ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/336 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2009/HC-A/336
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު:336/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
މިނަން: މުޙައްމަދު ޒާހިދު
ދާއިމީ އެޑްރެސް:ގ. ޖަމްނާގެ
އައިޑީ ކާޑު ނަންބަރު.A319219 މިހާރުގެ އެޑްރެސް:ގ. ޖަމްނާގެ
ވަކީލު:އޏ. އިބްރާހީމް ޝަފީޢު ވާރޭވިލާ/ ސ. ހުޅުދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރޖެނެރަލްގެއޮފީސް
ޕަބްލިކްޕްރޮސިކިއުޓަރ އދއ. ޝަމްރާ ޝަމީމް
• ރަޖިސްޓްރީކުރި ތާރީޚް:16 ޛުލްޙިއްޖާ
1430
ނިމުނު ތާރީޚް:24 ރަމަޟާން 1432
24 އޯގަސްޓް
23
ނޮވެމްބަރ 2009
84 ދ.
2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/149
• ނިންމެވިކޯޓު:ޖިނާއީކޯޓު
ޤަޟިއްޔާގެބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުން
ހުށަހެޅުނުތާރީޚް: 14 - 01 - 2009
ނިމުނު ތާރީޚް: 12 - 08 - 2009
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ އާބުތުން
ރޮބީދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A336
94
OXO
އަގަށް
29 ތ ދފ4 43
ކމާންބަބ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/149 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ޢުސޫލުތަކާ
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށްއެދި،
އެޤަޟިއްޔާގައި ދަޢުވާލިބުނު ކ.މާލެ{ ޖަމްނާގެ މުޙައްމަދު ޒާހިދު (އައި.ޑީ
ނަންބަރު. A319219) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
x82ދ8
އެއްގޮތަށް
ފާހަގަކުރެވުނު ނުކުތާތައް:
l.މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/149 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ޢުސޫލުތަކާ ނޫންކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި،
އެޤަޟިއްޔާގައި ދަޢުވާލިބުނު ކ.މާވެ؟
ޖަމްނާގެ
މުޙައްމަދު ޒާހިދު (އައި.ޑީ ކާޑު
ނަންބަރު:A319219)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
2. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/149 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، މުޙައްމަދު ޒާހިދު 06 މެއި 2008 ދުވަހުގެ 21:15 އެހައިކަންހާއިރު،
އިތުރު މީހަކާއެކު ސައިކަލެއްގެ ފަހަތުގައި އިނދެފައި، ބޮޑުތަކުރުފާނު މަގުގައި ހުންނަ
ސީ.އެޗް.އެސް.ސީ ކައިރީގައި ހަދާފައި ހުރި ފުލުހުންގެ ޗެކްޕޮއިންޓް ކައިރިއަށް މުޙައްމަދު ޒާހިދުއިން
ސައިކަލު މަޑުކުރުމަށް ފުލުހުން އެންގުމުން، ސައިކަލު އެތަނަށް މަޑުކުރި ވަގުތު، މުޙައްމަދު ޒާހިދު
އެތަނުން ދުރަށް މޫދުކައިރިއަށް ގޮސް، މުޙައްމަދު ޒާހިދުގެ އަތުން އެއްލާލި ކަމަލް ލައިޓް ސިނގިރޭޓް
ފޮށި ފުލުހުން ނަގައި ބެލިއިރު، އެޕެކެޓު ތެރެއިން ފެނުނު 37 ރަބަރު ޕެކެޓުގައި 1.4468 ގްރާމް
އޯޕީއޭޓްސް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީއާއި، މުޙައްމަދު ޒާހިދުގެ ކުޑަކަމުދާތަކެތި
ތަޙުލީލު ކުރިއިރު ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާތީ، ޤާނޫނު ނަމްބަރު 17/77 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، މުޙައްމަދު ޒާހިދުގެ މައްޗަށް
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، އެޤާނޫނުގެ 2 ވަނަ މާއްދާގެ (ހ)
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ އޮބުރުޒު ހިނިފުޅު މާލެ ދިވެހިރާއްޖެ، ން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބާ ޝައިޓް: www.highcourt.gov.mv
ޓްވެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ހުރަޞަ
2009/HC-A/336
ގެ ދަށުން މުޙައްމަދު ޒާހިދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި
ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެން އޮންނަކަމާއި،
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/149 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، މުޙައްމަދު ޒާހިދު 06 މެއި 2008 ދުވަހުގެ 21:15
އެހައިކަންހާއިރު އިތުރު މީހަކާއެކު ސައިކަލެއްގެ ފަހަތުގައި އިނދެފައި، ބޮޑުތަކުރުފާނު މަގުގައި ހުންނަ
ސީ.އެޗް.އެސް.ސީ ކައިރީގައި ހަދާފައި ހުރި ފުލުހުންގެ ޗެކްޕޮއިންޓް ކައިރިއަށް މުޙައްމަދު ޒާހިދު އިން
ސައިކަލު މަޑުކުރުމަށް ފުލުހުން އެންގުމުން، ސައިކަލު އެތަނަށް މަޑުކުރި ވަގުތު، މުޙައްމަދު ޒާހިދު
އެތަނުން ދުރަށް މޫދުކައިރިއަށް ގޮސް، މުޙައްމަދު ޒާހިދުގެ އަތުން އެއްލާލި ކަމަލް ލައިޓް ސި"
ސިނގިރޭޓް
ފޮށި ފުލުހުން ބެލިއިރު، އެފޮށިތެރެއިން 37 ރަބަރު ޕެކެޓް ފެނިފައިވާކަން ހެކިންގެ ހެކިބަހުން
ޝަރީޢަތަށް ސާބިތުވާތީއާއި، މި 37 ރަބަރު ޕެކެޓުގައި 1.4468 ގްރާމް އޯޕީއޭޓްސް ހުރިކަމަށް
އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީއާއި، މުޙައްމަދު ޒާހިދުގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރިއިރު
ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާތީ، މުޙައްމަދު ޒާހިދު މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި
ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މުޙައްމަދު
ޒާހިދުގެ މައްޗަށް ސާބިތުވި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި
ބެހެއްޓުމުގެ
މުގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަމްބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2
ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން މުޙައްމަދު ޒާހިދު އުމުރަށް ޖަލަށްލުމަށް
ކުމްކޮށް، މުޙައްމަދު ޒާހިދުގެ މައްޗަށް މިއަދަބު ކަނޑައެޅުމާގުޅިގެން، މުޙައްމަދު ޒާހިދުގެ މައްޗަށް
ސާބިތުވެފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށަށް އަދަބު ކަނޑައަޅާނެތަނެއް
ނެތްކަމަށް ކަނޑައަޅައި އެގޮތުގެމަތިންކަން އެނގެއެވެ.
3. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/149 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ޢުޞޫލުތަކާ
ނޫންކަމަށްބުނެ ޖަމްނާގެ މުޙައްމަދު ޒާހިދުގެ ފަރާތުންހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ބެލިއިރު، ތިން ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
42
xދه
އެއްގޮތަށް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ތިމާވެޕި އާޤިޛުޒުމެރީންގްރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 332so29، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2009/HC-A/336
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލޯސާ
މ އދه
ތިވާކަމަށް
4 22
(ހ) ފުރަތަމަ ނުކުތާއަކީ: މުޙައްމަދު ޒާހިދުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާގެ އަސްލަށް
މުޙައްމަދު ޒާހިދު އިންކާރު ކުރީ ޙަޤީޤަތުގައިވެސް ދަޢުވާގައި ބުނެފައިއެވާ ސިނގިރޭޓް ފޮށްޓަކީ
މުޙައްމަދު ޒާހިދު އެއްލާލި އެއްޗެއް ނޫންކަމަށްވުމާއެކު
މުޙައްމަދު ޒާހިދު ޤަބޫލުކުރާގޮތުގައި ދަޢުވާ
ސާބިތުކުރެވޭފަދަ ފުރިހަމަ ހެކި ނެތުމުން އިންކާރުކުރާ ފަރާތަށް ހުވައިދޭންޖެހޭހިނދު، ކުށުން
ބަރީއަވުމަށް މުޙައްމަދު ޒާހިދަށް އެފުރުސަތު ނުދެއްވައި ދަޢުވާ ނުވަތަ ކުށް ސާބިތުވާކަ
ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ: 6 މެއި 2008 ދުވަހުގެ 21:15 ހާއިރު އިތުރު މީހަކާއެކު
ސައިކަލެއްގައި މުޙައްމަދު ޒާހިދު ދަނިކޮށް ޗެކްޕޮއިންޓެއް ކައިރިން ފުލުހުންގެ ބަޔަކު މުޙައްމަދު
ޒާހިދުމެން މަޑުކުރުވި ވަގުތު މުޙައްމަދު ޒާހިދު އެއްފަރާތަކަށް ގޮސް ކަމަލް ލައިޓް ސިނގިރޭޓް ފޮށްޓެއް
މޫދަށް ވައްޓާލިތަން ދުށްކަމަށް ބުނަނީ ފުލުހުންގެ އެކަކު ކަމަށް ވެފައި، އަނެކަކު ބުނަނީ ސިނގިރޭޓް
ފޮށްޓެއް މޫދަށް ވެއްޓިފައި އޮއްވައި ދުށްކަމަށާއި އެފޮށި ނަގައިގެން ބެލިއިރު މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ 37 ޕަކެޓް އޭގައި އޮތްކަމަށާއި ތަޙުލީލުކުރުމުން އެއީ އޯޕީއޭޓްސް ކިޔާ ބާވަތެއްގެ
މަސްތުވާތަކެތިކަން އެނގިފައިވާކަމަށް ކަމަށާއި، އެތަކެއްޗަކީ މުޙައްމަދު ޒާހިދު މޫދަށް ވައްޓާލިކަމަށް
ބުނާ ސިނގިރޭޓް ފޮށްޓަކުން ފެނުނު އެއްޗެތިތަކެއްކަމުގައި ބުނާބުނުމަކީ، އެކަން މުޙައްމަދު ޒާހިދުގެ
ބޮލުގައި އަޅުވަން ފުލުހުން ބުނާ ބުނުމުގެ މައްޗަށް އޮތް ހަމައެކަނި ޤަރީނާކަމުގައިވުން ކަމަށްބުނެ
ހުށަހެޅި ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތައަކީ: މުޙައްމަދު ޒާހިދުގެ ކުޑަކަމުދާތަކެތި ނަގައި ތަޙުލީލު ކުރުމުން
އޯޕީއޭޓްސް ކިޔާ ބާވަތަކަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުންގެ ރިޕޯޓުގައި ބުނެފައިވީނަމަވެސް މުޙައްމަދު
ޒާހިދަކީ ދުވަހަކުވެސް ޑްރަގުގެ އެއްވެސް ބާވަތެއް ބޭނުންކުރި މީހަކަށް ނުވެފައި އެފަދަ ތުހުމަތަކަށް
ފުލުސް އޮފީހަށް ގެންދެވި ސުވާލެއްވެސް ކުރެވިފައިނުވާމީހަކަށް ވުމުން، އެފަދަ އެއްޗެއްގެ ބޭނުން
މުޙައްމަދު ޒާހިދު ކޮށްފައިނެތީސް ބާވަތަކަށް ޕޮޒިޓިވްވާކަމަށް ފެމުގައިވެސް
ޙަޤީޤަތެއްނުވާކަން މުޙައްމަދު ޒާހިދަށް ޔަޤީންވާހިނދު އެކުށުންވެސް ބަރީއަވެވޭނީ
ވައިކޮށްގެންކަމަށްވާއިރު އެފުރުސަތުވެސް ނުދެއްވައި، މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި
ބެހެއްޓުމުގެކުށް މުޙައްމަދު ޒާހިދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށްބުނެ ހުށަހެޅި
424
3
32
33 މ
eގބން
9
ރާއްޖޭގެ
ތަކުތާވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން މާލެ، ދިވެހިރާއްޖެ ފޯން 3325025، ފެކްސް: 3316471
އީމެއިލް: [email protected] މާވީވެންޓް: www.highcourt.gov.mv
5
2009/HC-A/33
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4 މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/149 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ މުޙައްމަދު ޒާހިދުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/149 ޤަޟިއްޔާގައި، މުޙައްމަދު
ޒާހިދުގެ މައްޗަށް ދަޢުވާކޮށްފައިވަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ވިޔަފާރީގެ
ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ މައްޗަށްކަމާއި، މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި
ބެހެއްޓުމުގެ ކުށް ސާބިތުވެ، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން މުޙައްމަދު ޒާހިދު ޢުމުރަށް ޖަލަށްލުމަށް 12
އޯގަސްޓް 2009 ގައި
ޖިނާއީ ކޯޓުން ޙުކުމް ކުރައްވާފައިވާކަމާއި، މުޙައްމަދު ޒާހިދުގެ މައްޗަށް މަސްތުވާތަކެތި ވިޔަފާރީގެ
ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން އެދަޢުވާ ސާބިތުކުރުމަށް ޖިނާއީކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަހަށާއި މޯލްޑިވްސް
ޕޮލިސްސަރވިސްގެ ނަންބަރު: 2008
/
575/FSD
(
D
)
-DR "ލެބޯޓްރީ ތަޙުލީލު ރިޕޯޓް" (08 މެއި
2008) އަށް ބަލާއިރުމުޙައްމަދު ޒާހިދުގެ އަތުން މަސްތުވާތަކެތި ފެނިފައިވާކަމާއި އަދި އެތަކެތި 1
(އެކެއް) ގްރާމަށްވުރެ ބަރުކަން ސާބިތުވާން އޮތުމުންކަން އެނގެން އޮތްކަމެވެ.
(ނ) ދެވަނަ ކަމަކީ، ޖިނާއީ ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ހެކިތަކުގެ
މައްޗަށް ބިނާކޮށް، މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް މުޙައްމަދު ޒާހިދުގެ
މައްޗަށް ސާބިތުވެ މުޙައްމަދު ޒާހިދު ޢުމުރަށް ޖަލަށްލުމަށް ޖިނާއީ ކޯޓުން 12 އޯގަސްޓް 2009 ގައި
ޙުކުމް ކުރައްވާފައިވާއިރު، މުޙައްމަދު ޒާހިދު އަތުން ފެނުނުތަކެތި ފަހުން ތަޙުލީލުކޮށް ބެލިއިރު،
އެތަކެތީގައި 1 (އެކެއް) ގުރާމަށްވުރެ ގިނަނޫން ކަމަށާއި، އެހެންކަމުން މިކަންކަމުގެ އަލީގައި ބަލާއިރު،
މުޙައްމަދު ޒާހިދުގެ މައްޗަށް މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ އަދަބު
ކަނޑައެޅިފައިވަނީ ރަނގަޅަށް ނޫންކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި 19 ޖުލައި 2011 ވަނަދުވަހު ފާހަގަކޮށް އެތަކެތި ފަހުން ތަޙުލީލުކުރި ރިޕޯޓު
ހުށަހަޅާފައިވާކަން އެނގެން އޮންނަކަމެވެ. ވީއިޔެއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރޭޓު ހިންގުން)،މާލެ)ޖެދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2009}HC-A/336
ޤަޟިއްޔާ ނިވުނު ގޮތުގެ ޙުލާޞާ
*
ޑ400 އއ 3
44
43 ވ 2
4
3444ނރ
ދި 2ފ3 4ޑ 4
.3ކފމެވެ.
ކަމަކީ،
(ނ) ތިންވަނަ ކަމަކީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށް
މަނާކުރެވިފައިވާ މަސްތުވާއެއްޗެއްގެ އެއްގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި
ހުރެއްޖެނަމަކަން ޤާނޫނު ނަމްބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ)
އިން އެނގެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 19 ޖުލައި 2011 ވަނަ
ދުވަހު ދައުލަތުގެ ފަރާތުން ހުށަހެޅި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު:
2009
/
1393/FSD
(
D
)
-DR "ލެބޯޓްރީ ތަޙުލީލު ރިޕޯޓް" (27 އޮގަސްޓް 2009) އަށް ބަލާއިރު،
މުޙައްމަދު ޒާހިދުގެ އަތުން ފެނުނުކަމަށްބުނާ، މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ 37 ޕަކެޓުގެ
ސާމްޕަލްގެ ބަރުދަން އެއްގްރާމަށްވުރެ އިތުރުނުވާކަމާއި އެތަކެތީގައި ހުރީ 0.9301 ގްރާމް ކަމަށް
ބަޔާންކުރެވިފައިވާކަމާއި އަދި އެކުލެވިގެންވާ ބަރުދަންވެސް
ގިނަނޫންކަން
ފާހަގަކު
(ށ) ހަތަރުވަނަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
2008
/
1004/FDD
)
-UR(8 މެއި 2008) ލެބޯޓްރީ ތަޙުލީލު ރިޕޯޓަށާއި އެރިޕޯޓާ ގުޅުންހުރި
ކަމާގުޅޭ ފޯމުތަކަށް ބަލާއިރު މުޙައްމަދު ޒާހިދުގެ ކުޑަކަމުދާތަކެތި ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާކަން
އެނގޭކަމާއި،
ކެނަބިސްއަކީ ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ތާވަލު 1 ގައި
ހިމެނިފައިވާ، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއްކަން އެނގޭކަމާއި، އަދި މިކަންކަމުގެ މައްޗަށް
ބިނާކޮށް ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/149 ޤަޟިއްޔާގައި މުޙައްމަދު ޒާހިދުގެ މައްޗަށް
މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށްސާބިތުވެފައި ވާކަމަށް ކަނޑައަޅުއްވާފައި ވާކަމާއި ނަމަވެސް
ޖިނާއީ ކޯޓުގެ އެޤަޟިއްޔާގައި މުޙައްމަދު ޒާހިދުގެ މައްޗަށް ސާބިތުވި މަނާކުރެވިފައިވާ މަސްތުވާ
އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށަށް މުޙައްމަދު ޒާހިދު ޢުމުރަށް ޖަލަށްލުމަށް
ޙުކުމްކުރައްވާފައިވުމުން، މުޙައްމަދު ޒާހިދުގެ މައްޗަށް ސާބިތުވެފައިވާ މަނާކުރެވިފައިވާ މަސްތުވާ
ބެނުންކުރުމުގެ ކުށަށް ޖިނާއީ ކޯޓުގެ އެޤަޟިއްޔާގައި އަދަބު ކަނޑައަޅުއްވާފައިނުވާކަން ފާހަގަ
804
4841
ކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ އާބުރުޒު ހިނގުން) މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
1
2009/HC-A/336
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4444/
(4
އެހެންކަމުން، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ދެކެނީ، މުޙައްމަދު ޒާހިދުގެ މައްޗަށް ދައުލަތުން ހުށަހެޅި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ބޭނުންކުރުމާއި، ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލާގައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ޖިނާއީ ކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަހަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ލެބޯޓްރީ ތަޙުލީލު ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް މުޙައްމަދު ޒާހިދުގެ މައްޗަށް މަސްތުވާތަކެތި
ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ އަދަބު ކަނޑައެޅިފައިވަނިކޮށް، މުޙައްމަދު ޒާހިދުގެ
އަތުން ފެނުނުތަކެތި އޭގެފަހުން ތަޙުލީލުކޮށްފައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު:
2009
/
1393/FSD
)
-DR "ލެބޯޓްރީ ތަޙުލީލު ރިޕޯޓް" (27 އޮގަސްޓް 2009) އަށް ބަލާއިރު
މުޙައްމަދު ޒާހިދުގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން 1 (އެކެއް) ގްރާމަށްވުރެ އިތުރުނުވާކަން
އެރިޕޯޓުން އެނގެން އޮތުމުން، މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި
މުޙައްމަދު ޒާހިދު ޢުމުރަށް ޖަލަށްލުމަށް ޖިނާއީ ކޯޓުން ކުރައްވާފައިވާ ޙުކުމް ބަދަލުކުރަންޖެހޭކަމަށާއި،
މުޙައްމަދު ޒާހިދުގެ މައްޗަށް ސާބިތުވި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ކުނަށް ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/149 ޤަޟިއްޔާގައި އަދަބު ކަނޑައަޅުއްވާފައިނުވަނީ
އެޤަޟިއްޔާގައި އޭނާގެ މައްޗަށް މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް
ސާބިތުވެ ޢުމުރަށް ޖަލަށްލުމަށް އަދަބު ކަނޑައެޅިފައިވުމުންކަމާއި، ނަމަވެސް މުޙައްމަދު ޒާހިދުގެ
އަތުން ފެނުނު ތަކެތި ފަހުން ތަޙުލީލުކުރިއިރު އެތަކެތި 1 (އެކެއް) ގްރާމަށްވުރެ އިތުރުނުވާކަން
އެނގެން އޮތުމުން މުޙައްމަދު ޒާހިދުގެ މައްޗަށް ސާބިތުވެފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމުގެ ކުށަށް އަދަބު ކަނޑައަޅަން ޖެހޭކަމަށެވެ.
ކހއްޓުމުގެ
ކުށަށް
3
43590
ން26$
ހިރާއްޖޭގެ
k
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2009/HC-A/336
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުޞާ
432
2 20
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ޖިނާއީކޯޓުގެ ނަންބަރު
2009/JC/149 ޤަޟިއްޔާގައި، މުޙައްމަދު ޒާހިދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށާއި އަދި އެކުށުގެ ޢުޤޫބާތެއްގެ ގޮތުން
މުޙައްމަދު ޒާހިދު ޢުމުރަށް ޖަލަށްލުމަށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް،
މުޙައްމަދު ޒާހިދުގެ މައްޗަށް ސާބިތުވެފައިވާ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ
ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ
(ހ) ގެ (1) އާ ޙަވާލާދީ އެމާއްދާގެ (ބ) ގެ ދަށުން މުޙައްމަދު ޒާހިދު 5 (ފަހެއް) އަހަރު ދުވަހުގެ
މުއްދަތަށް ޖަލަށްލުމަށާއި، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/149 ޤަޟިއްޔާގައި މުޙައްމަދު ޒާހިދު
ޢުމުރަށް ޖަލަށްލުމަށް ކުރައްވާފައިވާ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން މުޙައްމަދު ޒާހިދު ބަންދުގައި
ބެހެއްޓިފައިވާ މުއްދަތު ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި މުޙައްމަދު ޒާހިދުގެ މައްޗަށް
ކުރެވިފައިވާ ޙުކުމުގެ މުއްދަތުން އުނިކުރަންޖެހޭނެކަމަށް މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީ:
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
،ފަނޑިޔާރު)
ޢައްބާސް ޝަރީފު
ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv