ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/11 ޤަޟިއްޔާގެ ޙުކުމް
1
2016/HC-A/11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 11/HC
-
A/2016
• އިސްތިއުނާފް ކުރި ފަރާތްތައް:
* ނަން: 1-ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
*ދާއިމީ އެޑްރެސް:ގ.ބޭމްބޫ
* ނަން: 2-ދިވެހިރައްޔިތުންގެ ޕާޓީ
*
ރަޖިސްޓްރީ ނަންބަރު: 01/2005
ޖިސްޓްރީ ނަންބަރު: 02/2005
2202c
. އިސްތިއުނާފު ރައްދުވާ ފަރާތް
ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (އިލެކްޝަންސް ކޮމިޝަން)
• ރަޖިސްޓްރީ ތާރީޚް: 26 ރަބީޢުލްއައްވަލް 1439
06 ޖެނުއަރީ
* ނިމުނު ތާރީޚް: 22 ރަބީޢުލްއާޚިރު 1431
01 ފެބްރުއަރީ
2016
2016
tox
•އިސްތިއުނާފުކުރެވުނު ނިންމުމުގެ ނަންބަރު: 2015
/
05/B4
-
CR2
/
VA "ވަގުތީ އަމުރާމެދު ނިންމިގޮތް
•ޤަޟިއްޔާގެ ބާވަތް: ވަގުތީ އަމުރާމެދު ނިންމިގޮތް
•ނިންމުން ނިންމި ކޯޓް: ސިވިލް ކޯޓު
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް .
ވެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2016/HC-A/11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
• ދައުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015
/
05/B4
-
CR2
/
VA "ވަގުތީ އަމުރާއިމެދު ނިންމިގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކުރުމަށް ދިވެހިރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީއާއި ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2015
/
05/B4
-
CR2
/
VA "ވަގުތީ އަމުރާމެދު
ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފް ކޮށްދިނުން އެދި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2015
/
05/B4
-
CR2
/
VA ވަގުތީ އަމުރާއިމެދު
ނިންމިގޮތަށް ބަލާއިރު، އެނިންމުމަކީ ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/2188 ޤަޟިއްޔާއިން އެކޯޓުގައި
ހިނގަމުންދާ މައްސަލައާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން
ވަގުތީ އަމުރަކަށް އެދި އެދެމުން ނިންމަވާފައިވާ ނިންމެވުމެއްކަމާއި،
އެނިންމެވުމުގައިވަނީ، "މައްސަލައާއި ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި،
ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުންވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށާއި،
މިހުށަހެޅުމާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔުންތަކަށާއި، ކަމާބެހޭ
ޤާނޫނާއި ޤަވާއިދަށް ބެލުމަށްފަހު، މިމައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރެންޖެހޭނެތޯ ޝަރީޢަތުން
ބެލިއިރު،
ދިވެހިރާއް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2016/HC-A/11
މިމައްސަލައަކީ، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު 2015
/
61/EA
/
MDP-38 ސިޓީން
އެމްޑީޕީ އަށާއި، އިލެކްޝަން ކޮމިޝަންގެ ނަންބަރު 2015
/
14/EA
/
DRP-38 ސިޓީން ޑީއާރުޕީ އަށް
އެކޮމިޝަނުން ބަލަހައްޓަވަމުން ގެންދަވާ ދަފްތަރުގައިވާ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 23059
މެންބަރުންނާއި، ޑީއާރުޕީ ގެ ގިނަ ޢަދަދެއްގެ މެންބަރުނަކީ ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީތަކުގެ
ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން، ސިޔާސީ ޕާޓީގެ ހުރިހާ މެންބަރުނަކީ، ފިންގަރ
ޕްރިންޓް ވެރިފައި ކުރެވިފައިވާ ފަރާތްތަކަށް ވުމަށް ލާޒިމްކުރާ ކަމަށް، ބަޔާންކޮށްފައިވާ ކަމަށް ބަޔާންކޮށް،
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން ފިންގަރ ޕްރިންޓް ނެތް މެންބަރުން ފިންގަރ
ޕްރިންޓް ޖަހައި، މެންބަރޝިޕް ފޯމް 31 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ކުރިން، އެކޮމިޝަނަށް
ހުށަހެޅުމަށާއި، އަދި އެތާރީޚަށް ފަހު، ޕާޓީގެ މެންބަރުންގެ ގޮތުގައި ބެލޭނީ ފިންގަރ ޕްރިންޓާއެކު
މެންބަރޝިޕް ހުށަހަޅާފައިވާ ފަރާތްތައް އެކަނިކަމަށް ބަޔާންކޮށް ފޮނުވާފައިވާ ސިޓީއަކީ، ޤާނޫނު އަސާސީގެ
59 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އަޅާފައިވާ ފިޔަވަޅެއްކަމުން، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު
2015
/
61/EA
/
MDP-38 ސިޓީއާއި، އިލެކްޝަން ކޮމިޝަންގެ ނަންބަރު 2015
/
14/EA
/
DRP-38
ސިޓީތަކަކީ، ބާޠިލް ސިޓީތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އެއްކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ ވަގުތީ އަމުރުތައް ނެރުމުގައި ބަލަންޖެހި ފުރިހަމަވާންޖެހޭ ޢާއްމު 3 (ތިނެއް) ޝަރުޠު
އޮންނަކަމާއި، މި 3 (ތިނެއް) ޝަރުޠުގެ ތެރެއިން ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް
ލިބެންޖެހޭ މަޢުޟޫޢީ ޙައްޤެއް ނުވަތަ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވާ
ކަމަށް ބެލެވެން ނެތުމާއި، ވަގުތީއަމުރު ނެރުމަކާއިނުލައި އަޞްލު މަޢުޟޫޢީ ދަޢުވާ ލަސްވެގެން
ހިނގައްޖެނަމަ، ދައުވާކުރާ ފަރާތްތަކަށް ކުރިމަތިވެދާނެ ނުރައްކަލެއް އަދި އަލުން އިޢާދަ ނުކުރެވޭނެ ކަމެއް
އޮތްކަމަށް ބެލެވެން ނެތުމާއި،
ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީ ތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ
(ހ) އަދި (ށ) އާ ޙަވާލާދީ، ދަޢުވާކުރާ ފަރާތްތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަން ކޮމިޝަންގެ
ދަފްތަރުގައި މީގެ ކުރިން ރަޖިސްޓްރީ ކުރެވިފައިވާ މެންބަރުންގެ ތެރެއިން ފިންގަރ ޕްރިންޓް ނެތް
މެންބަރުންނަކީ، 31 ޑިސެމްބަރ 2015 ގެ ފަހުން، މެންބަރުންގެ ގޮތުގައި ނުބެލެވޭނެކަމަށް އިސްވެ
އިޝާރާތް ކުރެވުނު ސިޓީތަކުން ދަޢުވާކުރާ ފަރާތްތަކަށް ދަޢުވާލިބޭ ފަރާތުން އަންގާފައިވާ ނަމަވެސް އެކަމަކީ،
އަޖިކްޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
4
2016/HC-A/11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދަޢުވާކުރު
ކުރާ ފަރާތްތަކަށް އިޢާދަ ކުރެވޭނެ ކަމެއްކަމަށް ޝަރީޢަތަށް ފެންނާތީ، ދަޢުވާކުރާ ފަރާތްތަކުން
އިލެކްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ މިދަޢުވާގައި ވަކިގޮތެއް ޝަރީޢަތުން ކަނޑައަޅަންދެން ދަޢުވާލިބޭ
ކޮމިޝަނުގެ ނަންބަރު
2015
/
61/EA
/
MDP-38 ސިޓީއާއި،
އިލެކްޝަން ކޮމިޝަންގެ ނަންބަރު
2015
/
14/EA
/
DRP-38 ސިޓީއަށް ޢަމަލުކުރުން ފަސްކުރުމަށް، އިލެކްޝަން ކޮމިޝަނަށް އަންގާ
އަމުރެއްނެރޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ." މިފަދައިންނެވެ.
3- ސިވިލް ކޯޓުގެ ނަންބަރު 2015
/
05/B4
-
CR2
/
VA "ވަގުތީ އަމުރާއިމެދު
ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފްކޮށްދިނުމަށް އެދި،
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް
ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އެގޮތުން ހުށަހަޅާފައިވާ؟
(ހ) ފުރަތަމަ ނުކުތާއަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި ދިވެގހިރައްޔިތުންގެ ޕާޓީއިން
މިއީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ނަންބަރު 2015/Cv
-
C/2188 ޤަޟިއްޔާއިން އެދިފައިވަނީ އެލެކްޝަން
ކޮމިޝަނުން ފޮނުވާފައިވާ 2015
/
61/EA
/
MDP-38 ނަންބަރު ސިޓީއިން، އެމް.ޑީ.ޕީއަށް ނިސްބަތްވާ
23,059 މެންބަރުން ޕާޓީގެ ދަފްތަރުން އުނިކުރެވޭގޮތަށް ކަމަށްވާތީ ސިވިލް ކޯޓުން އެކޯޓުގެ
2015
/
05/B4
-
CR2
/
VA ނަންބަރު އަމުރުގައި ޤާނޫނު އަސާސީގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައި
ނުވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނު) ގެ ދަށުން
ޝަރުޠު ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެޕާޓީއެއްގައި
އެވަގުތެއްގައި ރަޖިސްޓްރީވެފައި ތިބި މެންބަރުން ނިންމަތަކަށްވާއިރު އިލެކްޝަންސް ކޮމިޝަނުން އެމް.ޑީ.ޕީއަށް
ފޮނުވާފައިވާ 2015
/
90/EA
/
MDP-38 ނަންބަރު ސިޓީއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި
14 2
2 22 22
Vއވެ"
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2016/HC-A/11
(ނ) ތިންވަނަ ނުކުތާއަކީ، ވަގުތީ އަމުރަށް އިލެކްޝަން ކޮމިޝަނުގެ ފަރާތުން ބަންޑާރަ ނައިބު
ޖަވާބުދާރީވުމަށް ހުށަހެޅުއްވި ބަޔާނުގައި ބަންޑާރަ ނައިބު ދެއްވާފައިވާ ލަފައަށް އެކޯޓުން ވަގުތީ އަމުރާމެދު
ވަގުތީ އަމުރާމެދު ގޮތެއް ނިންމެވިއިރު އެކަމަށް ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4 ސިވިލް ކޯޓުގެ ނަންބަރު 2015
/
05/B4
-
CR2
/
VA "ވަގުތީ އަމުރާއިމެދު ނިންމިގޮތް" ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފް ކުރުމަށް ދިވެހިރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީއާއި ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖްލިހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދުޖ 2
4
(ހ) ފުރަތަމަކަމަކީ، ވަގުތީ އަމުރަކަށް އެދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި
ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ މައުޟޫއަކީ، އިލެކްޝަންސް
ކޮމިޝަނުން މިޕާޓީތަކަށް ފޮނުއްވާފައިވާ އެކޮމިޝަންގެ ނަންބަރު 2015
/
61/EA
/
MDP-38 އަދި ނަންބަރު
2015
/
14/EA
/
DRP-38 ސިޓީގައި ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 11 ވަނަ
މާއްދާގެ (ހ) އަދި (ށ) އާއި ޙަވާލާދީ، އެމާއްދާގެ ދަށުން ސިޔާސީ ޕާޓީއެއްގެ ހުރިހާ މެންބަރުންނަކީ
ފިންގަރޕްރިންޓް ވެރިފައިކުރެވިފައިވާ ފަރާތްތަކަށްވުން ލާޒިމްކަމަށް ބަޔާންކޮށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް
ޕާޓީގެ މެންބަރުންގެ ތެރެއިން ފިންގަރޕްރިންޓް ނެތް މެންބަރުން ފިންގަރޕްރިންޓް ޖަހައި މެމްބަރޝިޕް ފޯމް
31 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށާއި، އަދި އެތާރީޚުގެ
ފަހަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ބެލޭނީ ފިންގަރޕްރިންޓާއިއެކު މެމްބަރޝިޕް ފޯމް ހުށަހަޅާ ފަރާތްތައް
އެކަނިކަމަށް ބަޔާންކޮށް ފޮނުވާފައިވާ ސިޓީއަކީ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް
އަޅާފައިވާ ފިޔަވަޅެއްކަމަށް ބުނެ އިޝާރާތްކުރެވުނު ސިޓީތަކަކީ ބާޠިލް ސިޓީތަކެއްކަމެއް ކަނޑައަޅައި ދިނުމަށް
އެދި މިދެޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދަޢުވާކުރުމުން ބެލެވޭ މައްސަލައެއްކަން
އެނގޭކަމެވެ.
(ނ) ދެވަނަކަމަކީ، އިޝާރާތްކުރެވުނު ދަޢުވާ އެގޮތުގައި ހުށަހެޅިފައިވަނިކޮށް، ދިވެހިރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީއާއި، ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގައި ހިނގަމުންދާ
ދިވެހިރާމް
zaގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
6
2{016/HC-A/11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
cox
މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން މިޕާޓީތަކަށް ފޮނުވާފައިވާ ސިޓީތަކަށް
ޢަމަލުކުރުން
ފަސްކުރުމުގެ ވަގުތީ އަމުރަކަށްކަމާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި،
ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ހުށަހެޅި ވަގުތީ އަމުރާއި ގުޅިގެން ދަށު ކޯޓުގައި ޖަވާބުދާރީވެފައިވަނީ
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބަންޑާރަ ނައިބުކަން އެނގޭކަމާއި، އެގޮތުން ދިވެހިރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީއާއި، ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރުމާއިމެދު
އެއްވެސް އިޢުތިރާސެއް ދައުލަތުގެ ފަރާތުން ކުރައްވާފައިނުވާކަން ދައުލަތުގެ ފަރާތުން 26 ޑިސެމްބަރ 2015
ގައި ވަގުތީ އަމުރާގުޅޭ ގޮތުން ދީފައިވާ ޖަވާބަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި ވަގުތީ އަމުރެއް
ނެރެދޭން ނުޖެހޭ ސަބަބަކާއި ގުޅޭގޮތުން، ދަށު ކޯޓުގައި ވަކާލާތުކޮށްފައިނުވާނެކަމަށް އިސްތިއުނާފުގެ މަރުޙަލާގައި
ބަންޑާރަ ނައިބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވުމަށް ޢައްޔަންކޮށްފައިވާ
އިލެކްޝަންސް ކޮމިޝަންގެ ސީނިއަރ ލީގަލް އޮފިސަރ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާއިރު، އެފަރާތުން
އިސްތިއުނާފް މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަކީ އެފަރާތުން އެއްވެސް
ގޮތަކަށް ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކެއް ނޫންކަން އެނގެން އޮންނައިރު، ދަށު ކޯޓުގައި ދައުލަތުގެ
ފަރާތުން ނުނަގާ ދިފާޢުތަކެއް އިސްތިއުނާފީ މިމަރުޙަލާގައި ނެގުމަކީ، އިސްތިއުނާފް މައްސަލަތައް ބެލުމުގައި
ޤާނޫނީ ގޮތުން ކަނޑައަޅައިފައިވާ އިޖުރާޢަތުތަކާއި ޚިލާފުކަމެއްކަން އެނގޭކަމެވެ.
<< O
0 2
<< O
އ ހ22 2 ގތ
(ނ) ތިންވަނަކަމަކީ، ޝަރުޢީ ކޯޓަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގައި ވަގުތީ އަމުރު ނުވަތަ
ވަގުތީ ފިޔަވަޅު އެޅުމުގައި ޝަރީޢަތުން ބަލަންޖެހޭ އުޞޫލުތައް "ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ
ޤަވާޢިދު" 6 ގެ 295 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، މިގޮތުން ކޯޓުތަކަށް ހުށަހެޅޭ މައުޟޫޢީ ދަޢުވާތަކާއި
ގުޅިގެން ވަގުތީ ފިޔަވަޅު އެޅުމުގެ ގޮތުންނާއި ވަގުތީ ޙިމާޔަތް ދިނުމުގެ ގޮތުން ކޯޓުތަކުން ނެރޭ ވަގުތީ
އަމުރުތަކަކީ ވަގުތީ ޙިމާޔަތެއް ދިނުމުގެ ގޮތުން ދެވޭ ފަރުވާއެއްކަމާއި، އެފަދަ އަމުރުތަކަކީ ހުށަހެޅިފައިވާ
ދަޢުވާގެ މައުޟޫއަށް ނިހާއީ ސިފައެއްގައި ޙިމާޔަތް ލިބުމުގެ ކުރިން ފާއިތުވެ ހިނގައިދާނެ އިޢާދަނުކުރެވޭފަދަ
ގެއްލުމެއް އޮތްކަމަށް ދެކިގެން އެކަމަށްޓަކައި ދެވޭ ވަގުތީ ޙިމާޔަތެއްކަން އެނގޭއިރު، ވަގުތީ ޙިމާޔަތް ލިބިދޭ
އެފަދަ ފިޔަވަޅުތައް އެޅުމުގައި، ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ
ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައިވުމާއި، ވަގުތީ
ފިޔަވަޅު އެޅުމަކާއި ނުލައި މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމާއި،
ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ސިފަ" ނުވަތަ ޙައިސިއްޔަތު ލިބިގެން
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2016/HC-A/11
ފަރާތެއްކަމުގައިވުން ހިމެނިގެންވާކަން އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
21/SC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައި ކަނޑައެޅުއްވުންތަކުން އެނގެން އޮންނައިރު، މިކަންކަން
ދެނެގަތުމުގައި މައްސަލައިގެ މައުޟޫއުއާއި ގުޅޭގޮތުންނާއި، ވަގުތީ އަމުރާއި ގުޅޭގޮތުން ދެފަރާތުން ދައްކާ
ވާހަކަތަކުގެ މައްޗަށް ޝަރީޢަތުގެ ފަރާތުން ރިޢާޔަތްކޮށް ވަގުތީ އަމުރުނެރުމުގެ ސަބަބުން ގެއްލިގެން
ހިނގާދާނެ މަސްލަޙަތާއި، ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ ގެއްލިގެން ހިނގާދާނެ މަސްލަޙަތުގެ މައްޗަށް
ވެސް ނަޒަރުކުރަން ޖެހޭނެކަމާއި،
މިގޮތުން ވަގުތީ އަމުރާއި ގުޅޭގޮތުން ދައުލަތުގެ ފަރާތުން ދަށު ކޯޓުގައި ދީފައިވާ ޖަވާބުގައި
މިމައްސަލައިގައި ވަގުތީ އަމުރެއް ނެރެދީފިނަމަ ދައުލަތައް ބީވާނެ އެއްވެސް މަސްލަޙަތެއްގެ ވާހަކަ
ބަޔާންކޮށްފައިވާކަން ނެތްއިރު، ވަގުތީ އަމުރު ނެރުމާއި ގުޅޭގޮތުން އެއްވެސް އިޢުތިރާސެއްވެސް ދައުލަތުގެ
ފަރާތުން ކޮށްފައިވާކަން އެނގެން ނެތްކަމާއި، އެއާއި ޚިލާފަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި،
ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ މިދެޕާޓީގެ ގިނަ ޢަދަދެއްގެ
މެންބަރުންގެ މެމްބަރޝިޕް ގެއްލިގެން ދިއުމަކީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގައިވާ އަސާސީ ޙައްޤެއް
ނިގުޅިގެންދާނެކަމަށް ދެކޭކަމަށާއި، މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ސިޓީއަށް އެކޮމިޝަނުން
ޢަމަލުކޮށްފިނަމަ، ދިވެހިރައްޔިތުންގެ ޕާޓީގެ ރަޖިސްޓްރީގައި ތިބި މެންބަރުން އެކުއެކީގައި ޕާޓީގެ މެންބަރުކަމުން
ވަކިވެ ދިއުމަކީ އިޢާދަނު
ދަނުކުރެވޭ ގެއްލުމެއްކަމަށް ބުނެ ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
މިމައްސަލައިގައި ފެންނަން ހުރި އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ މައްޗަށް ބެލުމުން،
މިމައްސަލައިގައި ދަށު ކޯޓުގައި ދަޢުވާކުރާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، ދިވެހިރައްޔިތުންގެ
ޕާޓީއަށް ޙިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް އޮތްކަމަށް ބެލުމުގެ އިޙްތިމާލް ފާޅުކަން ބޮޑުގޮތެއްގައި
ފެންނަން އޮތުމާއި، މައްސަލައިގެ މައުޟޫއުއާއި މެދު ގޮތެއް ނިމެންވާއިރަށް ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ
އެދެޕާޓީގައި ތަމްސީލުކުރާ އެތައް މެންބަރުންނަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިގެންވާ
އަސާސީ ޙައްޤަކުން ހިނދުކޮޅަކަށް ނަމަވެސް މަޙްރޫމްވެގެން ދިއުމުގެ ބިރު އޮތުމާއި، މިމައްސަލައިގައި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް
ނެރެދީފިނަމަ ދައުލަތައް
ގެއްލޭ އެއްވެސް މަސްލަޙަތެއްގެ ވާހަކަ ދައުލަތުން ދަށު ކޯޓުގައި
ބަޔާންކޮށްފައިނެތުމާއި، އަދި އެފަދަ މަޤްބޫލު އެއްވެސް ސަބަބެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތް
ތަމްސީލުކުރުމަށް ޢައްޔަންކުރި ފަރާތުން މިކޯޓުގައި ފާހަގަކޮށްފައި ނެތުމާއި، މިމައްސަލާގައި ވަގުތީ އަމުރެއް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
•
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2016/HC-A/11
ނެރުމުން ޙިމާޔަތްކުރެވޭ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، ދިވެހިރައްޔިތުންގެ ޕާޓީގެ މަސްލަޙަތަށްވުރެ
އެއަމުރު ނުނެރުމުން ޙިމާޔަތްކޮށް ރައްކާކުރެވޭ އިލެކްޝަންސް ކޮމިޝަންގެ މަސްލަޙަތު ބޮޑުނޫންކަން
މިޤަޟިއްޔާގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބެލުމުން އެނގޭތީ، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2015
/
05/B4
-
CR2
/
VA "ވަގުތީ އަމުރާއިމެދު
ނިންމިގޮތް" ގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން އެދިފައިވާފަދަ
ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭނެކަމަށެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2015
/
05/B4
-
CR2
/
VA ވަގުތީ އަމުރާއިމެދު ނިންމިގޮތުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި،
ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން
ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ އެނިންމުން ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު
2015/Cv-C/2188 ޤަޟިއްޔާގައި ބެލެވެމުންދާ މައްސަލައިގެ މައުޟޫޢުއާއިމެދު އެކޯޓުން ވަކިގޮތެއް
ކަނޑައަޅަންދެން، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު 2015
/
61/EA
/
MDP-38 ސިޓީއާއި ނަންބަރު
2015
/
14/EA
/
DRP-38 ސިޓީއަށް ޢަމަލުކުރުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
އަންގައި އަމުރުކޮށް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ce O
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv