ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/242 ޤަޟިއްޔާގެ ޙުކުމް
1
2{12/HC-A/242
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ﷲ
ކޯޓު
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަސއްޔާ ނަންބަރ: 242/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް؟
މުޙައްމަދު
ކާޑު ނަންބަރު: A063029
*
e ·
* ނަން: ޢަލީ މުޙަ
ދާއިމީ : ގުލްޝަނީގެ / ތ. ކަނޑޫދޫ
* މިހާރުގެ އެޑްރެސް: މޭވާގަސްދޮށުގެ / ތ. ކަނޑޫދޫ
އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ * ދާއިމީ އެޑްރެސް:
* ރަޖިސްޓްރީ ނަންބަރު.
މިހާރުގެ އެޑްރެސް: -
• ރަޖިސްޓްރީ ތާރީޚް: 21 ރަމަޟާން 1433
09 އޯގަސްޓް 2012
ހިމުނު ތާރީޚް: 12 ޝައްވާލު 1434
19 އޯގަސްޓް 2013
0
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/102 މައްސަލަ
• ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
. ހުށަހެޅި ތާރީޚް: 30.05.2012
ތާރީޚް: 05.07.2012
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/242
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/102 މައްސަލަ، އެޓްރައިބިއުނަލުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ތ. ކަނޑޫދޫ / ގުލްޝަނީގެ ޢަލީ މުޙައްމަދުގެ
ފަރާތުން އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މާކްސް
l) އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/102
މައްސަލައިގައި ޢަލީ މުޙައްމަދު (A063029)، ގުލްޝަނީގެ | ތ. ކަނޑޫދޫ، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ
އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލައި، އެމަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ
ލިބިގެން އެމަޤާމަށް އޭނާ ހޮވި، ވަޒީފާގެ ކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ދާކަމަށް
އެނގިފައިވަނިކޮށް، ވަޒީފާއަށް ކުރި އިޢުލާން ބާޠިލުކޮށް އަލުން އެވަޒީފައަށް މީހުން ހޯދުމަށް އިޢުލާންކުރުމަށް
ނިންމާފައިވާކަމަށް ބުނެ ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ސިވިލް ސަރވިސް ކޮމިޝަނުން
އަންގާފައިވާތީ، އެނިންމުމަކީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ޢައްޔަންކުރުމުގެ މިންގަނޑުތަކާއި
އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ބުނެ، އެމައްސަލަ ބަލައިދިނުމަށް އެދި، 30 މެއި 2012 ގައި ޢަލީ
މުޙައްމަދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ "... ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި
ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ނަޒަރުކުރާއިރު، ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް
މުވައްޒަފުން ޢައްޔަނުކޮށް ވަކިކުރާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަނުކަން ޤާނޫނު ނަންބަރު 07/2010
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 130 ވަނަ މާއްދާއިން އެނގެން
އޮވެމެ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުން، މަޤާމަކަށް ކުރިމަތިލާ
ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށްވެސް މަޤާމު ހަމަޖެހޭނީ ސިވިލް ސަރވިސް
ކޮމިޝަނުން އެފަރާތަކަށް ވަޒީފާ ހަމަޖެއްސުމުންކަން އެނގެން އޮތަތީއާއި، ޢަލީ މުޙައްމަދު ކުރިމަތިލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2012/HC-A/242
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހަމަޖައްސާފައިވާކަން އެނގޭނެފަދަ ދަލީލެއް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައި ނުވާތީ، މައްސަލަ
ރައްދުވި ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއާއި މައްސަލަ ހުށަހެޅި ފަރާތާ ދެމެދު ވަޒީފާގެ ގުޅުން ވުޖޫދަށް
އައިސްފައިވާކަމަށް ބުރަވެވެން ނެތުމުން، ޢަލީ މުޙައްމަދު އެދުނު ފަދައިން، 2012 ވަނަ އަހަރުގެ އެޕްރީލް މަހުގެ
17 ވަނަ ދުވަހުން ފެށިގެން ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރގެ މަޤާމަށް އޭނާ
ހަމަޖެއްސުމަށް މައްސަލަ ރައްދުވި ފަރާތަށް އަންގާނެ ތަނެއް ނެތްކަމަށް، މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ
އިއްތިފާޤުން ކަނޑައަޅައި..." މައްސަލަ ނިންމަވާފައިވާކަން އެމައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން
2.22
2) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/102 މައްސަލަ، އެޓްރައިބިއުނަލުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ތ. ކަނޑޫދޫ / ގުލްޝަނީގެ ޢަލީ މުޙައްމަދުގެ
ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން 05 (ފަހެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/102 މައްސަލަ
ނިމުނު ގޮތުގައި ޢަލީ މުޙައްމަދު ހުށަހަޅާފައިވާ މައްސަލައާ ތަފާތު ގޮތަކަށް މާނަކޮށްފައިވާކަމާއި އަދި ޢަލީ
މުޙައްމަދު ހުށަހެޅި މައްސަލަ ސާބިތުކުރެވޭވަރުގެ ދަލީލު ހުށަހަޅާފައި ނުވާކަމަށް ބުނެފައިވަނީ ކަން އޮތްގޮތަށް
ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
OXOX
&
• ދެވަނަ ނުކުތާއަކީ، ޤާނޫނުތަކާއި ގަވާއިދުތަކުން ލިބިދޭ ބާރުތަކާއި އިޚްތިޔާރުތަކަކީ އުޞޫލެއް
ހަމައެއް ލަމައެއް ނެތި، އެކަމެއް ކުރަން އެމުއްސަސާއެއްގައި ތިބިބަޔަކަށް ފެނުނު ގޮތަކަށް ޢަމަލުކުރަން
ދެވިފައިވާ ބާރުތަކަކާއި އިޚްތިޔާރުތަކެއްކަމަށް ދޭހަވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/102 މައްސަލަ ނިންމުމުގައި ބުނެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށާއި އަދި
މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި 43 ވަނަ މާއްދާގެ (ހ) އާއި އަދި
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަދި އެހެނިހެން އިދާރީ ޤާނޫނުތަކާއި ގަވާއިދުތަކާއި
އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރުމަށް ހުއްދަދެވޭ ނިންމުމެއްކަމުގައި ފާހަގަކުރާކަމަށް ބުނެ ހުށަހެޅި ނުކުތް. އެކޮއްކޮގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
+
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/242
• ތިންވަނަ ނުކުތާއަކީ ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 387
/
2012
/
10/P-188
ސިޓީ އާއި ނަންބަރު 387
/
2012
/
11/P-188 ސިޓީއަށް ބަލާއިރު އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަށް
ވަޒީފާ ހަމަޖެއްސުމަށްޓަކައި "ވަޒީފާ ބަދަލުކުރުމަށް ދަންނަވާ ޗިޓް" ހެދުމަށްފަހު ސިވިލް ސަރވިސް ކޮމިޝަނަށް
ފޮނުވުމަށް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް އަންގައި އަމުރުކޮށްފައިވާކަމާއި އަދި މިއަމުރަށް
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އެޒިންމާ އަދާކުރަންޖެހޭ ފަރާތުން ޒިންމާ އަދާކޮށްފައިނުވަނީ
ކަމާއި އަދި އެކަމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އަދި ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާގެ
ފަރާތުންވެސް ފިޔަވަޅު އެޅިފައި ނުވާކަމާއި އަދި ޢަލީ މުޙައްމަދު ހޮވިފައިވާ ވަޒީފާ ޢަލީ މުޙައްމަދަށް ނުދިނުމަށް
އެއްވެސް ފަރާތަކަށް ދެއްކޭނެ ބަހަނާއެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ
0x3
ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ
ޚިލާފަށް އިދާރީ ގޮތުން ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ކަމެއް ނުކޮށް ދިވެހި ސިވިލް
ސަރވިސްގެ ގަވާއިދު 2010 ގެ 87 ވަނަ މާއްދާގެ (ހ) އާއި 107 ވަނަ މާއްދާގެ (ށ) ގައި މަޤާމަކަށް
ކުރިމަތިލައި އެންމެ ގިނަ ޕޮއިންޓް ލިބިގެން ވަޒީފާއަށް ހޮވޭ ފަރާތަށް ވަޒީފާ ހަމަޖެއްސުމަށް ވަޒީފާ ބަދަލުކުރުމަށް
ދަންނަވާ ޗިޓް' ހަދާފައި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައި ނުވުމުގެ ސަބަބުން ޢަލީ މުޙައްމަދަށް ވަޒީފާ
ލިބުމުގެ ޙައްޤު ގެއްލިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) ގައި
"އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ޢަދުލު
އިންޞާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ކަންކުރެވުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެއް.."
ކަމަށް ބުނެފައިވާ ބުނުމާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހ4 2
2
2 ބ 2
10ނނ
• ފަސްވަނަ ނުކުތާއަކީ، ކައުންސިލްތަކުގައި ތިބޭ ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ
ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ މުވައްޒަފުންކަމުގައި ވީނަމަވެސް އެއީ ސިވިލް ސަރވިސް ކޮމިޝަންގެ
މުވައްޒަފުން ނޫންކަމާއި އެއީ ކައުންސިލްގެ މުވައްޒަފުންކަން އެނގޭކަމާއި، އެމީހުންނަށް ވަޒީފާ ދޭ ފަރާތް ނުވަތަ
"އެމްޕްލޯޔަރ' އަކީ ކައުންސިލްކަން އެނގޭކަމާއި މިގޮތުން ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާގެ
ޑިރެކްޓަރެއްގެ ވަޒީފާއަށް އިޢުލާންކުރީ ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއިން ކަމުގައިވާއިރު، އެއިދާރާގެ
އެވަޒީފާއަށް ޢަލީ މުޙައްމަދު ކުރިމަތިލައި އެމަޤާމަށް ހޮވިފައިވަނިކޮށް، އެވަޒީފާއަށް ކޮޅުމަޑުލު ކަނޑޫދޫ
ކައުންސިލްގެ އިދާރާއިން ކުރި އިޢުލާން އެކަށީގެންވާ ސަބަބެއް ނެތި ބާޠިލުކޮށް އެމަޤާމަށް މީހުން
ޢަޢީކްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2{12/HC-A/242
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ މެދުވެރިކޮށް އިޢުލާންކުރުމުގެ ބާރެއް، ޙައްޤައް އަދި ހައިސިއްޔަތެއް
ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެން ނުވާއިރު، އެގޮތަށް ޢަމަލުކޮށްފައިވަނީ ކީއްވެގެންކަންވެސް ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/102 މައްސަލައިގެ މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
4 3 2 0
بریکر کی
(ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ރަށު ކައުންސިލްތަކަށް އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމާއި
އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ބާރު ލިބިފައިވީނަމަވެސް،
ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ޤާނޫނު) ގެ 130 ވާނަ މާއްދާގައި ރަށު ކައުންސިލްގެ މަސްއޫލިއްޔަތު އަދާކުރުމަށް އުފައްދާ އިދާރާތަކުގެ
މަޤާމުތައް ކަނޑައަޅައި އެމަޤާމުތަކަށް މުވައްޒަފުން ޢައްޔަންކޮށް ވަކިކުރާނީ ކައުންސިލްތަކުގެ މަޝްވަރާއާއެކު
ސިވިލް ސަރވިސް ކޮމިޝަނުންކަމާއި އަދި މިފަދަ މުވައްޒަފުންގެ މައްޗަށް ހިނގާނީ ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް ކަމުގައި ބަޔާންކުރެވިފައިވާއިރު، ދިވެހި ސިވިލް ސަރވިސްގެ
ގަވާއިދުގައި ސިވިލް ސަރވިސްގެ މުވައްޒަފުން
ވަކިކުރާނެ
ތަފްޞީލް
ކަނޑައަޅާފައިވާކަމާއި،
އެގޮތުން، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 107 ވަނަ މާއްދާގައި އިންޓަރވިއު ނިމުމުން
"ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" ފުރިހަމަކޮށް، އެންމެ ގިނައިން ޕޮއިންޓް
ހޯދައި ވަޒީފާއަށް އެންމެ ޤާބިލްކަމަށް ހޮވުނު މީހާއަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ކޮމިޝަނަށް
ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައި
ފެކަމުން، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް މީހަކު
ހަމަޖެއްސުމަކީ ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
ﷲތ ﷲ 0
xތ
ގޮތްތަކުގެ
ފައިވާކަމާއި،
އދނެވެ
ﷲތ 02
0x
ހައިކޯ
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{012/HC-A/242
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ouc
ހިންގުމުގެ ޤާނޫނު) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރެއްކަން އެނގެން
އޮންނަކަމާއި،
ކަންމިހެން އޮތުމާއެކު، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ސިވިލް
ސަރވިސް ކޮމިޝަނުން ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް އިޢުލާންކޮށް،
އެމަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށްފައިވާކަމާއި،
މިމަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އަށް ބެލިއިރު، އެންމެ މަތިން
ޕޮއިންޓް ހޯދާފައިވަނީ ތ. ކަނޑޫދޫ / ގުލްޝަނީގެ ޢަލީ މުޙައްމަދުކަން އެނގެން އޮންނަކަމާއި، އަދި
މިއިންޓަރވިއުއިން އެންމެ މަތިން ޕޮއިންޓް ލިބިގެން އެއްވަނައަށް ގޮސްފައިވާ ފަރާތަށް ވަޒީފާ
ހަމަޖެއްސުމަށްޓަކައި ވަޒީފާ ބަދަލުކުރުމަށް އެދި ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއިން އެކޮމިޝަނަށް
ހުށަހެޅުމަށް އެކޮމިޝަންގެ ނަންބަރު 387
/
2012
/
10/P-188 (17 އޭޕްރިލް 2012) ސިޓީން އަންގާފައިވާކަން
އެނގެން އޮންނަކަމާއި، އަދި 15 މެއި 2012 ގައި އެކޮމިޝަނުން ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް
ފޮނުވި ނަންބަރު 387
/
2012
/
11/P-188 ސިޓީގައިވެސް އެއިދާރާގެ ޒިންމާދާރު ވެރިޔާ ނުވަތަ ޒިންމާދާރު
ވެރިޔާގެ މަސްއޫލިއްޔަތުތަކާއި ވަގުތީ ގޮތުން ޙަވާލުވެހުރި ފަރާތް މެދުވެރިކޮށް 16 މެއި 2012 ވަނަ ދުވަހުގެ
15:00 ގެ ކުރިން އެއިދާރާގެ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ގޮސްފައިވާ
ފަރާތަށް ވަޒީފާ ހަމަޖައްސައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް އަންގާފައިވާކަން އެނގެން
އޮންނަކަމާއި، އެހެންނަމަވެސް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއިން ފުރިހަމަކުރަންޖެހޭ އިޖުރާޢަތު
ފުރިހަމަކުރެވިފައި ނުވާކަމާއި، އަދި ޑިރެކްޓަރުކަމުގެ ވަޒީފާއަށް މީހަކު ހަމަޖެއްސުމަށް އެންމެ ގިނައިން ޕޮއިންޓް
ލިބިފައިވާ ފަރާތުގެ ވަޒީފާ ބަދަލުކުރުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް އެއިދާރާގެ ޒިންމާދާރު
ވެރިޔާއަށާއި އަދި ޒިންމާދާރު ވެރިޔާ ޗުއްޓީ ނެގުމުން، ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާއި ޙަވާލުވެހުރި
ފަރާތަށް ތަކުރާރުކޮށް އެއިދާރާއިން އެންގުމުންވެސް، ދެފަރާތުންވެސް އެކަމަށް އިޖާބަ ދީފައި ނުވާކަން އެއިދާރާގެ
ނަންބަރު 188/2012/60(B)387 ސިޓީންނާއި ނަންބަރު 188/2012/66(B)387 ސިޓީއިން އެނގެން
އޮންނަކަމާއި،
ޑިރެކްޓަރުކަމުގެ ވަޒީފާއަށް ކުރެވުނު އިސްވެ އިޝާރާތްކުރެވުނު އިޢުލާނާއި ގުޅިގެން،
ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކާއި ގުޅިގެން، އެއިޢުލާން ބާޠިލުކޮށް ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
މެދުވެރިކޮށް އަލުން އިޢުލާންކުރުމަށް އެކޮމިޝަނުން ނިންމާފައިވާކަން ސިވިލް ސަރވިސް ކޮމިޝަންގެ ރަނިކާއިން
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/242
387
/
2012
/
12/P-188 ސިޓީން ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާކަން އެނގެން
އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ޢަލީ މުޙައްމަދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/102 މައްސަލަ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ފުރަތަމަ ނުކުތާގައި، ޢަލީ މުޙައްމަދު
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކީ ޢަލީ މުޙައްމަދަށް ޙައްޤުވާ މަޤާމަށް ޢަލީ މުޙައްމަދު
ހޮވިފައިވުމުންވެސް ޤާނޫނާއި ގަވާއިދާއި އަދި ހަމަޖެހިފައިވާ އުޞޫލުތަކާ ޚިލާފަށް ވަޒީފާ ހަމަޖައްސައިނުދީގެން
ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، އަދި އެމަޤާމަށް ޢަލީ މުޙައްމަދަށް އެންމެ މަތިން ޕޮއިންޓް ލިބި،
ހޮވިފައިވާކަމުގެ ދަލީލު ހުށަހެޅުމުންވެސް، މިއިން ކަމަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާފައި ނުވާކަމަށް
ޢަލީ މުޙައްމަދުގެ ފަރާތުން ބުނެފައިވީނަމަވެސް،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/102 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ
1.6 ވަނަ ނުކުތާގައި ވަޒީފާއާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާއަށާއި 28 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި،
ވަޒީފާއަކަށް އަލަށް މުވައްޒަފަކު ޢައްޔަންކުރެވޭ މަރުޙަލާގައިވެސް 3 މަސްދުވަހުގެ ޕްރޮބޭޝަނެއް ވަޒީފާ ދޭ
ފަރާތަށް ޤާނޫނުން ހުއްދަކުރާކަމަށް ބަޔާންކުރައްވައި، އަދި އެމުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތްނަމަވެސް
މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަކުރާކަން ފާހަގަކުރައްވައި، އެފަދަ ޙާލަތެއްގައިވެސް މައްސަލަ
ބަލައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަޒީފާއާބެހޭ ޤާނޫނުން ލިބިދީފައި ނުވާކަން ފާހަގަކުރައްވައި، އަދި
އެމާއްދާގެ ރޫޙަކީ ވަޒީފާދޭ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުންކަމުގައި ވީހިނދު، ވަޒީފާއަށް ޢައްޔަންކުރުމުގެ
މަރުޙަލާ ކުރިއަށް ގެންދެވޭއިރު، ވަޒީފާގެ ޙައްޤު ވުޖޫދަށް އައިސްފައިނުވަނީސް، އެފަދަ މައްސަލައެއް ބަލައި، ވަކި
މީހަކަށް ވަޒީފާ ދިނުމަށް ވަޒީފާ ދޭ ފަރާތަށް އަންގައި، ލާޒިމުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ އިމުގެ ބޭރުން
ކުރެވޭނެ ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވޭކަމާއި،
ޢަލީ މުޙައްމަދު ހުށަހަޅާފައި އޮތް މައްސަލައިގައި، ޢަލީ މުޙައްމަދަށް އެންމެ މަތިން ޕޮއިންޓް
ލިބިފައިވީނަމަވެސް، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 107 ވަނަ މާއްދާގައި އިންޓަރވިއު ނިމުމުން
"ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" ފުރިހަމަކޮށް، އެންމެ ގިނައިން ޕޮއިންޓް
ހޯދައި ވަޒީފާއަށް އެންމެ ޤާބިލްކަމަށް ހޮވުނު މީހާއަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ކޮމިޝަނަށް ހުށަހަޅައި
އެއަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަކުރެވިފައި ނުވާކަން ފާހަގަކުރެވޭކަމާއި،
ހ2 0
2 ކތ ދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2012/HC-A/242
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މ 24
2
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/102 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓުގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން، އިންޓަރވިއުއަށްފަހު އެންމެ މަތިން ވަކި ފަރާތަކަށް ޕޮއިންޓް
ލިބިފައި އޮތް އޮތުމަކީ، އެފަރާތަކަށް އޮޓޮމެޓިކުން ވަޒީފާ ހަމަޖެހުނީކަމަށް ބަލަންޖެހޭ ޤާނޫނީ ސަބަބެއް
ނޫންކަމާއި،
އެހެންކަމުން، އެކަމުގެ މައްޗަށް ބިނާކުރައްވައި ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއިން
ފުރިހަމަކުރަންޖެހޭ އިޖުރާޢަތެއް ފުރިހަމަ ނުކުރެވުމުގެ ސަބަބުން، ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ޢަލީ
މުޙައްމަދަށް ވަޒީފާ ހަމަޖައްސައިދޭން އަންގަވާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ
އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމާއި،
އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކުރައްވާފައިވާ ފަދައިން، ހުށަހެޅިފައިމިވާ މައްސަލައިގައި
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއިން ޢަލީ މުޙައްމަދަށް ވަޒީފާ ހަމަޖައްސައިދިނުމަށްޓަކައި
ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަ ނުކުރެވިފައިވަނީ އެތަނުގައި ވަޒީފާ އަދާކުރާ ބައެއް އެހެން
މުވައްޒަފުންގެ ސަބަބުންކަމުގައި ވީހިނދު، އަދި އެމުވައްޒަފުން ޢަމަލުކޮށްފައިވަނީ ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމަށް
ވަނީނަމަ، އެކަންކަމަށް އެމުވައްޒަފުން ޒިންމާކުރުވުމަކީ އެމުވައްޒަފުންނަށް ވަޒީފާ ދިން ފަރާތުގެ ޒިންމާއެއްކަމަށް
ބަޔާންކުރައްވާފައި އޮތީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް މިމައްސަލަ ބެލި ހުރިހާ
ފަނޑިޔާރުންނަށްވެސް ފެނުނުކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޢަލީ މުޙައްމަދުއަށް ވަޒީފާ ހަމަޖައްސައި ނުދިނުމަށްޓަކައި ސިވިލް
ސަރވިސް ކޮމިޝަނުން ޢަމަލުކޮށްފައިވަނީ އެއްވެސް ހަމައެއް ލަމައެއް ނެތިކަމަށް ޢަލީ މުޙައްމަދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު،
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 08/2012 (B) 387 (23 ޖެނުއަރީ
2012) އިޢުލާނުން އެއިދާރާގެ ޑިރެކްޓަރުގެ މަޤާމުގެ ވަޒީފާގެ ފުރުޞަތު ހުޅުވާލެވި، އެކަމަށް ކުރިމަތިލީ
ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް ވަޒީފާ ހަމަޖައްސައިދިނުމަށް އެދި
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއިން އެތައް ސިޓީތަކެއް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުނުކަން
ފާހަގަކުރެވޭކަމާއި، އަދި އެސިޓީތަކުގައި، އެޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް އެކަން ކުރުމަށް ތަކުރާރުކޮށް
މުންވެސް އެކަންކޮށްފައި ނުވާކަމަށް އެކައުންސިލުން ސިވިލް ސަރވިސް ކޮމިޝަނަށް އަންގާ
އެންގުމުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2{12/HC-A/242
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފާހަގަކުރެވޭކަމާއި، އަދި އެސިޓީތަކާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުންވެސް ފުރިހަމަކުރަންޖެހޭ އިޖުރާޢަތު
ފުރިހަމަކުރުމުން ވަޒީފާ ހަމަޖައްސައިދެވޭނެކަމަށް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާކަން
ފާހަގަކުރެވޭކަމާއި،
އެހެންނަމަވެސް 22 މެއި 2012 ގައި ސިވިލް ސަރވިސް ކޮމިޝަނުން ކޮޅުމަޑުލު ކަނޑޫދޫ
ކައުންސިލްގެ އިދާރާއަށް ފޮނުވި އެކޮމިޝަންގެ ނަންބަރު 387
/
2012
/
12/P-188 ސިޓީން ކޮޅުމަޑުލު ކަނޑޫދޫ
ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޮވުމަށް ކުރެވުނު އިޢުލާނާ ގުޅިގެން، އެކޮމިޝަނަށް
ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން، އެމައްސަލަތައް އެކޮމިޝަނުން ބެލުމަށްފަހު، އެމަޤާމަށް ކުރެވިފައިވާ އިޢުލާން
ބާޠިލުކޮށް، އަލުން އިޢުލާންކުރުމަށް އެކޮމިޝަނުން ނިންމާފައިވާކަން ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް
އަންގާފައިވާކަމާއި، އަދި އެއިދާރާއަށް ޑިރެކްޓަރަކު ހޯދުމަށް އިޢުލާންކުރުމުގެ މަސައްކަތް ކޮޅުމަޑުލު އަތޮޅު
ކައުންސިލްގެ އިދާރާ މެދުވެރިކޮށް ކުރިއަށް ގެންދާނެކަމަށް އެއިދާރާއަށް އަންގާފައިވާކަމާއި، އަދި މިހެން
ކަނޑައަޅަންޖެހުނު ސަބަބަކީ، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުކަމަށް ކުރިމަތިލީ ތިން
ކެންޑިޑޭޓުންގެ ތެރެއިން، އެއް ކެންޑިޑޭޓެއްގެ އިންޓަރވިއު ކުރިއަށް ގެންދިޔަ ގަޑީގައި ޕެނެލިސްޓަކު އިންޓަރވިއު
ޕެނެލް ދޫކޮށް ދިއުމުގެ ސަބަބުން އެކެންޑިޑޭޓް ކުރި ޝަކުވާތަކަށް ބެލުމަށްފަހުކަމުގައާއި، އަދި އިންޓަރވިއު
ޕެނެލް އެކުލަވާލާއިރު ސިވިލް ސަރވިސްގެ އެހެން އޮފީސްތަކުގެ މުވައްޒަފުންވެސް އެޕެނެލްގައި ހިމަނާކަމަށް
ބަޔާންކޮށް އެކޮމިޝަނުން ޢަލީ މުޙައްމަދަށް 10 ޖޫން 2012 ގައި ފޮނުވި އެކޮމިޝަންގެ ނަންބަރު
2012
/
435-L މައްސަލަ ހުށަހަޅާ ފޯމުގެ ޖަވާބު އިން އެނގެން އޮތުމުން، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ
އިދާރާގެ ޑިރެކްޓަރުގެ މަޤާމް ސިވިލް ސަރވިސް ކޮމިޝަނުން އަލުން އިޢުލާންކުރުމަށް ނިންމީ ކޮޅުމަޑުލު
ކަނޑޫދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 08/2012 (B) 387 އިޢުލާނާ ގުޅިގެން ކޮޅުމަޑުލު ކަނޑޫދޫ
ކައުންސިލްގެ އިދާރާގައި އިންޓަރވިއު ކުރިއަށް ގެންދިއުމުގައި ކަން ހިނގާފައިވަނީ ރަނގަޅަށް ނޫންކަމަށް
އެކޮމިޝަނަށް ފެންނާތީކަން އެސިޓީން އެނގެން އޮންނަކަމެވެ.
OLC
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/102 މައްސަލައިގެ ނިންމެވުމަށް ބަދަލު ގެންނަން
ނަންޖެހޭ ތަނެއް އޮތްކަމަށް ރާއްޖޭގެ
ހައިކޯޓުގައި މިމައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2012/HC-A/242
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/102 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ތ. ކަނޑޫދޫ / ގުލްޝަނީގެ ޢަލީ
މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެމައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް
ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެނިންމެވުމަށް ތާއީދުކޮށް، ޙުކުމްކޮށް ފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;