ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/364 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/364
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރު: 364/HC-A/2016
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު މަޚްލޫފް
އައިޑީ ކާޑު ނަންބަރު: A059559
، ދާއިމީ އެޑްރެސް: ގ. ހާފްސީ މާލެ
މިހާރުގެ އެޑްރެސް: ގ. ހާފްސީ މާލެ
0
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 22 އޮގަސްޓް 2016
ނިމުނު ތާރީޚް: 08 ޖޫން 2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2016/Cr
-
C/244
ނިންމެވިކޯޓް: ކްރިމިނަލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުން
ހުށަހެޅުނުތާރީޚް: 05 އޭޕްރީލް 2016
* ނިމުނު ތާރީޚް: 25 ޖުލައި 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/364
13
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/244 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ހާފްސީ މާލެ އަޙްމަދު މަޚްލޫފްގެ ފަރާތުން އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އެވެ.
5
0
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/244 ޤަޟިއްޔާއަކީ، އަޙްމަދު މަޚްލޫފް 2015
މާރޗް 25 ވަނަ ދުވަހުގެ 21:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބަޔަކު
މުޒާހަރާކުރާތީ. މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންގޮސް ބޮޑުތަކުރުފާނު މަގާއި
މުޙައްމަދު އިސްމާޢީލް ދީދީގޯޅި ގުޅުނު ކަންމަތިން ބޮޑުތަކުރުފާނު މަގުގައި ބެރިކޭޑް ޖަހައި
ބަންދުކޮށްފައިވަނިކޮށް، އެސަރަހައްދުގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ކޮއްޕާ ދުރަށް ޖެއްސުމަށްފަހު،
ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް އަޙްމަދު މަޚްލޫފް ގަދަކަމުން ވަދެފައިވާތީ، ޤާނޫނު ނަންބަރު
05/2008 (ފުލުހުންގެ ޤާނޫނު) ގެ 72 ވަނަ މާއްދާއާ ޙަވާލާދީ، އެޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން
އަޙްމަދު މަޚްލޫފްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދަޢުވާ، ދައުލަތުގެ ފަރާތުން
ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؟
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، މާލެ/ ގ. . ހާފްސީ އަޙްމަދު މަޚްލޫފްގެ މައްޗަށް
ކުޅަ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، 25 މާރޗް
2015 ދުވަހު، 21:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބަޔަކު
މުޒާހަރާކުރާތީ، މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންގޮސް ބޮޑުތަކުރުފާނު މަގާއި
މުޙައްމަދު އިސްމާޢީލް ދީދީގޯޅި ގުޅުނު ކަންމަތިން ބޮޑުތަކުރުފާނު މަގުގައި ބެރިކޭޑް ޖަހައި
ބަންދުކޮށްފައިވަނިކޮށް، އެސަރަހައްދުގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ކޮއްޕާ ދުރަށް ޖެއްސުމަށްފަހު،
ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް މީނާ ގަދަކަމުން ވަދެފައިވާކަން ހެކީގެ ހެކިބަހުންނާއި، ގުޅިފައިވާ
ދިވެހިރާއްޖޭގެ
އިސްދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/364
CCCX
ދދު 8
5
4
3
02- އިސްވެ
ކަމަށް
0
CCB
ޤަރީނާތަކުން ސާބިތުވާތީ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުން އަޙްމަދު މަޚްލޫފް ކުށްވެރިވެއްޖެ
ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނު
ނަންބަރު 05/2008 (ފުލުހުންގެ ޤާނޫނު) ގެ 72 ވަނަ މާއްދާއާ ޙަވާލާދީ، އެޤާނޫނުގެ 75 ވަނަ މާއްދާގެ
ދަށުން، މާލެ! ގ. ހާފްސީ އަޙްމަދު މަޚްލޫފް 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް،
މިޤަޟިއްޔާ ނިންމީއެވެ.؟ މިފަދައިންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން އޮވެއެވެ.
ކުރެވުނު ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/244
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް
ބުނެ އަޙްމަދު މަޚްލޫފްގެ ފަރާތުން އިސްތިއުނާފު ކުރުމަށް 03 (ތިނެއް) ނުކުތާ ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައް
ދައްކާފައިވެއެވެ. ތެރެއިން:-
ފުރަތަމަ ނުކުތާއަކީ: ޤާނޫނީ އަދި ޝަރުޢީ މިންގަނޑުތަކާ ޚިލާފަށް ކާފީ ހެކި ހުށަނާޅައި އެންމެ
ހެކިވެރިއެއްގެ ހެކިބަހަށް މައްސަލަ ސާބިތުކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދިފާއީ ހެކިން ހުށަހެޅުމަށް ފުރުޞަތު ނުދިނުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: އަދަބު ކަނޑައެޅުމުގައި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްއުޤޫބާތު) އަށާއި، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްކުރުމާ އެކުށެއް ކުރި
މީހާއަށް ޙުކުމްކުރުމާ ދެމެދު، އެކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ،
އެމީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބު، ކަމުގައި އޮތް ނައްޞާ ޚިލާފުވެފައިވާކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/244 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު މަޚްލޫފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުތާތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/244 ޤަޟިއްޔާގައި އަޙްމަދު މަޚްލޫފްގެ މައްޗަށް
ހުށަހެޅުނު ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ
އަޙްމަދު މަޚްލޫފް
ކުށުގެ
z
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/364
އިންކާރުކޮށްފައިވާކަން އެނގެން އޮންނައިރު، ހެކީގެ ހެކިބަހުންނާއި، ގުޅިފައިވާ ޤަރީނާތަކުން އެދަޢުވާ
ސާބިތުވާތީ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުން އަޙްމަދު މަޚްލޫފް ކުށްވެރިވެއްޖެ ކަމަށް
ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނު
ނަންބަރު 05/2008 (ފުލުހުންގެ ޤާނޫނު) ގެ 72 ވަނަ މާއްދާއާ ޙަވާލާދީ، އެޤާނޫނުގެ 75 ވަނަ މާއްދާގެ
ދަށުން، އަޙްމަދު މަޚްލޫފް 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރައްވާފައި
ކެމްކުރައްވާފައިވާކަން
އެނގެން އޮވެއެވެ.
(ނ) ޤާނޫނީ އަދި ޝަރުޢީ މިންގަނޑުތަކާ ޚިލާފަށް ކާފީ ހެކި ހުށަނާޅައި އެންމެ ހެކިވެރިއެއްގެ
ހެކިބަހަށް މައްސަލަ ސާބިތުކޮށްފައިވާ ކަމަށް ބުނެ އަޙްމަދު މަޚްލޫފްގެ ފަރާތުން އިސްތިއުނާފުކުރުމަށް
ހުށަހަޅާފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު، މިމައްސަލައާ ގުޅިގެން ދައުލަތުގެ ދަޢުވާ
ސާބިތުކުރުމަށްޓަކައި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ޕޮލިސް ސަރޖަންޓް ޢަލީ އަޙްމަދު އާއި، ޕޮލިސް ކޯޕްރަލް މުޙައްމަދު ފާރިޝް އާއި
ޕޮލިސް ސަރޖަންޓް މުޙައްމަދު ޝުޢާޒު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއިގެ
ޕޮލިސް ސަރޖަންޓް މުޙައްމަދު ޝުޢާޒު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ
ހެކިބަހަށް ބަލާއިރު، 25 މާރޗް 2015 ވަނަ ދުވަހު ކުރެވުނު މުޒާހަރާއެއްގައި އެމް.އެމް.އޭ ކައިރީ
ހަރަކާތްތެރިވެފައިވާނެކަމަށާއި، އެސަރަހައްދުން ދަޢުވާލިބޭ އަޙްމަދު މަޚްލޫފް ފެނުނު ކަމަށާއި، އެސަރަހައްދުގައި
ބެރިކޭޑް ޖަހާފައި ހުއްޓާ އަޙްމަދު މަޚްލޫފް ބެރިކޭޑް ފަޅާލާފައި އެތެރެއަށް ވަނުމަށްފަހު ނުކުމެ މާރުކޭޓް
ކައިރީގައި ހުއްޓާ ހައްޔަރުކުރެވުނު ކަމަށް ސާފު ޢިބާރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއި،
ޕޮލިސް ކޯޕްރަލް މުޙައްމަދު ފާރިޝް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި
މުޒާހަރާ ހިނގި ދުވަހު ޖުމްހޫރީ މައިދާނުގައި ހުއްޓާ މުޒާހަރާގެ ބައިވެރިން އޯކިޑްމަގުން އެސް.ޓީ.އޯ ކައިރިން
ބެރިކޭޑްތައް ފަޅާލާފައި އަންނަ ޚަބަރު ޓޯކީން ލިބިގެން ދިޔައިރު، ބޮޑުތަކުރުފާނު މަގު ލޯކަލް މާރުކޭޓް ކައިރިން
އަޙްމަދު މަޚްލޫފްއާ ދިމާވި ކަމަށާއި، އެއިރު އަޙްމަދު މަޚްލޫފް ފުލުހުންގެ ބެލުމުގެ ދަށަށް
މަސައްކަތްކުރަނީ ކަމަށް ބުނެފައިވާކަމާއި؟
4
92 ހ
ގެނައުމަށް
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/364
ހ2 2
4
ޕޮލިސް ސަރޖަންޓް ޢަލީ އަޙްމަދު ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި މިމައްސަލައާ ގުޅިގެން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާނެ ކަމަށާއި އެއީ ކަން ހިނގާ ދިޔަގޮތަށް
ދީފައިވާ ތެދުބަޔާނެއް ކަމަށް ބުނެފައިވާކަމާއި؛
މިމައްސަލައާ ގުޅިގެން ޕޮލިސް ސަރޖަންޓް ޢަލީ އަޙްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް
ދީފައިވާ ބަޔާނުގައި، މުޒާހަރާ ލީޑްކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު
އަޙްމަދު މަޚްލޫފް ފުލުހުންގެ ބެރިކޭޑް ހުރަސްކޮށް ފުލުހުންގެ ބަންދުކޮށްފައިވާ ސަރަޙައްދަށް ވަދެ ހުރުމުން
އެވަގުތު އެތަނުގައި ޙަރާކާތްތެރިވި ފުލުހުން އަޙްމަދު މަޚްލޫފް ފުލުހުންގެ ބެލުމުގެ ދަށަށް އައުމަށް
ދެކޮޅުހެދުމާއެކު ޢަލީ އަޙްމަދާއި، މުޙައްމަދު ފާރިޝް އާއެކުގައި 2015 މާރޗް 25 ވަނަ ދުވަހު 23:25
ހާއިރު އަޙްމަދު މަޚްލޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި އެސަރަހައްދުގައި އުޅުނު ފުލުހުންނަށް
އެހީތެރިކަންދީ އަޙްމަދު މަޚްލޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ބުނެފައިވާކަން އެނގެން
8 ދތލ
އޮންނަކަމާއިގެ
ޖިނާއީ ކުށެއް ކުރިކަން ސާބިތުކުރެވޭނީ ހަމައެކަނި ހެކިވެރިންގެ ބަހުން އެކަނި ނޫންކަމާއި، ޖިނާއީ
ކުށެއް ސާބިތުވާކަމަށް ކަނޑައެޅުމަށްޓަކައި އެއްވެސް މަޖްބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ދަޢުވާލިބޭ
ފަރާތުންވާ އިޢުތިރާފް ނުވަތަ ދެހެކިންނަށް ވުރެ މަދުނޫން ޢަދަދެއްގެ ހެކިންގެ ހެކިބަސް ނުވަތަ ހެއްކަކާއި
އެހެކި އިތުރަށް ކަށަވަރުކޮށްދޭ ޤަރީނާހުރި ނަމަވެސް ކުށް ސާބިތުވާކަމަށް ބެލޭނެކަން އެނގޭކަމާއި،
އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގައި ހެއްކެއްގެ ހެކިބަހާއި އެހެކިވެރިޔާގެ ބަހަށް ބާރުލިބޭ
ގޮތަށް ދެ ފަރާތަކުން ހެކިބަސް ދީފައިވާކަން އެނގެން އޮތުމުން، މިމައްސަލައިގައި ކުށް ސާބިތުވާކަމަށް
ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ޝަރުޢީ މިންގަނޑުތަކާ ޚިލާފަށް ކާފީ ހެކި ނެތިކަމަށް
ބެލެވެން ނެތްކަން އެނގެއެވެ.
(ނ) ދިފާޢީ ހެކިން ހުށަހެޅުމަށް ފުރުޞަތު ދެއްވާފައި ނުވާ ކަމަށް ބުނެ އިސްތިއުނާފުކުރުމަށް
ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރުމުގެ ގޮތުން އިސްތިއުނާފުމިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު -Cr/244
2016/C ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އަޙްމަދު މަޚްލޫފުގެ ފަރާތުން ދިފާޢީ
ހެކިންގެ ގޮތުގައި ގ.ހެޕީސައިޑް ޙުސައިން އިލްހާމް އާއި ހދ.ހަންޏާމީދޫ ކަނދުގަސްދޮށުގެ އަޙްމަދު އަންވަރު
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ޑ 8
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/364
CUO
އާއި، ހ.ރުކުމާ މުޙައްމަދު ޢަބްދުލްކަރީމް އާއި، ވ. ރަކީދޫ ހިޔަލީގެ އާދަމް ޒަރީޒު އާއި މ. ގަން/ ބީޗްހެވަން
މުޙައްމަދު ވިސާމްގެ ނަން ހުށަހަޅާފައިވާކަމާއި އެފަރާތްތައް ހުށަހަޅަނީ އަޙްމަދު މަޚްލޫފު، މުޙައްމަދު
އިސްމާޢީލް ދީދީ ގޯޅިއާއި ބޮޑުތަކުރުފާނު މަގުގައި ޖަހާފައިހުރި ބެރިކޭޑްތައް ހުރަސްކޮށް ނުދާކަން ސާބިތުކޮށް
ދިނުމަށްޓަކައި ކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އިޝާރާތް ކުރެވުނު ހެކިން ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކޮށް އެފަރާތްތަކުގެ ބަހެއް ހޯދާފައިނުވާކަން އެނގެން އޮންނަކަމާއި،
އެކިއެކި މައްސަލަތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާ ހެކިތަކާއި ދަލީލުތައް
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ކޯޓުން ފަހިކޮށްދިނުމަކީ ކޯޓުތަކުން ކުރަންޖެހޭނެކަމެއްކަން
އެނގެން އޮތްއިރު، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ މުސްތަނަދުތަކާއި
ދަލީލުތައް މާނަކުރުމާއި، ވަޒަންކުރުމާއި، ތަރުޖީޙުކުރުމާއި، މައްސަލަ ސާބިތުކުރުމަށްޓަކައި އެމުސްތަނަދުތަކާއި
ދަލީލުތައް ފުދޭތޯއާއި، މިފަދަ އެންމެހައި ކަންކަމަކީ މައްސަލައިގެ "ފެކްޓްސް" ގެ ތެރޭގައި ހިމެނޭ އެހެކިތައް
ވަޒަންކުރާ ކޯޓެއްގެ ތަޤްދީރީ ބާރުގެ ދަށުން ކަނޑައެޅޭކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
30/SC-A/2009 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމާއިގެ
ޖިނާއީ މައްސަލަތައް ނިންމުމުގައި، ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން، ޤާނޫނީ ޤަރީނާ
ފިޔަވައި، ވަކި ހެކިތަކަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމް ނުވާކަމަށާއި،
ހުށަހެޅޭ ދަލީލުތައް ތަޤްލީމުކޮށް ވަޒަންކުރުމަށްފަހު ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި، އެ ދަލީލުތަކުން
ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިސާޢު މެނުވީ
ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމެއް ކޮށްގެންނުވާނެކަމީ އިސްތިޤްރާރުވެފައިވާ ޖިނާއީ
މައްދައެއްކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 23/SC-A/2011
ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، ޖިނާއީ މައްސަލައެއްގައި ޝަރީޢަތަށް ހުށަހެޅޭ ހެކިތަކާއި ޤަރީނާތަކުގެ
ތެރެއިން މައްސަލައާ ގުޅުންހުރީ ކޮން ހެކިތަކެއްކަމާއި، ހެކި ހުށަހެޅެނީ ކޮންކަމެއް ސާބިތުކުރުމުގެ
ބޭނުމުގައިކަން މައްސަލަ ބައްލަވާ ފަނޑިޔާރަކު ވަޒަންކުރުމަށްފަހު ޝަރީޢަތުން ބަލައިގަނެވިދާނެ ހެކިތަކާއި
ބަލައިނުގަނެވޭނެ ހެކިތައް އަދި ޝަރީޢަތަށް ޙާޟިރުކުރެވޭނެ ހެކިންނާއި ޙާޟިރުނުކުރެވޭނެ ހެކިން
ފަނޑިޔާރުގެ ތަޤްދީނީ ބާރުގެ ތެރެއިން ކަނޑައެޅިދާނެކަމަށާއި، ނަމަވެސް ޝަރީޢަތަށް ހުށަހަޅާ ހެކިތަކާއި
ކުށެއް
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ދިވެޖި
: ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/364
ހުށަހެ4
ދަލީލުތަކުގެ ތެރެއިން ބަލައިގަނެވެންނެތް ނުވަތަ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވެންނެތް ހެކި ހުރިނަމަ
އެކަން އެގޮތަށް
އެގޮތަށް ނިންމަންޖެހުނު ސަބަބެއް މައްސަލަ ބައްލަވާ ފަނޑިޔާރު، އެމައްސަލައެއްގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވަންޖެހޭނެކަމަށާއި، ޝަރީޢަތަށް ހުށަހެޅުނު ހެކިތަކުގެ ތެރެއިން
ބަލައިނުގަނެވޭނެ ހެކިތަކާއި ކޯޓަށް ހެކިން ޙާޟިރުނުކުރުމަށް ފަނޑިޔާރު ނިންމަވާފައިވާ ސަބަބަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއްކަމުގައިވެސް ވާންޖެހޭނެކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 192/HC-A/2011 ޤަޟިއްޔާގައި ހެކި ބަލައިގަތުމާއި އެހެކިތައް ވަޒަންކުރުމާއި
ގުޅޭގޮތުން އުސޫލެއް ޤާއިމުކުރައްވާފައިވާކަން އެނގޭކަމާއި،
އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޤަޟިއްޔާތަކުގައި ފާހަގަކުރައްވާފައިވާ
ކަންކަމަށާއި، ޝަރީޢަތަށް ހެކިބަސްތައް ބަލައިގަތުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން
ޤާއިމުކޮށްފައިވާ އުސޫލުތަކަށް ބެލުމުން، މައްސަލައެއް ސާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހުށަހެޅޭ ހެކިތަކުގެ
ތެރެއިން ބަލައިގަނެވޭނެ ހެކިންނާއި ބަލައިނުގަނެވޭނެ ހެކިން ކަނޑައަޅާ، އެހެކިންގެ ހެކިބަސް ޝަރީޢަތުން
ޤަބޫލުކުރުމާއި ނުކުރުން އަދި ހެކިންތެރެއިން ޝަރީޢަތަށް ޙާޟިރުކުރަންޖެހޭ ހެކިންނާއި ޙާޟިރުކުރަންނުޖެހޭ
ހެކިންނާމެދު ގޮތެއް ކަނ
ކަނޑައެޅުމަކީ މައްސަލަ ބަލާ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން ކަނޑައެޅޭ ކަންކަން
ކަމަށްވެފައި އެނިންމުން ބިނާކުރި ސަބަބުތަކުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ
ބަޔާންކުރެވިފައިވާނަމަ އެކަމަކީ ޝަރުޢީ އަދި ޤާނޫނީ އަސްލަކާއި ޚިލާފުވުންކަމުގައި ނުބެލެވޭނެކަން
އެނގޭކަމާއި،
އެގޮތުން ބަލާއިރު މިމައްސަލައިގައި ދިފާއީ ހެކިންގެ ގޮތުގައި އަޙްމަދު މަޚްލޫފުގެ ފަރާތުން
ހުށަހަޅާފައިވާ ހެކިން ހުށަހަޅާފައިވަނީ ދަޢުވާގައި ބުނާ ޢަމަލަކީ އަޙްމަދު މަޚްލޫފު ހިންގާފައިވާ ޢަމަލެއް
ނޫންކަން ސާބިތުކޮށްދިނުމަށްޓަކައިކަން އެނގެން އޮތްހިނދު، މައްސަލައެއް ނުވަތަ ކަމެއް ސާބިތުކުރުމަކީ
ދަޢުވާކުރާ ފަރާތުން ކުރަންޖެހޭ ކަމެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ބެލުމުން އެނގެން އޮތުމުން،
މައްސަލައެއްގައި ދަޢުވާލިބޭ ފަރާތުން ކުށް ނުކުރާކަން ސާބިތުކުރުމަކީ ޢާންމު އުޞޫލަކުން ކުރަންޖެހޭނެ
ކަމަކަށް ނުވާތީ މިމިމައްސަލައިގައި ހެކި ހުށަހެޅި ސަބަބަށް ބަލައި އެހެކިން ބަލައިނުގަތުމަށް ފަނޑިޔާރު
ނިންމަވާފައިވާކަން އެނގެން އޮތުމުން، އަޙްމަދު މަޚްލޫފުގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިން ބަލައި ނުގަތުމަށް
RE
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8ޤު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/364
:40
ނިންމި ސަބަބު ސާފުކޮށް ފަނޑިޔާރު ބަޔާންކުރައްވާފައިވާކަން އެނގެން އޮތުމުގެ އިތުރުން އެހެކިން ބަލައި
ނުގަތުމަށް ފަނޑިޔާރު ނިންމި ސަބަބީ ޝަރުޢީ ޤާނޫނީ އަޞްލަކާ ޚިލާފު ސަބަބެއް ކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
(ރ) އަދަބު ކަނޑައެޅުމުގައި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އަށާއި،
ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކުރާ ”ކުށެއްކުރުމާ އެކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު،
އެކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެމީހަކަށް ދޭންވާނީ ފަހުން ހެދުނު
ޤާނޫނުގައިވާ އަދަބު، ކަމުގައި އޮތް ނައްޞާ ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ އަޙްމަދު
މަޚްލޫފުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
ޤާނޫނު ނަންބަރު 05/2008 (ފުލުހުންގެ ޤާނޫނު) ގެ 72 ވަނަ މާއްދާއާ ޙަވާލާދީ، އެޤާނޫނުގެ 75
ވަނަ މާއްދާގެ ދަށުން އަޙްމަދު މަޚްލޫފުގެ މައްޗަށް ދަޢުވާކޮށްފައިވަނިކޮށް 2015 ޖުލައި 16 ވަނަ ދުވަހުން
ފެށިގެން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އަށް ޢަމަލުކުރަން ފެށިފައިވާކަމާއި،
ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 10 މާއްދާގެ (ރ) ގައި
ބަޔާންކޮށްފައިވާ ގޮތުން އައު ޤާނޫނަކުން ލުއި ލިބޭނަމަ އެޤާނޫނަކުން ލިބޭ ލުއިތައް ދަޢުވާލިބޭ ފަރާތަށް
ލިބިދެވެންވާނެކަން އެނގެން އޮންނަކަމާއި،
މިހާރު ޢަމަލު ކުރެވެމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1002 ވަނަ މާއްދާގެ ދަށުން އަޙްމަދު
މަޚްލޫފްގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ އަސާސީ މިންގަނޑަކީ 04 (ހަތަރެއް) މަހާއި 24 (ސައުވީސް)
ދުވަހަށް ޖަލަށްލުންކަން އެނގެން އޮންނަކަމާއި، އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑަކަށް ވުރެ އަދަބު
ބޮޑުކުރެވޭ ކަންތައްތަކާއި އަދަބު ލުއި ކުރެވޭ ކަންތައްތަކެއް ހިމެނިފައިވާކަމާއި، އެމީހެއްގެ ކުށުގެ ރެކޯޑް
ނެތުމުގެ މައްޗަށްވެސް އަދަބު މިންވަރު ބިނާވެގެން ދާކަމާއި،
އެގޮތުންބަލާއިރު، އަޙްމަދު މަޚްލޫފްގެ މައްޗަށް ވޭތުވެދިޔަ 02 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި
މިބާވަތުގެ ކުށެއް ސާބިތުވެފައިވާކަން އެނގެން އޮތުމުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްއުޤޫބާތު) ގެ 1104 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފުމިކުރެވޭ މައްސަލައިގައި ހިމެނޭ
ކުށަށް ކަނޑައެޅިފައިވާ އަދަބު އަސާސީ މިންގަނޑުން އެއް ދަރަޖަ މަތިކުރަންޖެހޭކަން އެނގޭކަމާއި،
OCC
އ2
e
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/364
10
އެހެންކަމުން އަދަބުގެ އަސާސީ މިންގަނޑުން އެއްދަރަޖަ މަތިކުރުމުން ކަނޑައެޅިގެންދާނީ 06 (ހައެއް)
މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމުގެ ޙުކުމެއް ކަން އެނގޭކަމާއި، އެއީ ދަޢުވާކުރެވިފައިވާ ޤާނޫނާއި މިހާރު
ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުންވެސް ލިބޭނީ ހަމަ އެއް މިންވަރެއްގެ އަދަބެއްކަން
އެނގޭކަމާއި؛
އެހެންކަމުން، އިސްތިއުނާފު މިކުރެވޭ މައްސަލައިގައި އަޙްމަދު މަޚްލޫފުގެ މައްޗަށް އަދަބު
ކަނޑައެޅުމުގައި ޝަރުޢީ ޤާނޫނީ އުޞޫލަކާ ޚިލާފަށް އަދަބު ކަނޑައެޅިފައިވާކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/244 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ
މަޖިލިހަކަށް ނުފެނުނެވެ.
CCC
122
ދަލުގެންނަންޖެހޭ ސަބަބެއް
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2016/Cr-C/244 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އަޙްމަދު މަޚްލޫފްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ޝަރުޢީ ޤާނޫނީ ސަބެއްނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފިމެވެ.
$$TE+
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ