ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/261 ޤަޟިއްޔާގެ ޙުކުމް
، ޖީ
1
2011/HC-A/76
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 261/HC-A/2011
• އިސްތިއުނާފު ކުރިފަރާތް؟
* ނަން: ސިވިލް ސަރވިސް ކޮމިޝަން
0
0
* ދާއިމީ އެޑްރެސް: ރ.އިނގުރައިދޫ ކާނިގަސްދޮށުގެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލްމާޖިދު
އަބޫބަކުރު
އައިޑީ ކާޑު ނަންބަރު: 315375-A
ވަކީލު: އޗ.އަޙްމަދު ޒަރީނު އާދަމް
އައިޑީ ކާޑު ނަންބަރު: 068395-A
* ދާއިމީ އެޑްރެސް: ގ.މާލެހިޔާ 2
01-14
• ރަޖިސްޓްރީކުރެވުނު ތާރީޚް: 21 ޤަޤުޑު
1432
ނިމުނު ތާރީޚް: 01 للގاލގެ 1433
22 އޭޕްރީލް 2012
17 ނޮވެމްބަރ
2011
0
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2011/VTR/85
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
ނިންމެވީ ކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
* ހުށަހެޅުނު ތާރީޚް: 26 ޖޫން 2011 ! ނިމުނު ތާރީޚް: 14 ސެޕްޓެމްބަރ 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢައްބާސް ޝަރީފު.
ދިޖެހިރާއްa
ހައިކޯޓު
މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޔުޒު ހިއ.ގުން، މުގޭ
އީމެއިލް
www-highcourt.gov.my enton gencoghighspurt gov.my ons
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/261
• ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/85 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކުރުމަށް ސިވިލް
ސަރިވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ރ.އިނގުރައިދޫ ކާނިގަސްދޮށުގެ
ބްދުލްމާޖިދު އަބޫބަކުރެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
0l
ނަންބަރު
85/VTR/2011
(A-315375)
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
މައްސަލަ
ނިމިފައިވާގޮތުގެ ރިޕޯޓަށްބެލިއިރު އެމައްސަލައަކީ، ޢަބްދުލްމާޖިދު އަބޫބަކުރު
ކާނިގަސްދުށުގެ /ރ.އިނގުރައިދޫ 25 ނޮވެމްބަރ 2007 އިން ފެށިގެން ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ
އެންޑް ރިހެބިލިޓޭޝަން ސަރވިސްގެ ޕްރިޒަންސް އޮފިސަރ (ޓްރޭނީ) ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން
ދަނިކޮށް، 19 ފެބުރުއަރީ 2011 ވަނަ ދުވަހު މާލެއިން މާފުށީ ޖަލަށް އައިއިރު އޭނާގެ ދަބަހުގައި ހުރި
ތަކެތި އެއީ މާފުށީ ޖަލުގައި ތިބި ޤައިދީންނަށް ދިނުމަށް ގެނައި ތަކެތިކަމަށް ތުހުމަތުކޮށް، ޢަބްދުލްމާޖިދު
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން 19
ފެބުރުއަރީ 2011 ގައި ވަޒީފާއިން ވަކިކޮށްފައިވުމުން، އެމައްސަލަ ބަލައިދިނުމަށް އެދި، ސިވިލް
ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 26 ޖޫން 2011 ގައި ޢަބްދުލްމާޖިދު އަބޫބަކުރު ހުށަހެޅުމުން
ބެލެވުނު މައްސަލައެއް ކަން އެނގޭކަމާއި،
އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ "ދެންފަހެ، މިމައްސަލައާ
ގުޅިގެން ދެފަރާތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކަށާއި، ފާހަގަ ކުރިކަންކަމުގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ ވަރުވީ މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް:
highcourt.gov.mv@0
www.highcourt.gov.mv
3
2011/HC-A/261
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
،(A-315375)
28 2
4
ރިޢާޔަތްކުރާއިރު، މައްސަލަ
ހުށަހެޅި ޢަބްދުލްމާޖިދު
އަބޫބަކުރު
ކާނިގަސްދޮށުގެ/ރ.އިނގުރައިދޫ، ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ ރިހެބިލިޓޭޝަން
ސަރވިސަސްގެ ޕްރިޒަންސް އޮފިސަރ ޓްރޭނީގެ ވަޒީފާއިން 19 ފެބުރުއަރީ 2011 ވަނަ ދުވަހު
ވަކިކުރެވިފައިވަނީ، ޖަލަށްވެއްދުން މަނާ އެއްޗެއްކަމުގައިވާ މޯބައިލް ފޯނާއި އިތުރު ތަކެތި ޖަލަށް ވެއްދިކަން
ސާބިތުވެފައިވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ
ދަށުން ކަމަށް މައްސަލަ ރައްދުވާ ފަރާތުން ބުނިނަމަވެސް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން
ވަކިކޮށްފައިވާ ސަބަބުކަމަށް ބުނާ ސަބަބު މައްސަލަ ރައްދުވިފަރާތުން ސާބިތުކޮށްދީފައިނުވާކަމަށް މައްސަލަ
ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ
ރިހެބިލިޓޭޝަން ސަރވިސަސްގައި އަދާކުރަމުން ގެންދިޔަ "ޕްރިޒަންސް އޮފިސަރ ޓްރޭނީ" ގެ
ވަޒީފާގައި ހުރުމަށް އެދިފައިވީނަމަވެސް، މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރާއިރު
އެއީ އެންމެ އެދެވޭގޮތްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންނަށް ނުފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ
29 ވަނަ މާއްދާގެ (ހ) ގެ (2) އަދި 85 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި
ފަރާތް ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކަށް އުނިކަމެއް ނާންނަފަދަގޮތަށް،
މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުން ދިޔަ ބާވަތުގެ ނުވަތަ އެކަށީގެންވާ
އެހެން ވަޒީފާއަކަށް މައްސަލަ ހުށަހެޅި ފަރާތް މިއަދު، 13 ސެޕްޓެމްބަރ 2011 ން ފެށިގެން 15
(ފަނަރަ) ދުވަހުގެ މުއްދަތުގައި ހަމަޖައްސާ، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށާއި،
މައްސަލަ ހުށަހެޅި ފަރާތަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވާ ފަރާތުގެ ވަޒީފާއިން ވަކިވެފައިވާ
މީހެއްގެ ގޮތުގައި ނުބެލުމަށާއި، 19 ފެބުރުއަރީ 2011 ން ފެށިގެން ވަޒީފާ ހަމަޖައްސާ ދުވަހާއި ހަމައަށް
ލިބެންޖެހޭ އެންމެހާ މުސާރައާއި ޢިނާޔަތްތައް މިއަދު، 13 ސެޕްޓެމްބަރ 2011 ން ފެށިގެން 15
(ފަނަރަ) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތް ކަމަށްވާ ޢަބްދުލްމާޖިދު އަބޫބަކުރު (315375-A)
އަށް އެކީ އެއްފަހަރާ ދައްކާ، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވާ
ސިވިލް ސަރވިސް ކޮމިޝަނަށް އަންގާ މިފަދައިންނެވެ.
1
އަމުރުކުރަމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
3
ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒު ހިއ. ގުން، ތިޔަ
އީމެއިލް infighcourt.gov.mv
www.highconurt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/261
02
85VTR/2011
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަންގެ
ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމެވުމުގައި ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރަށް ރިޢާޔަތްކުރައްވާފައި
ނުވުމާއި، ޓްރައިބިއުނަލުން މި މައްސަލަ ނިންމަވާފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47
ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާ ޚިލާފަށް ކަމުގައި ފާހަގަކޮށް ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ނިންމަވާފައިވަނީ، ދިވެހި
ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 30 ވަނަ މާއްދާއާ އަދި 215 ވަނަ މާއްދާގެ (ނ)ގެ 6
ނަންބަރާ ޚިލާފަށް ކަން ފާހަގަކޮށް ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ނިންމަވާފައިވަނީ،
ހުށަހެޅިފައިހުރި ލިޔުންތަކަށް ރިޢާޔަތް ކުރުމަކާ ނުލައިކަން ފާހަގަކޮށް ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، ޢަބްދުލްމާޖިދު އަބޫބަކުރު ވަޒީފާއިން ވަކި ކުރެއްވި ދުވަހުން
ފެށިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މިމައްސަލަ ނިންމެވި ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި
އޭނާއަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ދިނުމަށް ވަޒީފާއާބެހޭ ޓަރައިބިއުނަލްއިން ސިވިލް ސަރވިސް
ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވަނީ، ޚިދުމަތް ނުކުރާ ދުވަސްތަކަށް ފައިސާ ދޭން ނުޖެހޭނެ ކަމަށް
ސިވިލް ސަރވިސް ކޮމިޝަނުން ވަޒީފާއާބެހޭ ޓަރައިބިއުނަލްއަށް އަންގާފައިވަނިކޮށް ކަމަށް ވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޒު ހިނގުން،
އީމެއިލް [email protected]
ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ވެބް ސައިޓް: www.highcourt.gov.mv
5
2011/HC-A/261
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެބަޔާނަށް ރިޢާޔަތް ކުރުމެއް ނެތި މައްސަލަ ނިންމަވާފައިވާކަން ފާހަގަކޮށް
ހުށަހެޅި ނުކުތާ.
-03
މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/85
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ
ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
20
CCO
(ހ) ފުރަތަމަކަމަކީ، އިނގުރައިދޫ ކާނިގަސްދޮށުގެ ޢަބްދުލްމާޖިދު އަބޫބަކުރަކީ މާފުށީ
ޖަލުގެ ޕްރިޒަންސް އޮފިސަރ (ޓްރޭނީ) އެއްގެ ވަޒީފާއަދާކުރަމުންދިޔަ މުވައްޒަފެއްކަމާއި، 19 ފެބުރުއަރީ
2011 ގައި ޢަބްދުލްމާޖިދު އަބޫބަކުރު އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވާކަމާއި، މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ
ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ
ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެން އޮންނަކަމާއި، ޢަބްދުލްމާޖިދު
އަބޫބަކުރު ވަޒީފާއިން ވަކިކޮށްފައިވަނީ، ޖަލަށްވެއްދުން މަނާއެއްޗެއްކަމު)
ވިއްކަމުގައިވާ މޯބައިލްފޯނާއި އިތުރު ތަކެތި
ޖަލު ތެރެއަށް ވެއްދިކަމަށް، ފެބުރުއަރީ
ޢަބްދުލްމާޖިދު އަބޫބަކުރު
އިޢްތިރާފްވެފައިވާތީއާއި، އަދި ހަމަ މި ޙާދިސާގެ ކުރިންވެސް ޖަލުގައި ތިބި އެހެން ކުށްވެރިންނަށް މޯބައިލް
ފޯނު ގެންގޮސްދިންކަމަށް އެއްބަސްވެފައިވާތީ އަދި ޢަބްދުލްމާޖިދު އަބޫބަކުރުގެ މިޢަމަލަކީ ޑިޕާރޓްމަންޓް
އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސަރވިސަސްގެ ޕްރިޒަންސް އޮފިސަރުންގެ ސުލޫކީ
މިންގަނޑާއި ޚިލާފު ޢަމަލަކަށްވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެ މަތިން
19
2011 ގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ދުޒު ހިނގުން،
އީމެއިލް: [email protected]
.މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
ވެބް ސައިޓް www.highcourt.gov.mv
6
2011/HC-A/261
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންކަމަށް
ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވެއެވެ.
22008
4
ނ) ދެވަނަކަމަކީ، ޤާނޫނުނަންބަރު
ވަޒީފާއާބެހޭ
ޤާނޫނާއި،
ޤާނޫނުނަންބަރ 5/2007 ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު އާއި މި ދެޤާނޫނަކީވެސް ދިވެހި ސިވިލް
ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މައްޗަށް ހިންގޭނެ ދެޤާނޫނު ކަމާއި، މިގޮތުން ވަޒީފާއާބެހޭ
ޤާނޫނުގައި އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާއަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން
ވަކިކޮށްގެން ނުވާނެކަމަށް އޮންނައިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ދިވެހި
ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ، މިޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ
ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަމަށް އޮންނަކަމާއި، އަދި އެމާއްދާގެ (ނ) ގައި ދިވެހި ސިވިލް
ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް ބަޔާންކޮށްފައިވާއިރު،
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާއި، ދިވެހި ސިވިލް
ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުމަކީ ސިވިލް
ސަރވިސްގެ ވަޒީފާއިން މުވައްޒަފަކު ވަކިކުރެވިދާނެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވާކަން އެނގެން
އޮވެއެވެ.
(ނ) ތިންވަނަކަމަކީ، ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސަރވިސް
އިން އެއިދާރާގައި މަސައްކަތްކުރާ ޕްރިޒަންސް އޮފިސަރުންނަށް ސުލޫކީ މިންގަނޑެއް
އެކުލަވާލެވިފައިވާކަމާއި، މިގޮތުން އެކުލަވާލެވިފައިވާ ޕްރިޒަންސް އޮފިސަރުންގެ ސުލޫކީ މިންގަނޑުގެ
ލިޔުން 30 ޖެނުއަރީ 2011 ގައި ޢަބްދުލްމާޖިދު އަބޫބަކުރާއި ޙަވާލުކޮށްފައިވާކަން، އަދި އެލިޔުންކިޔާ
އޭގައިވާ މާއްދާތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ޢަބްދުލްމާޖިދު އަބޫބަކުރު އިޤްރާރުވެފައިވާކަން ހުށައެޅިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/261
ލިޔުންތަކުން އެނގެން އޮންނަކަމާއި، މި އުސޫލުގެ 14 ވަނަ މާއްދާގައި ޕްރިޒަން އޮފިސަރުން ކުރުން
މަނާ ކަންތައްތަކުގެ ތެރޭގައި ޖަލުތެރެއަށް މަސްތުވާތަކެއްޗާއި، މަސްތުވުމަށް ބޭނުންކުރެވިދާނެ
އެހެނިހެންއާލަތާއި، މޯބައިލްފޯނާއި، ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އާލަތާއި، ޖަލުގެ ސަލާމަތަށް
ބުރޫއަރާފަދަ ތަކެތި ވެއްދުން ހިމަނާފައިވާކަން އެނގެއެވެ.
ބަޔަކު
ގެންގޮސް
ދި1
ހ
(ނ) ހަތަރުވަނަކަމަކީ، ޖަލަށް އެއްޗެތި ވައްދައިދިނުމަކީ މަނާކަމެއްކަން އެނގޭކަމަށާއި، 19
ފެބުރުއަރީ 2011 ވަނަ ދުވަހު ބަންދު މީހުން ގޮވައިގެން މާލެއިން މާފުއްޓަށް އައި އިރު ޢަބްދުލްމާޖިދު
އަބޫބަކުރު ގެނައި ދަބަސްތެރެއަށް ލައިގެން ޖަލުގައި ތިބި ދެ ބަންދު މީހަކަށް ދިނުމަށްޓަކައި މާލެއިން
ޢަބްދުލްމާޖިދު އަބޫބަކުރާއި ޙަވާލުކުރި 3 މޯބައިލްފޯނާއި، ކަރުގައި އަޅާފަށެއް
ފެނެކަމަށާއި، އަދި ޢަބްދުލްމާޖިދު އަބޫބަކުރު ކުރިންވެސް ޖަލުގައި ތިބިބަޔަކަށް މޯބައިލް ފޯނު
ގެންގޮސްދީފައިވާނެކަމަށްބުނެ، ޢަބްދުލްމާޖިދު އަބޫބަކުރުގެ މިޢަމަލުތަކަށް އިޢްތިރާފުވެފައިވާކަން، 19
ފެބުރުއަރީ 2011 ގައި ޢަބްދުލްމާޖިދު އަބޫބަކުރު ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް
ރިހިބިލިޓޭޝަންއަށް ދީފައިވާ ބަޔާނެއްގައި އޮންނަކަމާއި، ޢަބްދުލްމާޖިދު އަބޫބަކުރު މި ގޮތަށް ބަޔާނެއް
ދީފައިވާކަމަށް އޭނާ އިންކާރުނުކުރާކަމާއި، މި ބަޔާންދީފައިވަނީ ޢަބްދުލްމާޖިދު އަބޫބަކުރުގެ އިޚުތިޔާރުން
ބޭރުގައިކަމަށް އޭނާ ބުނިނަމަވެސް އެކަމަށް ބާރުލިއްބައިދޭފަދަ، ޝަރީޢަތަށް ޤަބޫލުކުރެވޭ ޙުއްޖަތެއް
ދެއްކިފައިނުވާކަމާއި، އަދި ޢަބްދުލްމާޖިދު އަބޫބަކުރުގެ ކިބައިން މި ބަޔާން ނެގިފައިވަނީ ކަން ހިނގާދިޔަ
ގޮތް ސާފުކުރުމުގެ ބޭނުމުގައި އަދި ޢަބްދުލްމާޖިދު އަބޫބަކުރުގެ ވަޒީފާއާއި މެދު ގޮތެއް ނިންމުމުގެ ކުރިން
އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ މައްޗަށް އޭނާގެ ފަރާތުން ބުނާބުނުމަކީ ކޮބައިކަން ބެލުމުގެ
ނިޔަތުގައިކަން އެނގޭކަމާއި، އަދި މިފަދަ ބަޔާނެއް ނެގުމަކީ ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް
ރިހިބިލިޓޭޝަން ސަރވިސްއިން އެއިދާރާއަށް ލިބިފައިވާ ޤާނޫނީއިމުން ބޭރުން ކޮށްފައިވާކަމެއް ކަމުގައި
ccc ecc
ލިވޭކަށްނެތެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/261
24
(ބ) ފަސްވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC-A/2010 އަދި
ނަންބަރު 25/HC
-
A/2010 މި ދެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން، މީހަކު ކުށެއްކުރިކަމުގެ
ތުހުމަތުގައި އޭނާ ވަޒީފާއިން ވަކިކުރާ ޙާލަތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަމެއްގެ މައްޗަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަންޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަން ސާބިތުވާން
އޮންނަ މިންގަނޑުންކަމާއި، ޕްރިޒަންސް އޮފިސަރެއްގެ މަޤާމުގައި ހުންނަމީހަކު ޖަލަށް މޯބައިލް ފޯނު
ވައްދައިދިނުމަކީ މަނާކަމެއްކަން އެނގިހުރެ، ޖަލުގެތެރެއަށް މޯބައިލްފޯނުވައްދަން އުޅުނުކަމަށް، އަދި
މިގޮތަށް ކުރިންވެސް ފޯނު ޖަލުގެ ތެރެއަށް ވައްދާފާވާނޭކަމަށް އަމިއްލައަށް އިޢްތިރާފުވެ ބަޔާންދިނުމުން
މިއީ އިދާރީ ފިޔަވަޅެއްއެޅުމުގައި އެމައްޗަށްބުރަވުމަށް ޙުއްޖަތަކަށް ފުދޭނެ ބަޔާނެއްކަމަށް ޤަބޫލުކުރެވޭކަމެވެ.
(ޅ) ހަވަނަކަމަކީ، ޢަބްދުލްމާޖިދު އަބޫބަކުރު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބުކަމަށް ބުނާ
ސަބަބު ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނިންމުމުގައި ބަޔާންކޮށްފައިވީނަމަވެސް، ޢަބްދުލްމާޖިދު އަބޫބަކުރު ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ
އެންޑް ރިހިބިލިޓޭޝަން ސަރވިސަސްގެ ޕްރިޒަން އޮފިސަރުންގެ ސުލޫކީ މިންގަޑާއި ޚިލާފުވެފައިވާކަން
މަދަނީ މިންގަނޑުން ސިވިލްސަރވިސް ކޮމިޝަނަށް ސާބިތުވާން އޮތްކަމުގައި ބެލެވޭކަމާއި، އަދި
ޢަބްދުލްމާޖިދު އަބޫބަކުރު ގެ މައްޗަށް ފިޔަވަޅު އެޅުމުގެ ކުރިން ވަނީ، ކަންހިނގައިދިޔަ ގޮތުގެ
އޭނާގެ ފަރާތުން ބުނާބުނުމެއް ހާމަކުރުމަށް ފުރުސަތުދެވިފައިކަމާއި، އަދި މިފަދަ ޙާލަތެއްގައި
ޢަބްދުލްމާޖިދު އަބޫބަކުރު ވަޒީފާއިން ވަކިކުރުމަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ
(ނ) ގެ ދަށުން، ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާ ބާރެއްކަން އެނގޭކަމެވެ.
24 ހއ
މަސް
CO
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ފަނޑިޔާރުންދެކެނީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/85 ގައި އެޓްރައިބިއުނަލުން ނިންމާފައިވާ
ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެކަމަށެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، ހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ވެހިރާއްޖޭގެ ހައި
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/261
ޙުކުމް
ދެންފަހެ،އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ
މައްޗަށް ރިޢާޔަތްކުރިއިރު،
ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/85 ގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމެވުމަކީ، ޝަރުޢީ
އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމެވުމެއްކަމަށް، މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/85 ގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާތިލުކޮށް،
ކޮށްފީމެވެ.
6326
3431
މަތިން ޙުކުމް
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv