ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/98 ޤަޟިއްޔާގެ ޙުކުމް
1
] 11:TIC-A98
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ 98/IHC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
z ނަން ފާޠިމަތު ރިސްމާ އަޙްމަދު
އައިޑީ ކާޑު ނަންބަރ : A110034
ހުށައެޅުނުތާރީޚް : 27 އެޕްރީލް 2011
އެޑްރެސް: މާވަލްބ.މާޅޮސް
މިހާރުގެ އެޑްރެސް: މާފަރުގެސްޓް ހައުސް
ނިމުނު ތާރީޚް :
*
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހިމް
ޖެހިއް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325129، ފެކްސް: 3316471
އީމެއިލް:
ވެބް ސައިޓް:
[email protected]
www.highcourt.gov.iny na
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011:HC-A:98
ދަޢުވާގެ ޚުލާޞާ
މިއީ، ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/13F10C ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ބ.މާޅޮސް} މާވަލް ފާޠިމަތު ރިސްމާ އަޙުމަދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
431ވ
* ފާހަގަކުރެވުނު ނުކުތާ
-01
j
އާއި، ސް
ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު !201/F10C/13 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާއަކީ މާޅޮސް! މާވަލް ނުޒުހަތު އަޙުމަދާއި، އެރަނު ބާދަލް ފާރިޝް އަފްރާއާއި، ކުރިކީލަގެ އިބްރާހިމް މޫސާ
ކީސް ފިލް އަޙުމަދު ސަބާހް އާއި، ކުރިކީލަގެ އަޙުމަދު ފައިސަލާއި، ފިޔާދާގެ ނާހިދާ މުޙައްމަދާއި، މާވަލް ފާތިމަތު ރިސްމާ
އަޙުމަދާއި، މާވަލް އަޙުމަދު އިދުރީސް އާއި، ފިޔާދާގެ އަޙުމަދު މުޙައްމަދު 29 އެޕްރީލް 2010 ވަނަ ދުވަހުގެ 9;30
އެހާކަންހާއިރު ކ.މާޅޮހު އޮފީހަށް ވަދެ މި މީހުންގެ ތެރެއިން ނުޒުހަތު އަޙުމަދު އެއޮފީހުގެ ތަޅުދަނޑި ހިފައިގެން ގޮސް އެދުވަހު
14:00 އެހާކަށްހާއިރުވަންދެން އެތަޅުދަނޑިފަތި ހިފައިގެން އުޅެފައިވާތީއާއި، މި މީހުންގެ ތެރެއިން ފާރިޝް އަފްރާހް ބ.މާޅޮހު
އޮފީސް ބަންދުކުރުމުގެ ބޭނުމުގައި އެދުވަހު އޮފީހަށް ގޮސް އެރަށު ކައުންސިލަރު ޢަބްދުލްމަތީނު އާއި ދިމާލަށް ހަޑިހުތުރު ބަހުން
އެއްޗެހި ކިޔައި އޮފީސް ތެރޭގައި އަޑުގަދަކޮށްފައިވާތީ އާއި، މ.މާޅޮހު އޮފީހަށް ގޮސް އެއޮފީހަށް ވަދެ އޮފީސް ބަންދުކުރާނެ
ކަމަށްބުނެ އޮފީހުން ނުކުތުމަށް ކައުންސިލަރަށް އަންގައި އެތަނުގައި އަޑުގަދަކޮށް ހަމަ ނުޖެހުން އުފެއްދުމުގައި ނުޒުހަތު
އަޙުމަދާއި، ފާރިޝް އަޕްރާޙާއި، އިބްރާހިމް މޫސާ އާއި، އަޙުމަދު ސަބާޙު އާއި، އަޙުމަދު ފައިސަލް އާއި، ނާހިދާ މުޙައްމަދާއި،
ފާތިމަތު ރިސްމާ އަޙުމަދާއި، އަޙުމަދު އިދުރީސް އާއި، އަޙުމަދު މުޙައްމަދު ބައިވެރިވިކަމަށް އ.މާޅޮހު ޖަނަވަރީގެ އަލީ ރަފީޢު
އާއި، އެރަން މުސްތަރީގެ އިބްރާހިމް އަބްދުއްރަހުމާނު ބުނާތީ، ޤާނޫނުލް ޢުޤޫބާތުގެ 86 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުޒުހަތު
އަޙުމަދާއި، ފާރިޝް އަފްރާޙްއި، އިބްރާހިމް މޫސާއާއި، އަޙުމަދު ސަބާޙް އާއި، އަޙުމަދު ފައިސަލް އާއި، ނާހިދާ މުޙައްމަދާއި،
ފާތިމަތު ރިސްމާ އަޙުމަދާއި، އަޙުމަދު އިދުރީސް އާއި، އަޙުމަދު މުޙައްމަދުގެ މައްޗަށް ދަޢުވާކުރުމުން ކ.މާޅޮހު މެޖިސްޓްރޭޓް
ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
-02
މިމައްސަލައާއި ގުޅިގެން ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ.
މިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިޝާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް www.highcourt.gov.mv
[email protected]
3
ގޮނޑިއްޔޯ
201HC-AQ8
ބ.މާޅޮހު
#
1 އިސްވެދިޔަ ބަޔާންތަކަށް ފާހަގަކުރެވުނު ނުކުތާތަކަށް މިޤަޟިއްޔާގައި ކުށްޘުބިތުވާ ފަރާތްތަކަށް ޢުޤޫބާތް ކަނޑައެޅުމުގައި
ޤާނޫނުލް ޢުޤޫބާތުގެ 86 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް މިމައްސަލައިގައި ދަޢުވާލިބޭ
މާވަލް" ނުޒުހަތު
އަޙްމަދުއާ، އެރަށު "ބާދަލް" ފާރިޝްއަފްރާހްއާ، ކުރިކީލަގޭ އިބުރާހީމް މޫސާއާ، "ކީސްފިލާ" އަޙްމަދު ޞަބާޙްއާ، ކުރިކީލަގޭ
އަޙްމަދު ފައިސަލްއާ، ފިޔާދާގޭ ނާހިދާ މުޙައްމަދުއާ، "މާވަތް" ފާޠިމަތު ރިސްމާ އަޙްމަދުއް، އެގޭ އަޙްމަދު ޢިދުރީސްއާ،
ފިއްދާގޭ އަޙްމަދު މުޙައްމަދު، ދަޢުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅިކަމަށް ވިދާޅުވެ ދަޢުލަތުން ކުރެއްވި ދަޢުވާއަށް
ދަޢުވާލިބޭ މީހުންކުރެ ފާރިޝް އަފްރާޙް ދަޢުވާއަށް ފުރިހަމައަށް އިޢުތިރާފްވާކަމަށާއި، ފާރިޝް އަފްރާޙްއަކީ ކުށްކުޅައިރު
ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމަށްވާތީ، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 މިފޮތުގެ 19 ވަނު
މާއްދާ (ކުޑަކުދިންގެ މައްޗަށް އަދަބުކަނޑައެޅުން) އަށް ބުރަވެ ފާރިޝް އަފްރާޙް ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް
އެލިކުން ޘާބިތުވާ މިކުނުގެ ޢުޤޫބާތަކަށް މި ފާރިޝް އަފްރާޙް މިއަދުންފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް
ގޭގައިބަންދުކުރުމަށާއި، ދައުލަތުން ކުރެއްވި ދަޢުވާގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޙާދިސާ ހިނގި ވަގުތު ދަޢުވާލިބޭ
ނުޒުހަތު އަޙްމަދު މާޅޮހު އޮފީހުގެ ތަޅުދަނޑިފަތި މީނާއަތުގައި އެތަށްއިރެއްވަންދެން ބާއްވާފައިވާކަމަށް މީނާ
އިޢުތިރާފްވާކަމަށާއި، އެހެނަސް ޙާދިސާ ހިނގިވަގުތު މީނާ މާޅޮހު އޮފީހަށްވަދެ އަޑު ގަދަކޮށް ހަމަނުޖެހުން ހިންގުމުގައި
ނުޒުހަތު އަޙްމަދު އިސްރޯލެއް އަދާކޮށްފައިވާކަން ހެކިންގެބަހުން ޘާބިތުވާކަމަށްޓަކައި މީނާގެ މިޢަމަލުގެ ސަބަބުން ދައުލަތުގެ
މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅޭނޭކަމަށް ކަނޑައަޅައި މިކުށުގެ ޢުޤޫބާތަކަށް މިނުޒުހަތު އަޙްމަދު މިއަދުން ފެށިގެން 6
(ހައެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށާއި، މައްސަލައިގައި ދަޢުވާލިބޭ އިބުރާހީމް މޫސާއާއި، އަޙްމަދު
ޞަބާޙްއާ، އަޙްމަދު ފައިސަލްއާ، ނާހިދާ މުޙައްމަދުއާ، ފާތިމަތު ރިސްމާ އަޙްމަދުއާ، އަޙްމަދު އިދުރީސްއާ، އަޙްމަދު
މުޙައްމަދު ދަޢުވާއަށް އިންކާރުކުރިނަމަވެސް ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުން މިބައިމީހުން
ކުށްވެރިވާކަން ހެކީންގެ ބަހުން ޘާބިތުވާ މިކުށުގެ ޢުޤޫބާތަކަށް މި ? މީހުންކުރެ ކޮންމެމީހަކު މިއަދުންފެނިގެން 3 މަހާ 15
ދުވަހުގެ މުއްދަތަށް ގޭގައިބަންދުކުރުމަށް ޙުކުމްކޮށްފީމެވެ."
-03
ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F1C/13 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
އެއްގޮތް ނުވާކަމަށްބުނެ ފާތިމަތު ރިސްމާ އަޙުމަދުގެ ފަރާތުން 03 (ތިން) ނުކުތާ ހުށައަޅާ އެނުކުތްތަކާ
ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: ފާތިމަތު ރިސްމާ އަޙުމަދު އޮފީސްތެރެއަށް ވަދެ ހަޅޭއްލަވާ ކައުންސިލަރު އޮފީހުން
ނުކުންނާށޭ ބުނިކަމަށް އިބްރާހީމް ޢަބްދުއްރަޙްމާން ކިޔާމީހަކު ހެކިބަސް ދީފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އިބްރާހީމް
ޢަބްދުއްރަޙްމާނަކީވެސް ރަށު އޮފީސް ކައިރިއަށް އެއްވެއަދި ރަށު އޮފީސްތެރޭ ހުރެ އެހެންމީހުންނާއި ދިމާލަށް ހަޅޭއްލަވާފައިވާ
މީހަކަށް ވާއިރު، އެކަން ނުބައްލަވާ، މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިންގެ
ދިވެހިރާއްޖޭގެ ހުއިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highctourt.gov.mv
4
ޤަޟިއްޔާ ނިގަނާ ގޮތުގެ ޚުލާސާ
2(jilFIC-A;98
(ށ) ދެވަނަ ނުކުތާއަކީ: 29 އޭޕްރިލް 2010 ވަނަ ދުވަހަކީ، ބ.މާޅޮސް އޮފީސް ދޮނަށް 40 ވަރަކަށް މީހުން އެއްވެ،
ގިނަ ޢަދަދެއްގެ މީހުން އޮފީސްތެރެއަށް ވަދެ، ހަޅޭއްވެވި ދުވަހެއްކަމުން، މިކަމުގައި ބައިވެރިވި ގިނަމީހުންގެ މައްޗަށް ދަޢުވާ
ނުކޮށް، ފާތިމަތު ރިސްމާ އަޙުމަދުގެ މައްޗަށް ދަޢުވާކުރުމަކީ، ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ލިބޭ ހަމަހަމަކަމާއި
ޚިލާފް ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ: ފާތިމަތު ރިސްމާ އަޙުމަދު އޮފީސް ކައިރިއަށް ދިޔައީ، ރަށުގެ ޕްރީސްކޫލް އަޅަން
ހަމަޖެހިފައިވާ ބިން، ކައުންސިލަރު، ޖަމްޢިއްޔާއަކަށް ދޭން އުޅޭ އަޑު ރަށުތެރޭ ފެތުރިގެން ގިނަޢަދަދެއްގެ މީހުން އެއްވުމްއި
ގުޅިގެން އެއީ ފާތިމަތު ރިސްމާ އަޙުމަދު ރުހޭކަމަކަށް ނުވާތީކަމަށާއި، ފަހަރެއްގައިވެސް ސަރުކާރުގެ މުވައްޒަފެއްގެ
ވާޖިބަކަށް ހުރަސް އެޅުމަށް ކަމަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
04- މިމައްސަލައާއި ގުޅިގެން ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަނާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ފާޠިމަތު ރިސްމާ އަޙުމަދުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ : ޤާނޫނުލް ޢުޤޫބާތުގެ 86 ވަނަ މާއްދާގެ (ރ) އާއި ޙަވާލާދީ ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް
ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ ފާޠިމަތު ރިސްމާ އަޙުމަދުގެ މައްޗަށް ކުރުމުން، ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް
އެޅުމުގެ ކުށް ފާތިމަތު ރިސްމާ އަޙުމަދުގެ މައްޗަށް ސާބިތުވާ ކަމަށް ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ ޙުކުމް
ބިނާކުރި މައިގަނޑު ނުކުތާ އަކީ ފާޠިމަތު ރިސްމާ އަޙުމަދު 29 އެޕްރީލް 2010 މިދުވަހު ބ. މާޅޮހު އޮފީސް ތެރެއަށް
ވަދެ އެރަށުގެ ކައުންސިލަރާއި ދިމާއަށް " އޮފީހުން ނުކުންނާށޭ މިއަދު ދާނީ އޮފީސް ބަންދުކޮށްފައޭ"
ބުނެ އަޑުގުދަ
ކުރަމުން ގެންދިޔަބައެއްގެ ތެރޭގައި ފާތިމަތު ރިސްމާ އަޙުމަދު ހުރިކަމަށް އ.މާޅޮސް |މުސްތަރީގެ އިބްރާހިމް އަބްދުއް
ރަޙުމާނާއި، ބ.މާޅޮސް!ޖަނަވަރީގެ އަލީ ރަފީޢު ހެކި ބަސް ދީފައިވާތީ މި ޢަމަލަކީ މީނާ ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް
ހުރަސް އެޅުމުގެ ގޮތުން ކުރި ޢަމަލެއް ކަމުގައި ބައްލަވައިގެން ކަން އޭދަފުށި މެޖިސްޓްރޭޓްކޯޓުގެ ނަންބަރު
2011/F10C/13 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮތް އިރު، ދައުލަތުގެ މުވައްޒަފެއްގެ
ވާޖިބަށް ފާތިމަތު ރިސްމާ އަޙުމަދު ހުރަސް އަޅާފައިނުވާނޭކަމަށް، މީނާ ބ.އޭދަފުށިމެޖިސްޓްރޭޓްކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަމާއި، އަދި ބ.އޭދަފުށި މެޖިސްޓްރޭޓްކޯޓަށް ހެކިން ދީފައިވަނީ ދޮގުހެކިބަހެއް ކަމުގައި
ދަޢުވާގެ އަސްލަށް ފާތިމަތު ރިސްމާ އަޙުމަދު ދަށުކޯޓުގައި އިންކާރު ކޮށްފައިވާ ކަން އެނގެންއޮތްކަމާއި ފާޠިމަތު ރިސްމާ
އަޙުމަދު ބ.މާޅޮހު އޮފީސް ދޮށަށް ގޮސްފައިވަނީ އޮފީސް ކައިރިއަށް ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު އެއްވެ އުޅޭ ކަމުގެ
ޚަބަރު ލިބިގެން ކަމަށް މީނާ ބުނެފައިވާ ކަން އެނގެއެވެ.
އައިކޯޕް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، ވާވެ. ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gv.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުސާ
6 15HC-A08
(ށ) ދެވަނަކަމަކީ: ފާތިމަތު ރިސްމާ އަޙުމަދުގެ މައްޗަށް އުފުލުނު ދަޢްވާ އަކީ ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަން
ހުރަސް އެޅުމުގެ ކުނުގެ މައްޗަށް ކުރެވޭ ދަޢުވާ އަކަށް ވީހިނދު، ދައުލަތުގެ މުވައްޒަފުގެ ހުރަސް އެޅުނީ ކޮން
ވާޖިބަކުންކަމާއި، ވާޖިބަށް ހުރަސް އެޅުނު ޢަމަލަކީ ކޮބައި ކަމާއި، ދައުލަތުގެ މުވައްޒަފުގެ ހުރަސްއެޅުނު ވާޖިބާއި، ވާޖިބަށް
ހުރަސްއެޅި ކަމަށް ބުނާ މީހާ ކުޅަ ޢަމަލާއި ހުރި ގުޅުމަކީ ކޮބައިތޯ ބަލައި އެކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރަން
ޖެހޭނެކަން އެނގޭކަމާއި، މި މައްސަލަގައި ފާތިމަތު ރިސްމާ އަޙުމަދުގެ މައްޗަށް ކުށް ސާބިތު ކުރުމުގައި ދަށުކޯޓުން
ރިޢާޔަތްކޮށްފައިވަނީ 12) ހެކިންގެ ހެކިބަހުގެ މައްޗަށް ކަން އެނގެން އޮތްއިރު، ހެކީންގެ ތެރެއިން ޢަލީ ރަފީޢު ބުނެފައިވަނީ
އޭނާ ރަށު އޮފީހަށް ވަންއިރު، އޮފީސް ތެރޭގައި 30 އަކަށް މީހުން ތިބިކަމަށް އަދި މި މީހުން އަޑުގަދަ ކުރަމުން ދިޔަތަން
ފެނުނުކަމަށް، އަދި މި މީހުންގެ ތެރެއިން ޢަލީ ރަފީޢު އަށް އެނގޭ މީހުންގެ ތެރޭގައި ފާޠިމަތު ރިސްމާ އަޙުމަދު ވެސް
ހިމެނޭކަމަށް " މިފަދައިންބުނެކަން އެނގޭކަމާއި، އަދި ހެކީންގެ ތެރެއިން އިބްރާހިމް ޢަބްދުއްރަޙުމާނު ބުނެފައިވަނީ ބ.މާޅޮހު
އޮފީހުގެ ބޭރުފާރުކައިރީގަޔާއި، އޮފީސް ތެރޭގައި ގިނަޢަދަދެއްގެ ބަޔަކު ޒުވާބު ކުރިތަން ފެނުނު ކަމަށާއި އޭގެ ތެރޭގައި
ފާޠިމަތު ރިސްމާ އަޙުމަދުވެސް ހުރިކަމަށްބުނެ ކަމާއި، މި ޖެހެކީންގެ ހެކި ބަހުގެ މައްޗަށްބެލިއިރު، ބ.މާޅޮހު ޕްރީ
އަޅަން ހަމަޖެހިފައިވާ ބިމުގެ މައްސަލައިގައި ބ.މާޅޮހު ރަށު އޮފީސް ދޮށަށް ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެތިބިކަން
އަދި އެތަނުގައި އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުންދިޔަކަން އެނގެންއޮތް އިރު، އެމީހުން ތެރޭގައި ފާތިމަތު ރިސްމާ
އަޙުމަދު ކުރުން ފިޔަވައި ފާޠިމަތު ރިސްމާ އަޙުމަދުގެ ފަރާތުން އޮފީހުގެ ތެރޭގައި ހަމަނުޖެހުމެއް އުފެއްދިކަން އަދި
ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ގޮތުން ޢަމަލެއްކުރިކަން ހެކީންގެ ހެކިބަހުން އެނގެންނެތްއިރު، މި
ޙާދިސާގައި ކަން ހިނގިގޮތްކަމަށް ބުނާ ގޮތަށާއި، މި ޙާދިސާގެ ވަށައިގެންހުރި އެހެން ކަންކަމަށް ބެލުމުން، ހެކީންގެ
މިހެކިބަހުން ދަޢުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ފާޠިމަތު ރިސްމާ އަޙުމަދު ކުޅު ޢަމަލެއްގެ ސަބަބުން ހުރަސް އެޅުނު ކަން
އަދި ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ފާޠިމަތު ރިސްމާ އަޙުމަދު ހުރަސް އެޅިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެތްނެތި
ޝަރީޢަތަށް ސާބިތުވާ ފަދަ ހެކި ލިބިފައި ނެތްކަން އެނގެއެވެ.
an.
(ނ) ތިންވަނަކަމަކީ : ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި އެމީހަކު
ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކު
ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، މި ޙާދިސާގައި ކަން ހިނގިގޮތްކަމަށް ބުން
ގޮތުގެ މައްޗަށާއި، މުޅި ޙާދިސާގެ ވަށައިގެންވާ ކަންކަމަށް ބެލިބެލުމުން އަދި އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެ
މަތިން ހުރުމުން ، ފާޠިމަތު ރިސްމް އަޙުމަދުގެ މައްޗަށް ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށް
ޝަރީޢަތަށް ސާބިތުވާކަމަށް އަދި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ފާޠިމަތު ރިސްމާ އަޙުމަދު 03 މަހާއި 15 ދުވަހުގެ
މުއްދަތަށް ގޭގައި ބަންދުކުރުމަށް ބ. އޭދަފުށި މެޖިސްޓް
ސްޓްރޭޓް ކޯޓުން ކުރި ޙުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް މައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
201HC-A:3
ޤަޟިއްޔާ ނިމުނު ގޮތުގެ ހުނޯސާ
ޙުކުމް
ފެންޏާ ޏެ
13:10C/2011
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ
ޤަޟިއްޔާ އިން ލ.މާޅޮސް! މާވަލް ފާޠިމަތު އިސްމާ އަޙްމަދު ގެމައްޗަށް ދައުލަތުގެ
މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށް ސާބިތުވާކަމަށް އަދި މިކުނުގެ ޢުޤޫބާތެއްގެ ގޮތުން ފާޠިމަތު ރިސްމާ އަޙުމަދު
15 ދުވަހަށް ގޭގައި ބަންދުކުރުމަށް ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭނެ ކަމަށް މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
[201/10C|13 ޤަޟިއްޔާ އިން ފާތިމަތު ރިސްމާ އަޙުމަދުގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ބާތިލު ޙުކުމެއް ކަމުގައި
ކަނޑައަޅައި މި ޤަޟިއްޔާ ނިންމީއެވެ.
03
މިޤަޟިއްޔާ ބަލާ ހުކުމް ކުރީ
ޢަލީ ސަމީރު
(ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
ارسه )
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުތުޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv