ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/299 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/299
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 299/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު
އައިޑީ ކާޑު ނަންބަރު A116822
ދާއިމީ އެޑްރެސް: ޒާވިއާ
މިހާރުގެ އެޑްރެސް: ގ. ޕާމްވެލި މާލެ
ގއ. ވިލިނލި
0
ހުށަހެޅުނު ތާރީޚް: 28 އޮކްޓޯބަރު 2014
ނިމުނު ތާރީޚް: 05 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ކޯޓް އަމުރު ނަންބަރު: 2014/9196(J
(
MD-145
• އަމުރު ނެރުނު ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދު އަމުރު (މަސްތުވާތަކެތި ދިވެހިރާއްޖެ އެތެރެކުރުން)
• އަމުރު ނެރުނު ތާރީޚު: 23 އޮކްޓޯބަރު 2014
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/299
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9196(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ވިލިނގިލި ޒާވިއާ މުޙައްމަދު
ލިބާން ޢަދުނާނު ރަޝާދު (ގ. ޕާމްވެލި/މާލެ) އެވެ.
CCCO
0
ފާހަގަކުރެވުނު ނުކު6
ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9196(J
(
MD-145 ކޯޓު އަމުރަކީ، ވިލިނގިލި(
ޒާވިއާ މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެ
8*0
4
އެއެޤީވާ
އެތެރެކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ކަންތައްތަކަށް ބަލައި މުޖުތަމަޢުގެ ސަލާމަތަށްޓަކައި
މިވަގުތު ބަންދުން ދޫކޮށްލަން ނުފެންނާތީ ޝަރީޢަތުން ގޮތެއް ނިންމަންދެން ގޭގައި ބަންދުގައި ބެހެއްޓުމަށް
ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9196(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ގޮތުގެ މަތީންނޫންކަމަށްބުނެ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، 02 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެތެރެއިން:-
ފުރަތަމަ ނުކުތާއަކީ: އިސްވެއިޝާރާތްކުރެވުނު އަމުރުގައި މުޙައްމަދު ލުބާން ޢަދުނާން
ރަޝާދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މައްސަލައާ ގުޅިގެން
ހުށަހަޅާފައިވާ ކަންތައްތަކަށް ބަލައި މުޖުތަމަޢުގެ ސަލާމަތަށްޓަކައި މިވަގުތު ބަންދުން ދޫކޮށްލަން ނުފެންނާތީ،
ޝަރީޢަތުން ވަކި ގޮތެއް ނިންމަންދެން ގޭގައި ބަންދުކުރުމަށް 23 އޮކްޓޯބަރު 2014 ދުވަހު ކްރިމިނަލް
ކޯޓުން ނެރުއްވާފައިވާ އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ
0
CUO
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/299
0
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދުއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ
އަމުރެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
ގައި ”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ“
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު
ނެރުއްވިއިރު، އެއުޞޫލަށް ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9196(J(MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި ؛
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ދދު 2
2x އ
ބަޔަނޭ ކރ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/299
404
OCX
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ
އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއިގެ
މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު ގޭގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން
އަމުރުކުރައްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ
މައްސަލާގައި އޭނާ މުޖްތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ހުރެއްޖެނަމަ އޭނާ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރަށް ޤަބޫލުކުރެއްވޭތީކަން
އެނގޭކަމާއި، އެސަބަބަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުގެ ތެރޭގައި ހިމެނޭ ސަބަބެއްކަން އެނގެއެވެ.
ހ) ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ޝަރީޢަތް
ހިންގާ ފަނޑިޔާރު ކަމާއި އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު
ކަނޑައަޅާ އެހެން ފަނޑިޔާރެއްކަމާއި، ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް
ނިންމައިދިނުމަށް ދަޢުވާލިބޭ ފަރާތުން މައްސަލަ ބަލާ ފަނޑިޔާރަށް އަނގަބަހުން ހުށަހެހެޅިދާނެ ކަމާއި،
އެގޮތުގެ މަތީން ދަޢުވާލިބޭ ފަރާތުން ހުށަހަޅައިފިނަމަ ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 09 ވަނަ މާއްދާގައި
ބަޔާންވެގެންވާ ގޮތުގެ މަތިން ޝަރުތުކުރުމަށްފަހު ނުވަތަ 10 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަފާލާތުގެ
އުޞޫލުން ޔަގީންކަން ދީފައި ހައްޔަރުން ނުވަތަ ބަންދުން ދޫކޮށްލުން ނުވަތަ ލުއި ދިނުމުގެ ގޮތުން އެމީހަކު ގޭ
eyއ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/299
ބަންދަށް ބަދަލުކުރުމަށް އަމުރުކުރުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަން ”ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 13
ވަނަ މާއްދާގެ އިން އެނގެން އޮންނަކަމާއި،
މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް
އެތެރެކުރުމުގެ މައްސަލައާގުޅިގެން 2014 އޮކްޓޯބަރ 23 ވަނަ ދުވަހު ”މުޖުތަމަޢުގެ ސަލާމަތަށްޓަކައި
މިވަގުތު ބަންދުން ދޫކޮށްލަން ނުފެންނާތީ” ކަމަށް ބަޔާންކުރައްވައި މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ
މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގައި ޝަރީޢަތުން ގޮތެއް ނިންމަންދެން ގޭގައި ބަންދުކޮށްފައި
އަމުރު
ކުރައްވައި
ކްރިމިނަލް ކޯޓުގެ ނަންބަރު
2014/9196(J
(
MD-145 ކޯޓު އަމުރު ނެރުއްވި އިރު، މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ މައްޗަށް
ހުމަތުކުރެވިފައިވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމިފައިވާކަމާއި މިއިސްތިއުނާފުކުރެވޭ ކްރިމިނަލް
ކޯޓުގެ އަމުރު ނެރުއްވާފައިވަނީ މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައާ
ގުޅިގެން އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ ޝަރީޢަތުގެ މަޖިލިސްތަކުގައި މުޙައްމަދު ލުބާން ޢަދުނާން
ރަޝާދުގެ ފަރާތުން ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެންކަން
މިމައްސަލައާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
81 38 se
سے مرعي
¢ ¢ ¢ a
(ނ) ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގައިވާ ގޮތުގެމަތިން ބަންދުކުރެވޭ މީހުން
ބަންދުގައި ބައިތިއްބަންޖެހޭ ތަން ކަނޑައެޅުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ
ކުރިން ކަނޑައަޅާފައިވާކަމާއިގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/299
މިގޮތުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް
ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ކަނޑައެޅުމާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC-A/2012 ޤަޟިއްޔާއާއި ނަންބަރު 355/HC-A/2013
ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު
ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭ-
އެމީހެއްގެ ފަރާތުން މުޖްތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ ތަނެއްގައިކަމާއި، އަދި މިގޮތުގެމަތިން
ބަންދުކުރެވޭ މީހެއްގެ ކިބައިން މުޖްތަމަޢަށް އޮތް ނުރައްކަލެއް ނެތިކޮށްލެވޭނީ އެމީހަކު ކޮންތާކު ކޮންގޮތަކަށް
ބަންދުކޮށްގެންކަން ކަނޑައަޅަން އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކަށްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސް
އެމިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށް ކަމާއި،
އެހެންކަމުން، އިސްވެބަޔާންކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ
އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
371/HC-A/2013 ޤަޟިއްޔާއާއި، ނަންބަރު 374/HC-A/2013 ޤަޟިއްޔާއާއި ނަންބަރު -HC/2014
62/A ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ކުށުގެ ތުހުމަތުގައިވާ މީހެއްގެ ބަންދުގައި ބަހައްޓަންޖެހޭ
ސަބަބަކީ އެމީހަކު ދޫކޮށްލައިފިނަމަ އެމީހެއްގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނުންކަމަށްވާނަމަ، އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން
މުޖްތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ ތަނެއްގައިކަމާއި، އަދި އެމީހަކު ބަންދުގައި ބަހައްޓާ ތަނަކީ
އެމީހަކު ދިރިއުޅޭ ގެ ކަމަށްވުމަކީ އެމީހެއްގެ ފަރާތުން މުޖްތަމަޢަށް ފޯރާފާނެ ނުރައްކާތެރިކަމެއް
ނެތިކޮށްނުލެވޭނޭ ކަމެއްކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޤަބޫލުކުރެވޭ ޙާލަތުތަކުގައި އެމީހަކު ގޭގައި
4 22
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/299
ދ 2
ބަންއ
6
228 ހ2 ހ4
COC
4 33
ބަންދުކޮށްފައި ބަހައްޓަން މަޖުބޫރުވާ ގޮތަށް ކޯޓުތަކުން އަމުރު ނެރެގެން ނުވާނެކަމާއި، އެފަދަ ޙާލަތްތަކުގައި
އެމީހަކު ބަންދުގައި ބަހައްޓާނެ ކަނޑައެޅުމުގެ އިޚްތިޔާރު ލިބިދޭންވާނީ މިނިސްޓްރީ އޮފް ހޯމް
އެފްއާޒްއަށްކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގައިވާ ގޮތުގެމަތިން ބަންދުކުރެވޭ މީހުން
ބަންދުގައި ބައިތިއްބަންޖެހޭ ތަން ކަނޑައެޅުމުގައި ކޯޓުތަކުން ޢަމަލުކުރަން
ރަންޖެހޭ އުސޫލުކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ކަނޑައަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު އުސޫލަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާތަނަށް
އެއްވެސް ބަދަލެއް ގެނެސްފައިނުވާއިރު، އަދި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު
މަރުޙަލާގެ ކޯޓުތަކުން
ޤާނޫނުއަސާސީގެ ވަނަ މާއްދާގެ (ރ) ގައި
ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ،
އިސްވެ އިޝާރާތްކުރެވުނު އުސޫލާ ޚިލާފަށް ދަށުކޯޓަކުން ޢަމަލުކުރުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) އާ ކަނޑައެޅިގެން ޚިލާފުވާނޭކަމެއްކަން އެނގެއެވެ.
ޚަޗަދ ޏ އ ސ ހ 20
ޒުވާން ފަންކަމަށް
143
.8:
2/5
އިސްވެފާހަގަކުރެވުނު ކަންކަން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2014/9196(J
(
MD-145 އަމުރަކީ، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ކަނޑައަޅާފައިވާ އުސޫލުތަކާއި އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާވެސް ޚިލާފަށް އެކޯޓުން
ނެރުއްވާފައިވާ އަމުރެއްކަމުން، އެ ކޯޓުއަމުރުގައި، ވިލިނގިލި ޒާވިއާ މުޙައްމަދު ލުބާން ޢަދުނާން
ރަޝާދު، 2014 އޮކްޓޯބަރު 23 ވަނަ ދުވަހުގެ 13:27 އިން ފެށިގެން މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ
މައްޗަށް ތުހުމަތު ކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެ އެތެރެކުރުމުގެ ކުށުގެ މައްސަލައިގައި ޝަރީޢަތުން
ގޮތެއް ނިންމަންދެން ގޭގައި ބަންދުގައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/299
ގެންނަން ޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
އިއްތިފާޤު ވެވިފައިވެއެވެ.
ޙުކުމް:
3ވ
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވިދިޔަ ގޮތަށް ހުރުމުން ކްރިމިނަލް ކޯޓުގެ
ނަންބަރު 2014/9196(J(MD-145 ކޯޓު އަމުރުގައި ވިލިނގިލި ޒާވިއާ މުޙައްމަދު ލުބާން ޢަދުނާން
ރަޝާދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A116822) ގޭގައި ބަންދުގައި ބެހެއްޓުމަށް އަމުރު
ކުރައްވާފައިވާ ބައި މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާތިލް
އެއަމުރުގައި ބަޔާންކޮށްފައިވާ މުއްދަތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި
މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު ބަންދުކޮށްފައި ބެހެއްޓުމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށްފީމެވެ.
ކީރިމިއ
!ވެހިރާއްޖީ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv