ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/181 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/181
بم اتوماسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 181/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް:
ން: ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރިންގ ޑީ.އެމް.ސީ
ދާއިމީ އެޑްރެސް: ޖުމެއިރާ ލޭކް ޓަވާސް/ ޑުބާއީ މިހާރުގެ އެޑްރެސް: ޖުމެއިރާ ލޭކް ޓަވާސް ޑުބާއީ
* ރަޖިސްޓްރީ ނަންބަރ:DMCC0705
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރ:109
/
2007-C
* ދާއިމީ އެޑްރެސް: ހ. ސޯނަރީކ. މާލެ
މިހާރުގެ އެޑްރެސް: ހ. ސޯނަރީކ. މާލެ
02c
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 އޭޕްރީލް 2016
ނިމުނު ތާރީޚް: 02 އޮގަސްޓް 2018
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ
• ނަންބަރު 2015/Cv
-
C/1912
• ނިންމެވިކޯޓް: ސިވިލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ށަހެޅުނުތާރީޚް: 05 ނޮވެމްބަރ 2015
* ނިމުނު ތާރީޚް:
14 ޖަނަވަރީ 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު އަލީ
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/181
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1912 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރިންގ ޑީ.އެމް.ސީ.ސީގެ ފަރާތުން ހުށަހެޅުމުން ބެލެވުނު
.ޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް
އެވެ.
ފާހަގަ ކުރެވުނު
01- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1912 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި ގްލެންޑަރ
އިންޓަރނޭޝަނަލް ބަންރިންގ ޑީ.އެމް.ސީ.ސީއާ ދެމެދު ކޮށްފައިވާ ވިޔަފާރިތަކުގައި ދައްކަންޖެހޭ
ފައިސާގެ ތެރެއިން ދަޢުވާގައި ބަޔާންކޮށްފައިވާ މުޢާމަލާތްތަކުގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދަ
ހޯކްސް ޕްރައިވެޓް ލިމިޓެޑް އިން ދައްކާފައިނުވާތީ، އެފައިސާ ހޯދުމާއި އަދި އެމުޢާމަލާތްތަކުގެ ޝަރުޠުތަކާ
ޚިލާފުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ މުޢާމަލާތުގެ އަގުގެ %20 (ވިހި އިންސައްތަ)
އާއި، އަދި ކޮންމެ މީލާދީ މަހަކަށް އިންވޮއިސްއިން ނުދައްކާ އޮތް ޢަދަދުގެ %2 (ދޭއް އިންސައްތަ)
ޖޫރިމަނާއާއި، 2015 ޖެނުއަރީ 05 ވަނަ ދުވަހު ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރީންގ
ޑީ.އެމް.އ
އިން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް އޯޑަރ ކޮންފޯމްކޮށް މުދާ ތައްޔާރުވީކަ
އެއަށް ވަކި ޖަވާބެއް ނުދީ ކަނޑައެޅިފައިވާ ވަގުތުގައި މުދަލާއި ޙަވާލުވާން
92
އާ
ހައި3
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
e 2
2016/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރިންގ ޑީ.އެމް.ސީ.ސީ އަށް ވެފައިވާ ގެއްލުމުގެ ބަދަލު ހޯދުމާއި މި
މުޢާމަލާތްތަކުގައި ފައިސާ ހޯދުމަށް އިތުރު މަރުޙަލާއަކަށް އަންނަން ޖެހުމުން، އެކަމަށް ހިނގާ
އެޑްމިނިސްޓްރޭޓިވް ފީއާއި ޤާނޫނީ ވަކީލުންގެ ފީ މުޢާމަލާތުގައި އެއްބަސްވެފައިވާ ފަދައިން ދަ ހޯކްސް
ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކޮށް ގްލެންޑަރ
އިންޓަރނޭޝަނަލް ބަންކުރިންގ ޑީ.އެމް.ސީ.ސީ އިން ހުށަހެޅުމުން ބެލެވުނު ޤާޟިއްޔާއެއް ކަމާއި،
02 203
0 0
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ބުނެވިދިޔަ ކަންކަން އެހެން ހުރުމުން
ދަޢުވާކުރާ ފަރާތުގެ ކޮންފަމޭޝަން ރިފަރެންސް ނަންބަރު 101270 ގައިވާ ގޮތުގެ މަތިން ދަޢުވާލިބޭ
ފަރާތުގެ އެދުމަށް އެމްވީ ހޯކްސް އަކިރިއަށް ކުރެޑިޓަށް ބަރުކޮށްދީފައިވާ 911.03 މެޓްރިކް ޓަނުގެ މެރިން
ގޭސް އޮއިލްއާއި 07 ޑްރަމް ކާސްޓްރޯލްގެ .ގަށްވާ ޖުމްލަ 747319.27$US (ހަތްލައްކަ
ސާޅީސްހަތްހާސް ތިންސަތޭކަ ނަވާރު އެމެރިކާ ޑޮލަރު ހަތާވީސް ސެންޓް) ގެ ތެރެއިން މިހާތަނަށް
ނުދައްކާހުރި 665030$US (ހަލައްކަ ފަސްދޮޅަސް ފަސްހާސް ތިރީސް އެމެރިކާ ޑޮލަރު) އަކީ ދަޢުވާލިބޭ
ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހި ނުދައްކާހުރި ފައިސާކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ
މުސްތަނަދުތަކުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،
އެފައިސާ ދަޢުވާކުރާ ގްލެންޑަރ އިންޓަރނޭޝަނަލް ބަންކުރިންގ ޑީ.އެމް.ސީ.ސީއަށް
ލިބިދިނުމުގެ ގޮތުން މިއަދު 2016 ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ކޮންމެ މީލާދީ މަހަކު
US
$
16000 (ސޯޅަހާސް އެމެރިކާ ޑޮލަރު) އަށް ވުރެން މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކައި،
US
$
665030 (ހަލައްކަ ފަސްދޮޅަސް ފަސްހާސް ތިރީސް އެމެރިކާ ޑޮލަރު) ޚަލާޞްކުރުމަށް ދަޢުވާލިބުނު
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމް ކޮށްފީމެވެ." މިފަދައިންކަން އެނގެން އޮވެއެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1912 ޤަޟިއްޔާ
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ
*292 22
6 .
ޝަރުޢީ
ކުރިމަސަ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2{16/HC-A/11
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އިންޓަރނޭޝަނަލް ބަންކަރިންގ ޑީ.އެމް.ސީ.ސީގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި
އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
ހުށަހެޅިގެ
(ހ) ފުރަތަމަ ނުކުތާއަކީ ގްލެންޑަރ އިންޓަރނޭޝަނަލް ބަންކުރިންގ ޑީ.އެމް.ސީ.ސީގެ
ފަރާތުން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ތެޔޮ ސަޕްލައި ކޮށްދީފައިވާ ކަމާއި، ދެފަރާތުގެ ދެމެދުގައި
މުޢާމަލާތް ކުރެވުނު ޓާރމްސް އެންޑް ކޮންޑިޝަންސްއަށް ޝަރީޢަތުން ރިޢާޔަތް ނުކޮށް އަދި ޓާރމްސް
އެންޑް ކޮންޑިޝަންސް މުޢާމަލާތްތަކުގައި ހިމެނޭކަން ނުވަތަ ނޫންކަމާ މެދުގައި ވެސް ގޮތެއް ނިންމަވާފައި
ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 91/HC
-
A/2014 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތައް
(ނ) ގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފުވުންކަމަށް ބުނެ ފާހަގަކުރި ނުކުތާ
(ށ) ދެވަނަ ނުކުތާއަކީ ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރިންގ ޑީ.އެމް.ސީ.ސީ އިން
ތެޔޮ ސަޕްލައި ކުރުމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދުމުން، ދަ ހޯކްސްގެ އެދުމުގެ
މަތީން ތެޔޮ ރިޒާވް ކުރުމަށްފަހު، ދަ ހޯކްސްއިން ޔަޤީންކަންދީ ފުރިހަމަކުރަން އެއްބަސްވެފައިވާ ކަންތައް
ފުރިހަމަ ނުކުރެވި އޯޑަރ ކެންސަލް ކުރަންޖެހުމުގެ ސަބަބުން ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރިންގ
ޑީ.އެމް.ސީ.ސީއަށް ސީދާ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީޢަތަށް ހުށަހެޅުނު ނުކުތާއަށް
ޝަރީޢަތުން ގޮތެއް ކަނޑައެޅިފައި ނުވާތީ: ކޮންޓްރެކްޓާއިބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 91/HC
-
A/2014 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާގެ (3) ގައި
ބަޔާންކޮށްފައިވާ އުސޫލާ ޚިލާފުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާ
24
(ނ) ތިންވަނަ ނުކުތާއަކީ: ދެފަރާތުގެ ދެމެދުގައި މުޢާމަލާތް ކުރެވިފައިވާ ޓާރމްސް
އެންޑް ކޮންޑިޝަންސް އަދި އިންވޮއިސްގައި ފައިސާ ދައްކަން އެއްބަސްވެފައިވާ ގޮތަންޖޭގެ ފައި
ނުދެއްކުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
e 2
2{16/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދައްކަންޖެހޭ ފައިސާ ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރިންގ ޑީ.އެމް.ސީ.ސީ އިން ލުއިކޮށްދީފައިވާ
ކަން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ޓާރމްސް އެންޑް
ކޮންޑިޝަންސް އާއި ކޮންޓްރެކްޓާއިބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާއި ޚިލާފަށް ކަމަށްބުނެ ފާހަގަކުރި
ކލ.
(ނ) ހަތަރުވަނަ ނުކުތާއަކީ ގްލެންޑަރ އިންޓަރނޭޝަނަލް ބަންކުރިންގ ޑީ.އެމް.ސީ.ސީ
އަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ގާތްގަނޑަކަށް 3 އަހަރާއި
6 މަސްދުވަހުގެ މުއްދަތެއް ދީފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ފައިސާ ދެއްކުމަށް ޝަރީޢަތުން
މުއްދަތު ދިނުމުގައި ޢާއްމުކޮށް ޢަމަލުކުރާ އުޞޫލާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 91/HC
-
A/2014
ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާ .
-03
ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1912 ޤަޟިއްޔާ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގްލެންޑަރ
އިންޓަރނޭޝަނަލް ކަންކަރިންގ ޑީ.އެމް.ސީސީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ
ގޮތުން އިސްތިއުނާފުކުރާ ފަރާތުންނާއި އިސްތިއުނާފުރައްދުވި ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖްލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 91/HC
-
A/2014
ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތައް" (ނ) ގައި ބަޔާންކޮށްފައިވަނީ، މައްސަލައެއްގައި ޝަރީޢަތުން
ގޮތެއް ނިންމެވުމުގައި، ހުށަހަޅާފައިވާ ދަޢުވާ ނުވަތަ މައްސަލައިގައި އެކަމެއް ބަޔާންކޮށްފައިވާ
އެކަމެއް ހިނގާފައިވާ ގޮތްކަމަށް ބަޔާންކޮށްފައި
ޔާންކޮށްފައިވާ ޙަޤީޤަތްތަކަށާއި،
ޙައްލެއް
މިބީގެ
މ 04
4
އެކަމެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{16/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެފަރާތުން އެދިފައިވާ ކަންކަމަށް އެމައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށް، އެއިން
ކޮންމެ ކަމަކަށް އެކަންކަމާމެދު ޝަރީޢަތަށް ފެންނަ ގޮތް ބަޔާންކުރަންޖެހޭނެ ކަމަށާއި އަދި އެއިން
ކަމަކާމެދު ގޮތެއް ނިންމަންޖެހޭ ކަމަށް ނުފެންނަ ނަމަ އެކަމުގެ ސަބަބުވެސް ބަޔާންކުރަންޖެހޭނެ ކަމަށާއި،
އަދި މިއީ ޝަރީޢަތް ކުރުމުގެ އިޖްރާއާތުގެ ތެރޭގައި ހިމެނޭ އެންމެ އަސާސީ ކަންކަން ކަމަށްކަން
އެނގޭއިރު،
އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1912 ޤަޟިއްޔާ
އިސްތިއުނާފުކުރަމުން ގްލެންޑަރ އިންޓަރނޭޝަނަލް ބަންކުރިންގ ޑީ.އެމް.ސީ.ސީ (ޖީއައިބީ) އިން ފުރަތަމަ
ގޮތުގައި ފާހަގަ ކޮށްފައިވާ ނުކުތާ ބިނާކޮށްފައިވަނީ، އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 91/HC
-
A/2014 ޤަޟިއްޔާގެ "ފާހަގަ ކުރެވުނު ނުކުތާތައް" (ނ) ގައި
ކަނޑައަޅައި ބަޔާންކޮށްފައިވާ އުސޫލުގައިވާ ގޮތުގެމަތިން ސިވިލް ކޯޓުން ޢަމަލު ކުރައްވާފައިނުވުންކަން
(49
2 ބ 2
Ox
<< O
އެނގޭކަމާއި،
އިސްވެ ބަޔާންކޮށްފައިވާ ދަށު ކޯޓުގެ ޤަޟިއްޔާގައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ
މައްޗަށް ގްލެންޑަރ އިންޓަރނޭޝަނަލް ބަންކުރިންގ ޑީ.އެމް.ސީ.ސީގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ
އެދެކުންފުނީގެ ދެމެދު ކޮށްފައިވާ ވިޔަފާރިތަކުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން ދަޢުވާގައި
ބަޔާންކޮށްފައިވާ މުޢާމަލާތްތަކުގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްއިން
ދައްކާފައިނުވާތީ، އެފައިސާ ހޯދުމާއި އަދި އެމުޢާމަލާތްތަކުގެ ޝަރުޠުތަކާ ޚިލާފުވުމުގެ ސަބަބުން ޖޫރިމަނާގެ
ގޮތުގައި ދައްކަންޖެހޭ މުޢާމަލާތުގެ އަގުގެ %20 (ވިހި އިންސައްތަ) އާއި، އަދި ކޮންމެ މީލާދީ މަހަކަށް
އިންވޮއިސްއިން ނުދައްކާ އޮތް ޢަދަދުގެ %2 (ދޭއް އިންސައްތަ) ޖޫރިމަނާއާއި،
2015 ޖެނުއަރީ 05 ވަނަ ދުވަހު ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރިންގ
ޑީ.އެމް.ސީ.ސީ އިން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް އޯޑަރ ކޮންފޯމްކޮށް މުދާ ތައްޔާރުވީކަން
އެއަށް ވަކި ޖަވާބެއް ނުދީ ކަނޑައެޅިފައިވާ ވަގުތުގައި މުދަލާއި ޙަވާލުވާން ނުދިޔުމުގެ ސަބަބުން
22
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{16/HC-A/11
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އިންޓަރނޭޝަނަލް ބަންކުރިންގ ޑީ.އެމް.ސީ.ސީއަށް ވެފައިވާ ގެއްލުމުގެ ބަދަލު ހޯދުމާއި މި
މުޢާމަލާތްތަކުގައި ފައިސާ ހޯދުމަށް އިތުރު މަރުޙަލާއަކަށް އަންނަން ޖެހުމުން، އެކަމަށް ހިންގާ
އެޑްމިނިސްޓްރޭޓިވް ފީއާއި ޤާނޫނީ ވަކީލުންގެ ފީ މުޢާމަލާތުގައި އެއްބަސްވެފައިވާ ފަދައިން ހޯދުމަށް އެދި
ކޮށްފައިވާ ދަޢުވާއެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭއިރު،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، އެދަޢުވާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ގްލެންޑަރ އިންޓަރނޭޝަނަލް ބަންކުރިންގ ޑީ.އެމް.ސީ.ސީން ވިއްކާފައިވާ
ތެލުގެ އަގަށް ދައްކަންޖެހޭ ނުދައްކައި އޮންނަ 665,030.00$US އަކީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން
ގްލޭންޑަރ އިންޓަރނޭޝަނަލް ބަންކުރިންގ ޑީ.އެމް.ސީ.ސީއަށް ދައްކަން ޖެހޭ ފައިސާ ކަމަށް
ކަނޑައަޅުއްވައި އެފައިސާ ދެއްކުމަށާއި، އަދި އިންވޮއިސްގައި ބުނެފައިވާ މުއްދަތުގައި ނުދެއްކުމުގެ
ސަބަބުން ޖޫރިމަނާގެ ގޮތުގައި ހޯދުމަށް ދަޢުވާގައި އެދިފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް
ނޫންކަމަށް ކަނޑައަޅުއްވާފައިވާ ކަމާއި، އެގޮތަށް ކަނޑައެޅުއްވި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ،
އެދެފަރާތުގެ ދެމެދުގައި 30 އޭޕްރީލް 2015 ގައި ވެފައިވާ އެއްބަސްވުމުގައި، އެތާރީޚާ ހަމައަށް
ގްލެންޑަރަށް ހޯކްސްއިން ދައްކަންޖެހޭ
ފައިސާގެ ޢަދަދުގެ ގޮތުގައި 695,030.00$US
އެއްބަސްވެފައިވުމުން، އިންވޮއިސްގެ ދަށުން ނެގޭ ޖޫރިމަނާއަށް ލުއިދީފައިވާ ކަމަށް ޝިމްނީ ގޮތުން
ބެލެވޭތީ އިންވޮއިސްގައި ބަޔާންކޮށްފައިވާ ޖޫރިމަނާއަށް ނިމުން އައިސްފައިވާކަމަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން ބެލެވޭތީކަމަށްކަން އެނގޭކަމާއި،
އިސްވެ ބުނެވިދިޔަ ކަންކަމުގެ އިތުރުން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް
ގްލެންޑަރ އިންޓަރނޭޝަނަލް ބަންކުރިންގ ޑީ.އެމް.ސީ.ސީން ހުށަހެޅި ދަޢުވާގައި ޝަރީޢަތުން
ހޯދައިދިނުމަށް އެކުންފުނީގެ ފަރާތުން އެދިފައިވާ ކަންކަމުގެ މައްޗަށް ދަށު ކޯޓުގެ ޤަޟިއްޔާގައި ގޮތެއް
ނިންމަވާފައިނުވާ ކަމާއި އަދި އެކަންކަމާމެދު ޝަރީޢަތުން ގޮތެއް ނުނިންމެވި ސަބަބެއް އެޤަ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިނެތް ކަމާއި، އެކަމަކީ އިސްވެ ބުނެވިދިޔަ
OLC
24 2 0 2 0
..
އައި
ދިވެތީ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: www.highcourt.gov.mv
[email protected]
8
2016HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހައިކޯޓުގެ ނަންބަރު 91/HC
-
A/2014 ޤަޟިއްޔާގެ "ފާހަގަ ކުރެވުނު ނުކުތާތައް" (ނ) ގައި
ކަނޑައަޅާފައިވާ އުސޫލާ އެއްގޮތް ނޫން ކަމެއްކަން އެނގެއެވެ.
(ށ) ދެވަނަ ކަމަކީ، މި މައްސަލަ އިސްތިއުނާފުކުރާ ގްލެންޑަރ އިންޓަރނޭޝަނަލް
ބަންކަރިންގ ޑީ.އެމް.ސީ.ސީ (ޖީއައިބީ) ގެ ފަރާތުން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ
ޖީއައިބީގެ ކޮންފަމޭޝަން ރިފަރެންސް ނަންބަރު 101270 ގައިވާ ޢަދަދަށް އިސްތިއުނާފް ރައްދުވާ ފަރާތަށް
ތެޔޮ ސަޕްލައިކޮށްދީފައިވާ ކަމާއި، އެތެލީގެ ޖުމްލަ އަގަކީ، 747,319.27$US (ހަތްލައްކަ ސާޅީސް
ހަތްހާސް ތިންސަތޭކަ ނަވާރަ އެމެރިކާ ޑޮލަރު ހަތާވީސް ސެންޓް) ކަމާއި، އެއިގެ ތެރެއިން ދައްކަންޖެހި
ނުދައްކައިވަނީ 685,030.00$US ކަމާއި، އެފައިސާ ޖީއައިބީއަށް އެއްކޮށް ދައްކައި ޚަލާޞްކުރެވިފައި
ނުވަނީ ބައިނަލް އަޤްވާމީ މާކެޓްގައި ތެލުގެ އަގު ވެއްޓުމާއި ފޯކްސްގެ ފަރާތުން ތެޔޮ ފޯރުކޮށްދީފައިވާ
ބައެއް ފަރާތްތަކުން ތެލުގެ އަގު އަދާކޮށްފައިނުވާތީއާއި ހޯކްސްއަށް މާލީ ގޮތުން ލިބުނު ގެއްލުންތަކެއްގެ
ސަބަބުން ކަމާއި، އެފައިސާ ކޮންމެ މަހަކު 10,000.00$US އާއި 15,000.00$US އާ ދެމެދުގެ
ޢަދަދަކުން ދައްކައި ޚަލާޞްކުރުމަށް ހޯކްސްއިން އެއްބަސްވެފައިވާކަން މައްސަލާގައި ހޯކްސްގެ ފަރާތުން
ހުށަހަޅާފައިވާ ބަޔާންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި އެކުންފުނީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް
ބެލުމުން އެނގެން އޮތް ނަމަވެސް،
މި މުޢާމަލާތާ ގުޅިގެން ޖީއައިބީން ގެއްލުމުގެ ބަދަލުގެ ގޮތުގައި
ހޯދުމަށް ދަޢުވާކޮށްފައިވާ، އެފަރާތަށް ދައްކަންޖެހި ނުދައްކައި އޮތް ފައިސާ ޢަދަދުގެ %20 އާއި، އަދި
ކޮންމެ މަހަކު އެޢަދަދުގެ %2 (ދޭއް އިންސަންތަ) ޖޫރިމަނާއާއި، އެޑްމިނިސްޓްރޭޓިވް ފީއާއި ޤާނޫނީ
ވަކީލުގެ ފީއަކީ ހޯކްސްއިން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ އެފައިސާ ދެއްކުމަށް ހޯކްސްގެ
ފަރާތުން އިންކާރުކުރާ ކަމާއި އެގޮތަށް އިންކާރުކުރާ މައިގަނޑު ސަބަބެއްކަމުގައި ހޯކް
ބުނެފައިވަނީ، މިމުޢާމަލާތާ ގުޅޭ ގޮތުން ޢަމަލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ޖީއައިބީގެ
ކޮންޑިޝަންސްއަކީ ހޯކްސް އަށް ލިބިފައިވާ ލިޔުމެއްނޫންކަމަށާއި އަދި އޭގައިވާ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
e 2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016HC-A/181
OXO
އެއްވެސް އިރެއްގައި އެއްބަސްވެފައިވާ ނުވާނެކަމަށާއި އަދި އެކަންކަމާގުޅޭ ގޮތުން މިދެފަރާތުގެ ދެމެދުގައި
ޤާނޫނީ ގޮތުން ބަނދެވޭފަދަ އެއްބަސްވުމެއް ނެތްކަމަށްކަން އެނގޭއިރު،
މި މުޢާމަލާތާ ގުޅޭ ގޮތުން ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރިންގ ޑީ.އެމް.ސީ.ސީ
(ޖީއައިބީ) ގެ ފަރާތުން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ޖީއައިބީގެ ކޮންފަމޭޝަން
ރިފަރެންސް ނަންބަރު 101270 ގައި އެމުޢާމަލާތާ ގުޅިގެން އެދެފަރާތުގެ ދެމެދު ޢަމަލު ކުރެވޭނީ
ޖީއައިބީގެ ޖެނެރަލް ޓާމްސް އެންޑް ކޮންޑިޝަންސް (12 މާޗް 2014) ގައިވާ ޝަރުޠުތަކަށް ކަމާއި، އަދި
އެޓާމްސް އެންޑް ކޮންޑިޝަންސްއަކީ ހޯކްސްއަށް އެނގިފައިވާ ލިޔުމެއްކަމާއި އަދި އޭގެ ކޮޕީއެއް ބޭނުންނަމަ
ލިބޭނެ ގޮތް ހަމަޖެހިފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އިސްވެ ބުނެވުނު ޖީއައިބީގެ ޖެނެރަލް ޓާމްސް އެންޑް
ކޮންޑިޝަންސްއަށް ހޯކްސްގެ ފަރާތުން އެއްބަސްވެފައިނުވާނެ ކަމަށް އެފަރާތުން ބުނެފައިވީނަމަވެސް، އެކަން
ހޯކްސްގެ ފަރާތުން ޖީއައިބީއަށް އަންގާފައިވާކަން އެނގެން ނެތްއިރު، އެމުޢާމަލާތުގައި ބަޔާންކޮށްފައިވާ ތެޔޮ
ހޯކްސްއަށް ހަމައަށް ލިބިފައިވާ ކަމާއި އަދި އޭގެ އަގުގެ ގޮތުގައި ބަޔާންކޮށްފައިވާ ފައިސާއަކީ ހޯކްސްގެ
ފަރާތުން އެކުންފުނީގެ ފަރާތުން ޖީއައިބީއަށް ދައްކަންޖެހޭ ފައިސާކަމަށް ދަށު ކޯޓާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ހޯކްސްގެ ފަރާތުން އެއްބަސްވެފައިވާ ކަމާއި،
ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ އެއަށްވުރެ ގިނަ ބައެއްގެ މެދުގައި ވެވޭ
އިއްބަސްވުމެއް ކަމާއި، އެއެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމަކަށް
ވާންވާނެ ކަމާއި، ކޮންޓްރެކްޓެއްގައި އެއްބަސްވާ މީހުން ރުހި ޤަބޫލުވާންވާނީ އެއްވެސް މަޖުބޫރުކަމެއް ނެތި
އަމިއްލަ އިޚްތިޔާރުގައި ކަމާއި އަދި އެމީހުންނަކީ ކޮންޓްރެކްޓް ކުރުމަށް ޤާނޫނު ޤަބޫލުކުރާ ފަދަ މީހުން
ކަމުގައި ވާންވާނެ ކަމާއި، ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫންކަމާއި، އެކަކު
އަނެކަކަށް ހުށަހަޅާ ހުށަހެޅުން އެހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލުކުރުމުން ކޮންޓްރެކްޓެއް
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްޖާގެ
ޙައީބޯޓް
ވަނަ މާއްދާއާއި އަދި 5 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2{016/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މިދެފަރާތުގެ ދެމެދު ކުރެވިފައިވާ މިމުޢާމަލާތް ކުރެވިފައިވާ ގޮތަށް ބަލާއިރު، ހޯކްސްގެ
ފަރާތުން ފޮނުވުމަށް އެދޭ ތެލުގެ އަގާއި އެފޮނުވޭނެ ގޮތާއި މުއްދަތާއި އަދި އެމުޢާމަލާތުގައި ޢަމަލުކުރުމަށް
އެއްބަސްވާ ގޮތް ހުށަހަޅައި، ހޯކްސްގެ ފަރާތުން ފޮނުވި އޯޑަރު ކޮންފާމޭޝަން ރިފަރެންސްގައި ބުނެފައިވާ
ގޮތުގެމަތިން ތެޔޮ ފޯރުކޮށްދިނުމުން އެތެޔޮ ހޯކްސްގެ ފަރާތުން ބަލައިގަތުމުން، ހޯކްސްއާއި ޖީއައިބީއާ ދެމެދު
ޤާނޫނީ ގޮތުން ބަދެވޭފަދަ އެއްބަސްވުމެއް އުފެދިފައިވާކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ބެލެވޭކަމާއި، އަދި މިމުޢާމަލާތާ ގުޅިގެން އުފެދޭ މައްސަލަތައް ޙައްލުކުރުމުގައި ބަލަންޖެހޭނީ، ޖީއައިބީގެ
ޖެނެރަލް ޓާމްސް އެންޑް ކޮންޑިޝަންސް (12 މާޗް 2014) އަށްކަމަށް ޤަބޫލުކުރެވޭ ކަމާއި،
އިސްވެ ބުނެވުނު ޓާމްސް އެންޑް ކޮންޑިޝަންސްއަށް ބަލާއިރު، ވިއްކާ ފަރާތަށް ފައިސާ
ދައްކަން ކަނޑައަޅާފައިވާ ތާރީޚުގައި އެފައިސާ ނުދައްކައިފި ނަމަ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ނުދައްކައި
އޮތް ޢަދަދުގެ %20 މުދާ ގަންނަ ފަރާތުން މުދާ ވިއްކާފަރާތަށް ދައްކަންވާނެ ކަމަށާއި، މީގެ އިތުރުން
ފައިސާ ނުދައްކައިގެން އެފައިސާ ހޯދުމަށް ކުރާ މަސައްކަތުގެ ޤާނޫނީ ވަކީލުގެ ފީއާއި، އިދާރީ ފީއެއްގެ
ގޮތުގައި -/250$US (ދުއިސައްތަ ފަންސާސް ޑޮލަރ) އާއި، އަދި ފައިސާ ދައްކަންޖެހި ނުދައްކައި
އޮންނަ މުއްދަތުގައި އިންވޮއިސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނެގޭ ޖޫރިމަނާއަކީ މުދާ ގަންނަ ފަރާތުން
މުދާ ވިއްކާ ފަރާތަށް ދައްކަންޖެހޭ ފައިސާ ކަމަށް ޖީއައިބީގެ ޖެނެރަލް ޓާމްސް އެންޑް ކޮންޑިޝަންސްގެ 4
ގައި ބަޔާންކޮށްފައިވާކަން އެނގޭއިރު، އެމުޢާމަލާތާ ގުޅިގެން ޖީއައިބީން ހޯކްސްއަށް ފޮނުވި އެކުންފުނީގެ
ނަންބަރު 20978 (25 ނޮވެމްބަރު 2014) އިންވޮއިސްގައި އެއިންވޮއިސްއަށް، 23 ޑިސެމްބަރު 2014
ގެ ކުރިން ފައިސާ ދެއްކުމަށާއި އެތާރީޚުގެ ފަހުން އެފައިސާ ބަލައިގަނެވޭނީ، ފައިސާ ނުދައްކައި ފާއިތުވާ
ކޮންމެ މަހަކަށް %2 (ދޭއް އިންސަންތަ) ޖޫރިމަނާއާއެކުގައި ކަމަށް ބަޔާންކޮށްފައި އޮންނައިރު،
އެއިންވޮއިސްއަކީ ހޯކްސްއަށް ލިބިފައިވާ އިންވޮއިސްއެއް ކަމާއި އެއިންވޮއިސްގައިވާ އެއްވެސް ކަމަކަށް
މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން އެކުންފުނީގެ ފަރާތުން އިޢުތިރާޒްކޮށްފައިވާކަން
ނެތުމުން، އިސްވެ ބަޔާންވެދިޔަ ޓާމްސް އެންޑް ކޮންޑިޝަންސްގައި ބަޔާންކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2016/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެއިންވޮއިސްގައި ފައިސާ ދެއްކުން ލަސްވާ ކޮންމެ މަހަކު، ނުދައްކައި އޮންނަ ޢަދަދެއްގެ %2 (ދޭއް
އިންސައްތަ) ޖޫރިމަނާގެ ގޮތުގައި މުދާ ވިއްކާ ފަރާތަށް ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތަކީ
ހޯކްސްގެ ފަރާތުން ޝިމްނީ ގޮތުން ޤަބޫލުކޮށްފައިވާ ޝަރުތެއްކަމަށް ބެލެވޭނެ ކަމާއި، އަދި އެޝަރުޠާ
އެއްގޮތަށް ހޯކްސްގެ ފަރާތުން ޢަމަލުކުރަންނުޖެހޭކަމަށްބުނެ ދިފާޢުގައި އެފަރާތުން ނަގާފައިވާ ސަބަބުކަތަކަކީ
އިސްވެ ބުނެވުނު އިންވޮއިސްގައި ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުޠު ނަފީކުރެވޭ ފަދަ
2 22 22 22
ސަބަބުތަކެއްކަމުގައި ބެލެވެން ނެތްކަމެވެ.
މއ ތ xތ
ބަޔާންކޮށް
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގައި ގަނެވިއްކުމުގެ މުޢާމަލާތްތަކުގައި ގަންނަ ފަރާތުން
ޝަރުޠު ޖަޒާއީ ނެގުމުގައި ޢަމަލު ކުރެވޭނެ ޤާނޫނެއް އަދި ޤަވާއިދެއް ތަސްދީޤު ކުރެވިފައިނުވާ ކަމާއި
ނަމަވެސް، ދިވެހިރާއްޖޭގައި ހިނގާ ވިޔަފާރީގެ މުޢާމަލާތުތަކުގައި ކްރެޑިޓަށް ނުވަތަ ފަހުން ފައިސާ
ދައްކާގޮތަށް ކުރެވޭ މުޢާމަލާތުތަކުގައި ޝަރުޠު ޖަޒާއީގެ ގޮތުގައި ފައިސާ ނަގަމުންދާކަން އެނގޭކަމާއި އަދި
ހަމައެފަދައިން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުންވެސް ވިޔަފާރީގެ މުޢާމަލާތުތަކުގެ ތެރޭގައި ޝަރުޠު
ޖަޒާއީގެ ގޮތުގައި ހިމަނާފައިވާ ފައިސާ ނަގައިދެމުން ގެންދާކަން އެނގޭކަމާއި، މިގޮތުން ޝަރުޠު ޖަޒާއީ
ނަގައިދިނުމާއި ޝަރުޠު ޖަޒާއީ ކަނޑައެޅުމުގައި ޝަރީޢަތުން ބަލަންޖެހޭ އުޞޫލުތަކެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ އެކޯޓުގެ ނަންބަރު 16/SC
-
A/2015 ޤަޟިއްޔާގައި
ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ
ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި
އިޚްތިޔާރު ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިގެންވީ ނަމަވެސް، އެބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރުޢީ
އަދި ޤާނޫނީ ޤައިދެއް ނެތި، މުތުލަޤު ގޮތަކަށް ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫންކަމަށާއި،
ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ކޮންޓްރެކްޓުގައި ހިމެނުން ހުއްދަކުރާ ޝަރުތުތައް ވާންޖެހޭނީ އިސްލާމީ
ޝަރީޢަތުގަޔާއި، ޤާނޫނުގައި ކަނޑައެޅި
"ޤަތުޢީ" އަޙްކާމްތަކާ
ޝަރުޠުތަކަކަށްކަން އެނގެން އޮންނަކަމަށާއި، ކޮންޓްރެކްޓުގެ ބައިވެރިއަކު
ހ2 0
2
2 ބ 2
ބަޔާންވެގެން
2958&
*
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 13316471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected] Bonbon
ޖަގިން
12
2{16/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހ) 2 ދ ތ 24
ދުރަންޖެހޭ
އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އޭގެ ސަބަބުން ގެއްލުން
ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ
ޤާނޫނު ނަންބަރު 4/91 ( ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާގައި ކަނޑައަޅައި
އޮންނަ ގޮތުގެ މައްޗަށް ކަމަށާއި، އެމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލު ދޭންޖެހޭނެ ގެއްލުމަކީ
ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުންކަމަށާއި، އެމާއްދާގެ (ށ) އަށް ބެލުމުން އެއީ
އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ
ގެއްލުންކަމަށާއި، ކޮންޓްރެކްޓާއި ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ލިބޭ ގެއްލުން ވަޒަންކުރުމުގައި
ރިޢާޔަތްކުރަންޖެހޭ މައިގަނޑު ދެ ބާވަތެއްގެ ގެއްލުން ބަޔާންކޮށްފައިވާކަމަށާއި،
ށާއި، ފުރަތަމަ ބާވަތަކީ:
ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ނުވަތަ ޙަޤީޤީ ގެއްލުންކަމަށާއި ދެވަނަ ބާވަތަކީ:
ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ފެންނަ ނުވަތަ
ތަސައްވަރު ނުވަތަ އިންތިޒާރުކުރެވޭ ގެއްލުންކަމަށާއި، އަދި މިފަދައިން ކަން ވެފައިވާކަން ސާބިތުވެއްޖެ
ނަމަ މިފަދަ ޝަރުތު ޖަޒާއީއެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، އިޝާރާތް ކުރެވުނުފަދަ
ގެއްލުމަކާއި އެކަށީގެންވާ މުނާސަބު ބަދަލަކަށް ވާންޖެހޭނެ ކަމަށާއި، އެބަދަލު ކަނޑައެޅުމުގައި
ތަޢައްސުފު" (arbitrariness
/
abuse) ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވު.
މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި
އިސްތިޤްރާރުވެފައިވާ އަޙްކުމްތަކާއި ކަނޑައެޅިގެން ތަޢާރުޟުވާކަމެއްކަމަށާއި، ޝަރުތު ޖަޒާއީގެ ދަށުން
ނެގޭ ބަދަލަކީ "ތަޢައްސުފު ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ
މަސްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށްވާނަމަ، އެއީ
ސައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެޑޭޓް
އެފަދަ ބަދަލުތައް ނެގުމަށް ޝަރުޠު ކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްސުން ޙަރާމް
މަށްވާ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
2016/HC-A/181
ނުވާނެކަމަށް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މީހުންގެ މުދާ އެބައި މީހުންގެ ރުހުމަކާއި ނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ
ބަޔާންކުރައްވާފައިވާކަން އެނގޭއިރު،
49
2
4 އ ދވ
އަމަލުކުރެވޭނެކަމަށް
މިމައްސަލައިގައި ޖީއައިބީން ހޯކްސްއަށް ފޮނުވި ނަންބަރު 20978 އިންވޮއިސްގައި
ޝަރުޠު ޖަޒާއީގެ ގޮތުގައި އިންވޮއިސްގައިވާ ޢަދަދުގެ ތެރެއިން ނުދައްކައި އޮންނަ ފައިސާގެ ޢަދަދުގެ %2
ޖޫރިމަނާ ކޮންމެ މަހަކު ނެގޭނެ ކަމަށް ބަޔާންކޮށްފައިވަނީ މިދެފަރާތުގެ ދެމެދުގައި މިމުޢާމަލާތާ ގުޅިގެން
ބަޔާންކޮށްފައިވާ އެއްބަސްވުމުގައިވާ ބަޔާންކޮށްފައި އޮންނަ ގޮތުގެމަތިން ކަމާއި، އަދި
ޝަރުޠު ޖަޒާއީގެ ގޮތުގައި ނެގުމަށް އިންވޮއިސްގައި ހިމަނާފައިވާ %2 އަކީ ދިވެހިރާއްޖޭގައި ހިނގާ
ވިޔަފާރީގެ މުޢާމަލާތްތަކުގައި ޝަރުޠު ޖަޒާއީގެ ގޮތުގައި ޢާންމު ގޮތެއްގައި ނަގަމުން އަންނަ މިންވަރުގެ
ޢަދަދެއްކަމާއި، މިގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-A/2014 ޤަޟިއްޔާއަށް
ބަލާއިރުވެސް، އެޤަޟިއްޔާގައި ބެލެވުނު މައްސަލައިގައި ޝަރުޠު ޖަޒާއީގެ ގޮތުގައި އިންވޮއިސްގެ %2
އަށްވާ ފައިސާ ނެގުމަށް ހިމެނިފައިވާ ބަޔަށް ތާއީދުކުރައްވާފައިވާކަން އެނގޭކަމާއި މީގެ އިތުރުން ސްޓޭޓް
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑުގެ
ކަރަންޓް އަދި ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެފައިސާ ނުދެއްކުމުން
ޖޫރިމަނާގެ ގޮތުގައި ނެގޭނެކަމަށް ބަޔާންކޮށްފައިވަނީ އެބިލުގެ ޢަދަދުގެ %2 ކަމާއި، އެހެންކަމުން
މިމައްސަލައިގައި ޝަރުތު ޖަޒާއީގެ ގޮތުގައި ނެގުމަށް ޖީއައިބީން ނިންމާފައިވާ ޢަދަދަކީ ދިވެހިރާއްޖޭގައި
ޝަރުޠު ޖަޒާއީގެ ގޮތުގައި ފައިސާ ނަގަމުން އަންނަ މިންވަރުގެ ޢަދަދެއްކަމާއި، އަދި އެޢަދަދަކީ
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ބަލައިގެންފައިވާ މިންވަރުގެ ޢަދަދެއްކަމާއި މި މުޢާމަލާތާ ގުޅިގެން
ޖީއައިބީން ހޯކްސްއަށް ފޮނުވާފައިވާ ނަންބަރު 20978 އިންވޮއިސްއަށް ޝަރުޠު ޖަޒާއީގެ ގޮތުގައި 2015
ޑިސެމްބަރ މަހާހަމައަށް އަރާފައިވަނީ 166,618.71$US (އެއްލައްކަ ފަސްދޮޅަޓްނާގެ
އަށާރަ ޕޮއިންޓް ހަތެއް އެކެއް ޔޫއެސް ޑޮލަރ) ކަން ޖީއައިބީގެ ފަރާތުން
0
4ދ
ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14
2016/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ށ) ހަތަރުވަނަ ކަމަކީ: މި މުޢާމަލާތާ ގުޅިގެން ހޯކްސްއިން ގްލެންޑަރއަށް ދައްކަންޖެހޭ
ފައިސާގެ ޢަދަދަކީ 695,030$US (ހަލައްކަ ނުވަދިހަ ފަސްހާސް ތިރީސް އެމެރިކާ ޑޮލަރު) ކަމަށް 30
އެޕްރީލް 2015 ގައި އެދެކުންފުނީގެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުން އެނގޭތީ، އެއިގެ އިތުރުން
އެމުޢާމަލާތް ގުޅިގެން ގްލެންޑަރއިން ދަޢުވާކޮށްފައިވާ ފައިސާއަކީ ހޯކްސްއިން ގްލެންޑަރއަށް ދައްކަންޖެހޭނެ
ފައިސާއެއް ނޫންކަމަށް ހޯކްސްގެ ފަރާތުން ބުނެފައިވާއިރު، އެކަމަށް ގްލެންޑަރ އިން އިންކާރުކޮށްފައިވާ
ކަމާއި، އަދި މިދެފަރާތުގެ ދެމެދުގައި 30 އޭޕްރީލް 2015 ގައި ސޮއިކޮށްފައިވާ ލިޔުމަކީ ގްލެންޑަރގެ
އޮޑިޓް ބޭނުމަށް އެހާތަނަށް ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރިންގ ޑީ.އެމް.ސީ.ސީއަށް އިންވޮއިސް
ނަންބަރު 20978 އާ ގުޅިގެން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ލިބެންޖެހި ނުލިބިވާ ފައިސާގެ
ޢަދަދު ކަށަވަރުކުރުމުގެ ގޮތުން ޖީއައިބީން ރޯކްސްއަށް ފޮނުވާފައިވާ ލިޔުމެއްކަމާއި އަދި އެލިޔުމުގައި
ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދަށް ހޯކްސްގެ ފަރާތުން އެއްބަސްވާނަމަ އެލިޔުމުގައި ސޮއި ކުރުމަށް
އެގޮތަށް ހޯކްސްގެ ފަރާތުން ޢަމަލުކޮށްފައިވާކަން އެނގޭއިރު، އެލިޔުމުގައި އިސްވެ ބުނެވިދިޔަ
އިންވޮއިސްގައި ޖޫރިމަނާގެ ގޮތުގައި ހިމަނާފައިވާ ޝަރުތަށް ޢަމަލުނުކުރެވޭނެ ކަމަށް ނުވަތަ އެޝަރުޠުގެ
ދަށުން ޖީއައިބީއަށް ލިބިދޭ ޙައްޤުތައް ދޫކޮށް ނުވަތަ ލުއިދީ، ނުވަތަ މަޢާފްކޮށްފައިވާކަން އެލިޔުމަށް
ބެލުމުން އެނގެން ނެތުމުން، މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތުގެ ދަށުން ޝަރުޠު ޖަޒާއީގެ
ގޮތުގައި އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ދަޢުވާކޮށްފައިވާ ފައިސާއަށް ޤާނޫނު ނަންބަރު
4/91 (ދިވެހިރާއްޖޭ
ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖީއައިބީގެ
ފަރާތުން ލުއި ދީފައިވާކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވެން ނެތްކަމެވެ.
2 2 22
• ފަސްވަނަ ކަމަކީ: މި ދެފަރާތުގެ ދެމެދުގައި ޢަމަލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ،
ޖީއައިބީގެ ޖެނެރަލް ޓާމްސް އެންޑް ކޮންޑިޝަންސް (12 މާޗް 2014) ގައި، އިންވޮއިސްއަށްފަ
ނުދައްކައިގެން އެފައިސާ ހޯދުމަށް ޖީއައިބީގެ ފަރާތުން ޢައްޔަންކުރާ ޤާނޫނީ ވަކީލުގެ
ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަމާއި، މިމައްސަލައިގައި ދަށު ކޯޓުގައާއި ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ"
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15
2{16/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޖީއައިބީ، ތަމްސީލްކުރަނީ އެފަރާތުން ޢައްޔަންކޮށްފައިވާ އެފަރާތުގެ ޤާނޫނީ ވަކީލެއް ކަމުގައިވާއިރު،
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ހިންގާ މައްސަލަތަކުގައި ޤާނޫނީ ވަކީލުގެ ފީ، ނަގައިދިނުމާބެހޭ ގޮތުން
ޢަމަލުކުރެވޭ ޤާނޫނެއް އަދި ޤަވާއިދެއް ހެދިފައިނެތް ނަމަވެސް، މިދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމުގައި މިދެފަރާތުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުޢާމަލާތާގުޅިގެން މުދާ ވިއްކާ ފަރާތަށް މުދާ
ގަންނަ ފަރާތުން ދައްކަންޖެހޭ ފައިސާ އިންވޮއިސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނުދައްކައިފިނަމަ،
އެފައިސާ ހޯދުމަށް ޢައްޔަންކުރާ ޤާނޫނީ ވަކީލުގެ ފީ، މުދާ ގަންނަ ފަރާތުން މުދާ ވިއްކާ ފަރާތަށް
ދައްކަންޖެހޭނެ ކަމަށް އެއްބަސްވެފައިވާތީ، މިމައްސަލައިގައި މުދާ ވިއްކި ފަރާތްކަމުގައިވާ ޖީއައިބީގެ ޤާނޫނީ
ވަކީލުގެ ފީގެ ގޮތުގައި އެއްބަސްވެފައިވާ ޢަދަދަކީ ކޯކްސްގެ ފަރާތުން ޖީއައިބީއަށް ނަގައިދެވިދާނެ
ޢަދަދެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ކަމާއި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުން މަސައްކަތްކުރުމުގައި
ޢަމަލުކުރުމަށް އެކުލަވާލެވިފައިވާ "ދިވެހިރާއްޖޭގެ ވަކީލުންނާ ބެހޭ ޤަވާއިދު ގެ 5 ވަނަ މާއްދާގައި،
ޤާނޫނީ ވަކީލަކަށް މުވައްކިލުގެ އަތުން ފީ ނެގިދާނެ ގޮތްތަކެއް ބަޔާންކޮށްފައިވާ ކަމާއި އެގޮތުން، ވަކީލަކަށް
މުވައްކިލުގެ އަތުން ފީ ނެގޭނީ އެދެފަރާތު ދެމެދުގައި އެއްބަސްވާ ގޮތެއްގެ މަތިންކަން އިސްވެ ބުނެވުނު
މާއްދާއިން އެނގޭއިރު،
މިމައްސަލައިގައި ޖީއައިބީއާއި އެފަރާތުގެ ޤާނޫނީ ވަކީލާ ދެމެދު ވެފައިވާ އެއްބަސްވުމެއް
ނުވަތަ ޤާނޫނީ ވަކީލުގެ މަސައްކަތަށް ފައިސާ ދައްކާފައިވާކަން ނުވަތަ ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ
ގޮތެއް ލިޔުމެއް
ދުމެއް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޖީއައިބީގެ ފަރާތުން
ހާޒިރުވާ ޤާނޫނީ ވަކީލަށް އެންގުމުން އެފަދަ ލިޔުމެއް ހުށަހަޅާފައިނުވާ ކަމާއި، އަދި ޤާނޫނީ ވަކީލުގެ ފީއާ
ގުޅޭ ގޮތުން އެފަރާތުގެ މުވައްކިލާ ދެމެދު އެއްބަސްވެފައިވާ ގޮތެއް އޮޅުންފިލުވުމުގެ ގޮތުން ޝަރީޢަތުގެ
މަޖިލީހުގައި އެފަރާތާ ސުވާލުކުރުމުން ޤާނޫނީ ވަކީލުގެ ފީއާމެދު އެއްބަސްވެވިފައިވާ ގޮތްކަމަށް ޖީއައިބީގެ
ފަރާތުން ބުނެފައިވަނީ، މިމައްސަލައިގައި ލިބޭ ފައިސާގެ ޕަސެންޓޭޖެއް ޤާނޫނީ ވަކީލަށް
އެއްބަސްވެފައިވާ ކަމަށާއި، އަދި އެކަމާގުޅޭ ގޮތުން ޖީއައިބީއާއި އެފަރާތުން ޢައްޔަންކޮށްފައިވާ
2& «
کر فری میسر کر
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{016/HC-A/181
ވަކީލާ ދެމެދު ބަދަލުކުރެވިފައިވާ އީމެއިލްތަކުން އެކަން އެނގެން އޮންނާނެ ކަމަށް ޖީއައިބީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނި ނަމަވެސް އެކަން އެގޮތަށް ހިނގާފައިވާކަން
އެނގޭނޭ ލިޔުމެއް ޝަރީއަތުގެ މަޖިލީހަށް ޖީއައިބީގެ ފަރާތުން ހުށަހަޅާފައިނުވާއިރު، މިމައްސަލައިގެ
ދަޢުވާގައި ޖީއައިބީގެ ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހޯކްސްގެ އަތުން ހޯދުމަށް ޖީއައިބީގެ ފަރާތުން
އެދިފައިވަނީ 15,000.00$US (ފަނަރަހާސް ޔޫއެސްޑޮލަރ) ކަމުގައިވާތީ، މި މައްސަލައިގައި ދަށު
ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޖީއައިބީގެ ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި
ހޯކްސްގެ އަތުން ހޯދުމަށް ޖީއައިބީން އެދިފައިވަނީ ތަފާތު ދެގޮތަކަށް، ދެޢަދަދެއްގެ ފައިސާ ކަމަށްވުމުން
އެފަރާތުން ޤާނޫނީ ވަކީލުގެ ފީއާގުޅޭ ގޮތުން ދަށު ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނާބުނުން
ތަޢާރުޒުވާކަމާއި އަދި އެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނާބުނުން ޝަރުޢީ ހަމަތަކުގެ މަތިން
ޝަރީޢަތަށް ސާބިތުކޮށްދެވޭ ފަދަ ހެއްކެއް އަދި ހަރުދަނާ ޤަރީނާއެއްވިޔަސް ޖީއައިބީގެ ފަރާތުން
ހުށަހެޅިފައިނުވާތީ، މިމައްސަލައިގައި ޖީއައިބީގެ ފަރާތުން ހޯދުމަށް އެދިފައިވާ އެފަރާތުގެ ޤާނޫނީ ވަކީލު ފީ،
ޖީއައިބީއާއި ހޯކްސްއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެމަތިން ހޯކްސްގެ އަތުން ނަގައި
ޖީއައިބީއަށް ދެއްކުމަށް މިވަގުތު ހޯކްސްއަށް ޝަރީޢަތުން އަންގަންޖެހޭ ތަނެއް އޮތްކަމަށް ނުފެންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: މިމައްސަލައިގައި ޖީއައިބީގެ ފަރާތުން ހޯދުމަށް ދަޢުވާކުރާ ފައިސާގެ
ތެރޭގައި ހިމެނޭ އެކުންފުންޏަށް ފޯކްސްއިން ފޮނުވި އޯޑަރ ކޮންފާމްކޮށްފައިވަނިކޮށް އެއޯޑަރ
ކެންސަލްކުރުމުގެ ސަބަބުން ޖީއައިބީގެ ޖެނެރަލް ޓާމްސް އެންޑް ކޮންޑިޝަންގައިވާ ގޮތުގެމަތިން
ކެންސަލޭޝަން ފީގެ ގޮތުގައި ހޯދުމަށް އެދޭ ފައިސާކަން އެނގޭއިރު، އެއޯޑަރ ކޮންފަމޭޝަން ހޯކްސްއަށް
އެއްވެސް އިރަކު ލިބިފައިނުވާ ކަމަށާއި، އެއޯޑަރ ކޮންފަމޭޝަން ނުލިބޭތީ، މިދެފަރާތުގެ ދެމެ ފާރު
ގޮތުން ބަދެވޭފަދަ ގުޅުމެއް މިދެފަރާތުގެ ދެމެދުގައި ޤާއިމްވެފައިނުވާ ކަމަށް ބުނެ،
ކުރުމުގެ ސަބަބުން ޖީއައިބީއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެކުން
އއ&
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17
2{16/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާކުރާ ފައިސާއަށް ހޯކްސްގެ ފަރާތުން އިންކާރުކޮށްފައިވާކަން އެނގޭކަމާއި، އިސްވެ ބުނެވުނު މުޢާމަލާތް
ކެންސަލް ކުރުމުގެ ސަބަބުން ކެންސަލޭޝަން ފީގެ ގޮތުގައި ހޯދުމަށް އެދޭ ފައިސާއާގުޅޭ ގޮތުން
މިދެފަރާތުގެ ދެމެދުގައި އީމެއިލް މެދުވެރިކޮށް މުޢާމަލާތުކުރެވިފައިވާކަން އެނގޭކަމާއި، އެގޮތުން ދަށު ކޯޓަށް
ހުށަހެޅިފައިނުވާ އީމެއިލްތަކެއް ޖީއައިބީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހަޅާފައިވާ ކަމާއި، ދަށު ކޯޓުން މިމައްސަލަ ނިންމަވާފައިވަނީ އެކޯޓަށް ހުށަހެޅުނު ހެކިތަކާއި
ޤާރީނާތަކުގެ މައްޗަށް ކަމަށްވާއިރު، ދަށު ކޯޓަށް ހުށަހެޅިފައިނުވާ އައު ހެކިތަކެއް އިސްތިއުނާފް ކޯޓަށް
އަލަށް ހުށަހަޅައި އެލިޔުންތަކުގެ މައްޗަށް ގޮތް ކަނޑައެޅިއްޖެނަމަ، އެހެކިތަކާމެދު ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކައި އެހެކިތައް ތަޢުނު ކުރުމަށް ލިބިފައިވާ ފުރުޞަތު ހަނިކުރެވިގެންދާނެ ކަމަށް ޤަބޫލުކުރެވުމުގެ
އިތުރަށް އެހެކިތަކާމެދު ވާހަކަދެއްކުމަށް ލިބިފައިވާ ޝަރުޢީ އެއްމަރުހަލާ މިމައްސަލައިގައި ހިމެނޭ
ފަރާތްތަކަށް ގެއްލިގެންދާނެތީ މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވެނީ
މިމައްސަލައިގައި ދަށު ކޯޓަށް ހުށަހެޅިފައި ނުވާ އީމެއިލްތައް ހެކީގެ ގޮތުގައި މިކޯޓުން ބަލައިގަތުމަކީ،
އެންމެ އިންޞާފުވެރި އަދި ޢަދުލުވެރި ގޮތެއްކަމުގައި ނުބެލެވޭ ކަމާއި، އަދި މި މުޢާމަލާތާގުޅިގެން ދަށު
ކޯޓަށް ހުށަހެޅުނު ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ކެންސަލޭޝަން ފީގެ ގޮތުގައި ގްލެންޑަރ އިން
ހޯކްސްއަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 21829 އިންވޮއިސްގައި ބަޔާންކޮށްފައިވާ ފައިސާއަކީ
އެކުންފުންޏަށް ހޯކްސްއިން ދައްކަންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަމާމެދު ދަށު ކޯޓުން ގޮތެއް
ނިންމަވާފައިނުވާތީ، މިކަންކަމާގުޅޭ ގޮތުން ޖީއައިބީގެ ފަރާތުންނާއި ދަ ހޯކްސްގެ ފަރާތުން ޝަރީޢަތަށް
ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ދަށު ކޯޓުން އަލުން ބައްލަވައި
ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ސްޕައިކޯޓް
ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
9
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
18
e 2
2016/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ތހަތްވަނަ ކަމަކީ ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރިންގ ޑީ.އެމް.ސީ.ސީއަށް ދަ
ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ގާތްގަނޑަކަށް 3 އަހަރާއި 6
މަސްދުވަހުގެ މުއްދަތެއް ދީފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ޝަރީޢަތުން ޢަމަލުކުރާ އުޞޫލާ
ޚިލާފަށްކަމަށް ބުނެ ގްލެންޑަރ އިންޓަރނޭޝަނަލް ބަންކަރިންގ ޑީ.އެމް.ސީ.ސީއިން ހުށަހަޅާފައިވާ
ނުކުތާއަށް ބަލާއިރު،
00ހ2
24 ތތ ހ2
ބެލުމަށްފަހު،
2224
axދ ތތ
ای ترور تر کرمی مام
ce O
އަމިއްލަ ފަރުދުން ހުށަހަޅާ މައްސަލަތަކުގައި ސާބިތުވާ ދަރަނި ދައްކާނެ ގޮތެއް
ޝަރީޢަތުން ކަނޑައެޅިފައިވާ ޤާނޫނެއް އަދި ޤަވާއިދެއްވިޔަސް ނެތްއިރު، މިފަދަ މައްސަލަތަކުގައި ޢާންމު
ގޮތެއްގައި ޝަރީޢަތުން ޢަމަލުކުރެވެނީ އެފައިސާ ދެއްކާނެ ގޮތަކާއި މިންވަރަކާމެދު އެންމެ ފުރަތަމަ
ދެފަރާތުން އެއްބަސްވާ ގޮތެއް އޮތްތޯ ބެލުންކަމާއި އެގޮތަށް ދެފަރާތަށް އެއްބަސްވެވޭ ގޮތެއް އޮވެއްޖެނަމަ
އެގޮތެއްގެ މައްޗަށް ޝަރީޢަތުން މައްސަލަ ނިންމާކަމާއި، އަދި އެދެފަރާތުން ވަކިގޮތަކަށް
އެއްބަސްނުވެވިއްޖެނަމަ އެދެފަރާތުން ހުށަހަޅާ ހުށަހެޅުންތަކާއި ކަންތައްތަކަށް ޝަރީޢަތުން ރިޢާޔަތްކޮށް،
އެކަމުގައި ޝަރީޢަތަށް ފެންނަ އެންމެ
ނިންމަމުންދާކަން މިފަދަ
ކަންކަމުގައި ދިވެހިރާއްޖޭގެ މަދަނީ ޝަރުޢީ ނިޒާމުގައި ޢަމަލުކުރަމުންދާ ގޮތަށް ބެލުމުން އެނގޭއިރު،
މިމައްސަލައިގައި ސާބިތުވެފައިވާ ފައިސާ ދެއްކުމަށް ހޯކްސްގެ ފަރާތުން އެއްބަސްވެފައިވަނީ ކޮންމެ މަހަކު
US
$
10,000.00 އާއި 15,000.00$US އާ ދެމެދުގެ ޢަދަދެއްގެ ފައިސާ ކަނޑައެޅުން
ކަމުގައިވީނަމަވެސް އެކަމަށް ވީއައިބީގެ ފަރާތުން އިންކާރުކޮށްފައިނުވާކަން އެނގޭކަމާއި، ޝަރީޢަތަށް
ސާބިތުވާން އޮންނަ ފައިސާގެ ޖުމްލަ ޢަދަދު ދައްކަންޖެހޭ ގޮތެއް އަދި އެފައިސާ ދައްކާ ޚަލާސްކުރާނެ
މިންގަނޑު ކަނޑައެޅުމުގެ ބާރަކީ، ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރޭގައިވާ ކަމެއްކަމާއި، އަދި
މައްސަލައެއްގައި ޝަރީޢަތަށް ހުށަހެޅޭ ކަންކަން ވަޒަންކުރުމަށްފަހު މައްސަލަ ބައްލަވާ ފަނލިޔާއަކަށްވީ
ލިބިފައިވާ ތަޤްދީރީބާރުގެ ދަށުން ކަނޑައެޅޭ ކަންކަމަކީ އެ ކަންކަމުގެ މައްޗަށް އި
"ރަޤާބާ" އިން ބޭރުގައި
ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކަސް(02/0
ކނތއތކއް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
19
2016/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
30/SC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާތީ، އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާގައި
ފައިސާ ދެއްކުމަށް ކަނޑައަޅުއްވާފައިވާ މިންވަރާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް
ބެލެވެން ނެތްކަމެވެ.
(އ) އަށްވަނަ ކަމަކީ: ޖީއައިބީގެ ނަންބަރު 20978 އިންވޮއިސްގެ ދަށުން އެކުންފުންޏަށް
ހޯކްސްއިން ދައްކަންޖެހޭ ޢަދަދަކީ 747,319.27$US (ހަތްލައްކަ ސާޅީސް ހަތްހާސް ތިންސަތޭކަ ނަވާރަ
އެމެރިކާ ޑޮލަރު ހަތާވީސް ސެންޓް) ކަމާއި އެޢަދަދުގެ ތެރެއިން ދެފަހަރެއްގެ މަތިން ހޯކްސްއިން
US
$
52,289.27 (ފަންސާސްދެހާސް ދުއިސައްތަ އައްޑިހަނުވަ ޔޫއެސްޑޮލަރ ހަތާވީސް ސެންޓް)
ދައްކާފައިވާކަމާއި، އެހެންކަމުން އެފަރާތުން ދައްކަންޖެހި ނުދައްކައި އޮންނަ ޢަދަދަކީ 695,030$US
(ހަލައްކަ ނުވަދިހަ ފަސްހާސް ތިރީސް އެމެރިކާ ޑޮލަރު) ކަން އެއިންވޮއިސްއާ ގުޅިގެން ފައިސާ
ދައްކަންޖެހޭ ގޮތް ހިސާބުކޮށް ޖީއައިބީގެ ފަރާތުން 16 ޑިސެމްބަރ 2015 ގައި ޝަރީޢަތަށް ހުށަހަޅާފައިވާ
ލިޔުމަށް ބެލުމުން އެނގޭކަމާއި އަދި ހަމައެފަދައިން މިދެފަރާތުގެ ދެމެދު 30 އެޕްރީލް 2015 ގައި
ސޮއިކޮށްފައިވާ އެއްބަސްވުމަށް ބެލުމުންވެސް ހޯކްސްގެ ފަރާތުން ޖީއައިބީއަށް ދައްކަންޖެހޭ
ގޮތުގައި ބަޔާންކޮށްފައިވަނީ އިސްވެ ބުނެވުނު ޢަދަދުކަން އެނގޭއިރު، 27 ޑިސެމްބަރ 2015 ގައި
ޖީއައިބީގެ ފަރާތުން ހުށަހަޅާފައިވާ ބަޔާނުގައި ހޯކްސްގެ ފަރާތުން ދައްކަންޖެހި ނުދައްކައިވާ ޢަދަދެއްގެ
ގޮތުގައި ބަޔާންކޮށްފައިވަނީ 685,030.00$US (ހަލައްކަ އައްޑިހަފަސްހާސް ތިރީސް ޔޫއެސް ޑޮލަރ)
ކަމާއި، އަދި އެއިންވޮއިސްގެ ދަށުން ޖޫރިމަނާގެ ގޮތުގައި %2 އަށް 169,198.77$US (އެއްލައްކަ
ފަސްދޮޅަސްނުވަހާސް އެއްސަތޭކަ ނުވަދިހަ އަށެއް ޔޫއެސްޑޮލަރ ހަތްދިހަހަތް ސެންޓް) އަރާފައިވާ ކަމާއި،
އަދި އެއިންވޮއިސްއަށް ފައިސާ ނުދެއްކުމުގެ ސަބަބުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި %20 އަށް
US
$
149,463.85 (އެއްލައްކަ ސާޅީސްނުވަހާސް ހަތަރުސަތޭކަ ފަސްދޮޅަސްތިނެއް
އައްޑިހަފަސް ސެންޓް) ކަމާއި، މިމައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔަ ދުވަސްވަރުވެސް
ދ ގ 02
4
ای کرکر کے
x 8:
ޚައިކް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20
2016/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހޯކްސްގެ ފަރާތުން ފައިސާ ދައްކަމުން ދިޔަ ކަމާއި، އަދި މި މައްސަލަ ޝަރީޢަތުން ނިމުނު ފަހުންވެސް
ޖީއައިބީއަށް ހޯކްސްގެ ފަރާތުން ފައިސާ ދައްކަމުން ގެންދާކަމަށް މިމައްސަލައިގައި ހިމެނޭ ދެފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، މިގޮތުން 30 ޖުލައި 2018 އަށް
ޖީއައިބީއަށް ހޯކްސްގެ ފަރާތުން ދައްކަންޖެހި ނުދައްކައި އޮތް ޢަދަދަކީ 435,349.00$US (ހަތަރުލައްކަ
ތިރީސްފަސްހާސް ތިންސަތޭކަ ސާޅީސްނުވައެއް ޔޫއެސްޑޮލަރ) ކަން ހޯކްސްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ލިޔުމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ވ) ނުވަވަނަ ކަމަކީ: މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ތެލުގެ މުޢާމަލާތުގައި ހިމެނޭ
ނަންބަރު 20978 އިންވޮއިސްއަކީ ހޯކްސްގެ ފަރާތުން ޤަބޫލުކޮށްފައިވާ އިންވޮއިސްއެއް ކަމަށްވެފައި
އެއިންވޮއިސްގައި ބަޔާންކޮށްފައިވާ ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ކަމާއި، އެއިންވޮއިސްއަށް
ދައްކަންޖެހޭ ފައިސާ، އެފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދައްކައި ލަސްވާ ކޮންމެ މަހަކަށް ނުދައްކައި
އޮންނަ ފައިސާގެ އަދަދުގެ %2 (ދޭއް) ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު،
އެފައިސާއާއި، މިމުޢާމަލާތާގުޅޭ ގޮތުން މިދެފަރާތުގެ ދެމެދުގައި ޢަމަލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ
ޖީއައިބީގެ ޖެނެރަލް ޓާމްސް އެންޑް ކޮންޑިޝަންސް (12 މާޗް 2014) ގެ ދަށުން ފައިސާ ދައްކަންޖެހި
ނުދައްކައި އޮންނަ ޢަދަދުގެ %20 (ވިހި) ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި، އަދި
މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި އިދާރީ ފީގެ ގޮތުގައި -/250$US (ދުއިސައްތަ
ފަންސާސް) ނެގޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެފައިސާ ނުހިމަނައި، ޖީއައިބީއަށް ހޯކްސްއިން
ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް
އެހެންކަމުން އިސްވެބަޔާންކުރެވުނު ގޮތުގެމަތިން ދައްކަންޖެހޭ ފައިސާއަކީ ޖީއައިބީއަށް ހޯކްސްގެ
ދައްކަންޖެހޭ ފައިސާކަމަށް ކަނޑައެޅުމަށާއި،
ރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
21
2{16/HC-A/181
2& ,
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޖީއައިބީގެ ޤާނޫނީ ވަކީލު ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯކްސްގެ ފަރާތުން ދައްކަން
އެއްބަސްވެފައިވީނަމަވެސް، ޖީއައިބީގެ ޤާނޫނީ ވަކީލަށް ފީގެ ގޮތުގައި ދައްކަން އެއްބަސްވެފައިވާ ފައިސާގެ
މިންވަރު ސާބިތުކޮށްދެވޭފަދަ ހެއްކެއް ހުށަހެޅިފައިނުވާތީ އެފައިސާ މިވަގުތު ނަގައިދެވެން ނެތްކަމަށް
ކަނޑައެޅުމަށާއި،
އަދި ތެޔޮ ގަތުމަށް ފޮނުވި އޯޑަރ ކެންސަލް ކުރުމުގެ ސަބަބުން ޖީއައިބީއަށް ލިބިފައިވާ
ގެއްލުމުގެ ބަދަލުގެ ގޮތުގައި (ކެންސަލޭޝަން ފީގެ ގޮތުގައި) ހޯދުމަށް އެދިފައިވާ ފައިސާއަކީ، މިދެފަރާތުގެ
ދެމެދުގައި ކުރެވިފައިވާ މުޢާމަލާތުގެ ދަށުން ހޯކްސްގެ ފަރާތުން ޖީއައިބީއަށް ދައްކަންޖެހޭ ފައިސާއެއް
ތޯއާއި އެފައިސާގެ މިންވަރާއި ފައިސާ ދައްކަންޖެހޭ ގޮތް މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާ
ހުށަހެޅުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ދަށު ކޯޓުން އަލުން ބައްލަވައި ގޮތެއް
ނިންމެވުމަށާއި، އަދި ޑީއައިބީން ހޯކްސްއަށް ފޮނުވާފައިވާ ނަންބަރު 20978 އިންވޮއިސްއަށް ދައްކަންޖެހޭ
ފައިސާ، އެފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ކޮންމެ މަހަކު
ދައްކަންޖެހޭ ނުދައްކައި އޮންނަ އަދަދުގެ %2 (ދޭއް) އަށްވާ ފައިސާގެ މިންވަރާއި، މިދެފަރާތުގެ
ދެމެދުގައި ޢަމަލުކުރުމަށް އެއްބަސްވެފައިވާ ޖީއައިބީގެ ޖެނެރަލް ޓާމްސް އެންޑް ކޮންޑިޝަންސް (12 މާޗް
2014) ގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖީއައިބީއަށް ހޯކްސްއިން ދައްކަންޖެހި ނުދައްކައި އޮންނަ
ފައިސާގެ ޢަދަދުގެ %20 (ވިހި) އަށްވާ ފައިސާގެ މިންވަރާއި އެފައިސާ ދައްކާނެ ގޮތާއި މުއްދަތު
ކަނޑައަޅައި ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭކަމަށް ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންނަށް ޤަބޫލުކުރެވޭތީ، މިމައްސަލައިގެ ދަޢުވާގައި ހިމެނޭ އިސްވެ ބަޔާންކުރެވުނު ބައިތައް
ބަޔާންކޮށްފައިވާ ގޮތުގެމަތިން ބައްލަވައި ފައިސަލާކުރަނިވި ޙުކުމެއް ކުރެއްވުމަށްޓަކައި ޤާނޫނު ނަންބަ
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) 46 ވަނަ މާއްދާގެ (ށ) ދަށުން
ތަޙްވީލްކުރުމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
ހު
މައިކޯޓް
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{016/HC-A/181
2
4
0 ދ ތ
އަހސކރވނ
މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް
އެއްބަސްވެވުނީ ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1912 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ކަމަށެވެ.
092
94
ހ2 3
34
3
ބަނކުރވާން
ކަންކަން އެގޮތަށް
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި
ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1912 ޤަޟިއްޔާގައި ޖީއައިބީގެ ނަންބަރު 20978
އިންވޮއިސްއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކައިވާ ކަމަށް ކަނޑައަޅުއްވާފައިވާ
US
$
665,030.00 (ހަލައްކަ ފަސްދޮޅަސްފަސްހާސް ތިރީސް ޔޫއެސްޑޮލަރ) ގެ ތެރެއަށް މައްސަލައިގެ
އިދާރީ ފީގެ ގޮތުގައި ދެއްކުމަށް އެއްބަސްވެފައިވާ -/250$US (ދުއިސައްތަ ފަންސާސް ޔޫއެސް ޑޮލަރ)
އިތުރުކުރުމުން ޖީއައިބީއަށް ހޯކްސްގެ
ފަރާތުން އެކުޖުމްލަ 665,280.00$US (ހަލައްކަ
ފަސްދޮޅަސްފަސްހާސް ދުއިސައްތަ އައްޑިހަ ޔޫއެސްޑޮލަރ) ދައްކަންޖެހޭކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް
ކަނޑައަޅައި، އެފައިސާ ދެއްކުމަށް ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ސިވިލް
ކޯޓަށް ދައްކައި މިދަރަނި ޚަލާޞްކުރުމަށް މިމައްސަލައިގައި އިސްތިއުނާފުރައްދުވާ ދަހޯކްސް ޕްރައިވެޓް
ލިމިޓެޑަށް އަންގައި، މި މައްސަލައިގެ ދަޢުވާގައި ހިމެނޭ ޖީއައިބީގެ ޤާނޫނީ ވަކީލުގެ ފީއާގުޅޭ ގޮތުން
އެފަރާތާއި އެފަރާތުގެ ވަކީލާ ދެމެދު އެއްބަސްވެފައިވާ ގޮތް ޝަރީޢަތަށް ސާބިތުކޮށް ދެވިފައިނުވާތީ
އެފަރާތުގެ ޤާނޫނީ ވަކީލުގެ ފީ، ހޯކްސްގެ އަތުން ޖީއައިބީއަށް ދެއްކުމަށް ޝަރީޢަތުން އަންގާނެ ތަނެއް
މިވަގުތު ނެތްކަމަށް ކަނޑައަޅައި، މި މައްސަލައިގެ ދަޢުވާގައި ޖީއައިބީގެ ނަންބަރު 21829 އިންވޮއިސްގެ
ދަށުން ހޯކްސްއިން ކޮށްފައިވާ އޯޑަރ ކެންސަލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ރޯޑް
އެދިފައިވާ ފައިސާއާއި، ޖީއައިބީން ހޯކްސްއަށް ފޮނުވާފައިވާ ނަންބަރު 20978
ނުދެއްކުމުގެ ސަބަބުން މިދެފަރާތުގެ ދެމެދުގައި މިމުޢާމަލާތާގުޅިގެން ޢަމަލުކުރުމަށް އެއްބަލްވެފައިވާނެ
OX
x 0
198
*
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23
e 2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/181
ޖީއައިބީގެ ޖެނެރަލް ޓާމްސް އެންޑް ކޮންޑިޝަންސް (12 މާޗް 2014) ގެ ދަށުން ގެއްލުމުގެ ބަދަލުގެ
ގޮތުގައި ދައްކަންޖެހޭ %20 (ވިހި ޕަސެންޓް) އާއި، ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުގެ
ސަބަބުން ޖޫރިމަނާގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ %2 (ދޭއް ޕަސެންޓް) އަށްވާ ފައިސާގެ
ޢަދަދާއި މިންވަރު، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް، ބައްލަވައި ފައިސަލާކުރަނިވި
ޙުކުމެއް ކުރެއްވުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) 46 ވަނަ
މާއްދާގެ (ށ) ދަށުން އެބައިތައް ސިވިލް ކޯޓަށް ތަޙްވީލްކޮށް، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ވީހިރާއްޖޭގެ އި
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv