ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/09 ޤަޟިއްޔާގެ ޙުކުމް
12
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/09
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އިކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރ: 09/HC
-
A/2013
އިސްތިއުނާފްކުރި ފަރާތް:
*ނަން: އިނަރ މޯލްޑިވްސް ހޮލިޑޭސް ޕވޓ ލޓޑ
ސްޓްރީ ނަންބަރު: 162
/
98-C
* ދާއިމީ އެޑްރެސް: ހ.އީސްޓްލައިޓް | ކ.މާލެ
* މިހާރުގެ އެޑްރެސް: ހ.އީސްޓްލައިޓް | ކ.މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް
# ނަން: ޝަހުދު އަޙްމަދު
* އައި.ޑީ.ކާޑު ނަންބަރު: A152674
*ދާއިމީ އެޑްރެސް: ފ.ޖޭޒް | ކ.މާލެ
*މިހާރުގެ އެޑްރެސް: ފ.ޖޭޒް | ކ.މާލެ
ރަޖިސްޓްރީ ތާރީޚް: 28 ޞަފަރު 1434
10 ޖަނަވަރީ 2013
= ނިމުނު ތާރީޚް: 27 ރަޖަބު 1434
ޖޫން 2013
06
އިސްތިއުނާފްކުރެވުނު މައްސަލަ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/150
• ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
، މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• ހުށަހެޅި ތާރީޚް: 05.08.2012
4 ނިމުނު ތާރީޚް: 25.09.2012
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/09
ދަޢުވާގެ ޚުލާސާ
150/VTR/2012
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ،
އެޓްރައިބިއުނަލްއިން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އިނަރ މޯލްޑިވްސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވުނު ޤާޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ރ. ޖޭޒް / ކ. މާލެ
ޝަހުދު އަޙްމަދު އެވެ.
.ގއވ
ރެވުނު ނުކުތާތައް:
l) އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/150
މައްސަލައިގައި، ޝަހުދު އަޙްމަދު (A152674)، ޖޭޒް / ކ.
. މާލެ، 2011 ވަނަ އަހަރުގެ އޯގަސްޓް
މަހުގެ 03 ވަނަ ދުވަހުން ފެށިގެން، އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ އޮޕަރޭޝަންސް
އެސިސްޓަންޓްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އެކްސިޑެންޓެއްގައި އޭނާގެ ފަޔަށް ލިބުނު
ހާނީއްކައަކާއި ގުޅިގެން ބޭސް ކުރަންޖެހިފައިވުމުގެ ސަބަބުން ބޫޓަށް ނޭރޭތީ އެކަން އޭނާ ވަޒީފާ އަދާކުރާ އިނަރ
މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް އެންގުމުން ފައި ރަނގަޅުވުމުން ވަޒީފާއަށް ނުކުތުމަށް އެންގުމާ
ގުޅިގެން މެޑިކަލް ރިޕޯޓްތައް ބަރާބަރަށް ހުށަހަޅަމުން ދަނިކޮށް، 02 މަސް ފަހުން ކުއްލިއަކަށް ވަޒީފާއިން
ވަކިކޮށްފައިވާތީ، އޭނާ މަސައްކަތްކުރި ދުވަސްތަކުގެ މުސާރައާއި، މުސާރަ ނުދީ ބެހެއްޓުމުން ދެ މަސްތެރޭ
ލިބުނު ގެއްލުމުގެ ބަދަލާއި، ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމުން 03 މަސް ދުވަހުގެ މުސާރައަށްވާ ފައިސާ
ހޯދައިދިނުމަށް އެދި، އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް، 05 އޯގަސްޓް 2012
ގައި ޝަހުދު އަޙްމަދު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައެއްކަމާއި،
އެމައްސަލަ ނިންމާފައިވަނީ "ދެންފަހެ، މިމައްސަލައާ ގުޅިގެން 2012 ވަނަ އަހަރުގެ އޯގަސްޓް
މަހު 16 ވަނަ ދުވަހާއި، 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 10 ވަނަ ދުވަހާއި، އަދި 2012 ވަނަ
އަހަރުގެ ސެޕްޓެމްބަރ މަހު 25 ވަނަ ދުވަހު ބޭއްވުނު މައްސަލައިގެ އަޑުއެހުންތަކަށް މައްސަލަ ރައްދުވާ އިނަރ
މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ޙާޟިރުނުވެ، އެ އަޑުއެހުންތަކަށް ޙާޟިރުވުމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 41 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، މި
ނިންމުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާހިނދު، ހުށަހެޅިފައިވާ މި މައްސަލާގައި މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓް، އްބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ވަޝަ
ހދު ތ 22
8 29
0ތ
**
;
3
2013/HC-A/09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރައްދުވާ ފަރާތުން އެއްވެސް މިންވަރަކަށް ޖަވާބުދާރީވެފައިނުވާތީ، މައްސަލަ ރައްދުވާ ފަރާތުގެ ޣައިރު
ޙާޟިރުގައި މި މައްސަލާގައި ގޮތެއް ކަނޑައެޅުމަށް މައްސަލަ ބެލި މެންބަރުން އިއްތިފާޤުވާތީ،މައްސަލަ ހުށަހެޅި
ޝަހުދު އަޙުމަދު އެދިފައިވާ ގޮތުގެ މަތީން އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގައި އޭނާ
މަސައްކަތްކުރި ދުވަސްތަކުގެ މުސާރައަށްވާ 5580.00 ރުފިޔާއާއި، ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމުން ލިބުނު
ގެއްލުމުގެ ބަދަލުގެ ގޮތުގައި 03 (ތިނެއް) މަސްދުވަހުގެ މުސާރައަށްވާ 16740.00 ރުފިޔާ އެކު ޖުމްލަ
22320.00 (ބާވީސް ހާސް ތިންސަތޭކަ ވިހި) ރުފިޔާ، 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 25 ވަނަ
ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އޭނާއަށް އެކީ އެއްފަހަރާ ދިނުމަށް ފަހު އެކަން 03 (ތިނެއް)
ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑަށް އަންގާ އަމުރުކޮށް..." ކޮށްފައިވާކަން އެމައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮވެއެވެ.
2) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/150 މައްސަލަ، އެޓްރައިބިއުނަލުން
ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ޝަހުދު އަޙްމަދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ކޮށްފައިވާ ދަޢުވާއަށް
އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް ޖަވާބެއް މައްސަލަ ބެލި މަޖިލިހަށް
ލިބިފައިނުވާއިރު، ޝަހުދު އަޙްމަދު ހޯދުމަށް އެދިފައިވާ ފައިސާ އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑުން ދޭންޖެހޭކަމަށް އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ގެ ޣައިރު ޙާޟިރުގައި ނިންމާފައިވަނީ
ރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6.1 ގެ "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ
ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރުމެއްނެތިކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޝަރީޢާ
- 8
2 ބ
އާ
• ދެވަނަ ނުކުތާއަކީ، ޝަހުދު އަޙްމަދު އާއި އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑްއާ ދެމެދު މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް ނެތްއިރު، އަދި
އޮތްތޯ މައްސަލަ ބެލި މަޖިލިހުން ނުބަލައި މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 2008
ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކުރުމެއްނެތިކަމަށް ބުނެ ހުށަހެޅި ނުކުތާ
4 22
,ފައެވެ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/09
ތިންވަނަ
ނުކުތާއަކީ، ޝަހުދު އަޙްމަދު އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ
ވަޒީފައިން ވަކިކުރަންޖެހުނު ސަބަބުގެ މައްޗަށް އެއްވެސް މިންވަރަކަށް ބަލާފައި ނުވުމުން، އެއީ ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމުގައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ނިންމުމުގައި
އިންޞާފުވެރިކަމާއެކު ދެފަރާތުގެ
ރިޢާޔަތްކުރަންޖެހޭނެކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ޤަވާޢިދުގެ 22 ވަނަ މާއްދާގައި ބުނެފައިވާއިރު އެމާއްދާއަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
މަޞްލަޙަތަށް
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/150 މައްސަލައިގެ މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭގޮތުން ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޝަހުދު އަޙްމަދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ކޮށްފައިވާ ދަޢުވާއަށް
އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް ޖަވާބެއް މައްސަލަ ބެލި މަޖިލިހަށް
ލިބިފައިނުވާއިރު، ޝަހުދު އަޙްމަދު ހޯދުމަށް އެދިފައިވާ ފައިސާ އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑުން ދޭންޖެހޭކަމަށް އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ނިންމާފައިވަނީ
ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6.1 ގެ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ
ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރުމެއްނެތިކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުން ނަޒަރުކުރިއިރު،
އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރަމުންދާ
ޤަވާޢިދެއްކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ކޯޓު" ކަމަށް
ބުނެފައި ވަނީ ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ޝަރީޢަތްކުރުމަށް ޤާނޫނުއަސާސީން،
ނުވަތަ ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުން ޤާއިމުކޮށްފައިވާ ކޮންމެ
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ އެފަދަ ތަނެއް ނޫންކަން އެނގޭކަމާއި، ޤާނޫނުއަސާސީ ޓްރައިބިއުނަލްތަކަށް
ޙަވާލާދީފައިވާއިރު، އިސްވެ ބުނެވުނު 274 ވަނަ މާއްދާގެ (ހ) ގައި "ޓްރައިބިއުނަލް މިވަނީ
ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭގޮތުން ޚިލާފު އުފެދިފައިވާ ޙާލަތުގައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އްބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2{013/HC-A/09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެކަމަކާމެދު ވަކިގޮތެއް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމުން، އެކަމަކާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު
ޤާނޫނީގޮތުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއެއްކަމަށް ބަޔާންކުރެވިފައިވާކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޢަމަލުކުރަމުންދަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު
2010 އަށްކަން އެނގޭކަމާއި، އަދި އިސްވެ ބުނެވުނު ޤަވާއިދުގެ 1 ވަނަ މާއްދާގައި އެޤަވާޢިދަކީ ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަސައްކަތް
ހިންގާނެ ގޮތާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި، ވަޒީފާއާބެހޭ
ޓްރައިބިއުނަލާބެހޭ އެހެނިހެން ކަންތައްތައް ބަޔާންކުރާ ޤަވާޢިދުކަން ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން،
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި ޢަމަލުކުރާނީ އެޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތަށްކަން
އެނގޭކަމާއި، އަދި އެޤަވާޢިދުގައި ޓްރައިބިއުނަލަށް މީހުން ޙާޟިރުކުރުމުގައާއި އަދި ޙާޟިރުނުވެއްޖެނަމަ
ޢަމަލުކުރާނެ ގޮތުގެ އުޞޫލުތަކެއް ބަޔާންކޮށްފައި ވީހިނދު، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6.1
ގެ "ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" އަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ޢަމަލުކުރަންޖެހޭ އެއްވެސް ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމާއި، އަދި މިނުކުތާއަކީ ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ
27 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ އިސްތިއުނާފް
އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއަށް ދެއްކިފައިނުވާކަމެވެ.
4 22
ނެކެތާއެއްކަމަށް
(ނ) ދެވަނަ ކަމަކީ، ޝަހުދު އަޙްމަދު އާއި އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއާ
ދެމެދު މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް ނެތްއިރު، އަދި އެފަދަ އެއްބަސްވުމެއް އޮތްތޯ މައްސަލަ
ބެލި މަޖިލިހުން ނުބަލައި މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13
ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކުރުމެއްނެތިކަމަށާއި އަދި ޝަހުދު އަޙްމަދު އިނަރ މޯލްޑިވްސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކުރަންޖެހުނު ސަބަބުގެ މައްޗަށް އެއްވެސް މިންވަރަކަށް ބަލާފައި ނުވުމަކީ
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާއި ޚިލާފު ކަމެއްކަމުގައި ނެ
ނުކުތާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުން ނަޒަރުކުރިއިރު،
އިސްވެ އިޝާރާތްކުރެވުނު މާއްދާތަކާ ގުޅޭގޮތުން އިނަރ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ވާހަކަދައްކާފައިވަނީ މައްސަލައިގެ މައުޟޫޢުއާ ގުޅޭގޮތުން
ޟޫޢުއާ ގުޅޭގޮތުންކަމާއި، އެމައްސަ
ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އެވާހަކަތައް ދައްކަން އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
2x4
24 2 2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/09
ލިމިޓެޑްއަށް ފުރުޞަތު ލިބުނުއިރު، ޓްރައިބިއުނަލުން ބޭއްވި އެމައްސަލައިގެ އެއްވެސް މަޖިލިހަކަށް އިނަރ
މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ޙާޟިރުނުވެ އިސްތިއުނާފް މަރުޙަލާގައި އެކަންތައްތަކާ ގުޅޭގޮތުން
ވާހަކަދެއްކުމަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ
ރޫޙާ ޚިލާފު ކަމެއްކަމަށްވާތީ، މިމައްސަލައިގެ މައުޟޫޢުއާ ގުޅޭގޮތުން އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑްއަށް ވާހަކަދެކެވެން އޮތްކަމަށް މިމައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ދެފަރާތުގެ
މަޞްލަޙަތަށް ރިޢާޔަތްނުކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 22 ވަނަ މާއްދާއާއި ޚިލާފަށްކަމަށް އިނަރ
މޯލްޑިވްސް ހޮލިޑޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާ ނުކުތާއަށް ރިޢާޔަތްކުރިއިރު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލުން މައްސަލަތައް ނިންމުމުގައި އިންޞާފުވެރިކަމާއެކު، ވަޒީފާދޭފަރާތާއި ވަޒީފާ އަދާކުރާފަރާތުގެ
މަޞްލަޙަތާއި، ދެފަރާތުގެ ޙައްޤުތައް ރައްކާތެރިކޮށްދެވޭނޭ ގޮތްތަކަށް ރިޢާޔަތްކުރަންވާނެކަމާއި، އެހެންކަމުން،
އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/150
މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ޙާޟިރުވެފައި ނުވިނަމަވެސް، މިމައްސަލަ ހުށަހެޅި ޝަހުދު އަޙްމަދު ބުނާ
ބުނުމުގެ މައްޗަށް އެކަނި ބިނާކުރައްވައި، މައްސަލަ ނިންމުމަކީ އިސްވެ ބުނެވުނު ޤަވާޢިދުގެ 22 ވަނަ މާއްދާއާ
ޚިލާފު ކަމެއްކަމަށް އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 41 ވަނަ މާއްދާގެ (ހ) ގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ޙާޟިރުވުމަށް މައްސަލަ ރައްދުވާ ފަރާތަށް އަމުރު ފޮނުވުމުން، އެއަމުރާ ޙަވާލުނުވެއްޖެނަމަ
ނުވަތަ އެއަމުރު ލިބި، މަޤުބޫލު އުޒުރެއްނެތި ވިދިވިދިގެން 2 (ދޭއް) އަޑުއެހުމަށް ނުވަތަ ޖުމްލަ 3 (ތިނެއް)
އަޑުއެހުމަށް ޙާޟިރުނުވެއްޖެނަމަ، ޣައިރު ޙާޟިރުގައި، ހުށަހެޅިފައިވާ މައްސަލައާމެޘުއްޖޭގޮތެތް ނިންމުމުގެ
އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރަންދަރު%20%A;150
މައްސަލައިގެ އަޑުއެހުންތަ
މިންތައް 2012 ވަނަ އަހަރުގެ އޯގަސްޓް މަހު 16 ވަނަ ދުވަހާއި، ޢާ2
d ވަނަ އަހަރުގެ
ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހާއި 25 ވަނަ ދުވަހު ތާވަލުކުރެވުނުކަން އެނގޭކަމާއި، އަދި
އެއަޑުއެހުންތަކަށް ޙާޟިރުވުމަށް އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއަށް އަމުރު ފޮނުވި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
271ވ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/09
OX
އެހެންނަމަވެސް އެއަޑުއެހުންތައް ތާވަލު ކުރެވުނު ތާރީޚުތަކުގައި އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑްއިން ޙާޟިރުވެފައިނުވާކަމާއި، އަދި ޙާޟިރުވުމަށް އުޒުރުވެރިވި ސަބަބު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
އަންގާފައިނުވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012;VTR/150 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮންނަކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ރައްދުވާ
ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިދީފައި ވީނަމަވެސް،
އެގޮތަށް އެފަދަ މައްސަލަތައް ނިންމުމުގެ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 327/HC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވޭކަމާއި،
އެގޮތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު 2014 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް
ހުށަހެޅޭ މައްސަލަތައް ނިންމިދާނެގޮތް ބަޔާންކޮށްފައިވާ، އެޤަވާޢިދުގެ 26 ވަނަ މާއްދާގައި، ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށް ހުށަހަޅާ މައްސަލައަކީ، ރަނގަޅު ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ
މައްސަލައެއްކަމަށް އެޓްރައިބިއުނަލްއަށް ފެނިއްޖެނަމަ، އެމާއްދާގައި ބަޔާންކޮށްފައިވާ އަމުރުތަކުގެ ތެރެއިން
އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު އެޓްރައިބިއުނަލްއަށް ލިބިފައިވާކަމަށާއި، އިސްވެ ފާހަގަކުރެވުނު 26
ވަނަ މާއްދާގައި، ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި އެޓްރައިބިއުނަލުން އެއްވެސް ބާވަތެއްގެ އަމުރެއް
ނެރެވޭނީ، އެއަމުރެއް ރައްދުވާ މައްސަލައަކީ، ރަނގަޅު ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ
މައްސަލައެއްކަމަށް އެޓްރައިބިއުނަލްއަށް ފެނިއްޖެނަމަކަން އެޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިންމާފައިވަނީ، ޝަރުޢީ އުޞޫލުތަކާއި،
ނުވަތަ ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ ގޮތަކަށްނަމަ، ނުވަތަ އެޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް
އެމައްސަލައެއް އިސްތިއުނާފުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު
ލިބިގެންވާކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ (ށ) ގައާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު
2010 ގެ 31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވުމުގެ އިތުރުން، މިގޮތުގެ މަތިން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2017 ގެ 27 ވަނަ މާއްދާގެ (ހ) ގެ 4 ގައި "ޙުކު
ތަން
0724
0x
2
0
2 އ
eނޗށް,ﷲނނވެ،
4 27
3 22 »
1 0 22
ގއ ތ xތ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2013/HC-A/09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިސްވެ ފާހަގަކުރެވުނު މާއްދާތަކުގެ އަލީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ
މައްސަލަތަކުގައި އެޓްރައިބިއުނަލުން ގޮތެއް ނިންމުމުގައި، އެމައްސަލައަކީ ރަނގަޅު ޙަޤީޤަތެއްގެ މައްޗަށް
ބިނާކޮށް ހުށަހެޅިފައިވާ މައްސަލައެއްކަން ކަށަވަރުކުރަންޖެހޭ ކަމާއި، އަދި އެކަން ކަށަވަރުކުރުމުގެ ގޮތުން،
އެމައްސަލައެއްގައި ހިމެނޭ އެންމެހާ ކަންތައްތައް އެމައްސަލައެއް ބެލުމުގައި ބައިވެރިވާ ޓްރައިބިއުނަލްގެ
މެންބަރުން ބަލަންޖެހޭނެކަމާއި، އަދި މިފަދަ މައްސަލަތައް ނިންމުމުގައި، އެނިންމުމަށް މައްސަލަ ބެލި މެންބަރުން
ވާސިލުވީ ގޮތެއް ސާފުކޮށް އެނގޭނޭ ގޮތަށް ބަޔާންކުރުމަށްޓަކައި، އެމައްސަލަ ބެލި މަޖިލިހުގައި ހިމެނޭ
މެންބަރުންގެ ރަޢުޔާއި އެރަޢުޔަށް ވާސިލުވީ ސަބަބުތަކުގެ އިތުރުން، މައްސަލާގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން
އެމައްސަލައެއް ބެލި މަޖިލިހުން ރިޢާޔަތްކުރި ކަންތައްތަކާއި، ރިޢާޔަތްނުކޮށް ދޫކޮށްލި ކަންތައްތަކާއި،
އެކަންތައްތަކުގެ މައްޗަށް ރިޢާޔަތްކުރެވުނު ނުވަތަ ރިޢާޔަތްނުކުރެވުނު ސަބަބުތައް، އެމައްސަލައެއްގެ "މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓު" ގައި ސާފުކޮށް ބަޔާންކުރެވިފައި އޮންނަންޖެހޭނެކަމަށާއި، އަދި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު 2010 ގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން
މައްސަލައެއް ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި އެމައްސަލަ ނިންމުމުގެ އިޚްތިޔާރު ލިބިދީފައި ވީނަމަވެސް،
މައްސަލަ ރައްދުވާ ފަރާތުން މަޤުބޫލު އުޒުރެއްނެތި ވިދިވިދިގެން 2 (ދޭއް) އަޑުއެހުމަށް ނުވަތަ ޖުމްލަ 3
(ތިނެއް) އަޑުއެހުމަށް ޙާޟިރުނުވުމަކީ ނުވަތަ އެމައްސަލައަކަށް ޖަވާބުދާރީ ނުވުމަކީ ހަމައެކަނި އެސަބަބަށްޓަކައި
މައްސަލަ ހުށަހަޅާ ފަރާތުން އެދުނު ގޮތަށް އެމައްސަލައެއް ނިންމޭނެ ސަބަބެއް ނޫންކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 327/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
22
(ރ) ހަތަރުވަނަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން 2
(ދޭއް) އަޑުއެހުން
ޑުއެހުން ބޭއްވުމަށްފަހު 3 (ތިނެއް) ވަނަ މަޖިލިހުގައި އެމައްސަލަ ނިންމާފައިވާކަން ހުދު އަޙްމަދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުންނާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/150 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭއްވި އެއްވެސް އަޑުއެހުމެއްގައި އެމައްސަލާގައި ކަންހިނގާދިޔަ
ބެހޭގޮތުން ޝަހުދު އަޙްމަދުއާ ސުވާލުކޮށްފައިނުވާކަން، އެމަޖިލިސްތަކަށް ޙާޟިރުވި ޝަހުދު އަޙްމަދު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެންވީ، އޮންނަކަމާއި،
އެހެންކަމުން، އެމައްސަލާގައި ކަންހިނގާދިޔަ ގޮތް ކަށަވަރު ކުރުމަށްޓަކައި
އަބިއުނަލުން
އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްކަމާއި،
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/09
އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެޓްރައިބިއުނަލްގެ ނަންބަރު 2012/VTR/150 މައްސަލަ
ޝަހުދު އަޙްމަދު އެދިފައިވާ ގޮތަށް ނިންމުމުގެ ސަބަބުކަމަށް ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ޤަވާޢިދު 2010 ގެ 41 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، އެމައްސަލައާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު
އެޓްރައިބިއުނަލަށް ލިބިފައިވާތީ، ހުށަހެޅިފައިވާ މައްސަލާގައި މައްސަލަ ރައްދުވާ ފަރާތުން އެއްވެސް
އެއްވެސް މިންވަރަކަށް
ޖަވާބުދާރީވެފައިނުވާތީ، މައްސަލަ ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި އެމައްސަލާގައި ގޮތެއް ކަނޑައެޅުމަށް
މައްސަލަ ބެލި މެންބަރުން އިއްތިފާޤުވާތީ ކަމަށް އެރިޕޯޓުން އެނގެން އޮތުމުން،
ޝަހުދު އަޙްމަދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ މައުޟޫޢުއާ ގުޅޭގޮތުން
އެޓްރައިބިއުނަލުން ކަށަވަރުކުރަންޖެހޭ ކަންތައްތައް ކަށަވަރުކޮށްފައިނުވާކަން އެނގޭކަމާއި، މިބާވަތުގެ
މައްސަލަތަކުގައި މައްސަލަ ރައްދުވާ ފަރާތުން ޓްރައިބިއުނަލަށް ޙާޟިރުނުވި ނަމަވެސް، އެފަރާތުގެ ޣައިރު
ޙާޟިރުގައި މައްސަލައެއް ނިންމުމުގެ ކުރިން، މައްސަލަ ހުށަހަޅާ ފަރާތާ އެމައްސަލައާ ގުޅޭގޮތުން ސުވާލުކޮށް،
އެމައްސަލާގައި ކަންހިނގާދިޔަ ގޮތް ކަށަވަރު ކުރުމަށްޓަކައި އެކަށީގެންވާ ވަރަށް ޓްރައިބިއުނަލުން މަސައްކަތް
ކުރަންވާނެކަމާއި، މައްސަލަ ނިންމުމުގައި އެމައްސަލައަކީ ރަނގަޅު ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ
މައްސަލައެއްކަން ކަށަވަރުކޮށް އެމައްސަލައާމެދު ގޮތެއް ކަނޑައެޅުމުގައި، އެމައްސަލަ ބެލި މަޖިލިހުގެ
މެންބަރުންގެ ރަޢުޔާއި އެރަޢުޔަށް ވާސިލުވީ ސަބަބުތަކުގެ އިތުރުން، މައްސަލައިގައި ހިމެނޭ ކަންތައްތަކުގެ
ތެރެއިން އެމައްސަލަ ބެލި މަޖިލިހުން ރިޢާޔަތްކުރި ކަންތައްތަކާއި، ރިޢާޔަތްނުކޮށް ދޫކޮށްލި ކަންތައްތަކާއި،
އެކަންތައްތަކުގެ މައްޗަށް ރިޢާޔަތްކުރެވުނު ނުވަތަ ރިޢާޔަތްނުކުރެވުނު ސަބަބުތައް އެމައްސަލައިގެ "މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓު" ގައި ސާފުކޮށް ބަޔާންކުރެވިފައި އޮންނަންޖެހޭނެކަމާއި،
އެހެންކަމުން، އިސްވެ އިޝާރާތް ކުރެވުނު ކަންތައްތަކަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ
މައްސަލައެއް ނިންމުމުގެ ކުރިން ސާފުވާންޖެހޭ ކަންތައްތަކެއް ކަމުގައި ވީހިނދު، އަދި މައްސަލައެއް އެމައްސަލަ
ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމި ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 22 ވަނަ
މާއްދާގައި ބުނާ ފަދައިން، މައްސަލައެއް އިންޞާފުވެރިކަމާއެކު ނިންމުމަށްޓަކައިވެސް ކުރަންޖެހޭ ކަންތައްތަކެއް
ކަމުގައި ވީހިނދު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/150 މައްސަލަ އެޓްރައިބިއުނަލުން ނިންމާފައިވަނީ އެފަދަ
މައްސަލަތައް ބެލުމުގައި އަދި ނިންމުމުގައި ޢަމަލުކުރަންޖެހޭ، އިސްވެ ފާހަގަކުރެވުނު ޤާނޫނީން
ޚިލާފަށްކަމާއި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/150 މައްސަ
22 / /
ceco
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2{013/HC-A/09
/ 2x 22
ހ&e
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރާތްކުރެވުނު ޤާނޫނީ އުޞޫލުތަކާ
ފައިޞަލާކުރަނިވި ނިންމުމެއް ނިންމަންޖެހޭކަމުގައެވެ.
رو کر فرم
ގޮތުގެ މަތިން އެޓްރައިބިއުނަލުން އަލުން ބަލައި
05
އެކުވެ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/156 މައްސަލަ އެޓްރައިބިއުނަލުން ބެލުމުގައި
އަދި ނިންމުމުގައި ޢަމަލުކޮށްފައިވަނީ އެފަދަ މައްސަލަތައް ބެލުމުގައި އަދި ނިންމުމުގައި އެޓްރައިބިއުނަލުން
ޢަމަލުކުރަންޖެހޭ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/156
މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެފަދަ
މައްސަލަތައް ބެލުމުގައި އަދި ނިންމުމުގައި އެޓްރައިބިއުނަލުން ޢަމަލުކުރަންޖެހޭކަމަށް މިޤަޟިއްޔާގައި
ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެމައްސަލަ އަލުން ބަލައި ނިންމުމަށް، ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ތަޙުލީލުކުރުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv