ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/112 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/112
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 112/HC-A/2014
އިސްތިއުނާފުކުރި ފަރާތް؟
* ނަން. ޝަރީފާ އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A142790
ދާއިމީ އެޑްރެސް: ޖަންބުމާގެ ކ.ގުރައިދޫ
މިހާރުގެ އެޑްރެސް: ޖަންބުމާގެ/ކ.ގުރައިދޫ
0
އިސްތިއުނާފު ރައްދުވި ފަރާތްތައް:
ނަން: ނެތް
އައިޑީ ކާޑު ނަންބަރު:
އެޑްރެސް: -
މިހާރުގެ އެޑްރެސް: -
• ރަޖިސްޓްރީވި ތާރީޚް: 27 ޖުމާދަލްއާޚިރާ 1435
ނިމުނު ތާރީޚް: 21 ޝަޢުބާން 1435
19 ޖޫން
27 އެޕްރީލް
2014
2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/H-12-C/46
ނިންމެވި ކޯޓް: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓްކޯޓް
ޤަޟިއްޔާގެ ބާވަތް: ގެއްލިފައިވާ ގޯއްޗެއް ހޯދުން
،މައްސަލަބެލިފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޢަލީ ސަމީރު، ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު:ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
'2
2014/HC-A/112
مع مرعاع ގެ
ދަޢުވާގެ ޚުލާޞާ
މިއީ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭ ނަންބަރު 2013/H-12-C/46 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ކ.މާފުށީ
ޖަންބުމާގެ ޝަރީފާ އިބްރާހީމް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
135ތ
6 24
މިއީ، ކ.މާފުށީ ޖަންބުމާގެ ޝަރީފާ އިބްރާހީމްގެ ގޯއްޗެއް ރަށު ކައުންސިލްގެ އިދާރާގެ ބިމެއްކަމުގައިވާ
ކ.މާފުށީ ނާރެސްވިލާ ގޯތި ތެރޭގައިވާކަމަށްބުނެ ޝަރީފާ އިބްރާހީމްގެ ފަރާތުން ހުށަހެޅުމުން
ފެމުން ބެލުނު
މައްސަލައެއްކަން އެނގޭކަމާއި،
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "އިސްވެދިޔަ ވާހަކަތަކާއި، ނުކުތާތަކަށް ވިސްނުމަށްފަހު،
ކ.މާފުށީ ޖަންބުމާގެ ޝަރީފާ އިބްރާހީމް އާއި އޭނާގެ ދަރި އެގޭ އަޙްމަދު ސަމީރު، ކ.މާފުށީ ނާރެސްވިލާ
އެވެކިޔާ ގޯތީގައި މިޝަރީފާ އިބްރާހީމްގެ ބައްޕަ ގޫތު އިބްރާހީމްގެ ދުންފިނިގެ އެވެކިޔާ ގޯއްޗެއް އޮން
އޮންނާނެ
ކަމަށްބުނެ ކުރާ ދަޢުވާ ސާބިތުނުވާކަމަށާއި، ޤާނޫނު ނަންބަރު 15/72 އަދި ބިމާބެހޭ ޤާނޫނުގެ ނަންބަރު 12
އާއި 13 ވަނަ މާއްދާގެ (ހ) އާއި (ށ) ނާއި 14 ވަނަ މާއްދާއާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުގެ
6,5،4، 8،7، މިމާއްދާތަކުގައި ވާގޮތުގެ މަތީން އެއީ މިހާރު މިވުޖޫދުގައި ނެތް ގޯއްޗެއްކަމަށް ޙުކުމްކޮށްފީމެވެ.
މިފަދައިންނެވެ.
46/H-12-C/2013
01- މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓްކޯޓްގެ ނަންބަރު
ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި ކ.މާފުށީ ޖަންބުމާގެ ޝަރީފާ އިބްރާހީމްގެ ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، މިޤަޟިއްޔާއަކީ ރާއްޖޭގައި މިހާރު ޢަމަލުކުރާ ޤާނޫނު އަސާސީ 07
އޯގަސްޓް 2008 ގައި ތަސްދީޤް ކުރިފަހުން ނިންމާފައިވާ ޤަޟިއްޔާއެއް ކަމުގައި ވީހިނދު، ޤާނޫނު
އަސާސީގެ 66 ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވާފައިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2014/HC-A/112
(ނ) ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 4/2008 ގެ (ހ) އާއި (ރ) ގައި ބަޔާންވެގެންވާ
ކަންތައްތައް ފުރިހަމަ ކުރުމަކާ ނުލައި އެއްވެސް މީހެއްގެ ގޯތިގެދޮރުފަދަ އެއްޗެއް އަމިއްލައަށް ވިއްކޭނެ
ހަމައެއް ނުވާކަން އެޤާނޫނުން އެނގެން އޮތްއިރު ޝަރީފާ އިބްރާހީމްގެ އެގޯތި ވިއްކާލިކަމަށް ކަނޑައަޅައި
ޙުކުމް ކުރައްވާފައިވާނީ އެކަންތައްތައް ފުރިހަމަވެފައި ވާކަން ނުވަތަ ނޫންކަން ކަށަވަރު ކުރެއްވުމަކާނުލައި
މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ
ޝަރުޢީ ހަމަތަކުގެ މަތީން މެނުވީ ޝަރީފާ އިބްރާހީމްގެ ކިބައިން ނިގުޅައި ނުގަނެވޭނެ ޙައްޤެއް، ޤާނޫނު
އަސާސީގެ 40 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ޝަރީފާ އިބްރާހީމްގެ ކިބައިން ނިގުޅައިގަނެވޭ ގޮތަށް ޙުކުމް
ކުރައްވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ، ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން މެނުވީ
ޝަރީފާ އިބްރާހީމްގެ ކިބައިން ނިގުޅައި ގަނެވިގެންވާކަމަށް ޙުކުމެއް ކަނޑައެޅުއްވުމުގެ ޙައްޤެއްނެތި، ޤާނޫނު
އަސާސީގެ 69 ވަނަ މާއްދާއާއި ޚިލާފަށް، ޝަރީފާ އިބްރާހީމްގެ ޙައްޤު ކ.އަތޮޅު މާފުށީ ކައުންސިލްއަށް
މިލްކުކޮށް ދެއްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
.
(ބ) ފަސްވަނަ ނުކުތާއަކީ، ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާ 2 ގައި، "ޝަރީފާ އިބްރާހީމްގެ ބައްޕަ
ގޫތު އިބްރާހީމްއާއި މިޝަރީފާ އިބްރާހީމްއާއި ގެއެއް އަޅައިގެން އެޅުނުކަން ހެކީންގެ ބަހުން ޘާބިތުވާކަން"
ފާހަގަކުރައްވާފައި އޮތްއިރު، ނާރެސްވިލާ އެވެކިޔާ ގޯތީގައި ދުންފިނިގެ އެވެކިޔާ ގޯތި އޮތްކަން ޘާބިތު
ކަމަށާއި އެއީ ވުޖޫދުގައި ނުވާގޯއްޗެއް ކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުން، ދިވެހިރާއްޖޭގެ ސްޕްރީމް
ކޯޓްގެ ނަންބަރ 02/SC-A/2010 ޤަޟިއްޔާގެ (މ) އާއި ޚިލާފަށް ކަމަށްބުނެ ހުށަހެޅި
497
(ޅ) ހަވަނަ ނުކުތާއަކީ، ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާ 3 ގައި، ކ.މާފުށީ މާވަޑިއާގެ އިބްރާހީމް
މުޙައްމަދަށް ވިއްކާލިކަން ކައުންސިލްގެ އިދާރާއިން ހުށަހަޅާފައިވާ "ދުންފިނީގެ ގޯތި" ވިއްކާލި ކަމުގެ ލިޔުމުން
ޘާބިތު ނުވާކަމަށާއި އެއީ ވުޖޫދުގައި ނުވާ ގޯޗެއް ކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުން، ދިވެހިރާއްޖޭގެ
ސްޕްރީމް ކޯޓްގެ ނަންބަރ 02/SC
-
A/2010 ޤަޟިއްޔާގެ (މ) އާއި ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއިއް
: ހައި9
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2014/HC-A/112
03- މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓްކޯޓްގެ ނަންބަރު 2013/H-12-C/46 ޤަޟިއްޔާ ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ކ.މާފުށީގެ ޖަންބުމާގެ ޝަރީފާ އިބްރާހީމް ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
cccc
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ މާލެ އަތޮޅު މާފުށި މެޖިސްޓްރޭޓްކޯޓުގެ ނަންބަރު
2013/H-12-C/46 ޤަޟިއްޔާއަކީ، ކ.މާފުށީ ޖަންބުމާގެ ޝަރީފާ އިބްރާހީމްގެ ގޯއްޗެއް އެރަށު
ކައުންސިލްގެ އިދާރާގެ ބިމެއްކަމުގައިވާ ކ.މާފުށީ ނާރެސްވިލާ ގޯތި ތެރޭގައިވާކަމަށްބުނެ ޝަރީފާ އިބްރާހީމްގެ
ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގެން އޮތް އިރު، މިމައްސަލައާއި އެކު ހުށަހެޅުނު
ލިޔެކިޔުންތަކާއި، ޝަރީފާ އިބްރާހީމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، ޝަރީފާ އިބްރާހީމްގެ
ފަރާތުން އިސްތިއުނާފު ކުރާ މިމައްސަލަ މާލެ އަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ ކުރިން
ކ.މާފުށި ކައުންސިލް އިދާރާގެ ފަރާތުން ވަނީ، ކ.މާފުށީ ކައުންސިލް އިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
"ނާރެސްވިލާ" އެވެ ކިޔާ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތަކާއި، ފެންތާގީތަކާއި، ރުއްގަހުގެ މިލްކުވެރިކަން
ސާބިތުކޮށް އެކަމުގެ ޝަރުޢީ ލިޔުމެއް ލިބުންއެދި މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓަށް މައްސަލަ
ހުށަހަޅާފައިވާކަމާއި، ކ.މާފުށި ކައުންސިލް އިދާރާގެ ފަރާތުން ހުށަހެޅި އެމައްސަލަ މާލެ އަތޮޅު މާފުށި
މެޖިސްޓްރޭޓްކޯޓުން އެކޯޓުގެ ނަންބަރު 2013/H
-
12
-
C/40 ޤަޟިއްޔާއިން ބަލަމުން ދިޔައިރު، ކ.މާފުށި
"ނާރެސްވިލާ" އެވެ ކިޔާ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ރުއްގަހުގެ މިލްކުވެރިކަމާއި
މެދު ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުމަށްކުރެވުނު އިޢުލާނާއި ގުޅިގެން ޝަރީފާ އިބްރާހީމްގެ ފަރާތުންވަނީ
އެއިޢުލާނަށް އިޖާބަދީފައިކަމާއި، މިހެންކަމުން އެމައްސަލައިގެ ތެރޭގައި ޝަރީފާ އިބްރާހީމްގެ ފަރާތުން
ވަނީބަޔާން ހުށަހަޅައި މިގޯތީގެ މިލްކުވެރިކަމާއި ގުޅޭގޮތުން ޝަރީފާ އިބްރާހީމްގެ ފަރާތުން ދެކޭ ގޮތް
ހާމަކޮށްފައިކަމާއި، މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު: 2013/H-12-C/40 ޤަޟިއްޔާ
ބައްލަވާ އެކޯޓުން ޙުކުމް ކުރައްވާފައިވަނީ، ކ.މާފުށި "ނާރެސްވިލާ" އެވެ ކިޔާ ގޯއްޗާއި ޢިމާރާތްތަކާއި
އެގޯތީގައިހުރި ތަކެއްޗާއި ރުއްގަހަކީ ކ.މާފުށި ކައުންސިލް އިދާރާގެ މިލްކެއްކަމުގައި ކަނޑައަޅުއްވާކަމާއި،
މިކަންކަން އެނގެން އޮންނަކަމެވެ.
PuOC
، ހައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/112
2
8 އޗ އ ހ ޑއ ދ ތ
އެއްޔާނޭދޭ
(ނ) ދެވަނަކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ މާލެ އަތޮޅު މާފުށި މެޖިސްޓްރޭޓްކޯޓުގެ ނަންބަރު
2013/H
-
12
-
C/46 ޤަޟިއްޔާއާއި، އިޝާރާތްކުރެވުނު މާލެ އަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު:
2013/C-12-/40 ޤަޟިއްޔާ މާލެ އަތޮޅު މާފުށި މެޖިސްޓްރޭޓު ކޯޓުގައި ހިންގިފައިވަނީ އެކުއެކީގައިކަމާއި،
އަދި މިދެމައްސަލައިގައިވެސް ޝަރީފާ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވަނީ ތަކެއްކަން އެނގެން
އޮތްއިރު، މާލެ އަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު: 2013/H-12-C/40 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޝަރީފާ އިބްރާހީމްގެ ފަރާތުން ހުށަހެޅި މައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 113/HC-A/2014 ޤަޟިއްޔާއިން ބައްލަވާ، މާލެ އަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓްގެ
ނަންބަރު: 2013/H-12-C/40 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ގޮތަށް ކ.މާފުށި "ނާރެސްވިލާ" އެވެ
ކިޔާ ގޯއްޗާއި ޢިމާރާތްތަކާއި އެގޯތީގައިހުރި ތަކެއްޗާއި ރުއްގަހަކީ ކ.މާފުށި ކައުންސިލް އިދާރާގެ މިލްކެއްކަމަށް
ކުރައްވާފައިވާ ޙުކުމަށް ތާއީދު ކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ނުކުތާތައްވެސް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 113/HC-A/2014 ޤަޟިއްޔާއާއި، މިމައްސަލަ ބެލެވެމުން
މިދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 112/HC
-
A/2014 ޤަޟިއްޔާއާ މިދެޤަޟިއްޔާއަކީ މައުޟޫޢުގެ
ގޮތުންނާއި ހުށަހެޅިފައިވާ އިސްތިއުނާފް
އެއްގޮތް ދެ ޤަޟިއްޔާއަށްވެފައި، އޭގެ ތެރެއިން
ނަންބަރު 113/HC-A/2014 ޤަޟިއްޔާގެ މައުޟޫޢުއާމެދު މިހާރު ދިވެހި ރާއްޖޭގެ ހައިކޯޓުން ގޮތެއް
ކަނޑައަޅައި، ކ.މާފުށި "ނާރެސްވިލާ" އެވެ ކިޔާ ގޯއްޗާއި ޢިމާރާތްތަކާއި އެގޯތީގައިހުރި ތަކެއްޗާއި ރުއްގަހަކީ
ކ.މާފުށި ކައުންސިލް އިދާރާގެ މިލްކެއްކަމަށް މާލެ އަތޮޅު މާފުށި މެޖިސްޓްރޭޓްކޯޓުން ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދު ކުރައްވާފައިވާކަން އެނގެން އޮތުމުން، ޝަރީފާ އިބްރާހީމްގެ ފަރާތުން
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މިމައްސަލައަކީ މިހާރު ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރަށް ބަލައި
މިމައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ފަދަ މައްސަލައެއްކަމުގައި ނުބެލެވޭކަމެވެ.
ce O
cc ecc)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2014/HC-A/112
ދެންފަހެ، އިސްވެ ފާހަގަކުރިކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
113/HC
-
A/2014 ޤަޟިއްޔާއާއި، ނަންބަރު: 112/HC
-
A/2014 ޤަޟިއްޔާއާ މިދެޤަޟިއްޔާއަކީ
މައުޟޫޢުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެއްގޮތް ދެ ޤަޟިއްޔާއަށްވެފައި، އޭގެ ތެރެއިން ނަންބަރު:
113/HC-A/2014 ޤަޟިއްޔާގެ މައުޟޫޢު އާ މެދު މިހާރު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް
ކަނޑައަޅާފައިވާތީ، މިކޯޓުގެ ނަންބަރު:112/HC
-
A/2014 ޤަޟިއްޔާ މިހާރު އިތުރަށް ކުރިއަށް ގެންދާނެ
ތަނެއް ނެތްކަމަށް ކަނޑައަޅައި، އެގޮތުގެ މަތީން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv