ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/10 ޤަޟިއްޔާގެ ޙުކުމް
2011/HC-I-SH/14
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 10/HC
-
I
-
SH/2011
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ރަޖިސްޓްރީ ނަންބަރ: 2005/01
ވަކީލު: އޒް. ޢަބްދުﷲ ޝާޢިރު
އެޑްރެސް: ގ. ބެމްބޫ
އެޑްރެސް: ޝަރާޝާ
• އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
• ހުށަހެޅުނު ތާރީޚް: 21 ފެބުރުއަރީ 2011
ނިމުނު ތާރީޚް: 17 މާޗް 2011
ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ޝަކުވާ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
• ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-SH/14
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި ލ.ދަނބިދޫ ރަށުކައުންސިލާއި ލ.އިސްދޫ
ދާއިރާގެ އަތޮޅު ކައުންސިލަށް މީހުން އިންތިޚާބުކުރުމަށް ވޯޓުލުމަށްޓަކައި ލ.ދަނބިދޫ ސްކޫލުގައި
ބަހައްޓާފައިވާ ވޯޓުފޮއްޓަށް ވޯޓުފޮށިނަންބަރ 001.02.1) ވޯޓުލާން ފެށުމުގެ ކުރިން ޢަމަލު ކުރަންޖެހޭނެ
ގޮތް ކަމަށް އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް
ޢަމަލުކޮށްފައިވާކަމަށާއި ވޯޓު ގުނުމުގައި ކަންކުރަންޖެހޭނެކަމަށް ޤާނޫނުއަސާސީގެ 171 ވަނަ މާއްދާގެ(ހ)
އާއި އިންތިޚާބު ތަކާއި ބެހޭ ޢާއްމު ޤާނޫނުގެ 55 ވަނަ މާއްދާއާއި އެމާއްދާގެ (ނ)(ހ) އަދި (ބ)ގައި
ބަޔާން ކޮށްފައިވާ ގޮތާއި ޚިލާފަށް ވޯޓު ގުނިފައިވާ ކަމަށާއި ވޯޓުގެ ނަތީޖާ އިއުލާން ކުރުމުގައި
ކަންކުރަންޖެހޭނެ ގޮތްކަމަށް އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާއި
ޚިލާފަށް ކަންކޮށްފައިވާ ކަމަށާއި އަދި ވޯޓުލާ ނިމުމަށްފަހު ކަންކުރަންޖެހޭނެ ގޮތްކަމަށް އިންތިޚާބުތަކާއި ބެހޭ
ޢާއްމު ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން
ވޯޓު ފޮއްޓާ ޙަވާލުވެތިބި އޮފިޝަލުން އަމަލު ކޮށްފައިވާ ކަމަށްވެސް ބަޔާންކޮށް ލ.ދަނބިދޫގައި ބަހައްޓާފައިވާ
ވޯޓުފޮށީގެ ފޮވޯޓުފޮށިނަންބަރO01.02.1) ނަތީޖާ ބާޠިލްކޮށް ލ.ދަނބިދޫގައި މިއިންތިޚާބު އަލުން
ބާއްވާދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްދެއްވުމަށް އެދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ
(އެމް.ޑީ.ޕީ)ގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއެކެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލާގައި ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށާއި ޝަރީޢަތަށް ހުށަހެޅިފައިވާ
ލިޔުންތަކަށާއި އަދި މިމައްސަލާގައި ދަޢުވާ ކުރާ ފަރާތުން ޝަރީޢަތަށް ޙާޟިރު ކުރި ހެކިންގެ ބަޔާންތަކަށާއި
މިކަންކަމަށް ބަލާ ނަޒަރު ކުރުމުން އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ލ. ދަނބިދޫ ރަށުކައުންސިލާއި ލ.އިސްދޫ ދާއިރާގެ އަތޮޅު ކައުންސިލަށް މީހުން
އިންތިޚާބު ކުރުމަށް ލ.ދަނބިދޫގައި ބަހައްޓާފައި ހުރި ވޯޓުފޮށީ (ވޯޓުފޮށިނަންބަރO01.02.1) ގެ ނަތީޖާ
ބާޠިލްކޮށް ލ.ދަނބިދޫގައި އަލުން މިއިންތިޚާބު ބާއްވާ ދިނުމަށް މިމައްސަލާގެ ދަޢުވާކުރާ ފަރާތުން އެދޭ
މައިގަނޑު ސަބަބަކީ ވޯޓުލާން ފެށުމުގެ ކުރިން ޢަމަލު ކުރަން ޖެހޭނެގޮތް ކަމަށް އިންތިޚާބުތަކާ ބެހޭ ޢާންމު
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-SH/14
99
OXO
· 0
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤާނޫނުގެ 46 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތާއި ޚިލާފަށް ޢަމަލުކޮށްފައިވާތީ ކަމަށާއި ވޯޓްގުނުމުގައި
ކަންކުރަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގެ 171 ވަނަ މާއްދާގެ (ނ) އާއި އިންތިޚާބުތަކާ ބެހޭ ޢާންމު
ޤާނޫނުގެ 55 ވަނަ މާއްދާއާއި އެމާއްދާގެ (ނ) (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ވޯޓު
ގުނާފައި ވާކަމަށް ދެކިގެން ކަމާއި އަދި ވޯޓުލާ ނިމުމަށްފަހު ކަންކުރަން ޖެހޭނެ ގޮތް ކަމަށް އިންތިޚާބުތަކާ
ބެހޭ ޢާއްމު ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތާއި ޚިލާފަށް ވޯޓުފޮއްޓާ ޙަވާލުވެތިބި
އޮފިޝަލުން ޢަމަލު ކޮށްފައިވާ ކަމަށް ދެކިގެން ކަމާއި އަދި ވޯޓުލާ ނިމުމަށް ފަހު ވޯޓު ގުނުމުގެ ކަންތައްތައް
ކުރިއަށް ދިޔައިރު އިލެކްޝަންސް އޮފިޝަލުން ގަލަން ގެންގުޅެފައި ވުމާއި އާދަޔާ ޚިލާފަށް ވޯޓުތައް ބާޠިލް
ވެފައިވާ ކަމަށް ކަނޑައަޅާފައި ވުމާއި ވޯޓު ކަރުދާސް ކޮޅުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ނުވަތަ ވޯޓު
ކަރުދާސް ކޮޅުތަކުގައި ގަލަމުން ކުރަހާ ވޯޓު ކަރުދާސްކޮޅު ބާޠިލް ކަރުދާސް ކޮޅަކަށް ހެދުމަށް މަސައްކަތް
ކޮށްފައިވާ ކަމަށް ބެލެވިގެން ކަންވެސް އެގެއެވެ.
(ނ) މިމައްސަލާގައި ހެކިބަސް ދިނުމަށްޓަކައި ދަޢުވާކުރާފަރާތުން 6 (ހައެއް) ފަރާތެއް
ޝަރީޢަތަށް ޙާޟިރުކޮށްފައިވާ ކަމާއި ހެކިންގެ ތެރޭގައި ހިމެނޭ ލ.ދަނބިދޫ އަތިރީގެ އަޙުމަދު ޝާކިރުއަކީ
އިންތިޚާބުގައި ކުރިމަތިލާ ވާދަކޮށްފައިވާ އެމް.ޑީ.ޕީގެ ކެންޑިޑޭޓެއްކަމާއި އަދި ހުސައިން ސަޢީދު
ލ.ދަނބިދޫ(ތުލިސްމު އަކީ އެމް.ޑީ.ޕީއަށް ނިސްބަތްވާ އޮބްޒާވަރެއްކަން އެގޭއިރު އިސްވެ ބަޔާންކުރެވުނު
ދެފަރާތަކީ މިދަޢުވާ ހުށަހެޅިފަރާތާ ސިޔާސީގޮތުން ގުޅުންހުރި ފަރާތެއްކަމުން މިމައްސަލާގައި
ދަޢުވާކުރާފަރާތަށް އޮތް މަސްލަހަތެއްގައި އެދެފަރާތުގެ މަސްލަހަތުވެސް ހިއްސާވާކަން އެގެން އޮތުމުން
އެދެފަރާތުގެ ހެކިބަހަކީ މިމައްސަލާގެ ޝަރީޢަތަށް ފުދޭ ހެކިބަހެއް ނޫންކަން އެގެއެވެ. އަދި މިމައްސަލާގައި
ހެކިބަސް ދީފައިވާ ލ.ދަނބިދޫ ފިނިހިޔާގެ ހުސައިން ފާއިޒްއާއި ލ.ދަނބިދޫ ރަތްވިލާގެ ހުސައިން ޝަރީފުއާއި
ލ.ދަނބިދޫ!ރަތްވިލާގެ ޙައްވާ ހަޝްމާއާއި މިތިންފަރާތަކީ މިއިންތިޚާބުގައި އަމިއްލަގޮތުން ކުރިމަތިލާ
ވާދަކޮށްފައިވާ ކެންޑިޑޭޓުންކަން އެގޭކަމާއި އަދި ޢަލީ ޝިރުފާން ލ.ދަނބިދޫ ނޫރާނީގެ އަކީ މިއިންތިޚާބުގައި
ކުރިމަތިލާ ވާދަކޮށްފައިވާ އަމިއްލަ ކެންޑިޑޭޓެއްގެ މަންދޫބެއްކަން އެގެއެވެ.
(ނ) މިމައްސަލާގައި ދަޢުވާލިބޭ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހެކިބަހުގެ މައްޗަ
ވާހަކަ ދައްކަމުން ހެކިންގެ ހެކިބަހުން ދަޢުވާކުރާފަރާތުން ދަޢުވާފޯމުގައި ބަޔާންކޮށްފައިވާ ކަންތައްތައް
މައިގަނޑު ގޮތެއްގައި އެތަނުގައި ތިއްބެވި އޮފިޝަލުން ވޯޓުކަރުދާސްކޮޅަށް ބަދަލު ގެނައިކަން ސާބިތު ކުރެވޭ
މެއެdށް
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-SH/14
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަރުގެ ކާޕީ ހެއްކެއް ލިބިފައިނުވާ ކަމަށާއި އަދި ހެކިންގެ ގޮތުގައި އެއިންތިޚާބުގައި ކެންޑިޑޭޓުންގެ
ހައިސިއްޔަތުން ބައިވެރިވި ފަރާތްތައް ހިމެނޭކަމަށާއި އަދި އެފަރާތްތައް އިންތިޚާބުގައި ހޮވިފައި ނުވުމުގެ
ސަބަބުން ހިތްހަމަ ނުޖެހިފައިތިބެ ހެކިބަސްދީފައިވާކަން އެހެކިންގެ ވާހަކަ ތަކުން އެގޭކަމަށްބުނެ
މިމައްސަލާގައި ހެކިބަސްދީފައިވާ ފަރާތްތަކުގެ ހެކިބަހުގެ މައްޗަށް ތަދުނު ކޮށްފައިވާކަން އެގެއެވެ.
(ރ) މިމައްސަލާގައި ހެކިބަސްދީފައިވާ ފަރާތްތަކުން ހެކިބަސްދިފައިވާ ގޮތަށް ބަލާއިރު 05
ފެބްރުއަރީ 2011 ވަނަ ދުވަހު ލ.ދަނބިދޫގައި ބަހައްޓާފައިވާ ނަންބަރު (ވޯޓުފޮށިނަންބަރ 001.02.1)
ވޯޓު ފޮއްޓާ ޙަވާލުވެތިބި އިލެކްޝަންސްގެ އޮފިޝަލުންކުރެން މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ހިންގިކަން
އެއްވެސް ޝައްކެއްނެތް
މިންވަރަށް އެގޭވަރަށް ހެކިބަސް ލިބިފައި ނެތްކަން ރަގަޅަށް އެގެން އޮތުމުން
ލ.ދަނބިދޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓާ ޙަވާލުވެ ތިބި އިލެކްޝަންސްގެ އޮފިޝަލުން ޤާނޫނާ ޚިލާފު ޢަމަލެއް
ހިންގިކަން ޝަރީޢަތަށް ސާބިތު ކުރެވޭ މިންވަރަށް ހެކިބަސް ލިބިފައިނެތްކަން އެގެއެވެ.
2 22
• ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންތައްތައް އެގޮތުގެ މަތީން ހުރުމާއެކު ލޯކަލް ކައުންސިލް
އިންތިޚާބު 2011ގައި ލ.ދަނބިދޫގައި ބަހައްޓާފައިވާ (ވޯޓުފޮށިނަންބަރO01.02.1)ވޯޓުފޮއްޓާ ޙަވާލުވެތިބި
އިލެކްޝަންސްގެ
ސްގެ އޮފިޝަލުން ވޯޓުލާން ފެށުމުގެ ކުރިންނާއި ވޯޓު ގުނުމުގައްޔާއި ވޯޓުގެ ނަތީޖާ އިއުލާން
ކުރުމުގައި ޤާނޫނާ ޚިލާފު ކަންތައްތަކެއް ކޮށްފައިވާކަމަށް ބުނެ ލ.ދަނބިދޫގައި ބަހައްޓާފައިވާ ވޯޓުފޮށީގެ
ނަތީޖާ ބާޠިލްކޮށް ލ.ދަނބިދޫގައި އަލުން އިންތިޚާބު ބާއްވާ ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރު
ކޮށްދެއްވުން އެދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމް.ޑީ.ޕީ)ގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ އިންތިޚާބީ
ޝަކުވާގެ މިމައްސަލައާއި ގުޅިގެން އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު މޯލްޑިވިއަން
ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި އެފަރާތުން އެދިފައިވާ ފަދައިން ލ.ދަނބިދޫގައި
ބަހައްޓާފައިވާ ވޯޓު ފޮށީގެ (ވޯޓުފޮށިނަންބަރO01.02.l) ނަތީޖާ ބާޠިލް ކުރުމަށާއި ލ.ދަނބިދޫގައި އަލުން
އިންތިޚާބު އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހޭފަދަ އެއްވެސް ކަމެއް ހިގާފައިވާކަން
ޝަރީޢަތަށް ސާބިތުވެފައި ނުވާތީ އެފޮށީގެ ނަތީޖާ ބާޠިލްކޮށް ލ.ދަނބިދޫގައި އަލުން އިންތިޚާބު ބޭއްވުމަށް
024 3ދ
ބައްޅަށް
OXO
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-SH/14
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިލެކްޝަންސް ކޮމިޝަނަށް
ކަނޑައަޅާ މައްސަލަ ނިންމީއެވެ.
ދ ތ ގތ ކތ
3
eއ
ނެތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
t
ދިވެހިރާއެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv