ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/178 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/118
بماند از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
"ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 178/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ސިވިލް ސަރވިސް ކޮމިޝަން
ދާއިމީ އެޑްރެސް:
ވެލާނާގެ} މާލެ
މިހާރުގެ އެޑްރެސް: ހ. ވެލާނާގެ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޝަޙުމާ ޙަސަން
އައި.ޑީ.ކާޑް ނަންބަރ: A149785
*
ދާއިމީ އެޑްރެސް: ފ. ބްލޫލޫން މާލެ
މިހާރުގެ އެޑްރެސް:
ވަރުކަނދުގެ/ މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 އޯގަސްޓް 2010
ނިމުނު ތާރީޚް: 06 ޖުލައި 2014
• އިސްތިއުނާފު ކުރެވުނު މައްސަލަ
ނަންބަރު: 2009/VTR/186
• ނިންމި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނު ތާރީޚް: 24 ޑިސެމްބަރު 2009
* ނިމުނު ތާރީޚް: 18 މެއި 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{010/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދަޢުވާގެ ޚުލާޞާގެ
186/VTR2009
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ
އެޓަރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ،
އެމައްސަލަ އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ . ހ. ބްލޫލޫން ޝަޙުމާ ޙަސަން
ނެއެވެ
0
ގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/186 މައްސަލަ އެޓްރައިބިއުނަލުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު
ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
92 22ތ07
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/186 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ މ. ބްލޫލޫން ޝަޙުމާ ޙަސަން 22 ޖެނުއަރީ 2009 އިން ފެށިގެން
މަޖީދިއްޔާ ސްކޫލުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 2009 ވަނަ އަހަރު ނިމެންދިޔައިރުވެސް ވަޒީފާ ދާއިމީ
ކޮށްދީފައި ނުވުމާއިއެކު ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދޭންއުޅޭކަމުގެ މަޢުލޫމާތު ލިބިގެން، މިކަމަކީ ސިވިލް
ސަރވިސް ޤާނޫނާއި ވަޒީފާއާބެހޭ ޤާނޫނުގެ އިމުގެ ތެރޭގައި ކުރެވޭކަމެއްކަމަށް
ޤަބޫލުނުކުރެވޭކަމުން
އަދާކުރަމުންދިޔަ ވަޒީފާ ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާއަކަށް ބަދަލުކޮށްދިނުމަށާއި މިމަޤާމުގެ ޕްރޮބޭޝަން
މުއްދަތުގެ ފަހުން ވަޒީފާގައި ގެންގުޅުނު ދުވަސްތަކަށް ލިބެންޖެހޭ ހަމަ މުސާރަ ހޯދުމަށާއި ވަޒީފާގެ
ޔަޤީންކަމާއި ރައްކާތެރިކަން ލިބުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް ޝަޙުމާ ޙަސަން
ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަމާއި،
744
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{10/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
އެ މައްސަލަ ނިންމަވާފައިވަނީ، ޝަޙުމާ ޙަސަނަކީ ސިވިލް ސަރވިސްގެ މުވައްޒަފެއް
ނޫންކަމުގައި، މައްސަލަ ރައްދުވާފަރާތުން ބުނިނަމަވެސް، މައްސަލަ ހުށަހެޅިފަރާތް 22 ޖެނުއަރީ 2009 އިން
ފެށިގެން 31 ޑިސެމްބަރު 2009 ގެ ނިޔަލަށް މަޖީދިއްޔާ ސްކޫލުގައި އެސިސްޓެންޓް އެކައުންޓްސް
އޮފިސަރއެއްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މަސައްކަތް ކޮށްފައިވާއިރު، ދެފަރާތުގެ ދެމެދުގައި ވެވޭ
ވަޒީފާގެ އެއްބަސްވުމަކުން ވަކި މަސައްކަތެއް ކުރުމަށް ވަކި މުއްދަތަކަށް މުވައްޒަފުން ގެންގުޅުމަށް ސިވިލް
ސަރވިސްގެ ޤަވާޢިދު ތަންދޭއިރު، އެފަދައިން ޢަމަލުކޮށްފައިނުވާތީއާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ
05 ވަނަ ބައިގައި ވަގުތީ ގޮތުން މުވައްޒަފުން ގެންގުޅުމަށް ވަކިގޮތްތަކެއް ކަނޑައަޅާފައިވާއިރު، ޝަޙުމާ
ޙަސަން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާގައި ގެންގުޅެފައިވަނީ އެފަދައިން ނޫންކަން، ހުށަހަޅާފައިވާ
ލިޔެކިޔުންތަކުން ސާބިތުވާތީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާއާއި
14 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޝަޙުމާ ޙަސަން ހުރި މަޤާމަކީ ދާއިމީ މަޤާމެއްކަމަށް ބަލަންޖެހޭ ހިނދު،
ސިވިލް ސަރވިސްގެ ދާއިމީ މަޤާމެއްގައި ހުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުން ޝަޙުމާ ޙަސަންއާމެދު ޢަމަލުކޮށްފައި ނުވާތީ،
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޝަޙުމާ ޙަސަން
ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާއި ބެހޭ ޤާނޫނު)
ގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅުއްވައި، ޤާނޫނު
ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން ޝަޙުމާ ޙަސަންއަކީ އެއްވެސް
ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި އޭނާގެ ވަޒީފާގެ ކަންތައް 18 މެއި 2010 އިން
ފެށިގެން 15 ދުވަހުގެ ތެރޭގައި ހަމަޖައްސައި 1 ޖެނުއަރީ 2010 އިން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައް
ހަމަޖެހޭ ދުވަހާ ހަމަޔަށް ޝަޙުމާ ޙަސަން އަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ މި
މުއްދަތުގެ ތެރޭގައި އެކީ އެއްފަހަރާ އޭނާއަށް ދިނުމަށާއި އެކަން ހަމަޖެހޭތާ 3 ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމަކުން އެންގުމަށް، ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވައި އަމުރުކުރައްވައިކަން
00 22
އެނގެން އޮންނަކަމެވެ.
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2{10/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
3. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/186 މައްސަލަ އެޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކުރުމަށް
ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
· 40 2
$ހރއޖީ3
(ހ) ފުރަތަމަ ނުކުތާއަކީ: ވަޒީފާއާއިބެހޭ ޓްރައިބިއުނަލުގެ ނިންމެވުމަކީ ދިވެހި
ޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 182 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ
ގޮތާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސް ޤާނޫނު) ގެ 4 ވަނަ މާއްދާގެ (އ) އާއި، 5
ވަނަ މާއްދާގެ (ބ) އާއި، 18 ވަނަ މާއްދާގެ (ހ) އާއި، 37 ވަނަ މާއްދާ އަދި 38 ވަނަ މާއްދާއާއި
ކަނޑައެޅިގެން ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނިންމެވުމަކީ ދިވެހި ސިވިލް
ސަރވިސްގެ ޤަވާޢިދު 2008 ގެ 2 ވަނަ ބައި (މަޤާމަށް ހުއްދަ ދިނުމާއި، މަޤާމު އުފެއްދުމާއި، މަޤާމު
އުވާލުން) ގެ "މަޤާމަށް ހުއްދަދިނުން" މިސުރުޙީގެ 1 ވަނަ ނަންބަރާ ޚިލާފަށް މަޖީދިއްޔާ ސްކޫލުން
ޢަމަލުކޮށްފައިވަނިކޮށް މިކަމަށް އެއްވެސް ރިޢާޔަތެއް ކުރުމާކާނުލައި ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ސިވިލް ސަރވިސް ކޮމިޝަނުން އުފައްދައި ދީފައިނުވާ
މަޤާމެއްގައި މަޖީދިއްޔާ ސްކޫލުގެ އަމިއްލަ ނިންމެވުމުގެ މައްޗަށް ޝަޙުމާ ޙަސަން ގެންގުޅެފައިވަނީ، ދިވެހި
ސިވިލް ސާވިސްގެ ޤަވާޢިދު 2008 ގެ 2 ވަނަ ބައި (މަޤާމަށް ހުއްދަ ދިނުމާއި، މަޤާމު އުފެއްދުމާއި، މަޤާމު
އުވާލުން) ގެ "މަޤާމު އުފެއްދުން" މިސުރުޚީގެ ދަށުން ބަޔާންކުރާ އެންމެހައި ކަންކަމަށް މަޖީދިއްޔާ ސްކޫލުން
ޢަމަލުކޮށްފައި ނުވަނީސްކަމާއި، މިހެން މިކަން އޮއްވާ ނަޒުލާ ޙަސަންއަކީ ސިވިލް ސަރވިސްގެ ދާއިމީ
މުވައްޒަފެއްކަމަށް ބަލަންޖެހޭކަމަށް ޓްރައިބިނަލުން ނިންމަވާފައިވަނީ އިސްވެބުނެވުނު އެއްވެސް މާއްދާއަކަށް
ރިޢާޔަތްކުރުމަކާ ނުލައިކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޙަޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2{010/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
(ރ) ހަތަރުވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނު) އަކީ ޚާއްޞަ ޤާނޫނެއްކަމާއި، އަދި މިޤާނޫނަކީ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ޤާނޫނަކަށްވެފައި،
މިޤާނޫނަކީ ދިވެހި ސިވިލް ސަރވިސްގެ ނަމުގައި މުސްތަޤިއްލު ޚިދުމަތެއް ޤާއިމު ކުރުމުގެ ޤާނޫނެއްކަމާއި،
މިޤާނޫނުގެ ދަށުން ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމާއި، ކުރިއެރުން ދިނުމާއި،
ބަދަލުކުރުމާއި، ވަކިކުރުމާއި، އަދިވެސް ސިވިލް ސަރވިސްގެ ވަޒީފާއާއި ގުޅުންހުރި މުވައްޒަފުންގެ އެންމެހައި
ކުރުމަށް ވަކި ޚާއްޞަ އުޞޫލުތަކެއް ބަޔާންވެފައިވާ ޤާނޫނަކަށް މިޤާނޫނު ވާއިރު، ދިވެހި ސިވިލް
ސަރވިސްގެ މުވައްޒަފުންގެ ކަންކަން ހިންގުމަށާއި، ގޮތްނިންމުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްކަން
ދީފައިވަނީ ޢާއްމު ޤާނޫނެއް ކަމަށްވާ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ކަމަށްވާތީ،
މިއުޞޫލަކީ ޤާނޫނުތަކަށް ޢަމަލުކުރުމުގައި އިސްކަންދޭންޖެހޭ އުޞޫލާއި، ތަރުތީބަށް ބަލާއިރު އެއުޞޫލާ
ކަނޑައެޅިގެން ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ކަމެއް
4. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/186 މައްސަލަ އިސްތިއުނާފު
ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ސިވިލް
ސަރވިސް ކޮމިޝަނުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ، މ. ބްލޫލޫން ޝަޙުމާ ޙަސަންގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/186 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ބަލިވެ
(ހ) ފުރަތަމަ ކަމަކީ: ލޫލޫން، ޝަރުމާ ޙަސަން، މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް
ޑައުންޓްސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައީ، 2009 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ
ބަޖެޓުގައި މަސައްކަތް ކުރާ މުވައްޒަފުން ވަރަށް ބޮޑަށް މަދުވުމާ ގުޅިގެން، ކުރިން ކޮށްފައިވާ އިޢުލާނަކާ
ގުޅިގެން ކުރިމަތިލީ މީހުންގެ ތެރެއިން ދެވަނައަށް ރޭންކު ކުރެވިފައިވަނީ ޝައުމާ ޙަސަން ކަމަށްވެފައި،
ބަޖެޓުގައި މަސައްކަތް ކުރާ ސްޓާފުންގެ ތެރެއިން ސްޓާފަކު ވަޒީފާއިން ކެނޑުމުން، އިޢުލާ
އި
4
ދިވެހިރާއްޖޭހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 332529، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2{10/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ކުރިމަތިވި މީހުންގެ ތެރެއިން ފުރަތަމައަށް ރޭންކު ކުރެވުނު ފަރާތަށް ވަޒީފާ ހަމަޖައްސައި ދީފައިވާކަމާއި،
މަޖީދިއްޔާ ސްކޫލުގައި ހުސް މަޤާމެއް ނެތުމުން ޝަޙުމާ ޙަސަން ވަޒީފާއަށް ނުނެރޭކަމާއި، ނަމަވެސް،
ވަކިޖަވާ
ޖަވާބެއް އަރުވަންދެން މަޑުކުރުމަށް ޝަޙުމާ ޙަސަނަށް މަޖީދިއްޔާ ސްކޫލުން އަންގާފައިވަނިކޮށް، މަޖީދިއްޔާ
ސްކޫލުގެ ޕްރިންސިޕަލް ބަދަލުވުމާ ގުޅިގެން އެދުވަސްވަރު ސްކޫލުތެރެ ބާރު ބޮޑުވުމުން އެވަގުތު ހުރި
ހެޑްމާސްޓަރއާއި މެނޭޖްމަންޓާ ސްކޫލުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު، ޝަޙުމާ
ޙަސަނާ ވާހަކަ ދެއްކުމަށްފަހު، ކޮންމެވެސް ކަހަލަ އުޖޫރައެއް ލިބޭގޮތަށް މަސައްކަތް ކުރުމަށް ޝަޙުމާ ޙަސަން
އެއްބަސްވުމުން އޭނާ މަސައްކަތަށް ނެރުނުކަމާއި، އެގޮތަށް ޝަޙުމާ ޙަސަނާ ވާހަކަ ދެއްކުމުގައި ކުއްލިއަކަށް
ވަޒީފާ ހަމަޖައްސަން އުނދަގޫވާނެކަމަށް ބުނިކަމާއި، ޝަޙުމާ ޙަސަން މަޖީދިއްޔާ ސްކޫލުގެ މަސައްކަތަށް
ނެރެފައިވަނިކޮށް ހުސްމަޤާމުތައް ފްރީޒްކޮށް، އެއްވެސް މަޤާމަކަށް މުވައްޒަފުން ހަމަނުޖެއްސުމަށް ސިވިލް
ސަރވިސް ކޮމިޝަނުން އެންގިކަމާއި، އަދި ހަމައެހެން އޭގެ ފަހުން މަޖީދިއްޔާ ސްކޫލުގެ މުވައްޒަފުން
ގިނަވެގެން ވަޒީފާއިން ވަކިކުރުމުގެ އިންޓަރވިއު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގެންދަން ނިންމުމުން
ޝަޙުމާ ޙަސަނުގެ ވަޒީފާ ގަވާއިދުން ހަމަނުޖެހިވާތީ އޭނާ ވަޒީފާއިން ވަކިވުން ގާތްކަމަށް އޭނާގެ ގާތުގައި
ބުނިކަމާއި، ޝަޙުމާ ޙަސަން 31 ޑިސެމްބަރު 2009 އިން ފެށިގެން މަސައްކަތަށް ނުނިކުތުމަށް ނޯޓިސް
ދީފައިވާކަން ޝަޙުމާ ޙަސަން މަޖީދިއްޔާ ސްކޫލުގެ މަސައްކަތަށް ނެރުމުގައި އުޅުނު މަޖީދިއްޔާ ސްކޫލުގެ
ޑެޕިއުޓީ ޕްރިންސިޕަލް ޒާޝާން ކަމާލުއްދީން ( މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ
ބަޔާނުގައި ބުނެފައިވާކަން އެނގޭކަމާއި،
ޝަރުމާ ޙަސަނުގެ ވަޒީފާ ހަމަނުޖެހިގެން އެކަމުގެ ޝަކުވާ ޝަޙުމާ ޙަސަނުގެ ފަރާތުން
ސްކޫލުގެ ވެރިންނަށް ކޮށްފައިވާ ކަމާއި، އަދި އޭނާގެ ވަޒީފާ ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދާކަމަށް
ޝަޙުމާ ޙަސަނަށް އެކިފަހަރުތަކުގެ މަތިން ޖަވާބު ދެވިފައިވާކަން މަޖީދިއްޔާ ސްކޫލުގެ ޢަބްދުލްވާޙިދު
ބުނެފައިވާކަން އެނގޭކަމާއި، ޝަޙުމާ ޙަސަނުގެ ފަރާތުން ވަޒީފާއާބެހޭ
ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ
ބަޔާންތަކުންވެސް މަޖީދިއްޔާ ސްކޫލުގައި ޝަޙުމާ ޙަސަން ކުރަމުން ދިޔަ މަސައްކަތުގެ ވަޒީފާ ގަވާއިދުންޓޭގެ ދި
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{10/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ހަމަޖެހިފައިނުވާކަން އޭނާއަށްވެސް އެނގިފައިވާކަމާއި، ޝަޙުމާ ޙަސަން 31 ޑިސެމްބަރު 2009 އިން
ފެށިގެން މަޖީދިއްޔާ ސްކޫލުގެ މަސައްކަތަށް ނުނިކުތުމަށް އެންގުނީ އޭނާއަށް ސިވިލް ސަރވިސްގެ
ގަވައިދުގައިވާ ގޮތުގެމަތިން ވަޒީފާ ހަމަނުޖެއްސިގެންކަން މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް
އެޑްމިނިސްޓްރޭޓިވް އޮފިސަރ ޢަބްދުލްވާހިދު މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ
ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް މީހަކު ހޯދުމާއި، ވަޒީފާ ދިނުމާއި
ވަޒީފާއިން ވަކިކުރުމާބެހޭ ގޮތުން ޢަމަލު ކުރަންޖެހޭ އުޞޫލުތަކާއި އިޖްރާޢާތަށް ބަލާއިރު،
ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު
ނަންބަރު 5/2007) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ދިވެހި ދައުލަތުގެ ފަރާތުން
ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދުމަތްތައް ފޯރުވައި ދިނުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި،
ވަޒީފާއިން ވަކިކުރުމާއި، އެ މުވައްޒަފުންނަށް މުސާރައާއި ވަޒީފާއާ ގުޅިގެން ދެވޭ އިނާޔަތްތައް ކަނޑައެޅުމާއި،
މިކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމަކީ، ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ
މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްކަން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 18
ވަނަމާއްދާގެ (ހ) އިން އެނގޭކަމާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާދިނުމާއި، އެއްވަޒީފާއިން
އަނެއް ވަޒީފާއަށް ބަދަލުކުރުމާއި ވަޒީފާއިން ވަކިކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސިވިލް ސަރވިސް
ކޮމިޝަނަށް ކަމަށާއި، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު، ފާޅުކަން ބޮޑު
ގޮތެއްގައި ހުޅުވާލައި، އެކަށީގެންވާ ހަމަހިމަ ފުރުޞަތު މުޖުތަމަޢުގެ ހުރިހާ ފަރާތަކަށްވެސް ލިބިދެވޭނެ ނިޒާމެއް
ޤާއިމްވެފައި އޮންނަންވާނެކަމާއި ސިވިލް ސަރވިސްގެ ވަޒީފާ ދޭންވާނީ ޢިލްމީގޮތުން އެންމެ ރަނގަޅު
ނަތީޖާލިބިފައިވާ ޤާބިލުކަމާއި ތަޖްރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދީގެންކަމަށް އެޤާނޫނުގެ 4 ވަނަމާއްދާގެ
(އ) އާއި 5 ވަނަމާއްދާގެ (ބ) އަށް ބެލުމުން އެނގޭކަމާއި، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ދިނުމުގެ އި
22
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
8
2013/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ބަލާނެ އަސާސީ މިންގަނޑަކީ، ސިޔާސީ ނުފޫޒުތަކުން އެކަހެރިވެފައިވާ ގޮތެއްގައި މެރިޓް އުސޫލުންކަމާއި،
މެރިޓް އުސޫލުން ވަޒީފާ ދިންކަމުގައި ބެލޭނީ:-
(1) ޢައްޔަނު ކުރެވުނު މީހަކީ ވަޒީފާގެ ޝަރުޠު ފުރިހަމަވާ މީހެއްކަމުގައިވުން؛
وسرد تر ہے
(2) ޢައްޔަނު ކުރެވުނު މީހަކީ އެމީހެއްގެ ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ހުނަރަށް
އަދި މަސައްކަތުގެ ތަޖްރިބާއަށް ބަލައިގެން ޢައްޔަނު ކުރެވިފައިވާ މީހަކު ކަމުގައިވާނަމަކަން އެޤާނޫނުގެ 37
38 ވަނަމާއްދާއަށް ބެލުމުން އެނގޭކަމާއި،
ދިވެހި ސިވިލް ސަރވިސްގެ އެކިއެކި މަގާމުތަކަށް މީހުން ހޯދައި އެ މަގާމުތަކަށް މީހުން
ހޮވާނީ އެމަގާމެއް އޮތް
އޮތް އޮފީހަކުން ކަމަށާއި މީހަކު ހޯދަންވާނީ ހުސް މަގާމެއް އޮވެގެން ނުވަތަ މަގާމުގައި ހުރި
މުވައްޒަފަކު ވަކިވާން އެދުމުން ކަމަށާއި، އާންމު އުސޫލެއްގެ ގޮތުން ސިވިލް ސަރވިސްގެ މަގާމުތަކަށް މީހުން
ހޯދާނީ އިޢުލާންކޮށްގެންކަމަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2008 ގެ 4 ވަނަ ބައިގެ 2
ވަނަމާއްދާއާއި 3 ވަނަމާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމާއި، ސިވިލް ސަރވިސްގެ ވަޒީފާ ދެ ގިންތިއަކަށް
ފެތޭ ގޮތަށް ދެވިދާނެކަމާއި، އެއީ ދާއިމީ މުވައްޒަފެއްގެ ގޮތުގައާ
ގައާއި ވަގުތީ މުވައްޒަފެއްގެ ގޮތުގައިކަމާއި، ވަގުތީ
ވަޒީފާއެއް ދެވޭނީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް ކަނޑައެޅޭ
ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށްކަމަށް
ސިވިލް ސަރވިސްގެ ޤާނޫނުގެ 40
ވަނަމާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތައް ދޭނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށާއި،
ނަމަވެސް އެކިއެކި މަގާމުތަކުގައި ވަގުތީ މީހުން ގެންގުޅުމުގެ ހުއްދަ، ދީފައިވާ އޮފީސްތަކުން އެ މަގާމުތަކުގައި
މީހުން ގެންގުޅެވިދާނެކަމާއި، ސިވިލް ސަރވިސްގެ މަގާމަކަށް މީހަކު ލައްވަން ބޭނުންވެއްޖެނަމަ އެމަގާމަކަށް
އެންމެ އެކަށީގެންވާ މީހަކު ހޮވުމަށްފަހު، އެމީހަކަށް ވަޒީފާ ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށް
ހުށަހަޅަންވާނެ ކަމަށާއި، މުވައްޒަފަކަށް ވަޒީފާ ދިނުމަށް އެދި ހުށަހަޅާނީ "ވަޒީފާ ދެއްވުމަށް އެދި ދަންނަވާ
ޗިޓް އޮންނަންވީ ގޮތް ނަމޫނާ 4 ގައި) އިން ކަމަށާއި، ވަޒީފާ ދޭނީ އެމަގާމެއް އޮތް އޮފީހަކަށް ހާފްވޭ
24
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
2{010/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2 22 22
އެކަމަށް
ސަރވިސް ކޮމިޝަނުން ފޮނުވާ ޗިޓަކުން ކަމަށާއި، ވަޒީފާ ދިނުމާގުޅިގެން، ސިވިލް ސަރވިސްގެ ކޮންމެ
މުވައްޒަފަކަށްވެސް ޚިދުމަތުގެ ރެކޯޑް ކާޑު ނަންބަރެއް ދެވޭނެ ކަމަށާއި، ސިވިލް ސަރވިސްގެ ވަޒީފާ ދިނުމުން
އެމީހަކަށް ލިޔުމުން އެކަން އަންގަންވާނެކަމަށާއި، ސިވިލް ސަރވިސްއަށް އަލަށް ވަންނަ މީހުންނަށް ވަޒީފާ
ދިންކަމުގެ ޗިޓު ސިވިލް ސަރވިސް ކޮމިޝަނުން އެމުވައްޒަފެއްގެ އޮފީހަށް ފޮނުވުމުން، ވަޒީފާ ދިންކަން
އެއޮފީހަކުން އެމީހަކަށް އަންގާ ލިޔުން ހަވާލުކުރާއިރު، ސިވިލް ސަރވިސް ވަޒީފާގެ އެއްބަސްވުމުގައި
ސޮއިކުރަންވަނެކަން އެގަވާއިދުގެ 4 ވަނަ ބައިގެ 18،19،20، 16,17އަދި 21 ވަނަމާއްދާގައި
ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ވަގުތީ މަގާމަކީ، ވަގުތީ މަސައްކަތެއް ކުރުމަށް އުފައްދާ މަގާމެއް
މަގާމެއްކަމަށާއި، މަގާމު
.ފެއްދި
ބޭނުން ކެނޑުމުން، ވަގުތީ މަގާމު އުވާލެވޭނެ ކަމަށާއި، ވަގުތީ މަގާމެއް އުފައްދަން ބޭނުންވެއްޖެނަމަ،
ބޭނުންވި މަސްއޫލު އޮފީހަކުން ގަވައިދުން އެކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެ ކަމާއި،
ވަގުތީ މަގާމެއް އުފައްދާނީ އަދި އުވާލާނީވެސް ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާ ލިޔުމަކުން ކަމަށާއި،
ވަގުތީ މަގާމުތަކަށް މީހުން ހޯދުމުގައާއި، އެ މަގާމުތަކަށް މީހުން ހޮވުމުގައާއި،
މަގާމުތަކަށް މީހުން
ކަނޑައެޅުމުގައި ޢަމަލުކުރާނީ ސިވިލް ސަރވިސްގެ ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގައާއި، ހޮވުމުގައާއި
ކަނޑައެޅުމުގައި ޢަމަލުކުރާ އުސޫލުންކަމަށާއި، ވަގުތީ މަގާމެއް އުފެއްދި މުއްދަތު ހަމަވެގެން ނުވަތަ މަގާމު
އުފެއްދި ބޭނުން ކެނޑިގެން ވަގުތީ މަގާމު އުވާލާއިރު، އެމަގާމެއްގައިހުރި ވަގުތީ މުވައްޒަފު ވަޒީފާއިން
ވަކިކުރެވޭނެކަމަށާއި، ވަގުތީ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނީ ނޯޓިސް ދިނުމަށްފަހުގައި ކަމަށާއި، އެގޮތުން
ސިވިލް ސަރވިސްގައި 3 އަހަރު ހަމަނުވާ މުވައްޒަފެއް ކަމުގައިވާނަމަ، 1 މަސް ދުވަހުގެ ނޯޓިސް
ދޭންވާނެކަމަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2008 ގެ 5 ވަނަ ބައިގެ 9،8،6،4،1، އަދި 10
ނަމާއްދާގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ސިވިލް ސަރވިސް
ކޮމިޝަނުން އެމަގާމެއް އޮތް އޮފީހަކަށް ފޮނުވާ ޗިޓަކުން ކަމަށާއި، ނަމަވެސް، އެކިއެކި މަގާމުތަކުގައި ވަގުތީ؟
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
10
2{10/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
މީހުން ގެންގުޅުމަށް ސިވިލް ސަރވިސް ކޮމިޝަނުން ހުއްދަދީފައިވާ އޮފީސްތަކުން އެމަގާމުތަކުގައި ގެންގުޅޭ
ވަގުތީ މީހުން ދޫކޮށްލުމުގެ އިޚްތިޔާރު، އެ އޮފީސްތަކަށް ލިބިގެންވާކަމާއި، ސިވިލް ސަރވިސްގެ މުވައްޒަފުން
ވަޒީފާއިން ވަކިކުރެވޭނީ ގާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން
ކޮމިޝަނަށްކަމަށާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާ ސަބަބު ނުވަތަ
ސަބަބުތައް އެމުވައްޒަފަކަށް ލިޔުމުން އަންގަންވާނެކަމަށާއި، އެގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ
ސަބަބުތަކުގެ ތެރޭގައި، އެ މުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ ވަޒީފާ ދިނުމުގައި ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނާއި ގަވާއިދުގައި މުވައްޒަފުން ޢައްޔަނުކުރުމަށް ހަމަޖެހިފައިވާ ގޮތާ ޚިލާފަށްކަމަށް ސިވިލް ސަރވިސް
ކޮމިޝަނުން ކުރި ތައްޤީޤަކަށް ސާބިތުވުން ހިމެނޭކަން އެގަވާއިދުގެ 4 ވަނަ ބައިގެ 46 ވަނަމާއްދާއާއި 47
ވަނަމާއްދާގެ (ހ) އާއި (ނ) އާއި (ނ) ގެ 4 ވަނަނަންބަރުގައި ބަޔާންކޮށްފައިވާކަން އެނގޭއިރު،
މަޖީދިއްޔާ ސުކޫލުގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރގެ މަޤާމުގެ މަސައްކަތް ޝަޙުމާ
ޙަސަން ކުރަމުން ގެންދަނީ، އެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާންކޮށް، އެކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން
މެރިޓް އުސޫލުން އެންމެ ރަނގަޅު މީހަކީ ޝަޢުމާ ޙަސަން ކަމަށް ހޮވިގެން ނޫންކަމާއި، ޝައުމާ ޙަސަން އެ
ސްކޫލުގައި މަސައްކަތް ކުރަން ފެށިއިރު، މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރގެ މަގާމު
ހުސްވެފައިނުވާކަމާއި، އަދި އެމަޤާމުގައި ހުރި މީހަކު ވަކިވާންވެސް އެދިފައިނުވާކަމާއި، ޝަޙުމާ ޙަސަން
މަޖީދިއްޔާ ސްކޫލުގެ ވަޒީފާއަކަށް ހަމަޖެއްސުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށްޓަކައި
މަޖީދިއްޔާ ސްކޫލުގެ ފަރާތުން އެ ސްކޫލުގެ މަސްއޫލު އޮފީސްކަމުގައިވާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް
ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، އަދި ޝަޙުމާ ޙަސަނަށް މަޖީދިއްޔާ ސްކޫލުގެ ވަޒީފާއެއް
ހަމަޖެއްސުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާކަންވެސް
އެނގެންނެތް އިރު، ސިވިލް ސަރވިސްގެ ވަޒީފާ ދެވޭ މީހުންނަށް ދެވޭ ރެކޯޑް ކާޑު ނަންބަރެއް
ނަންބަރެއް ޝަޙުމާ
ޙަސަނަށް ދެވިފައިނެތްކަމާއި، މަޖީދިއްޔާ ސްކޫލުގައި ސިވިލް ސަރވިސްގެ ވަޒީފާއެއް ގަވާއިދުން ހަމަޖެހިގެން
އެކަން އުމާ ޙަސަނަށް މަޖީދިއްޔާ ސްކޫލުގެ ފަރާތުން އަންގާފައިވާކަން އެނގެން ނެތްކަމާއި
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
11
2{10/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
އެއްބަސްވުމެއްވެސް ޝަޙުމާ ޙަސަނާއި މަޖީދިއްޔާ ސްކޫލާ ދެމެދު ހެދިފައިނުވާކަންވެސް މި މައްސަލާގައި ދެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ޝަހުމާ ޙަސަން މަޖީދިއްޔާ ސްކޫލުގައި 22 ޖެނުއަރީ 2009 އިން
ފެށިގެން މަސައްކަތް ކުރަމުންދަނިކޮށް، ޝަހުމާ ޙަސަން 31 ޑިސެމްބަރު 2009 ގައި ވަޒީފާއިން
ވަކިކުރެވޭނެކަމު ގެ ނޯޓިސް 27 ޑިސެމްބަރު 20009 ގައި ލިޔުމުންދީ، އެތާރީޚުގައި ޝަހުމާ ޙަސަން
ވަޒީފާއިން ވަކިކޮށްފައިވާކަން އެނގޭއިރު،
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ އަށް ބަލާއިރު،
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި ބަޔާންވެގެން އޮން
އޮންނަކަމާއި، އަދި
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި،
އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ
ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެން އޮންނަކަމާއި، އަދި މުވައްޒަފަކު
ވަޒީފާއިން ވަކިކުރާނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާ ސަބަބު ނުވަތަ ސަބަބުތައް އެމުވައްޒަފަކަށް
ލިޔުމުން އަންގަންވާނެކަމަށާއި، އެގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތަކުގެ ތެރޭގައި، އެ
މުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ ވަޒީފާ ދިނުމުގައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގައި
މުވައްޒަފުން ޢައްޔަނުކުރުމަށް ހަމަޖެހިފައިވާ ގޮތާ ޚިލާފަށްކަމަށް ސާބިތުވުން ހިމެނޭކަން ދިވެހި ސިވިލް
ސަރވިސްގެ ގަވާއިދު 2008 ގެ 4 ވަނަ ބައިގެ 47 ވަނަމާއްދާގެ (ނ) އާއި (ނ) ގެ 4 ވަނަ ނަންބަރަށް
ބެލުމުން އެނގޭކަމާއި، ޝަހުމާ ޙަސަން އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރެވިފައިވަނީ ޝަހުމާ
ޙަސަންގެ ވަޒީފާ ދާއިމީކުރުމެއްނެތިކަމަށް އޭނާބުނާއިރު، ޝަޢުމާ ޙަސަނަށް މަޖީދިއްޔާ ސްކޫލުގައި ސިވިލް
ސަރވިސްގެ ވަޒީފާ ޤާނޫނާއި ގަވާއިދުން ހަމަޖެހިފައިނުވާކަން އޭނާއަށްވެ.
އޭނާއަށްވެސް އެނގޭކަން ޝަޙުމާ ކާނާގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
12
2013/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
22
eހ
ވަޒީފާއާ ޓްރައިބިއުނަލަށް ދީފައިވާ ބަޔާންތަކުން އެނގޭކަމާއި، ޝަހުމާ ޙަސަން މަޖީދިއްޔާ ސްކޫލްގައި
ގެންގުޅެފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާ ޤަވާއިދާ ޚިލާފަށްކަން އެނގޭތީ ޝަޙުމާ ޙަސަނަކީ
މަޖީދިއްޔާ ސްކޫލުގައި ވަޒީފާ އަދާކުރި މީހެއްކަމުގައި ޤާނޫނީ ގޮތުން ބެލެވޭނެ ހަމައެއް އޮތްކަމަށް
ނުފެންނަކަމާއި، އަދި އެ ފަދަ ގޮތަކަށް ގެންގުޅޭ މުވައްޒަފެއްގެ އެއްވެސް ޒިންމާއެއް ސިވިލް ސަރވިސް
ކޮމިޝަނުން އަދި މަސްއޫލު އޮފީހުން އުފުލަންޖެހޭ ޤާނޫނީ ސަބަބެއްނެތްކަން އެނގޭތީ، ޝަހުމާ ޙަސަން
މަޖީދިއްޔާ ސްކޫލުގައި މަސައްކަތްކޮށްފައިވަނީ ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ގަވާއިދުން ވަޒީފާ
ހަމަޖެހިގެން ކަމަށް ބަލަންޖެހޭ ސަބަބެއް އޮތްކަމަށް ގަބޫލުނުކުރެވޭއިރު، މަޖީދިއްޔާ ސްކޫލުގައި ޝަޙުމާ
ޙަސަން މަސައްކަތް ކުރުމުގައި ޝަޙުމާ ޙަސަނަށް ގަވާއިދުން ވަޒީފާ ހަމަޖައްސައި ދިނުމުގެ މަސްއޫލިއްޔަތާއި
ޒިންމާއަކީ މަޖީދިއްޔާ ސްކޫލާއި އެ ސްކޫލުގެ މަސްއޫލުވެރި އޮފީހުގެ ނުވަތަ އެކަން ގަވާއިދުން ކުރަންޖެހޭ
މުވައްޒަފެއްގެ މަސްއޫލިއްޔަތާއި ޒިންމާއެއްކަން އެނގޭއިރު، ޝަޙުމާ ޙަސަނަށް ސިވިލް ސަރވިސްގެ ވަޒީފާ
ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހަމަޖެހިފައިނުވާކަން އެނގޭތީ ސިވިލް ސަރވިސް މުވައްޒަ
މުވައްޒަފުންނަށް
ޤާނޫނާއި ގަވާއިދުގެ ދަށުން ލިބިދޭ ޙައްޤުތަކާއި އިނާޔަތްތަކާއި ހިމާޔަތް ޝަޙުމާ ޙަސަނަށް ލިބިދޭން
ސަބަބެއް އޮތްކަމަށް ޤަބޫލުނުކުރެވޭކަމެވެ
.
(ރ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ބަޔާންކޮށްފައިވާ
ޤާނޫނަކީ، ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 02/2008) ކަން އެނގޭކަމާއި، އަދި ދިވެހިރާއްޖޭގައި
ވަޒީފާއާބެހޭ ޚާއްޞަ ޤާނޫނުތަކެއް ހެދިފައިވާ ކަމާއި، އެތަނުން އެއްޤާނޫނަކީ ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނު (ޤާނޫނު ނަންބަރު 5/2007) ކަން އެނގޭކަމާއި، އަދި އެޤާނޫނާއި އެޤާނޫނުގައި ދަށުން ހެދިފައިވާ
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ވަޒީފާއާގުޅޭ އަސާސީ އުސޫލުތައްކަމަށް ވަޒީފާއާ ބެހޭ ޤާނޫނުގައި
ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނިފައިވާކަން އެނގޭކަމާއި، އެހެންކަމުން، ސިވިލް ސަރވިސް
oxo
ދިވެހިރާއްޖެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
13
2010/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
މުވައްޒަފުންގެ ވަޒީފާއާގުޅޭ ކަންތައްތަކުގައި ޢަމަލު ކުރަންޖެހޭނީ ސިވިލް ސަރވިސްގެ މުވައްޒަފުންނާމެދު
ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ކަމަށް ޤަބޫލުކުރެވޭކަމެވެ.
ބަޔާން
(ބ) ފަސްވަނަ ކަމަކީ: ޝަހުމާ ޙަސަން މަޖީދިއްޔާ ސްކޫލުގައި މަސައްކަތް ކުރަން ފެށީ 22
ޖެނުއަރީ 2009 އިން ފެށިގެންކަމާއި، ނަމަވެސް ޝަހުމާ ހަސަންގެ ވަޒީފާގެ އެއްބަސްވުމެއް ނުވަތަ ވަޒީފާގެ
ޔާނެއް މައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިނުވާކަން ފާހަގަ
ކުރެވޭކަމާއި، ޝަހުމާ ޙަސަން މަޖީދިއްޔާ ސްކޫލުގައި ކުރި މަސައްކަތްތަކަށް ބަލާއިރު، އެ ސްކޫލުގެ
އެކައުންޓްސް ބައިގައި މަސައްކަތް ކުރުމާއި، އެސްކޫލުގެ މުވައްޒަފުންގެ މުސާރަ ޝީޓުތަކާއި، އެސްކޫލުގެ
ތިޖޫރި ބަލަހައްޓަމުން ދިޔައީ ޝަހުމާ ޙަސަންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، ޤާނޫނު
ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 14 ވަނަ މާއްދާގައި މުވައްޒަފަކު ވަގުތީ ގޮތުން ވަޒީފާގައި 06
މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގެންގުޅެވިދާނެ ކަމާއި، ޝަހުމާ ޙަސަން މަޖީދިއްޔާ ސްކޫލުގެ
މަސައްކަތުގައި 6 (ހައެއް) މަސް ދުވަހަށްވުރެ، އިތުރަށް ގެންގުޅެފައިވާކަން އެނގެން އޮތްނަމަވެސް، ދިވެހި
ސިވިލް ސަރވިސްގެ ވަގުތީ އަދި ދާއިމީ ވަޒީފާއެއް މަޖީދިއްޔާ ސްކޫލުގައި ޝަހުމާ ޙަސަނަށް ގާނޫނާއި
ގަވާއިދުގައިވާ ގޮތުގެމަތިން ހަމަޖައްސައި ދީފައިވާކަން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ
ލިޔުންތަކަށް ބެލުން އެނގެން ނެތުމުން ޝަޙުމާ ޙަސަނަކީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ހުރި
މީހެއްކަމުގައި ޤާނޫނީ ގޮތުން ނުބެލެވޭތީ، ޝަޙުމާ ޙަސަނަށް މަޖީދިއްޔާ ސްކޫލުގެ ދާއިމީ ވަޒީފާ
ހަމަޖެހިފައިވާކަމަށް ބަލައި، އަދި އެމަޤާމުން އޭނާއަކީ ވަކިވެފައިވާ މީހެއްކަމުގައި ނުބަލައި، އެމަޤާމުގެ
މުސާރައާއި އިނާޔަތްތައް ޝަޙުމާ ޙަސަނަށް ދިނުމަށް ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް
އަންގަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
6
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
14
2{010/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
<< O
އެހެންކަމުން މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/186 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމު
04 30
ބަދަލު ގެންނަންޖެހޭ ކަމަށެވެ.
.ޙުކުމް
ס כלכל ס
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއިއެކު،
ޝަޙުމާ ޙަސަން މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރއެއްގެ މަގާމުގައި މަސައްކަތް
ކުރީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 5/2007) އާއި ދިވެހި ސިވިލް ސަރވިސްގެ
ގަވާއިދުގައި ސިވިލް ސަރވިސްގެ ވަޒީފާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ވަޒީފާ ހަމަޖެހިގެންނޫންކަން
އެނގޭތީ، ޝަޙު ޙަސަނަކީ ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި، އަދި ވަޒީފާ ދާއިމީކޮށް ދޭންޖެހޭ ފަދަ
މަޤާމެއްގައި ހުރި މީހެއްނޫންކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ޤަބޫލުކުރެވޭތީ، ވަޒީފާއާބެހޭ ޓްރައިބިނަލުގެ ނަންބަރު 2009/VTR/186 މައްސަލައިގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/186 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް
ބާޠިލްކޮށް، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv