ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/97 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/97
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
&&
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 97/HC-A/2010
އިސްތިއުނާފުކުރި ފަރާތް:
* ނަން: އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: މ.ތިލަފިހިގެ މާލެ
ރަޖިސްޓްރީ ނަންބަރު: 52
/
91-C
މިހާރުގެ އެޑްރެސް: އޭޑީކޭ ހޮސްޕިޓަލް މާލެ
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: 1997183/REG
، ދާއިމީ
އެޑްރެސް: ސްޓެލްކޯ ބިލްޑިންގ
މިހާރުގެ އެޑްރެސް: ސްޓެލްކޯ ބިލްޑިންގ
• ރަޖިސްޓްރީ ތާރީޚް: 17 ޖުމާދަލްއޫލާ 1431
މެއި
ނިމުނު ތާރީޚް: 20 ޛުލްޙިއްޖާ 1433
05 ނޮވެމްބަރ 2012
02
2010
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720
ނިންމެވި ފަރާތް: މަދަނީ ކޯޓު
މައްސަލައިގެ ބާވަތް: އެގްރީމެންޓް ބާޠިލުކުރުން
ހުށަހެޅި ތާރީޚް: 19.07.2009
ނިމުނު ތާރީޚް: 03.03.2010
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް WWW.highcourt.gov.mv
2
2010/HC-A/97
ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްއެވެ.
CCCO
• ފާހަގަކުރެވުނު
l} އިސްތިއުނާފު ކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާގައި 18
ޖުލައި 2004 ދުވަހު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްއާއި، އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑްގެ ދަށުން ހިންގާ އޭޑީކޭ ހޮސްޕިޓަލާއި ދެމެދު ޚާއްސަ ރޭޓަކުން ކަރަންޓުގެ ޚިދުމަތް ލިބިދިނުމަށް
ވެވިފައިވާ އެއްބަސްވުން ބާޠިލުކުރުމަށްޓަކައި ސްޓެލްކޯއިން ބޭނުންވެގެން ހުށަހެޅުމުން، އެއްބަސްވުން ނިމުމަކަށް
ގެންނަން ބޭނުންނުވާކަމަށާއި، އެއްބަސްވުން ނިމުމަކަށް ގެނެވޭނީ ޝަރީޢަތަށް ހުށަހަޅައިގެންކަމަށް އޭޑީކޭ އިން
ބުނެފައިވާތީ، ޝަރީޢަތް މެދުވެރިކޮށް، މިއެއްބަސްވުން ނިމުމަކަށް ގެނައުމަށްޓަކައި އޭޑީކޭ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ދަޢުވާކުރުމުން، މަދަނީ ކޯޓުން ބެއްލެވި
މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ ".. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި، އޭ.ޑީ.ކޭ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ އޭ.ޑީ.ކޭ ހޮސްޕިޓަލާއި ދެމެދު ޚާއްޞަ ރޭޓުން
ކަރަންޓުގެ ޚިދުމަތް ލިބިދިނުމަށް ވެވިފައިވާ އެއްބަސްވުން ބާޠިލްކުރުމަށްޓަކައި އޭ.ޑީ.ކޭ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ މައްޗަ
މައްޗަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ދަޢުވާކޮށްފައިވާކަމާއި،
...
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި، އެކުންފުނީގެ ދަށުން ހިނގަމުން އަންނަ އޭ.ޑީ.ކޭ
ހޮސްޕިޓަލާއި ދެމެދު 18 ޖުލައި 2004 ދުވަހު ކޮށްފައިވާ އެގްރީމެންޓް ބާޠިލުކުރުމަށް ހުށަހެޅި ދަޢުވާއަށް
އެކުންފުނިން އިންކާރުކުރާކަމަށާއި، އަދި އެގްރީމެންޓް ބާޠިލްކުރެވޭނެ ޤާނޫނީ އެއްވެސް ހަމައެއް އޮތްކަމަށް
ޤަބޫލުނުކުރާކަމަށްބުނެ، އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާގެ އަޞްލަށް އިންކާރުކުރި
ރުމުގެ މައްޗަށް ބަލާއިރު،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/97
84 8
2004 ގައި
مرجع ع
"ޚާއްޞަރޭޓުން ކަރަންޓުގެ ޚިދުމަތް ލިބިދިނުމަށްވެވޭ އެގްރީމެންޓް" މިނަމުގައި 18 ޖުލައި
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި، އޭ.ޑީ.ކޭ ހޮސްޕިޓަލާއި ދެމެދު އެއްބަސްވުމެއް
ވެވިފައިވާކަމާއި، ނަމަވެސް މިއެއްބަސްވުމުގައި ޢާންމު އެއްބަސްވުންތަކުގައި އޮންނަ ފަދައިން މުއްދަތެއް
ކަނޑައެޅިފައިނުވާކަމާއި، އަދި އެގްރީމެންޓް ނިމުމަކަށް ގެންނަންވެއްޖެނަމަ، ޢަމަލުކުރަންވީގޮތެއްވެސް ބަޔާން
ކޮށްފައިނުވާކަމާއި،
OCOCOOX
އެއްބަސްވުމުގައި މުއްދަތެއް ކަނޑައެޅިފައިނުވުމާއި، އަދި އެއްބަސްވުން ނިމުމަކަށް ގެންނަން
ވެއްޖެނަމަ ޢަމަލުކުރަންޖެހޭގޮތް ބަޔާންކޮށްފައި ނެތުމާއެކު، އަދި މިކަމުގައި ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައި
ނުވާކަން އެނގޭތީ، މިއެއްބަސްވުން ބާޠިލުކުރުމަށްއެދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ހުށަހެޅި
ކަންކަމަށް ބަލާއިރު، ޤާނޫނު ނަންބަރު 4/91 ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާ "ކޮންޓްރެކްޓް
ފުރިހަމަކުރުން" މިމާއްދާގެ (ނ) ގައި
ނުވަތަ ކޮންޓްރެކްޓް
ކޮންޓްރެކްޓުގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް
.ދުވެރިވެގެން ކޮންޓްރެކްޓުގައިވާގޮތުގެ މަތިން ޢަމަލުކުރެވެންނެތުން" ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ،
އެކޮންޓްރެކްޓަކީ އެމައްޗަށް ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމުގައި ބުނެފައިވާތީ، ދުނިޔޭގެ އިޤްތިޞާދަށާއި،
ރާއްޖޭގެ އިޤްތިޞާދަށް އަދި ތަކެތީގެ އަގަށާއި، ތެލުގެ އަގަށް އައިސްފައިވާ ބަދަލަށް ބަލާއިރު، 18 ޖުލައި
2004 ގެ ތާރީޚުގައި ދެފަރާތުގެ މެދުގައި މިއެއްބަސްވުން ވެވުނުއިރު އޮތް ޙާލަތު ބަދަލުވެފައިވާކަމުން، އަދި
ޚާއްޞަ ރޭޓުން ދޭ ކަރަންޓުގެ ޚިދުމަތަކީ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށްދޭ ޚިދުމަތެއްނަމަ އެއީ ހަމައެކަނި އޭ.ޑީ.ކޭ
ހޮސްޕިޓަލަށް ދެވޭ ޚިދުމަތަކަށް ވެގެންވާނެކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެވޭތީއާއި، އަދި ކަރަންޓުގެ ޚިދުމަތަށް
ޚާއްޞަރޭޓުން އަގުނަގަމުން އައުމަކީ، އަގަށް ބަދަލުނުގެނައުމަށް އޮތް ޙުއްޖަތެއްކަމަށް ނުބެލެވޭތީ، މިސަބަބުތަކަށް
ބަލާއިރު، "ޚާއް ޞަރޭޓުން ކަރަންޓުގެ ޚިދުމަތް ލިބިދިނުމަށް ވެވޭ އެގްރީމެންޓް" ގެ ނަމުގައި 18 ޖުލައި 2004
ގައި އޭ.ޑީ.ކޭ ހޮސްޕިޓަލާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި ދެމެދު ވެވިފައިވާ އެއްބަސްވުން މިއަދުން
03 މާރޗް 2010 ދުވަހުން ފެށިގެން ބާޠިލުވެއްޖެކަމަށް ކަނޑައަޅައި،
މިއެއްބަސްވުން ނިމުމަކަށް ގެނައުމުގެ ސަބަބުން އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑަށް ލިބޭނެކަމަށް ބުނާ ގެއްލުންތަކުގެ މައްސަލައަކީ ވަކި މައްސަލައެއްކަމަށާއި، އެކަންކަމާއިމެދު
މިޤަޟިއްޔާގައި ގޮތެއް ކަނޑައަޅާނެތަނެއް ނެތްކަމަށް ކަނޑައަޅައި" ޙުކުމްކުރައްވާފައިވާކަން އެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދިވެހިރާއްt،
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިންގެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/97
COC
|
CCC
UCOCOOX
ލިބިދާނެކަމަށް ޤަބޫލުކުރެވޭތީ 18 ޖުލައި 2004 ދުވަހާ ހަމައަށް އޭޑީކޭ ހޮސްޕިޓަލަށް ކަރަންޓުގެ ޚިދުމަތް ދެމުޖްގެ
2) މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ހިންގާ އޭޑީކޭ
ހޮސްޕިޓަލަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްއިން ޚާއްސަ ރޭޓަކުން ކަރަންޓު ދިނުމަށް ދެފަރާތުގެ
ދެމެދުގައި 18 ޖުލައި 2004 ގައި ކޮށްފައިވާ އެގްރީމެންޓުގައި، އެގްރީމެންޓް ނިމޭނެ ވަކި ތާރީޚެއް ކަނޑައަޅައި
ބަޔާންކޮށްފައިނުވާއިރު، އަދި އެއްވެސް ސަބަބަކާ ހުރެ އެގްރީމެންޓް ނިމުމަކަށް އަންނާނެކަމަށް އެގްރީމެންޓުގައި
ބަޔާންކޮށްފައިނުވާއިރު، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ނ) ގައި
ބުނާފަދަ ކަމެއް މެދުވެރިވީކަމަށް ބައްލަވައި ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ އިސްވެ ދެންނެވި އެގްރީމެންޓް ބާޠިލު
ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ދެވަނަ ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި އެގްރީމެންޓް ކުރިއިރުވެސް ތެލަކީ ދުނިޔޭގެ
ބާޒާރުގައި އޭގެ އަގަށް ބަދަލު އަންނަމުންދާ އެއްޗެއްކަމާއި، އަބަދު އެއްވަރަކަށް ތެލުގެ އަގު ދުނިޔޭގެ ތެލުގެ
ބާޒާރުގައި ހިފެހެއްޓިފައި ނުހުންނާނެކަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އަށްވެސް އެނގޭއިރު، ދެފަރާތުގެ
ދެމެދުގައި ކޮށްފައިވާ އެގްރީމެންޓުގައި، އެ އެގްރީމެންޓް ނިމޭނެ ވަކި ތާރީޚެއް، އަދި އެއްވެސް ސަބަބަކާ ހުރެ އެ
އެގްރީމެންޓް ބާޠިލުވާނެކަމަށް އެ އެގްރީމެންޓުގައި ބަޔާންކޮށްފައި ނެތްއިރު ތެލުގެ އަގަށް ބަދަލު އައުމަކީ
އެގްރީމެންޓް ބާޠިލުވާންވީ ޤާނޫނީ އެއްވެސް ބުރަދަނެއް އޮތް ސަބަބަކަށް ނުވާއިރު، ތެލުގެ އަގަށް ބަދަލު
އައިސްފައިވާތީކަމަށް ބުނެ އެގްރީމެންޓް ބާޠިލުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، އޭޑީކޭ ހޮސްޕިޓަލަކީ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދެމުން އަންނަ
ތަނަކަށްވުމުން އެތަނުގައި މެދުކެނޑުމެއްނެތި އަބަދުވެސް ކަރަންޓުގެ ޚިދުމަތް ދިނުން ވަކިފަރާތެއްގެ ބާރުގެ
ދަށުގައި އޮވެފައި، އެފަރާތަކުން ބޭނުންއިރަކު އެ ޚިދުމަތް ދިނުން ހުއްޓާލައިފިނަމަ ނުވަތަ އެފަރާތަކުން ބޭނުން
ވަގުތަކު ޚިދުމަތަށް ބަދަލުތަކެއް ގެނެސްފިނަމަ އެކަމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތައް
3
0
ހައިކޯ
އައި އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ ޖަނެރޭޓަރުތަކު
ރުތަކުން ކަމަށްވީހިނދު، އެޖަނެރޭޓަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2010/HC-A/97
ބޭނުންކުރުން
ހެއެeވ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ކަރަންޓު ބޭނުންކުރުން އޭޑީކޭ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް މަޖްބޫރު ކުރުވައިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ
ކަރަންޓު ބޭނުންކުރަން ފެށުނީ ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ އެގްރީމެންޓުގައި އެ އެގްރީމެންޓް ނިމޭނެ ވަކި
ތާރީޚެއް ކަނޑައަޅައި ބަޔާންކޮށްފައި ނެތުމުންނާއި، އަދި އެއްވެސް ސަބަބަކާހުރެ ކަރަންޓުގެ ޚިދުމަތުގެ އަގަށް
ބަދަލު ގެންނާނެކަމަށް އެގްރީމެންޓުގައި ބަޔާންކޮށްފައިނުވާތީ ކަމަށްވާއިރު އެކަންކަމުގެ މައްޗަށް ޝަރީޢަތުގެ
ފަރާތުން ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(3
މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
4 44 44
ނަފުނ
*ތ ދ ތ 48
8
03ތކއ
(ހ) ފުރަތަމަ ކަމަކީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި އޭޑީކޭ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑާ ދެމެދު 18 ޖުލައި 2004 ގައި ސޮއިކުރެވުނު ޚާއްސަ ރޭޓުން ކަރަންޓުގެ ޚިދުމަތް
ލިބިދިނުމަށްވެވޭ އެގްރީމެންޓުގައި އެ އެގްރީމެންޓް ނިމުމަކަށް އަންނަ މުއްދަތެއް ބަޔާންކޮށްފައިނުވާކަން
ފާހަގަކުރެވޭކަމާއި، އަދި އެ އެގްރީމެންޓް ނިމުމަކަށް
އެ އެގްރީމެންޓުގައި
ކަނޑައަޅާފައިނުވާކަން ފާހަގަކުރެވޭކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާގައި އިސްވެ ބުނެވުނު އެއްބަސްވުން
ބާޠިލުކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާއި ބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ
ގެ (ނ) ގައި ކޮންޓްރެކްޓުގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން ކޮންޓްރެކްޓުގައިވާ ގޮތުގެ މަތިން
ޢަމަލުކުރެވެން ނެތް ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކޮންޓްރެކްޓަކީ އެމައްޗަށް ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް
ކަމުގައި ބުނެފައިވާތީ، ދުނިޔޭގެ އިޤްތިޞާދަށާއި، ރާއްޖޭގެ އިޤްތިޞާދަށް އަދި ތަކެތީގެ އަގަށާއި، ތެލުގެ އަގަށް
އައިސްފައިވާ ބަދަލަށް ބަލާއިރު، 18 ޖުލައި 2004 ގެ ތާރީޚުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި
އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު މިއެއްބަސްވުން ވެވުނުއިރު އޮތް ޙާލަތު
ބަދަލުވެފައިވާކަމަށް ވިދާޅުވެކަން ފާހަގަކުރެވޭކަމާއި،
OcOOX
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް WWW.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/97
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް މަޖްބޫރު ކުރުވައިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެsގެ ޚައި
އަދި ޚާއްޞަ ރޭޓުން ދޭ ކަރަންޓުގެ ޚިދުމަތަކީ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށްދޭ ޚިދުމަތެއްނަމަ
އެއީ ހަމައެކަނި އޭޑީކޭ ހޮސްޕިޓަލަށް ދެވޭ ޚިދުމަތަކަށް ވެގެންވާނެކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެއްވުމަކީވެސް
އިސްވެ ބުނެވުނު އެއްބަސްވުން ބާޠިލުކުރެއްވި އެހެން ސަބަބެއްކަމަށް މަދަނީ ކޯޓުގެ ނަންބަރު
2009/MC/1720 ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ދުނިޔޭގެ އިޤްތިޞާދަށާއި، ރާއްޖޭގެ އިޤްތިޞާދަށް އަދި ތަކެތީގެ އަގަށާއި،
ތެލުގެ އަގަށް އައިސްފައިވާ ބަދަލަކީ ޤާނޫނު ނަންބަރު 4/91 ގެ 19 ވަނަ މާއްދާގެ (ނ) ގައި ބުނާފަދަ
ކަމެއްކަމަށް މަދަނީ ކޯޓުން ކަނޑައަޅުއްވާފައިވީ ނަމަވެސް،
ތަކެތީގެ އަގުތައް އަބަދުމެ އެއް އަގެއްގައި ހިފެހެއްޓި ހުރުމަކީ ނާދިރުކަމެއްކަން އެނގޭކަމާއި،
އަދި ޚާއްސަކޮށް ތެލުގެ އަގުތަކަށް ބަލާއިރު، ދުނިޔޭގެ އިޤްތިޞާދަށް ހީނަރުކަން އަންނަ ކޮންމެ ފަހަރަކު، އޭގެ
ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ތަކެތީގެ ތެރޭގައި ތެލުގެ އަގު ހިމެނޭކަން އެނގޭކަމާއި، އަދި ތެޔޮ ވިއްކާ
ޤައުމުތަކުގައި އިޤްތިޞާދީ އަދި ސިޔާސީ ގޮތުން އަންނަ ލޮޅުންތަކުން ދުނިޔޭގެ ތެލުގެ އަގަށް އަސަރުކުރާކަން
އެނގޭކަމާއި، ދުނިޔޭގެ އިޤްތިޞާދީގޮތުން ބާރުގަދަ ޤައުމުތަކުގައި ޤުދުރަތީ ކާރިސާއެއް ހިނގާ ކޮންމެ ފަހަރަކު،
ދުނިޔޭގެ ތެލުގެ ބާޒާރަށް އަސަރުކުރާކަން މީގެކުރިން ހިނގާފައިވާ ހާދިސާތަކުން މުޅި ދުނިޔެ
ތަޖުރިބާކޮށްފައިވާކަން އެނގެން އޮތުމުން،
ޤާނޫނު ނަންބަރު 4/91 ގެ 19 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ދުނިޔޭގެ
އިޤްތިޞާދަށާއި، ރާއްޖޭގެ އިޤްތިޞާދަށް އަދި ތަކެތީގެ އަގަށާއި، ތެލުގެ އަގަށް އައިސްފައިވާ ބަދަލަކީ ސްޓޭޓް
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 18 ޖުލައި 2004 ގައި
ވެވުނު އެއްބަސްވުމަށް ޢަމަލުކުރުމުގައި، އެ އެއްބަސްވުމުގެ ބައިވެރިންނަށް މެދުވެރިވި ހީނުކުރާފަދަ ޙާލަތެއްކަމަށް
އޮތްކަމެއްކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، 18 ޖުލައި 2004 ދުވަހާ ހަމައަށް އޭޑީކޭ ހޮސްޕިޓަލަށް ކަރަންޓުގެ
ޚިދުމަތް ދެމުން އައީ އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ ޖަނެރޭޓަރުތަކުން ކަމަށްވީހިނދު،
ޖަނެރޭޓަރުތައް ބޭނުންކުރުން ހުއްޓުވާލާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ކަރަންޓު ބޭނުންކުރުން އޭޑީކޭ
CCC
އެ
4 &
ކަރަންޓު ބޭނުންކުރަން ފެށުނީ ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ އެގްރީމެންޓުގައި އެ އެގްރީމެންޓް
ކމ.
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް WWW.highcourt.gov.mv
2013/HC-A/97
OXO
ތާރީޚެއް ކަނޑައަޅައި ބަޔާންކޮށްފައި ނެތުމުންނާއި، އަދި އެއްވެސް ސަބަބަކާހުރެ ކަރަންޓުގެ ޚިދުމަތުގެ އަގަށް
ބަދަލު ގެންނާނެކަމަށް އެގްރީމެންޓުގައި ބަޔާންކޮށްފައިނުވާތީ ކަމަށްވާއިރު އެކަންކަމުގެ މައްޗަށް ޝަރީޢަތުގެ
ފަރާތުން ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަބެވި
ފަނޑިޔާރުން ރިޢާޔަތް ކުރިއިރު،
މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ގެ މޯލްޑިވްސް އިލެކްޓްރިސިޓީ ބިއުރޯ ގެ
ނަންބަރު 38
/
2001-A (13 އޯގަސްޓް 2001ގެ) އިޢުލާނަކީ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުނު އިޢުލާނެއްކަން އެނގޭކަމާއި، އެ އިޢުލާނުގައި ކަނޑައެޅި
ބަޔާންކޮށްފައިވަނީ އިމަރޖެންސީ ޕަވަރގެ ގޮތުގައި ކަރަންޓު އުފެއްދުމާގުޅޭ ގޮތުން ޢަމަލުކުރަންވީ އުޞޫލުކަން
އެނގޭކަމާއި، އެ އިޢުލާނުގައި އިމަރޖެންސީ ޙާލަތްތަކުގައި ބޭނުންކުރެވޭ ޕަވަރ ސަޕްލައި ޔުނިޓަކުން
ޢާންމުގޮތެއްގައި، އެފަދަ ސަބަބެއް މެދުވެރިވެގެން ނޫން ޙާލަތްތަކުގައި ކަރަންޓު އުފައްދައިގެން ބޭނުންކުރުމަ
މަނާކަމެއްކަން ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
6 އޯގަސްޓް 2002 ގައި މޯލްޑިވްސް އިލެކްޓްރިސިޓީ ބިއުރޯއިން އެ ބިއުރޯގެ ނަންބަރު
2002
/
35/MIS/151 ސިޓީން އޭޑީކޭ ހޮސްޕިޓަލަށް އެ ބިއުރޯގެ ނަންބަރު 38
/
2001-A އިޢުލާނާ ޙަވާލާދީ އެ
އިޢުލާނުގައި ހުންކުރެވިފައިވާ ގޮތާ ޚިލާފަށް އެއްވެސް އިމަރޖެންސީ ޕަވަރ ސިސްޓަމެއް
ހުއްދަދެވެން ނޯންނާނެކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުނު
އޭޑީކޭ ހޮސްޕިޓަލުގެ ނަންބަރު 04
/
0192/ADK
-
ADM
/
GOVT (25 ފެބްރުއަރީ 2004) ސިޓީގައި އެ
ހޮސްޕިޓަލުގައި އޭރު ހިންގަމުންގެންދާ އަމިއްލަ ކަރަންޓު ހުއްޓާލާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ދާއިމީ
ކަރަންޓަށް ބަދަލުކުރުމަށް ބޭނުންވާތީ، އެކަންތައް ކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީ ލިމިޓެޑުގެ ކިބައިން އެދިފައިވާކަން އެ ސިޓީއިން އެނގެން އޮންނަކަމާއި، އަދި ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީ ލިމިޓެޑުގެ ކަރަންޓު އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ބޭނުންކޮށްފައިވަނީ އޭޑީކޭ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން މަޖްބޫރު ކުރުވައިގެންކަމަށް
އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާކަމެވެ.
ދދު 4
43
ބަންކު
ބޭނުންކުރުމުގެ
(ރ) ހަތަރުވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާގައި ސްޓޯރޭޖްގެ
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށާއި އެ ކުންފުނިން ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯ: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
2013/HC-A/97
44.
އަނެއް
4 4
ه3
438=ހ8
ބ ނޫންPއޤީeށް
04
ހޮސްޕިޓަލުގެ ކުލީގެ މުއްދަތު އިތުރުކުރުމުން އޮޓޮމެޓިކުން އިތުރުވާނެކަމަށް ދޭހަވާފަދަ އެއްވެސް މާއްދާގަޑީޖޭގެ ހައިކޯޓް
ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު، އެއްބަސްވުމުގެ މުއްދަތު ކަނޑަނޭޅޭ އަދި
އެއްބަސްވުން ނިމުމަކަށް ގެންނާނެ މާއްދާއެއް ނެތް އެއްބަސްވުމެއްގައި، އެއެއްބަސްވުން
އެއްބަސްވުން ނިމުމަކަށް ގެނައުމަށް
އެއް ފަރާތުން އެދޭނަމަ، އަދި އެއްބަސްވުމުގެ ފަރާތުން ބޭނުންނުވާނަމަ، އެ އެއްބަސްވުމުގައި
ސޮއިކުރެވުނުއިރު، އެ އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަށް ބަލަންޖެހޭނެކަމަށް ފާހަގަކޮށްފައިވާކަމާއި،
އެގޮތުން، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހެޅުނު
ބައެއް ލިޔެކިއުންތަކަށް ރިޢާޔަތްކުރާއިރު، 6 ޖުލައި 2004 ގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން އޭޑީކޭ
ހޮސްޕިޓަލަށް ފޮނުވި ނަންބަރު 2004
/
558/B
/
MIS-6 ސިޓީގައި، އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑުން ހޮސްޕިޓަލަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ހިންގަމުން ގެންދާ ސްޓޭންޑްބައި ޖެނެރޭޓަރުގެ ބަދަލުގައި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ކަރަންޓު ދާއިމީކޮށް
އެދިފައިވާތީ، ޚާއްސަ ރޭޓުން
ކަރަންޓު ދިނުމާގުޅޭ ގޮތުން އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ
ލިމިޓެޑާ ދެމެދު ސޮއިކުރަންޖެހޭ އެއްބަސްވުން ފުރިހަމަކުރުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލާއި ދިވެހި ސަރުކާރާ ދެމެދު
ވެފައިވާ އެއްބަސްވުމުގައި ހޮސްޕިޓަލް ހިންގުމަށް ބިންދޫކޮށްފައިވާ މުއްދަތު އެނގޭނެ ލިޔުމެއް ފޮނުވައިދިނުމަށް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން އެދިފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްވެ އިޝާރާތްކުރެވުނު ސިޓީގެ ޖަވާބުގައި 8 ޖުލައި 2004 ގައި އޭޑީކޭ ހޮސްޕިޓަލުން
ފޮނުވާފައިވާ ނަންބަރު 04
/
0558/ADK
-
ADM/
GOVT ސިޓީގައި ސަރުކާރާއި އޭޑީކޭއާ ދެމެދު ވެފައިވާ
އެއްބަސްވުމުގެ ކޮޕީއެއް ނުފޮނުވި ނަމަވެސް، ހޮސްޕިޓަލް ހިންގުމަށް ބިންދޫކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު
ހަމަވާ ތާރީޚަކީ 31 އޮކްޓޯބަރ 2005 ކަމުގައި ބުނެފައިވާކަމާއި، އެހެންނަމަވެސް އެ އެއްބަސްވުން އައު
ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާތީ، މުއްދަތު އިތުރުވުމުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި އެކު
ސޮއިކުރާ އެއްބަސްވުމުގެ މުއްދަތު އޮޓޮމެޓިކުން އިތުރުވާފަދަ ގޮތަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން
ހަމަޖައްސައިދިނުމަށް އެދިފައިވާކަން އެނގޭކަމާއި،
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު
18 ޖުލައި 2004 ގައި ސޮއިކުރެވުނު ޚާއްސަ ރޭޓުން ކަރަންޓުގެ ޚިދުމަތް ލިބިދިނުމަށްވެވޭ އެގްރީމެންޓުގައި
އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އެދުނު ފަދައިން، އެ އެއްބަސްވުމުގެ މުއްދަތު އޭޑީކޭ
އިސްވެ ބުނެވުނު އެގްރީމެންޓުގައި އިތުރުކުރެވިފައި ނެތަތީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް WWW.highcourt.gov.mv
" ދިވެހިރާއްޖެ
9
2010/HC-A/97
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
8
Ucc
18 ޖުލައި 2004 ގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި އޭޑީކޭ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ މުއްދަތުކަމަށް ދެފަރާތުންވެސް ބަލައިގެންހުރީ 31 އޮކްޓޯބަރ
2005 ކަމަށް މި މައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި،
31 އޮކްޓޯބަރ 2005 ފާއިތުވެ، އޭގެ އެއް އަހަރަށްވުރެ ގިނަ ދުވަސްފަހުން، ސްޓޭޓް
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ނަންބަރު 2006
/
1124/B
/
MIS-6 (13 ޑިސެމްބަރ 2006) ސިޓީން
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 18 ޖުލައި
2004 ގައި ސޮއިކުރެވުނު ޚާއްސަ ރޭޓުން ކަރަންޓުގެ ޚިދުމަތް ލިބިދިނުމަށްވެވޭ އެގްރީމެންޓަށް 31 މެއި 2007
ގެ ފަހުން ޢަމަލުކުރުން ހުއްޓާލެވޭނެކަމަށް އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައި އޮތުމުން،
އެ އެގްރީމެންޓް ބާޠިލުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން 5 މަސްދުވަހަށް ވުރެ ދިގު
މުއްދަތެއްގެ ނޯޓިސްވެސް ދީފައިވާކަން އެނގެން އޮތުމުން،
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 4/91 ގެ 19
ވަނަ މާއްދާގެ (ނ) އެ މައްސަލައިގައި ތަޠުބީޤު ކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވުނު ނަމަވެސް، މި މައްސަލައިގައި ދެ ފަރާތުން
ވާސިލުވެވުނުގޮތާއި، ހޯދި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޚާއްސަ ރޭޓުން ކަރަންޓުގެ ޚިދުމަތް
ލިބިދިނުމަށްވެވޭ އެގްރީމެންޓުގައި އެ އެގްރީމެންޓް ނިމުމަކަށް އަންނާނެ ތާރީޚެއް ބަޔާންކުރެވިފައި ނެތް ނަމަވެސް،
އެގްރީމެންޓް ނިމުމަކަށް ގެނެވޭނެ ގޮތް ބަޔާންކުރެވިފައި ނެތް ނަމަވެސް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ
ލިމިޓެޑާއި އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެފަރާތުން ވެފައިވާ އެއްބަސްވުން 31 އޮކްޓޯބަރ
2005 ގައި ނިމުމަކަށް އަން
އަންނާނެކަމަށް
ދެފަރާތުންވެސް ބަލައިގެންތިބިކަން ދަށު ކޯޓަށް ހުށަހެޅުނު
ލިޔެކިއުންތަކުން ދޭހަވާން އޮތުމުންނާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން އެ އެއްބަސްވުން
ނިމުމަކަށް ގެނައުމަށް ބޭނުންވާކަމަށް ބުނެ އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް 5 މަސްދުވަހަށް
ވުރެ ދިގު މުއްދަތެއްގެ ނޯޓިހެއްދީފައިވާތީ، އެ އެއްބަސްވުން ނިމުމަކަށް ގެނެވޭނެކަމަށް މި މައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީ ލިމިޓެޑާއި އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 18 ޖުލައި 2004
ސޮއިކުރެވުނު ޚާއްސަ ރޭޓުން ކަރަންޓުގެ ޚިދުމަތް ލިބިދިނުމަށްވެވޭ އެގްރީމެންޓަކީ ބާޠިލު އެގްރީމެންޓެއް
ޑ ތ ދ 6
2 ހދ
14@
އކޮށް
އަދި އެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/97
އަނެއް
4 2 2 4 8
މަދަނީ ކޯޓުން ޤާނޫނު ނަންބަރު 4/91 ގެ 19 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދެއްވައި ކަނޑައެޅުއްވުމުގައި،
އިސްވެ ބުނެވުނު މާއްދާ ތަޠުބީޤު ކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ފަނޑިޔާރުންނަށް އެއްބަސްވެވުނު ނަމަވެސް، މި މައްސަލައިގައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި އޭޑީކޭ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެފަރާތުން އެއްބަސްވުމުގެ ސޮއިކުރުމުގެ ކުރިން އެއްފަރާތުން
ފެއްފަރާތަށް ފޮނުވި ލިޔެކިއުންތަކަށް ރިޢާޔަތްކޮށް، މިދެފަރާތުގެ ނިޔަތަށް ބަލާއިރު، ޚާއްސަ ރޭޓުން ކަރަންޓުގެ
ޚިދުމަތް ލިބިދިނުމަށްވެވޭ އެގްރީމެންޓްގައި އެ އެގްރީމެންޓް ނިމުމަކަށް އަންނާނެ ވަކި މުއްދަތެއް ބަޔާންކުރެވިފައި
ނެތް ނަމަވެސް، އެ އެގްރީމެންޓަކީ އޭޑީކޭ ހޮސްޕިޓަލް ހިންގިތަން ސަރުކާރުން އޭރު އޭޑީކޭ
އޭޑީކޭ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދިން މުއްދަތަށް ރިޢާޔަތްކޮށް ހަދާފައިވާ އެގްރީމެންޓެއްކަން އެނގޭތީވެއާއި، އަދި އެ
އެގްރީމެންޓް ނިމުމަކަށް ގެނައުމަށް ބޭނުންވާކަމަށް ބުނެ އެކަށީގެންވާ މުއްދަތެއްގެ ނޯޓިސްއެއް ސްޓޭޓް
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާކަންވެސް
ފާހަގަކުރެވޭތީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ
ލިމިޓެޑާއި އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 18 ޖުލައި 2004 ގައި ސޮއިކުރެވުނު ޚާއްސަ
ރޭޓުން ކަރަންޓުގެ ޚިދުމަތް ލިބިދިނުމަށްވެވޭ އެގްރީމެންޓަކީ ބާޠިލު އެގްރީމެންޓެއްކަމަށް ކަނޑައަޅުއްވާފައިވާ
ކަނޑައެޅުއްވުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ އެއްވެސް ސަބަބެއް ނެތްކަމަށް މި މައްސަލަބެލި
ފަނޑިޔާރުންނަށް އެއްބަސް
14
UcOOC
4
2 4ދޑޑ
.ބަސްވެވޭކަމެވެ.
-9އކު“
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާ މަދަނީ ކޯޓުގެ ނަންބަރު
2009/MC/1720 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް
ނެތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް WWW.highcourt.gov.mv