ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/07 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K07
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 07/HC-I-K/2011
• މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ދަޢުވާ ރައްދުވި ފަރާތް:
* ނަން: މުޙައްމަދު މުޞްތަފާ
ކާޑު ނަންބަރ: A226446
ދާއިމީ އެޑްރެސް: މުމުހު | ހދ. ނޮޅިވަރަމް
މިހާރުގެ އެޑްރެސް: މުމުހު | ހދ. ނޮޅިވަރަމް
*
އައިޑީ
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
* ނިމުނު ތާރީޚް: 17 މާޗް 2011
0
. ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K07
ދަޢުވާގެ ޚުލާޞާ
04c
2 ދތ
099ނ
މިއީ، ހދ.ނޮޅިވަރަމް ކޯޓުގެ ނަންބަރު 2001/B9C/22 ޤަޟިއްޔާއިން ހދ.ނޮޅިވަރަމު
މުމުހު، މުޙައްމަދު މުޞްތަފާގެ މައްޗަށް ޒިނޭކުރުމުގެ ކުށް ސާބިތުވެފައިވަނިކޮށް 5 ފެބްރުއަރީ 2011 ދުވަހު
ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2011އަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް
ކޮމިޝަނަށް މުޙައްމަދު މުޞްތަފާ ހުށަހެޅި ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމްގައި
މީނާއަކީ ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު) ގެ ޤާނޫނުގެ 12ވަނަ މާއްދާގައި
ބުނެފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި އެފޯމުގައިވާ މައުލޫމާތުތަކަކީ ޞައްޙަ މައުލޫމާތުކަމަށް
އިޤުރާރުވެ އިންތިހާބަށް ކުރިމަތިލުމުގެ ގޮތުން ދޮގު މައުލޫމާތު ދިފައިވާތީ ޤާނޫނު ނަންބަރު 11/2008
އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރު އާއި ޙަވާލާދީ އެޤާނޫނުގެ
74ވަނަ މާއްދާގެ (ށ)ގެދަށުން މުޙައްމަދު މުޞްތަފާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން
މުމުން ބެލިފައިވާ އިންތިޚާބީ ކުށުގެ މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
22 22 22
تروما روش
4 22
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާ ހުށަހަޅަމުން ދެއްކި ވާހަކައަށާއި ދައުވާލިބޭ
މުޙައްމަދު މުޞްތަފާގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނަށާއި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ
ސްޕްރީމްކޯޓުގެ ނަންބަރު 06/SC
-
E/2011 ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާއަށާއި ލޯކަލް ކައުންސިލްތަކުގެ
މެންބަރުކަމަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް މުޙައްމަދު މުޞްތަފާ ހުށަހެޅި ފޯމަށް ބަލާއިރު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ލޯކަލް ކައުންސިލް އިންތިޙާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި އިންތިހާބަށް ކުރިމަތިލާ
މީހެއްގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކޮށްފައިވާއިރު އެމާއްދާގެ (ނ) ގައި އަންނަނިވި ޙާލަތުންކުރެ
ޙާލަތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޙާބުގައި ބައިވެރިއެއް ނުވެވޭނެކަމަށް ބުނެފައިވާ
ތެރެއިން އެމާއްދާގެ (ނ) ގެ 4 ވަނަ ނަންބަރު ގައި ވަނީ "އިސްލާމްދީނުގައި ހައްދެއް
ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި
ކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވުން"
ورما کی
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
3
2011/HC-I-K07
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިފަދައިން ކަމާއި މިމާއްދާގައި ވަކި މުއްދަތެއް ނުވަތަ ޒަމާނެއް ތަހްދީދުކޮށް ނުވަތަ ވަކި އަހަރުތަކެއްގެ
ޤާއިދެއްނެތްކަމާއި، ޤާނޫނުގައިވާ އެއްޗެއް ނޭނގުމަކީ ނުވަތަ މައުލޫމާތު ލިބިފައި ނެތުމަކީ ޤާނޫނުގެ
ކުރިމަތީގައި ޢުޒުރެއްނޫންކަން ޤާނޫނީ ގޮތުން ބަލާއިރު އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ތ) މުޙައްމަދު މުޞްތަފާގެ މައްޗަށް ހދ. ނޮޅިވަރަމް ކޯޓުގެ ނަންބަރު 2001/B9C/22
ޤަޟިއްޔާއިން ޒިނޭގެ ކުށް ސާބިތުވެފައިވާކަމާއި އަދި އަދަބުވެސް މުޙައްމަދު މުޞްތަފާއަށް ލިބިފައިވާކަމާއި
އެކަމަށް މުޙައްމަދު މުޞްތަފާ އިންކާރު ނުކުރާކަމާއި ޤާނޫނު ނަންބަރ 10/2010 (ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ އިސްލާމްދިނުގައި
އައްދު ކަނޑައެޅިފައިވާ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމަށް މުޙައްމަދު މުޞްތަފާވުމުން ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް މުޙައްމަދު މުޞްތަފާއަށް އޮތް ޙައްޤަށް ހުރަސް އެޅިފައިވާކަމާއި
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 10/2010
އިން ލާޒިމްކުރާ އެއްވެސް ޝަރުތެއް ފުރިހަމަނުވާ ފަރާތްތަކަށް އެއިންތިޙާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެން
ނުވާނެކަމާއި މުޙައްމަދު މުޞްތަފާއަށް ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު
2011ގައި ބައިވެރިވުމުގެ ޙައްޤު ލިބިގެން ނުވާކަމާއި މިކަންކަން ސްޕްރީމްކޯޓުގެ ނަންބަރު 06/SC
-
E/2011
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާއަށް ބަލާއިރު އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) މުޙައްމަދު މުޞްތަފާ 07 ޑިސެމްބަރ 2010 ދުވަހު އިލެކްޝަންސް ކޮމިޝަނަށް
ހުށަހެޅި ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމުގެ ކެނޑިޑޭޓުގެ އިޤުރާރުގައި
މުޙައްމަދު މުޞްޠަފާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ 10/2010) 12
ވަނަ މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށް އިޤުރާރުވެ ނަންޖަހައި ސޮއިކޮށްފައިވާއިރު މުޙައްމަދު
މުޞްތަފާގެ ކިބާގައި އެމާއްދާގައި ބުނާ ޝަރުޠުތަކުގެ ތެރެއިން އެމާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނާ
ޝަރުޠު ފުރިހަމަ ނުވަނީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއްކަމުގައިވާ ޒިނޭކުރުމުގެ ކުށް
ސާބިތުވެފައި އޮވެގެންކަން އެނގެން އޮތުމުން މުޙައްމަދު މުޞްތަފާ އިލެކްޝަންސް ކޮމިޝަނަށް ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ދީފައިވާ މަޢުލޫމާތަކީ ޞައްޙަ ތެދު މަޢުލޫމާތުކަމަށް ބެލޭނެ
ކުރެވެއެވެ.
އ ހ04 04 ދ ތ
ހަމައެއެނެތެކުން
ފާހަގަކުރެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K07
(ރ) އިސްވެ ބަޔާން ކުރެވުނު ކަންތައް ބަޔާން ކުރެވި ދިޔަ ގޮތުގެ މަތިން ހުރުމުން
މުޙައްމަދު މުޞްތަފާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 އަށް ކުރިމަތިލުމަށް އިލެކްޝަންސް
ކޮމިޝަނަށް ހުށަހެޅި ފޯމުގައި ޙަޤީޤަތާއި ޚިލާފު ދޮގު މަޢުލޫމާތު ދީފައިވާކަން އެނގެން އޮތުމުން
އިންތިޙާބުތަކާއިބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ ކުށުގެ
ޢަމަލު މުޙައްމަދު މުޞްތަފާ ހިންގާފައިވާކަން ސާފުކޮށް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ނުކުތާތަކަށާއި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް
ރިޢާޔަތްކޮށް ހދ. ނޮޅިވަރަމް މުމުހު، މުޙައްމަދު މުސްތަފާގެ މައްޗަށް ހދ. ނޮޅިވަރަމް ކޯޓުގެ ނަންބަރު
2001/B9C/22 ޤަޟިއްޔާއިން ޒިނޭގެ ކުށް ސާބިތުވެފައިވަނިކޮށް 05 ފެބުރުއަރީ 2011 ގައި ބޭއްވުމަށް
ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމުގައި މުޙައްމަދު މުސްތަފާ އަކީ
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި
ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި އެފޯމުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތުކަމަށް
އިޤުރާރުވެ އެފޯމުގައި ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާތީ އިންތިހާބުތަކާއިބެހޭ ޢާންމު
ޤާނޫނު (ޤާނޫނު ނަންބަރ 11/2008) ގެ 74 ވަނަ މާއްދާ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން
އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދިނުމުގެ ކުށް މުޙައްމަދު މުސްތަފާގެ މައްޗަށް
ސާބިތުވާކަމަށް ކަނޑައަޅައި މިކަމުގެ ޢުޤޫބާތެއްގެ ގޮތުގައި އެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ ދަށުން
މުޙައްމަދު މުސްތަފާ -/20000 (ވިހިހާސް) ރުފިޔާއިން ޖޫރިމަނާކޮށް މިފައިސާ މިއަދު (17/3/2011) އިން
ފެށިގެން 1 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް
ދެއްކުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ދައްކާ ހަލާސް ކުރުމަށް މުޙައްމަދު މުސްތަފާއަށް އަންގާ މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
42c 0 0
ކޮކޯ
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme