ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/10 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އަކޯޓް
ޗާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 10/HC-
A/2010
އިސްތިއުނާފުކުރި ފަރާތް:
* ނަން: ތަހްމީނާ މުޙައްމަދު
ކާޑު ނަންބަރ: A054192
* ވަކީލާ: އގއ. ފާތިމަތު މިންޙަތު ޢިއްޒަތު
* ދާއިމީ އެޑްރެސް: ފެހިވިލާގެ/ ތ. ވިލުފުށި
މިހާރުގެ އެޑްރެސް: މއ. ކިސްމިރީގެ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
(1) ނަން: އާދަމް ނަސީމު
އައިޑީ ކާޑު ނަންބަރ: A007371
ދާއިމީ އެޑްރެސް: މއ. މެމޯސާމަންޒިލް
މިހާރުގެ އެޑްރެސް: މއ. މެމޯސާމަންޒިލް
ހުށަހެޅުނު ތާރީޚް: 31 ޖެނުއަރީ 2010
ނިމުނު ތާރީޚް: 22 މާރޗް 2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2009/MC/242 * ނިންމެވިކޯޓް: މަދަނީ ކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 25-01-2009
ނިމުނު ތާރީޚް: 09-08-2009
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2010/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދައުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/242 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި، ތ.
ވިލުފުށި، ފެހިވިލާގެ ތަހުމީނާ މުޙައްމަދު (މއ. ކިސްމިރީގެ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ މއ. މެމޯސާމަންޒިލް އާދަމް ނަސީމު
އަށެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީ ކޯޓުގެ ނަންބަރު 2009/MC/242 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، ތަހުމީނާ މުޙައްމަދުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ތަހުމީނާ މުޙައްމަދު މއ. މެމޯސާމަންޒިލް އިން ހިފާފައިވާ 02 (ދޭއް) ކޮޓަރިއާއި
ސިޓިން ރޫމްގައި އޭނާ އުޅެމުން އައިރު 04 (ހަތަރެއް) މަހުގެ ފެންބިލް ނުދައްކާވާނެ ކަމަށާއި އެ
ހަތަރު ބިލަށް 72,335
/
34ރ. (ހަތްދިހަދެހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ ތިރީސް ހަތަރު
ލާރި) އަރާފައިވާ ކަމަށް ތަހުމީނާ މުޙައްމަދު މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް 2009 ޖުލައި 29 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި ބުނެ ސާފު ބަހުން ފެންބިލް
ނުދައްކާ ކަމަށް އިޢްތިރާފު ވެފައިވާކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
3
2010/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމަށް ބަލާއިރު އެއްބަސްވުމުގެ 11 ވަނަ
މާއްދާގެ ދަށުން އެއްބަސްވުމުގެ މުއްދަތުގައި ޢިމާރާތުގެ ފެން ބިލް އާއި އެހެން ވެސް ޚިދުމަތުގެ
މިފަދަ ބިލްތަކަށް ފައިސާ ދެއްކުމަކީ ކުއްޔަށް ހިފާފަރާތުން ކުރަންޖެހޭ ކަމެއްކަން އެނގެން
އޮތުމުން، ”މއ. މެމޯސާމަންޒިލް، ތަހުމީނާ މުޙައްމަދު ކުއްޔަށް ހިފާފައިވާ މުއްދަތުގައި އެތަނުގެ
ފެންބިލް ދެއްކުމަކީ އެއްބަސްވުމުގެ ދަށުން ތަހުމީނާ މުޙައްމަދުގެ މައްޗަށް ލާޒިމުވާކަމެއް ކަން
އެނގެއެވެ.
(ނ) މަދަނީ ކޯޓުގެ ނަންބަރު 2009/MC/242 ޤަޟިއްޔާގައި ބައްލަވާފައިވަނީ، ތަހުމީނާ
މުޙައްމަދު، މއ. މެމޯސާމަންޒިލް އިން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓުގައި އުޅުނުއިރު 04 މަހުގެ
ފެންބިލް ނުދައްކާވާތީ، އެ 04 މަހުގެ ފެންބިލަށް ދައްކަންޖެހޭ 72,335
/
34ރ. (ހަތްދިހަދެހާސް
ތިންސަތޭކަ ތިރީސްފަސް ރުފިޔާ ތިރީސް ހަތަރު ލާރި) ތަހުމީނާ މުޙައްމަދުގެ އަތުން ހޯދުމަށް އާދަމް
ނަސީމް ދަޢުވާކުރުމުން އެމައްސަލަ ކަމާއި، އެމައްސަލައަކީ އާދަމް ނަސީމު ހުށަހެޅި މައްސަލަ
އެއްކަން އެނގެން އޮތްއިރު، މއ. މެމޯސާމަންޒިލް ކުއްޔަށް ދިނުމުގެ އެގްރީމެންޓްގެ ދަށުން
ޑިޕޮސިޓްގެ ގޮތުގައި ތަހުމީނާ މުޙައްމަދު ފައިސާއެއް ދައްކާފައިވާނަމަ، އެއީ ވަކި ދަޢުވާއެއްކަމާއި؛
މައްސަލަތައް ބެލުމުގައި ޢަމަލު ކުރެވޭ ޢާންމު އުޞޫލަކީ ޝަރީޢަތަށް ހުށަހެޅިފައިވާ
ދަޢުވާއެއް ބެލުން ކަމަށްވުމާއިއެކު، ޑިޕޮސިޓްގެ ގޮތުގައި ތަހުމީނާ މުޙައްމަދު ބަހައްޓާފައިވާ ކަމަށް
ބުނާ، -/
30000ރ. (ތިރީސްހާސް ރުފިޔާ) އާއި މެދު އާދަމް ނަސީމު ހުށަހަޅާފައިވާ 04 ފެން
ބިލުގެ ފައިސާ ހޯދުމުގެ މިމައްސަލައިގާ ގޮތެއް ކަނޑައަޅުއްވާފައި ނުވުމަކީ، ޝަރުޢީ އަދި ޤާނޫނީ
އުޞޫލަކާއި ޚިލާފުވާ ކަމެއް ނޫންކަން އެނގެއެވެ.
މއ. މެމޯސާމަންޒިލް، ތަހުމީނާ މުޙައްމަދު ކުއްޔަށް ހިފައިގެން އުޅުނު އިރު، 04
މަހުގައި އެތަނުގެ ފެންބިލް އާދަޔާއި ޚިލާފަށް ބޮޑުވެފައިވަނީ، ފެން ހޮޅީގައި ލީކެއް ހުރީމާ ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
4
2010/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން ބުނެފައިވާ
ކަމަށް ތަހުމީނާ މުޙައްމަދު ޝަރީޢަތުގައި ބުނެފައިވާއިރު،
އެކަން އެނގޭނެ އެމް.ޑަބްލިޔު.އެސް.ސީގެ ރަސްމީ ލިޔުމެއް ޝަރީޢަތަށް ހުށަހެޅިފައި
ނުވާކަމާއި، އެގްރީމެންޓްގެ މުއްދަތުގައި ތަން މަރާމާތުކޮށް ބެލެހެއްޓުމަކީ ތަހުމީނާ މުޙައްމަދުގެ
ޒިންމާގައިވާ ކަމެއްކަން ތަހުމީނާ މުޙައްމަދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަ ތަކުން އެނގެން އޮތުމުން، ފެން ހޮޅީގައި ލީކެއް ހުރެގެން ފެން ބިލް
ބޮޑުވެފައިވާ ކަމަށް ބެލިޔަސް އެކަމަކީ ތަހުމީނާ މުޙައްމަދު ނޫން އެހެން ފަރާތެއް ޒިންމާ ކުރެވެން
އޮތް ކަމެއް ނޫންކަން އެނގޭ ކަމާއި،
ފެން ހޮޅީގެ މަރާމާތެއް ކުރުމުން ފެންބިލް ކުޑަވެފައިވާ ކަމަށް ތަހުމީނާ މުޙައްމަދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގައި
ބުނެފައިވީނަމަވެސް ޝަރީޢަތަށް ހުށަހެޅިފައިވާ އެއްވެސް ބިލެއްގައި ފެން ހޮޅީގެ މަރާމާތެއް
އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ކޮށްފައިވާ ކަން އެނގެން ނެތް އިރު، މަރާމާތު ކުރެވިފައިވަނީ
ފެން ހޮޅީގެ ކޮންތަނެއް ކަމެއް ތަހުމީނާ މުޙައްމަދު ފަރާތުން ޝަރީޢަތަށް ސާފުކޮށްދެވިފައި
ނުވުމާއިއެކު، ފެން ބިލް ބޮޑުވެފައިވަނީ ފެން ހޮޅީގައި ލީކެއް ހުރެގެން ކަމަށް ތަހުމީނާ މުޙައްމަދުގެ
ފަރާތުން ބުނާ ބުނުމަކީ ޝަރުޢީ ހަމަތަކުން ކަމެއް ޝަރީޢަތަށް ސާބިތުވާ މިންވަރަށް ތަހުމީނާ
މުޙައްމަދުގެ ފަރާތުން ހެކި ދެއްކިފައި ނުވާ ވާހަކައަކަށް ވާތީ، ތަހުމީނާ މުޙައްމަދުގެ އެވާހަކަ ތަކަކީ
ޝަރީޢަތަށް ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫންކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަމަށް ބެލުމުން،
މަދަނީކޯޓުގެ ނަންބަރު 2009/MC/242 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް
ގެންނަންޖެހޭ ސަބަބެއް އޮތް ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
އެއްވެސް ފަނޑިޔާރަކަށް
އެއްބަހެއް ނުވެވުނެވެ.
46 ހ 04
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
5
2010/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް
ހުރުމުން، މަދަނީކޯޓުގެ ނަންބަރު 2009/MC/242 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް
ގެންނާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
at
ޙަމީދު
ޢަބްދުލްޣަނީ މުޙައްމަދު
އިސް ފަނޑިޔާރު
އަޙްމަދު/ ޝަރީފު ޢަލީ
ފަނޑިޔާރު
ފަނޑިޔާރު
އެޢިބާޓް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes