ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/254 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/254
A/
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އިން )
· · 4
s
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 254/HC
-
A/2015
އިސްތިއުނާފު ކުރި ފަރާތް:
* ނަން: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 0462
/
2012-C
މިހާރުގެ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ/ މާލެ
އެޑްރެސް: ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ/ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙަސަން ޒަރީރު
އައި.ޑީ ކާޑު ނަންބަރު: A021574
* ދާއިމީ އެޑްރެސް: ޝީނާޒް! ސ.ހިތަދޫ
މިހާރުގެ އެޑްރެސް: ޝީނާޒް/ ސ.ހިތަދޫ
:
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 ރަމަޝާން 1436
06 ޖުލައި 2015
ނިމުނު ތާރީޚް: 02 ޞަފަރު 1439
22 އޮކްޓޯބަރ 2017
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/S2C/212
• ނިންމެވި ކޯޓު: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: ބަދަލުހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 04 މެއި 2014
• ޤަޟިއްޔާ ނިމުނު ތާރީޚް: 03 ސެޕްޓެމްބަރ 2014
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
އިސްފަނޑިޔާރު ޢަބްދު
(ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2015/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
OU OO
02
xތތ
މިއީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/S2C/212 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ނޫންކަމަށް
އެ ޤަޟިއްޔާ
އިސްތިޢު
ތިއުނާފުކޮށްދިނުމަށް އެދި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ސ.ހިތަދޫ : ޝީނާޒް ޙަސަން ޒަރީރުއެވެ.
ފާހަގަކުރެވުނު ނުކުތާތައް
2
ou oo
1. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/S2C/212 ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02c 0 0
2. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/S2C/212 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސ.ހިތަދޫ ޕަވަރޕާކް ރެސްޓޯރަންޓްއަށް ކަރަންޓުގެ
ޚިދުމަތް ދިނުމަށް އަޅާފައިވާ ތްރީފޭސް ކޭބަލްގެ އެކިތަންތަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން
މަގުކޮނުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހްމާލުން ހަލާކުވުމާއި ގުޅިގެން އާކޭބަލެއް އަޅައި ދިނުމަށް
އެދުމުން އާކޭބަލެއް އަޅާފައިނުވާތީ، އާކޭބަލެއް އެޅުމަށްފަހު ވީއެންމެ އަވަސް ފުރުޞަތެއްގައި ކަރަންޓްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2015/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OXO
2
20 ދ ތތ ހތ
شروع ترسره ی
ޚިދުމަތް ހޯދުމަށް އެދި ސ.ހިތަދޫ ޕަވަރޕާކް ރެސްޓޯރެންޓްގެ ވެރިފަރާތް ކަމުގައިވާ ސ.ހިތަދޫ ޝީނާޒް
ޙަސަން ޒަރީރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މައްސަލައެކެވެ.
3. މި މައްސަލައާ ގުޅިގެން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/S2C/212
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ،
އިސްވެދިޔަ ފާހަގަ ކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ބެލުމަށްފަހު، ސ.ހިތަދޫ ޕަވަރޕާކް ރެސްޓޯރަ
ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ދަޢުވާކުރާ ޙަސަން ޒަރީރުގެ އަމިއްލަ ޚަރަދުގައި ގަނެ އަމިއްލަ ޚަރަދުގައި
އަޅާފައިވާ ތްރީފޭސް ކޭބަލުގެ އެކިތަންތަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މަގުކޮނުމުގައި ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުން ހަލާކުވުމާއި ގުޅިގެން އާކޭބަލެއް އަޅައި ދިނުމަށް އެދުމުން މިއަދާއި
ހަމައަށްވެސް އާކޭބަލެއް އަޅާފައި ނުވާކަމަށްބުނެ އާކޭބަލެއް އެޅުމަށްފަހު ވީއެންމެ އަވަސް ފުރުޞަތެއްގައި
ކުރަންޓުގެ ޚިދުމަތް ލިބިގަތުމަށް އެދި ސ.ހިތަދޫ ޕަވަރޕާކް ރެސްޓޯރެންޓްގެ ވެރިފަރާތް ކަމުގައިވާ ސ.ހިތަދޫ
ޝީނާޒް ޙަސަން ޒަރީރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މިމައްސަލާގައި،
ސ.ހިތަދޫ ޝީނާޒް ޙަސަން ޒަރީރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސ.ހިތަދޫ ޕަވަރޕަކުން
ކަރަންޓްގެ ޚިދުމަތް ކެނޑިފައިވަނީ، ޕަވަރޕާކަށް ކަރަންޓްގެ ޚިދުމަތް ދިނުމަށްޓަކައި ބިމުގެ ވަޅުލައިގެން
އަޅާފައިވާ ތާރީފޭސް ކޭބަލަށް ލިބުނު ގެއްލުމުގެ ސަބަބުންކަން ދެފަރާތުގެ ބަހުން އެނގޭކަމާއި 2014
ފެބްރުއަރީ 15 ވަނަ ދުވަހު މިކޭބަލް ވަޅުލާފައިވާ ކޯރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ކޮނެފައިވާކަން
ދަޢުވާލިބޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބަހުން ޝަރީޢަތަށް އެނގޭތީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން
ހުށަހަޅާފައިވާ އެކުންފުނީގެ "ކަރަންޓުގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދު"ގެ 6.3.4 ވަނަ ނަންބަރަށް
ރިޢާޔަތްކޮށް، އަދި އެނަމްބަރުގައި ބަޔާންކުރާ "މަރާމާތުކުރުން" މިބަސް މިޤަޟިއްޔާގެ ބޭނުމަށް ޝަރީޢަތުން
މާނަކުރި ގޮތުގެ މައްޗަށް ބުރަވެ، ސ.ހިތަދޫ ޝީނާޒް ޙަސަން ޒަރީރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ސ
ހިތަދޫ ޕަވަރޕާކް އަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ޙަސަން ޒަރީރުގެ އަމިއްލަ ޚަރަދުގައި އަޅާފައިވާ ތްރީފޭސް
ކޭބަލްގެ ބަދަލުގައި ދަޢުވާލިބޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އާ ތްރީފޭސްކޭބަލެއް އަޅައި ގަތުމަކީ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{15/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފެށިގެން 20 (ވިހި) ދުވަހުގެ މުއްދަތު ތެރޭގައި ސ.ހިތަދޫ ޕަވަޕާކްއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް
ދަޢުވާލިބޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގައި މިގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ" މިފަދައިންނެވެ.
4. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/S2C/212 ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން 03
(ތިނެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފް ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ، އިސްތިއުނާފު
ރައްދުވާ ފަރާތުގެ އަމިއްލަ ޚަރަދުގައި ގަނެ، އަމިއްލަ ޚަރަދުގައި އަޅާފައިވާ ތްރީ ފޭސް ކޭބަލް ފެނަކަ
ކޯޕަރޭޝަން ލިމިޓެޑްގެ އިހުމާލުން (މަގު ކޮނުމުގައި) އެކި ތަންތަނުން ޙަލާކުވެފައިވާކަމަށް އެ ފަރާތުން ދެކޭތީ
އެކޭބަލް ބަދަލުކޮށް އައު ކޭބަލެއް އަޅައި އެ ކޭބަލުން ކަރަންޓް ޚިދުމަތް ދިނުމަށް އެދި ހުށަހެޅި މައްސަލައެއް
ކަމަށްވާއިރު، މަގު ކޮނުމަކީ ފެނަކަ ކޯޕަރޭޝަނުން ކުރާ ކަމަކަށް ނުވާތީއާއި، މަގު ކޮނުމުގެ ތެރޭގައި
ލިބިފައިވާ ގެއްލުމެއް ކަމަށްވާނަމަ އެ ގެއްލުމަކާ ގުޅިގެން އުފުލާ ދަޢުވާއެއް އުފުލަންޖެހޭނީ
ޖެހޭނީ މަގު ކޮނުމުގައި އެ
އިހުމާލެއް ވެފައިވާ ފަރާތުގެ މައްޗަށް ކަމަށާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާ ނުއުފުލޭނެކަމަށް
އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އިޖުރާޢީގޮތުން އިޢުތިރާޟުކޮށްފައިވަނިކޮށް އެމައްސަލާގައި ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގެ
މައްޗަށް ދަޢުވާ އުފުލޭނެ ކަމަށް ކަނޑައަޅުއްވައި މައްސަލަ ކުރިއަށް
ގެންދަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
404
• ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައިވަނީ
އިސްތިއުނާފުކުރާ ފަރާތުގެ އިހުމާލުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާކަމަށް އެފަރާތުން މިދެކޭ
ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކަމަށްވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އަޅާފަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
2015/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގެއްލުންވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެއްވެސް އިހުމާލެއް އޮތްކަން އެނގޭފަދަ އެއްވެސް ހެއްކެއް
އަދި ޤަރީނާއެއްވިޔަސް ހުށަހެޅިފައިނުވަނީސް، އެކްބަލަށް ގެއްލުން ވެފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ
އިހުމާލުން ކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އެފަރާތުގެ
އަމިއްލަ ޚަރަދުގައި އަޅާފައިވާ ކޭބަލަކަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިހުމާލުން ގެއްލުން ވެފައިވާކަމަށް
ބަޔާންކޮށް އެ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށްވާތީ، އެއްފަރާތެއްގެ އިހުމާލު
(Negligence) ގެ ސަބަބުން އަނެއް ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދިވެހިރާއްޖޭގެ ކޯޓު
ތަކުގައި އިސްތިޤުރާރުވެފައިވާ އަދި މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައިވެސް ޢަމަލުކޮށްއުޅޭ
އުޞޫލުތަކާގުޅޭގޮތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށާއި އުޞޫލުތަކަށް ރިޢާޔަތްކުރެއްވުމެއް ނެތި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
22 422
ނިކުeއވެ
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި އައްޑުއަތޮ
އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/S2C/212 ޤަޟިއްޔާ ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
މަށްބުނެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
02 0 0
(ހ) ފުރަތަމަ ކަމަކީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/S2C/212
ޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާއަކީ ޙަސަން ޒަރީރު އޭނާގެ އަމިއްލަ ޚަރަދުގައި ގަނެ އަމިއްލަ ޚަރަދުގައި
އަޅާފައިވާ ތްރީފޭސް ކޭބަލް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުން އެކިތަންތަނުން ޙަލާކުމެފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2015/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބުނެ، އެ ކޭބަލް ބަދަލުކޮށް އައު ކޭބަލެއް އަޅައި އެކޭބަލުން ކަރަންޓުގެ ޚިދުމަތް ދިނުމަށް އެދި ހުށަހެޅި
މައްސަލައަކަށްވާއިރު، ޙަސަން ޒަރީރު ފާހަގަކުރި ފަދައިން މަގުކޮނުމުގެ މަސައްކަތް ކޮށްފައިވަނީ ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ނޫންކަމަށާއި، އެހެންކަމުން އެކޭބަލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް
އެކޯޕަރޭޝަނުގެ މައްޗަށް ދަޢުވާނުކުރެވޭނެ ކަމަށް ބުނެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ފާހަގަކުރި
ނުކުތާގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާއިރު،
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޯރެއް ކޮންނަންޖެހިއްޖެ ހިނދެއްގައި ދެފަރާތުގެ ދެމެދުގައި
ޢަމަލުކުރެވޭ އެއްބަސްވުމެއްގެ ދަށުން އެކޯރެއް ކޮނެދެނީ ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ކަމަށާއި، އެގޮތުން ޙަސަން ޒަރީރުގެ އަފިރިން ކެފޭއިން ކަރަންޓު ދިއުމާ ގުޅިގެން،
އެމައްސަލަ ޙައްލުކުރުމުގެ ގޮތުން ޑިސްޓްރިބިއުޝަން ފޮށިން އަފިރިން ކެފޭއަށް އަޅާފައިވާ ކޭބަލް ވަޅުލާފައިވާ
ކޯރު ކޮނެފައިވަނީވެސް ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަމަށާއި، ފެނަކަ
ކޯޕަރޭޝަނާއި ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދިފައިވާ އެއްބަސްވުމުގައި
ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މަގުކޮނުމުގައި އެފަރާތުގެ އިހުމާލުން ލިބޭ
ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފަރާތުންކަމަށް ބަޔާންކޮށްފައިވާނެކަމަށް ބުނެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ފެނަކަ ކޯޕަރޭޝަނާއި ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދިފައިވާ އެއެއްބަސްވުމަށް ބަލާއިރު،
އެއެއްބަސްވުމުގެ 8.7 ވަނަ މާއްދާގައި، "މަގުމަތި ކޮންނަމުންދާއިރު ވަޅުލެވިފައިވާ ފެންހޮޅި، ފާހާނާ
ހޮޅި، ފޯން ކޭބަލް، ކަރަންޓް ކޭބަލް، ޑިސްޓްރިބިއުޝަން ފޮށީގެ މޫނުމަތީ ގާ، ޓީވީ ކޭބަލްފަދަ އެއްޗަކަށް
ހަލާކުވެއްޖެނަމަ އެއެއްޗެއް ރަނގަޅު ކޮށްދިނުމުގެ ހުރިހާ ޒިންމާއެއް އުފުލަންވާނެއެވެ. ކަރަންޓް
ކޭބަލްގައި ފޯލްޓެއް ހުއްޓަސް ހަމަވަގުތުން އެކަންނޭނގި ހިނގައިދާނެއެވެ. ވީމާ، އެކޯރެއް ކޮނުނުފަހުން
އެހެންކަމަކު އެތަންނުކޮނެ 60 ދުވަހުގެ ތެރޭގައި އެކޯރެއްގެ ތެރޭގައިވާ ކަރަންޓް ކޭބަލަށް މައްސަލަޖެހި،
ކޮނެބަލާއިރު އެއީ އެތަން އެންމެފަހުން ކޮނުނު ފަރާތުގެ އިހްމާލެއް އޮވެގެން ޖެހުނު މައްސަ
04 0 0
ހައިކޯ
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
2{15/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 0 2 0 0
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާއިރު ދިވެހިރާއްޖޭގެ
އެނގިއްޖެނަމަ އެތަން ހޯދުމަށް ކޮނުނު ކޮނުމާއި ކޭބަލް މަރާމާތު ކުރުމަށް ދިޔަ ޚަރަދު މިކުންފުންޏަށް
ދައްކަންވާނެއެވެ..." މިފަދައިން ބަޔާންކޮށްފައިވާކަމުން، ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން މަގު ކޮންނަމުންދާއިރު ލިބޭ ގެއްލުމަކާ ގުޅިގެން އެކުންފުނިން ޒިންމާ އުފުލަންޖެހޭނީ އަދި
އެގެއްލުމެއްގެ ބަދަލު ދޭންޖެހެނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށްކަމާއި، އަދި އެއެއްބަސްވުމުގެ ދަށުން ދާގަނޑު
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކަކީ ފެނަކަ ކޯޕަރޭޝަނުގެ
މަސައްކަތްތަކެއްކަން އެއެއްބަސްވުމަށް ބެލުމުން ސާފުކޮށް އެނގޭކަމުން، ޙަސަން ޒަރީރު އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެދަޢުވާއަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ކުރެވޭނެ ދަޢުވާއެއްކަން
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވޭކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައިވަނީ
އިސްތިއުނާފުކުރާ ފަރާތުގެ އިހުމާލުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާކަމަށް އެފަރާތުން ދެކޭ
ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކަމަށްވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އަޅާފައިވާ ކޭބަލަށް
ގެއްލުންވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެއްވެސް އިހުމާލެއް އޮތްކަން އެނގޭފަދަ އެއްވެސް ހެއްކެއް
އަދި ޤަރީނާއެއްވިޔަސް ހުށަހެޅިފައިނުވަނީސް، އެކެބަލަށް ގެއްލުން ވެފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ
އިހުމާލުން ކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، އެނުކުތާގެ ތަފްޞީލުގައި ދަށު ކޯޓުން
ނިންމެވި މައްސަލައިގެ ޙުކުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަރަންޓުގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދުގެ
6.3.4 ވަނަ މާއްދާގައި ކޭބަލް މަރާމާތު ކޮށްދޭންޖެހޭނެ ކަމަށް ބުނެފައި އޮތުމުގެ މާނައަކީ ކުޑަ ގެއްލުމެއް
ނަމަ މަރާމާތުކޮށްދިނުން ކަމާއި ބޮޑު ގެއްލުމެއްނަމަ ކޭބަލް ބަދަލުކޮށްދިނުން ކަމަށް މާނަކުރައްވާފައިވީނަމަވެސް
އެމާއްދާގައި ބަޔާންކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އަޅާފައި ހުންނަ ކޭބަލްތަކަށް ލިބޭ ގެއްލުމުގެ
ވާހަކަ ކަމަށާއި، އެއްވެސް ޙާލެއްގައި އަމިއްލަ ފަރާތްތަކުން އަޅާފައި ހުންނަ ކޭބަލްގެ ވާހަކަ ނޫންކަމަށް ބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2015/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޭބަލަކަށް
2
0
0x ދ ތރު
އެނގެންއޮންނަކަމާއި،
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ކަރަންޓްގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދު 2014 ގެ 6.3 ވަނަ
މާއްދާއަކީ ކޭބަލް މަރާމާތު ކުރުމާއި ބަދަލުކުރުމާބެހޭ މާއްދާކަމާއި، އެމާއްދާގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން
ގަނެފައިވާ ކޭބަލަކަށް ގެއްލުން ލިބޭ ހާލަތުގައި ޢަމަލުކުރަންޖެހޭނެ ގޮތާއި އަމިއްލަ ފަރާތަކުން އަޅާފައިވާ
ގެއްލުމެއް ލިބިއްޖެނަމަ ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާކަން އެމާއްދާއަށް ބެލުމުން
އެގޮތުން އެމާއްދާގެ 6.3.1 އާއި 6.3.2 އަށް ބަލާއިރު، ސަބްސްޓޭޝަނަކަށް ނުވަތަ
ޑިސްޓްރިބިއުޝަން ފޮށްޓަކުން އެޤަވާއިދުގެ 3.1.1 ގައި ބަޔާންކުރާ ތަނަކަށް ކަރަންޓު ދިނުމަށް އެކުންފުނިން
ގަނެފައިވާ ކޭބަލަކަށް ބައެއްގެ އިހުމާލުން ނޫންގޮތަކަށް 24 މަސްދުވަހުގެ ތެރޭގައި ގެއްލުމެއް ލިބިއްޖެނަމަ
އެކަމަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރާނީ އެކުންފުނިންކަމަށާއި، 24 މަސްދުވަސް
ފަހުންނަމަ އެކޭބަލެއް މަރާމާތު ކުރުމާއި ބަދަލުކުރުމުގެ ޒިންމާ އުފުލާނީ މަސްޢޫލުވެރި ފަރާތުން ކަމަށް
ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ 6.3.3 އަދި 6.3.4 ގައި، ގެއްލުން ލިބުނު ކޭބަލަކީ މަސްޢޫލުވެރި
ފަރާތުން އަމިއްލައަށް އަޅާފައިވާ ކޭބަލަކަށް ވެފައި އަދި އެކޭބަލް އޮތް ކޯރު ނުކޮނެ 6 މަސްދުވަސް ފަހުން
އެކޭބަލަށް ގެއްލުމެއް ލިބިއްޖެނަމަ ޒިންމާ އުފުލާނީ މަސްޢޫލުވެރި ފަރާތުންކަމަށާއި، ކޭބަލް ހަލާކުވެފައިވަނީ
އެކޯރު ކޮނުނުފަހުން 6 މަސްދުވަސް ނުވަނީސްކަމަށް ވާނަމަ އެކޯރު ކޮނުނު ފަރާތުން ގެއްލުންވެފައިވާ ކޭބަލް
މަރާމާތުކޮށްދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޙަސަން ޒަރީރުގެ
އަފިރިން ކެފޭއިން ކަރަންޓް ކެނޑިފައިވަނީ 24 ފެބްރުއަރީ 2014 ވަނަ ދުވަހުކަމާއި، އެމައްސަލަ
ހައްލުކުރުމަށް، އަފިރިން ކެފޭއަށް ކަރަންޓް ދިނުމަށް އަޅާފައިވާ ކޭބަލް ވަޅުލާފައިވާ ކޯރު ފެނަކަ ކޯޕަރޭޝަން
ލިމިޓެޑުގެ ފަރާތުން ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮނެފައިވަނީ 12 މާރޗް
2014 ވަނަ ދުވަހުކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބަހުން އެނގެންއޮންނައިރު، 24 ފެބްރުއަރީ 2014
ގައި އަފިރިން ކެފޭއިން ކަރަންޓް ކެނޑުމުގެ 09 ދުވަސް ކުރިން، 15 ފެބްރުއަރީ 2014 ވަނަ ދުވަހު ފެނަކަ
ކޯޕަރޭޝަނުން އެކުންފުނީގެ ބޭނުމެއްގައި ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ލައްވައި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2{15/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02 0 0
އަފިރިން ކެފޭއަށް އަޅާފައިވާ ކޭބަލް އޮތް ސަރަޙައްދު ކޮނެފައިވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން
16 ޖުލައި 2014 ވަނަ ދުވަހު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާނުން ސާފުކޮށް
އެނގެންއޮންނަކަމުން، ޙަސަން ޒަރީރު އަމިއްލަ ޚަރަދުގައި އަޅާފައިވާ އެކްބަލަށް ގެއްލުން ލިބިފައިވަނީ ފެނަކަ
ކޯޕަރޭޝަން ލިމިޓެޑްގެ ކަރަންޓްގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދުގެ 6.3.4 ގައި ބުނާ 06 މަސްދުވަސް
ނުވަނީސްކަން ފާހަގަކުރެ
ލިބުނު ގެއްލުން މަރާމާތުކޮށް
ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންކަން ފާހަގަކުރެވޭކަމެވެ.
2c22
/ ހ ކމ 2
202
ގަކުރެވޭކަމާއި،
44
0 ވ02 2&2ތ
އެހެންކަމުން އެކޭބަލަށް
އެތަނަށް ކަރަންޓްގެ
02 0 0
އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/S2C/212 ޤަޟިއްޔާ އިސްތިއުނާފުހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށް ބަލައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ވިޔަސް ސަބަބެއް ފެންނަން ނެތްކަމުގައެވެ.
3
2
33
3 ދވ
ފަހރއށ
.
(ނ) ތިންވަނަ ކަމަކީ، މި ޟިއްޔާގެ ޙުކުމްކުރުމަށްޓަކައި 22 އޮކްޓޯބަރ 2017 ގެ
08:45 އަށް މައްސަލަ ތާވަލު ކުރެވި، ބުނެވުނު ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވުމަށް ފޮނުވުނު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC
-
B4
/
2017
/
593 ކޯޓަށް ޙާޟިރުވުމުގެ އަމުރާ އިސްތިއުނާފުކުރާ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޤާނޫނީ ވަކީލު، ޙަސަން ފަލާޙު ޙަވާލުވުމަށްފަހު، 22 އޮކްޓޯބަރ 2017 ގައި
އޮތް ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވުމުގެ އަމުރުގައިވާ ގަޑިއަށް ޙަސަން ފަލާޙު ދިވެހިރާއްޖޭގެ ހައިކޯޓަށް
ޙާޟިރުވެފައިނުވާތީ، މި ޤާޟިއްޔާގައި ޙުކުމްކޮށްފައިވަނީ އިސްތިއުނާފުކުރާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ
ޣައިރު ޙާޟިރުގައިކަމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހީގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2015/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 2ދ3
x
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ހިތަދޫ
މެޖިސްޓްރޭޓް
ސްޓްރޭޓް ކޯޓުގެ ނަންބަރު 2014/S2C/212 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއް
ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މި
ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv