ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/57 ޤަޟިއްޔާގެ ޙުކުމް
"ދިވެހިން&12 ހައިކޯa
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/57
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 57/HC-A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަބްދުﷲ ޝާހިދު
* އައި.ޑީ.ކާޑް ނަންބަރ: A292579
L
ދާއިމީ އެޑްރެސް: ސ.ހިތަދޫޒަމާނީގެ
ސޯސަނީ
މިހާރުގެ އެޑްރެސް:
.
0
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
! ރަޖިސްޓްރީ ނަންބަރ:
* ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް: -
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަބީއުލްއާޚިރު 1434
17 ފެބްރުއަރީ 2013
*ނިމުނު ތާރީޚް: 09 ރަބީއުލްއާޚިރު 1434
19 ފެބުރުއަރީ 2013
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2013/1052(J
(
MD-145
ނިންމިކޯޓް: ކްރިމިނަލް ކޯޓު
އަމުރުގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުނު ތާރީޚް: 07 ފެބްރުއަރީ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިންއެވެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/57
0
ދަޢުވާގެ ޚުލާޞާގެ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1052(J(MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
އެދި ސ.ހިތަދޫ/ޒަމާނީ ޢަބްދުﷲ ޝާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1052(J(MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫންކަމަށް ބުނެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ސ.ހިތަދޫ ޒަމާނީގެ ޢަބްދުﷲ ޝާހިދުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރ 2013/1052(J(MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 07 ފެބްރުއަރީ 2013 ވަނަ ދުވަހުގެ 20:30 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް
ސ.ހިތަދޫ ޒަމާނީގެ ޢަބްދުﷲ ޝާހިދު ފުލުހުންގެ ބެލުމުގެ ދަށުގައި މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމަށާއި، މިގޮތަށް ޢަބްދުﷲ ޝާހިދު ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކަކީ ޢަބްދުﷲ ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލާގައި ފުލުހުން
ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިވަގުތު މީނާ ދޫކޮށްލައިފިނަމަ، ހެކިފޮރުވަން މަސައްކަތްކޮށްފާނެކަމަށް
ފެންނާތީއާއި، މީނާގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ގެއްލި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި"
ކަން މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
¢ ¢ ¢
3. ކްރިމިނަލް ކޯޓުގެ ނަންބަރ 2013
/
1052/J
/
MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ ސ.ހިތަދޫ ޒަމާނީގެ ޢަބްދުﷲ ޝާހިދުގެ ފަރާތުން ތިން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޝީއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/57
ނަކު ބައެއް
ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ: ބަންދު ބެހެއްޓުމަށް ނެރެފައިވާ އަމުރުގައި އަމުރު ކުރި ސަބަބުކަމަށް
ބުނެފައިވާ ސަބަބުތަކަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުން އަދި ބުއްދީގެ ހަމަތަކުންވެސް ޤަބޫލުކުރެވޭ
ސަބަބުތަކެއްކަމުގައި ނުވާކަމަށް ބުނެ ހުށަހެޅިނުކުތާ.
32 ހ2 3
4
4
ތުހުމަތުކުރެވޭ
ކުށާއި
ދެވަނަ ނުކުތާއަކީ: ތުހުމަތު ކުރާކުށަކީ ޖިނާއީ ކުށެއް ކަމުގައިވާއިރު
ގުޅުންހުރިކަމަށް ބެލެވޭ އެކަށީގެންވާ ހެކި ހުށަހެޅިފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
49
ވަނަ މާއްދާއާއި ޚިލާފަށް އަމުރު
ތިންވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ
ނެރެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
4. މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1052(J(MD-145 ކޯޓު
އަމުރު އިސްތިއުނާފު ކުރުމަށް ޢަބްދުﷲ ޝާހިދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު"ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކު
ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ
ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ
ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ އެއްވެސް މީހަކާއި މެދު ޝަރީއަތުން ޙުކުމް
ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެންނުވާނެކަމަށް އޮންނަކަމާއި، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/1052(J(MD-145 ކޯޓު އަމުރަށް ބަލާއިރު، ޢަބްދުﷲ ޝާހިދު 15 ދުވަހުގެ މުއްދަތަށް ބަންދުގައި
ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާފައިވަނީ ޢަބްދުﷲ ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ
ދިވެހިރާއް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/57
މައްސަލައެއްގައި ފުލުހުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިވަގުތު މީނާ ދޫކޮށްލައިފިނަމަ، ހެކި
ފޮރުވަން މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި މީނާގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ގެއްލި މުޖްތަމަޢުގެ
ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި، ދޫކޮށްފައި ބެހެއްޓުމަށް ނުފެންނާތީކަމަށް ބަޔާންކޮށް ކަން ކްރިމިނަލް
ކޯޓުގެ އެއަމުރަށް ބެލުމުން އެނގެން އޮންނަކަމެވެ.
OX >
(ށ) ދެވަނަ ކަމަކީ: އިސްވެ އިޝާރާތް ކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު
2013/1052(J(MD-145 ކޯޓު އަމުރަށް ބަލާއިރު، ޢަބްދުﷲ ޝާހިދު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާ ސަބަބުތަކުގެ ތެރޭގައި ޢަބްދުﷲ ޝާހިދު ދޫކޮށްލައިފިނަމަ،
ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަށް ފެންނަކަމަށް ބެލެވޭކަމަށް އެއަމުރުގައި ބަޔާންކޮށްފައިވާއިރު،
ޢަބްދުﷲ ޝާހިދުގެ މައްޗަށް ތުހުމަތެއް ކުރެވިގެން ތަޙްޤީޤު ކުރެވެމުންދާ މައްސަލައަކީ
2005، 2009، 2010 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާކަމަށް ބުނާ މައްސަލައެއްކަން އެނގެން
އޮންނަކަމާއި، މިމައްސަލައިގެ ތަޙްޤީޤު ފުލުހުން ފަށާފައިވަނީ 30 ސެޕްޓެމްބަރ 2012 ގައި ކަން އެނގެން
އޮތް ނަމަވެސް މިމައްސަލައަކީ އޮޑިޓަރ ޖެނެރަލްގެ ފަރާތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ
އޮޑިޓް ކުރުމުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް އަށް ފާހަގަކުރެވިގެން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓެއްގައި
ފާހަގަކުރައްވާފައިވާ މައްސަލައެއްކަން އެނގޭކަމާއި، މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ތަޙްޤީޤު ކުރުމުގެ ކުރިން މިމައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ތަޙްޤީޤުތަކެއް ކޮށްފައިވާ
މައްސަލައެއްކަމަށް ދެފަރާތުން ދެއްކި ވާހަކަތަކުން އެނގޭކަމާއި، އެހެންކަމު އެތަކެއް އަހަރުތަކެއްގެ
ކުރިން ހިނގާފައިވާ މައްސަލައަކަށްވެފައި، މިމައްސަލަ ދައުލަތުގެ މުއައްސަސާތަކުން މީގެ ކުރިން ބެލިފައިވާތީ،
މިމައްސަލައިގެ ހެކިތަކާއި ލިޔުންތައް ދައުލަތުގެ މުއައްސަސާތަކުގައި ރިކޯޑު ކުރެވި ބެލެހެއްޓިފައިވާނެކަމަށް
ޤަބޫލުކުރެވޭކަމާއި، އެހެންކަމުން ދައުލަތުގެ މުއައްސަސާތަކުގައި ރައްކާކުރެވިފައިވާ ހެކިތަކާއި ޤަރީނާތަކަކީ
އެތަކެތި ޢަބްދުﷲ ޝާހިދުގެ ފަރާތުން ފޮރުވުމުގެ އިޙުތިމާލެއް އޮތް ހެކިތަކާއި ޤަރީނާތަކެއް ކަމުގައި ބެލެވެން
ނެތްކަމާއި، މިމައްސަލަ ހިނގާދިޔަކަމަށް ބުނާތާ އަހަރުތަކެއް ފާއިތުވެފައިވާއިރު، ހެކި ފޮރުވުމަށްޓަކައި
ޢަބްދުﷲ ޝާހިދުގެ ފަރާތުން މިހާތަނަށް ކުރި ޢަމަލަކީ ކޮބައިކަން ދައުލަތަށް ބަޔާންކޮށްދެވިފާނުވާކަން
އެނގޭއިރު، ޢަބްދުﷲ ޝާހިދުގެ ފުށުން ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަށް މިހާތަނަށް ބެލިފައި
8 ހ23
ންކަމުން މިދަ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
213/HC-A/57
a ހ2
އެކަން އެގޮތަށް
ހިނގާފާނެކަމަށް މިހާރު ބެލެވެންޖެހޭ ފަދަ މަޤުބޫލު ސަބަބެއް އަދި އެކަމުގެ މައްޗަށް އޮތް
ހަރުދަނާ ޙުއްޖަތެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1052(J(MD-145 ކޯޓު
އަމުރުގައި ޢަބްދުﷲ ޝާހިދު ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ދެވަނަ ސަބަބަކީ ޢަބްދުﷲ ޝާހިދުގެ
ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައިކަން އެނގޭއިރު، މިމައްސަލައިގެ
ބާވަތަށާއި، ކަން ހިނގިގޮތް ކަމަށް ބަޔާންކުރާ ގޮތުގެ މައްޗަށާއި މުޅި މައްސަލައިގެ ވަށައިގެންވާ އެހެނިހެން
ކަންތައްތަކުގެ މައްޗަށް ބެލުމުން އަދި ޢަބްދުﷲ ޝާހިދުގެ ފުށުން އެފަދަ އެއްވެސް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް އަދި އެފަދަ ކަމެއް މީގެ ކުރިން ހިނގިކަމަށް ޤަބޫލުކުރެވޭ ފަދަ އެކަށީގެންވާ ޙުއްޖަތްތަކެއް
ހުށަހެޅިފައި ނެތުމުން މިހާދިސާ ހިނގާފައިވާކަމަށް ބުނާ ވަގުތާއި ޒަމާނާއި ހާލަތަށް ބަލާއިރު، މިހާރު ޢަބްދު
ޝާހިދުގެ ފަރާތުން އެފަދަ ނުރައްކަލެއް މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެދާނެކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1052(J(MD-145 ކޯޓު އަމުރަށް ބަދަލު
ގެންނަންޖެހޭކަމަށް މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/1052(J
(
MD-145 ކޯޓު އަމުރު މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
ހައިކޯޓް
#
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv