ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/351 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/351
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
al
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 351/HC
-
A/2009
، އިސްތިއުނާފުކުރި ފަރާތް
ނަން: މުރާދު ބަގް ޝް
ދާއިމީ އެޑްރެސް: އީރާންގެ ރައްޔިތެއް
* ޕާސްޕޯޓް ނަންބަރ:-
މިހާރުގެ އެޑްރެސް:
ވަކީލު: އޒީ، އަޙްމަދު ޢަބްދުﷲ އަފީފް މއ. ކަޝްމީރުވާދީ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑު ނަންބަރ: -
*
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
• ހުށަހެޅުނު ތާރީޚް: 20 ޛުލްޙައްޖާ 1430
07 ޑިސެމްބަރ 2009
ނިމުނު ތާރީޚް: 14 ރަބީޢުލްއައްވަލު 1431
ފެބްރުއަރީ
28
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/2319
• ނިންމެވިކޯޓް: ޖިނާއީކޯޓް
ޤަޟިއްޔާގެ ބާވަތް: ބަންދުކުރުން | ބަންދުން ދޫކޮށްލުން
ހުށަހެޅުނުތާރީޚް: 10/11/2009
ނިމުނު ތާރީޚް: 18/11/2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2009/HC-A/351
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރ 2009/JC/2319 ގެ ޤަޟިއްޔާ، އެކޯޓުން ނިންމަވާ ފައިވާ
ގޮތާއިމެދު އީރާނުގެ ރައްޔިތެއް ކަމުގައިވާ މުރާދު ބަގްޝް ހިތްހަމަ ނުޖެހޭކަމަށް ބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސައާގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ
މައްޗަށާއި ޖިނާއީ ކޯޓުގެ ނަންބަރ 2009/JC/2319 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ މައްޗަށާއި އެރިޕޯޓުގައިވާ ލިޔެކިޔުންތަކާއި ބަޔާންތަކުގެ މައްޗަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) މުރާދު ބަގުޝްއަކީ ދިވެހިބަސް ނުދަންނަ މީހަކަށްވާތީ ދަޢުވާއަކީ ކޮބައި ކަމާއި އަދި
ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ހުރިހާ ވާހަކައެއް އޭނާއަށް ރަނގަޅަށް ދޭހަވާ ބަސްކަމުގައިވާ
ފާރިސީބަހުން، ޝަރީޢަތް ހިނގަމުން ދިޔައިރު ތަރުޖަމާކޮށް ދެވިފައިވާކަމާއި ތަރުޖަމާކޮށްދިނީ
ރާއްޖޭގައި ދިރިއުޅޭ އިރާނުގެ ރައްޔިތެއް ކަމުގައިވާ ޝާޕޫރު ޚުދާޔާރު ޔަގާނެގީ ކަމާއި މިކަންކަން
ޖިނާއީ ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެއެވެ.
(ށ) ޖިނާއީ ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް މުރާދު
ބަޙްޝް ދީފައިވާ ބަޔާނުގައި، މީނާއަށް ދަޢުވާ ސާފުވެއްޖެ ކަމަށާއި ދިވެހިރާއްޖޭގެ އިޤުތިޞާދީ
ސަރަޙައްދަށް ވަދެވުނީ ނޭނގިކަމަށާއި، ދާ އަޅައިގެން ބައިނަލް އަޤުވާމީ ކަނޑުގެ ސަރަހަށްދުން
މަސް ހިފަމުން ދަނިކޮށް ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދަށް ނޭނގި ވަދެވުނު ކަމަށާއި،
ފުލުހުންގެ ތަޙްޤީޤަށް ބަޔާނެއް ދިން ކަމަށާއި، ބަޔާނަކީ ރަނގަޅު ބަޔާނެއް ކަމަށާއި ބަޔާނުގައި
ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާނެ ކަމަށް މުރާދު ބަޙުޝް ބުނެފައިވާކަން އެނގެއެވެ.
(ނ) މިމައްސަލައާ ގުޅިގެން މުރާދު ބަޙުޝް ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު
މީނާއަކީ "ހުރުމުޒު" ބޯޓުގެ ކެޕްޓަންކަމަށާއި، ސައުވީސް މީހުންނާއި އެކު މީނާ މަސްވެރިކަން
ކުރުމަށް ބައިނަލްއަޤުވާމީ ކަނޑަށް ނުކުތް ކަމަށާއި، ބޯޓުގައި ޖީ.ޕީ އެސް ސިސްޓަމެއް ހުއްޓަސް
އޭތި ބޭނުން ކުރަން މީނަޔަށް ނޭނގޭކަމަށާއި، 19 އޮކްޓޯބަރ 2009 ދުވަހުގެ 14:00 ހާއިރު،
މަސްހިފުމަށް ދެ ބޭލުމަށްފަހު ނިދީ ކަމަށާއި، ނިދާ ހޭލިއިރު ދިވެހި ކޯސްޓް ގާޑް އެބޯޓު ކައިރީގައި
އޮތްކަމަށް އެބަޔާނުގައި ބުނެފައިވާކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2009/HC-A/351
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0 /
e
(ރ) ދިވެހި ކޯސްޓް ގާޑް "އިސްކަންދަރު" މިބޯޓް ކައިރިޔަށް ދިޔައިރު މި ބޯޓުގެ އިންޖީނު
ނިއްވާލާފައިވާ ކަމާއި އެއީ 2009/10/19 ދުވަހުގެ 00:05 ހާއިރު ކަމާއި އެވަގުތު މީހުން
ދާ އަޅައިގެން މަސްވެރިކަން ކުރަންކަމާއި މަސްހިފުމަށް އަޅާފައިވާ ދަލާއި ބޯޓުގައި ގިނަ ޢަދަދަކަށް
މަސްހުރިކަން މިމައްސަލައިގެ ތަޙްޤީޤުން އެނގެން އޮވެއެވެ.
(ބ) ޤާނޫނު ނަންބަރ 5/87 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ 5 ވަނަ
މާއްދާގައި ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުން ބިދޭސީންނަށް މަސްވެރިކަން ކުރެވޭނީ ދިވެހި
ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށް ބަޔާންވެފައި ވާކަމާއި، އަދި އެޤާނޫނުގެ 13 ވަނަ މާއްދާގެ 1
ވަނަ ނަންބަރުގައި މިޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންވެގެންވާ ހުއްދަ ނުހޯދައި ދިވެހިރާއްޖޭގެ
އިޤުތިޞާދީ ސަރަޙައްދުގައި، މަސްވެރިކަން ކޮށްފިނަމަ ނުވަތަ މަސްވެރިކަން ކުރަން އުޅެފިނަމަ
އެކަން ކުރި ފަރާތްތައް -/100000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން
ނުވަތަ އެކަމަށް ބޭނުން ކުޑަ އުޅަނދެއްގެ އަނގަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރީ މަނާ ކުރެވޭނެ
ކަމަށާއި އަދި ކުށް ކުރުމުގައި ބޭނުންކުޅަ އެއްޗަކާއި ކުށުގެ ޢަމަލުން ހޯދި ތަކެތި، ބަދަލު ދިނުމެއް
ނެތި އަތުލެވޭނެ ކަމަށް ބަޔާންވެފައި ވާކަން އެނގެއެވެ.
(ޅ) ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ނ) ގައި ޤާނޫނާ ޚިލާފަށް ހޯދައިފައިވާ
މުދަލާއި، ދުޝްމަނުންގެ މުދާ، ބަދަލު ދިނުމަކާ ނުލައި ދައުލަތަށް ނެގުމަށް ޙުކުމް ކުރުމުގެ ބާރު
ކޯޓުތަކަށް ލިބިދޭ ފަދަ ޤާނޫނެއް ހެދުމަށް މިމާއްދާގެ އެއްވެސް ބައެއް ހުރަހެއް ނާޅާކަމަށް
ބަޔާންކޮށްފައިވާ ވުމަށް ބަލާއިރު، ބަދަލު ދިނުމަކާ ނުލައި ދައުލަތުން މީސްމީހުންގެ މުދާ ނެގުމަށް
ޙުކުމް ކުރުމުގެ ބާރު ކޯޓުތަކަށް ލިބިދޭ ފަދަ ޤާނޫނު ހެދުމަށް މިމާއްދާގައި ހުރަސް ނާޅަނީ
ދެބާވަތެއްގެ މުދާކަމާއި އޭގެ ތެރެއިން އެއްބާވަތަކީ ޤާނޫނާ ޚިލާފަށް ހޯދައިފައިވާ މުދާކަމާއި ،
އަނެއް ބާވަތަކީ ދުޝްމަނުންގެ މުދާ ކަމާއި މިކަންކަން މިމާއްދާއަށް ބެލުމުން އެނގެން އޮތުމުން
މުރާދު ބަގުޝްގެ އުޅަނދު ދިވެހިރާއްޖޭގެ އިޤުތިޞާދީ
ސަރަޙައްދުން ދިވެހި ދައުލަތުގެ ހުއްދައާއި
ނުލައި ހިފާފައިވާ މަހަކީ، އިސްވެ އިޝާރާތް ކުރެވުނު ޤާނޫނު ނަންބަރ 5/87 (ދިވެހިރާއްޖޭގެ
މަސްވެރިކަމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ 1 ވަނަ ނަންބަރާ ޚިލާފަށް ހޯދައިފައިވާ މަސްކަމަށް
ނޫނީ ނުބެލެވޭނެތީ މިމާއްދާގެ މިނަންބަރުގައި ބުނާ ކުށުގެ ޢަމަލުން މުރާދު ބަޙުޝްމެން ހިފާފައިވާ
މަހަކީ، ބަދަލު ދިނުމެއް ނެތި ދިވެހި ދައުލަތަށް އަތުލެވޭނެ އެއްޗެއްކަން އެނގޭ ކަމާއި
ނަމަވެސް ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ދުޝްމަން" މިލަފުޒުގެ މާނަ
ކޮށްފައިވަނީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤުލާލަށްގެއްލުންވާފަދަ ޢަމަލެއް ކުރާ
ބިދޭސީންގެ މާނައިގައި ކަމަށްވާއިރު، މުރާދު ބަގުޝް އާއި އަދި މީނާއާ އެކު "ހުރުމުޒު"
އުޅަނދުގައި ތިބި މީހުންނަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤުލާލަށްގެއްލުންވާފަދަ
2
co
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2009/HC-A/351
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޢަމަލެއް ކުރި ބައެއްކަން ސާބިތުވެފައި ނުވާތީ އިސްވެ ޙަވާލާ ދެވުނު ޤާނޫނު 5/87 (ދިވެހިރާއްޖޭގެ
މަސްވެރިކަމުގެ ޤާނުނު) ގެ 13 ވަނަ މާއްދާގެ 1 ވަނަ ނަންނބަރުގެ ދަށުން މުރާދު ބަޙުޝް
މިކުށްކުރުމުގައި ބޭނުންކުރި ހުރިހާ ތަކެއްޗެއް ބަދަލު ދިނުމަކާ ނުލައި ދިވެހި ދައުލަތަށް ނެގުމަކީ
ޤާނޫނު 40 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުޞޫލުގެ ދަށުން ނެގޭނެ
ނެގުމެއްކަމުގައި ބަލާނެ ތަނެއް ނެތް ކަމުގައި ވީނަމަވެސް
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު އެމާއްދާގެ އެ އަކުރުގައި ބުނަނީ
މީހަކު ކުރި ކުށެއްގެ ބަދަލުގައި އެމީހެއްގެ މުދާ ދައުލަތަށް ހިފައިގެން ނުވާނެ ކަމަށް ކަމުގައި
ވާއިރު ޤާނުނު ނަންބަރު 5/87(ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު)ގެ 13 ވަނަ މާއްދާގެ 1
ވަނަ ނަންބަރުގައި އެމާއްދާގައި ބުނާ ކުށް ކުރުމުގައި ބޭނުން ކުރެވުނު ތަކެތި ބަދަލު ދިނުމަކާ
ނުލައި އަތުލެވޭނެކަމަށް ބަޔާންކޮށްފައިވާއިރު އެގޮތަށް އެފަދަ ތަކެތި އަތުލެވޭނީ އެމާއްދާގެ އެ
އަކުރުގައި ބުނާ ކުށުގެ ބަދަލުގައި ކަމަށް އެމާއްދާގެ އެއަކުރުގައި އެއްވެސް މިންވަރަކަށް ބުނެފައި
ނުވާތީއާއި އަދި ޤާނޫނުއަސާސީގެ 40ވަނަ މާއްދާގެ (ރ)އިން މީހަކު ދިވެހިރާއްޖޭގެ ޤާނޫނާއި
ޚިލާފަށް ކުރާ ކުށެއް ކުރުމުގައި ބޭނުން ކުރެވޭ ތަކެތިވެސް ބަދަލު ދިނުމަކާއި ނުލައި ދަޢުލަތަށް
ހިފައިގެން ނުވާނެ ކަމުގެ މާނަ ދޭހަ ނުވާތީ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާ(ރ)އިން ދޭހަވާ
މާނައަކީ ޤާނޫނާ ޚިލާފަށް މީހަކު ކުރާ ކުށުގެ ޢަމަލު ހިންގުމުގައި ބޭނުން ކުރެވުނު އެއްވެސް
އެއްޗަކަށް ނުހިމެނޭ، އަދި އެފަދަ ކުށުގެ ޢަމަލެއް ހިންގުމުގައި ބޭނުންކުރެވިދާނެ ވަސީލައްތެއްގެ
ގޮތުގައިވެސް ނުބެލެވޭ، އަދި އެފަދަ ކުށުގެ ޢަމަލަކާ އެއްވެސް ގުޅުމެއް ނުވާ، ކުށް ކުރި މީހަގެ
މުދާ ކަމުގެ މާނަކަމަށް ވާތީ، މިސަބަބުތަކުގެ މައްޗަށް ވިސްނާ ބަލާއިރު އިސްވެޙަވާލާ ދެވުނު
ޤާނޫނު ނަންބަރު 5/87 ގެ 13 ވަނަ މާއްދާގެ 1 ވަނަ ނަންބަރަކީ ޤާނޫނު އަސާސީގެ 40 ވަނަ
މާއްދާގެ(ހ)އާ ތަޢާރަޟްވާ މާއްދާއެއް ކަމަށް ބަލާނެ ތަނެއް ނެތްކަންވެސް އެނގެއެވެ.
(ކ) މުރާދު ބަޙުޝް ޤާނޫނު ނަންބަރު 5
/
87ގެ 13 ވަނަ މާއްދާގެ 1 ވަނަ
ނަންބަރުގައި ބުނާ ކުށް ކުރުމުގައި ބޭނުންކުރި ތަކެތި ބަދަލު ދިނުމެއްނެތި ދިވެހި ދައުލަތަށް
ނެގެވިގެންވާ ކަމަށް ކަނޑައަޅުއްވައި ޖިނާއީ ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް އެމައްޗަށް ބިނާ ފުމުގައި
އިސްވެ ހަވާލާދެވުނު
ޤަޟިއްޔާގައި ބައްލަވާފައިވާ އެއްކަމަކީ ޤާނޫނުއަސާސީގެ 40ވަނަ މާއްދާގެ (ނ) ގައި
"ދުޝްމަނުންގެ މުދާ، ބަދަލު ދިނުމަކާ ނުލައި ދައުލަތަށް ނެގުމަށް ޙުކުމް ކުރެއްވުމުގެ ބާރު ކޯޓް
ތަކަށް ލިބިދޭފަދަ ޤާނޫނުތައް ހެދުމުމަކަށް މިމާއްދާގެ އެއްވެސް ބައެއް ހުރަސް ނާޅާކަމަށް"
ބުނެފައިވާ ބުނުމަށް ކަން އެ ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާ ތަކުގެ 6 ވަނަ ނަންބަރުން
އެގެން އޮންނައިރު، މުރާދު ބަޝްއާއި އަދި އޭނާގެ ބައިވެރިންނަކީ ޤާނޫނުއަސާސީގެ 274 ވަނަ
COCO
މ 04
3
2 ހ
ކރއ329އ)
ޖިނާއީ ކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
5
2009/HC-A/351
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދި ހ
މ 204
ތަކެއްޗާއި
4 c443)
05
މާއްދާގައި ބުނެފައިވާފަދަ ދުޝްމަނުންކަން ސާބިތުވެފައި ނުވާއިރު، އެޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 06 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ
މިބުނެވުނު ބަޔަށް ހަވާލާ ދެއްވާފައިވަނީ، ރަނގަޅަށް ކަމަށް ނުފެނެއެވެ.
(އ)- ޤާނޫނުއަސާސީގައި ޤާނޫނުއަސާސީ
އިޞްލާޙުކޮށް އެއަށް އުނިއިތުރު ގެނައުމަށް ވަކި
ހަމަ ތަކެއް ކަނޑައެޅި ބަޔާންވެފައިވާއިރު
ޖިނާއީ ކޯޓުގެ އިސްވެ ހަވާލާ ދެވުނު ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 7 ވަނަ
ނަންބަރުގައި ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުން ހުއްދަ ނުހޯދައި މަސްވެރިކަން ކުރާ ބޭރުމީހުން
އެކަމަށް ބޭނުންކުރާ ތަކެތި ދައުލަތަށް ނެގުމަކީ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ނ) ގައިވާ
ޙާލަތްތަކަށް އިތުރުވެފައިވާ ޙާލަތެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވިދާޅުވަފައިވާ ވިދާޅުވުމަކީ، ޤާނޫނީ
ރަގަޅު އަސާސެއްގެ މައްޗަށް ބިނާ ކުރައްވައި ވިދާޅުވެފައިވާ ވިދާޅުވުމެއްކަމަށް ނުފެނެއެވެ.
(ވ) ކުށްކުރުމުގައި ބޭނުންކުރެވޭ ކުށުން ހޯދައި ގަންނަ ތަކެތި ދައުލަތަށް
ނެގުމަކީ އިސްލާމީ ޝަރީޢަތުގެ ތަޢުޒީރީ އުޤޫބާތް ކަނޑައަޅާ ބަޔާންކޮށްފައިވާ ޝަރުޢީ
އުޞޫލުތަކުގެ ދަށުން ހުއްދަ ކަމެއްކަން އެގެން އޮންނާތީ ޤާނޫނު ނަންބަރ 5/87 ގެ 13 ވަނަ
މާއްދާގެ 1 ވަނަ ނަންބަރުގައި ބުނާ ކުށްކުރުމުގައި ބޭނުންކުރެވުނު ތަކެތި ބަދަލު ދިނުމަކާ ނުލާ
މަށް އޮތް އޮތުމަކީ އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި ޚިލާފަށް އޮތް އޮތުމެއް ކަމަށް
ބެލެވޭނެ ތަނެއް ނެތްކަން އެނގެއެވެ.
(މ) އިސްލާމީ ޝަރީޢަތުގައި ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނުގައި ކުށެއް
މަށް ބަލާފައިވާ
ޢަމަލެއް ހިންގުމުގައި ބޭނުންކުރެވުނު ތަކެއްޗާއި އަދި އެފަދަ ކުށުގެ ޢަމަލުން ހޯދައި ގަންނަ ތަކެތި
ބަދަލު ދިނުމެއްނެތި ދައުލަތަށް ނެގުން ޤާނޫނުއަސާސީގައި ކަނޑައެޅިގެން މަނާކޮށްފައި ނެތުމުން
ޤާނޫނު ނަންބަރ 5
/
87ގެ 13 ވަނަ މާއްދާގެ 1 ވަނަ ނަންބަރަކީ ޤާނޫނުއަސާސީއާ ޚިލާފުވާ
މާއްދާއެއްކަމަށް ބެލެވެން ނެތްކަންއެނގެ
(އެނގެއެވެ.
(ފ) ޖިނާއީކޯޓް ނަންބަރު 2009/JC/2319 ގެ ޤަޟިއްޔާ އެކޯޓުން ނިންމުވިގޮވާ
ހިތްހަމަ ނުޖެހޭކަމަށްބުނެ މުރާދު ބަގްޝްގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގައި ޖިނާއީކޯޓުން
ދަޢުވާހިންގާފައިވަނީ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން މުރާދު ބަގްޝްއަށް
ކަށަވަރުކޮށްދީފައިވާ ޙައްގަކުން އޭނާ މަޙްރޫމްކޮށްގެންކަމަށް ބުނެފައިވާއިރު އެޤަޟިއްޔާގެ ޝަރީޢަތް
ހިންގާފައިވަނީ ޤާނޫނު އަސާސީގެ
51 ވަނަ މާއްދާގެ (ބ) އިން މުރާދު ބަގްޝަށް
ވަރުކޮށްދީފައިވާ ޙައްޤަކުން އޭނާ
އޭނާގެ ފަރާތުން ދެކެނީ އެމާއްދާގެ
ކުށުންބަރީއަވުމަށްޓަކައި އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތްތައް
ލިބެންވާނެކަމަށާއި އަދި އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީވަކީލަކާއި މަޝްވަރާކުރުމަށް
مرور از
2
ދެމަވިތމެދު
20 ހ
ދި
މ އ ހ 02
ކާށިދޫ
02 ) 0 0502
މުހރމހނގނވމަށް
,ހ2 3
2
އއކ 3އި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2009/HC-A/351
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
05e
ތަ 0
2
4
ޢާންމުވެގެންވާ
ދީޖް2ފ0
ފުރުޞަތުދޭންވާނެކަމުގައި ބަޔާންކޮށްފައިވާއިރު ވަކީލެއްގެ ފުރުޞަތު އޭނާއަށް ލިބިގެންވާކަން
ޝަރީޢަތުން އޭނާއަށް
ނާއަށް އަންގާފައި ނުވާތީކަމަށް މާރާދު ބަގްޝްގެ ފަރާތުން ބުނެފައިވާއިރު،
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކު
މެދުވެރިކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ލިބިގެންވާކަން ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާއަށް
ޝަރީޢަތުގެ ފަރާތުން އެނގުން ލާޒިމުފުކޮށްފައި ނުވާކަން އެމާއްދާގެ އެއަކުރަށް ބެލުމުން
އެގެންއޮންނާތީއާއި އަދި މިމައްސަލައާގުޅިގެން ޖިނާއީކޯޓަށް މުރާދުބަގްޝް ދީފައިވަނީ އެއްބަޔާންކަން
ޖިނާއީކޯޓުގެ ނަންބަރު 2009/JC/2319 ގެ ޤަޟިއްޔާ
ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން
އެނގެން އޮތްކަމުގައިވިޔަސް އެބަޔާނުގައި މުރާދު ބަގްޝް އެޤަޟިއްޔާގައި ވާހަކަ
ދައްކަންބޭނުންވަނީ ޤާނޫނީވަކީލަކު މެދުވެރިކޮށްކަމަށާއި، މިކަންކުރުމަށްޓަކައި އިތުރު ފުރުސަތެއް
ނުވަތަ އިތުރުވަގުތު ބޭނުންވާކަމަށް މުރާދު ބަގްޝް ބުނެފައި ނުވާކަން އެބަޔާނަށް ބެލުމުން
އެގެންއޮތުމުން އެޤަޟިއްޔާގެ ޝަރީޢަތްހިންގާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާ
ޚިލާފުވާފަދަ ގޮތަކަށް ކަމަށް ބެލެވޭނެތަނެއް ނެތްކަން އެނގެއެވެ.
(ދ) ޤަނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ
ންފާއަކަށްޓަކައި މީސްމީހުންގެ މުދާ ނަގަންޖެހޭ ޙާލަތުގައި ޢަމަލުކުރަންޖެހޭ
ކަމަށްވާތީ، ޖިނާއީކޯޓުގެ އިސްވެޙަވާލާދެވުނު ޤަޟިއްޔާގެ ދަޢުވާ ގައި ބުނާ ތަކެއްޗަކީ
ޤާނޫނުއަސާސިގެ ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާފަދަ ޙާލަތެއްގެ ދަށުން
އަތުލެވޭތަކެތިކަމަށް ބަލާނެ ތަނެއް ނެތްކަން އެނގެއެވެ.
(ތ) ޤަނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި މުދާހޯދުމާއި، މިންކުރުމާއި،
ވާރުތަކުރުމާއި ދިނުމާއި މުދަލުން މުޢާމަލާތްކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެލިބިގެން ވާކަން
ބަޔާކޮށްފައި ވީނަމަވެސް، ދިވެހިރާއްޖޭގެ ޤާނޫނު
ޢަމަލުހިންގުމުގައި
ބޭނުންކުރެވުނު ތަކެއްޗާއި އަދި އެފަދަކުށެއްގެ ޢަމަލުން ހޯދައިގަންނަތަކެތި، ކުށްކުރާމީހުންގެ އަތުން
މިވަރަކަށް ހުރަސްއަޅާފައިނުވާކަން އެނގެއެވެ.
(ލ) ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެއްޓާއި ދިރޭތަކެތީގެ މުއްސަދިކަމާއި ޤުދުރަތީ
ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާންއޮތް ޖީލުތަކުގެ މަންފާއަށްޓަކައި
ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދަޢުލަތުގެ އަސާސީ ވާޖިބެއްކަމުގައި ޤާނޫނު އަސާސީގެ 22 ވަނަ
މާއްދާގައި ކަނޑައެޅި ބަޔާންވެފައިވުމުން ޤާނޫނު ނަންބަރު 5/87 ގެ 13 ވަނަ މާއްދާގެ 1 ވަނަ
ޤާނޫނުއަސާސީގެ މިބުނެވުނު މާއްދާގައި ބަޔާންކުރެވިފައިވާ ކަންކަންވެސް ހިމާޔަތްކޮށް
ރައްކާތެރި ކުރުމުގެ މަގުގައި ކަނޑައެޅިފައިވާ މާއްދާއެއްކަމަށް ބަލާނެ ޖާގައޮތް މާއްދާއެއްކަމަށް
ނޫނީ ނުބެލެވޭނެތީ، ބުނެވުނު ޤާނޫނުގެ ބުނެވުނު މާއްދާގެ 1 ވަނަ ނަންބަރަކީ ޤާނޫނުއަސާސީގެ
40
404
ބަޔާންކުރާ
ކަށްއފ
ހ33 (0
4ހ029
އތލުމަށް އެމްއެދުގެ އެއްކުރުން އެއްވެސް
· 4 0
0 · 44
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2009/HC-A/351
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަސާސީ ޙައްގެއް ހިފެހެއްޓިފައިވާ ޙާލަތެއްކަމުގައި ބެލެވެން
އޮންނަނަންބަރެއްކަމަކަށް ޤަބޫލެއްނުކުރެވެއެވެ.
(ގ) އިސްވެބަޔާން ކުރެވުނު ކަންކަން މިބަޔާންކުރެވުނު ގޮތުގެ މަތިން ހުރުމާއިއެކު
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވަނީ
ޖިނާއީކޯޓުގެ
ނަންބަރު 2009/JC/2319 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުއީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ރަގަޅުޙުކުމެއްކަމަށާއި އެހެންކަމުން އެޤަޟިއްޔާ
ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެނެވޭނެ ތަނެއްނެތްކަމަށެވެ.
ދު
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށްބަލާއިރު
ޖިނާއީކޯޓުގެ ނަންބަރު 2009/JC/2319 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ރަގަޅު ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އެއްބަސްވެވުނު ހިނދު
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް މިޤަޟިއްޔާ ނިންމީމެވެ.
ޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ނުމަ
އި)
:10 އިމްދި
އާދަމް މުޙައްމަދު ޢަބްދު
(ފުނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
ފަނޑިޔާރު)
ޙަމީދު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv