ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/102 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 102/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑު ނަންބަރ:
ދާއިމީ ކ: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
0
އިސްތިއުނާފު ރައްދުވި ފަރާތް:
z
* ނަން: ސިޔާމް މުޙައްމަދު
އައިޑީ ކާޑު ނަންބަރ: A315547
، ދާއިމީ އެޑްރެސް: ޖަންބުގަސްދޮށުގެ/ ގދ.ތިނަދޫ
، މިހާރުގެ އެޑްރެސް: ޖަންބުގަސްދޮށުގެ/ ގދ.ތިނަދޫ
ޖިސްޓްރީކުރެވުނު ތާރީޚް: 15 ޖުމާދަލްއާޚިރާ 1435
15 އެޕްރީލް 2014
ނިމުނު ތާރީޚް: 24 ޖުމާދަލްއާޚިރާ 1435
24 އޭޕްރީލް 2014
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2014
/
61/P2C
، ނިންމެވިކޯޓު: ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 2014-04-10 * ނިމުނު ތާރީޚް: 2014-04-10
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަލީ ސަމީރު ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު
އެހިރާއްޖޭގެ
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާގެ
މިއީ، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2014
/
61/P2C
ކޯޓު އަމުރު"
ce O
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ދަޢުވާ ރައްދުވާ ފަރާތަކީ، ގދ.ތިނަދޫޖަންބުގަސްދޮށުގެ، ސިޔާމް މުޙައްމަދުއެވެ.
ނުކުތާތައް:
01 އިސްތިއުނާފު މިކުރެވޭ
ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2014
/
61/P2C ކޯޓު އަމުރު" އަށް ބަލާއިރު، އެ އަމުރަކީ ގދ.ތިނަދޫ ޖަންބުގަސްދޮށުގެ، ސިޔާމް
މުޙައްމަދު ކުޑަކުއްޖަކާއިމެދު ފައިސާއަށް ޖިންސީ ޢަމަލު ހިންގާފައިވާކަމުގެ ކުށުގެ ތުހުމަތުގައި ސިޔާމް
މުޙައްމަދު ބަންދުކުރެވިފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް
ސަރވިސް ގެ ނަންބަރު: 107958/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ހުށަހެޅުމުން
ނެރުއްވާފައިވާ އަމުރެއްކަމާއި، އެ އަމުރުގައި ސިޔާމް މުޙައްމަދު ގޭބަންދަށް ބަދަލުކޮށްފައިވަނީ އޭނާ
އޭނާގެ ފަޔަށް
ލިބިފައިވާ ގެއްލުމަށް ކަށީގެ ޑޮކްޓަރަށް ދެއްކުމަށާއި ފިޒިއޯތެރަޕީ ހެދުމަށް މާލެ ދިއުމަށް ޑޮކްޓަރު އިރުޝާދު
ދީފައިވާތީ ކަމާއި، މިގޮތުން 11 އޭޕްރީލް 2014 ވަނަ ދުވަހުގެ 13:18 އިން ފެށިގެން 25 އޭޕްރީލް 2014
ވަނަ ދުވަހުގެ 13:18 އަށް ސިޔާމް މުޙައްމަދު، ގޭ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާކަން އެނގެން
އޮވެއެވެ.
02- ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2014
/
61/P2C ކޯޓު އަމުރު"
އަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި 12 ނުކުތާއެއް ފާހަގަކޮށް އެ ނުކުތާއާގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
20j4/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
443
422 ޑ
ނުކުތާއެވެ.
ފުރަތަމަ ނުކުތާއަކީ: ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2014
/
61/P2C
ކޯޓު އަމުރުން ނިންމާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 49 ވަނަ
މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ނިންމުމުގެ ޤަވާއިދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް
ނިންމާފައިވާ ނިންމެވުމަކަމަށްބުނެ
ންމެވުމަކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2014
/
61/P2C
ކޯޓު އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 143 ވަނަ
މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ
ފާހަގަކޮށްފައިވާ
ގއ.ވިލިނގިލީ
މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު: 2014
/
61/P2C
އަމުރަށާއި، އެއަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށާއި މައްސަލާގެ ވަށައިގެންވާ ކަންތައްތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު، މިމައްސަލަ ނިންމަން ފެންނަ ގޮތާމެދު ފަނޑިޔާރުންގެ
މެދުގައި ދެ ރައުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވާކަމާއި، އެދެރައުޔާއި އެދެރައުޔު ބިނާވެފައިވާ އަސާސްތައް
ތިރީގައި ބަޔާންކޮށްފައި އެވަނީ އެވެ.
އަޣުލަބިއްޔަތު ރައުޔު (ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔު)
އާއި އެރައުޔު ބިނާކޮށްފައިވާ އަސާސްތައް:
(ހ) ފުރަތަމަ ކަމަކީ: ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:PEC2014
/
61ޓްގެ
ކޯޓު އަމުރުން ނިންމާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
-03
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
20j4/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4.
eyއ
OCX
2
8
9 ހ
މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ނިންމުމުގެ ޤަވާއިދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް
ނިންމާފައިވާ ނިންމެވުމެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވާތީ، އެނުކުތާއަށް
ބެލުމުގެ ގޮތުން ހައިކޯޓުން ބެލިބެލުމުން، ކުށެއްގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އެމީހެއްގެ ކިބާގައި
ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަ ވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއްނިންމުމުގެ ބާރު
ލިބިގެންވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި
49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންކަމާއި،
އަދި ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ ތުހުމަތުގައިވާ
މީހާގެ ކިބާގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ އެފަދަ
މައްސަލައެއް ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
93/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 19/SC-A/2010 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ނުއަސާސީގެ 49 ވަނަ މާއްދާ އާއި އެއްގޮތްވާގޮތުގެ
މަތީން މީހަކު ބަންދުކުރުމުގައި، ތުހުމަތު ކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި،
ތަޙްޤީޤު ކުރުމުގައިހުރި ގޮންޖެހުންތަކަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ ޠަބީތަށާއި
4 $ ;
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
20j4/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކުޑަބޮޑުމިނަށާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަށާއި، މިއެންމެހައި ކަންތައްތަކަށް ފަނޑިޔާރު
ރިޢާޔަތްކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ސިޔާމް މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ 18 އަހަރު ނުފުރޭ އަންހެން
ކުއްޖަކާއިމެދު ފައިސާ ދީގެން ޖިންސީ ޢަމަލު ހިންގުންކަން މޯލްޑިވްސް ޕޮލިސް ސަރވިސް ގެ
ނަންބަރު:107958/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިންނާއި ހުވަދު އަތޮޅު އުތުރުބުރީ
ވިލިނގިލި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު:2014
/
61/P2C
އިންނާއި ހުށަހެޅިފައިވާ
އެހެނިހެން ލިޔުންތަކުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަހުން އެނގެން އޮންނައިރު، ތުހުމަތު
ކުރެވިފައިވާ ކުށުގެ ބާވަތަކީ، އެކަމުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުޞަތު އޮތް
ޢަމަލެއްކަން ފާހަގަކުރެވެ
ރެވެއެވެ.
(ށ) ދެވަނަ ކަމަކީ: ގއ.ވިލިނގިލީ
މެޖިސްޓްރޭޓް ކޯޓުގެ
ހއ ހ2
ނަންބަދ.
ބ ޅ މ ގ އ ހދ8
ނންހެމއކމށް
2014
/
61/P2C ކޯޓު އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ނިންމަވާފައިވާ
ދަޢުވާކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާތީ، މިނުކުތާއާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ބެލުމުން، ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ވަނީ "މަތީ
މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ.
މިފަދައިން ކަމާއި، މިގޮތުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ ފަދަ މީހެއް ކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ
އެމީހެއްގެ ފަރާތުން މުޖުތަމަޢުއަށް ނުރައްކާތެރިކަން ނުފޯރުވޭނެފަދަ ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 194/HC-A/2012 ޤަޟިއްޔާގައި ކަނޑައަޅައި ޙުކުމްކޮށްފައިވާކަން ވެގެންނެވެ
އޮންނައިރު،
ކަނޑައެޅުމަށްޓަކާ
32
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20j4/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
6 24
"މީހަކު ބަންދުކުރެވިފައި ހުންނަންޖެހޭނީ އޭނާގެ ކިބައިގައި ހުރި އޭނާ ބަންދުގައި
ބަހައްޓަންޖެހޭ ޙާލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނެތިކޮށްލެވޭފަދަ ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 355/HC-A/2013 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަން
ފާހަގަކުރެވޭކަމާއި،
ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2014
/
61/P2C ކޯޓު އަމުރުގައި
ސިޔާމް މުޙައްމަދު ގޭ ބަންދަށް ދޫކޮށްފައިވާ ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ އޭނާގެ ފަޔަށް ލިބިފައިވާ
ގެއްލުމަށް ކަށީގެ ޑޮކްޓަރަށް ދެއްކުމަށާއި ފިޒިއޮތެރަޕީ ހެދުމަށް މާލެ ދިއުމަށް ޑޮކްޓަރު އިރުޝާދު ދިނުމުން
ކަމަށްވާއިރު، މިމައްސަލައާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު ސިޔާމް މުޙައްމަދުގެ
މައްޗަށް ތުހުމަތު ކުރެވިފައިވަނީ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން ކަމުގައިވާއިރު، އެފަދަ ކުށްތަކަކީ
އެކުށްތަކުގެ ޒާތާއި ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން ބޮޑު
ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވި، އެފަދަ ކުށްތަކަށް ތުހުމަތުކުރެވޭ ފަރާތްތަކަކީ މުޖްތަމަޢުން
އެކަހެރިކުރަންޖެހޭ، އަދި އެފަރާތްތަކުގެ ކިބައިން މުޖްތަމަޢު ސަލާމަތްކުރަންޖެހޭ ފަރާތްތަކެއްކަމުގައި ޙަވާލާ
ދެވިފައިވާ މިކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅު މިކޯޓަށްވުރެ ދަށުމަރުޙަޅާ
ރުޙަލާގެ
ކޯޓުތަކުން ތަބާވުން ލާޒިމްވާނެކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ގއ.ވިލިނގިލީ
މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު:
2014
/
61/P2C ކޯޓު އަމުރު އިސްތިއުނާފް މިކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން
ޝަރީޢަތުން ނިންމަންޖެހިފައިވާ މައިގަނޑު ނުކުތާއަކީ، ކުށެއްގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު
ގޮތެއް ނިންމުމަށް ނުވަތަ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުމުން، ފަނޑިޔާރު
ބައްލަވާ ބެއްލެވުމުގައި އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ޢަމަލަކީ، އެޢަމަލެއްގެ ސަބަބުން މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކާވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެއްވޭފަދަ ޢަމަލެއްނަމަ، އެމީހަކު
ހުންނަންޖެހޭނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައިކަމަށް މީގެކުރިން
.(98
8 ހދه
ޑްއެޅެއެފުނިތަކަށް
ފޮތެއް
???? ?
4720
و سیر کرا
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/102
etcc
ހައިކޯޓުން ކުރައްވާފައިވާ ޙުކުމްތަކުގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުންތަކަކީ އެއްވެސް އިސްތިސްނާއެއް
އޭގެ މައްޗަށް ނުހިނގާނެގޮތަށް މުޠުލަޤުކޮށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުންތަކެއްކަން ނުވަތަ ނޫންކަން
ދެނެގަނެ އެކަމާމެދު ގޮތެއް ނިންމުންކަމުގައިވާތީ، މިނުކުތާއަށް ބެލުމުގެ ގޮތުން މިމައްސަލަބެލި ފަނޑިޔާރުން
ދިރާސާކޮށް ބެލިބެލުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ ޢާންމު އުޞޫލަކީ، ތުހުމަތު ކުރެވިފައިވާ ޢަމަލުގެ ސަބަބުން އެމީހަކީ
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ މީހެއް ކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ އެމީހަކު ހުންނަންޖެހޭނީ
އެމީހެއްގެ ކިބައިން މުޖްތަމަޢަށް ނުރައްކާ ނުވާނެ ތަނެއްގައި އެކަހެރިކުރެވިފަކަމާއި، އެއީ އެކަމަށް
އިސްތިސްނާއެއް މެދުވެރިނުވާނެ މުތްލަޤް އުޞޫލެއްކަމަށް އެއިން އެއްވެސް ޤަޟިއްޔާއަކުން ދޭހަނުވާކަމާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު" އަށް ބަލާއިރު މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭ ކޮންމެ މީހަކީ
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ހުންނަންޖެހޭ މީހެއް ކަމަށް ބުނެފައި
ނުވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށާއި ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު: 19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި
ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކުރާއިރު، މުޖްތަމަޢުން އެކަހެރިކުރުމުގައިވެސް ދަރަޖަތަކެއް ގެންގުޅުމަށް
ހުރަހެއް އޮތްކަމަށް ނުފެންނަކަމާއި، އެގޮތުން ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީސްތަކުގައި ހުށަހެޅިފައިވާ
ހެއްކާ ޤަރީނާގެ އިތުރުން މުއްތަހަމަށް ޚާއްޞަ ޙަލާތެއް ދިމާވެފައިވާނަމަ، އެކަން އަންގައިދޭ ކަމާބެހޭ
ލިޔުންތަކަށް ފަނޑިޔާރު ރިޢާޔަތްކޮށް މުޖްތަމަޢުން އެކަހެރިކުރާނެ މިންގަނޑު ކަނޑައެޅުމަކީ ފަނޑިޔާރަށް
ލިބިގެންވާ ތަޤްދީރީ ބެލެވޭކަމާއި، މުޖްތަމަޢުން އެއްކޮން އެކަހެރި ކުރުމުގެ ބަދަލުގައި ވަކި
ޤައިދުތަކެއް ކަނޑައަޅައިގެން މަޤްޞަދު ޙާޞިލުކުރެވިދާނެކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި،
އެކަހެރިކުރުމުގެ މިންގަނޑު ލުއިކުރެވޭފަދަ ގޮތަކަށް އެކަންކުރުމަކީވެސް ފަނޑިޔާރަށް ލިބިގެންވާ ބާއްޖަތާއި،g
ނަމަވެސް ފަނޑިޔާރު އެބާރުގެ ބޭނުންހިފައި އެކަހެރިކުރުމުގެ މިންގަނޑު ލުއިކޮށް ބަރުކޮށް
6 24
4
6
2 ހދ8
ޏރެއެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j4/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
CCC
ލުކޮށްފައިވަނީ
ޒިންމާދާރު ކަމާއެކު އެކަށީގެންވާ ހަރުދަނާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގެންކަމާއި، މިގޮތުން މުއްތަހަމަށް
ނިސްބަތްކުރެވިފައިވާ ޢަމަލަކީ އޭގެ ޒާތުގައި މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވާފަދަ ޢަމަލެއް ކަމުގައިވިޔަސް،
ދިމާވެފައިވާ ޞިއްޙީ ޢުޛުރަކަށްޓަކައި، ނުވަތަ އިންސާނިއްޔަތަށްޓަކައި، އެމީހަކު މުޖްތަމަޢުން އެކަހެރިކުރެވޭ
މިންގަނޑަށް ލުއި ދެވިދާނެކަމަށް މިޤަޟިއްޔާބެލި ފަނޑިޔާރުންނަށް އެއްބަސް ވެވިފައިވެއެވެ.
(ރ) ހަތަރުވަނަ ކަމަކީ: ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2014
/
61/P2C
ކޯޓު އަމުރުން ސިޔާމް މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމުގައި އޭނާއަށް ނިސްބަތްކުރެވިފައިވާ ޢަމަލަށް
ބަލައި އޭނާ މުޖްތަމަޢުން އެކަހެރި ކުރެވިފައިވާ މިންގަނޑު ލުއިކޮށް، ގޭބަންދަށް
ކަނޑައެޅިފައިވާ ޤާނޫނީ އޮނިގަނޑުގެތެރެއިންތޯއާއި، އެލުއި ދިނުމަށްޓަކައި ފަނޑިޔާރު ރިޢާޔަތްކޮށްފައިވާ
ކަންތައްތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަމަށް ރިޢާޔަތްކުރާއިރު، ސިޔާމް މުޙައްމަދުގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލަކީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވާފަދަ ޢަމަލެއްކަމަށް އެ އަމުރު ނެރުއްވި
ފަނޑިޔާރު ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނައިރު، އެފަދަ ފަރާތްތައް މުޖްތަމަޢުން އެކަހެރިކުރުމުގެ
ގޮތުން ބައިތިއްބަންޖެހޭނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ކަމަށް، މީގެކުރިން
ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ޢާންމު މިންގަނޑާ ޚިލާފަށް އެކަހެރިކުރުމުގެ މިންގަނޑު ލުއިކޮށް
ސިޔާމް މުޙައްމަދު ގޭގައި ބަންދުކުރުމަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން އަމުރުކުރައްވާފައިވަނީ
އެމަޖިލީހަށް ހުށަހެޅިފައިވާ "ޑރ.ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް" ގދ.ތިނަދޫ އިން 15 މާރޗް 2014
ގައި ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތް ކުރައްވައިގެންކަން އެނގެން އޮންނާތީ، އެލިޔުމަށް ބެލިއިރު
އެލިޔުމުގައި، ސިޔާމް މުޙައްމަދު މާލެ ގޮސް އައި.ޖީ.އެމް ހޮސްޕިޓަލުގެ ކަށީގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައި
އޭނާގެ ކަކުލަށް ފަރުވާދިނުމުގެ ގޮތުން ފިޒިއޮތެރެޕީ ހެދުމަށާއި އެކަމަށް ޚާއްޞަކުރެވިފައިވާ ކަސްރަތު
ކުރުމަށާއި ބެޑްރެސްޓް ކުރުމަށް ޑޮކްޓަރ ބުނެފައިވާއިރު، އޭރު ސިޔާމް މުޙައްމަދު ހުރީ މޯލްޑިވްސް ޕޮލިސް
ސަރވިސް ގެ ބެލުމުގެ ދަށުން ބަންދުގައިކަމާއި، ސިޔާމް މުޙައްމަދު ގޭ ބަންދަށް ބަދަލުކުރުމުންވެސްއެމްޕޭނާއިg)
ހުންނާނީ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ބެލުމުގެ ދަށުން ބަންދުގައި
ބަންދުގައިކަމުގައިވާއިރު، އޭނާއަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2014/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އައި.ޖީ.އެމް ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކާ ފަރުވާ ލިބިގަނެވޭނީ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފަރާތުން
އެ އެހީތެރިކަން ދިނުމުން ކަމުގައިވާތީ، އެސަބަބަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަކުން މަޤްޞަދު
ޙާޞިލުވެގެން ދާކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތަށް ނުފެންނަކަމާއި، އެހެންކަމުން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު:107958/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"
އިން ސިޔާމް މުޙައްމަދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް 10 އޭޕްރީލް 2014 ގައި ހުށަހެޅުމުން އޭނާގެ
ފަރާތުން މުޖްތަމަޢަށް ނުރައްކާ ވެދާނެކަމަށް ފެންނަކަމަށް ކަނޑައަޅުއްވައި އޭނާގެ ކަކުލަށް ލިބިފައިވާ
ގެއްލުމަށް ފަރުވާ ހޯދުމަށް ޑޮކްޓަރ އަންގާފައިވާތީ، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2014
/
61/P2C ކޯޓު އަމުރުން އޭނާ ގޭ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވަނީ ރަގަޅަށްކަމަށް
މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ނުފެންނަކަމެވެ.
އަޤައްލިއްޔާ ރައުޔާ (ފަނޑިޔާރު ޢަލީ ސަމީރު ގެ ރައުޔު) އާއި އެރައުން ބިނާކޮށްފައިވާ އަސާސްތައް:
(ހ) ފުރަތަމަ ކަމަކީ، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2014
/
61/P2C
ކޯޓު އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ދައްކާފައިވާ ވާހަކަތަކައް ބެލުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއަމުރު އިސްތިއުނާފުކުރި
މައިގަނޑު ސަބަބަކީ، ސިޔާމް މުޙައްމަދަކީ ކުޑަކުއްޖަކާއިމެދު ފައިސާއަށް ޖިންސީ ޢަމަލު ހިންގާފައިވާކަމުގެ
ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކަށްވާއިރު، އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދެއްވުން އެދި
މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު: 107958/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ
ފޯމް" އިން ހުށަހެޅުމުން އެ އަމުރުގައި ސިޔާމް މުޙައްމަދު މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކުރުމުގެ ބަދަލުގައި އޭނާ ގޭބަންދަށް ބަދަލުކޮށްފައިވާތީ އެސަބަބުގެ މައްޗަށްކަން އެޓީވީން
އޮންނަކަމާއި، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2014
/
61/P2C " ކޯޓު އަމުރަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/102
6 24
ހއ ފ ދ ތ ه4
އެއަމުރަކީ ސިޔާމް މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރެއް ނޫންކަމާއި، އެއަމުރަކީ ސިޔާމް
މުޙައްމަދުގެ މައްޗަށް ވަކިކަންތައްތަކެއް ޝަރުތުކުރުމަށްފަހު ސިޔާމް މުޙައްމަދު ގޭގައި ބަންދުކޮށްފައި
ކޮށްފައިވާ އަމުރެއްކަމާއި އެ އަމުރުން ސިޔާމް މުޙައްމަދު ގޭގައި ބަންދުގައި ބެހެއްޓުމަށް
ނިންމާފައިވަނީ ސިޔާމް މުޙައްމަދުގެ ސިއްޙީ ޙާލަތު ހުރިގޮތުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމާއި އަދި
މިނިންމުން ނިންމާފައިވަނީ ސިޔާމް މުޙައްމަދުގެ ސިއްހީ ޙާލަތާއި މިމައްސަލައާއި ގުޅޭ ގޮތުން އޭނާގެ ފަރާތުން
ހުށަހެޅި ހުށަހެޅުންތަކެއްގެ މައްޗަށް ބެލިގެންކަން އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ: ކުށެއްގެ ތަހުމަތުގައި ތަޙްޤީޤު ކުރެވޭ މަރުޙަލާގައި، ތުމަތުކުރެވޭ މީހާއަކީ
އެމީހެއްގެ މައްޗަށް ކުއްސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި
މީހަކަށްވާއިރު، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު
ވަންޖެހޭނީ މުޖުތަމަޢުގެ މަސްލަޙަތައް އެކަނި ނޫންކަމާއި، މުޖުތަމަޢުގެ މަސްލަޙަތު ޙިމާޔަތްކުރުމާއިއެކު
ކުށުގެ ތުހުމަތުގައިވާ މީހެއްގެ ފަރުދީ މަސްލަޙަތު އަދި އެމީހެއްގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ
މައްޗަށްވެސް ފަނޑިޔާރު ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވޭނެ ގޮތެއްގެ މައްޗަށް ކުށުގެ
ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި މިގޮތަށް ބަންދުގައި
ބަހައްޓާ ބެހެއްޓުމުގައި މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި، ކަންހިނގާފައިވާ ގޮތުގެ މައްޗަށް
ބަލާ، ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށް ބަލައި ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއި ދިނުމުގެ ގޮތުން އެމީހަކު
ގޭބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރުންނަށް ލިބިގެންވާ ބާރެއްކަން އެނގެން އޮތްއިރު، މިމައްސަލައިގެ
އަޣުލަބިއްޔަތު ރައުޔުގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" އަށް ބަލާއިރު މުޖްތަމަޢުގެ
ސަލާމަތަށް ރައްކާވެދާނެކަމަށް ބެލެވޭ މީހަކީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން
އަޅާތަނެއްގައި ބަންދުކޮށްފައި ހުންނަންޖެހޭ މީހެއްކަމަށް ބުނެފައިނުވާއިރު، ކުށެއްގެ ތުހުމަތުގައިވާ
ބަންދާމެދު ގޮތެއް ނިންމުމަށް ނުވަތަ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެ
ކޮންމެ
ކަނޑައަޅާތަނެއް
މަތުގައިވާ ތިމާގެ ގައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/102
ބުންދުކުރެވިފައި ހުންނަންޖެހޭ-
ce O
ފަނޑިޔާރު ބައްލަވާ ބެއްލެވުމުގައި އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ޢަމަލަކީ، އެޢަމަލެއްގެ ސަބަބުން
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް
އެކާވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެއްވޭފަދަ ޢަމަލެއްނަމަ، އެމީހަކު
ންނަންޖެހޭނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައިކަމަށް މީގެކުރިން
ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ޙުކުމްތަކުގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުންތަކަކީ އެއްވެސް
އިސްތިސްނާއެއް އޭގެ މައްޗަށް ނުހިނގާނެގޮތަށް މުޠުލަޤުކޮށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުންތަކެއް
ނޫންކަމަށް އަހުރެންނަށްވެސް އެއްބަސްވެވޭކަމާއި، މިހެންކަމުން ސިޔާމް މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ
ނުވަތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ހުރި ކުށެއްކަމުގައި ބެލެވުނު ކަމުގައިވީ
ނަމަވެސް، މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި، ކަންހިނގާފައިވާ ގޮތަށާއި މިމައްސަލައިގައި
ލިބިފައި ހުރިކަމަށް ބުނާ ހެކީގެ ނިސްބަތަށާއި އޭނާގެ ސިއްޙީ ޙާލަތުގެ މައްޗަށާއި އެކަމާއި ގުޅޭގޮތުން އޭނާގެ
ފަރާތުން ހުށަހެޅުނު ލިޔުންތަކަށް ބެލުމުން، 10 އޭޕްރީލް 2014 ވަނަ ދުވަހުގެ 13:18 އިން ފެށިގެން
25 އޭޕްރީލް 2014 ވަނަ ދުވަހުގެ 13:18 އަށް ސިޔާމް މުޙައްމަދު ގޭ ބަންދުގައި ބެހެއްޓުމަށް އަމުރު
ކޮށްފައިވަނީ ރަގަޅަށްކަމަށް އަހުރެންނަށް ޤަބޫލުކުރެވޭ ކަމެވެ.
ކުށަކީ އެކުށުގެ
22 4,
ދެންފަހެ، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2014
/
61/P2C ކޯޓު އަމުރު
އިސްތިއުނާފްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ އަލީގައި އިސްވެ
ފާހަގަކުރެވުނު އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ހުށަހެޅުމުން އެކަން
ބައްލަވައި، 10 އޭޕްރީލް 2014 ދުވަހުގެ 13:18 އިން ފެށިގެން 25 އޭޕްރީލް ވަނަ ދުވަހުގެ
13:18 އަށް ސިޔާމް މުޙައްމަދު ގޭ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ ރަގަޅަށްކަމަށް
މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައެޅުމާއެކު އެ އަމުރު ބާޠިލްކޮށް،
MF107958
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
20j4/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަނޑައަޅާފައިވާ މުއްދަތުގައި ސިޔާމް މުޙައްމަދު ބަންދުގައި ހުންނަންޖެހޭނީ މިނިސްޓްރީ އޮފް ހޯމް
އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ކަމަށް ކަނޑައަޅައި، ސިޔާމް މުޙައްމަދުގެ ކަކުލަށް ފަރުވާދިނުމަށް ޑޮކްޓަރ
އިރުޝާދު ދީފައިވާ ފަދައިން ސިޔާމް މުޙައްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުން ބަންދުގައި
ހުންނައިރު ފަރުވާދިނުމުގެ ކަންތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ލަސްނުކޮށް ކުރިއަށް
ގެންދަންޖެހޭނެކަން އަންގާ އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv