ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/221 ޤަޟިއްޔާގެ ޙުކުމް
2010/HC-A22 |
1
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
އިސްތިއުނާފު ކުރިފަރާތް: 221/HC
-
A/2010
ނަން: ޒުބައިރު އިބްރާހީމް
އައިޑީ
އެޑްރެސް: މެޓްރޯވިލާ/ ތ.ތިމަރަފުށި
މިހާރުގެ އެޑްރެސް: މ.ސިލްވަރޝައިން
ކާނަންބަރ : A087123
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޞަފިއްޔާދީދީ
ކާޑު ނަންބަށ:A050619
، ދާއިމީ އެޑްރެސް ފެހިވިލާގެ/ ގދ.ވާދޫ
* މިހާރުގެ އެޑްރެސް: ފ.އޮރިއެންޑާ
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޛުލްޤައިދާ 1431
18 އޮކްޓޯބަރު 2010
= ނިމުނު ތާރީޚް: 05 ރަޖަބް1432
07 ޖޫން 2011
• އިސްތިއުނާފުކުރެވުނުޤަޟިއްޔާނަންބަރޢާއިލާއާއި ބެހޭ ކޯޓު (ފެމިލީކޯޓު)ގެ ނަންބަރ 2010/AC/1152 ޤަޟިއްޔާ
ޤަޟިއްޔާގެ ބާވަތް: ޙަޟާނަތު
ނިންމެވިކްޓް: ފެމިލީކޯޓް (ޢާއިލާއާއި ބެހޭ ކޯ)
ތާރީޚް: 30 ސެޕްޓެމްބަރ 2010
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، އިސްފަނޑިޔާރު އަޙްމަދު ޝަރީފް ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ
f
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޝާ ސިއްޔާ ނމުނު
201{HC-A/22l
ދަޢުވާގެ ޚުލާޞާ
މިއީ، ޢާއިލާއާއި ބެހޭ ކޯޓު (ފެމިލީކޯޓު)ގެ ނަންބަރ 2010/AC/1152 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދެއްވުން
އެދި ތ.ތިމަރަފުށި މެޓްރޯވިލާ ޒުބައިރު އިބްރާހީމް ގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުވުނު
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ގދ.ވާދޫ ފެހިވިލާގެ ޞަފިއްޔާ ދީދީއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
l- ޢާއިލާއާއި ބެހޭ ކޯޓުގެ ނަންބަރު 2010/AC/1152 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ތ.ތިމަރަފުށި މެޓްރޯވިލާ ޒުބައިރު އިބްރާހީމްއާއި ގދ.ވާދޫ
ފެހިވިލާގެ ޝަފްލާ ރަޝީދުއާ ކައިވެނިކޮށް ލިބިފައިވާ ދަރިފުޅު މުޙައްމަދު ޒައްޔާން ޒުބައިރުގެ ޙަޟާނަތު
ލިބިގަތުމަށް އެދި މުޙައްމަދު ޒައްޔާން ޒުބައިރުގެ މަންމަގެ މަންމަ ގދ.ވާދޫ ފެހިވިލާގެ ޞަފިއްޔާދީދީ
ދައުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ،އިސްވެ ބަޔާންކުރެވުނު މުޙައްމަދު ޒައްޔާން
ޒުބައިރުގެ މަންމަ މިކުއްޖާގެ މަޙްރަމުނޫން މީހަކާ ކައިވެނިކޮށްގެން އުޅޭތީ، ބުނެވިދިޔަ ކުއްޖާގެ މަންމަގެ
ކިބައިން މިކުއްޖާގެ ޙަޟާނަތުގެ ޙައްޤު ގެއްލިފައިވާކަމަށް ޢާއިލާއާއި ބެހޭ ކޯޓުގެ ނަންބަރ 2010/AC/745
ޤަޟިއްޔާއިން ކަނޑައަޅައި ޙުކުމްކޮށްފައިވާތީ ބުނެވިދިޔަ ކުއްޖާގެ މަންމަ ފުށުގެ މާމަ މިކުއްޖާ ބެލުމަށް އެދޭތީ
ކަމަށާއި، އަދި ބުނެވިދިޔަ ކުއްޖާގެ ބައްޕައަކީ ވަޒީފާގައި އުޅޭ މީހަކަށްވެފައި މިކުއްޖާއަށް އެކަށީގެންވާ ވަރަށް
އަޅާލުން ދެވޭނެކަމަށް ދައުވާކުރާ ސަފިއްޔާދީދީއަށް ޤަބޫލުނުކުރެވޭތީކަމަށާއި، ދައުވާލިބޭ ޒުބައިރު އިބްރާހީމްގެ
ބަހުން ބުނެވިދިޔަ ކުއްޖާގެ މަންމައަށް މިކުއްޖާ ނުބެލިގެން ޒުބައިރު އިބްރާހީމްއާ ޙަވާލުކޮށްފައިވާކަމާއި، އަދި
ޢާއިލާއާއި ބެހޭ ކޯޓުގެ ނަންބަރ 2010/AC/745 ޤަޟިއްޔާއިންވެސް ވަނީ ބުނެވިދިޔަ ކުއްޖާގެ ޙަޟާނަތު
ޒުބައިރު އިބްރާހީމްއާ ޙަވާލުކޮށްފައިކަމާއި، ޒުބައިރު އިބްރާހީމް ވަޒީފާ އަދާކުރާ ވަގުތުތަކުގައި ބުނެވިދިޔަ
ކުއްޖާ ބަލަމުންދަނީ ކުއްޖާގެ ބައްޕަ ފުނު މާމަ ކަމުގައި ބުނެ ޒުބައިރު އިބްރާހީމް ބަޔާންފައިވާކަން
އެގޭހިނދު، މުޙައްމަދު ޒައްޔާން ޒުބައިރުގެ ޙަޟާނަތު ލިބިގަތުމަށް އެދި ސައްޔާދީދީ ހުށަހެޅި ޤަޟިއްޔާގެ
ޙަޤީޤަތްތަކުގެ މައްޗަށް ޢާއިލާއާ ބެހޭ ޤާނޫނާއި އާއިލާއާ ބެހޭ ޤަވާއިދުގެ އަލީގައި ބަލާއިރު، ބަޔާންކުރެވުނު
ކުއްޖާގެ މަންމަހުރީ ކުއްޖާގެ މަޙްރަމުނޫން ފިރިހެނަކާއި ކައިވެނިކޮށްގެން ކަމުގައިވާތީ، ކުއްޖާގެ މަންމަގެ
ކިބައިން ޙަޟާނަތުގެ ހައްޤު ގެއްލިފައިވާކަން ޢާއިލާއާއި ބެހޭ ކޯޓުގެ ނަންބަރ 2010/AC/745
ޙުކުމުން އެނގޭކަމާއި، ޤާނޫނު ނަންބަރ 4/2000( ޢާއިލާއާ ގާނޫނު)ގެ 40 ވަނަ މާއްދާގެ
44
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޖު ހިނގުން، މާލެ، ދިޗެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.rmv
3
ޤަސިޕްހޔާ ނިމުނު ގޮތުގެ
2il/HC-A/22
ބުނެވިދިޔަ ޤާނޫނުގެ 41 އުދި 42 ވަނަ މާއްދާއާއި އާއިލާއާއި ބެހޭ ޤަވާއިދުގެ 71 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް މުޙައްމަދު ޒައްޔާން ޒުބައިރުގެ ޙަޟާނަތުގެ ޙައްޤު ލިބިގެންވާ ފަރާތަކީ ކުއްޖާގެ މަންމަ ފުށުގެ
މާމަ ގދ.ވާދޫ ފެހިވިލާ ޞަފިއްޔާދީދީ ކަމުގައި ކަނޑައަޅައި ބުނެވެދިޔަ ކުއްޖާއާއި ހަވާލުވުމަށް ޞަފިއްޔާދީދީ
މިކުއްޖާ އުޅޭތަނަށް 30 ސެޕްޓެމްބަރ 2010 ދުވަހުން ފެށިގެން 03 ދުވަހުގެ ތެރޭގައި ދިއުމުން ބަޔާންވެދިޔަ
ކުއްޖާ މިކުއްޖާގެ މަންމަފުށުގެ މާމަ ޞަފިއްޔާދީދީއާ ހަވާލުކުރުމަށް ޒުބައިރު އިބްރާހީމް އަށް އަންގައި،
ޒުބައިރު އިބްރާހީމް އާ އެކު ވަގުތު ހޭދަކުރުމަށް ކޮންމެ ހަފުތާއެއްގެ ދުވަސްތަކުގެ ތެރެއިން ދެފަރާތް
އެއްބަސްވާ ދުވަހެއްގެ ހެދުނު 8:00 އާއި ހަވީރު 5:00 އާދެމެދުގެ ވަގުތެއްގައި ކުއްޖާގެ ބައްޕަ ޒުބައިރު
އިބްރާހީމް ނުވަތަ ކުއްޖާގެ ބައްޕަ ފުށުގެ މާމަ ނުވަތަ ކާފަ ކުއްޖާ ބަލައި ހިގައްޖެނަމަ މިކުއްޖާ
ވާލުކުރުމަށާއި އަދި މީގެ އިތުރުންވެސް ކުއްޖާގެ ބައްޕަ ކުއްޖާއާއި ބައްދަލުކުރުމަށް ކުއްޖާ އުޅޭތަނަށް
ހިނގައްޖެނަމަ ބައްދަލުވެވޭނެގޮތް ހަމަޖައްސައިދޭންވާނެ ކަން ޞަފިއްޔާދީދީއަށް އަންގައި އެގޮތުގެ މަތީން
ޙުކުމް ކުރައްވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
2- ޢާއިލާއާއި ބެހޭ ކޯޓު (ފެމިލީކޯޓު)ގެ ނަންބަރ 2010/AC/1152 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދެއްވުން
އެދި ތ.ތިމަރަފުށި މެޓްރޯވިލާ ޒުބައިރު އިބްރާހީމް ގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
03(ތިނެއް) ނުކުތާ ހުށަހަޅައި އެކަންކަމާއިބެހޭ ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ޒުބައިރު އިބްރާހީމްއާއި ގދ.ވާދޫ ފެހިވިލާގޭ ޝަފީލް ރަޝީދުއާ
ކައިވެނިކޮށްގެން ލިބިފައިވާ ދަރިފުޅު މުޙައްމަދު ޖައްޔާރު ޒުބައިރުގެ ޙަޟާނަތު ޢާއިލާއާއި ބެހޭ ކޯޓުގެ
ނަންބަރ 2010/AC/745 ޤަޟިއްޔާއިން ޒުބައިރު އިބްރާހީމްއަށް ލިބި، އެޙަޟާނަތުގެ ޙައްޤު ޒުބައިރު
އިބްރާހީމްގެ ކިބައިން ގެއްލޭފަދަ ކަމެއް މެދުވެރިވެފައިނުވާއިރު މިދަރިފުޅުގެ ޙަޟާނަތު ދަރިފުޅުގެ
މަންމަފުށުގެ މާމަ ގދ. ފެހިވިލާގެ ޞަފިއްޔާ ދީދީ އާއި ޙަވާލުކޮށް މައްސަލަ ނިންމާފައިވުން
ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ޒުބައިރު އިބްރާހީމްގެ ދަރިފުޅު މުޙައްމަދު ޒައްޔާން ޒުބައިރުގެ ޙަޟާނަތުގެ
ދަރިފުޅު މަންމަ ފަރާތުގެމާމަ ޞަފިއްޔާ ދީދީ އާއި ޢާއިލާއާއި ބެހޭ ކޯޓުން ޙަވާލުކޮށްފައިވާއިރު މިދަރިފުޅުގެ
މަޞްލަޙަތަށް ރިޢާޔަތް ކުރައްވާފައި ނުވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މްވެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އިޤްއިވާ [email protected] ވެބް ސައިޓް: www.highcourt.gov.mv
4
میری
2010/HC-A/221
ނިމުނު ގޮތުގެ ރިޕޯޓް
ދ
• ތިންވަނަ ނުކުތާއަކީ، ޙަޟާނަތުގެ ޙައްޤު ޙަވާލުކުރުމުގައި ޢާއިލާއާއި ބެހޭ ޤަވާއިދުގެ 71
ވަނަ މާއްދާގައިވާ ތަރުތީބަށް އިސްކަން ދިނުމުގައި ދަރިފުޅުގެ މަޞްލަޙަތަށް ރިޢާޔަތް ކުރަންޖެހޭނެކަމަށް
ޢާއިލާއާއި ބެހޭ ޤަވާއިދުގެ 72 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު ޢާއިލާއާއި ބެހޭ ޤަވާއިދުގެ 72
ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އެއްޗަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3- މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދެފަރާތުން
ދީފައިވާ ބަޔާންތަކަށާއި، ޝަރީޢަތުގެ މަޖްލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، ޢާއިލާއާއި ބެހޭ ކޯޓު
(ފެމިލީކޯޓު)ގެ ނަންބަރ 2010/AC/1152 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްބުނެ، ޒުބައިރު އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، ޢާއިލާއާއި ބެހޭ ކޯޓު (ފެމިލީކޯޓު) މިމައްސަލަ ބެއްލެވިއިރު ޢާއިލާއާބެހޭ
ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙަޟާނަތު ޙަވާލުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ
ސިފަތައް ބަޔާންކޮށްފައިވާއިރު އެކަންކަމަށް ދަށުކޯޓުން ރިޢާޔަތް ކޮށްފައިނުވާކަމަށާއި އަދި އާއިލާއާބެހޭ
ޤަވާއިދުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްޖާގެ މަސްލަޙަތަށް ދަށުކޯޓުން މައްސަލަ ނިންމެވުމުގައި
ރިޢާޔަތްކޮށްފައިނުވާ ކަމަށް ޒުބައިރު އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ ބަޔާނުގައި
ބުނެފައިވާއިރު އެކަންކަމަކީ ޒުބައިރު އިބްރާހީމްގެ ފަރާތުން
ޝަރީއަތުގައި
އެގެންއޮތުމުން ދަށުކޯޓުން ބައްލަވާފައިނުވާ ނުކުތާއެއް އިސްތިއުނާފީ ދަޢުވާގެ
ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަލަށް ބެލުމަކީ އިސްތިއުނާފީ ދަޢުވާ ބެލުމުގައި ޢަމަލުކުރެވޭ ޢާއްމު
އުސޫލެއް ނޫންކަން އެނގޭކަމެވެ.
ދެވަނަ ކަމަކީ ޢާއިލާއާއި ބެހޭ ކޯޓު (ފެމިލީކޯޓު)ގެ ނަންބަރ 2010/AC/1152
ޤަޟިއްޔާއަށް ބަލާއިރު، ތ.ތިމަރަފުށި މެޓްރޯވިލާ ޒުބައިރު އިބްރާހީމްއާއި ގދ.ވާދޫ ފެހިވިލާގެ ޝަފްލާ
ރަޝީދުއާ ކައިވެނިކޮށް ލިބިފައިވާ ދަރިފުޅު މުޙައްމަދު ޒައްޔާން ޒުބައިރުގެ މަންމަ ޝަފްލާ ރަޝީދު ހުރީ
ކުއްޖާގެ މަހުރަމު ނޫން ފިރިހެނަކާއި ކައިވެނިކޮށްގެން ކަމުގައިވުމުން މިކުއްޖާގެ މަންމަގެ ކިބައިން ޙަޟާނަތު
ޙައްޤު ގެއްލިފައިވާކަން އާއިލާއި ބެހޭކޯޓުގެ ނަންބަރ 2010/AC/745 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމުން އެގޭއިރު،
ޤާނޫނު ނަންބަރ 4/2000 ޢާއިލާއާ ބެހޭ ގާނޫނުގެ 40 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު
ކުއްޖާގެ މަންމަ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލޭ ޙާލަތުގައި ޙަޟާނަތު ޙަވާލު
ކަނޑައެޅުމުގައި ޢާއިލްއާއި ބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ ޙަޟާނަތު ޙަވާލުކުރާނެ
4 ދ ތat
2
5
4 އ6މ 8
ހއގނފއކމއކ
2
45
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދު ކިނގުން، މާވެ. ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 33
:
471
އީމެއިލް [email protected] ވެބް ސްއިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A;22
ކަނޑައެޅުމުގައި އިސްކަންދޭންޖެހޭ ތަރުތީބަށްބަލައި އެތަރުތީބަށް އިސްކަން ދޭންޖެހޭނެކަމަށް ބަޔާންވެފައިވާއިރު،
އާއިލާއާއި ބެހޭ ޤަވާއިދުގެ 71 ވަނަ މާއްދާގައި ކުއްޖާގެ ޙަޟާނަތު ޙަވާލުކުރުމުގައި އިސްކަންދޭންޖެހޭ
ތަރުތީބުގައި ކުއްޖާގެ މަންމަ ގެ މަންމަ އައިސްފައިވަނީ ދެވަނައަށް އަށް ކަން އެގެން އޮންނައިރު ބަޔާންވެދިޔަ
ކުއްޖާގެ ހަޟާނަތުގެ ޙައްޤު ލިބޭ ދެވަނައަށް އެންމެ އިސްފަރާތަކީ ކުއްޖާގެ މަންމަގެ ފަރާތު މާމަކަމަށް އެގެން
އޮތް ހިނދު މިޤަޟިއްޔާގައި ކުއްޖާގެ މަންމަ ގެ މަންމަ ސަފިއްޔާދީދީގެ ކިބައިން ޤާނޫނު ނަންބަރ
4/2000( ޢާއިލާއާ ބެހޭ ގާނޫނު)ގެ 41 ވަނަ މާއްދާ އާއި، 42 ވަނަ މާއްދާގައިވާ ފަދައިން މުޙައްމަދު
ޒައްޔާން ޒުބައިރުގެ ޙަޟާނަތުގެ ޙައްޤު ގެއްލިފައިވާކަން ނުވަތަ ޙަޟާނަތު ލިބުމުގެ ޝަރުތެއް
އުނިވެފައިވާކަން ޝަރީޢަތަށް ސާބިތު ކުރެވޭވަރުގެ ހުއްޖަތެއް ހުށަހެޅިފައި ނުވާތީ ޢާއިލާއާއި ބެހޭ ކޯޓު
(ފެމިލީކޯޓު)ގެ ނަންބަރ 2010/AC/1152 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބެލޭނެ އެއްވެސް ތަނެއް ނެތްކަން އެނގޭކަމެވެ.
ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ މިދިޑބމަށް ބެލެވޭނެ ތަނެއްނެތެކަމަށް
ގ 44
2 ބ 22
2 4& · 4
44 04
ޙުކުމް:
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެކު އާއިލާއާއި ބެހޭ
ކޯޓު(ފެމިލީ ކޯޓު)ގެ ނަންބަރ 2010/AC/1152 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ ޝަރުއީ އަދި ޤާނޫނީ
ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެފައިވާތީ ލާއާއި ބެހޭ ކޯޓު(ފެމިލީ ކޯޓު)ގެނަންބަރ 2010/AC/1152
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް
މައްސަލަ ނިންމީއެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.tny