ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/133 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/133
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 133/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޢިމާދު
އައިޑީ ކާޑު ނަންބަރ: A107823
ވަކީލު: އަޒޫ. އަރީފް އަޙްމަދު ނަޞީރު
އެޑްރެސް: ބ. ތުޅާދޫ އަޒުމު
މިހާރުގެ އެޑްރެސް: މ. ސްޓީލްވިލާ
އިސްތިއުނާފު ރައްދުވި ފަރާތް:
* ދިވެހި ދައުލަތް (ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 08 މެއި 2012 * ނިމުނު ތާރީޚް: 15 މެއި 2012
·
• މައްސަލައިގެ ބާވަތް: ބަންދު އަމުރު
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢައްބާސް ޝަރީފު
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2{012/HC-A/133
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3661(J(MD-145 ކޯޓު އަމުރަކީ ޝަރުޢީ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރުމަށް ތުޅާދޫއަޒުމު
މުޙައްމަދު ޢިމާދު އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މުޙައްމަދު ޢިމާދުގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރު
ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3661(J
(
MD-145 ކޯޓު އަމުރަކީ، މަސްތުވާތަކެތީގެ
ވިޔަފާރިކުރުމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދޫކުރަން
ނުފެންނާތީ އާއި، ދޫކޮށްލައިފިނަމަ މިމައްސަލައާއި ގުޅުންހުރި ހެކިތައް ގެއްލުވާލަން މަސައްކަތްކޮށްފާނެ ކަމަށް
ފެންނާތީ ކަމަށް ވިދާޅުވެ 2012 މެއި 06 ވަނަދުވަހުގެ 15:45 އިން ފެށިގެން 2012 މެއި 21 ވަނަ
ދުވަހުގެ 15:24 ގެ ނިޔަލަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން
ކަނޑައަޅާ ތަނެއްގައި މުޙައްމަދު ޢިމާދު ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެއަމުރުން
އެނގެން އޮވެއެވެ.
cccx
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3661(J(MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
މުޙައްމަދު ޢިމާދުގެ ފަރާތުން ހަތަރު ނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3661(J
(
MD-145 ކޯޓު އަމުރަށާއި، މުޙައްމަދު ޢިމާދުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
~
2012/HC-A/133
3
2 ހ439 44
ހެމަކުރެވޭ
(ހ) 04 މީހަކު މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް
މައްސަލައެއްގައި 2012 މެއި 05 ވަނަ ދުވަހުގެ 16:30 ގައި ނޯތު ހާބަރުން މުޙައްމަދު ޢިމާދު
ހައްޔަރުކުރެވިފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އިންވެސްޓިގޭޝަން ޔުނިޓްގެ ނަންބަރު
TD041283 [ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް“ އިން އެނގެއެވެ.
(ށ) މި މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް
ހުށަހަޅާފައިވާ ނަންބަރު TD041283 ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް” ގައި މައްސަލަ އާއި
ގުޅޭގޮތުން ލިބިފައިވާ ހެކި ނުވަތަ ޤަރީނާގެ ގޮތުގައި "މުޙައްމަދު ޢިމާދު އިތުރު މީހަކާއިއެކު ހިފައިގެން އައިސް
ބާޒާރުމަތީގައި އޮތް ގާޑިއަލަކަށް އެރުވި 02 ޑަބިއަލެއްގެ ތެރެއިން މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ
އެއްޗެއްހުރި 25 ރަބަރު ޕެކެޓް (ބުލެޓް ސައިޒުގެ ފެނިފައިވުން، ބަޔާންކޮށްފައިވީނަމަވެސް އެކަންކަން
މިގޮތުގެ މަތިން ހިނގާފައިވާކަމަށް ބެލެވޭފަދަ ކިތާބީ ނުވަތަ ޝަފަވީ ވިޔަސް ހެއްކެއް
އެކެއް ކްރިމިނަލް ކޯޓަށް
ހުށަހެޅިފައިނުވާކަން މިމައްސަލައާގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކައިން
އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ފެއްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮވެފައި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3661(J(MD-145 ކޯޓު އަމުރުގައި، މުޖްތަމަޢުގެ ހަމަޖެހުމާއި،
ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ދޫކޮށްލަން ނުފެންނާތީއާއި، ދޫކޮށްލައިފިނަމަ މިމައްސަލައާއި ގުޅުންހުރި
4 &
ނުރާއެކު
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/133
ހެކިތައް ގެއްލުވާލަން މަސައްކަތްކޮށްފާނެކަމަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާ މުޙައްމަދު ޢިމާދު
ބަންދުކުރައްވާފައިވީނަމަވެސް، އިޝާރާތްކުރެވުނު ސަބަބުތައް
ތައް އެގޮތަށް ހުރިކަމަށް ދޭހަވާ ހެއްކެއް ކްރިމިނަލް
ކޯޓަށް ހުށަހެޅިފައިނުވާކަން އެނގެން އޮތްއިރު، ކްރިމިނަލް ކޯޓުން މުޙައްމަދު ޢިމާދުގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ރިޢާޔަތް ކުރައްވާފައިވަނީ މިމައްސަލަ އެކޯޓަށް ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
އިންވެސްޓިގޭޓިން އޮފިސަރ ގެ ބަހަށް އެކަނި ކަމަށް ބެލެވެއެވެ.
¢ ¢ ¢
(ނ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ހައްޔަރާއިމެދު ގޮތެއް ނިންމައިދިނުމަށް
ފަނޑިޔާރެއްގެ ކުރިމައްޗަށް މައްސަލަ ހުށަހެޅުމުގެ ކުރިން ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ ޖަދުވަލު (2) ގައި
ބަޔާންކުރެވިފައިވާ ހުވާ ފަނޑިޔާރު ލައިދިނުމުން އެމައްސަލައެއް ތަޙްޤީޤުކުރާ މީހާ ފަނޑިޔާރުގެ ކުރިމަތީގައި
ހުވާ ކުރަންވާނެކަން އިޝާރާތްކުރެވުނު ޤަވާއިދުގެ 05 ވަނަ މާއްދާގެ (ށ) ގެ ސާފު ޢިބާރާތުން އެނގެން
އޮވެފައި؟
މިއިސްތިއުނާފުކުރެވޭ މައްސަލައިގާ މުޙައްމަދު ޢިމާދުގެ ބަންދާއިމެދު ގޮތެއް ނިންމައިދިނުމަށް
ހުށަހެޅުމުގެ ކުރިން އިސްވެ އިޝާރާތްކުރެވުނު ހުވާކުރުވާފައި ނުވާކަން މިމައްސަލާއި ގުޅިގެން ދައުލަތުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން، ކުރިމިނަލް ކޯޓުން
މުޙައްމަދު ޢިމާދު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 05
ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ އިޖުރާތާއި އެއްގޮތަށް ނޫންކަން އެނގެއެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު، .. ތުޅާދޫ އަޒުމު
(މ. ސްވީޓްވިލާ) މުޙައްމަދު ޢިމާދު 2012 މެއި 06 ވަނަ ދުވަހުގެ 15:45 އިން ފެށިގެން 2012 މެއި
21 ވަނަ ދުވަހު 15:24 އަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2012/HC-A/133
2012/3661(J
(
MD-145 ކޯޓު އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ ”ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 05
ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ އިޖުރާތާއި ޚިލާފަށްކަން ޝަރީޢަތަށް ސާބިތުވާތީ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/3661(J
(
MD-145 ކޯޓު އަމުރު މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާތިލްކޮށްފީމެވެ.
e:
ދިވެހި
*
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv