ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/130 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/130
ޤަޟިއްޔާ ނިމުނު ގޮތު
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
މިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤާޟީއްޔާ ނަންބަރު: 130/HC-A/2012
އިސްތިއުނާފު ކުރިފަރާތް:
ނަން: ޝާމިލާ ޒަކަރިއްޔާ
އައިޑީ ކާޑު ނަންބަރު: A240898
.
;
ދާއިމީ އެޑްރެސް: ރ. އިންނަމާދޫނިޔާމަ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އަލްއުސްތާޛު ޙުސައިން ޝަމީމް
* .އުމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު
ނިމުނު
9 ޖުމާދަލްއާޚިރު 1433
30 އެޕްރީލް 2012
2 ރަޖަބު 1433"
23 މެއި 2012
އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 2012
/
3420/J
(
MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
އެހެޅުނު ތާރީޚް: 28 އެޕްރީލް 2012
ނިމުނު ތާރީޚް: 28 އެޕްރީލް 2012
ދިވެހިރާއްޖޭގެ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދުފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2012/HC-A/130
ޤަޟިއްޔާ ނިމުނު ގޮތު
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3420(J
(
MD-145 ކޯޓުއަމުރު އެކޯޓުން
ދުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި، އިންނަމާދޫ/ނިޔާމަ، ޝާމިލާ ޒަކަރިއްޔާ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A240898) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3420(J
(
MD-145 ކޯޓުއަމުރަށް ބަލާއިރު،
އެ ކޯޓުއަމުރަކީ "މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި މިވަގުތު މިނާ ދޫކުރަން
ނުފެންނާތީ" ކަމަށްބުނެ، 2012 އެޕްރީލް 29 ވަނަ ދުވަހުގެ 20:57 އިން ފެށިގެން 10 (ދިހައެއް)
ދުވަހުގެ މުއްދަތަށް ރ. އިންނަމާދޫނިޔާމަ، ޝާމިލާ ޒަކަރިއްޔާ، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިއޮންނަ
އަމުރެއްކަން އެނގޭކަމެވެ.
x22
އަމުރަކަށް
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3420(J
(
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ ޝާމިލާ ޒަކަރިއްޔާގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
2
272 ހއ 22
سر و صیاتر
• ފުރަތަމަ ނުކުތާއަކީ، މައްސަލަ ތަޙުޤީޤުކުރާ ފަރާތުން، ޝާމިލާ ޒަކަރިއްޔާގެ
ތަޙުޤީޤު ނިމިފައިވާ ކަމަށާއި، ޝާމިލާ ޒަކަރިއްޔާ ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބެއް ނެތްކަމަށް
ބުނެފައިވަނިކޮށް ބަންދުގައި ބެހެއްޓުމަށް ޤާޟީ އަމުރުކުރައްވާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ2
އައިކޯޓް
ބެހެއްޓުމަށް
• ދެވަނަ ނުކުތާއަކީ، ބަންދުގައި ބެހެއް އަމުރުކޮށްފައިވަނީ މުޖުތަމަޢު
ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކުރުމަށްޓަކައި ކަމުގައި ބަޔާންކޮށްފައިވާއިރު، ޝާމިލާ ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2012/HC-A/130
ޤަޟިއްޔާ ނިމުނު ގޮތު
މުޖުތަމަޢަށް ނުރައްކާތެރި ކުށުގެ މައްސަލައެއްގެ ރެކޯޑެއް އޮތް މީހެއް ނޫންކަމާ، އަދި ތުހުމަތުކުރެވުނު
މައްސަލައަކީވެސް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާ ބާވަތުގެ މައްސަލައަކަށް ނުވާކަމާ، މުޖުތަމަޢުގެ
ސަލާމަތަށް ނުރައްކާވަނީ ކީއްވެގެންކަންވެސް ބަޔާންކޮށްފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
OXO
• ތިންވަނަ ނުކުތާއަކީ، މުއްދަތު އިތުރުކޮށްފައިވަނީ މުއްދަތު އިތުރު ކުރި ވަގުތުގެ
މާފަހުގެ ތާރީޚަކުން ފެށިގެން ކަމުގައިކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ކްރިމިނަލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޝާމީލާ ޒަކަރިއްޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
OXO
2
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ
ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ
މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒި
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
-ލިޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ބަހައްޓަ4 2
4
4
2012/HC-A/130
ޤަޟިއްޔާ ނިމުނު ގޮތު
©2 x 4
ہی ہے کہ مری
މީހަކު
ޤާނޫނުއަސާސީގެ 49 ވަނަ ޤައްދާއާ
ބަންދުކުރުމުގައި،
ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ
ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ
އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި،
ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުލަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި،
މީދާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް
ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު
19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމެވެ.
ޝައްކުކުރެވޭ
އެތުމާ ގެ 1
އަލިތަކުގައި،
(ނ) ދެވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ގޮތުގެމަތިން ބަންދުގެ މުއްދަތު
އިތުރުކުރެވިފައިވާ މީހަކު ބަންދުގައި ބެހެއްޓުމަށް ޝަރީޢަތުން ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން
ނުވަތަ އެމީހަކު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭފަދަ ޙާލަތެއް ނެތްކަމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ފެނިގެން، އެމީހެއްގެ ބަންދުގެ މުއްދަތުގެ ތެރޭގައި އެމީހަކު މިނިވަންކުރުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްއިން ބޭނުންވާ
އެމީހަކު ބަންދުން ދޫކޮށްލުމުގައި
މިހާރު
ޢަމަލުކުރެވެމުންދާ ގޮތަކީ، އެމީހަކު ބަންދުން ދޫކޮށްލުމުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅައިގެން އެމީހެއްގެ ބަންދާމެދު ޝަރީޢަތުން ގޮތެއް ނިންމުންކަމާއި، އަދި
މިގޮތަށް ޢަމަލުކުރަންޖެހުމުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިމާވާ ދަޠީތަކެއްގެ ސަބަބުން،
ބަންދުގައި ބަހައްޓަން ނުޖެހޭ ފަރާތައްވެސް ބައެއްފަހަރު، އެފަރާތެއް ބަންދުގައި
މުއްދަތަށްވުރެ އިތުރަށް ބަންދުގައި ބެހެއްޓޭގޮތް ދިމާވާކަމާއި، މިކަމުގެ ސަބަބުން ޤާނޫނުއަސާސީން
ލިބިދީފައިވާ ބައެއް ޙައްޤުތަކުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ތެރެއިން ޤާނޫނުއަސާސީގެ
49 ވަނަ މާއްދާގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރެވޭ ބައެއް މީހުން
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ފަނޑިއާދުގެ ދައި
ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ އިސްވެދެންނެވިފައިވާ ޤަޟިއްޔާގައި
ކަންކަން، މައްސަލަ ބައްލަވާ ފަނޑިޔާރަކު ވަޒަންކުރައްވުމަށްފަހު،
ޤާނޫނުއަސާސީގެ 49
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ލބ 335
4
2 ބ ދ ތ ބ
އެރުމުވެގެންދާކަން،
ex e &
ހ *ތ
ބަޔާންކޮށްޖީ
2
ދިވެހިރާއްޖެ
OX
މާއެނއއ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2012HC-A/130
ޤަޟިއްޔާ ނިމުނު ގޮތު
ހ 0
0
22
سرگرم کر کر کے
ބެހޭގޮތުން،
قیمت هر کی
2
2x
02 ދ ތ 3
9ކނޤަކވެ.
4 22
ހ2 04
4 ދ ތ
4ތވެއްޖެނަމަ،
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް
އޮތްކަމަށް ނުވަތަ ނެތްކަމަށް ކަނޑައަޅުއްވަނީ، އެފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ
މައްސަލައަކާއި، އެމައްސަލައަކާ ގުޅިގެން ހައްޔަރުކުރެވިފައިވާ މީހަކު ނުވަތަ ބަޔަކާ
މައްސަލަ ތަޙްޤީޤުކުރާ ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެފަނޑިޔާރަކަށް
ހުށަހަޅާ މައުމާޑީބީ)
.ގެންކަމަށްވީއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކު
ބަންދުގައި
ބަހައްޓަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް
ބައްލަވާ، އެމީހެއްގެ
ބަންދުގެ މުއްދަތު
އިތުރުކުރެވިފައިވަނިކޮށް، އެމީހަކު ބަންދުގައި ބަހައްޓަންޖެހޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ފަނޑިޔާރަށް ހުށަހެޅި ޙާލަތު ނެތިގެން ހިނގައްޖެނަމަ ނުވަތަ ނިމުމަކަށް އަތުވެއްޖެނަމަ އެކަން
އެންމެ ރަނގަޅަށް އެނގޭނީވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކަމާއި،
އަދި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު، ބަންދުކުރެވިފައިވާ މުއް
މުއްދަތު
އިތުރުކުރުމަށް ޝަރީޢަތުން ނިންމެވި ޙާލަތު ނެތިގެން ހިނގައްޖެނަމަ ނުވަތަ ނިމުމަކަށް
އެމީހަކު ބަންދުގައި އިތުރަށް ބެހެއްޓުމަކީ، ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއާ ޚިލާފު
ކަމެއްކަމާއި،
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޤާނޫނުއަސާސީގެ 49
ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
ސަބަބުންކުރާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު
ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން
އެނގެން އޮތްކަމުގައިވީނަމަވެސް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
މީހަކު ބަންދުގައި ބެހެއްޓުމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި 49 ވަނަ
މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" އިން ފަނޑިޔާރަށް ލިބިދީފައިވާ ބާރުގެ ދަށުން،
އިސްވެދެންނެވުނު ޤަވާޢިދުގައިވާ ގޮތުގެމަތިން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހެއްގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަނޑިޔާރު ކަނޑައަޅުއްވާ މުއްދަތު ހަމަވުމުން އެމީހަކު އިތުރައޯޖޭގެ
ބަންދުގައި ބަހައްޓަންޖެހޭފަދަ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުފެންނަނަމަ ނުވަތަ އެމީހަކު ބަންދުގައި
ލިބިދީފައިވަނީ
މ 04
4
'ކެނެއެގެ
ޗ 03
ރވެ
04:
34
24ތ ބަދ
0x ހ 0
އެތެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2012/HC-A/130
ޤަޟިއްޔާ ނިމުނު ގޮތު
ޝަރީޢަތުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އެމީހަކު ބަންދުގައި ބެހެއްޓުމަށް ޝަރީޢަތުން
އަމުރުކުރިކުރުން އެޙާލަތެއްގެ މައްޗަށް ބިނާވެފައިވާ ޙާލަތު ނެތިގެން ހިނގައްޖެނަމަ ނުވަތަ ނިމުމަކަށް
އަތުވެއްޖެނަމަ،
އެމީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ގޮތެއް
ނިންމުން ލާޒިމުކުރާ ޝަރުޢީ ނުވަތަ ޤާނޫނީ އެއްވެސް ނައްސެއް ނެތްކަމާއި، އަދި، އެޙާލަތުގައި
އެމީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅުމުގެ ބަދަލުގައި، މޯލްޑިވްސް
ޕޮލިސް ސަރވިސްއިން ކަނޑައަޅާ އުސޫލުތަކަކާ އެއްގޮތްވާމަތިން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން އެމީހަކު ބަންދުން ދޫކޮށްލުމަށް ހުރަސްއަޅާ އެއްވެސް ޝަރުޢީ ނުވަތަ ޤާނޫނީ ނައްސެއްވެސް
ނެތްކަމާއި،
އެހެންނަމަވެސް، ކުށެއްގެ ތުހުމަތުގައި
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު ބަންދުން
ދޫކޮއްލުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢަމަލުކުރަންވާނީ، ބަންދުގައި ހުރި މީހަކު ދޫކޮށްލުމަށް
އެސަރވިސްއިން ނިންމާ ނިންމުމަކީ ޝަރީޢަތުގެ ކުރިމަތީގައި ޖަސްޓިފައިކުރެވޭފަދަ، ހަމަހަމަކަމާއި،
އިންސާފުވެރިކަމާއި، ހާމަކަމުގެ މައްޗަށް އެކުލަވާލެވޭ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ކަމާއި، އަދި
ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައި ބަޔާންވެގެންވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި
ބާރުތަކުގެ ތެރޭގައި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް
ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ޙާލަތްތަކާއި ޝަރުޠުތައް
މުޠާލިޢާކުރުމާއި މުރާޖަޢާކުރަމުން ގެންދިއުމާއި އެއުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރަމުންދޭތޯ ބެލުން
ހިމެނިފައިވުމާއެކު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު ބަންދުން ދޫކޮއްލުމުގައި މޯލްޑިވްސް
ޕޮލިސް ސަރވިސްއިން ޢަމަލުކުރުމަށް އެސަރވިސްއިން ކަނޑައަޅާ އުސޫލުތަކަކީ އިސްވެދެންނެވިފައިވާ
ކަންކަމުގެ މައްޗަށް ބިނާކޮށް އެސަރވިސްއިން ކަނޑައަޅާފައިވާ އުސޫލުތަކެއްތޯއާއި، ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވިފައިވާ މީހަކު ބަންދުން ދޫކޮއްލުމުގައި ލިމޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢަމަލުކުރަނީ
އިސްވެދެންނެވިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން، ހަމަހަމަކަމާއި، އިންސާފުވެރިކަމާއި،
ހާމަކަންބޮޑުގޮތެއްގައިތޯ ބަލާ ކަށަވަރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި
2
ހިމެނޭކަމެއްކަން އެނގޭކަމެވެ.
ހައިކޯ
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އެސަރވިސްގެ
071161/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އަށް ބަލާއިރު، މައްސަލައިގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2012/HC-A/130
ޤަޟިއްޔާ ނިމުނު ގޮތު
ދި/
42
ނިމިފައިވާތީއާއި މައްސަލައިގެ ބާވަތުން ޝާމިލާ ޒަކަރިއްޔާ އިތުރަށް ހައްޔަރުގައި ބެހެއްޓުމުގެ ބޭނުމެއް
އޮތްކަމަށް ނުފެންނަކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންނަމަވެސް ހަމަ އެފޯމުގެ ތިރީގައި "މިފޯރމުގައި
ޔާންކޮށްފައިވާ މިހާ 2012-04-29 ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ
ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދެއްވުން އެދެމެވެ" މިފަދައިން ލިޔެފައިވާކަމާއި، ފޯމުގައި
ފުށުއަރާގޮތަށް ދެތަނުގައި ލިޔެވިފައިއެވަނީ އެފޯމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ބޭނުންކުރާ
ކޮމްޕިއުޓަރ ޕްރޮގްރާމަކުން އޮޓަމެޓިކުން ޖެނެރޭޓްކުރާ ފޯމެއްކަމަށްވެފައި އެފޯމުގައި ބަންދުގައި ބަހައްޓަން
ބޭނުންވާ މުއްދަތެއް ނުހިމަނައިފިނަމަ އެފޯމު ޖެނެރޭޓްނުކުރެވޭތީކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެދެންނެވިފައިވާ "ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި ޝާމިލާ ޒަކަރިއްޔާ 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި
ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދޭކަމަށް ލިޔެފައިވީނަމަވެސް،
ޝާމިލާ ޒަކަރިއްޔާގެ ބަންދުގެ މުއްދަތު އިތުރުކުންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށާއި،
އިތުރަށް ބަންދުގައި ބެހެއްޓުމަށް ބޭނުންނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން، ކްރިމިނަލް
ކޯޓުން މިމައްސަލަ ބެއްލެވި ޤާޟީއަށް ދަންނަވާފައިވާނޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަމާއި،
އެހެންކަމުން،
2012 އެޕްރީލް 18 ވަނަ ދުވަހުގެ 21:15 ހާއިރު،
އިންނަމާދޫނިޔާމަ، ޝާމިލާ ޒަކަރިއްޔާއާއި، ރ. އިންނަމާދޫގްރީންޕީސް ޙުސައިން އާތިފްއާއި ދެމީހުން
ތިޔާ ސަފާރީ ސުއިޓްގެ 2 ނަންބަރު ކޮޓަރިތެރޭގައި ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް
މައްސަލައިގައި ހައްޔަރުކުރެވިފައިވާ އިންނަމާދޫނިޔާމަ، ޝާމިލާ ޒަކަރިއްޔާގެ ބަންދުގެ މުއްދަތު
އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އެކޯޓުގެ ނަންބަރު 2012/3100(JMD-145
ކޯޓުއަމުރުގައި، ޝާމިލާ ޒަކަރިއްޔާ ބަންދުގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ މުއްދަތު، 29 އެޕްރީލް
2012 ގެ 20:58 ގައި ހަމަވުމުން، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް
ނެތްކަން އެނގޭކަމެވެ.
ތުހުމަތުކުރެވެ
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2012/HC-A/130
ޤަޟިއްޔާ ނިމުނު ގޮތު
ގޮތުގެ ޚުލާޞާ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/3420(J(MD-145 ކޯޓުއަމުރަކީ ބަދަލުގެންނަޖެހޭ އަމުރެއްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
• ޙުކުލް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3420(JMD-145
ކޯޓުއަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުން
އަމުރެއްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/3420(J
(
MD-145 ކޯޓުއަމުރަކީ ބާޠިލު އަމުރެއްކަމުގައި ކަނޑައަޅައި، އެގޮތުގެމަތީން
ޙުކުމްކޮށްފީމެވެ.
އ ހ2 4
2
04
2c4
ބދުލްޤުންނަންޖެހޭ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv