ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/287 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/287
A4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރު: 287/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
، ދާއިމީ އެޑްރެސް:
.މާލެ
ރަޖިސްޓަރީ ނަންބަރު: 0490
/
2010-C
* މިހާރުގެ އެޑްރެސް: ފާމުދޭރި ބިލްޑިންގ (ޔުނިޓް 8A) / ކ. މާލެ
ހުޅުގަލި
{
.ޑީ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ނަންބަރު:.
ދާއިމީ އެޑްރެސް
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ތާރީޚް: 29 ޝައްވާލް 1434
16 ސެޕްޓެމްބަރ 2013
ނިމުނު ތާރީޚް: 04 ޛުލްޙިއްޖާ 1433
09 އޮކްޓޯބަރ 2013
0
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J
(
BS-145 ކޯޓު އަމުރު
ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބޭންކް ސްޓޭޓްމަންޓް ހޯދުމުގެ ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 04.08.2013
* ނިމުނު ތާރީޚް: 04.08.2013
ދިވެހިރާއްޖޭގެ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
'2
2013/HC-A/2287
• ދަޢުވާގެ ޚުލާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J(BS-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި
ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
l) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J
(
BS-145 ކޯޓު އަމުރަށް ބަލާއިރު،
އެއަމުރަކީ، ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަކަރާއި ޙީލަތް އަދި
ކޮރަޕްޝަންގެ ތުހުމަތުކުރެވިގެން ތަޙްޤީޤުކުރަމުންގެންދާ މައްސަލައިގައި، އެކުންފުނީގެ ނަމުގައި ދިވެހިރާއްޖޭގެ
ބޭންކްތަކުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް، އެއެކައުންޓްތައް ހުޅުވި ދުވަހުން ފެށިގެން
31 ޖުލައި 2013 ވަނަ ދުވަހާއި ހަމައަށް، އަމުރު ލިބޭ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މޯލްޑިވްސް
ޕޮލިސް ސަރވިސްއާ ޙަވާލުކުރުމަށް، ދިވެހިރާއްޖޭގައި ހުރި ހުރިހާ ބޭންކްތަކުގެ މައްޗަށް އަމުރުކުރައްވައި،
އަމުރު ނެރުއްވާ ވަގުތުން 07 (ހަތެއް) ދުވަހުގެ މުއްދަތަށް ބާރު ހިނގާނޭ ގޮތަށް، 04 އޯގަސްޓް 2013
ދުވަހުގެ 22:30 ގައި ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
cccx
44
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J(BS-145 ކޯޓު އަމުރު އެކޯޓުން ނެރުއްވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން، ޖީ.އެމް.އާރް މާލޭ
އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 2 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J
(
BS-145 ކޯޓު އަމުރަކީ
އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން
ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދޭ، މުދާ ހޯދުމާއި މުދަލުން
މުޢާމަލާތްކުރުމުގެ ޙައްޤަށް، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މިންވަރު
ޕެޑައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
2013/HC-A/287
. ނެތި، ބަލައި ފާސްކުރުމަށް ފުރުޞަތު ލިބިދޭގޮތަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ
އެކަށީގެންވާ
ހުށަހެޅި ނުކުތާ،
• ދެވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J(BS-145 ކޯޓު އަމުރަކީ،
ޖިނާއީ ތަޙްޤީޤު ހިންގާ އިދާރާއަކުން ހޯދަން ބޭނުންވާ މަޢުލޫމާތެއް ހޯދުމަށް ކޯޓު އަމުރުކަށް އެދި ހުށަހެޅުމުން،
އެހުށަހެޅުމަށް ބަލައި، އެއަށް ތަންޕީ ބާރު ދިނުމުގައި ކޯޓުތަކުން ރިޢާޔަތްކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ކަންތައްތަކަށް ފުރިހަމައަށް
ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ތަފާތުވި ރަޢުޔު (ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރަޢުޔު) އާއި އެރަޢުޔު ބިނާކުރެވިފައިވާ އަސާސްތައް؛
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J(BS-145 ކޯޓު އަމުރަކީ،
ޖީއެމްއާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ
ސްޓޭޓްމަންޓްތައް، އެ އެކައުންޓްތައް ހުޅުވި ދުވަހުން ފެށިގެން 2013 ޖުލައި 31 ވަނަ ދުވަހާ ހަމައަށް
އެއަމުރުލިބޭ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަވާލުކުރުމަށް
ރާއްޖޭގައި ހުރި ހުރިހައި ބޭންކްތަކަށް އަމުރުކުރައްވައި 2013 އޯގަސްޓް 4 ވަނަ ދުވަހުގެ 22:30 ގައި
ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަމާއި، އަދި އެއަމުރުގެ ބާރު ހިނގާނީ އަމުރު ނެރުއްވި ވަގުތުން
ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށްކަމާއި، އެއަމުރު ނެރުއްވާފައިވަނީ އިބްރާހީމް ނާޞިރު މާލޭ
އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުމުގައި އަދި ކުއްޔަށް ދިނުމަށްފަހު
ޖިނާއީ
ކުށްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހެކި ޤަރީނާ ހޯދުމަށްކަމާއި،
އެކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށަކީ މަކަރާހީލަތް | ކޮރަޕްޝަންކަން
އެނގެން އޮންނަކަމެވެ.
ދިވެހިންޑް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
2013/HC-A/287
ދެ8 6
ޑޑ 8
4
ރPރ39ނވެ
24
(ށ) ދެވަނަ ކަމަކީ: މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން
މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ ހުރުމަ ރިވެގެ
ކަމެއްކަންކަމަށް ޤާނޫނުއަސާސީގެ ވަނަ މާއްދާގައި ބަޔާންކޮށްފައިވީނަމަވެސް، އެމާއްދާތަކުގައި
ބަޔާންކޮށްފައިވާ މިނިވަންކަމާއި ޙައްޤުތަކަކީ ވަކިހުދޫދެއްނެތި ދޫކޮށްލެވިފައިވާ މިނިވަންކަމާއި ޙައްޤުތަކެއް
ނޫންކަމާއި، އެޙައްޤުތަކާއި މިނިވަންކަމަކީ ހިފެހެއްޓިދާނެ އަދި ހަނިކުރެވިދާނެ ކަމެއްކަން ޤާނޫނުއަސާސީގެ 16
ވަނަމާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، ޤާނޫނާއި ޚިލާފު ޢަމަލެއް ކުރުމަށް ނުވަތަ ޖިނާއީ ކުށުގެ
ޢަމަލެއްކުރާކަމަށް ތުހުމަތުކުރުމަށް ފުދޭ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރެއްޖެނަމަ، އެމިނިވަންކަމާއި ޙައްޤުތައް
ހަނިކުރެވި ނުވަތަ ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭކަމާއި، ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމާއި، ހެކިތައް
ރައްކާތެރިކޮށް ބެލެހެއްޓުމާއި، މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންވާނެ ތައްޔާރީތައް ކުރުމަކީ
ފުލުހުންގެ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގެ (ނ)
އިން އެނގޭއިރު، އެކަށީގެންވާ ސަބަބެއްނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ފާސްކޮށް، އެއްވެސް މީހެއްގެ
އެއްޗެއް ގަދަކަމުން އަތުލައިގެން
ޤާނޫނުއަސާސީގެ ގެ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި
އޮތުމުން، އެކަށީގެންވާ ސަބަބެއް އޮންނަ ހާލަތުގައި ބަލައި، ފާސްކޮށް، އަދި އެމީހެއްގެ އެއްޗެއް އަތުލެވިދާނެކަން
އެނގޭއިރު، ޖީއެމްއާރު ގެ ބޭންކް އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް ދިނުމުގެ ކޯޓު އަމުރަކަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން އެދިފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤުކުރަމުންދާ
މަކަރާއިހީލަތް ކޮރަޕްޝަންގެ މައްސަލައެއްގައިކަން އެނގެން އޮންނަކަމެވެ.
8
އންނ20
(ނ) ތިންވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J(BS-145 ކޯޓު އަމުރަށް
ބެލިއިރު އެ އަމުރު ނެރުއްވާފައިވަނީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިޔާގެ ޖީއެމްއާރު
ކުންފުންޏަށް ކުއްޔަށް ދިނުމުގައި އަދި ކުއްޔަށް ދިނުމަށްފަހު ޖިނާއީ ކުށްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ
މައްސަލައާ ގުޅިގެން ހެއްކާއި ޤަރީނާ ހޯދުމަށް އެދިގެން ކަމަށާއި، އެކޯޓު އަމުރު ނެރުއްވުމުގައި ބައްލަވާފައިވަނީ
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުމަށް ކޮށްފައިވާ މުޢާމަލާތާ
ބެހޭ ގޮތުން ވަޒީރުން ކޮމެޓީން ކޮށްފައިވާ މަސައްކަތުގެ ރިޕޯޓަށްކަމަށާއި، އެ މައްސަލައިގައި ތަޙްޤީޤުގައި ބެލި
ބެލުމުން ޖީއެމްއާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑާއި އެމްސީއެލް އާ ދެމެދު ވެފައިއޮތް
އެގްރިމަންޓަށް ތަފާތު ބަދަލުތަކެއް އެކިދުވަސްވަރު ގެނެސްފައިވާކަމަށާއި، އެބަދަލުތަކަކީ ދައުލަތަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/27
0c4 0 2 0
ޤައުލަނPeއ
ccc
ލިބޭ ގޮތަށް ގެނެސްފައިވާ ބަދަލުތަކެއްކަމަށް ފާހަގަ ކުރެވޭކަމަށާއި، އަދި އެބަދަލުތަށް ގެނައުމުގައި
ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން މަކަރާއިހީލަތް | ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ބެލެވޭކަމަށާއި،
އެގޮތަށް ބެލެވެނީ އެއްދުވަހެއްގެ ތެރޭގައި ބައެއް އެގްރިމަންޓްތަކަށް ބަދަލު ގެނެސްފައިވާތީކަމަށާއި، ޖީއެމްއާރު
އިންޓަރނޭޝަނަލް އެއަރޕޯޓްސް ޕްރައިވެޓް ލިމިޓެޑާ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯރޓް ޙަވާލު ކުރި
ހިސާބުން ފެށިގެންވެސް ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، ވަޒީރުންގެ ކޮމެޓީގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ މައްޗަށް ބަލާއިރުވެސް، މާލޭ އިންޓަރ ނޭޝަނަލް އެއަރޕޯރޓް، ޖީއެމްއާރު
އިންޓަރނޭޝަނަލް އެއަރޕޯޓްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކުރުމުގައި އަދި ހަވާލުކުރުމަށްފަހު، ޢަމަލުކޮށްފައިވާ
ގޮތުން ޖިނާއީ ކުށުގެ ޢަމަލު ހިންގާފައިވާކަމަށް ބެލެވޭ ކަންތައްތަކެއް ހުރިކަމަށް އެރިޕޯޓުގައި
ބަޔާންކުރައްވާފައިވާކަން ފާހަގަ ކުރެވޭކަމެވެ.
cu
(ހ) ހަތަރުވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J
(
BS-145 ކޯޓު
އަމުރުގައި އަމުރު ކުރައްވާފައިވަނީ ޖީއެމްއާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި
ހުޅުވާފައިވާ އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް، އެ އެކައުންޓްތައް ހުޅުވި ދުވަހުން ފެށިގެން 2013 ޖުލައި 31
ވަނަ ދުވަހާ ހަމައަށް އެއަމުރުލިބޭ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ވާލުކުރުމަށް ރާއްޖޭގައި ހުރި ހުރިހައި ބޭންކްތަކަށް އަމުރުކުރައްވައި ކަމާއި، މޯލްޑިވްސް ޕޮލިސް ސާރވިސް
އިން ތަހްޤީޤުކުރަމުން ދާ މައްސަލައަކީ ޖީއެމްއާރަށް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ކުއްޔަށް ދިނުމުގައާއި،
އަދި ކުއްޔަށްދިން ފަހުން ހިނގާފައިވާ ކަންތައްތަކުގައި މަކަރާހީލަތް | ކޮރަޕްޝަންގެ ޢަމަލެއް އޮވެދާނެކަމަށް
ތުހުމަތުކުރެވޭތީ އެކަމުގެ ހެކި ޖީއެމްއާރުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓް ސްޓޭޓްމަންޓްތަކުން
ހޯދުމަށްކަން އެނގޭކަމާއި، ބޭންކާ
ބޭންކާއި އެބޭންކްގެ ކަސްޓަމަރުންނާ ދެމެދު ކުރެވޭ މުޢާމަލާތްތަކަކީ އެދެފަރާތުގެ ޒާތީ
މުޢާމަލާތްތަކެއްކަމާއި، އެފަދަ މުޢާމަލާތްތަކާ ގުޅޭ މަޢުލޫމާތު ދޫކުރެވޭނީ އާންމު މަސްލަހަތު ހިމާޔަތްކޮށް
ރައްކާތެރި ކުރުމުގެ ގޮތުން އެކަށީގެންވާ ސަބަބެއް އޮވެމެ އަދި އެކަށީގެންވާ މިންވަރަކަށްކަން އެނގޭކަމާއި،
ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ހާލަތަކީ އާންމު މަސްލަހަތާ ގުޅުން ހުރި ކަމެއްކަމާއި، އެފަދަ
ހާލަތެއްގައި އެކުންފުނީގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓްތައް ތުހުމަތުކުރެވިފައިވާ ކުށުގެ ތަޙްޤީޤަށް ބޭނުންވާ
މިންވަރަށް ދޫކުރުމަށް ކޯޓުން އަމުރު ކުރެވިދާނެކަމަށް ޤަބޫލުކުރެވޭކަމާއި، މިމައްސަލާގައި މާލޭ އިންޓަރނެވެ
އެއަރޕޯރޓް، ޖީއެމްއާރު އިންޓަރނޭޝަނަލް އެއަރޕޯޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލު
4
COC
އިޤްeން
ހައިކޯ
ކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2013/HC-A/287
ފެށިގެންވެސް އަދި އޭގެ ފަހުން އަމަލުކޮށްފައިވާ ގޮތުން ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް
ތުހުމަތުކުރެވޭ ފަދަ ސަބަބުތަކެއް ހުރިކަން މިމައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭތީ، ޖީއެމްއާރުގެ
އެކައުންޓްތައް ހުޅުވި ދުވަހުން ފެށިގެން 2013 ޖުލައި 31 ދުވަހާ ހަމައަށް އެއެކައުންޓުތަކުގެ ސްޓޭޓްމަން
މޯލްޑިވްސް ޕޮލިސްސަރވިސްއަށް ހަވާލުކުރުމަށް ރާއްޖޭގައި ހުރި ހުރިހައި ބޭންކްތަކަށް އަމުރުކުރައްވާފައިވަނީ
އެކަށީގެންވާ ސަބަބެއްނެތި އަދި އެކަށީގެންނުވާ މިންވަރަކަށް ކަމަށް ބަލާނެ ހަމައެއް އޮތްކަމަށް ނުފެންނަކަމެވެ.
2
24 ދ ތ ދ ތތ
مع مع مع مره
އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J
(
BS-145 ކޯޓު އަމުރަށް ބަދަލެއް
ގެންނަން އަހުރެން ޢަބްދުއްރައޫފު އިބްރާހީމަށް ނުފެންނަކަމެވެ
އަޣުލަބިއްޔަތު ރަޢުޔު (ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރަޢުޔު) އާއި
އެރަޢުޔު ބިނާކުރެވިފައިވާ އަސާސްތައް؛
އަމުރެއްކަމަށް
އެއްކަމަށް ބުނެ ހުށަހެޅި
ދި8
ތެކެeއށް
2012/SC-A/21
ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J(BS-145 ކޯޓު އަމުރަކީ،
ޖިނާއީ ތަޙްޤީޤު ހިންގާ އިދާރާއަކުން ހޯދަން ބޭނުންވާ މަޢުލޫމާތެއް ހޯދުމަށް ކޯޓު އަމުރުކަށް އެދި ހުށަހެޅުމުން،
އެހުށަހެޅުމަށް ބަލައި، އެއަށް ތަންފީޒީ ބާރު ދިނުމުގައި ކޯޓުތަކުން ރިޢާޔަތްކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ކަންތައްތަކަށް ފުރިހަމައަށް
ރިޢާޔަތް
ޔަތްނުކުރައްވައި ނެރުއްވާފައިވާ އަމުރެއް
ނަޒަރުކުރިއިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވަނީ ދައުލަތުގެ އިދާރާއަކަށް ދައުލަތުގެ މުއައްސަސާއަކުން އަންގާފައިވާ އެންގުމަކަށް ތަންފީޒީ
ބާރު ޝަރީޢަތް މެދުވެރިކޮށް ދިނުމާބެހޭ ގޮތުންކަމުގައިވީހިނދު، ހުށަހެޅިފައިމިވާ މައްސަލައަކީ އިދާރީ
ނިންމުމަކާބެހޭ މައްސަލައެއް ނޫންކަމާއި، މިމައްސަލައަކީ ޖިނާއީ ތަޙްޤީޤަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް
އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް ހޯދުމާބެހޭ އަމުރެއްކަމާއި، އެހެންކަމުން، އިސްވެ ބުނެވުނު ސުޕްރީމް ކޯޓުގެ
ޤަޟިއްޔާގައި ރިޢާޔަތްކުރަން ޖެހޭނެކަމަށް ބަޔާންކުރައްވާފައިވާ ކަންތައްތަ ރިޢާޔަތް ކުރަންޖެހޭނެކޭޖް އިޓް
ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނިނަމަވެސް، ޤަ
އެތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ލޯވ
1
2013/HC-A/27
2
4
2 ހ3 8
7926ހ8
އދނގޮނޑު
ފާހަގަކުރައްވާފައިވާ ޙާލަތާއި މިހާރު އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ ޙާލަތާއި ތަފާތުކަން ފާހަގަކުރެވޭކަމާއި،
އެއުޞޫ ހުށަހެޅިފައިމިވާ މައްސަލައިގައިވާ ޙާލަތަށް ތަޠުބީޤުވާނެކަމަށް ބެލެވެން ނެތްކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއް
ޤަޟިއްޔާއަށް ޙަވާލާދީ،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޝަރީޢަތް މެދުވެރިކޮށް އަމުރެއް ހޯދާނަމަ، އެފަދަ އަމުރެއް
ހޯދަންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށްކަމަށް ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވީނަމަވެސް،
ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގައި ފުލުހުންގެ ޚިދުމަތާއި މައިގަނޑު މަޤްޞަދުތައް
ބަޔާންކުރެވިފައިވާއިރު، އޭގެ ތެރޭގައި ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމާއި، ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި،
މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންވާނެ ތައްޔާރީތައް ކުރުން ހިމެނިފައިވާކަމާއި، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގައި،
ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގެ ދަށުން ތަޙްޤީޤުގައި ފުލުހުންގެ ތަޙްޤީޤުގެ މަރުޙަލާއަކީ ޖިނާއީ ތަޙްޤީޤެއްގެ
ފުރަތަމަ މަރުޙަލާކަމަށާއި، އެމަރުޙަލާގައި ފުލުހުންގެ މަސްއޫލިއްޔަތަކީ ހެކިތައް އެއްކޮށް ރައްކާތެރިކޮށް
ބެލެހެއްޓުމާއި، ކުށުގެ ދަޢުވާއެއް ކުރެވެން އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، މައްސަލަތައް ޝަރީޢަތަށް
ހުށަހެޅުމަށް
ބޭނުންވާނެ ތައްޔާރީތައް ކުރުންކަމަށާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން
ހައްޔަރުކުރުމުގެ އަމުރު ހޯދަން ދަށު ކޯޓަށް ދާނީ ފުލުހުންކަމަށާއި، ނަމަވެސް ދައުލަތުގެ ފަރާތުން މައްސަލައެއް
އިސްތިއުނާފުކުރާނަމަ އެމައްސަލައެއް އިސްތިއުނާފު ކުރަންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްކަމަށާއި،
ނުވަތަ މުއްތަހަމުގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރާނަމަ، އެމައްސަލައަށް ޖަވާބުދާރީވާންވާނީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުންކަމަށް ބަޔާންކުރައްވާފައި އޮތުމުން،
ހުށަހެޅިފައިމިވާ މައްސަލައިގައި، ތަޙްޤީޤުގެ ބޭނުމަށްޓަކައި އަމުރުތަކަށް އެދުމުގެ ބާރު
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިދެވިފައިވާކަން އެނގެން އޮންނަކަމެވެ.
OXOC
(ނ) ދެވަނަ ކަމަކީ، ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާއާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ
ދަށުން މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި މުދަލުން މުޢާމަލާތްކުރުމުގެ
އެކުންފުންޏަށް ލިބިގެންވާކަމަށާއި، އަދި ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގެ ދަށުން އެކުންފުނިން ކުޑަ-ރޭތޯ
މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާކަންކަން ކަމަށްވާތީ، ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަ
44
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
2013/HC-A/287
284
46 24
ai 171-D5/BST/2013/34
هވ
8
84 ދ ތ 8
مع عرع
ޏނން
8 0 4 04 0
هނ
مع عرع
ޕްރައިވެޓް ލިމިޓެޑްގެ މުދަލާއި ފައިސާގެ މުޢާމަލާތްތައް ބަލައި ފާސްކުރުން ހުއްދަވާނީ ޤާނޫނުއަސާސީގެ 47
ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް އެކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި،
އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J
(
BS-145 ކޯޓު އަމުރަށް
އެދުނުއިރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ "ބޭންކް ސްޓޭޓްމަންޓް ހޯދުމުގެ އަމުރަށް
އެދި ކޯޓަށް ހުށަހަޅާ ފޯމު" ނަންބަރު
އެކައުންޓްތަކަކީ ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ ހުރިހާ ބޭންކުތަކެއްގައި ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް
އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ނަންމަތީގައި އެކައުންޓެއްވާނަމަ، އެހުރިހާ އެކައުންޓްތަކެ
ސްޓޭޓްމަންޓްކަމާއި، އަދި ބޭންކް ސްޓޭޓްމަންޓް ބޭނުންވާ މުއްދަތަކީ އެއެކައުންޓްތައް ހުޅުވި ތާރީޚުން ފެށިގެން
31 ޖުލައި 2013 (އަމުރަށް އެދި ހުށަހެޅި ތާރީޚަށްވުރެ 4 ދުވަސް ކުރީގެ ތާރީޚެއް) ގެ ނިޔަލަށްކަމަށް
އެފޯމުގައި ބަޔާންކުރެވިފައިވާކަމާއި،
ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ
ބޭނުންވާ ސަބަބަކީ އިބްރާހީމް ނާޞިރު މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީ.އެމް.އާރު ކުންފުންޏަށް
ކުއްޔަށް ދިނުމުގައި އަދި ކުއްޔަށް ދިނުމަށްފަހު ޖިނާއީ ކުށްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި
ގުޅިގެން ހޯދަންޖެހޭ ހެކި ހޯދުމަށްޓަކައި ކަމަށާއި، އެމައްސަލައާ ގުޅިގެން ލިބިފައިވާ ހެއްކާއި ޤަރީނާއަކީ މާލޭ
އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށް ދިނުމަށް ކޮށްފައިވާ މުޢާމަލާތާ ބެހޭ
ގޮތުން ވަޒީރުން ކޮމިޓީން ކޮށްފައިވާ މަސައްކަތުގެ ރިޕޯޓުކަމަށް ބަޔާންކުރެވިފައިވާކަމާއި،
އިސްވެ އިޝާރާތް ކުރެވުނު ރިޕޯޓު ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، އެރިޕޯޓުގެ ވަކި
ނުކުތާތަކެއް ދަށު ކޯޓުގައި ފާހަގަކޮށްފައި ނުވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު، އެރިޕޯޓުގައި ތުހުމަތުކޮށްފައި އޮތް ޖިނާއީ ކުށަކީ ކޮބައިތޯ
ދިވެހިރާއްޖޭގެ ހައިކޯޓުން ސުވާލު ކުރުމުން، އެރިޕޯޓުގައި ޖިނާއީ ކުށެއްކަމަށް ބަޔާންކުރާ ވަކި ނުކުތާއެއް، ނުވަތަ
ވަކި މަޢުލޫމާތެއް ދައުލަތަށް ދެއްކިފައިނުވާކަމާއި،
އަދި ހުށަހެޅިފައިމިވާ މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވަނީ ޖީ.އެމް.އާރް
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތު ކުރެވޭ މަކަރާއި ޙީލަތް!ކޮރަޕް ޓީމަންގެ ހައި
މައްސަލައަކާ ގުޅިގެން ކަމުގައި ވީހިނދު، އެކުންފުނީގެ ސްޓޭޓްމަންޓް ހޯދަން ބޭނުންވަނީ ވަކި
ގުޅިގެން ކަމެއް ދައުލަތަށް ދެއްކިފައިނުވާކަމާއި، އަދި ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
UCO
°
9
2013/HC-A/287
4 22
ސަބަބު
433ނ
ލިމިޓެޑްގެ އެކައުންޓް ސްޓޭޓްމަންޓްތައް ބަލަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓުގައި
އެދުނީ އެކުންފުނީގެ އެކައުންޓްތައް ދިވެހިރާއްޖޭގައި ހުޅުވި ތާރީޚުން ފެށިގެން ކަމުގައި ވީހިނދު،
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ދަށުން މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި،
ދިނުމާއި މުދަލުން މުޢާމަލާތްކުރުމުގެ ޙައްޤަށް އިސްތިއުނާފު މިކުރެވޭ އަމުރުގެ ސަބަބުން އުނިކަމެއް
އަތުވެދާނެކަމަށް ބެލެވެން ނެތްނަމަވެސް، އިސްތިއުނާފު ކުރެވޭ ބާވަތުގެ އަމުރެއް ނެރުމުގައި އެއަމުރު ނެރެންޖެހޭ
އެއަމުރަށް އެދޭ ފަރާތުން ތަފްޞީލުކޮށް ދޭންޖެހޭނެކަމާއި، އަދި ތުހުމަތު ކުރެވޭ ވަކި ޙާދިސާއަކާ
ތަޙްޤީޤުކުރަން ބޭނުންވާނަމަ، އަމުރަކަށް އެދޭއިރު އެފަދަ އަމުރެއްގެ ދަށުން ހޯދަން ބޭނުންވާ
މަޢުލޫމާތު، ނުވަތަ ހުށަހެޅިފައިމިވާ މައްސަލައިގައިވާ ފަދައިން، ބޭންކް ސްޓޭޓްމަންޓް ބޭނުންވާ މުއްދަތު އެޙާދިސާ
ހިނގިކަމަށް ތުހުމަތުކުރެވޭ ދުވަސްތަކަށް މަޙްދޫދު (confine) ކުރެވެންޖެހޭނެކަމާއި،
އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަން ކަމުގައި
ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާއިރު، ބުނެވުނު މާއްދާގައި ކަށަވަރުކޮށްދެވިފައިވާ
ޙައްޤުތައް ހަނިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމާއި، ޖިނާއީ ކުށެއްގެ ޢަމަލެއްކުރާކަމަށް ތުހުމަތު
ކުރެވޭނަމަ، ތުހުމަތު ކުރެވޭ ކަންކަން ތަޙްޤީޤުކުރުން މަގުފަހިކޮށްދިނުމަށްޓަކައި އިސްތިއުނާފަށް ހުށަހެޅިފައިމިވާ
ބާވަތުގެ އަމުރުތައް ކޯޓުތަކުން ނެރެދެވިދާނެކަމާއި، އެހެންނަމަވެސް، ހުށަހެޅިފައިމިވާ މައްސަލައިގެ ވާޤިއާތަކަށް
ބަލާއިރު، ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތު ކުރެވޭ
މަކަރާއި ޙީލަތް)ކޮރަޕްޝަން ގެ ތުހުމަތު ބިނާވެފައި އޮތީ ވަޒީރުންގެ މަޖިލިހުން ނެރުނު ރިޕޯޓެއްގެ މައްޗަށްކަމަށް
ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، އެރިޕޯޓުގައި ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް
ލިމިޓެޑްގެ މައްޗަށް ކުރެވޭ ތުހުމަތު ބަޔާންކުރާ ވަކި ނުކުތާއެއް، ނުވަތަ މަކަރާއި ޙީލަތް ކޮރަޕްޝަންގެ
ޢަމަލެއްކަމަށް ތުހުމަތު ކުރެވޭ ވަކި ޙާދިސާއެއް ދައުލަތަށް ބަޔާންކޮށްދެވިފައިނުވާ ކަމާއި، އަދި ތުހުމަތު ކުރެވޭނެ
ފަދަ ޢަމަލެއް ހިނގި ދުވަސްވަރެއްވެސް ނުވަތަ ލަފާކުރެވޭ މުއްދަތެއްވެސް ދައުލަތަށް ބަޔާންކޮށްދެވިފައިނުވާއިރު،
ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް ދިވެހިރާއްޖޭގައި ވިޔަފާރިކުރަން ފަށައި،
ދިވެހިރާއްޖޭގައި ބޭންކް އެކައުންޓް ހުޅުވި ތާރީޚުން ފެށިގެން އެކުންފުނީގެ ބޭންކް ސްޓޭޓްމަންޓްތައް 2013
ޖުލައި 31 ވަނަ ދުވަހާއި ހަމައަށް ހޯދުމަށް އެފަދަ އަމުރެއް ނެރުމަށް ބޭނުންވާ އެކަށީގެންވާ ސަބަބެއް ނުދެއްކި،
އެފަދަ އަމުރެއް ނެރުމަކީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގެ ރޫޙާ ޚިލާފުކަމެއްކަމަށް މިމައްސަލަ ބެޖޭޕީގެ ނައިޖީ
ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ފެނުނުކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ބޭންކް641 sކ
1)
2013/HC-A/287
ބޭންކް އެކައުންޓްތަކުގެ
4 4ތ ފ ހވ
مع عع مره
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/080(J(BS-145 ކޯޓު އަމުރު ނެރުއްވިއިރު،
ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ
އެކައުންޓްތައް ހުޅުވުނު ތާރީޚުން ފެށިގެން 31 ޖުލައި 2013 ގެ ނިޔަލަށް ދިނުމަށް ހުރިހާ
މައްޗަށް އަމުރު ކުރައްވައި ނެރުއްވާފައިވާ ކޯޓު އަމުރަކީ، އެއަމުރުގައި ބަޔާންކުރެވިފައިވާ އެކައުންޓް
މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި މަޢުލޫމާތު ހޯދުމަށް ނެރުއްވާފައިވާ
އެއަމުރަށް ބަދަލު ގެންނަންޖެހޭ ކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް
ފެނުނެވެ.
ހ 0 ޑ
موع مسرعه
4 22 22 22
އއ
. ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ރުމާއެކު، ޖީ.އެމް.އާރް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/080(J(BS-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބިނާކޮށް، އެއަމުރަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތަށް ނެރުއްވާފައިވާ އަމުރެއް ނޫންކަމުން، އެއަމުރަކީ
ބާޠިލު އަމުރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
|
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv