ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/03 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރ: 03/HC-DM/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: ފުއާދު ޒާހިރު
ކާޑު ނަންބަރ A057687
އައިޑީ ކާޑު
* ދާއިމީ އެޑްރެސް: މަރިޔަމްމާގެ/ ގއ.ކޮލަމާފުށި
* މިހާރުގެ އެޑްރެސް: މ.ހިއްމިޔާ(ކ.މާލެ
0
އިސްތިއުނާފު ރައްދުވި ފަރާތް:
*
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (ދައުލަތް)
އައިޑީ ކާޑުނަންބަރު:-
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ވެލާނާ ބިލްޑިންގ މާލެ
T)
ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ރަޖަބު 1435
12 މެއި 2014
ނިމުނު ތާރީޚް: 20 މުޙައްރަމް 1436
13 ނޮވެމްބަރު 2014
•މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަލީ ސަމީރު ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ހައިކޯ"
*
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j4/HC-DMIP03
ދަޢުވާގެ ޚުލާޞާ
ޓެކްސް
4s 476
03ބދޫ
މިއީ،
އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާއާއި ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ޤަވާއިދުގެ 03 ވަނަ ބާބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއް
ހުރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ
މާއްދާގެ (ށ) އާއި ޚިލާފު މާއްދާ އަކާއި ބާބެއް ކަމަށްބުނެ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ
މާއްދާއާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާއިދުގެ 03 ވަނަ ބާބު ބާޠިލްކޮށްދިނުންއެދި ޤާނޫނުއަސާސީގެ
143 ވަނަ މާއްދާގެ (ހ) ގެ ދަށުން ގއ.ކޮލަމާފުށި(މަރިޔަމްމާގެ ފުއާދު ޒާހިރު (ދ.ރ.ކާޑު ނަންބަރު
A057687} ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެކެވެ. މިމައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތަކީ އެޓަރނީ
ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) އެވެ.
0ހގަކުރުވަން ންކުތައް
01 ގއ.ކޮލަމާފުށިމަރިޔަމްމާގެ ފުއާދު ޒާހިރު ހުށަހެޅި މި ދުސްތޫރީ މައްސަލަ ބިނާކޮށްފައިވާ
ސަބަބުތަކުގެ މައްޗަށް ބަލާއިރު، އަންނަނިވި 09 (ނުވައެއް) ސަބަބު ފާހަގަކޮށް، އެސަބަބުތަކާ ގުޅޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ސަބަބަކީ: ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި "ގޮވަތި ގެދޮރާއި
މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަންކަމާއި، ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ، މީހެއްގެ
މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެމުދަލެއް
ނުވަތަ އެމީހަކު
ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް
އެމީހެއްގެ ނުރުހުމުގައި ވަދެގެން ނުވާނެއެވެ. މިފަދައިން ބަޔާންވެފައި އޮންނަކަމާއި،
* ދެވަނަ ސަބަބަކީ: ޤާނޫނުއަސާސީގެ ވަނަ މާއްދާގެ (ހ) ގައި "މިޤާނޫނު
އަސާސީގައި، ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެންގޮތަކަށް ދޭހަނުވާ ހިނދަކު؟
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2jl4/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
L01 "ކޯޓު" ކަމުގައި ބުނެފައިވަނީ ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް
ތިބެގެން ޝަރީޢަތްކުރުމަށް ޤާނޫނުއަސާސީން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން
މިފަދައިން ބަޔާންވެފައި އޮތްކަމާއި،
02 "ފަނޑިޔާރުން" ކަމަށް ބުނެފައިއެވަނީ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ދަށު ކޯޓު ތަކުގައި
ޝަރީޢަތްކުރުމަށްޓަކައި މިޤާނޫނުއަސާސީ ގައިވާ ގޮތުގެ މަތީން އައްޔަންކުރާ މީހުންނެވެ." މިފަދައިން
ޤާއިމުކޮށްފައިވާ ކޮންމެ ތަނެކެވެ.
ބަޔާންވެފައި އޮތްކަމާއި،
403
"ޓްރައިބިއުނަލް" ކަމުގައި ބުނެފައި އެވަނީ، ދެފަރާތެއްގެ ދެމެދުގައި ނުވަތަ
ގިނަފަރާތްތަކެއްގެ މެދުގައި ވަކިކަމަކާބެހޭގޮތުން ޚިލާފު އުފެދިފައިވާ ޙާލަތުގައި، އެކަމާމެދު ވަކިގޮތެއް
ކަނޑައަޅައި ދިނުމަށްއެދި ހުށައެޅުމުން، އެކަމާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިފައިވާ، އަދި
ކޯޓެއް ކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއެކެވެ." މިފަދައިން ބަޔާންވެފައިވާ ކަމާއި،
* ތިންވަނަ ސަބަބަކީ: ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ
99 ވަނަ މާއްދާގެ (ޅ) ގައި "ޓްރައިބިއުނަލް" މިލަފުޒަށް ދީފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގައި އެލަފުޒަށް ދީފައިވާ މާނަކުރުމެވެ." މިފަދައިން ބަޔާންވެފައި އޮންނަކަމާއި،
* ހަތަރުވަނަ ސަބަބަކީ: ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ ފަރާތުންނާއި،
ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންސާފު ޤާއިމު ކުރާ ބާރުންނާއި، މުސްތަޤިއްލު ކޮމިޝަންތަކާއި،
މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާއި
ހަވާލުވެތިބި މީހުންނާއި، އެންމެހައި ރައްޔިތުން، ޤާނޫނުއަސާސީއަށް ޢަމަލު ކުރަން ފެށުމާއެކު، ޤާނޫނު
އަސާސީގައިވާ އެންމެހައި ކަންތައްތަކަށް
ތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރަން ވާނެކަމަށް ޤާނޫނުއަސާސީގެ
2 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަމާއި،
ފަސްވަނަ ސަބަބަކީ: ތަދައްރުޖުލް ޤަވާނީން (Heirarchy of laws) ގެ މަބްދައަށް
ރިޢާޔަތްކުރާއިރު، ޤާނޫނުތައް ދަރަޖަކުރުމުގައި އެންމެ އިސް އެއްޗަކީ ޤާނޫނު އަސާސީކަމާއި، އެއަށްމަހުއްޖޭގެ ހައިވީ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
20j4/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
=:8ގެ
03އގެ
: 2
ދަރަޖައިގެ ގޮތުން އިސްކަން ލިބިފައިވަނީ ޤާނޫނުތަކަށް ކަމާއި، ޤާނޫނަށްފަހު އަންނާނީ ޤަވާއިދުތައްކަމީ ޤާނޫނީ
އިލްމުވެރިންމެދުގައި ޚިލާފުވުމެއް ނެތް ކަމަކަށް ވާއިރު، އިސްވެ ބަޔާންކުރެވެނު ތަރުތީބުގެ ދަށުން ޤާނޫނެއް
ވިޔަސް އަދި ޤަވާއިދެއް ވިޔަސް ހަދަންވާނީ އޭގެ ދަރަޖައިގެ ގޮތުން މަތީގައިވާ އެއްޗަކާ ތަޢާރުޟުނުވާ
މަތީންކަން ޤާނޫނީ މަސްދަރުތަކުންނާއި ޤާނޫނީ ޢިލްމުވެރިންގެ ބަހުން އެނގި ސާބިތުވާތީ، ޤާނޫނެއްގެ
ދަށުން ހެދިފައިވާ ޤަވާއިދެއް، އެ ޤަވާއިދު ހެދުމަށް ބާރުލިބިދިން ޤާނޫނާއި ނުވަތަ އެހެންވެސް ޤާނޫނަކާއި،
ނުވަތަ ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ނުވަތަ ތަޢާރުޟުވާ ގޮތަށް އޮތުމަކީ ޤާނޫނީ އުސޫލުތަކާއި ޚިލާފު،
އަދި އެ ތަޢާރުޝްވާ މިންވަރެއް ބާޠިލްވާނެ ކަމެއްކަމާއި، މިގޮތުން ޤާނޫނު ނަންބަރު 3/2010 (ޓެކްސް
ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ނަންބަރު 14/2011) އާ އެއްގޮތަށް
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު) ގެ މާއްދާތައް ތަރުތީބުކުރުމުން އެ ޤާނޫނުގެ
36 ވަނަ މާއްދާއާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ ތިންވަނަ ބާބަކީ ޤާނޫނުއަސާސީގެ 268 ވަނަ
މާއްދާގެ ދަށުން ބާޠިލް އެއްޗެއް ކަމުގައި ބަލަންޖެހޭ ކަމާއި،
* ހަވަނަ ސަބަބަކީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ
މިނިވަންކަމަކަށް އުނިކަމެއް ލިބޭފަދަ އެއްވެސް ޢަމަލެއް ކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ
ޙައްޤު އެއްވެސް މީހަކަށް ނުވަތަ އެއްވެސް ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭފަދަ ގޮތަކަށް ޤާނޫނު
އަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ތަރުޖަމާކޮށްގެން ނުވާނޭކަން ޤާނޫނުއަސާސީގެ 69 ވަނަ
މާއްދާގައި ބަޔާންވެފައި އޮންނަކަމާއި،
* ހަތްވަނަ ސަބަބަކީ: ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ
1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ނަންބަރު 14/2011 ) އެއްގޮތަށް ޤާނޫނު ނަންބަރު 3/2010
(ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ މާއްދާތައް ތަރުތީބުކުރުމުން ބުނެވިދިޔަ ޤާނޫނުގެ 36 ވަނަ މާއްދާއަކީ
"ލިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމުގެ ބާރު" ލިބިދޭ މާއްދާކަން އެނގެން އޮންނަކަމާއި،
އިދާރީ ޤާނޫނު) އަށް
ދިވެހިރާއްޖޭގެ
ހައިކޯa
ވާ،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
20j4/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* އަށްވަނަ ސަބަބަކީ: ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާއިދުގެ ތިންވަނަ ބާބަކީ
"ލިޔެކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމުގެ އަމުރު" ނެރުމާއި އެއަމުރު ނެރުމުގައި އަމަލުކުރާނެ
އިޖުރާއާތުތައް ބަޔާންކުރާ ބާބުކަމަށް ވީހިނދު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 36 ވަނަ މާއްދާ އާއި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާއިދުގެ 03 ވަނަ ބާބަކީ ގުޅިލާމެހިފައިވާ މާއްދާއަކާއި ބާބެއް ކަމުން މި
މާއްދާ އާއި ބާބަކީ އެކުއެކީގައި ބާޠިލު ނުކޮށްފިނަމަ ކަމުގެ ނަތީޖާ ޙާޞިލްނުވާނެ ކަމެއްކަމާއި،
* ނުވަވަނަ ސަބަބަކީ: ޤާނޫނު އަސާސީގެ 63 ވަނަ މާއްދާގައި "އެއްވެސް ޤާނޫނެއް ނުވަތަ
ޤާނޫނަކުން ބައެއްވިޔަސް މިބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާއި، ނުވަތަ މިނިވަންކަމަކާ
ތައާރަޝްވާނަމަ، އެ ޤާނޫނެއް ނުވަތަ އެ ޤާނޫނަކުން އެ ޙައްޤަކާއި ނުވަތަ އެ މިނިވަންކަމަކާ ތަޢާރަޝްވާ
މިންވަރެއް ވާނީ ބާޠިލްއެއްޗެއް" ކަމަށް ވީހިނދު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާ އާއި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާއިދުގެ ތިންވަނަ ބާބުގައި ބަލާފާސްކުރުމުގެ އަމުރެއް ޓެކްސް އެޕީލް
ޓްރައިބިއުނަލަށް ނެރެވިދާނެކަމަށް ކަނޑައަޅާފައި އޮތް އޮތުމަކީ ޤާނޫނު އަސާސީގެ 47 ވަނަ މާއްދާގެ (ށ) އާ
ޚިލާފު ބާޠިލްކަމެވެ.
03- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނު) އަށް 1 ވަނަ
އިޞްލާޙް ގެނައުމުގެ ޤާނޫނު (ނަންބަރު 14/2011) އާއި އެއްގޮތަށް ޓެކްސް ނެގުމާއި އިދާރީ
ޤާނޫނު
(ނަންބަރު 3/2010) ގެ މާއްދާ ތަރުތީބުކުރުމުން އެ ޤާނޫނުގެ 36 ވަނަ މާއްދާއާއި، ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ޤަވާޢިދުގެ 03 ވަނަ ބާބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ
މާއްދާގެ ދަށުން ބާޠިލު މާއްދާއަކާއި، ބާޠިލް ބާބެއްކަމުގައި ބުނެ ގއ.ކޮލަމާފުށި ރިޔާމްމާގެ ފުއާދު ޒާހިރުގެ
ފަރާތު ދައްކާފައިވާ ވާހަކައަށާއި، އެވާހަކައިގެ ދިފާޢުގައި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ދައްކާފައިވާ
ވާހަކައަށާއި، އެދިފާޢުތައް ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީ އަށާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20j4/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
CCCC)
ހަގަކުރެވެއެވެ
-3.1
ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ހުށަހެޅި
ގއ.ކޮލަމާފުށި)މަރިޔަމްމާގެ ފުއާދު ޒާހިރުގެ ފަރާތުން ދައްކާފައިވާ ވާހަކާގައި، ޤާނޫނު އަސާސީގެ 47 ވަނަ
މާއްދާގެ (ށ) ގައި "ގޯތިގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަންކަމާއި، ވަގުތުން
ފިޔަވަޅެއް ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް
ނުވަތަ އެ މީހަކު ސަލާމަތްކުރުމަށްޓަކައި ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު
ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި ވަދެގެންނުވާނެއެވެ. މިފަދައިން ބަޔާންވެފައި އޮންނަކަމަށާއި،
ޤާނޫނުތައް ދަރަޖަކުރެވިފައިވާ (hierarchy of laws} ގޮތުން އެންމެ އިސް ކަމެއް
ދެވިފައިވަނީ ޤާނޫނުއަސާސީ އަށްކަމަށާއި، އެއަށްފަހު ޤާނޫނުތަކަށް ކަމަށާއި، ތިންވަނަ ދަރަޖަ ދެވިފައިވަނީ
ޤަވާޢިދުތަކަށްކަމީ ޤާނޫނީ ޢިލްމުވެރިންގެ މެދުގައި ޚިލާފުވުމެއްނެތް ކަމެއްކަމަށާއި، އިސްވެ ބަޔާންކުރެވުނު
ތަރުތީބުގެ ދަށުން ޤާނޫނެއް ވިޔަސް އަދި ޤަވާއިދެއް ވިޔަސް ހަދަންވާނީ އޭގެ ދަރަޖައިގެ ގޮތުން މަތީގައިވާ
އެއްޗަކާއި ތަޢާރުޟްނުވާ ގޮތެއްގެ މަތިންކަން ޤާނޫނީ މަޞްދަރުތަކުންނާއި، ޤާނޫނީ ޢިލްމުވެރިންގެ ބަހުން
އެނގި ސާބިތުވާތީ، ޤާނޫނެއްގެ ދަށުން ހެދިފައިވާ ޤަވާއިދެއް، އެ ޤަވާޢިދެއް ހެދުމަށް ބާރު ލިބިދިން ޤާނޫނާއި
ނުވަތަ އެހެންވެސް ޤާނޫނަކާއި ނުވަތަ ޤާނޫނުއަސާސީ އާއި ޚިލާފުވާ ގޮތަށް ނުވަތަ ތަޢާރުޟުވާގޮތަށް އޮތުމަކީ
ޤާނޫނީ އުޞޫލުތަކާއި ޚިލާފު، އަދި އެ ތަޢާރުޝްވާ މިންވަރެއް ބާޠިލުވާނެ ކަމެއްކަމަށާއި،
މިގޮތުން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނު) އަށް 1 ވަނަ
އިޞްލާޙް ގެނައުމުގެ ޤާނޫނު (ނަންބަރު 14/2011) އާއި އެއްގޮތަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނު
(ނަންބަރު 312010) ގެ މާއްދާ ތަރުތީބުކުރުމުން، އެ ޤާނޫނުގެ 36 މާއްދާއާއި، ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ޤަވާޢިދުގެ 03 ވަނަ ބާބަކީ ޤާނޫނު އަސާސީގެ 268 ވަނަ މާއްދާގެ ދަށުން ބާޠިލު
އިއްޗެއްކަމުގައި ބަލަންޖެހޭ ކަމަށާއި، ބުނެވިދިޔަ ޤާނޫނުގެ 36 ވަނަ މާއްދާއަކީ ލިޔުންތައް ހޯދުމަށް ތަންތަނަށްބީޑީޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM03
ދ 2 ހ2 4ޑ 4
3
4 ހދ8
މަނާކޮށް ތަރުޖަމާކޮށްގެން ނުވާނެކަމަށް
OCCO
4 2
ވަނުމުގެ ބާރު ލިބިދޭ މާއްދާކަން އެނގެން އޮންނަކަމަށާއި، ހަމައެފަދައިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
ޤަވާޢިދުގެ 03 ވަނަ ބާބަކީ ލިޔެކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމުގެ އަމުރު ނެރުމާއި އެ އަމުރު
ނެރުމުގައި ޢަމަލުކުރާނެ އިޖުރާއާތު ބަޔާންކޮށްފައިވާ ބާބު ކަމަށާއި،
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް
ލިބޭފަދަ އެއްވެސް ޢަމަލެއްކުރުމަށް ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ
އެއްވެސް ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭފަދަގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް
ޤާނޫނުއަސާސީގެ ގެ 69 ވަނަ މާއްދާގައި ބަޔާންވެފައި އޮންނަކަމަށާއި،
ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި، އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް
އެ ބާބުގައި
ގެންވާ އަސާސީ ޙައްޤަކާއި ނުވަތަ މިނިވަންކަމަކާއި ތަޢާރުޟްވާނަމަ، އެ ޤާނޫނެއް ނުވަތަ
އެ ޤާނޫނަކުން އެ ޙައްޤަކާއި ނުވަތަ އެ މިނިވަންކަމަކާއި ތަޢާރުޝްވާ މިންވަރެއްވާނީ ބާޠިލު އެއްޗެއް ކަމުގައި
ބަޔާންކޮށްފައިވީހިނދު، ޓެކްސް ނެގުމާއި އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާއާއި ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ޤަވާއިދުގެ 03 ވަނަ ބާބުގައި، ބަލާ ފާސްކުރުމުގެ އަމުރު ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް
ނެރެވިދާނެ ކަމަށް ކަނޑައަޅާފައި އޮތުމަކީ، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި ޚިލާފު ބާޠިލު
މާއްދާއަކާއި ބާޠިލް ބާބެއްކަމަށާއި، އެ މާއްދާއާއި އެ ބާބު އެކުއެކީގައި ބާޠިލުނުކޮށްފިނަމަ ކަމުގެ ނަތީޖާ
ހާޞިލުނުވާނެ ކަމަށް ފުއާދު ޒާހިރުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނު ގެ 36 ވަނަ މާއްދާއާއި ޓެކްސް
އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ 03 ވަނަ ބާބަކީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި ޚިލާފު
ބާޠިލު މާއްދާއަކާއި ބާބެއް ކަމުގައި، ދަޢުވާކުރާ ފަރާތުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވަމުން ބަންޑާރަ
ނައިބުގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކާގައި، ބުނެވިދިޔަ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާން
ކޮށްފައިވަނީ، ޓެކްސްއާއި ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާ ކަމަށް
ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ޝައްކުކުރެވޭނަމަ އަދި އެފަދަ ކުށެއް ކުރަމުންދާ ކަމުގެ ހެކި ހުރިނަމަވެއްޖޭ
އި
ޝައްކުކުރެވޭނަމަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j4/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި ޓެކުހާ ގުޅޭ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެ ކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ
އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް
ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރެއްގެ
ކިބައިން މީރާއަށް އެދެވިދާނެ ކަމުގައާއި އެފަދައިން ޓްރައިބިއުނަލްއިން ނެރޭ އަމުރު އޮންނަންވީ ގޮތާއި، އެ
އަމުރު ތަންފީޒުކުރުމުގައި މީރާގެ އޮފިސަރުން ޢަމަލުކުރަންވީ ގޮތާއިބެހޭ އުޞޫލުތައްކަމަށާއި، އޭގެ އިތުރުން
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ 03 ވަނަ ބާބަކީ ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ
މާއްދާގައި ބަޔާންކުރާ ކަންކަން އިތުރަށް ތަފްޞީލުކޮށްދީ، ކަމާގުޅޭ ގޮތުން ޢަމަލުކުރަންވީ އިޖުރާއާތު
ބަޔާންކޮށްފައިވާ ބާބުކަމަށާއި،
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާއާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
ޤަވާޢިދުގެ 03 ވަނަ ބާބު، ޚިލާފުވާ ކަމަށް، ދަޢުވާކުރާ ފަރާތުން ބުނެފައިވާ، ޤާނޫނުއަސާސީގެ 47 ވަނަ
މާއްދާގެ (ށ) އަށް ބަލާއިރު، އެމާއްދާގައި، ގޯތިގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ
ތަންތަން ކަމުގައި އާއި، ވަގުތުން ފިޔަވަޅު ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ
ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ އެ މީހަކު ސަލާމަތްކުރުމަށް
ރުމަށްޓަކައި ނުވަތަ ކޯޓުގެ އަމުރަކުން
ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހެއް ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި އެއްވެސް ފަރާތަކުން
ވަދެގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، އެއީ ޤާނޫނުއަސާސީގެ 02 ވަނަ ބާބުގެ ދަށުން ކޮންމެ
މީހަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެއިން
ކޮންމެ އަސާސީ ޙައްޤަކީވެސް އަދި މިނިވަން ކަމަކީވެސް، އިސްލާމްދީނުގެ އަޞްލަކާއި ޚިލާފު ނުވާނެ ގޮތެއްގެ
މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް ކަމުގައި އަދި މިނިވަންކަމެއް ކަމުގައި ދައުލަތުން ޤަބޫލުކުރާ
ކަމަށާއި، އަދި ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން މެނުވީ އެއިން އެއްވެސް ޙައްޤެއްގެ އެއްވެސް
މިންވަރެއް ހިފެހެއްޓިގެން ނުވާނެ ކަމުގައިވެސް ދައުލަތުން ޤަބޫލުކުރާކަމަށާއި،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2014/HC-DNI03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޕީތއި3
ބަޔާންކރ
ހު
ނަމަވެސް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމަކީ،
މުޢްލަޤް ގޮތެއްގައި އެއްވެސް އިމެއްނެތި ލިބިދީފައިވާ ޙައްޤުތަކަކާއި މިނިވަން ކަމެއް ނޫންކަމަށާއި، އެއިން
ކޮންމެ ޙައްޤަކީވެސް އަދި މިނިވަންކަމަކީވެސް، ޤާނޫނުއަސާސީއާއި ތަޢާރު
ތަޢާރުޟްނުވާނެ މަތިން
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަށް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) އިން
ތަންދީފައިވާ ކަމެއްކަމަށާއި، އެގޮތުން އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުގައި
ފުރިހަމަވާންޖެހޭކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި އިތުރު ޝަރުޠަކީ،
ޤާނޫނަކުން ވިޔަސް އަސާސީ ޙައްޤެއްގެ
އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން ދިމިޤްރާތީ
މުޖުތަމައެއްގައި އެފަދަ ޙައްޤެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަށް ކަމުގައިވުން ކަމަށާއި،
މީހަކު ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި އެއްވެސް ފަރާތަކުން ވަދެގެން ނުވާނެ
ކަމަށް ބަޔާންކުރާ އަސާސީ ޙައްޤު، މިނިވަން ދިމިޤްރާޠީ މުޖުތަމަޢުތަކުގައި ލިބިދެވޭ ގޮތަށާއި މިންވަރަށް
ބަލާއިރު، އޭގެތެރެއިން ގިނަ ޤައުމުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާއި ބެހޭ މުޢާހަދާއެއް ކަމުގައިވާ
"އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް 1966" މުޢާހަދާގައި
ބައިވެރިވެފައިވާ ޤައުމުތަކެއް ކަމުގައިވެފައި، އެމީހަކު ދިރިއުޅޭ ތަނަކަށް އެމީހަކުގެ ނުރުހުމުގައި އެއްވެސް
ފަރާތަކުން ވަދެގެން ނުވާނެ ކަމަށް ބަޔާންކުރާ އެ މުޢާހަދާގެ 17 ވަނަ މާއްދާއިން ލިބިދޭ ޙައްޤު އެ
ޤައުމުތަކުގެ ޤާނޫނުތަކުގެ ދަށުން އެ ޤައުމުތަކުގެ ރައްޔިތުންނަށް ލިބިދޭކަމަށާއި،
ނަމަވެސް، އެޤައުމުތަކުގައިވެސް ކަމާއިބެހޭ ޤާނޫނުތަކުން އެ ޙައްޤު ހަނިކޮށްފައިވާކަމަށާއި،
އެގޮތުން ހަމައެކަނި ޓެކުހާއި ގުޅޭ ކަންކަމަށް ބަލާއިރު، ޓެކުހާއި ގުޅޭ ކަންކަމުގައި ތަންތަނަށް ވަނުމާއި ބަލާ
ފާސްކުރުމުގެ ބާރަކީ ކަމާއި ބެހޭ ޤާނޫނުތަކުން އެ ޤައުމުތަކުގެ އިންލެންޑް ރެވެނިއު އޮތޯރިޓީ ނުވަތަ ޓެކްސް
ކަލެކްޓް ކުރާ ކަމާއިބެހޭ އިދާރާއަށް ލިބިދީފައިވާ ބާރެއްކަމަށާއި، ބައެއް ޤައުމުތަކުގައި އެ ބާރު ލިބިދެނީ ކޯޓު
ރެއް ނުވަތަ ޓްރައިބިއުނަލެއްގެ އަމުރެއް ހޯދުމަކާ ނުލައި، ސީދާ އެ އިދާރާއަކަށް ކަމަށް ބަޔާންކޮށް، އެފަދަ
ޚި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2jl4/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
49
ޤައުމުތަކުގައި ޢަމަލުކުރާ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށް އެކަމާއި ގުޅޭ
ލިޔުންތައް ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ
(ށ) ގައި، ގޮވަތި ގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަން ކަމަށާއި، ވަގުތުން
ފިވަޅެއްނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެމުދަލެއް ނުވަތަ
އެމީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ
ތަނަކަށް މީހެއްގެ
އެގެ ނުރުހުމުގައި ވަދެގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި، ޓެކުހާއި ގުޅިގެން
ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ޝައްކުކުރެވޭނަމަ، ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް
ޝައްކުކުރެވޭނަމަ، އަދި އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި ޓެކުހާގުޅޭ މަޢުލޫމާތުގައި
ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް
ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެވަގުތަކު ރައީސްގެ
މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ކިބައިން މީރާއަށް އެދެވިދާނެކަމަށް
ބަޔާންކުރުމަށްފަހު،
4ހ2
އެމާއްދާގެ (ހ)، (ނ) އަދި (ރ) ގައި، ޓެކްސް އެޕީލް ޓްރައިބިއުނަލުން އެފަދައިން ނެރޭ
އަމުރު އޮންނަންވީ ގޮތާއި، އެ އަމުރު ތަންފީޒުކުރުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ
އޮފިސަރުން ޢަމަލުކުރަންވީ ގޮތާއި ބެހޭ އުޞޫލުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ 03 ވަނަ ބަލާއިރު އެ ބާބަކީ،
"ލިޔެކިޔުންތައް ހޯދުމަށް ތަންތަނަށް އަމުރު" މި ސުރުޚީގެ ދަށުން އެކުލަވާލާފައިވާ ބާބެއްކަމާއި،
އެގޮތުން މީރާގެ ފަރާތުން ލިޔެކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމުގެ އަމުރަށް އެދޭނީ ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާކުރާ މެންބަރެއް
މެންބަރެއްގެ ކިބައިންކަމަރާއީރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
20j4/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* 2 ޑ
އެކަމަށް އެދެންޖެހޭނީ ކަނޑައެޅިފައިވާ ވަކި ފޯމަކުންކަމަށް ބަޔާންކޮށް، އެފޯމްގައި ހުންނަންޖެހޭ
މަޢުލޫމާތުތަކަކީ ކޮބައިކަން ކަނޑައެޅުމަށްފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނެރޭ އަމުރުތަކުގައި ސޮއި
ކުރާނީ ރައީސް ނުވަތަ ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންގެންދާ މެމްބަރަކު ކަމަށް ކަނޑައަޅައި، އެ
އަމުރު ބިނާކުރާނެ އަސާސްތައް ބަޔާންކޮށް
ކުށްދީފައިވާކަމާއި، އަދި އެފަދައިން ނެރޭ އަމު ދެމިއޮންނާނެ މުއްދަތާއި
އެމުއްދަތު އިތުރުކުރެވޭނެ ޙާލަތުވެސް ބަޔާންކޮށްފައިވާކަމާއި،
އަދި އެގޮތުގެމަތިން ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރޭ އަމުރު ޙަވާލުކުރުމުގައި
ޢަމަލުކުރާނެ ގޮތާއި، އެ އަމުރުގައި ފުރިހަމަވާންޖެހޭ މަޢުލޫމާތާއި، އަމުރު ތަންފީޒުކުރުމުގައި ޢަމަލުކުރަންވީ
ގޮތާއި، އަމުރުގައި ނުހިމެނޭ ތަންތަން ބަލައި ފާސްކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި، ބަލައި ފާސްކުރުމުން
ލިޔެކިޔުން ނުވަތަ ތަކެތި އަތުލެވިއްޖެ ޙާލަތެއްގައި ޢަމަލުކުރަންވީ އުޞޫލު އެ ބާބުގައި ބަޔާކޮށްފައިވާކަން
ފާހަގަކުރެވެއެވެ.
14 2
/ ކތ ދދވ
ބއިކމށް
3.4- ހަތަރުވަނަ ކަމަކީ: ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) އާއި،
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާއިދުގެ 03 ވަނަ ބާބަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
47 ވަނަ މާއްދާގެ (ށ) އާއި ޚިލާފު މާއްދާއަކާއި ފުއާދު ޒާހިރުގެ ފަރާތުން ބުނެފައިވާ ސަބަބަކީ،
އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި ވަދެގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 47 ވަނަ
މާއްދާގައި ކަނޑައަޅާ ބަޔާންކޮށްފައިވާ އުޞޫލަށް އެމާއްދާއިން އިސްތިސްނާ ދީފައިވަނީ ކޯޓު އަމުރަކުން ހުއްދަ
ލިބިގެން މީހަކު ދިރިއުޅޭތަނަށް ވަންނަ ވަނުމާއި، މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި
ގެއްލުމަކުން އެމުދަލެއް ނުވަތަ އެމީހަކު ސަލާމަތްކުރުމަށްޓަކައި ވަގުތުން ވަގުތަށް އަޅާ ފިޔަވަޅެއްގެގޮތުން
އެތަނަކަށް ވަންނަންޖެހޭ ވަނުންކަމުގައިވާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާއިންނާއި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ ވަނަ ބާބުގައި ކަނޑައަޅާފައިވާ އުޞޫލު، ޤާނޫނުއަސާސީގެ 47
ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާ ބަޔާންކޮށްފައިވާ އުޞޫލަށްވުރެ ފުޅާވެ، ޓެކްސް އެޕީލް ޓްރައިބިއުނަލުން
ނެރޭ އަމުރަކުން މީހުން ދިރިއުޅޭ ތަނަކަށް ވަނުމަށް ފުރުޞަތު ދީފައިވުމަކީ ޤާނޫނުއަސާސީގެ އެމާއްދާއާމިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM/03
ފުށުއަރާ ކަމެއްކަމަށް މިމައްސަލަ ހުށަހެޅި ފުއާދު ޒާހިރަށް ޤަބޫލުކުރެވޭތީކަމާއި، ޓެކްސް ނެގުމާބެހޭ އިދާރީ
ޤާނޫނުގެ 36 ވަނަ މާއްދާއިން ބާރުލިބިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރޭ އަމުރަކީ އޭގެ ޒާތުގައި
މީހުން ދިރިއުޅޭ ތަންތަނަށް ވަނުމުގެ ބާރުދީ އެކަމަށް ޚާއްޞަކޮށްގެން ނެރޭ އަމުރެއްކަމަށް
އެ މައްދާއިން
އިއްވެސް ގޮތަކަށް ދޭހަ ނުވާކަމާއި،
0c
ޗެށްއ
4, ,
oxO2
މެއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ އަމުރަކީ، ޓެކުހާގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ
ކުރަމުންދާކަމަށް ޝައްކުކުރެވޭނަމަ، ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ޝައްކުކުރެވޭނަމަ، އަދި
އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި ޓެކުހާގުޅޭ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި
ފެންނާނެކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި
މީރާއިން ހުށަހެޅުމުން އެހުށަހެޅުމުގެ މައްޗަށް ބިނާކޮށް ނެރޭ އަމުރެއްކަމާއި، ޓެކުހާގުޅޭ މަޢުލޫމާތުގައި
ބަޔާންކޮށްފައިވާ ތަންތަނަ
އިވާ ތަންތަނަކީ، ނުވަތަ ޓެކުހާގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާ ނުވަތަ އެފަދަ
ކޮށްފާނެކަމަށް ޝައްކުކުރެވޭ ތަންތަނަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙުރުމަތްތެރިވެގެން ގޮވަތި
ގެދޮރާއި މީހުން ދިރިއުޅޭ ތަންތަން ކަމުގައި ޢާންމު އުޞޫލެއްގެ ގޮތުން ނުބެލެވޭނެކަމާއި، ނަމަވެސް މީހުން
ދިރިއުޅޭ ތަނެއްގައިވެސް އެފަދަ ކުށެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ހިނގާފާނެ ކަމެއްކަމަށް ބަލައި އެފަދަ
ޙާލަތުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގައި ބުނެފައިވާ ޓެކްސް އެޕީލް
ޓްރައިބިއުނަލުން ނެރޭ އަމުރަކުން މީހުން ދިރިއުޅޭ ތަނަކަށް އެތަނެއްގައި ދިރިއުޅޭ މީހުންގެ ނުރުހުމުގައި ވަދެ
ކަމާގުޅޭ ލިޔެކިޔުންތައް ހޯދައި އެކަމާއި ގުޅިގެން އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް އެޅިދާނެ ކަމާމެދު
ބަހުޘްކޮށް
ނިންމަން ޖެހޭކަމަށް ޤަބޫލުކުރެވޭއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު:272/HC
-
A/2013 ޤަޟިއްޔާގައި މީގެކުރިން މި މައުޟޫޢާ ގުޅޭ ބޮޑުބަޔަކަށް ބަޙުޘްކޮށް ގޮތެއް
ކަނޑައަޅާފައިވާކަމާއި، އެގޮތުން އެޤަޟިއްޔާގައި، ޓެކްސް އެޕީލް ޓްރައިބިއުނަލުން ތަނެއް ބަލައި ފާސްކުރުމަށް
ނެރެފައިވާ ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމާ ޙަވާލުވެ ހުރި އޮފިސަރަކަށް ތަނެއް ބަލައި
ފާސްކުރުމުގެ ތެރޭގައި އެތަނަކުން ފެންނަ އެއްޗެއް ނެގުމާއި ގެންދިއުމުގެ ބާރު ޓެކްސް ނެގުމާބެހޭ
cu o
ގޮތެއް
ދިވެހިރާއްޖާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
20j4/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ce
4
cu o
ޤާނޫނުންނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް
ލިބިގެންވާކަމަށާއި، އަދި ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި މީރާގެ ފަރާތުން ގެންދާ އެއްޗެއް، އެ އެއްޗެއް
ގެންދެވުނު ބޭނުން ނިމެންދެން ހިފެހެއްޓިދާނެކަމަށް ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނާތީ އާއި ހައިކޯޓުގެ
އެޤަޟިއްޔާގެ ޙުކުމަށް މިހާތަނަށް ބަދަލު އައިސްފައިވާކަން އެނގެން ނެތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާގައި ގޮތެއް ކަނޑައަޅަން ޖެހިފައިވާ ހަމައެކަނި ނުކުތާއަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ
36 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރޭ އަމުރަކުން މީހުން ދިރިއުޅޭ
ތަނަކަށް އެތަނެއްގައި ދިރިއުޅޭ މީހުންގެ ނުރުހުމުގައި ވަނުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
47 ވަނަ މާއްދާގެ (ށ) އާއި ފުށުއަރާ ޢަމަލެއްކަން ނުވަތަ ނޫންކަން ކަނޑައެޅުންކަން ފާހަގަކުރެވެއެވެ.
3.5- ފަސްވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބަކީ
އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ ބާބުކަމާއި، އެބާބު ފެށޭ ޤާނޫނުއަސާސީގެ 16 ވަނަ
މާއްދާގެ (ހ) ގައި، "މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ
އަޞްލަކާ ޚިލާފު ނުވާނެ ގޮތުގެމަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް މި ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ.
އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި
ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް
މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖުތަމައެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް
ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ." މިފަދައިން ބަޔާންކޮށްފައި
އޮތުމުން،
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙައްޤުތަކުންކުރެ ޙައްޤެއް ނުވަތަ
މިނިވަންކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، މިނިވަން ދިމިޤްރާޠީ މުޖުތަމައެއްގައި އެފަދަ
ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރާ މިންވަރަކަށް ހިފެހެއްޓިދާނެ ކަމާމެދަކު ޚިލާފެއް
ހައި
އޮންނަ
ނިކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14
2014/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެހެންކަމުން ޓެކުހާއި ގުޅޭ ކަންކަމުގައި އެފަދަ ޤައުމުތަކުގައި ތަންތަނަށް ވަނުމާއި ބަލާ
ފާސްކުރުމުގައި ޤާނޫނީގޮތުން ކަމާބެހޭ އިދާރާތަކަށް ދީފައިވާ ބާރުތަކަށް ބަލާއިރު، އޭގެތެރެއިން ބައެއް
ޤައުމުތަކުގައި، ޓެކުހާގުޅޭ އިދާރާތަކަށް ނުވަތަ އިންލެންޑް ރެވެނިއު އޮތޯރިޓީ ތަކަށް، ނުވަތަ ޓެކްސް
ކަލެކްޓަރ އަށް، ކޯޓު އަމުރަކާނުލައި ނުވަތަ ޓެކުހާގުޅޭ ޓްރައިބިއުނަލްގެ އަމުރަކާ ނުލައި، ޓެކުހާގުޅޭ ކުށްތައް
ކުރަމުންދާ ތަންތަނަށް ވަނުމުގެ ބާރު ލިބިދީފައިވާކަން މިޤަޟިއްޔާގައި ދައުލަތުން ހުށަހެޅި ލިޔުންތަކުން
43 45
ސާފުކޮށް އެނގެން އޮންނަކަމާއި،
034ނ
ގޮތުން އިންޑައިރެކްޓް ޓެކްސް ޤާނޫނެއްގެ ބޭނުމަށްޓަކައި ގޯތި ގެދޮރަށާއި ތަންތަނަށް
ވަނުމާއި ބަލާ ފާސްކުރުމުގެ ބާރު ޓެކުހާ ގުޅޭ ކޮމިޝަނަރ އަށް ނުވަތަ އޭނާ ހުއްދަދޭ ފަރާތަކަށް
އޮސްޓްރޭލިއާގެ ޓެކްސޭޝަން އެޑްމިނިސްޓްރޭޝަން އެކްޓް 1953 ގެ 15-353 ވަނަ މާއްދާއިން ލިބިދޭކަން،
ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމަންޓް -1 (1953
Taxation Administration Act) އިން އެނގެން
އޮންނަކަމާއި،
ހަމައެފަދައިން އިންޑިޔާގެ އިންކަމް ޓެކްސް ޤާނޫނު 1961 އަށް ބަލާއިރު، އެޤާނޫނުގެ
133A ވަނަ ނަންބަރު މާއްދާގެ 1 ވަނަ ނަންބަރުގައިވާ ގޮތުން، އިންކަމް ޓެކްސް އޮތޯރިޓީގެ އިޚްތިޞާޞް
ހިންގާ ސަރަޙައްދުގައިވާ ވިޔަފާރި ކުރާ ތަންތަނަށް ނުވަތަ ފަންނީ މަސައްކަތެއް ކުރާ ތަންތަނަށް (އެތަންތަނަކީ
އެ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ހިންގާ މައިގަނޑު ތަންތަން ކަމުގައި ނުވިނަމަވެސް) ވަދެ،
އެމާއްދާގައިވާ ގޮތުގެމަތިން އެތަނެއް ބަލާ ފާސްކުރުމުގެ އިޚްތިޔާރު އެ އިންކަމް ޓެކްސް އޮތޯރިޓީއަށް
ލިބިގެންވާކަން އެނގެން އޮންނަކަމާއި، އެތަންތަނުގެ ތެރޭގައި، ވިޔަފާރިކުރާ ފަރާތުގެ ނުވަތަ ފަންނީ
މަސައްކަތްކުރާ ފަރާތުގެ ހިސާބުތައް ނުވަތަ ލިޔެކިޔުން ނުވަތަ ފައިސާ ނުވަތަ ސްޓޮކް ނުވަތަ އޭނާގެ ވިޔަފާރި
މަސައްކަތާއި ގުޅޭ އެނޫންވެސް އަގުހުރި އެއްޗެއް ބަހައްޓާފައި ހުންނަ ކޮންމެ ތަނެއް ހިމެނޭކަން،
ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމަންޓް 2 (1961 ,INCOME
-
TAX ACT) އިން އެނގެން
=2 ހއ
އޮންނަކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15
2jl4/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހަމައެގޮތަށް
ސްރީލަންކާގެ އިންލެންޑް ރެވެނިއު ޤާނޫނަށް ބަލާއިރު، އެޤާނޫނުގެ 212 ވަނަ
މާއްދާގެ 1 ވަނަ ނަންބަރުގައިވާ ގޮތުން، ޕީސް އޮފިސަރުންގެ ޙާޟިރުގައި ބަލާ ފާސްކުރުމަށްޓަކައި
ޢިމާރާތްތަކާއި ތަންތަނަށް ވަނުމުގެ އިޚްތިޔާރު ޤާނޫނުގެ ދަށުން އެކަމަށްޓަކައި ޢައްޔަންކުރާ އަދި ކޮމިޝަނަރ
ރަލް އެކަމަށް ހުއްދަކުރާ އޮފިސަރުންނަށް ލިބިދޭކަން، ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމަންޓް .3
(2006
INLAND REVENUE ACT
,
No.10 OF) އިން އެނގެން އޮންނަކަމާއި،
އަދި މީގެ އިތުރުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އިންލެންޑް ރެވެނިއު ކޯޑަށް
ބަލާއިރު، ޓެކުހާއި ގުޅޭ އެއްޗެއް ހުރި ކޮންމެ ޢިމާރާތަކަށް ނުވަތަ ތަނަކަށް އެފަދަ އެއްޗެހި ބަލާ ފާސްކުރުމުގެ
ބޭނުމުގައި ދުވާލުގެ ވަގުތުތަކުގައި ވަނުމުގެ އިޚްތިޔާރު އެމެރިކާގެ ޓްރެޜަރީ ސެކެރެޓަރީއަށް ޔުނައިޓެޑް
ސްޓޭޓްސްގެ އިންލަންޑް ރެވެނިއު ކޯޑުގެ 26 ވަނަ ނަންބަރުގެ 7606 ވަނަ ނަންބަރުން ލިބިދޭކަން،
ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމަންޓް -4 (United States Code
:
Internal Revenue Code)
އިން އެނގެން އޮންނައިރު، ރޭގަނޑުގެ ވަގުތުތަކުގައި ވަދެވޭނެ ޙާލަތްތައްވެސް ހަމައެއާ ވިދިގެން
ބަޔާންކޮށްފައިވާކަންވެސް އެނގެން އޮންނަކަމާއި،
ދައުލަތުން ހުށަހަޅާފައިވާ އިސްވެ ޙަވާލާ ދެވުނު ޑޮކިއުމަންޓްތަކުން ފާހަގަކުރެވުނު
ކަންތައްތަކަށް ބަލާއިރު، އެހުރިހާ ޤައުމުތަކަކީވެސް އިންޓަރނޭޝަނަލް ކޮންވެންޝަން އޮފް ސިވިލް އެންޑް
ޕޮލިޓިކަލް ރައިޓްސް 1966 ގެ މުޢާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކެއްކަމާއި، އަދި އެއިން ކޮންމެ
ޤައުމެއްގައިވެސް މީހުން ދިރިއުޅޭ ތަނަކަށް އެބައެއްގެ ނުރުހުމުގައި އެއްވެސް ފަރާތަކުން ވަދެގެން ނުވާނެ
ކަމަށް ބަޔާންކުރާ ޙައްޤަކީ އެޤައުމުތަކުގެ ރައްޔިތުންނަށް ޤާނޫނީގޮތުން ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމާއި،
ނަމަވެސް އެ ޤައުމުތަކުގައިވެސް ކަމާއިބެހޭ ޤާނޫނުތަކުން އެ ޙައްޤު ހަނިކޮށްފައިވާކަން ސާފުކޮށް އެނގެން
އޮންނަކަމާއި، އަދި އިސްވެ ދެންނެވި ޤައުމުތަކުގައި ޓެކުހާއި ގުޅޭ ކަންކަމުގައި ބަލާ ފާސްކުރުމަށް ތަންތަނަށް
ވަނުމުގެ ބާރު އެޤައުމެއްގެ ޓެކްސް ކަލެކްޓްކުރާ ފަރާތް ނުވަތަ އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ސީދާ
ލިބިދީފައިވާއިރު، ދިވެހިރާއްޖޭގައި ޓެކުހާ ގުޅޭ އިދާރާއަށް ސީދާ އެބާރު ލިބިދިނުމުގެ ބަދަލުގައި އިތުރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ،
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DVI303
ފޗ ތ ގ ކ 2
3
ﷲޔަންކުރެވޭނީ
ބިނާކޮށް
4 9 8 2
ބnނކރ
މަރުޙަލާއެއް ކަޑައްތުކޮށް، ޓެކްސް އެޕީލް ޓްރައިބިއުނަލުން އަމުރެއް ހޯދުން ޝަރުތުކޮށްފައި އޮތުމުން، މަތީގައި
ޤައުމުތަކަށްވުރެ ބޮޑަށް މީސްމީހުންގެ ގޯތި ގެދޮރާއި މުދަލަށް ދިވެހިރާއްޖޭގެ ޤާނޫނީ
ނިޒާމުގެތެރެއިން ރައްކާތެރިކަން ދީފައިވާކަން ސާފުކޮށް އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގައި ތަންތަނަށް ވަދެ ބަލާފާސްކުރުމުގެ ބާރު ޤާނޫނީގޮތުން ސީދާ މޯލްޑިވްސް
އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިދީފައިނުވާކަމާއި، އެފަދަ ތަނަކަށް ވަދެ ބަލާފާސްކުރަން
ވެއްޖެނަމަ މީރާގެ އޮފިސަރުންނަށް ފާހަގަކުރެވޭ ކަންކަމުގެ މައްޗަށާއި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް
މީރާއިން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އަމުރަކަށް އެދުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްއިން
އަމުރު ނެރެދިނުމުގައި ބަލަންޖެހޭ ކަންކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި، އަދި އެފަދަ އަމުރަކާއި އެކުގައިވެސް މީރާގެ އޮފިސަރުންނަށް އެތަނަކަށް ވަދެވޭނީ އަދި
އެތަނުގައިވާ އެއްޗެހި ބަލާ ފާސްކުރެވޭނީ އެ އަމުރުގައި ހުއްދަކުރާ މިންވަރަކަށް އެ މާއްދާގައި
ދާއިރާގެ ތެރޭގައި ކަމާއި، އަދި ތަނުގެ ނުވަތަ މުދަލުގެ ވެރިފަރާތަށް ލިބިދޭންޖެހޭ ރައްކާތެރިކަން
ލިބިދިނުމަށްޓަކައި މީރާގެ އޮފިސަރުން ޢަމަލުކުރަންޖެހޭ އިޖުރާއާތު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36
ވަނަ މާއްދާގަ އާއި 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އޭގެއިތުރަށް އެފަދަ އަމުރަކަށް އެދޭއިރު
މީރާއިން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތާއި އަމުރުގައި ހުންނަންޖެހޭ
މަޢުލޫމާތާއި އަމުރު ތަންފީޒުކުރުމުގައި މީރާގެ އޮފިސަރުން ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްޞީލު ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
3.6- ހަވަނަ ކަމަކީ: ގޯތިގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ އަސާސީ ޙައްޤެއްގެ ގޮތުގައި ކަމަށްވާއިރު،
ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އަސާސީ ޙައްޤުތައް ނުވަތަ މިނިވަންކަން ލިބިދެވޭނެ ގޮތަކީ ކޮބައިކަމާއި،
އެޙައްޤުތަކާއި މިނިވަންކަމުން އެއްވެސް މިންވަރެއް ހިފަހައްޓަން ބޭނުންނަމަ ޢަމަލުކުރަންވީ ނިޒާމަކީ ކޮބައިކަން
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
ހއ ހ އ ދދވ
4ނނކމށ6
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17
2014/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
49
مر
77/
cuc.
4 0¢ ¢
ޑ 8 *
އެގޮތުން ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކުގެ ބާބު" ގައި ބަޔާންކޮށްފައިވާ ޙައްޤެއް،
ނުވަތަ މިނިވަންކަމެއް އެއްވެސް ފަރާތަކަށް ލިބިދެވޭނީ، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނެ
ގެމަތިންކަމަށް ބަޔާންކޮށްފައިވާއިރު، އެޙައްޤުތަކާއި މިނިވަންކަމުން އެއްވެސް މިންވަރެއް ހިފެހެއްޓުމުގައި
ނިޒާމުވެސް އެމާއްދާގެ އެ އަކުރުގައި ބަޔާންކޮށްފައިވާކަމާއި، އެނިޒާމަކީ، ޤާނޫނުއަސާސީ
އާއި ތަޢާރުޟު ނުވާގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެޙައްޤެއް ނުވަތަ
މިނިވަންކަމެއް ހަނިކުރުންކަމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، އެއިން ޙައްޤެއްގެ ނުވަތަ
މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓުމުގައި ތަބާވާންޖެހޭ މިންގަނޑަކީ، މިނިވަން ދިމިޤްރާޠީ
މުޖްތަމައެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރާ މިންގަނޑުކަމާމެދަކު
މައްސަލާގެ ހިމެނޭ އެއްވެސް ފަރާތެއްގެ މެދުގައި ޚިލާފެއް ނެތްއިރު،
ޓެކުހާގުޅިގެން
އޮޅުވާލުމެއް
މެއް އެކުލެވޭ ކުށެއް ކުރަމުން
މުންދާކަމަށް ޝައްކުކުރެވޭނަމަ، ނުވަތަ
އެފަދަ ކުށެއް ކޮށްފާނެކަމަށް ޝައްކުކުރެވޭނަމަ، އަދި އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި
ޓެކުހާގުޅޭ މަޢުލޫމާތުގައި
ލޮމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ، އެ ކުށް
ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް މީރާއިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް
އެހުށަހެޅުމުގެ މައްޗަށް ބިނާކޮށް ނެރޭ އަމުރެއްގެ ދަށުން، ޓެކުހާގުޅޭ ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް
ކުރަމުންދާ ތަނަކަށް ވަނުމުގެ ބާރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާއިންނާއި ޓެކްސް
އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ 03 ވަނަ ބާބުގެ ދަށުން މީރާއަށް ލިބިފައި އޮތުމަކީ، މީހުން ދިރިއުޅޭ
ތަންތަނަށް އެމީހުންގެ ނުރުހުމުގައި ވަނުމަށް މީރާއަށް ސީދާގޮތުން ދީފައިވާ ލައިސަންސެއް ނޫންކަމާއި،
ނަމަވެސް އެއީ ޖުމްލަ ގޮތެއްގައި ޓެކުހާގު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާ ކޮންމެ ތަނަކަށްވަދެ
ބަލާ ފާސްކުރުމަށް ލިބިދޭ ލައިސަންސެއްކަމާއި،
އެހެންކަމުން، ޓެކްހާގުޅޭ ބޮޑު
އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާ ތަނަކީ މީހުން
ދިރިއުޅޭ ތަނެއްކަމުގައިވާ ޙާލަތެއްގައި، އަދި ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނެރޭ ބަލާފާސްކުރުމުޖެއްޖޭގެ
222 223
0
4223 ޝޯ3
ހޤީ ބޮޑީ
COX
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
2jl4/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 ހsw ތ ދ
ސާވާލަށްވެސް ޖީ9372
ޙައްޤެއްގެ
އަމުރެއް ލިބިފައި އޮންނަ ޙާލަތެއްގައި، ކޯޓު އަމުރެއްނެތި، މީރާއަށް އެތަނަކަށް ވަދެވިދާނެ ކަމާމެދު އުފެދޭ
މަގޮތެއްގައި ޖަވާބު ލިބިދޭކަމާއި،
އެހެނީ ޤާނޫނުއަސާސީގައި "އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ ބާބުގައި
ބަޔާންވެފައިވާ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓަން ބޭނުންނަމަ
މަލުކުރަންޖެ ގޮތަށް ޢަމަލުކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް (ޓެކްސް ނެގުމާބެހޭ
އިދާރީ ޤާނޫނު) ގައި، ޓެކްހާގުޅޭ ބޮޑު އޮޅުވާލުމެއް
އެކުލެވޭ ކުށެއް ކުރަމުންދާ ކޮންމެތާކަށް، ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ އަމުރެއް ލިބިގެން ވަދެ، ބަލާ ފާސްކޮށް، އެތަނުން ފެންނަ ތަކެތި ހިފައިގެން ދިއުމުގެ
ފުރިހަމަ އިޚްތިޔާރާއި ބާރު މީރާއަށް ލިބިދީފައި އޮތުމުން، ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އަސާސީ
ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓަން ބޭނުންނަމަ ފުރިހަމަކުރަންޖެހޭ ދެ
ޝަރުޠުން ކުރެ އެއް ޝަރުޠު އެވަނީ ފުރިހަމަވެފައިކަމާއި،
ދެވަނަ ޝަރުޠު ކަމުގައިވާ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢުތަކުގައި މިކަމުގައި
ޢަމަލުކުރަމުން އަންނަ މިންގަނޑާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލް އިން
ނެރެފައިވާ ބަލާފާސްކުރުމުގެ އަމުރެއް ލިބިފައިވާ ޙާލު، (ކޯޓު އަމުރެއްނެތި) ޓެކުހާގުޅޭ ބޮޑު އޮޅުވާލުމެއް
އެކުލެވޭ ކުށެއް ކުރަމުންދާ ތާކަށް ވަނުމުގެ ބާރު ޤާނޫނަކުން ލިބިދީފައި އޮތް އޮތުމާ އެއް މިންގަނޑަކުން
ވަޒަންކުރެވޭތޯ ބަލާއިރު، މިޤަޟިއްޔާގައި އިސްވެ ފާހަގަކުރެވިފައިވާ މިނިވަން ދިމިޤްރާޠީ ޤައުމުތަކުގައި، ޓެކުހާ
ގުޅޭ ކުށްތައް ކުރަމުންދާ ކަމަށް ބެލެވޭ ތަންތަނަށް ވަދެ ބަލާފާސްކުރުމުގައި ޢަމަލުކުރަމުންދާ ގޮތަށް ބަލާއިރު،
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ ދަށުން ތަންޒީމްކުރެވިގެން،
ކުށުގެ ޢަމަލު ހިނގަމުންދާ ބެލެވޭ ތަންތަނަށް ވަނުމުގައި ޢަމަލުކުރެވޭ ނިޒާމް،
ބަޔާންކުރެވުނު ޤައުމުތަކުގައި ޢަމަލުކުރަމުންދާ ނިޒާމަށްވުރެ ހަރުދަނާވެފައި، މީސްތަކުންނަށާއި އެބައިމީހުންގެ
މުދަލަށް ރައްކާތެރިކަން ލިބިދީފައިވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭކަމާއި، އެހެންކަމުން ޤާނޫނު
ނަންބަރު 3/2010 (ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު
43 45
ކލ މ އ ހ އވ
0ނ 22ށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
19
2014/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
CU O
(ނަންބަރު 14/2011) އާއި އެއްގޮތަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނު (ނަންބަރު 3/2010) ގެ
މާއްދާ ތަރުތީބުކުރުމުން އެ ޤާނޫނުގެ 36 ވަނަ މާއްދާއާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ 03
ވަނަ ބާބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާ އާއި ފުށުއަރާ ބާޠިލު
މާއްދާއަކާއި، ބާޠިލް ބާބެއްކަމުގައި، ޝަރީޢަތުން ކަނޑައެޅޭނެ ހަމައެއް ނެތްކަމަށް، މިޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
30
ދެންފަހެ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނު) އަށް 1 ވަނަ
އިޞްލާޙް ގެނައުމުގެ ޤާނޫނު (ނަންބަރު 14/2011) އާއި އެއްގޮތަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނު
(ނަންބަރު 3/2010 ގެ މާއްދާ ތަރުތީބުކުރުމުން އެ ޤާނޫނުގެ 36 ވަނަ މާއްދާއާއި، ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ޤަވާޢިދުގެ 03 ވަނަ ބާބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ
މާއްދާގެ ދަށުން ބާޠިލު މާއްދާއަކާއި، ބާޠިލް ބާބެއް ކަމުގައި ބުނެ ގއ.ކޮލަމާފުށީ މަރިޔަމްމާގެ، ފުއާދު ޒާހިރު
(A057687) ގެ ފަރާތުން ހުށަހެޅުމުން
ވުމުން ބަލާފައިވާ މިޤަޟިއްޔާގައި ފާހަގަކުރެވިފައިވާ ނުކުތާތަތަކުގައި
ބަޔާންކުރެވިފައިވާ ސަބަބުތަކަށްޓަކައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާއާއި ޓެކްސް
އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ 03 ވަނަ ބާބަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ
މާއްދާގެ (ށ) އާއި ފުށުއަރާ މާއްދާއަކާއި ބާބެއްކަމަށް ކަނޑައެޅޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް
ނެތްކަމަށްޓަކައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާއާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
ޤަވާޢިދުގެ 03 ވަނަ ބާބަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގެ ދަށުން ބާޠިލު
މާއްދާއަކާއި ބާޠިލް ބާބެއްކަމުގައި ކަނޑައެޅޭނެ ހަމައެއް ނެތްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޤީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv