު އަބޫބަކުރު އަތޮޅުގައި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ލިބިގެން އޭނާ އަތުލައި ގަތުމަށްޓަކައި ޕޮލިހުންގެ ފަރާތުން
ހަރަކާތްތެރިވި ޓީމުގައި ހިމެނޭ މީހުންކަމަށާއި، އާދަމް ނަޞީރު އަބޫބަކުރު 2009 ޖޫން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{010/HC-A/49
مری
4 22
އަނގ
11 ޤަޟިއްޔާ ނިމުނު ގޮ
ދުވަހުގެ 1:25 ގައި މާލެއިން އައްޑުއަށް ގޮސް، ގަމު އެއަރޕޯޓުން އަޙްމަދު ރަމްޒީ އާއެކު އަޙްމަދު
ރަމްޒީގެ ސައިކަލުގައި ސ. ހިތަދޫ އާ ވީކޮޅަށް ދިޔަ ކަމަށާއި، އޭގެ ފަހުން އެރޭ ފަތިހު 5:30 ހާއިރު،
އާދަމް ނަޞީރު އަބޫބަކުރު ހިތަދޫގައި ގަސްހައްދާ ދަނޑަށްދާ ކަމުގެ މަޢުލޫމާތު ލިބިގެން މުޙައްމަދު
ޝިފާޢުއާއި މޫސާ ވަޖީހު އެތަނަށް ގޮސް ތިއްބާ، އާދަމް ނަޞީރު އަބޫބަކުރު، އަޙްމަދު ރަމްޒީގެ
ސައިކަލުގެ ފަހަތުގައި އިނދެގެން ގޮސް އެދިމާ ވަލުތެރެއަށް ވަދެގެން ދިޔަތަން ދުށް ކަމަށް މުޙައްމަދު
ޝިފާޢު އާއި މޫސާ ވަޖީހު ބުނެފައިވާކަމާއި، އޭގެ ކުޑައިރުކޮޅެއް ފަހުން ދަނޑުން ނުކުމެގެން ސައިކަލަށް
އަރައިގެން ހިތަދޫވީ ފަޅިއަށް ދިޔަކަމަށާއި، އެދެމީހުން ދިޔައީ މުޙައްމަދު ޝިފާޢު އާއި، މޫސާ ވަޖީޙުގެ
ކުރިމަތިން ކަމަށާއި، އެގޮތަށް ދިޔައިރު، އާދަމް ނަޞީރު އަބޫބަކުރުގެ އަތް އުނގުތެރެއަށް ލައިގެން
އިނުމުން އޭނާގެ އުނގުތެރެއަށް އެއްޗެއް ލައިގެން އިންކަމަށް ޝައްކުކުރެވޭ ކަމަށާއި،
އުނގުތެރެއަށް ލައިގެން އިނީ
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކަމަށާއި، މުޙައްމަދު ޝިފާޢު އާއި މޫސާ
ވަޖީހު، އާދަމް ނަޞީރު އަބޫބަކުރު ދިރިއުޅޭ ލައިޓް ޝެޑޯ ކައިރިއަށް ދިޔައިރު، އެތަނުގައި އަޙްމަދު
ވަޙީދާއި، ޙުސައިން އަޝްރާޙު ހުރި ކަމަށާއި، އެދެމީހުންގެ ގާތުގައި އާދަމް ނަޞީރު ކޮބައިތޯ އެހުމުން
އެތަނުގައި ހުރެފައި ގޭތެރެއަށް ވަދެއްޖެކަމަށް ބުނިކަމަށާއި، އެވަގުތުން ފެށިގެން މިމީހުންނަށް ނޭނގި
އެއްވެސް މީހަކަށް
ހިތަދޫ ލައިޓްޝެޑޯއަށް ނުވަދެވޭގޮތަށް މިމީހުން ދިޔައީ އެގެ ބަލަހައްޓަމުން
ކަމަށާއި، މިގޮތަށް ބަލަހައްޓަމުން ދަނިކޮށް 30 ޖޫން 2009 ދުވަހުގެ ހެނދުނު 8:00 ހާއިރު، އާދަމް
ނަޞީރު އަބޫބަކުރު ގެއިން
އެރޭގެ 19:00 ހާއިރު ކަމަށާއި، އަދި އޭގެ
ފަހުން އެރޭގެ 21:15 ހާއިރު އާދަމް ނަޞީރު އަބޫބަކުރު، ގެއިން ބޭރަށް ނިކުމެ ޖެހިގެން ހުރި ފަޅު
ގެއެއްގެ ތެރެއަށް ވަނުމަށްފަހު، އެތަނުން ނިކުމެގެން އަނެއްކާވެސް ގޭތެރެއަށް ވަން ކަމަށާއި،
0724
ދިޔަގޮތަށް ގެއަށް
އޭގެ އިރުކޮޅެއް ތެރޭގައި މިމީހުން ލައިޓް ޝެޑޯއަށް ވަދެ 21:30 ހާއިރު، އާދަމް
ނަޞީރު އަބޫބަކުރު މި މީހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ އުޅޭ ކޮޓަރި ޗެކްކުރުމުން ޕާޓީގެ މައިގަ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2{10/HC-A/49
12 ޤަޟިއްޔާ ނިމުނު ގޮތުގެ
ޗެ
204 2 2 4
ބ ވައޤު
މަސް¢8449ގއި
ފެނިފައިނުވާ ކަމަށާއި، މިމީހުން އެކޮޓަރި ޗެކް ކުރަމުން ދަނިކޮށް "މިގޭ
އެހެން ތަނަކުން މަސްތުވާތަކެތި ފެނުނަސް އާދަމް ނަޞީރު ޒިންމާވާކަށް ނުޖެހޭނެ ނޫންހޭ"، އާދަމް
ނަޞީރު އަބޫބަކުރު ބުނުމުން އެގޭ އެހެން ތަނެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވުނު ކަމަށާއި،
އެހެންކަމުން އެގޭގެ އެހެން ތަންތަން ބަލަމުން ދަނިކޮށް، އެގޭ ތިރީގައި ހުރި ގުދަނެއްކަހަލަ ތަނެއްގެ
ތެރެއިން ގިނަ ޢަދަދެއްގެ ރަބަރު ހުސްޕެކެޓާއި، ޑިޖިޓަލް ކައްޓާއެއް ފެނުނު ކަމަށާއި، އެތަކެއްޗާ
ބެހޭގޮތުން އާދަމް ނަޞީރު އަބޫބަކުރާ ސުވާލުކުރުމުން، އެއީ ގަސްކާނާ ވިއްކަން ގެންގުޅޭ ޕެކެޓުތަކެއް
ކަމަށާއި، އަދި ކައްޓާއަކީ ގަސްކާނާ ކިރަން ބޭނުން ކުރާ އެއްޗެއްކަމަށް ބުނިކަމަށާއި، އެގޭގެ
އެއްފަޅި
ޗެކުކޮށް ނިންމާފައި އަނެއްފަޅި ޗެކްކުރަމުން ދަނިކޮށް 02 ޖުލައި 2009 ދުވަހުގެ 11:00 އެހައިކަން
ހައިއިރު އެގޭ އިރުދެކުނު ފަރާތު ކަންމަތީގައި ހުރި ސްޓެލްކޯ ކަރަންޓް ބޯޑް ކައިރީގައި އޮތް ސިމެންތި
ބަސްތާއެއްގެ ދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދަޅެއް މުޙައްމަދު ސަޢީދަށް
ފެނިފައިވާކަމަށާއި، އަދި އެދަޅު މިމީހުންގެ ޙާޟިރުގައި ނަގައި ޗެކްކުރި އިރު، މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ އެއްޗެއް އަޅާފައިއޮތް ޕްލާސްޓިކް ކޮތަޅެއް ފެނުނުކަމަށާއި، އެހިސާބުން ފެށިގެން އެއެއްޗެހި
ނެގުމަށްފަހު މިމީހުން ދިޔައީކަމަށާއި، އެތަނުގައި މަސްތުވާތަކެތި ހުންނާނެކަމުގެ މަޢުލޫމާތު އަޙްމަދު
ރަމްޒީގެ ފަރާތުން ލިބިފައިވާ ކަމަށާއި، އަޙްމަދު ރަމްޒީއަށް އެދަޤު ދެއްކުމުން އެއީ އާދަމް ނަޞީރު
އަބޫބަކުރު ދަނޑުން ގެނައި ދަޅުކަމަށް ބުނެފައިވާކަމަށާއި،
އެދަޅު ފެނުނު ތަނަކީ މަގުމަތިންވެސް އެތަނަށް އެއްޗެއް ލެވިދާނެ ފަދަ ގޮތަކަށް އޮތް
ތަނެއްކަމަށާއި، މިމީހުން އެތަން ބަލަހައްޓަމުން ދަނިކޮށް އާދަމް ނަޞީރު އަބޫބަކުރު އަދި އެހެން
މީހަކުވެސް އެތަނަށް އެއްޗެއްލީ ތަނެއް ނުދެވޭކަމަށާއި، މުޙައްމަދު ޝިފާޢުއާއި މޫސާ ވަޖީޙު، ހިތަދޫ
ލައިޓްޝެޑޯ ހުންނަ ސަރަޙައްދަށް އައުމުގެ ކުރިން އެތަން ބަލަހައްޓަމުންދިޔައީ ޙުސައިން އަޝްރާޙާއި،
އަޙުމަދު ވަޙީދު ކަމަށާއި، އެދެމީހުން އެތަނަށް އައި ފަހުން އެތަނުން ދުރަށް ނުދާކަމަށާއި، އަބަދުވެސްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 *3
13 ޤަޟިއްޔާ ނިމުނު "
2013/HC-A/49
ދެވެ
އެކަކު ނޫނީ އެންމެން
ނިމެންވެސް އެތަން ބަލަހައްޓަން ތިބި ކަމަށާއި، މިއޮޕަރޭޝަނަކީ ވަރަށް ބޮޑަށް ރާވައިގެން
ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށާއި، އެހެންކަމުން މިމީހުން ޢަމަލުކުރަމުން ދިޔައީ މިމީހުންނަށް
އަންގަވާފައިވާ ގޮތަށްކަމަށާއި، މުޙައްމަދު ޝިފާޢުއާއި މޫސާ ވަޖީހުގެ ކުރިމަތިން އާދަމް ނަޞީރު، އަޙްމަދު
ރަމްޒީގެ ސައިކަލުގެ ފަހަތުގައި އެއްޗެއް ހިފައިގެން ކަހަލަގޮތަކަށް އިންދާ މަޑުކުރުވައި ހައްޔަރުނުކުރީ
އެގޮތަށް ޢަމަލުކުރުމަށް އަންގާފައިނުވާތީކަމަށް ބުނެފައިވާކަން މިމީސްމީހުންގެ ބަޔާންތަކަށް ބެލުމުން
އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދައުލަތުގެ ފަރާތުން ހުށަހަޅާ ޖިނާއީ ދަޢުވާތައް ސާބިތުކުރުމަށް
ހުށަހަޅާ ހެކިންނަކީ ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާ ބައެއްކަމަށްވާނަމަ އެހެކިން
ޝަރީޢަތަށް ޙާޟިރުކޮށް ދޭންވާނެކަމާއި، އަދި ހެކިން ހުށަހެޅި ފަރާތުން އެހެކިންގެ ކިބައިން ސާބިތުކުރަން
ބޭނުންވާ ދަޢުވާއާ ގުޅުން ހުރި ކަންކަން ސާބިތުކުރުމުގެ ފުރުސަތު އެފަރާތަށް ދޭންވާނެކަމާއި، މިގޮތުން
އެހެކިންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ފުރުސަތު ހެކި ހުށަހެޅިފަރާތަށާއި މައްސަލައިގައި
ހިމެނޭ އަނެއް ޚަޞްމަށް ލިބިދޭންވާނެ ކަމާއި، ކަމެއް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ފަރާތުން
އެކަން ސާބިތުވެއްޖެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، އެކަން ސާބިތުކުރުމަށްޓަކައި އިތުރު ހެކިން
ޝަރީޢަތަށް ޙާޟިރުނުކުރުމުގެ ނުވަތަ ހުށަހަޅާފައިވާ ހެކިންގެ ފަރާތުން ހެކި ނުލިބޭކަމަށް ފެންނަނަމަ،
އެހެކިން ޝަރީޢަތަށް ޙާޟިރުނުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިފައިވާއިރު، މައްސަލައިގައި
ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޙުސައިން އަޝްރާޙު ޝަރީޢަތަށް ޙާޟިރު
ނުކުރުމަށް ޤާޟީ ނިންމެވި ސަބަބުތައް އިސްތިއުނާފު ކުރެވިފައިމިވާ ޖިނާއީ ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 19 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، "އެހެކި
ހުށަހެޅުމުގައި ދައުލަތުގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަކީ ރަނގަޅު ގޮތެއްކަމަށް ޝަރީޢަތަށް
ނުފެންނާތީއާއި، މިމައްސަލައިގައި ޝަރީޢަތަށް ޙާޟިރުކުރަންޖެހޭކަމަށް ޝަރީޢަތަށް ފެންނަޑިން
02
2 20
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 816471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު
201{/HC-A/49
مری
3/
OX
02
ޙާޟިރުކޮށް ހެކިބަސް ނެގުމަށްފަހު، އެހެކިންގެ ހެކިބަސް ނެގުނު ދުވަސްނޫން އެހެން ދުވަހެއްގައި
ޙުސައިން އަޝްރާޙުގެ ހެކިބަސް ނަގަން ޖެހިއްޖެނަމަ، އެހެކިންނާއި ޙުސައިން އަޝްރާހާ ބައްދަލުވެ،
ވާހަކަ ދެކެވުމަކީ އެކަށީގެންވާ ކަމެއްކަމަށް ޝަރީޢަތަށް ފެންނާތީއާއި، އޭނާގެ ހެކިބަސް ނެގުމަކީ އެންމެ
ރަނގަޅުގޮތްކަމަށް ޝަރީޢަތަށް ނުފެންނާތީއެވެ." މިފަދައިން ކަމަށްވާއިރު، ދައުލަތުގެ ފަރާތުން ޙުސައިން
އަޝްރާޙު ހެއްކެއްގެ ގޮތުގައި ހުށަހެޅިގޮތް ރަނގަޅުނޫންކަމަށް ފެނިވަޑައިގެންނެވި ގޮތެއް އަދި އެގޮތް
ޤާނޫނީ ނުވަތަ އިޖްރާއީ ގޮތުން ރަނގަޅު ނުވި ސަބަބެއް ބަޔާންކޮށްފައިނުވާކަމާއި، ދައުލަތުގެ ފަރާތުން
ޙުސައިން އަޝްރާޙު ހެއްކެއްގެ ގޮތުގައި ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވަނީ 28 އޭޕްރީލް 2010
ގައި ކަން ދައުލަތުގެ ފަރާތުން ދީފައިވާ ބަޔާނަށް ބެލުމުން އެނގޭކަމާއި، ހަމައެދުވަހު ހެއްކެއްގެ ގޮތުގައި
ހުށަހެޅި ސ. ހިތަދޫ ދުންތަރި އަޙްމަދު ރަމްޒީ، ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކޮށްފައިވާކަމާއި،
ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ހުށަހަޅާ ހެކިން ކޯޓަށް ޙާޟިރުކުރާނެ ދުވަހާއި، ގަޑިއާއި ވަގުތު
ކަނޑައަޅުއްވަނީ އެމައްސަލަ ބައްލަވާ ފަނޑިޔާރުކަން ކޯޓަށް ހެކިން ޙާޟިރުކުރުމުގައި ކޯޓުތަކުން
ޢަމަލުކުރަމުން ގެންދާ އުސޫލަށް ބެލުންމުން އެނގޭކަމާއި، ޙުސައިން އަޝްރާޙު ޝަރީޢަތަށް
ޙާޟިރުނުކުރުމަށް ދަށު ކޯޓުން ނިންމެވި ސަބަބަކީ، ހެކިން ޙާޟިރުކުރުމުގައި ޢަމަލުކުރާ އުސޫލުތަކާ
ޚިލާފަށް ފާހަގަކުރައް
ރައްވާފައިވާ ސަބަބެއްކަމަށް ޤަބޫލުކުރެވޭ ކަމާއި،
ޙުސައިން އަޝްރާޙު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އާދަމް ނަޞީރު އަބޫބަކުރު
އައްޑު އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ލިބިގެން އޭނާ އަތުލުމަށްޓަކައި ހިންގުނު
އޮޕަރޭޝަން އޭނާ ޢަމަލީ ގޮތުން ބައިވެރިވެފައިވާތީ އާދަމް ނަޞީރު އަބޫބަކުރުގެ މައްޗަށް ދައުލަތުން
ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށްކަން އެނގޭއިރު، ޙުސައިން އަޝްރާޙަކީ، އާދަމް ނަޞީރު އަބޫބަކުރު
2009 ޖޫން 30 ވަނަ ދުވަހުގެ ހެނދުނު ސ. ހިތަދޫ ލައިޓްޝެޑޯ ގެއަށް އައިވަގުތުން ފެށިގެން
އެސަރަހައްދު ބެލެހެއްޓުމުގައާއި އާދަމް ނަޞީރު އަބޫބަކުރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނަންބޭރުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
33471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
15 ޤަޟިއްޔާ ނިމު
ނިމުނު ގޮތު
2{10/HC-A/49
کی عمری
އެކަންކަމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވީ މީހެއްކަމާއި، އެކަންކަމަކީ މިމައްސަލައިގައި ޝަރީޢަތަށް
ޙާޟިރު ކުރެވުނު އެހެން ހެކިންގެ ފަރާތުން ޝަރީޢަތަށް ސާބިތުވެފައިވާ ކަންތައްތައްކަން އެނގޭތީއާއި،
ޙުސައިން އަޝްރާޙު ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކުރި ކަމުގައިވީނަމަވެސް އޭނާގެ ބަހުން
މިމައްސަލައަށް އިތުރު އަސަރެއް ކުރާނެކަމަށް ޤަބޫލުނުކުރެވޭތީ ޙުސައިން އަޝްރާޙު ހެއްކެއްގެ ގޮތުގައި
ޝަރީޢަތަށް ޙާޟިރުކުރުމަކީ މިމައްސަލައިގައި ކޮންމެހެން ބޭނުންތެރި ކަމެއްކަމަކަށް ޤަބޫލުނުކުރެވޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: މިމައްސަލައިގައި އާދަމް ނަޞީރު އަބޫބަކުރު ދިރިއުޅޭ ގެއިން
ފެނިފައިވާ ފައިސާތަކަކީ އާދަމް ނަޞީރު އަބޫބަކުރު، ދ.
. ރީދޫގެ 10 (ދިހައެއް) ބުރިއަށް ހެދުމަށްޓަކައި
އޭގެ 6 (ހައެއް) އަހަރު ދުވަސް ކުރިން ކުރަހައި ބަޔަކާ ހަވާލުކުރުމަށްޓަކައި، ބޭންކުގައި ހުރި
ފައިސާތަކެއް ނެގުމަށްފަހު، އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދިނުމަށް ގެނެސް ބަހައްޓާފައިހުރި،
ފައިސާކަމަށާއި، އެފައިސާތަކުގެ ތެރޭގައި އާދަމް ނަޞީރު އަބޫބަކުރުގެ ބައްޕަ ދީފައިވާ އެއްލައްކަ
ޑޮލަރާއި، ތަފާތު ގެސްޓް ވިޔަފާރިއާއި އެކިފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ކުންފުނި ހިންގައިގެން
ލިބިފައިވާ ފައިސާ ހިމެނޭކަމަށް އާދަމް ނަޞީރު އަބޫބަކުރު ބުނެފައިވާ ކަމާއި، އާދަމް ނަޞީރު
އަބޫބަކުރަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކަށްނުވާތީ އެފަދަކަމަކުން ފައިސާއެއް ހޯދާފައިނުވާނެކަމަށް
އާދަމް ނަޞީރު އަބޫބަކުރު ބުނެފައިވާއިރު، އެފައިސާއަކީ އާދަމް ނަޞީރު އަބޫބަކުރު މަސްތުވާތަކެތި
ވިއްކައިގެން ހޯދާފައިވާ ފައިސާތަކެއްކަން ކަނޑައެޅިގެން އެނގޭނޭ ހެއްކެއް ނެތްކަމަށާއި، އެއީ
ކަނޑައެޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން އެނގޭ ޑައިރެކްޓް ލިންކެއް
ގެނެވެން ނެތްކަމަށް ސާފު ޞަރީޙަ ބަހުން 28 އޭޕްރީލް 2010 ގައި ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި، އެފައިސާއާމެދު
ދައުލަތުން ގޮތެއް ނިންމައިދިނުމަށް ޝަރީޢަތަށް ހުށަހަޅާފައިވަނީ އެހާގިނަ ޢަދަދެއްގެ ފައިސާ، އާދަމް
ނަޞީރު އަބޫބަކުރުގެ އަތުން ފެނިފައިވުމާއި، އެފައިސާ ރައްކާކޮށްފައި ހުރި ގޮތުންނާއި، އާދަމް ދިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
470ހ2
4
16 ޤަޟިއްޔާ ނިމުނު
ގޮތުގެ
2{010/HC-A/49
އަބޫބަކުރަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަމަށް ކުރެވޭ ތުހުމަތުގެ މައްޗަށާއި، އޭނާ އާމްދަނީ
ހޯދުމަށް ކުރާ މަސައްކަތުން އެމިންވަރަށް ފައިސާ ލިބޭނެކަމަށް ނުފެންނާތީކަން ދައުލަތުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، އެފައިސާއަކީ އާދަމް ނަޞީރު އަބޫބަކުރު މަސްތުވާތަކެތީގެ
ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން
ތަޙްޤީޤަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، އެފައިސާއަކީ އާދަމް ނަޞީރު އަބޫބަކުރު މަސްތުވާތަކެތީގެ
ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބުނާ އެއްވެސް ހެއްކަކުނެތްކަން އެނގޭކަމާއި، އަދި އެފައިސާ
ނަންގަވައި ދެއްވެންނެތްކަމަށް ދަށު ކޯޓުން ކަނޑައަޅުއްވާފައިވަނީ އެފައިސާއަކީ އާދަމް ނަޞީރު އަބޫބަކުރު
ހުށަހެޅިފައިނުވާތީކަން އެނގެން އޮންނަކަމެވެ.
2 ހ
(0 42ހދ
2
coc
(ބ) ފަސްވަނަ ކަމަކީ: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ
އިސްތިސްނާއެއްނެތި މުތުލަޤު މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއްކަމާއި،
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާޕީ
"ޤާނޫނީ ޤަރީނާ" އެއްކަން ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 2 ވަނަ
މާއްދާގެ (ނ) ގެ ޞަރީޙަ ނައްޞުން ކަނޑައެޅިގެން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 08/SC
-
A/2008 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، މީހެއްގެ ހިޔާޒަތުގެ ދަށުގައި
ހުންނަ އެއްޗަކުން މަސްތުވާތަކެތި ފެންނަ ހާލަތުގައި އެތަކެތި އޭނާގެ ހިޔާޒަތުގެ ދަށަށް އައިގޮތެއް
ޝަރީޢަތަށް ސާބިތުކޮށް ދެވިފައިނުވާނަމަ، އެތަކެއްޗާބެހޭ ގޮތުން ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި
ޖަވާބުދާރީވާންޖެހޭ ފަރާތަކީ، އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެނުނު މީހާކަން ޝަރުޢީ އަދި
ޤާނޫނީ ގޮތުން ބަލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 07/SC
-
A/2010
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގޭއިރު، ހިތަދޫ ލައިޓްޝެޑޯ ގެއަށް ވަނުމަށް
& ހތ
އއނއށް
ހައިކޯޓް
s
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 5316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
އަބޫބަރގ އއ9
F
0 ންބިދ
17 ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/49
کی عمری
ދެވެ
OX DO
ފާރާއިންވެގެން ހުރި ސްޓެލްކޯ ޑިސްޓްރިބިއުސަށް ފޮށި ކައިރީގައި އޮތް ސިމެންތި ބަސްތާއެއްގެ ދަށުން
ފެނުނު
މަސްތުވާތަކެތި
އަޅާފައިހުރި ދަޅަކީ އާދަމް ނަޞީރު އަބޫބަކުރު، އޭނާ ހައްދާ ދަނޑުގެ
ސަރަހައްދުން ނަގައިގެން ގެނައި ދަޅުކަމަށް އަޙްމަދު ރަމްޒީ ބުނާއިރު، އެދަޅަކީ އާދަމް ނަޞީރު
މަށްބުނެ އެކަމަށް އާދަމް ނަޞީރު ޢަބޫބަކުރު އިންކާރުކޮށްފައިވާ ކަމާއި، އެދަޅު
ފެނުނީ އާދަމް ނަޞީރު އަބޫބަކުރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުކުރި ދުވަހާ ޖެހިގެން އައި
ދުވަހުކަމާއި،
ހިތަދޫ ލައިޓްޝެޑޯއާއި އެގޭ ގޯތިތެރެ ފުލުހުން ޗެކުކުރަމުން ގެންދިޔައީ އާދަމް ނަޞީރު
އަބޫބަކުރުގެ ޙާޟިރުގައިނޫންކަން އެނގޭކަމާއި،
83
މިމައްސަލައަކީ އާދަމް ނަޞީރު އަބޫބަކުރު އައްޑު އަތޮޅުގައި މަސްތުވާތަކެތީގެ
ވިޔަފާރިކުރަން އުޅޭކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ފުލުހުންނަށް ލިބިގެން އޭނާ އަތުލައިގަތުމަށް ހިންގި
ޚާއްޞަ އޮޕަރޭޝަނެއްގައި ފެނުނު މަސްތުވާތަކެއްޗާއި އަދި އާދަމް ނަޞީރު އަބޫބަކުރު ދިރިއުޅޭ
ކޮޓަރިތަކުގެ ތެރެއިން ފެނުނު ފައިސާއާ ގުޅޭ މައްސަލައެއްކަން އެނގޭކަމާއި، އެގޮތުން އާދަމް ނަޞީރު
އަބޫބަކުރު އައްޑުއަތޮޅަށް
ޑުއަތޮޅަށް ދިޔަ ވަގުތުން ފެށިގެން، އޭނާ ހައްޔަރުކުރެވެންދެން އަދި އޭގެ ފަހުންވެސް
ފުލުހުން ގެންދިޔައީ އޭނާގެ ޢަމަލުތަކާއި ހަރަކާތްތަކަށް ފާރަވެރިވެ ކައިރިން ބަލަމުންކަން އެނގޭކަމާއި،
އާދަމް ނަޞީރު އަބޫބަކުރު ގެންގުޅުނުކަމަށްބުނާ ދަޅު އޭނާ ހިތަދޫގައި ހައްދާ ދަނޑުން ނަގައިގެން
އަޙްމަދު ރަމްޒީގެ ސައިކަލުގެ ފަހަތުގައި އާދަމް ނަޞީރު އަބޫބަކުރު އިނދެގެން ދުއްވާފައި ދިޔައީ
މިއޮޕަރޭޝަނުގައި ހަރަކާތްތެރިވީ ފުލުހުންގެ ބޭކަލުންކަމުގައިވާ މުޙައްމަދު ޝިފާޢުއާއި މޫސާ ވަޖީޙުގެ
ކުރިމަތިންކަމަށް އެދެމީހުން ބުނާއިރު، އެދެމީހުންނަށް ވެސް އާދަމް ނަސީރު އަބޫބަކުރުގެ އަތުން ދަޅެއް
ފެނުނުކަމަށް ބުނެފައިނުވާ ކަމާއި، އަދި އެދަޅު ހިފައިގެން ލައިޓްސެޑޯއަށް ދިޔަކަމަށް ބުނާއިރު،
އެސަރަހައްދު ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުން ދިޔަކަމާއި، އާދަމް ނަސީރު އެގެއަށް ދިޔަތާ 30
(ތިރީސް) ސިކުންތުގެ ތެރޭގައި އާދަމް ނަޞީރު އަބޫބަކުރު ފުލުހުންނަށް ފެނިފައިވާކަމާއި، ބޭރާއްޖޭޅެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 316/1
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 * *
18 ޤަޟިއްޔާ ނިމުނު ގޮތު
2014/HC-A/49
می هرکی
ތަނަށް ލަނިކޮށް ފުލުހުންގެ އެއްވެސް ބޭކަލަކަށް ފެނިފައި ނުވާކަމާއި، އަޙްމަދު ރަމްޒީއަށްވެސް އާދަމް
ނަޞީރު އަބޫބަކުރު އެދަޅު އެތަނަށް ދަނިކޮށް އަދި އާދަމް ނަޞީރު އަބޫބަކުރު މަސްތުވާތަކެތީގެ ވިޔަފާރި
ކުރަނިކޮށް ފެނިފައިނުވާކަމާއި، އަޙްމަދު ރަމްޒީއަކީ ފުލުހުންގެ މިއޮޕަރޭޝަނުގައި ހަރަކާތްތެރިވި މީހެއްކަން
އަޙްމަދު ރަމްޒީގެ ބަހުންނާއި މިއޮޕަރޭޝަނުގައި ހަރަކާތްތެރިވީ ފުލުހުންގެ ބަހުން އެނގޭއިރު، އާދަމް
ނަޞީރު އަބޫބަކުރު މަސްތުވާތަކެތި ގެންގުޅުނުކަމަށް އަޙްމަދު ރަމްޒީ ބުނާ ބުނުންފިޔަވައި އާދަމް ނަސީރު
އަބޫބަކުރު މަސްތުވާތަކެތި ގެންގުޅުނުކަން ނުވަތަ އާދަމް ނަޞީރު އަބޫބަކުރު ގެންގުޅުނު ކަމަށް އަޙްމަދު
ބުނާ ދަޅަކީ އާދަމް ނަޞީރު އަބޫބަކުރުގެ ދަޅެއްކަން ސާބިތުކުރެ
ބިތުކުރެވޭ ވަރުގެ ހެއްކެއް އަދި ހަރުދަނާ
ޤަރީނާއެއްވިޔަސް ދަޢުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައިނުވާކަން އެނގެން އޮންނަކަމެވެ.
ރަމްޒީ
(ލ) ހަވަނަ ކަމަކީ: ޖިނާއީ މައްސަލައެއް ޝަރީޢަތުން ސާބިތުވާކަމަށް ކަނޑައެޅުމުގައި
ފަނޑިޔާރު ބަލަންޖެހޭ މިންގަނޑަކީ "އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި
ޝަރީޢަތަށް ސާބިތުވުން"ކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 (ބ) އަށް ބެލުމުން
އެނގޭއިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ
ފަނޑިޔާރު ތަޤްލީމް (evaluation) ކޮށް ވަޒަންކުރުމަށްފަހު، އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި
ދަލީލުތަކާއި، އެހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ
މިންވަރަށް އިޤުތިޞާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ މައްސަލައެއްގައި
ޙުކުމް ކޮށްގެން ނުވާނެކަމީ ޤަދީނަތުލް ބަރާއާ (presumption of imocence) ގެ ޢާންމު ޤާނޫނީ
މަބްދަޢުގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތުކަން އެނގެން އޮންނަކަމަށާއި، ޖިނާއީ ދަޢުވާއެއް
ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ
ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަމަށްކަން ދިވެހިރާއްޖޭގެ ސުޕްރީމް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2010/HC-A/49
و مری
ދެވެ
19 ޤަޟިއްޔާ ނިމުނު ގޮ
01/SC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3
އަދި
4
އަށް ބެލުމުން އެނގޭއިރު،
އާދަމް ނަޞީރު 30 ޖޫން 2009 ދުވަހުގެ ފުލައިޓުން އައްޑޫއަށް ދިޔަކަމާއި، އަޙްމަދު
ރަމްޒީއާއެކު އަޙްމަދު ރަމްޒީގެ ސައިކަލުގެ ފަހަތުގައި އިނދެގެން ދިޔަކަމާއި، އަދި އެރޭ ފަތިހުގެ
ވަގުތެއްގައި ހިތަދޫގައި އާދަމް ނަޞީރު އަބޫބަކުރު ހައްދާ ދަނޑަށް ދިޔަކަމާއި، އެނބުރި ހިތަދޫ
ލައިޓް ޝެޑޯއަށް ދިޔަކަމާއި، އާދަމް ނަޞީރު ދިރިއުޅޭ ސ. ހިތަދޫ ލައިޓް ޝެޑޯ ގޭ އިރުދެކުނު ފަރާތު
ކަންމަތީގައި ހުރި ސްޓެލްކޯ ކަރަންޓް ބޯޑު ކައިރީގައި އޮތް ސިމެންތި ބަސްތާއެއްގެ ދަށުން ދަޅެއް
ފެނުނުކަމާއި، އެދަޅުގައި މަސްތުވާތަކެތި ހުރިކަން އެކަށީގެންވާ މިންވަރުގެ ޝައްކެއް ނެތް މިންވަރަށް
ސާބިތުވީ ނަމަވެސް، މަސްތުވާތަކެތި އަޅާފައިހުރި ދަޅަކީ އާދަމް ނަޞީރު އަބޫބަކުރު، ހިތަދޫގައި
ހައްދާ ދަނޑު ސަރަހައްދުން އޭނާ ނަގައިގެން ގެނައި ދަޅެއްކަމަށް އަޙްމަދު ރަމްޒީ ބުނާބުނުން ފިޔަވައި،
އާދަމް ނަޞީރު އަބޫބަކުރު އެދަޅު ގެންގުޅެނިކޮށްދުށް އަދި އެދަޅަކީ އާދަމް ނަޞީރު
ދަޅެއްކަމަށް ބުނާ އިތުރު މީހަކުނެތްކަން އެނގޭކަމާއި، އަދި އެކަން ސާބިތުވާފަދަ ހެއްކެއް ނުވަތަ އަޙްމަދު
ރަމްޒީގެ ބަހަށް އިތުރު ބާރެއް ލިބިދޭ ފަދަ ހަރުދަނާ ޤަރީނާއެއް ވިޔަސް ދައުލަތުގެ ފަރާތުން ޝަރީޢަތަށް
ހުށަހެޅިފައިނުވާތީ، ދައުލަތުގެ ފަރާތުން ރީދޫގޭ އާދަމް ނަޞީރު އަބޫބަކުރުގެ މައްޗަށް ކުރައްވާފައިވާ
ދަޢުވާ ސާބިތުނުވާކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/86 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
720ހ22 4
4ބ ނތ/ޤަ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
20 ޤަޟިއްޔާ ނިމުނު ގޮތު
2010/HC-A/49
کی عمری
ދެލި
ޙުކުމް
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/86 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް މިޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދު ކޮށްފީމެވެ.
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv