ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/327 ޤަޟިއްޔާގެ ޙުކުމް
2009/HC-A/327
متوهی
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
(ޔޫއްގެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 327/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޙަސަން އާދަމް
އައިޑީ ކާޑު ނަންބަރު: A010984
* ދާއިމީ އެޑްރެސް: އޯކިޑްމާގެاއދ. ދަނގެތި
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
4
ދާއިމީ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ޛުލްޤަޢިދާ 1430
0
ނިމުނު ތާރީޚް: 04 ޛުލްޙިއްޖާ 1432
31 އޮކްޓޫބަރ
4 ނޮވެމްބަރ 2009
20ll
• އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު.
މައްސަލައިގެ ބާވަތް މައްސަލަ ކޯޓަށް ބަލައިނުގަތުން
ނިންމެވި ކޯޓް: މަދަނީ ކޯޓު
ހުށަހެޅުނު ތާރީޚް: 13 ނޮވެމްބަރ 2008
ނިމުނު ތާރީޚް: 13 ނޮވެމްބަރ 2008
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް
ދިވެހިރާއްޖޭގެ
ހައިކޯޓް
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2009/HC-A/327
ދަޢުވާގެ ޚުލާޞާ
މިއީ، ޕެންޝަން އެންޑް ސޯޝަލް ވެލްފެއަރ ޑިވިޝަން ދަޢުލަތުގެ ޚާއްޞަ އެހީއަށް
ބޭނުންވާ މީހުން ތިބޭ މަރުކަޒު" ގުރައިދޫގެ ސްޕަވައިޒަރ ކަމުގެ މަޤާމުގެ ވަޒީފާގައި ޙަސަން އާދަމް،
ހުއްޓާ، އޭނާގެ އެއްވެސް އިހުމާލެއް، ކުށެއް، ދެއްވި އިންޒާރެއްނެތި، އަދި އެޑިވިޝަން އުވާލުމެއް ނުވަތަ
އެމަޤާމު އުވާލުމެއްނެތި، އޭނާ ހުރި ވަޒީފާއިން އެހެން ވަޒީފާއަކަށް ބަދަލުކޮށްދިނުމަކާއިވެސް ނުލައި، އަދި
ނޯޓިހެއް ދޭން ޖެހޭނެ އެއްވެސް ސަބަބެއްނެތި ނޯޓިހެއް ދީފައިވުމާއި، މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން
ދީފައިވާ މިނޯޓިސްގެ ސަބަބުން އޭނާ ހުރި ވަޒީފާއިން އޭނާ ވަކިވެފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައިވާ ފަދައިން ޙަސަން އާދަމްގެ ޚައްޤު ހޯއްދަވައި ދެއްވާ، ޙަސަން އާދަމް އޭރުހުރި މަޤާމުގެ
ވަޒީފާ ނުވަތަ އެމަޤާމާއި އެއްފެންވަރެއްގެ ވަޒީފާއެއް ޝަރީޢަތް މެދުވެރިވެ ހޯއްދަވައިދެއްވުންއެދި، މަދަނީ
ކޯޓަށް މައްސަލަ ހުށަހެޅުމުން، އެމައްސަލަ ބަލައިގަނެ ހިންގިދާނެކަމަށް ނުފެންނަކަމަށް މަދަނީ ކޯޓުން
އަންގަވާފައިވާތީ އެނިންމުން އަލުން ބަލައިދިނުމަށް ޙަސަން އާދަމް، އޯކިޑްމާގެ އދ. ދަނގެތި
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A010984) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރުމުން ބެލިފައިވާ މައްސަލައެކެވެ.
64 424
ފާހަގަކުރެވުނު ނުކުތާތައް:
2008
1. އިސްތިޢުނާފުކުރެވޭ، 15 ނޮވެމްބަރ
ގެ ތާރީޚުގައި މަދަނީ ކޯޓުން
ނިންމަވާފައިވާ ނިންމެވުން ހިމެނޭ "ދަޢުވާ ފޯމުގެ ޖަވާބް" އަށް ބެލިއިރު، އެ ފޯމުގައި ވަނީ "ޙަސަން އާދަމް
ހުށަހަޅާފައިވާ ފޯމާ އެފޯމާއި އެކު ހުށަހަޅުއްވާފައިވާ ލިޔުންތަކަށް ބަލާއިރު، ޙަސަން އާދަމް ވަޒީފާއިން
ވަކިކުރެއްވިކަން އަންގާފައިވަނީ 08 އޯގަސްޓް 1988 ގައެވެ. އަދި މިވަޒީފާއާއި ގުޅޭގޮތުން ޝަކުވާ
ނުކުރައްވާ އެތައް އަހަރުތަކެއް ވެފައިވާކަން އެނގެއެވެ. ވުމާއެކު، ޙަސަން ޢާދަމް ވަޒީފާއިން ވަކިކުރެއްވި
ފަހުން 20 އަހަރަށް ވުރެ ގިނަ ދުވަސްތަކެއްވުމުން މައްސަލަ މިކޯޓަށް ބަލައިގަނެ ހިންގިދާނެކަމުގައި
ނުފެންނަ ވާހަކަ ދަންނަވަމެވެ" މިފަދައިންކަން އެނގެއެވެ.
6 24
2. މަދަނީ ކޯޓުގެ އިސްވެދެންނެވުނު ނިންމުން އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޙަސަން އާދަމްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފްކުރަމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-A/327
3
العربي وفي
ނިމުނު ގޮތުގެ ޚުލާސާ
މައިގަނޑު 3 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، މަދަނީ ކޯޓުން އެއްވެސް ޤާނޫނަކާއި ޤަވާއިދަކާ
ނުދެއްވައި، ވަޒީފާއިން ވަކިކުރެއްވި ފަހުން 20 އަހަރަށްވުރެ ގިނަދުވަސްވެފައިވުމުން މައްސަލަ އެކޯޓަށް
ބަލައިގަނެ ހިންގިދާނެކަމުގައި ނުފެންނަވާހަކަ ވިދާޅުވެ، ހަމައެކަނި ފެންނަ ފެނުމެއްގެ މައްޗަށް މައްސަލަ
ނުބައްލަވާ ދޫކޮށްލައްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ޙައްޤުހޯދުމަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށް ވަކި މުއްދަތެއް
އިސްލާމީ ޝަރީޢަތުގައިވެސް، ޤާނޫނެއްގައިވެސް އަދި ޤަވާޢިދެއްގައިވެސް ނެތްކަމަށްބުނެ ހުށަހަޅާފައިވާ
· · 4 59
އެކު46ފ
ޝަކުވާ
• ތިންވަނަ ނުކުތާއަކީ، ނޯޓިސް ދެއްވުމާއި ގުޅިގެން އެކަމުގެ
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އުފުލާފައިވާކަން މަދަނީ ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގެން
އޮންނަކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ އިސްވެދެންނެވުނު ނިންމެވުން ހިމެނޭ "ދަޢުވާ
ފޯމުގެ ޖަވާބް" އަށާއި، އެނިންމުން އިސްތިއުނާފު ކުރަމުން ޙަސަން އާދަމްގެ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި،
ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތަށް ކަނޑައަޅައި އެޙައްޤުތައް ހިމާޔަތް
ކޮށްދިނުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލެއް ޤާއިމުކޮށް، އަދިމިނޫންވެސް
ވަޒީފާއާބެހޭގޮތުން އެކިއެކި ކަންތައް ކުރުމަށްޓަކައި އެކުލަވާލެވިފައިވާ ޤާނޫނަކީ ޤާނޫނު ނަންބަރު 2/2008
ވަޒީފާއާބެހޭ ޤާނޫނު) ކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 86 ވަނަ މާއްދާގެ ދަށުން 29 ޑިސެމްބަރ 2008
ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލެއް އުފެދިފައިވާކަމާއި، ނަމަވެސް އެޓްރައިބިއުނަލްގެ މަސައްކަތްތައް ޢަމަލީ
ފެށިފައިވަނީ، 2009 އޭޕްރީލް 15 ވަނަ ދުވަހު ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 ޗު
2009HC-A/327
44
ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 5 ވަނަ މާއްދާގައި "މިޤަވާޢިދުގައި އެހެން
ގޮތަކަށް ބަޔާންކުރެވިފައިވީ ނަމަވެސް، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ބަލާނީ ވަޒީފާއާއި ބެހޭ ޤާނޫނަށް
ޢަމަލުކުރަން ފެށުނު ތާރީޚް ކަމަށްވާ 9 ޖުލައި 2008 ގެ ފަހުން ހިނގާފައިވާ ވަޒީފާއާއި
މައްސަލަތަކެވެ. މިފަދައިން ބަޔާންކޮށްފައިވުމުން، 2008 ޖުލައި 9 ވަނަ ދުވަހުގެ ކުރިން ހިނގާފައިވާ
ވަޒީފާއާއި ބެހޭ މައްސަލަތައް ބެލުމުގެ އިޚްތިޞާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާކަން
އެނގޭކަމާއި، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ވަޒީފާއާއި ބެހޭ
ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާއި ގުޅޭ މައްސަލައެއް ނުވަތަ
ޚިލާފެއް، އުފެދުނު ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެމައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަންވާނެ
ކަމަށާއި، އެމުއްދަތު ފާއިތުވުމަށްފަހު ހުށަހެޅޭ މައްސަލަތައް ޓްރައިބިއުނަލަށް ބަލައެއް ނުގަނެވޭނެ ކަމަށް
ބަޔާންކޮށްފައިވާކަމެވެ.
(ށ) ދެވަނަ ކަމަކީ، މަދަނީ ކޯޓުން ބަލައިދިނުމަށް އެދި ޙަސަން އާދަމްގެ ފަރާތުން
އެކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ލިޔެކިޔުންތަކަށް ބަލާއިރު އެމައްސަލައަކީ، ޙަސަން އާދަމް އޭރު
އަދާކުރަމުން ދިޔަ ވަޒީފާއިން 8 އޮގަސްޓް 1988 ގައި އޭނާ ވަކިކުރުމުން އެމައްސަލަ ބަލައިދިނުން އެދި
13 ނޮވެމްބަރު 2008 ގައި މަދަނީ ކޯޓަށް ހުށަހެޅި މައްސަލައެއްކަން އެނގޭކަމާއި، އެމައްސަލަ
ހިނގާފައިވަނީ 1988 ގައި ކަމުގައިވީނަމަވެސް އެމައްސަލަ ޝަރީޢަތަށް ހުށަހެޅިފައިވަނީ ވަޒީފާއާބެހޭ
ޤާނޫނަށް ޢަމަލުކުރަން ފެށުނުފަހުންކަމާއި، އެމައްސަލަ މަދަނީ ކޯޓަށް ބަލައިނުގަތް ސަބަބަކީ އެމައްސަލަ
ހިނގިކަމަށް ޙަސަން އާދަމް ބުނާ ތާރީޚުން ފެށިގެން 20 (ވިހި) އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާތީކަމަށް
މުދަނީ ކޯޓުގެ އިސްވެދެންނެވިފައިވާ "ދަޢުވާ ފޯމުގެ ޖަވާބް ޕޯމުގައި ބަޔާންކޮށްފައިވާއިރު، ޝަރީޢަތަށް
މައްސަލަ ހުށަހެޅުމުގެ މުއްދަތުތައް ކަނޑައަޅާ އާންމު ޤާނޫނެއް (Limitation Act) ދިވެހިރާއްޖޭގައި
އަދި ހެދިފައިނުވާކަމާއި، އެހެންކަމުން މައްސަލަ އުފެދުނުފަހުން ގިނަދުވަސްތަކެއް ފާއިތުވެގޮސްފައިވުމަކީ
މައްސަލަ ބަލައި، ޢަދުލުވެރިކަމާއެކު ގޮތެއްކަނޑައެޅުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމެއްކަމަށް ވީނަމަވެސް،
މައްސަލަ ބަލައިގަނެވޭނެ ނުވަތަ ހުށަހެޅޭނެ މުއްދަތެއް ޤާނޫނަކުން ކަނޑަނާޅާހާ ހިނދަކު، އެފަދަ
މައްސަލައެއް ބެލުމުގެ އިޚްތިޞާސް ކޯޓަށް އޮތްނަމަ، ގިނަދުވަސްތަކެއް ވެފައިވާކަމަށްބުނެ މައްސަލަ
ބަލައިނުގަނެ ދޫކޮށްލުމަކީ، ޢަދުލުއިންސާފުގެ ހަމަތަކާއި އުސޫލުތަކާ ޚިލާފުކަމެއްކަމެވެ.
(ބ) ތިންވަނަ ކަމަކީ، ވަޒީފާއާއި ބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ ޓްރައިބިއުނަލް 29
2008 ގައި އުފެދިފައިވާއިރު، ޢަމަލީ ގޮތުން އެޓްރައިބިއުނަލްގައި މަސައްކަތް ފެށިފައިވަނީ،
ހިރާއްޖޭގެ ހައިކޯޓް، އާޢުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.liv
$4 25
ޤަޟިއްޔާ ނިމުނު
2009/HC-A/327
مي گ
ޕޮލިސީ
8
2009 އޭޕްރީލް 15 ވަނަ ދުވަހު ކަމަށްވެފައި، ވަޒީފާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުނު ތާރީޚާއި،
އެޤާނޫނުގެ ދަށުން ޓްރައިބިއުނަލެއް އުފެދި ޢަމަލީ ގޮތުން މަސައްކަތް ފެށުނު ތާރީޚާއި ދެމެދު އުފެދިފައިވާ
ވަޒީފާއާބެހޭ މައްސަލަތަކުގެ ތެރެއިން 3 މަސް ދުވަސް ފާއިތުވެފައިވާ މައްސަލަތަކުގެ ޚަޞްމުންނަށް
އިންޞާފު ލިބުމުގެ އަސާސީ ޙައްޤުން މަޙްރޫމްވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7
ވަނަ މާއްދާގައި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމަށް
ބަޔާންކޮށް، އެކަން ކަށަވަރު ކޮށްދީފައިވާތީ، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އުފެދުމުގެ ފަހުން މައްސަލަ
އުފެދި އަދި އެޓްރައިބިއުނަލުގެ މަސައްކަތް ޢަމަލީ ގޮތުން ފެށުމުގެ ކުރިން 3 މަސް ދުވަސް ފާއިތުވެފައިވާ
ވަޒީފާއާއި ބެހޭ މައްސަލަތަކާއި، އެޓްރައިބިއުނަލް އުފެދުމުގެ ކުރިން އުފެދިފައިވާ ވަޒީފާއާއި ބެހޭ
މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ޝަރުޢީ ކޯޓުތަކަށް ލިބިގެންވާކަމަށް ކަނޑައަޅައި، އެފަދަ މައްސަލައެއް
ކަމާބެހޭ ފަރާތަކުން ހުށަހަޅައިފިނަމަ އެމައްސަލައެއްގެ މައްޟޫޢާއިމެދު ގޮތެއް ކަނޑައެޅުމަށް، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 130/HC
-
A/2009 ޤަޟިއްޔާއިން އަންގާ ޙުކުމް ކޮށްފައިވާކަން
4424 4
هل929*
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ދަޢުލަތުގެ ޚާއްސަ އެހީއަށް
ބޭނުންވާ މީހުން ތިބޭ މަރުކަޒު" ގުރައިދޫގެ ސްޕަވައިޒަރ ކަމުގެ މަޤާމުގެ ވަޒީފާއިން ޙަސަން އާދަމް
ވަކިކޮށްފައިވާ މައްސަލަ ބަލައިދިނުން އެދި، މަދަނީ ކޯޓަށް 13 ނޮވެމްބަރު 2008 ގައި ޙަސަން އާދަމް
ހުށަހަޅާފައިވާ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލް އުފެދުމުގެ ކުރިން އުފެދިފައިވާ، އަދި ވަޒީފާއާބެހޭ
ޤާނޫނަށް ޢަމަލުކުރަން ފެށުމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލް އުފެދުމާދެމެދު މަދަނީ ކޯޓަށް ހުށަހެޅިފައިވާ
މައްސަލައެއްކަން އެނގޭތީއާއި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އުފެދުމުގެ ކުރިން ހިނގާފައިވާ ވަޒީފާއާ ބެހޭ
މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކީ މަދަނީ ކޯޓު (ސިވިލް ކޯޓު) ކަމާއި، އެފަދަ
މައްސަލައެއް ކަމާބެހޭ ފަރާތަކުން ހުށަހަޅައިފިނަމަ އެމައްސަލައެއްގެ މައްޟޫޢާއިމެދު މަދަނީ ކޯޓު (ސިވިލް
ކޯޓު) އިން ގޮތެއް ކަނޑައަޅަން ޖެހޭނެކަމަށް މިކޯޓުގެ ނަންބަރު 130/HC
-
A/2009 ޤަޟިއްޔާގައި
ކަނޑައަޅާފައިވުމާއެކު، އެމައްސަލައަކީ އެމައްސަލަ ކޯޓަށް ހުށަނާޅާ ގިނަ ދުވަސްތަކެއް ވެފައިވުމުގެ ސަބަބުން
މަދަނީ ކޯޓުން ބަލައިނުގަނެ ދޫކޮށްލެއްވޭނޭ މައްސަލައެއް ނޫންކަމަށް މިމައްސަލަބެލި ފަނޑިޔާރުންނަށް
ފެނުނުހިނދު، ޙަސަން އާދަމް މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމަވައި، މަދަނީ ކޯޓުން
15 ނޮވެމްބަރ 2008 ގެ ތާރީޚުގައި ޙަސަން އާދަމަށް ދެއްވާފައިވާ މަދަނީ ކޯޓުގެ "ދަޢުވާ ފޯމުގެ ޖަވާބް"
ގައި ބަޔާންކުރައްވާފައިވާ މަދަނީ ކޯޓުގެ ނިންމެވުމަކީ ބަދަލުގެންނަންޖެހޭ ނިންމެވުމެއްކަމަށް މިމައްސަލަ ބެލި
24 48 499
44 44 40 0 2
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިe
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2009HC-A/32]
ޙުކުމް
49
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ޕެންޝަން އެންޑް ސޯޝަލް ވެލްފެއަރ ޑިވިޝަން "ދައުލަތުގެ ޚާއްސަ އެހީއަށް ބޭނުންވާ
މީހުން ތިބޭ މަރުކަޒު ގުރައިދޫގެ ސްޕަވައިޒަރ ކަމުގެ މަޤާމުގެ ވަޒީފާއިން ޙަސަން އާދަމް
ވަކިކޮށްފައިވާ މައްސަލަ ބަލައިދިނުންއެދި މަދަނީ ކޯޓަށް 13 ނޮވެމްބަރ 2008 ގައި ޙަސަން އާދަމް
ހުށަހެޅުމުން، މަދަނީ ކޯޓުން އެމައްސަލަ ބަލައިގަނެ ހިންގިދާނެކަމަށް ނުފެންނަކަމަށް ނިންމަވާފައިވާ
ނިންމެވުމަކީ ބާޠިލް ނިންމެވުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، ޙަސަން އާދަމްގެ ފަރާތުން އެމައްސަލަ އަލުން ހުށަހަޅައިފިނަމަ އެމައްސަލައިގެ މައުޟޫޢާމެދު
ގޮތެއް ކަނޑައެޅުމަށް ސިވިލް ކޯޓަށް އަންގާ ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ.
ﷲ0
09
0301
ޢައްބާސް ޝަރީފް
ޔޫސުފް ޙުސައިން
ފަނޑިޔާރު)
ޢަބްދުއްރައޫފް އިބްރާހީމް
(ފަނޑިޔާރު)
(ފަނޑިޔާރު)
.ސް ޑި•
އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv