ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/241 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010HC-A/241
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
se
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރ: 241/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް
ނަން: ޢަލީ މޫސާ
ކާޑު ނަންބަރ A061918
ދާއިމީ އެޑްރެސް: މ.މާލެގަމް
މިހާރުގެ އެޑްރެސް: މާލެހިޔާ1 ގެ 04-13
*
އައިޑީ
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޢަލީ ޒާހިރު
! އައިޑީ ކާޑު ނަންބަރ: A039613
ދާއިމީ އެޑްރެސް: މއ.
މޮންޓްރީލް
މިހާރުގެ އެޑްރެސް: މާލެހިޔާ 1 ގެ 04-13
• ރަޖިސްޓްރީކުރެވުނު ތާރީޚް: 24 ނޮވެމްބަރު 2010
*
ނިމުނު ތާރީޚް: 14 ޖޫން 2012
201
0 މިޚި
އއ19
އިސްތިއު ކުރެވުނުޤަޟިއްޔާނަންބަރ: މަދަނީ ކޯޓުގެ ނަންބަރ 2009/MC/1884 ޤަޟިއްޔާ
ޟިއްޔާގެ ބާވަތް: .ބަސްވު؟ ޚިލާފުވުން
• ނިންމެވިކޯޓް: މަދަނީ ކޯޓު
ހުށަހެޅުނު ތާރީޚު: 11 އޮގަސްޓް 2009 ނިމުނު ތާރީޚް: 30 ސެޕްޓެމްބަރު 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my enos
2
2{013/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވިއްޔާ އެކޯޓުން ނިންމާފައިވަނީ
ދަޢުވާގެ ޚުލާޞާ
މިއީ މަދަނީ ކޯޓުގެ ނަންބަރ 2009/MC/1884 ޤަޟިއްޔާ އެކޯޓުބޯ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދެކިގެން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފުކުރުމަށް މ.މާލެގަމް، ޢަލީ މޫސާ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A061918) ގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ މޮންޓްރީލް ، ޢަލީ ޒާހިރު
(ދިވެހިރައްޔިތެއްކަން
ކުން އަންގައިދޭ
.ދޭ ކާޑު ނަންބަރު A039613 ) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1- އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރ 2009/MC/1884 ޤަޟިއްޔާ އަކީ މ.މާލެގަމް، ޢަލީ
މޫސާއަށް ސަރުކާރުން ޙަވާލުކުރައްވާފައިވާ މާލެހިޔާ 1 ގެ 04-13 ގެ ފްލެޓުން ޢަލީ ޒާހިރަށް ދެކޮޓަރި
ކުއްޔަށް ދިނުމާއި ބެހޭގޮތުން ޢަލީ ޒާހިރުއާއި ޢަލީ މޫސާއާ ދެމެދު 3 އެޕްރީލް 2007 އަދި 08 އެޕްރީލް
2007 ގައި ލިޔުމަކުން އެއްބަސްވެ މިބުނެވުނު އެއްބަސްވުމުގެ ދަށުން އެދެކޮޓަރިއަށް 2007 އޭޕްރީލް
އަދި މެއި މަހުގެ ކުލީގެ ގޮތުގައި -/ 6000 ރ. (ހަހާސް ރުފިޔާ ) އަތުލުމަށްފަހު ދެފަރާތުގެ މެދުގައި
ވެފައިވާ ދެއެއްބަސްވުމާއި އެއްގޮތަށް ދެކޮޓަރީގެ ތެރެއިން އެއްކޮޓަރި ޢަލީ ޒާހިރުއާއި ޙަވާލުކޮށްފައި
ނުވާތީ ޢަލީ މޫސާ ޙަވާލުނުކޮށް ހުރި ކޮޓަރި ޝަރީޢަތް މެދުވެރިކޮށް ލިބިގަތުމަށް އެދި ޢަލީ މޫސާގެ
މައްޗަށް މއ. މޮންޓްރީލް ޢަލީ ޒާހިރުގެފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގެ ޙުކުމުގައިވަނީ ދެންފަހެ މ.މާލެގަމް ޢަލީ މޫސާއަށް ސަރުކާރުން
ދެއްވާފައިވާ މާލެހިޔާ 01 ގެ 04-13 ފްލެޓުން މއ. މޮންޓްރީލް ޢަލީ ޒާހިރުއަށް ދެކޮޓަރި
i
ހތ
ށ14ށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/241
22
xހ2
OX
OLC
ޒާހިރަށް
ދިނުމަށްޓަކައި ޢަލީ ޒާހިރާއި ޢަލީމޫސާއާއި ދެމެދު 03 އެޕްރީލް 2007 އަދި 08 އޭޕްރީލް 2007 ގައި
ސޮއި ކުރެވިފައިވާ ދެއެއްބަސްވުމުގެ ދަށުން ދެކޮޓަރީގެ (2007 އޭޕްރީލް،މެއި) މިދެމަހުގެ ކުލީގެ ގޮތުގައި
-/5000ރ (ހަހާސް ރުފިޔާ) އަތުލުމަށްފަހު ދެފަރާތުގެ ދެމެދު ވެފައިވާ ދެއެއްބަސްވުމާއި،
ދެކޮޓަރީގެ ތެރެއިން އެއްކޮޓަރި ޢަލީ ޒާހިރާއި ޙަވާލުކޮށްފައިނުވާތީ ޢަލީ މޫސާ، ޢަލީ ޒާހިރާއި
ޙަވާލުނުކޮށްހުރި ކޮޓަރި ޝަރީޢަތް މެދުވެރިކޮށް ލިބިގަތުމަށްއެދި ޢަލީ މޫސާގެ މައްޗަށް ޢަލީ ޒާހިރު މިކުޅަ
ދަޢުވާގައި ހުށަހެޅިފައިވާ ބަޔާންތަކަށާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު މާލެހިޔާ 01 ގެ
13-04 ފްލެޓުން 01 ކޮޓަރި 01 ފާޚާނާ އަދި ސިޓިންރޫމު، ބަދިގެ ދަޢުވާކުރާ މއ. މޮންޓްރީލް ޢަލީ
ކުއްޔަށް ދިނުމަށްޓަކައި ޢަލީ ޒާހިރާއި މ.މާލެގަމް، ޢަލީ މޫސާއާއި ދެމެދު 03 އޭޕްރީލް 2007
ގައި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމާއި، މިއެއްބަސްވުމުގެ ދަށުން ޢަލީ ޒާހިރު ކުއްޔަށް ހިފާފައިވާ
ކޮޓަރި ޢަލީ ޒާހިރު ދިރިއުޅެން ލިބިފައިވާކަމާއި، އަދި 08 އެޕްރީލް 2007 ގައި މިދެފަރާތުގެ ދެމެދު
ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން މިފްލެޓުގެ 01 ކޮޓަރި ޢަލީ ޒާހިރުއަށް ކުއްޔަށް ދީފައިވާކަން
ބަޔާންވެދިޔަ އެގްރީމެންޓުން އެނގެން އޮތުމާއިއެކު 2017 އޭޕްރީލް، މެއި، މިދެމަހު ޢަލީ ޒާހިރުގެ އަތުން
02 ކޮޓަރީގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު -/6000ރ. (ހަހާސް ރުފިޔާ) ގެ ރޭޓުން ޢަލީ މޫސާ ކުލީގެ
ފައިސާ ނަގާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމުން މިދެއެއްބަސްވުމުގެ ދަށުން ކުއްޔަށް
ދީފައިވަނީ އެއްކޮޓަރި ނޫންކަމާއި، ދެ އެއްބަސްވުމަކީ ދެކޮޓަރި ކުއްޔަށް ދިނުމަށް ވެފައިވާ
ދެއެއްބަސްވުންކަން ސާފުކޮށް އެނގޭކަމާއި، ޢަލީ ޒާހިރާއި ޢަލީ މޫސާއާއި ދެމެދުގައި 08 އޭޕްރީލް 2007
ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ ޒާހިރަށް ކުއްޔަށް ދީފައިވާ ކޮޓަރި ޢަލީ ޒާހިރާއި
ޙަވާލުކޮށްފައި ނުވާތީ، އެކޮޓަރި ހޯދުމަށްޓަކައި 2007 ވަނަ އަހަރުންފެށިގެން ޢަލީ ޒާހިރު
މަސައްކަތްކުރަމުން އަންނަކަން މަދަނީ ކޯޓުގެ ނަންބަރު 2007/MC/1694 ޤަޟިއްޔާއާއި، މަދަނީ
ކޯޓުގެ ނަންބަރު 2007/MC/2072 ޤަޟިއްޔާއާއި، މަދަނީ ކޯޓުގެ ނަންބަރު 2008/MC/262
ޓް
ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 54/HC
-
A/2009
ޤަޟިއްޔާއަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 1647
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/241
03
އ"
ou
4 2 2 4 2 22
އެނގޭކަމާއި، އިސްވެ ދެންނެވުނު ދެއެއްބަސްވުމުގެ ދަށުން ކުއްޔަށްދީފައިވާ ދެކޮޓަރީގެ ތެރެއިން 08
އޭޕްރީލް 2007 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވާ ކޮޓަރިއަކީ މިފްލެޓުގައި ހުރި
03 ކޮޓަރީގެ ތެރެއިން ކޮންކޮޓަރިއެއްކަން އެއްބަސްވުމުގައި އައްޔަންވެ އެނގެން ނެތްކަމުގައިވިއަސް
މިޢިމާރާތުގައި ހުރި 03 ކޮޓަރީގެ ތެރެއިން އެއްކޮޓަރިއަކީ 03 އޭޕްރީލް 2007 ގައި ޢަލީ ޒާހިރާއި ޢަލީ
މޫސާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޢަލީ ޒާހިރުއަށް ކުއްޔަށްދީ ޢަލީ ޒާހިރުގެ ބެލުމުގެ ދަށުގައި
ހުރި ކޮޓަރިއެއްކަމާއި، އަދި މިއިމާރާތުގެ ސިޓިންގ ރޫހާއި ޖެހިގެން ހުރި ކޮޓަރިއަކީ ދަޢުވާލިބޭ ޢަލީ
ދެވިނަގެ ޢަލީ ޙަލީލާއި ދެމެދު 24 އޭޕްރީލް 2007 ގައި ވެފައިވާ އެއްބަސްވުމެއްގެ
ދަށުން ޢަލީ ޙަލީލަށް ކުއްޔަށް ދީފައިވާ ކޮޓަރިއެއްކަން މަދަނީ ކޯޓުގެ ނަންބަރު 2007/MC/1694
ޤަޟިއްޔާގެ ޙުކުމުން އެނގެން އޮތުމުން އިސްވެ ދެންނެވުނު ދެކޮޓަރި ފިޔަވާ މިފްލެޓުގައި ބާކީހުރި
ކޮޓަރިއަކީ 08 އޭޕްރީލް 2007 ދުވަހު ޢަލީ ޒާހިރާއި އަލީ މޫސާއާއި ދެމެދު ސޮއިކުރެވިފައިވާ
ދަށުން ޢަލީޒާހިރާއި ޙަވާލުކުރަންޖެހޭ ކޮޓަރިކަން މިގޮތުން އެނގޭކަމާއި، ބަޔާންވެ ދިޔަ
އެއްބަސްވުމުގެ ދަށުން މިޢިމާރާތުން ޢަލީ ޒާހިރާއި ޙަވާލުކުރަންޖެހޭ ކޮޓަރި އެއްބަސްވުމުގެ މުއްދަތު 08
އޭޕްރީލް 2009 ގައި ހަމަވީއިރުވެސް ޢަލީ ޒާހިރުއާއި ޙަވާލުނުކުރުމަކީ ދަޢުވާލިބޭ ޢަލީ މޫސާ
އެއްބަސްވުމާއި ޚިލާފަށްކުޅު ޢަމަލެއްކަމާއި ކޮންޓްރެކްޓްގެ އެއްބައިވެރިޔަކު ކޮންޓްރެކްޓާއި ޚިލާފަށް ކުޅަ
ޢަމަލެއްގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއްބައިވެރިޔާ ލިބޭގެއްލުމުގެ ބަދަލު އޭގެޒާތުން ލިބިދިނުމަކީ
އެންމެ ޢަދުލުވެރި ގޮތްކަމުން، ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން ޢަލީ ޒާހިރަށް ލިބެންޖެހޭ ކޮޓަރި
ދަޢުވާލިބޭ ޢަލީ ޒާހިރަށް އޭގެޒާތުން ލިބިދިނުމުގެ ގޮތުން މާލެހިޔާ 1 ގެ 04-13 ފްލެޓުގައި ހުރި
ތިންކޮޓަރީގެ ތެރެއިން މޮންޓެރީލް ޢަލީ ޒާހިރާއި، ގއ. ދެވިނަގެ ޢަލީ ޚަލީލާއި ދެމީހުންނަށް މިހާރު
ޙަވާލުކޮށްފައިވާ ދެކޮޓަރި ފިޔަވާ މިފްލެޓްގައި ދެންހުރި ކޮޓަރި 08 އޭޕްރީލް 2007 ދުވަހު ޢަލީ ޒާހިރާއި
މޫސާއާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ހިމެނޭ އެންމެހައި ޝަރުތުތަކާއި އެއްގޮތްވާގޮތުގެ
މިކޮޓަރި ޙަވާލުކުރާ ތާރީހުން ފެށިގެން އެއްބަސްވުމުގައި ހިމެނޭ މުއްދަތު ކަމުގައިވާ 02 (ދޭއް)
ހި 02
9އ
OLC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 1647
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
5
2013/HC-A/241
2c
ކޮޓަރީގައި ޢަލީ މޫސާ ކުއްޔަށް ބަހައްޓާފައި ހުރި މައްޗަށްގޮޅީ ދެވިނަގޭ ޢަލީ ޚަލީލު އެހެންތާގެ ޚަ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަހަރު ދުވަހުގެ މުއްދަތަށް ޢަލީ ޒާހިރު ބޭނުންކުރުމަށްޓަކައި 30 ސެޕްޓެމްބަރު 2010 މިދުވަހުން
ފެށިގެން މީލާދީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާކުރާ މއ. މޮންޓްރީލް ޢަލީ ޒާހިރާއި ހަވާލުކުރުމަށް
ދަޢުވާލިބޭ މ. މާލެގަމް ޢަލީ މޫސާއަށް އަންގާ ޙުކުމް ކޮށްފީމެވެ." މިފަދައިން ކަން އެގެން އޮވެއެވެ.
2- އިސްވެ ދެންނެވުނު މަދަނީ ކޯޓުގެ ނަންބަރ 2009/MC/1884 އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރި
ފަރާތުން ތިން ނުކުތާއެއް ފާހަގަކޮށް ޝަރީޢަތުގެ މަޖިލީހުގައި ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، މާލެހިޔާ 1 ގެ 04-13 ނަންބަރު އެޕާރޓްމަންޓްގައި
ހުރި 3 ކޮޓަރީގެ ތެރެއިން ކޮޓަރިއެއް ޢަލީ ޒާހިރާއި ޙަވާލު ކުރުމަށް ޙުކުމް ކުރައްވާފައިވަނީ ޢަލީ
މޫސާއާއި ޢަލީ ޒާހިރު އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ކޯޓުން ވިދާޅުވާއިރު،
މިއެއްބަސްވުމަކީ 8 އޭޕްރީލް 2007 ގައި ހަދާފައިވާ އެއްބަސްވުމެއްކަން އެގޭކަމާއި އަދި
މިއެއްބަސްވުމަކީ ޢަލީ މޫސާއަށް އެނގިގެން ޢަލީ ޒާހިރު ހަދާފައިވާ އެއްބަސްވުމެއް ނޫންކަމަށާއި،
އަދި އެއްބަސްވުމުގައިވަނީ ޢަލީ މޫސާގެ ސޮއިއާއި ފިންގަރ ޕްރިންޓް ނޫންކަމަށް ޢަލީ މޫސާ
ބުނާއިރު މިކަމުގައި ހަޤީޤަތް ނުބައްލަވާ މިމައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ
ދެވަނަ ނުކުތާއަކީ، ޢަލީ މޫސާއާއި ޢަލީ ޒާހިރުއާއި ދެމެދުވެފައިވާ
އެއްބަސްވުމެއްކަމަށް ބުނެ ޢަލީ ޒާހިރު ހުށަހަޅާފައިވާ އެއްބަސްވުމުގެ ދަށުން ހޯދަން އެއުޅޭ
0c4
ނުކުތާއެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/241
ނެރެދިނުމަށާއި، އެކޮޓަރި ހޯދުމަށް މަދަނީ ކޯޓަށް ޢަލީ ޒާހިރު ހުށަހަޅާފައިވާ މަދަނީ ކޯޓުގެ ނަންބަރު
2007/MC/1694 ޤަޟިއްޔާގައި އެކޮޓަރިން ޢަލީ ޚަލީލު ނެރެދެވެން ނެތްކަމަށް 25 ނޮވެމްބަރު
2009 ގައި ޙުކުމް ކުރައްވާފައިވާއިރު، މިޙުކުމަށްވެސް ނުބައްލަވައި ކޯޓުން މައްސަލަ
ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، މިކޮޓަރި ހޯދުމަށްޓަކާ ޢަލީ ޒާހިރު މިގެންގުޅޭ
އެއްބަސްވުމުގައި ސޮއި ކޮށްފައިވާ އެއްހެއްކެއްކަމަށްވާ މާލޭ މުނިސިޕަލްޓީ ޚާއްސަ ދަފްތަރު
ނަންބަރު 5572، އާދަމް ޢަލީ މަދަނީ ކޯޓުގެ ނަންބަރު 2007/MC/2072 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖްލީހުގައި ދީފައިވާ ބަޔާނުގައި ޢަލީ މޫސާގެ ޙާޟިރުގައި އެއްބަސްވުމުގައި ސޮއި
ކޮށްފައި ނުވާނެ ކަމަށާއި، މިއެއްބަސްވުމުގައި އޭނާ ސޮއި ކުރީ ޢަލީ ޒާހިރު އޭނާ ކައިރިއަށް
ގެއަށް މިއެއްބަސްވުން ހިފައިގެން އައުމުން ކަމަށާއި މިއެއްބަސްވުމުގައި މައްޗަންގޮޅީ ނިޔަނދުރުގޭ
މުޙައްމަދު މަނިކު ސޮއި ކުރި ވަގުތެއް ނޭނގޭކަމަށާއި އިތުރު ހެއްކެއްގެ ނަން އެއެއްބަސްވުމުގައި
ނުވާކަމަށް ބުނެފައިވާ ކަމަށާއި، ނަމަވެސް އާދަމް ޢަލީ މިބުނި ބުނުމުގެ ހަޤީޤަތަކީ ކޮބާތޯ
ނުބައްލަވާ މިމައްސަލަ ނިންމަވާފަ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
4- މަދަނީ ކޯޓުގެ ނަންބަރ 2009/MC/1884 ޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި މިމައްސަލާގެ ދެފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކަށާއި
މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާ ނަޒަރުކުރުމުން އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) މ.މާލެގަމް ޢަލީ މޫސާއަށް ސަރުކާރުން ދެއްވާފައިވާ މާލެހިޔާ 01 ގެ 04-13
ފްލެޓުން މއ. މޮންޓްރީލް، ޢަލީ ޒާހިރުއަށް ކޮޓަރި ކުއްޔަށް ދިނުމާއި ބެހޭ ދެއެއްބަސްވުމެއް ތިމާގެ ކު
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2010/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢަލީ މޫސާއާއި މއ. މޮންޓްރީލް ޢަލީ ޒާހިރުއާއި ދެމެދު އެކުލަވާލެވިފައި އޮންނަކަމާއި، މިގޮތުން މާލެހިޔާ
01 ގެ 04-13 ފްލެޓުން އެއްކޮޓަރި މޮންޓްރީލް ޢަލީ ޒާހިރުއަށް ކުއްޔަށް ދިނުމާއި ބެހޭ ގޮތުން
08 އެޕްރީލް 2007 ގެ ތާރީހުގައި އެއްބަސްވުމެއް އެކުލަވާލެވިފައި އޮންނަކަމާއި، އެއެއްބަސްވުމުގައި
މުއްދަތުގެ ގޮތުގައި އޮންނަނީ 08 އެޕްރީލް 2007 އިން ފެށިގެން 08 އެޕްރީލް 2009 ގެ ނިޔަލަށް
ކަމާއި އަދި މިއެއްބަސް ވުމުގެ ދަށުން ކޮޓަރީގެ ކުލީގެ ގޮތުގައި ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ
ކުރިން -/3000ރ ދައްކާގޮތައް މ.މާލެގަމް ޢަލީ މޫސާއާއި މޮންޓްރީލް ޢަލީ ޒާހިރުއާއި ދެމެދު
އެއްބަސްވެ ސޮއިކޮށް ފިންގާ ޕްރިންޓް ޖަހައިވާ ކަމާއި އަދި މާލެހިޔާ 01 ގެ 04-13 ފްލެޓުން 01
ކޮޓަރިއާއި 01 ފާޚާނާ އާއި ސިޓިންގރޫމާއި ބަދިގެ މޮންޓްރީލް ޢަލީ ޒާހިރުއަށް ކުއްޔަށް ދޫކުރުމާއި
ބެހޭ ގޮތުން 03 އެޕްރީލް 2007 ގެ ތާރީހުގައިވެސް އެއްބަސްވުމެއް އެކުލަވާލެވިފައިވާ އޮންނަކަމާއި،
ނެވުމުގައި މުއްދަތުގެ ގޮތުގައި 05 އެޕްރީލް 2007 އިން ފެށިގެން 15 ޑިސެމްބަރު 2018 ގެ
ނިޔަލަށް އޮނައިރު ކުލީގެ ގޮތުގައި މަހަކު -/3000ރ ދެއްކުމަށް ދެފަރާތުން އެއްބަސްވެ ސޮއިކޮށް
ފިންގާ ޕްރިންޓް ޖަހައިވާ ކަން މިޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮވެއެވެ.
19
042 ދ ތ 72
އެއްބަސްވުމެއް
(ށ) ޢަލީ މޫސާއާއި ޢަލީ ޒާހިރު އާއި ދެމެދު 8 އޭޕްރީލް 2007 ގައި ހަދާފައިވާ
އެއްބަސްވުމަކީ ޢަލީ މޫސާއަށް އެނގިގެން ޢަލީ ޒާހިރު ހަދާފައިވާ ނޫންކަމަށާއި، އަދި
އެބަސްވުމުގައިވަނީ ޢަލީ މޫސާގެ ސޮއިއާއި ފިންގަރ ޕްރިންޓް ނޫން
ނޫންކަމަށް ބުނެ ޢަލީ މޫސާގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު،
04 ތ
އިސްތިއުނާފުމިކުރެވޭ މަދަނީ ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް އަލީ މޫސަގެ
ފަރާތުން ދީފައިވާ ބަޔާންތަކަށް ބެލިއިރު، އެއެއްބަސްވުމުގައިވާ ޢަލީ މޫސާގެ ސޮއި އަދި ފިންގާ ޕްރިންޓް
ގެ ސައްޚަ ކަމާމެދު ޢަލީ މޫސާގެ ފަރާތުން އިންކާރުކޮށްފައިވާކަން އެނގެންނެތްކަމާއި، އެހެކަމުން
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
2010/HC-A/241
2c22
އއ0 2
4
ކަމަށްބިން
cecom
"ދިވެހިން އިން"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެނުކުތާއަކީ ދަށުކޯޓުގެ މަރުހަލާގައި ޢަލީ މޫސާގެ ފަރާތުން ޝަރީޢަތުގައި ފާހަގަކޮށްފައިވާ ކަމަކަށް ނުވާތީ
އެނުކުތާއަކީ މިމަރުހަލާގައި މިހާރު ބެލޭނެ ކަމެއް ނޫން ކަން އެގެއެވެ.
(ނ) އިސްތިއުނާފު މިކުރެވޭ މައްސަލަ ނިންމެވުމުގައި މަދަނީ ކޯޓުގެ ނަންބަރު
2007/MC/1694 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ނުބައްލަވައި ކޯޓުން މައްސަލަ ނިންމަވާފައިވާ
. ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު،
މަދަނީ ކޯޓުގެ ނަންބަރު 2007/MC/1694 ޤަޟިއްޔާއަކީ ޢަލީ މޫސާގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު އިސްތިއުނާފު ކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރ
2009/MC/1884 ޤަޟިއްޔާގައި ހިމެނޭ ހަޤީގަތްތަކާ ތަފާތު ކަންތައް ތަކެއްގެ މައްޗަށް ބިނާވެފައިވާ
މައްސަލައެއްކަން އެގޭކަމާއި
އަދި ޢަލީ ޒާހިރުއާއި ޢަލީ މޫސާއާއި ދެމެދު 08 އެޕްރީލް 2007 ގައި ސޮއި ކުރެވިފައިވާ
އެއްބަސްވުމާއި ގުޅިގެން ހައި ކޯޓުގައި އިސްތިއުނާފު ކުރެވިފައި މިވާ މަދަނީ ކޯޓުގެ ނަންބަރ
2009/MC/1884 ޤަޟިއްޔާގެ އިތުރުން މަދަނީ ކޯޓުގެ ނަންބަރު 2007/MC/2072 ޤަޟިއްޔާއާއި،
މަދަނީ ކޯޓުގެ ނަންބަރު 2008/MC/2162 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
54/HC
-
A/2009 ޤަޟިއްޔާއިން އެމައްސަލަ ބެލިފައިވާކަން އެޤަޟިއްޔާތަކަށް ބެލުމުން އެނގޭކަމާއި
ކޯޓުގެ ނަންބަރު 2007/MC/2072 ޤަޟިއްޔާއިން 08 އެޕްރީލް 2007 ގައި
ޢަލީ މޫސާއާއި ޢަލީ ޒާހިރުއާއި ދެމެދު ކުރެވުނު އެއްބަސްވުމަކީ ޢަލީ މޫސާއަށް އޮޅުވާލައިގެން ޢަލީ ޒާހިރު
ސޮއި ކުރުވާފައިވާ އެއްބަސްވުމެއްކަމަށް ޢަލީ މޫސާ ބުނިކަމުގައިވިޔަސް ޙާޟިރުކުރެވުނު ހެކިންނާއި،
ޚުދު އަލީ މޫސާގެ ބަހުން އެއީ ޢަލީ މޫސާ ކޮށްފައިވާ އެއްބަސްވުމެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވާކަން ހައިކޯޓުގެ ނަންބަރު 54/HC
-
A/2009 ޤަޟިއްޔާގެ ފާހަގަ ކުރެވުނު
މަދަނީ
2 20
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
2010/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުކުތާތަކުގެ 7 ގެ (ނ) ގައި ބަޔާންކޮށްފައިވާކަން އެޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮންނަ އިރު އަދި
މަދަނީ ކޯޓުގެ ނަންބަރު 2007/MC/2072 ޤަޟިއްޔާގެ ހުކުމަށް ބަދަލެއް އައިސްފައިނުވާއިރު
ޢަލީ މޫސާއާއި ޢަލީ ޒާހިރުއާއި ދެމެދު 8 އެޕްރީލް 2007 ގައި އެއްކޮޓަރި ކުއްޔަށް
މަށް ވެވެނު އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއް ކަމަށް ޝަރީޢަތަށް ސާބިތުކުރެވޭ ވަރުގެ
2727 ހތ
ކުރީޚަށް
ހުއްޖަތެއް ހުށަހެޅިފައި ނުވާކަން އެގެއެވެ.
އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރ 2009/MC/1884
ޤަޟިއްޔާއިން ޢަލީ ޒާހިރު ދަޢުވާކޮށްފައިވަނީ ޢަލީ މޫސާއާއި ޢަލީ ޒާހިރުއާއި ދެމެދު ވެފައިވާ
އެއްބަސްވުމުގެ ދަށުން ޢަލީ ޒާހިރު އަށް އަލީ މޫސާ ދޭންޖެހޭ ކޮޓަރި ހަވާލުނުކޮށްގެން ކަމަށް ވާއިރު،
00 3
ޢަލީ ޒާހިރުއާއި ޢަލީ މޫސާއާ ދެމެދު 3 އެޕްރީލް 2007 އަދި 08 އެޕްރީލް 2007 ގައި
ވެފައިވާ ދެއެއްބަސްވުމަށް ބަލާއިރު ބަޔާންކުރެވުނު ދެއެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރު
އެއްބަސްވެފައިވަނީ އެފްލެޓުގެ ކޮން ކޮޓަރިތަކެއްކަން ކަނޑައެޅިގެން އެއެއްބަސްވުންތަކުން އެނގެން
ނެތްކަމާއި،
2
އަދި ޢަލީ ޒާހިރުއާއި ޢަލީ މޫސާއާއި ދެމެދު 08 އެޕްރީލް 2007 ގައި ސޮއި ކުރެވިފައިވާ
އެއްބަސްވުމާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2007/MC/2072 ޤަޟިއްޔާއާއި، މަދަނީ ކޯޓުގެ
ނަންބަރު 2008/MC/162 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 54/HC
-
A/2009
ޤަޟިއްޔާއިން އެކަން ވަރަށް ސާފުކޮށް އެގެން އޮތުމުން ޢަލީ ޒާހިރުއާއި ޢަލީ މޫސާއާއި ދެމެދު 08
އެޕްރީލް 2007 ގައި ކުރެވިފައިވާ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށް ބެލެނޭ ޤާނޫނީ ހަމައެއް
ނެތް ހިނދު،
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2013/HC-A/241
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ
23ވަނަ މާއްދާގެ (ހ)
xތ 0
2
0
0
2
مبل سرع تر مطع کر
ގައި” ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއްކޮށްފިނަމަ، އެއަމަލެއް ކުރުމުން ލިބުނު
ގެއްލުމަކަށް އެއަމަލު
މަލުކުރިމީހަކަ ބަދަލު ދޭންޖެހޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވުމުން
އެއްބައިވެރިޔަކު ކޮންޓްރެކްޓާއި ޚިލާފަށް ކުޑަ ޢަމަލެއްގެ ސަބަބުން ކޮންޓްރެކްޓުގެ އެއްބައިވެ
ލިބޭގެއްލުމުގެ ބަދަލު އޭގެޒާތުން ލިބިދިނުމަކީ އެންމެ ޢަދުލުވެރި ގޮތްކަން އެގެއެވެ.
ދ 8ދ
އަނެއްބައިވެރިޔަށް
ވީމާ މަދަނީ ކޯޓުގެ ނަންބަރ 2009/MC/1884 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް
ދަލު ގެންނަޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއްއޮތް ކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނެއެވެ.
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާން ކުރެވުނު ގޮތަށް ހުރުމާއެކު މަދަނީ ކޯޓުގެ
ނަންބަރ 2009/MC/1884 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް ތާއީދުކޮށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށް މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv