ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/99 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/99
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 99/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަބްދުﷲ ޙަމީދު
އައި :
ޑ ކާޑު ނަންބަރު: A010116
* ދާއިމީ އެޑްރެސް: މ. މުލި މާލެ
މިހާރުގެ އެޑްރެސް: 42/0104 ހުޅުމާލެ ފްލެޓް
އިސްތިއުނާފު ރައްދުވި ފަރާތްތައް: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
މިހާރުގެ އެޑްރެސް:12 ބޮޑުތަކުރުފާނު މަގު މާލެ
ދާއިމީ އެޑްރެސް: 12 ބޮޑުތަކުރުފާނު މަގު/ މާލެ
ރަޖިސްޓްރީ ނަންބަރު: 245
/
2001-C
• ހުށަހެޅުނު ތާރީޚް: 06 އޭޕްރީލް 2014
ނިމުނު ތާރީޚް: 28 ޖެނުއަރީ 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/88
ނިންމެވި ކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހެޅުނުތާރީޚް: 10-01-2011
، ނިމުނު ތާރީޚް: 24-12-2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފް ޙުސައިން
z
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/99
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/88 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މ. މުލި| މާލެ، ޢަބްދުﷲ ޙަމީދުގެ ފަރާތުން އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑް އެވެ.
0
ޟިއްޔާއަކީ،
2
ފާހަގަކުރެވުނު ނުކުތާތައް:
ol- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/88 ޤަޟިއް · މުލި! މާލެ، ޢަބްދު
ޙަމީދު (ދ.ރ.ކާޑު: A010116) އާއި، ދަފްތަރު ނަންބަރު 6605 އިސްމާޢީލް ޝަފީޤު (ދ.ރ.ކާޑު:
A008775) އާއި ދެމީހުން ޔަޤީންކަން ދީގެން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑް އާއި (މީގެ ފަހުން "އެމް.އެފް.އެލް.ސީ" ކަމަށް ބުނެފައިވާ ފަރާތާއި) ކިޝިނެފް| މާލެ، ޙުސައިން
ޝާމިން (ދ.ރ.ކާޑު: A072222) އާއި ދެމެދު 20 ޖޫން 2007 ގައި ނަންބަރު: 07060501 ފައިނޭންސް
ލީޒް އެގްރީމެންޓެއް ކުރެވި، މިއެގްރީމަންޓްގެ ދަށުން ރަޖިސްޓްރީ ނަންބަރު: C5622A
-
03 10T 'މަންފާ
އެވެ ކިޔާ އުޅަނދު އެމް.އެފް.އެލް.ސީ އިން ފައިސާ ދެއްކުމަށްފަހު ޙުސައިން ޝާމިންއަށް
ލީސްކޮށްދެވިފައިވާއިރު، ހަމަ މިމުޢާމަލާތާ ގުޅިގެން 31 ޖެނުއަރީ 2009 ގައި ކުރެވުނު ރީސްޓޭޓަޑް
ފައިނޭންސް ލީސް އެގްރީމަންޓްގެ ދަށުން، ޙުސައިން ޝާމިން ނުދައްކާވާ ކުލީގެ ފައިސާއާއި، ޤަވާޢިދުން
ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ އާއި، ޙުސައިން ޝާމިން ފައިނޭންސް ލީސް
އެގްރީމަންޓާ ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުޑޭޓަޑް ޑެމޭޖަސްއާއި، ޤާނޫނީ ވަކީލުގެ ފީއާއި،
ކޯޓުފީއާއެކު ދައްކަންޖެހޭ ޖުމްލަ 2,528,761
/
13 (ދެމިލިއަން ފަސްލައްކަ އަށާވީސްހާސް ހަތްސަތޭކަ
ފަސްކޮޅަސްއެއްރުފިޔާ ތޭރަލާރި) އެމް.އެފް.އެފް.ސީ އަށް ދެއްކުމަށް ޙުސައިން ޝާމީން އާއި، މިމުޢާމަލާތަށް
ޔަޤީންކަންދިން ޢަބްދުﷲ ޙަމީދު އާއި، އިސްމާޢީލު ޝަފީޤް އަށް ޝަރީޢަތުން އަންގައިދިނުމަށް އެދި
އެމް.އެފް.އެލް. އިން ދަޢުވާކުރުމުން ބައްލަވާފައިވާ މައްސަލައެއް ކަމާއި؛
COXO
#
ދިވެހިރާއް
، ހައިކޯޓް
k
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/99
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މީގެ ފަހުން "އެމް.އެފް.އެލް.ސީ" ކަމަށް ބުނެފައިވާ ފަރާތުން) މ. ކިޝިނެފް
މާލެ، ޙުސައިން ޝާމީން (ދ.ރ.ކާޑު: A072222) އާއި މުލި| މާލެ، ޢަބްދުﷲ ޙަމީދު (ދ.ރ.ކާޑު:
A010116) އާއި، ދަފްތަރު ނަންބަރު 6605 އިސްމާޢީލް ޝަފީޤު (ދ.ރ.ކާޑު: A008775) ގެ މައްޗަށް
ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން ބެލިއިރު،
އެމް.އެފް.އެލް.ސީ އާއި ޙުސައިން ޝާމީންއާއި ދެމެދު 20 ޖޫން 2007 ގައި ނަންބަރު:
07060501 ފައިނޭންސް ލީޒް އެގްރީމެންޓެއް ކުރެވި، މިއެގްރީމަންޓްގެ ދަށުން ރަޖިސްޓްރީ ނަންބަރު:
C5622A
-
03 10T 'މަންފާ' އެވެ ކިޔާ އުޅަނދު އެމް.އެފް.އެލް.ސީ އިން ފައިސާ ދެއްކުމަށްފަހު ޙުސައިން
ޝާމިންއަށް ލަސްކޮށްދެވުނުކަމާއި، އެއްބަސްވުމުގައި ޙުސައިން ޝާމީން ވަކި އިލްތިޒާމްތަކެއް އުފުލުމަށް
އެއްބަސްވެފައިވާކަމާއި، ގެރެންޓަރުންގެ އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ޙަމީދުއާއި އިސްމާޢީލު ޝަފީޤުއާއި
ދެމީހުން މިދަޢުވާގައި ބުނެފައި މިވާ މުޢާމަލާތަށް ޔަޤީންކަން ދީފައިވާކަމާއި، ޙުސައިން ޝާމިންގެ އެދުމުގެ
މަތީން ދަޢުވާގައި ބުނެފައިވާ އެއްބަސްވުން ރީސްޓޭޓް ކުރެވިފައިވާ ކަމާއި، ރީ-ސްޓޭޓް ކުރުމުގެ ސަބަބުން
މަސްއޫލިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމާއި،
މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެ މަތިން ދައްކާފައިނުވާކަން
ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާކަމާއި، ލީސް އެގްރީމަންޓާއި އެއްގޮތްވާގޮތުގެ މަތިން ދައްކަންޖެހޭ ފައިސާ
ދައްކާފައިނުވުމުގެ ސަބަބުން ލީސް ކުރި ކުރުން ބާޠިލުކޮށް 10 އޮކްޓޯބަރ 2009 ގައި ޙުސައިން ޝާމީން
އަށް އަންގާފައިވާކަމާއި،
ލިކުއިޑޭޓެޑް ޑެމޭޖަސް ދެއްކުމަށް ލީސް އެއްބަސްވުމުގެ 17.2 އަދި 17.3 ގައި ލެސީ
އެއްބަސްވެފައިވުމާއި، ޤަވާޢިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ދެއްކުމަށް ލީސް
އެއްބަސްވުމުގެ 17.2 ގެ (iii) ގެ (a) ގައި ލެސީ އެއްބަސްވެފައިވުމާއި، ވަކީލުގެ ފީ ދެއްކުމަށް ލީސް
އެއްބަސްވުމުގެ 17.4 ގައި ލެސީ އެއްބަސްވެފައިވާކަމާއި،
ދަޢުވާގައި ބުނެފައިވާ އުޅަނދު ދަޢުވާލިބޭ ފަރާތްތަކަށް ނޭގި އެމް.އެފް.އެލް.ސީ އިން ވިއްކާލި
ކަމަށް ދަޢުވާލިބޭ ފަރާތްތަކުން ބުނެފައިވާއިރު، އެއްބަސްވުމުގެ 17.2 ގެ (ހ) ގެ ދަށުން އެމް.އެފް.އެލް.ސީ
6
2 ހ2 2
4
مسرح مسر
ޒ 2
2x 2 2xޑ
UCO
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/99
2
Oc Oc Oc
ހއ
އަށް
އިން ޙުސައިން ޝާމީންއަށް އަންގަން ނުޖެހުނަސް، އުޅަނދު ގަތުމަށް ހުށަހެޅުމެއް އެމް.އެފް.އެން.ސީ އަށް
ލިބިފައިވާ ކަމަށާއި، ޙުސައިން ޝާމިން އެއަގަށް އުޅަނދު ގަންނަން ބޭނުންވާނަމަ އެކަން 07 (ހަތެއް)
ދުވަހުގެ ތެރޭގައި އެމް.އެފް.އެން.ސީ އަށް އެންގުމަށް އެދި ޙުސައިން ޝާމިން ދީފައިވާ އެޑްރެހަށް
ރެޖިސްޓަރޑް ޕޯސްޓުން 15 މެއި 2012 ގައި ސިޓީ ފޮނުވާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން
އެނގެންއޮތުމާއި، ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް ދަޢުވާގައި ބުނެފައިވާ އުޅަނދު އެމް.އެފް.އެލް.ސީ
އިން -/250,000 (ދެލައްކަ ފަންސާސްހާސް ރުފިޔާ) އަށް ވިއްކާލާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން
އެނގެންއޮތުމުން،
އެމް.އެފް.އެލް.ސީ
ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހޭ ޖުމްލަ ޢަދަދު ކަމުގައިވާ
2,528,761
/
13 (ދެމިލިއަން ފަސްލައްކަ އަށާވީސްހާސް ހަތްސަތޭކަ ފަސްކޮޅަސްއެއްރުފިޔާ ތޭރަލާރި) އިން
އުޅަނދު ވިއްކާލައިގެން ލިބުނު ފައިސާ ކެނޑުމުން ބާކީ އޮތް 2,278,761
/
13 (ދެމިލިއަން ދެލައްކަ
ހަތްދިހައަށްހާސް ހަތްސަތޭކަ ފަސްކޮޅަސްއެއްރުފިޔާ ތޭރަލާރި) އަކީ ދަޢުވާލިބޭ ޙުސައިން ޝާމިންއާއި ޢަބްދު
ޙަމީދުއާއި އިސްމާޢީލް ޝަފީޤު އެމް.އެފް.އެން.ސީ އަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، މިބުނެވިދިޔަ
ފައިސާ އެމް.އެފް.އެން.ސީ އަށް ލިބިދިނުމަށްޓަކައި، މިއަދުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި
ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭވަރަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކައި ނިންމުމަށް ދަޢުވާލިބޭ
ޙުސައިން ޝާމިންއާއި ޢަބްދުﷲ ޙަމީދުއާއި އިސްމާޢީލް ޝަފީޤު އަށް އަންގައި، ޙުސައިން ޝާމިންއާއި،
އިސްމާޢީލު ޝަފީޤުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ. މިފަދައިން ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
CCCX Od
02- އިސްވެ
ހދު 3
4
2
3
ބަޔާންކުރޭ
ކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/88
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާ
ޚިލާފަށް ކަމަށްބުނެ ޢަބްދުﷲ ޙަމީދުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 02 (ދޭއް) ނުކުތާއެއް
ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/99
0
ފުރަތަމަ ނުކުތާއަކީ: ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުން 31 ޖެނުއަރީ 2009
ގައި ރީ-ސްޓޭޓް ކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ރުހުމަކާނުލައި އަދި އެފަރާތަށް އެންގުމަކާނުލައި
ކަމުގައި ކަމަށްވީހިނދު، އަދި މިފަދައިން ޢަމަލުކުރުމަކީ 20 ޖޫން 2007 ގައި ސޮއިކުރެވިފައިވާ
އެއްބަސްވުން އުފަންކުރުވާ އިލްތިޒާމްތައް ބަދަލުވެ އެކަންތައްތައް އަލުން ރޭވިގެންދާނޭ ކަމަކަށް ވީހިނދުވެސް
އެކަމަކީ 'އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަން ލިބޭނެ ކަމެއް ނޫންކަމުގައި، ދިވެހިރާއްޖޭގެ ސިވިލްކޯޓުން
ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: 20 ޖޫން 2007 ގައި އެމް.އެފް.އެލް.ސީ އާއި ޙުސައިން ޝާމިންއާ ދެމެދު
ސޮއިކުރެވިފައިވާ އެއްބަސްވުމާ ('ލީސް އެއްބަސްވުން! ޙުސައިން ޝާމިން ޚިލާފުވެ ފައިސާ ދައްކާފައިނުވާ
ކަމަށްޓަކައި އެ މުޢާމަލާތުގައި ރަހުނުކޮށްފައިވާ އުޅަނދު އެމް.އެފް.އެލް.ސީގެ ފަރާތުން އިސްތިއުނާފުކުރާ
ފަރާތަށް ނޭނގި އަދި ދަށުކޯޓު މަރުހަލާ ހިނގަމުންދަނިކޮށް ނުއަގުގައި ވިއްކާލާފައިވީ ހިނދު، އަދި އެ
އުޅަނދު ވިއްކާލެވޭ އަގުގެ މިންވަރަކީ އެމުޢާމަލާތުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ
ފައިސާއަށް ޒިންމާވާންޖެހޭ މިންވަރު ކުޑަ(މަދުޤައިދުކުރާނެ ކަމަކަށްވީ ހިނދު، އެ މުޢާމަލާތުގައި
ރަހުނުކޮށްފައިވާ އުޅަނދު ވިއްކާލުމުގައި އެމް.އެފް.އެފް.ސީގެ ފަރާތުން ނުޙައްޤުން ޢަމަލުކޮށްފައި ނުވާކަ
ދިވެހިރާއްޖޭގެ ސިވިލްކޯޓުން ނިންމާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/88 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ ޙަމީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މިމައްސަލައާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކަށް ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) އެމް.އެފް.އެލް.ސީ އާއި ޙުސައިން ޝާމީންއާއި ދެމެދު 20 ޖޫން 2007 ގައި ނަންބަރު:
07060501 ފައިނޭންސް ލީޒް އެގްރީމެންޓެއް ކުރެވިފައިވާކަމާއި މިއެގްރީމަންޓްގެ ދަށުން ރަޖިސްޓްރީ
އްޖޭގެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/99
Oc Oc Oc
Ococ
Occ
ނަންބަރު: C5622A
-
03 10T 'މަންފާ' އެވެ ކިޔާ އުޅަނދު އެމް.އެފް.އެލް.ސީ އިން ފައިސާ ދެއްކުމަށްފަހު
ޙުސައިން ޝާމިންއަށް ލީސްކޮށްދީފައިވާކަމާއި،
އިސްވެ އިޝާރާތްކުރެވުނު އެގްރީމެންޓުގެ ދަށުން ޙުސައިން ޝާމިންގެ އަތުން
އެމް.އެފް.އެލް.ސީއަށް ލިބެންޖެހޭ އެންމެހާ ފައިސާއެއް ލިބިދިނުމަށާއި، އޭނަގެ ފަރާތުން ފުރިހަމަކުރަންޖެހޭ
އެންމެހާ ޒިންމާއެއް ފުރިހަމަކުރުމަށާއި އަދި އޭނަގެ ފަރާތުން އެމް.އެފް.އެލް.ސީއަށް ލިބެންޖެހޭ ފައިސާ
ހޯދުމުގައި އެމް.އެފް.އެލް.ސީއަށް ލިބޭ އަދި އުފުލާ އެންމެހާ ގެއްލުމަކާއި ކުރާ ޚަރަދެއްގެ ބަދަލު
އެމް.އެފް.އެލް.ސީއަށް ދޭނެ ކަމުގެ ޔަޤީންކަން ޢަބްދުﷲ ޙަމީދު އާއި އިސްމާޢީލް ޝަފީޤު 20 ޖޫން 2007
ގައި ލިޔުމުން ދީފައިވާކަމާއި، އެމް.އެފް.އެލް.ސީ އާއި ޙުސައިން ޝާމީންއާއި ދެމެދު 20 ޖޫން 2007 ގައި
ސޮއިކުރެވިފައިވާ އެގްރީމެންޓާ ގުޅޭ ރީސްޓޭޓެޑް އެގްރީމެންޓެއް 31 ޖެނުއަރީ 2009
ސޮއިކުރެވިފައިވާކަން މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުން ތަކުން އެނގެން އޮންނައިރު، އެކަންކަމަކީ
ހިނގާފައިވާ ކަންކަން ކަމާމެދު މިމައްސަލައިގާ ހިމެނޭ އެއްވެސް ފަރާތަކުން އިންކާރުކޮށްފައިނުވާކަން އެނގެން
CCCX
އފއވ.
(ނ) ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުން 31 ޖެނުއަރީ 2009 ގައި ރީސްޓޭޓް
ކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ރުހުމަކާނުލައި އަދި އެފަރާތަށް އެންގުމަކާނުލައި ކަމުގައި
ކަމަށްވީހިނދު، އަދި މިފަދައިން ޢަމަލުކުރުމަކީ 20 ޖޫން 2007 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން
އުފަންކުރުވާ އިލްތިޒާމްތައް ބަދަލުވެ އެކަންތައްތައް އަލުން ރޭވިގެންދާނޭ
އޭވިގެންދާނޭ ކަމަކަށް ވީހިނދުވެސް އެކަމަކީ
އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަން ލިބޭނެ ކަމެއް ނޫންކަމުގައި، ދިވެހިރާއްޖޭގެ ސިވިލްކޯޓުން
ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ނަޒަރުކުރާއިރު،
ލެސީގެ ގެރެންޓަރެއްގެ ހައިސިއްޔަތުން ޒިންމާ އުފުލާ 20 ޖޫން 2007 ގައި ސޮއިކޮށް ލިޔުމުން
އެމް.އެފް.އެލް.ސީއަށް ދީފައިވާ، ޔަޤީންކަމުގެ ލިޔުމުގެ 2 ވަނަ ނަންބަރުގައި ”އަހަރެންގެ ޤާނޫނީ ޒިންމާތަކަށް
މީގެފަހުން އެއްވެސް ޙާލެއްގައި އުނިވެ ނުވަތަ ބަދަލެއް ނާންނާނެކަމަށާއި، އަދި މީގެ ފަހުގައި
އެމް.އެފް.ލީސިން އިން ލީސް އެއްބަސްވުމަށް ބަދަލެއް ގެނެއްސަ ހިނދެއްގައި ނުވަތަ ލެސީއަށް މާލީގޮތުން
އެހީތެރިކަމެއް ފޯރުކޮށްދީފި ހިނދެއްގައިވެސް
ޒިންމާތަކުން މިނިވަނެއްނުވާނެކަމަށް
COC
އަހަރެންގެ
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/99
Oc Oc Oc
COC
ބަޔާންކޮށްފައިވާކަން އެނގެން އޮތުމުން، ލީސް އެއްބަސްވުމަށް ބަދަލުގެނައުމަށް ރުހުންދީ އެކަމުގެ މައްޗަށް
އިޢުތިރާޟްނުކުރަށް ކުރިޔާލައި އެއްބަސްވެވިފައިވާކަމަށް ބަލަންޖެހޭކަމާއި،
ޙުސައިން ޝާމިންއާއި އެމް.އެފް.އެލް.ސީއާއި ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުން 31
ޖެނުއަރީ 2009 ގައި ރީސްޓޭޓް ކޮށްފައިވަނީ ޙުސައިން ޝާމިންގެ އެދުމުގެ މަތީންކަން އެނގެން
އޮންނައިރު، ޙުސައިން ޝާމިން އާއި އެމް.އެފް.އެލް.ސީއާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން
ކުރެވޭ މުޢާމަލާތުގައި ޔަޤީންކަން ދިނުމުގެ ގޮތުގެ ޢަބްދުﷲ ޙަމީދު ސޮއިކޮށްފައިވާ ލިޔުމުގެ އެއްވެސް
މާއްދާއެއްގައި އަދި އެމް.އެފް.އެލް.ސީއާއި ޙުސައިން ޝާމިންއާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ
އިވެސް މާއްދާއެއްގައިވެސް އެ އެއްބަސްވުމަށް ބަދަލެއް ގެންނަ ޙާލަތުގައި ޔަޤީންކަން ދީފައިވާ ފަރާތަށް
އެންގުން ނުވަތަ އެފަރާތުގެ ރުހުން ހޯދުން ލާޒިމްކޮށްފައިނުވާކަމާއި،
އެހެންކަމުން އެމް.އެފް.އެލް.ސީ އާއި ޙުސައިން ޝާމިންއާ ދެމެދު ސޮއިކޮށްފައިވާ ލީސް
އެއްބަސްވުން 31 ޖެނުއަރީ 2009 ގައި ރީސްޓާޓް ކުރި ކުރުމަކީ، އެ މުޢާމަލާތަށް ޔަޤީންކަން ދީފައިވާ
ފަރާތެއްގެ ގޮތުން 20 ޖޫން 2007 ގައި ސޮއިކޮށް ލިޔުމުން ދީފައިވާ ޔަޤީންކަމުގެ ދަށުން ޢަބްދުﷲ ޙަމީދު
އުފުލަން އެއްބަސްވެފައިވާ ޒިންމާތަކުން ބަރީއަކުރެވޭނެ ކަމެއްކަމަށް ބެލެވެންނެތްކަން އެނގެއެވެ.
(ނ) 20 ޖޫން 2007 ގައި އެމް.އެފް.އެލް.ސީ އާއި ޙުސައިން ޝާމިންއާ ދެމެދު ސޮއިކުރެވިފައިވާ
ލީސް އެއްބަސްވުމާ ޙުސައިން ޝާމިން ޚިލާފުވެ ފައިސާ ދައްކާފައިނުވާކަމަށްޓަކައި، އެ .ޢާމަލާތުގައި
ރަހުނުކޮށްފައިވާ އުޅަނދު އެމް.އެފް.އެލް.ސީގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ނޭނގި އަދި ދަށުކޯޓު
މަރުހަލާ ހިނގަމުންދަނިކޮށް ނުއަގުގައި ވިއްކާލާފައިވީ ހިނދު، އަދި އެ އުޅަނދު ވިއްކާލެވޭ އަގުގެ މިންވަރަކީ
އެމުޢާމަލާތުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ފައިސާއަށް ޒިންމާވާންޖެހޭ މިންވަރު
ކުޑަ(މަދު/ޤައިދުކުރާނެ ކަމަކަށްވީ ހިނދު، އެ މުޢާމަލާތުގައި ރަހުނުކޮށްފައިވާ އުޅަނދު ވިއްކާލުމުގައި
ސީގެ ފަރާތުން
ނުޙައްޤުން ޢަމަލުކޮށްފައި ކަމަށް ދިވެހިރާއްޖޭގެ ސިވިލްކޯޓުން
ނިންމާފައިވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
20 ޖޫން 2007 ގައި އެމް.އެފް.އެލް.ސީ އާއި ޙުސައިން ޝާމިންއާ ދެމެދު ސޮއިކުރެވިފައިވާ
ލީސް އެއްބަސްވުމުގެ ދަށުން ކުރެވޭ މުޢާމަލާތުގައި ޢަމަލުކުރާނީ އެ އެއްބަސްވުމާއި އަދި އެ މުޢާމަލާތަށް
8
މި / ހދ2
ނަވާކމަށް
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/99
¢ ¢ ¢ ¢
ގެރެންޓީ ދިނުމުގެ ގޮތުން ސޮއިކުރެވިފައިވާ ލިޔުމުގައި ބަޔާންކުރެވިފައިވާ އުޞޫލުތަކާއި ހަމަތަކުގެ މަތީން
ކަމަށް މިމުޢާމަލާތުގައި ހިމެނޭ (ޢަބްދުﷲ ޙަމީދުވެސް ހިމެނޭ ގޮތުން) އެންމެހައި ބައިވެރިން
އެއްބަސްވެފައިވާކަން އެނގެން އޮވެފައި؟ އެއްބަސްވުމުގެ ދެފަރާތުންކުރެ ފަރާތަކުން އަނެއްފަރާތަށް
އަންގަންބޭނުންވާ ކަމެއް އަންގަންވާނީ ރަޖިސްޓްރީ ޕޯސްޓް މެދުވެރިކޮށް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ
އެޑްރެހަށްކަމަށާއި، އެފަދަ އެޑްރެހަކަށް ފޮނުވުމަށް ޕޯސްޓްކުރާތާ 48 ގަޑިއިރު ފަހުން އެ އެންގުން ރައްދުވީ
ކަމަށް ބެލެވޭނެ ކަމަށް އެއްބަސްވުމުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،
މިމައްސަލައިގާ ހިމެނޭ މުޢާމަލާތުގައި ހިމެނޭ އުޅަނދު ގަތުމުގެ ހުށަހެޅުމެއް އެމް.އެފް.އެލް.ސީއަށް
ލިބިފައިވާކަން ލެސީ (ޙުސައިން ޝާމިން) އަށް އަންގާ 2012 މެއި 15 ވަނަ ދުވަހުގެ ތާރީޚްގައި
އެމް.އެފް.އެލް.ސީގެ ވަކީލު ސިޓީއެއް ފޮނުވާފައިވާކަމާއި، އެސިޓީގައި ޙުސައިން ޝާމިންގެ ފަރާތުން އެ
އުޅަނދު ގަންނަން ބޭނުންވާނަމަ އެ ސިޓީގެ ތާރީޚުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން
އެމް.އެފް.އެލް.ސީއަށް އެންގުމަށް އެދިފައިވާކަމާއި، އަދި އެ މުޢާމަލާތަށް ގެރެންޓީދީފައިވާ ޢަބްދުﷲ ހަމީދަށް
އެސިޓީ ކޮޕީކޮށްފައިވާކަން އެނގެން އޮންނައިރު، 2012 މެއި 16 ވަނަ ދުވަހުގެ 13:30 ގައި ޢަބްދު
ޢަމީދު އަށާއި، ޙުސައިން ޝާމިންއަށް ޕޯސްޓުކޮށްފައިވާކަން މިމައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ
ލިޔުންތަކުން އެނގެން އޮތުމުން، އެ އެއްބަސްވުމުގެ 25 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން ޢަބްދުﷲ
ޙަމީދަށްވެސް އެ އުޅަނދު ވިއްކާލުމާ ގުޅޭ ނޯޓިސް ލިބިފައިވާކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭކަމާއި؛
އެހެންކަމުން، އެމް.އެފް.އެލް. އާއި ޙުސައިން ޝާމިންއާ ދެމެދު ސޮއިކުރެވިފައިވާ ލީސް
އެއްބަސްވުމާ ޙުސައިން ޝާމިން ޚިލާފުވެ ފައިސާ ދައްކާފައިނުވާތީ އެ މުޢާމަލާތުގައި ލީސްކުރެވިފައިވާ
އުޅަނދު ވިއްކާލުމުގައި އެމް.އެފް.އެލް.ސީގެ ފަރާތުން ޢަމަލުކޮށްފައިވަނީ އެއްބަސްވުމުގެ އުޞޫލުތަކާއި ޚިލާފަށް
ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ށ) މިމައްސަލައާގުޅިގެން 2014 ޖެނުއަރީ 28 ވަނަ ދުވަހުގެ 09:10 އަށް ދިވެހިރާއްޖޭގެ
ހައިކޯޓަށް ޙާޒިރުވުމަށް އަންގާ އިސްތިއުނާފުކުރާ ފަރާތަށް ފޮނުވުނު މިކޯޓުގެ ނަންބަރު
HC
-
B5
/
2015163 (25 ޖަނަވަރީ 2015) ”ކޯޓަށް ހާޒިރުވުމުގެ އަމުރު، ރައްދުވެފައިވާއިރު، އެ ކޯޓު
އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހާޒި ރުނުވެއްޖެނަމަ އެފަރާތުގެ ޣައިރު ޙާޒިރުގައި މައްސަލަ ހިންގާނެ
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/99
ކަން ލިޔެ ނޯޓިސް ދެވިފައިވީނަމަވެސް އިޝާރާތްކުރެވުނު ކޯޓު އަމުރުގައި ކަނޑައެޅިފައިވާ ގަޑިއަށް
އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރުވެފައިނުވާއިރު ހާޒިރު ނުވެވުނު ސަބަބުވެސް
ޤަވާއިދުގައިވާ ގޮތުގެ މަތީން އަންގާފައިނުވާތީ، ”ހައިކޯޓުގެ ޤަވާޢިދު“ގެ 48 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރަށް ރިޢާޔަތްކޮށް މިމައްސަލަ ނިންމާފައި މިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ހާޒިރުގައެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންގެ މަޖިލީހަށް އެއްބަސްވެވުނީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/88 ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ޢަބްދުﷲ ޙަމީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި އެޤަޟިއްޔާގައި
ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/88 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢަބްދުﷲ ޙަމީދުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، އެޤަޟިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް
ދަލުގެންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ”ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގެ 1
ވަނަ ނަންބަރަށް
ބުރަށް ރިޢާޔަތްކޮށް، ޢަބްދުﷲ ޙަމީދުގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފީމެވެ.
e
OX
*
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ