ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2012/SC-C/13 ޤަޟިއްޔާ
ސަފްޙާ113
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 13/SC
-
C/2012
0
ދަޢުވާކުރާ ފަރާތް: އިބްރާހީމް ރިޝާ، ޖަންބުމާގެ | . ގުރައިދޫ
ޢަލީ އަބްދުﷲ، ގ. ފަރިދޫ ގެ މާލެ
ޝަހީމް އަޙްމަދު، އޮނުފިނިގެ | ކ. ދިއްފުށި
ދަޢުވާލިބޭ ފަރާތް: ދައުލަތް (އެޓާރނީ ޖެނެރަލް)
ތަދައްޚުލުވި ފަރާތް: މޫސާ އަންވަރު، ލާމިގެ/ ސ.ހިތަދޫ
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
• މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭފޯމުން
• ހުށަހެޅުނު ތާރީޚް: 17 ޖޫން 2012
ރަޖިސްޓްރީކުރެވުނު ތާރީޚް: 29 އޮގަސްޓް 2012
• ނިމުނު ތާރީޚް: 04 ޑިސެމްބަރ 2012
0
މައްސަލަ ނިންމި ގަޑި: 12:55
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިސް:
އުއްތަމަފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދު
ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު
އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން.
ދިވެހިރަކީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން:Tel
3009990
960+މްވެ، ދިވެހިރެޑްގެ
ސަފްޙާ13 2
މައްސަލައިގެ ޚުލާޞާ
މިއީ، ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ އިޞްލާޙަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، 26 ވަނަ މާއްދާގެ (ނ) އާއި، 30
ވަނަ މާއްދާގެ (ހ) އާއި ކަނޑައެޅިގެން ޚިލާފު އިޞްލާޙެއް ކަމަށް ބުނެ، އެ އިޞްލާޙު ބާޠިލުކޮށްދިނުމަށް
އެދި އިބްރާހީމް ރިޝާ (ޖަންބުމާގެ ކ.ގުރައިދޫ) އާއި، ޢަލީ ޢަބްދު ﷲ (އ.ފަރިދޫ، މާލެ) އާއި، ޝަހީމް
އަޙްމަދު (އޮނުފިނިގެ/ ކ.ދިއްފުށި) ގެ ފަރާތުން ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާލިބޭގޮތަށް ހުށަހެޅުމުން
ބެލިފައިވާ މައްސަލައެކެވެ.
އަދި ބުނެވިދިޔަ ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ
އިޞްލާޙަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، 26 ވަނަ މާއްދާގެ (ނ)
އާއި، 30 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ބާޠިލު އެއްޗެއްކަމަށް ކަނޑައަޅައިދިނުމަށް އެދި މޫސާ
އަންވަރު ( ލާމިގެ ސ. ހިތަދޫ) ގެ ފަރާތުން މި މައްސަލާގައި ތަދައްޚުލުވެފައިވެއެވެ.
4 ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި،
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)
އަށް ޤާނޫނު ނަންބަރު 2/2011 އިން ގެނެވުނު އިޞްލާޙަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ
ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން:Tel
3009990
960+މްވެ، ދިވެހިރެޑްގެ
ސަފްޙާ3513
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލާގައި ތަދައްޚުލުވި ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ލިޔުންތަކަށާއި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކާއި ގުޅޭ ޢާންމު ދުސްތޫރީ އަދި ޤާނޫނީ
މަދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންގެ އަޢުލަބިއްޔަތަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
e o X
(ހ) ފުރަތަމަ ކަމަކީ، ޤާނޫނީ ދައުލަތެއްގެ އެންމެ މުހިއްމު އެއް އަސާސަކީ "މަދައުލް
މަޝްރޫޢިއްޔާ" (Principle of Legality) ގެ އަސާސްކަމާއި، މިމަބްދަޢުގެ މުރާދައަކީ ދައުލަތުގައި
ޤާނޫނުގެ ސިޔާދަތު ކަށަވަރުވެ، ދައުލަތުގެ އެންމެހައި ބާރުތަކާއި، މުއައްސަސާތަކާއި، އިދާރާތަކާ، އަދި
އެންމެހައި ރައްޔިތުން ޤާނޫނަށް ބޯލެބުންކަމާއި، ތަހްޒީބުވެފައިވާ ދައުލަތްތަކުގައި މި މައްދައު
ގެރެންޓީކޮށްދޭ އެންމެ
އެއް ދުސްތޫރީ މައްދައަކީ
ދުސްތޫރު"
(supremacy of constitution) ގެ މައްދައު ކަމާ، އަދި މިމަބްދައަކީ ދުނިޔޭގެ އެންމެހައި ޤާނުނީ
ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މައްދައެއްކަމަށްވާ "މަބްދައެއް ދުސްތޫރިއްޔާ"
(Principle of Constitutionality) އޭގެ މައްޗަށް ބިނާވެގެންވާ އަސާސްވެސް ކަމާއި، ބުނެވިދިޔަ
"މަބްދައެއް ދުސްތޫރިއްޔާ" ގެ މަފްހޫމަކީ ދައުލަތުގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ޤާނޫނީ
ޤާޢިދާ (Legal Rule) ތަކަކީ - އެއީ ޕާރލަމެންޓުން ފާސްކުރާ ޤާނޫނަކަށްވިއަސް، ދައުލަތުގެ
އިދާރާއަކުން ނެރޭ ޤަވާޢިދަކަށް ވިއަސް ނުވަތަ އިދާރީ ޤަރާރަކަށް ވިއަސް - ދައުލަތުގެ ޤާނޫނީ ހަރުފަތުގެ
އެންމެ މަތީގައިވާ ޤާނޫނުއަސާސީގެ ނައްޞަކާ ނުވަތަ ޤާނޫނުއަސާސީން ޤާއިމުކޮށްފައިވާ އެއްވެސް
ދުސްތޫރީ މައްދައަކާ ތަޢާރުޟުނުވާ ޤާޢިދާތަކަކަށް ވުންކަމުގައި ވީހިނދު، މި މަފްހޫމު ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ވަނަ މާއްދާގައި
268
އެއްވެސް
އޮޅުމެއް
ނަރަގޮތަށް
ކަށަވަރު
ވަރުކޮށްދީފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާw
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
99
+
960،
ސަފްޙާ13ގެ4
(ށ) ދެވަނަ ކަމަކީ، ކޮންޓެމްޕޮރަރީ ސިޔާސީ ނިޒާމްތަކުގައި ދައުލަތުގެ އެންމެހައި
ވެރިކަމުގެ ބާރުތަކަކީ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އަދި ރައްޔިތުންގެ ކިބައިގައި ދެމިއޮންނަ
ބާރުތަކެއްކަމާއި، މިޒަމާނުގެ ޑިމޮކްރސީތަކުގައި ބުނެވިދިޔަ ބާރުތައް ހިންގަނީ އަސާސިގޮތެއްގައި
"ރެޕްރެޒެންޓެޓިވް ޑިމޮކްރަސީ" ގެ އުޞޫލުން، ރައްޔިތުން ތަމްޘީލުކުރުމަށްޓަކައި ރައްޔިތުން އިންތިޚާބުކުރާ
ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށްގެންކަމާއި، އެހެންނަމަވެސް ބައެއް އިޙްތިޞާޞްތައް ހިންގުމުގައި
"ކްވާޒް ޑައިރެކްޓް ޑިމޮކްރެސީ" (Quasi Direct Democracy) ގެ އުޞޫލުން ސީދާ ރައްޔިތުން
ބައިވެރިވުން އެކި ދުސްތޫރީ ނިޒާމްތަކުގައި އެކި ފެންވަރަށް ތަންޒީމް ކުރެވިފައިވާކަން އެނގެން
އޮންނައިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައިވެސް އިސްވެދިޔަ އުޞޫލުތައް ޤާއިމުވެގެންވާކަން
އެނގޭކަމާ! މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި "ދިވެހިދައުލަތުގެ
އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި ޤި ބާރުތައް ދެމިއޮންނަނީ
ރައްޔިތުންގެ ކިބައިގައެވެ." މިފަދައިން ބަޔާންކުރުމަށް ފަހު، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު
މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި
ބައިވެރިވުމުގެ ޙައްޤަކީ ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ޤާނޫނުއަސާސީގައިވާގޮތުގެ
މަތިން ލިބިގެންވާ ޙައްޤެއްކަން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ސާފުކޮށް އެނގެން
ce O
2 20
0x 0ދ 4
2
އަނނނމެވެ
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ
މާއްދާގައި ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ބަޔާންކުރުމަށްފަހު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންކަމުގައި ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި
ކަނޑައަޅާފައިވާކަމާއި، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ލޯކަލް
ކައުންސިލްތަކަކީ މިނިވަން މުސްތަޤިއްލު އިދާރާތަކަކަށް ވުމަކީ ލޯކަލް ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން:Tel
3009990
960+މްވެ، ދިވެހިރެޑްގެ
ސަފްޙާ5513
4 2
ހިންގުމުގެ ނިޒާމް އޭގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިއްމު އެއް އަސާސްކަމާއި، ނަތީޖާއެއްގެ ގޮތުން
މިޒަމާނުގެ ތަފާތު އިދާރީ ނިޒާމްތަކުގައި ލޯކަލް ކައުންސިލްތަކުގެ މެންބަރުންނަކީ އެ ކައުންސިލްތައް
ނިސްބަތްވާ ލޯކަލް ދާއިރާތަކުގެ ރައްޔިތުން އިންތިޚާބުކުރާ މެންބަރުންކަން އެނގެން އޮންނަ ހިނދު، މިކަން
ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ
ނައްޞުގައި "އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ
ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާތީ އުޞޫލުތަކުގެމަތީން، ސިއްރު ވޯޓަކުން
އިންތިޚާބުކުރާ މެންބަރުންނެވެ." މިހެން ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ
އިޞްލާޙަށް ބެލިއިރު، އެ އިޞްލާޙަކީ ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ހިންގުމުގެ ޤާނޫނުގައި ކައުންސިލްތަކުގެ މެންބަރުން މަޤާމުން ވަކިވާގޮތްތައް ބަޔާންކޮށްފައިވާ
މާއްދާކަމުގައިވާ އެ ޤާނޫނުގެ 119 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށް ގެނެވުނު އިޞް
މިގޮތުން އެ މާއްދާއަށް އިތުރުކުރެވުނު އެ މާއްދާގެ (ބ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި
ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު
ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ، ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ސަބަބެއްގެ ގޮތުގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
0
2 2ބ ހދ.
.ހއކވެ،
OXO
(ބ) ފަސްވަނަ ކަމަކީ، ސިޔާސީ ޕާޓީއަކީ ތަފާތު ދީމްޤުރާޠީ އަދި ޤާނޫނީ (Legitimate)
ވަސީލަތްތައް ބޭނުންކޮށްގެން ވެރިކަން ކާމިޔާބުކުރުމަށްޓަކާ އިއްތިޙާދުވެ، ވަކި ޚާއްޞަ ސިޔާސީ
މެނިފެސްޓޯއެއް ތަންފީޒުކުރުމުގެ މަޤްޞަދުގައި، މަސައްކަތްކުރާ ޖަމާޢަތެއްކަން އެނގޭކަމާއި، މި މާނާގައި
ދައުލަތުގެ ތަފާތު ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމާމެދު ރައްޔިތުންގެ ޢާންމު ރައުޔު، އޭގެ
ދިވެހިރާއްޖޭގެ ސުރީމް ކޯޓު ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން:Tel
3009990
960+މްވެ، ދިވެހިރެޑްގެ
ސަފްޙާ13ގެ6
4260
2 20
އެންމެ ފުރިހަމަގޮތުގައި ހޭލުންތެރި ކުރުވުމަށްޓަކާ ސިޔާސީ ޕާރޓީތަކުގެ ދައުރަކީ މީޒަމާނުގެ ދީމްޤުރާޠީ
ނިޒާމްތަކުގައި ޟަރޫރަތްތެރި ދައުރެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި “ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ
ޙަރަކާތްތަކުގައި ބައިވެރިވުމުގެ
ރައްޔިތަކަށްމެ ލިބިގެންވެއެވެ." މިފަދައިން
ކަނޑައަޅައިފައިވާކަން އެނގެން އޮންނަކަމެވެ.
ޙައްޤު
ކޮންމެ
4 3 2x
مرد کی
(ޅ) ހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ
އިޞްލާޙުގެ ދަށުން، އެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ބ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި
ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު
ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ، ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ސަބަބެއްގެ ގޮތުގައި
ބަޔާންކޮށްފައި އޮންނަ ދުސްތޫރިއްޔަތު (Constitutionality) ކަމާމެދު ޤާނޫނީގޮތުން
ނަޒަރުކުރިއިރު، ޢާންމު އިންތިޚާބުތަކުގައި ބައިވެރިވެ، ރައްޔިތުން ތަމްޘީލުކުރާ މަޖިލިސްތަކަށާއި
ކައުންސިލްތަކަށް މެންބަރުން އިޚްތިޔާރުކުރުމަކީ ރައްޔިތުންގެ ސިޔާދަތު (هلا هللا لللل
Principle of the Sovereignty of the People) ގެ މަބްދަޢުގެ ދަށުން، މިޒަމާނުގެ އެންމެހައި
ދުސްތޫރީ ނިޒާމްތަކުގައި ރައްޔިތުންގެ ދުސްތޫރީ ޙައްޤެއްކަން އެނގެން އޮންނަކަމާ، އަދި ރައްޔިތުން
ތަމްޘީލުކުރާ މަޖިލިސްތަކަށާއި ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެންބަރުން ދުސްތޫރީގޮތުން ތަމްޘީލުކުރަނީ
އެމީހުން އިންތިޚާބުކުރާ ރައްޔިތުންކަން އެނގެން އޮންނަކަމާ ވުމާއިއެކު، ރައްޔިތުން މިނިވަންކަމާ ފުރިހަމަ
އިޚްތިޔާރާއެކު އިންތިޚާބުކުރާ މީހަކީ ސިޔާސީ ޕާޓީއެއްގެ ރުހުމުގައި މެނުވީ އެ މީހަކު އިންތިޚާބުކުރި
ރައްޔިތުން ތަމްޘީލުކުރުންމަތީގައި ދެމިނުހުރެވޭ މީހަކަށްވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަފްހޫމާއި ތަޢާރުޟުވާ،
ދިވެހިރައީސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން:Tel
3009990
960+މްވެ، ދިވެހިރެޑްގެ
ސަފްޙާ13ގެ7
2202
تور ترکی
އަދި އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް
ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަށް ހުރަސްއެޅޭ ކަމެއްކަމާ، އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި "ސިޔާސީ ޕާޓީ
އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ
ލިބިގެންވެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންވެގެން އޮތުމުން ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމަކީ މަލްޓި
ޕާޓީ ސިސްޓަމަށް ޖާގަދޭ ސިޔާސީ ނިޒާމެއްކަން އެނގޭކަމާ، އަދި އެ ފަދަ ނިޒާމެއްގައި ކޮންމެ
މީހަކަށްވެސް އެމީހަކު ބޭނުން ޕާޓީއެއްގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވާކަމާއި، ވަކި ޕާޓީއެއްގައި
ހުރުން އެއްވެސް މީހެއްގެ މައްޗަށް ސީދާކޮށްވެސް
ވިދާކޮށްވެސް ނުވަތަ ނުސީދާކޮށްވެސް ލާޒިމް ކުރެވޭނެ ޤާނޫނީ
ހަމައެއް ނެތްކަން އެނގެން އޮންނަކަމާ، އެހެންކަމުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން
އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވި ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ
ޕާޓިއަކުން ވަކިކުރުމަކީ، ރައްޔިތުން ތަމްޘީލުކުރުމަށްޓަކައި، ރައްޔިތުން އިންތިޚާބުކުރާ މީހަކު އެމީހަކު
އިންތިޚާބުވެފައިވާ މަޖިލީހަކުން ނުވަތަ ކައުންސިލަކުން ވަކިވާންޖެހޭ ސަބަބެއް ނޫންކަމާ، އަދި އެއީ
ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ، އިސްވެ ބަޔާންވެދިޔަ ޙައްޤަށް ހުރަސްއެޅޭ
24
މ 04 ތތ
ކަމެއްކަން އެނގެން އޮންނަކަމެވެ.
(ބ) ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީގެ އަސާސީ
ޙައްޤުތަކާއި މިނިވަންކަމާބެހޭ ބާބުގައިވާ ކޮންމެ ޙައްޤަކީ ނުވަތަ މިނިވަންކަމަކީ ޤާނޫނުއަސީގެ 16 ވަނަ
މާއްދާގައި ބުނެފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިފެހެއްޓިދާނެ ޙައްޤުތަކާއި މިނިވަންކަން
ކަމަށް ވާތީ، ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ އިޞްލާޙަކީ ރައްޔިތުންގެ
މަޖިލީހުން އެ ބީދައިން ފާސްކޮށްފައިވާ އިޞްލާހެއްކަމަށް ބުނެ މި މައްސަލާގައި ދަޢުވާލިބޭ ދައުލަތުގެ
0 0
<
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން:Tel
3009990
960+މްވެ، ދިވެހިރެޑްގެ
ސަފްޙާ8513
އެޓާރނީ ޖެނެރަލްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައި އޮންނައޮތުމަށް
ޤާނޫނީ ނަޒަރަކުން
ބެލިއިރު އަންނަނިވި ނުކުތާތައް ފާހަގަކުރެވިފައިވާ ކަމެވެ.
1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ
އެންމެހައި ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކުރަމުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ޞަރީޙަ
ޢިބާރާތުގައި " މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ
އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީން
ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނަކުންނެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއް ނުވަތަ
މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖުތަމައެއްގައި މިފަދަ ޙައްޤެއް
ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ
މާއްދާގެ (ށ) ގައި އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މި ބާބުގައި
ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން،
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ."
މިފަދައިން ކަނޑައަޅައިފައިވެއެވެ.
IF
OX
2. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ
ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް މިންވަރަކަށް ޤައިދުކުރެވޭނީ އިސްވެ
އިޝާރާތްކުރެވުނު ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ މަތިންކަމާ،
މިގޮތުން؟ ބުނެވިދިޔަ ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނަކުންކަމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެފަދަ ޤާނޫނަކީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ
ދިވެހިއަށް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން:Tel
3009990
960+މްވެ، ދިވެހިރެޑްގެ
ސަފްޙާ13ގެ9
ގޮތެއްގެމަތީން ފާސްވާ ޤާނޫނަކަށް ވާންޖެހޭކަމާއި، ޤާނޫނުއަސާސީއާއި ތަޢާރުޟު ނުވުމަކީ ޤާނޫނުއަސާސީގެ
ޞަރީޙަ ނައްޞަކާ ނުވަތަ ޤާނޫނުއަސާސީއިން ޤާއިމުކޮށްފައިވާ ދުސްތޫރީ މައްދައަކާއިވެސް ތަޢާރުޟު
ނުވުންކަމާ، މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވިއަސް ރައްޔިތުންގެ އަސާސީ
ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ، މިނިވަން ދީމިޤްރާޠީ މުޖުތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ
މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ކަމާއި، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި
ރައްޔިތުންގެ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރު
ކަނޑައެޅުމުގައި، ހިފަހައްޓަން ބޭނުންވާ ޙައްޤު ނުވަތަ މިނިވަންކަން ދީމުޤްރާޠީ މުޖުތަމަޢުތަކުގައި
ހިފެހެއްޓުމުގައި ރިޢާޔަތްކޮށްފައިވާ ޤާނޫނީ އަސާސްތަކަށް ބަލައި ވަޒަންކުރުމުގައި، ޤާނޫނުއަސާސީގެ 16
ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ކަންތަކަށް ރިޢާޔަތްކުރަންވާނެކަން އެނގެން އޮވެއެވެ.
.3
202 24 2
ex e 4
3. "ރެޕްރެޒެންޓެޓިވް" ނިޒާމެއްގައި ރައްޔިތުން ތަމްޘީލުކުރުމަށް އެކުލަވާލެވޭ މަޖިލީހަކަށް
ނުވަތަ ކައުންސިލަކަށް ރައްޔިތުން ހޮވާ މެންބަރަކު، އެ މެންބަރު ނިސްބަތްވާ ސިޔާސީ ޕާޓީއެއް
ދޫކޮށްލުމުން ނުވަތަ އެ ޕާޓީއަކުން އެ މެންބަރަކު ވަކިކުރުމުން، އެ މެންބަރަކު ހޮވިފައިވާ މަޖިލީހުގެ ނުވަތަ
ކައުންސިލްގެ މެންބަރުކަން ހުޅަނގު ޔޫރަޕްގެ ޑިމޮކްރަސީތައްފަދަ އެސްޓަބްލިޝް ކުރިއަރާފައިވާ ގިނަ
ޑިމޮކްރަސީތަކުގައި
ބުނެވިދިޔަ ޙާލަތުގައި މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުތައް
ހެދިފައިވަނީ ޢާންމުގޮތަކަށް ޅަފަތުގެ ޑިމޮކްރަސީތަކުގަޔާއި (nascent democracies) ޑިމޮކްރެޓިކް ނޫން
މުޖްތަމަޢުތަކުގައިކަން ޕޮލިޓިކަލް ސައިންސްގެ އެކްސްޕާޓުންގެ ލިއުންތަކުންނާއި، އިންޓަރނޭޝަނަލް
އިންސްޓިޓިއުޓް ފޮރ ޑިމޮކްރަސީ އެންޑް އެލެކްޓޯރަލް އެސިސްޓެންސް" (International IDA) ފަދަ
އޮރގަނައިޒޭޝަންތަކާއި ދިރާސާކުރާ މަރުކަޒުތަކުގެ ރިޕޯޓްތަކުން އެނގެން އޮވެއެވެ.
ނ.ގ.އލިކަމެއް،
4. ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުން ތަމްޘީލުކުރާ މަޖިލިހަކަށް ނުވަތަ
ކައުންސިލަކަށް އިންތިޚާބުކުރެވޭ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީ ދޫކޮށްލަންޖެހޭ ޙާލަތުގައި، އޭނާ
ދިވެހިރަށް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން:Tel
3009990
960+މްވެ، ދިވެހިރެޑްގެ
ސަފްޙާ13ގެ10
އިންތިޚާބުކުރެވިފައިވާ މަޖިލީހުގެ ނުވަތަ ކައުންސިލްގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުތައް ފާސްކޮށްފައިވާ ގިނަ
ނިޒާމުތަކުގައި އެކަން ސިޔާސީގޮތުން ދިފާޢުކުރަނީ އެއީ ޕާޓީ ސިސްޓަމް ހަރުދަނާކުރުމަށްޓަކާ އެޅޭ ވަޤުތީ
ފިޔަވަޅެއްގެ ގޮތުގައި ކަން އެނގޭކަމާ، އަދި އެކަމުގެ ޤާނޫނީ އަސާސަކީ ބުނެވިދިޔަ ނިޒާމްތަކުގައި،
ރައްޔިތުން ވޯޓްދޭ އިންތިޚާބީ ނިޒާމަކީ " ނިސްބަތުން ތަމްސީލުކުރުމުގެ ނިޒާމް" ނުވަތަ ޕްރޮޕޯޝަނަލް
ރެޕްރެޒެންޓޭޝަން ސިސްޓަމް' (Proportional Representation System) ކަމަށްވެފައި، ގިނަ މަލްޓި
ފާޓި ސިސްޓަމްތަކުގައި ތަޠްބީޤްކުރެވޭ މި އިންތިޚާބީ ނިޒާމް ޤާއިމުވެގެންވާ އަސާސީ މަފްހޫމަކީ، މި
ނިޒާމުގައި ރައްޔިތުން ވޯޓުދެނީ އޭގެ ޒާތުގައި ވަކި ކެންޑިޑޭޓަކަށް ނޫންކަމާއި، ނަމަވެސް ސިޔާސީ
ޕާޓީތަކުން ހުށަހަޅާ ސިޔާސީ ފިކުރަށާއި މެނިފެސްޓޯގެ މައްޗަށް ބުރަވެތިބެ ޕާޓީތަކުން ހުށަހަޅާ
ކެންޑިޑޭޓުންގެ ލިސްޓަކަށްކަމާއި، އިންތިޚާބުގައި ވޯޓުދިނުމުގައި ލިސްޓުގައި ބަޔާންވެގެންވާ ކެންޑިޑޭޓުންގެ
ނަންތަކަށްވުރެ ވޯޓުދޭމީހުން ޕާޓީތަކުގެ ސިޔާސީ އައިޑިއޮލޮޖީއަށާއި ފިކުރަށް ރިޢާޔަތްކޮށް އެމީހުންގެ ވޯޓް
ސީދާ ޕާޓީއަށް ދޭކަން ފާހަގަކުރެވޭކަމާ، ވުމާއެކު މިފަދަ އިންތިޚާބީ ނިޒާމްތައް ތަޠްބީޤްކުރާ ދައުލަތްތަކުގައި
އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރެޕްރެޒެންޓެޓިވެ މަޖިލިސްތަކަށާއި،
ކައުންސިލްތަކަށް އިންތިޚާބުވާ މީހުން އެމީހުން ނިސްބަތްވާ ޕާޓީ ދޫކޮށްލަންޖެހޭ ޙާލަތުގައި އެމީހުންގެ
މެންބަރުކަން ގެއްލޭގޮތަށް އޮތް އޮތުން ޤާނޫނީގޮތުން ހުއްދަ ކުރެވުނުކަމުގައި ވިއަސް، ދިވެހިރާއްޖެ ފަދަ
"އަޣުލަބިއްޔަތުގެ އިންތިޚާބު" ގެ ނިޒާމް ނުވަތަ މެޖޯރިޓީ އިލެކްޝަން ސިސްޓަމް
(Majority Election System) ގެ ދަށުން، ފަރުދީ ކެންޑިޑޭޓަކަށް ނުވަތަ ކެންޑިޑޭޓުންތަކަކަށް ވޯޓުދޭ
ސިސްޓަމްތަކުގައި، ޕާޓީ ދޫކޮށްލުމަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މީހަކު، އެމީހަކު އިންތިޚާބުވެފައިވާ
OXO
OXU OL
Il2
މަޖިލީހަކުން ނުވަތަ ކައުންސިލަކުން ވަކިވާންޖެހޭފަދަ ޤާނޫނީ ސަބަބެއް ނޫންކަން އެނގެއެވެ.
(ޅ) އަށްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ
(ނ) ގައި ކަނޑައަޅާފައިވާ، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން:Tel
3009990
960+މްވެ، ދިވެހިރެޑްގެ
ސަފްޙާ13ގެ11
މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤުފަދަ ފަރުދީ އަދި
ސިޔާސީ ޙައްޤުތައް ދުސްތޫރީ ގޮތުން ސިފަކުރެވެނީ "ސަލް ޙައްޤު" (Negative Rights) ތަކުގެ
ގޮތުގައިކަމާ، އަދި އެ ފަދަ ޙައްޤުތަކަކީ ދައުލަތުން އެ ޙައްޤުތަކަށް ފުރިހަމަޔަށް އިޙްތިރާމްކުރުން
ލާޒިމްވެގެންވާ، އެ ޙައްޤުތަކާމެދު ތަންދީމީގޮތުންކުރެވޭ ޤާއިދެއްފިޔަވައި، އެހެން އެއްވެސް ޤައިދެއް
ނުކުރެވޭނެ ޙައްޤުތަކެއްކަން، އިސްތިޤްރާރުވެފައިވާ ދުސްތޫރީ ޢާންމު މަޞްދަރުތަކަށް ބެލުމުން އެނގެން
،
އޮންނަ ކަމެވެ.
(ކ) ނުވަވަނަ ކަމަކީ، "ރެޕްރެޒެންޓެޓިވް" މަޖިލީހަކަށް ނުވަތަ ކައުންސިލަކަށް ރައްޔިތުން
އިންތިޚާބުކުރާ މެންބަރަކާ އެ މެންބަރަކު އިންތިޚާބުކުރާ ރައްޔިތުންނާ ދެމެދުގައި، ރައްޔިތުންގެ ސިޔާދަތުގެ
މަބްދަޢުގެ ދަށުން ޤާއިމުވެފައިވާ ތަމްޝީލީ ގުޅުމާއި އެކުވެސް، ބުނެވިދިޔަފަދަ މަޖިލީހަކަށް ނުވަތަ
ކައުންސިލަކަށް އިންތިޚާބުވެފައިވާ މެންބަރަކު، އެ މަޖިލީހުގެ ނުވަތަ ކައުންސިލްގެ މެންބަރުކަމުން
"ރެޕްރެޒެންޓެޓިވް ސިސްޓަމް" ގައި ސީދާ އެ މެންބަރަކު އިންތިޚާބުކުރާ
ރައްޔިތުންނަށްވެސް ލިބިގެން ނުވާއިރު، އެމެންބަރަކު ނިސްބަތްވާ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، އެ
މެންބަރަކު އިންތިޚާބުވެފައިވާ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް އޮތުމަކީ، ޕްރޮޕޯޝަނަލް
ރެޕްރެޒެންޓޭޝަން ސިސްޓަމް' އެއްގައި ސިޔާސީ ޕާޓީގެ ލިސްޓަށް ވޯޓުދޭ އިންތިޚާބީ ނިޒާމެއް ގެ ދަށުން
މެނުވީ ހުއްދަ ނުކުރެވޭނެ ކަމެއްކަން އެނގެން އޮންނަކަމެވެ.
ވަކިކުރުމުގެ ބާރު
(އ) ދިހަވަނަ ކަމަކީ، އިސްވެދިޔަ ޤާނޫނީ ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ޤާނޫނު
ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން، އެ ޤާނޫނުގެ 119 ވަނަ
މާއްދާގެ (ބ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް،
އިންތިޚާބުވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ،
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
wwww.supremecourt.gov.mvފެކްސް: :3008554Fax
960 + | ފޯން:Tel
3009990
960 +މާވެ، ދިވެހިބޭޑް
ސަފްޙާ12
:
13
ދިވެހިރާއް
ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ސަބަބެއްގެ ގޮތުގައި ކަނޑައަޅައި ފާސްކޮށްފައި އޮންނަ
އިޞްލާހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި
ކަށަވަރުކޮށްދީފައިވާ ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް އެ މީހަކު މިނިވަންކަމާއެކު
އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤާއި،
ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ
ރައްޔިތަކަށްމެ ލިބިގެންވާ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ
ޙައްޤާއި، ދެ ޙައްޤު ހިފެހެއްޓޭފަދަ ގޮތަކަށް ފާސްކޮށްފައިވާ އިޞްލާއެއްކަން ފާހަގަކުރެވިފައިވާއިރު، އެ
އިޞްލާޙުގެ ދަށުން ހިފެހެއްޓިފައިވާ އިސްވެދިޔަ ޙައްޤުތައް ހިފެހެއްޓިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ނޫންކަން
ފާހަގަކުރެވިފައިވާކަމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ އެންމެހައި ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ޤާނޫނު
ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 115 މާއްދާ އަށް އިތުރުކުރެވުނު އެ މާއްދާގެ (ބ) ގައި ސިޔާސީ
ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވާ ޕާޓީއިން
ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ، ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ
ސަބަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26
ވަނަ މާއްދާގެ (ނ) އާއި، އަދި 30 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟުވާކަމަށް، މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޢުލަބިއްޔަތަށް އިއްތިފާޤުވެވުނު ހިނދު، ޤާނޫނު ނަންބަރު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން:Tel
3009990
960+މްވެ، ދިވެހިރެޑްގެ
ސަފްޙާ13
:
13
2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ހިންގުމުގެ ޤާނޫނު) ގެ މާއްދާ އަށް އިތުރުކުރެވުނު އެ މާއްދާގެ (ބ) ބާޠިލްކަމަށް
ކަނޑައަޅައިފީމެވެ.
119
ދިވެހިރާw
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
99
+
960،
ސަފްޙާ 15 ގެ 1
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާންގެ ތަފާތުވި ރަޢުޔު
<< O
0 0
<< O
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް، ކ. ގުރައިދޫ، ޖަންބުމާގޭ އިބްރާޙީމް ރިޝާ އަދި
ގ.ފަރިދޫ ޢަލީ ޢަބްދުﷲ އަދި ކ. ދިއްފުށީ އޮނު ފިނިގޭ ޝަހީމް ޢަހްމަދު، 17 ޖޫން 2012 ވަނަ ދުވަހު،
ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން، ހުށަހެޅި މައްސަލަ އަކީ ޤާނޫނު ނަންބަރު
2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ
ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
4 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ ކަނޑައެޅިގެން ޚިލާފް
ޤާނޫނަކަށް ވާތީ ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އެއީ
ބާޠިލް ޤާނޫނެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
22 22
މައްސަލައަށް ހިތަދޫ ލާމިގޭ މޫސާ އަންވަރު ވަނީ ތަދައްޚުލް ވެފައެވެ.
ތަދައްޚުލްވި މައްސަލައާ މޫސާ އަންވަރާ ހުރި ގުޅުން ކަމަށް މޫސާ އަންވަރު ބުނަނީ، އެ މީހަކު
އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ
ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން
މޫސާ އަންވަރަށް ލިބިދީފައިވާ އިރު، މޫސާ އަންވަރު ނިސްބަތްވާ އައްޑު އަތޮޅުގައި އިންތިޚާބުކުރެވިފައިވާ
ސިޓީ ކައުންސިލްގެ މެންބަރުން ވަކިގޮތަކަށް ޢަމަލުނުކޮށްފިނަމަ އެ މެންބަރުން ނިސްބަތްވާ ޕާޓީއިން
ވަކިކޮށް މަޤާމު ގެއްލުމުގެ ފުރުޞަތު އޮތުމުން، ރައްޔިތުންގެ މަސްލަޙަތަށްވުރެ ޕާޓީގެ މަސްލަޙަތު
ކައުންސިލަރުން އިސްކުރަމުންދާކަން ބަހާއި ޢަމަލުން ފެންނަމުންދާތީ، ސިޔާސީ ނުފޫޒުން ކައުންސިލަރުން
މިނިވަންވެ އައްޑު އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ކައުންސިލަރުންނަށް ލިބުމަކީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 2
މޫސާ އަންވަރަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ލިބިފައިވާ އެތައް ޙައްޤެއް އޭގެ
މައްޗަށް ބިނާވެފައިވާ މަސްލަހަތެއް ކަމަށާއި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން އިންތިޚާބުވާ
ފަރާތްތައް، އިންތިޙާބްވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުމުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން
ވަކިކުރުމުން އެމީހަކު ކައުންސިލްގެ މެންބަރުކަމުން ވަކިވާނެ ކަމަށް ޤާނޫނު ނަންބަރު 2/2011 (ޤާނޫނު
ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 2
ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގައި ކަނޑައަޅާފައިއޮތް އޮތުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 26
ވަނަ މާއްދާގެ (ނ) ދަށުން މޫސާ އަންވަރަށް ލިބިފައިވާ މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން
މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.
މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތަކީ ދިވެހި ދައުލަތެވެ.
<< O
20
ހ32
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ޤާނޫނު ނަންބަރު
2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ
ޤާނޫނު) އަށް ދެވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި
ކ. ގުރައިދޫ، ޖަންބުމާގޭ އިބްރާޙީމް ރިޝާ އަދި ގ. ފަރިދޫ ޢަލީ ޢަބްދުﷲ އަލީ އަދި ކ. ދިއްފުށީ
އޮނުފިނިގޭ ޝަހީމް ޢަހްމަދު ދެއްކި ވާހަކަތަކަށާއި މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ހިތަދޫ
ލާމިގޭ މޫސާ އަންވަރު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ދިވެހިރާއްޖޭގެ ބަންޑާރަނައިބުގެ
ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ދެ ފަރާތުންމެ ހުށަހެޅި ލިޔުންތަކަށާއި
ޖުޑީޝަލް ރިވިއު އޮފް ލެޖިސްލޭޝަން" ގެ އުޞޫލުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާ ބެލިއިރު، އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަ ކުރެވެއެވެ.
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 3
(ހ) ފުރަތަމަ ކަމަކީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ
ރައްޔިތުންގެ ކިބައިންކަމާ އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ދިވެހިރާއްޖޭގެ
ޖަމިއްޔާގެ ޤާނޫނުއަ
ވަނަ މާއްދާ
2243
2202
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ
(ނ) އަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި
ނުވާހައި ހިނދަކު، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން
މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު، ޢުމުރުން އަށާރަ އަހަރުން
މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި
ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
30 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ ކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު
ގެނައުމުގެ ޤާނޫނު) އަށް ބަލާއިރު އެ ޤާނޫނުގައި ބުނަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން
އިންތިޚާބުވާ ފަރާތްތައް އިންތިހާބުވިއިރު ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވި
ޕާޓީއަކުން ވަކިކޮށްފިނަމަ، ކައުންސިލްގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
(ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ
އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ
ޗެހިރާއްޖޭގެ
ސުޕްރީމް &
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 4
މީހަކަށްމެ ލިބިގެންވާކަމާއި އަދި އެއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން
ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ޑިމޮކްރެޓިކް
މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަމާ
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 16 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއްގެ ނުވަތަ
މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
16 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތީންތޯ ކަނޑައެޅުމުގައި ކޯޓުން އެ ކަމަކާ ގުޅޭ
އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތް ކުރާންވާނެ ކަމާއި އޭގެ ތެރޭގައި، އެ ޙައްޤެއްގެ ނުވަތަ އެ
މިނިވަންކަމެއްގެ ޒާތާއި ބާވަތަށާއި އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި،
މުހިންމުކަމަށާއި އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިފައިވާ ގޮތާއި މިންވަރަށާއި އެ ޙައްޤެއްގެ
ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމާ އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއްގެ މުހިންމުކަމާ ހުރި
ގުޅުމަށާއި އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓިފައިވާ މިންވަރަށްވުރެ ކުޑަކޮށް
ހިފަހައްޓައިގެން ބޭނުންވާ މަޤްޞަދު ޙާޞިލް ކުރެވިދާނެތޯ އަދި އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް
ހިފެހެއްޓިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން
ނަމަ، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކުރުމަށްޓަކައި އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް
ހިފަހައްޓަން
ޓަންޖެހޭތޯ ބަލަންޖެހޭ ކަން އެނގެން އޮންނަ އޮތުމެވެ.
ކުނ0ހ
(ޅ) ހަވަނަ ކަމަކީ، "ޖުޑީޝަލް ރިވިއު އޮފް ލެޖިސްލޭޝަން" ނުވަތަ ރައްޔިތުންގެ
މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ޤާނޫނުއަސާސީއާއި ޚިލާފުތޯ
ސުޕްރީމް >
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 5
f19
ބެލުމުގައި، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި، ދެ ކޮންސެޕްޓެއްވާކަމާއި އެއް ކޮންސެޕްޓަކީ "ކޮންކްރީޓް
ރިވިއު" ގެ ކޮންސެޕްޓްކަމާއި އެއީ މައްސަލައެއް ބަލަމުންދާ ކޯޓެއްގެ އިޙްތިޞާޞްގެ ތެރެއިން، އެ
ކޯޓަކުން ބަލަމުންދާ ޙުޞޫމަތްތެރި މައްސަލައަކާ ގުޅިގެން، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް
ޤާނޫނުއަސާސީއާއި ޚިލާފުތޯ ބެލުމުގެ ކޮންސެޕްޓްކަމާއި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
144 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގައި ޝަރީޢަތްކުރާ ކޮންމެ ކޯޓަކަށްމެ ލިބިގެންވާ
އިޙްތިޞާޞްއެއް ކަމާއި އަނެއް ކޮންސެޕްޓަކީ "އެބްސްޓްރެކްޓް ރިވި ގެ ކޮންސެޕްޓްކަމާއި އެއީ
ޙުކޫމަތްތެރި މައްސަލައެއްގެ ޙަޤީޤަތަކާ ނުލައިވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް
ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުތޯ ބެލުމުގެ
ކޮންސެޕްޓްކަމާއި މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން
ދިވެހިރާއްޖޭގެ ހައިކޯޓަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޚާއްޞަ އިޙްތިޞާޞްގެ ދަށުން
ބެލިދާނެ މައްސަލަތައްކަން އެނގެން އޮންނަ އޮތުމެވެ
<
ގެ ކޮންސެޕްޓް ވަކިކޮށް، ފާޅުކަން ބޮޑު ރޮނގެއް ޢަމަލީގޮތުން، ނުދެމޭނެކަމާއި ޤާނޫނެއް ނުވަތަ
ޤާނޫނަކުން ބައެއްވިއަސް އެބްސްޓްރެކްޓްކޮށް ރިވިއު ކުރާއިރު، ކޮންކްރީޓް ރިވިއުގެ ސިފަތައް ހިމެނިގެން
ދާނެކަމާއި ޤާނޫނެއް (ޕްރައިމަރީ ލެޖިސްލޭޝަން) ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުކަމަށް ބުނެ، ދިވެހިރާއްޖޭގެ ހައިކޯޓަށް ނުވަތަ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް އެބްސްޓްރެކްޓް
ކޮށް ރިވިއު ކުރާއިރު، ރިވިއު ކުރާންވާނީ ދިމާވެފައިވާ ނުވަތަ ދިމާވެދާނެ ހުރިހާ ޙަޤީޤަތްތަކެއްގެ މައްޗަށް
ރިޢާޔަތް ކުރެވިގެން ކަމެވެ.
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 6
2x2 ބ
(އ) އަށްވަނަ ކަމަކީ، ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ
ރައްޔިތުންގެ މަޖިލީހަށް ކަމާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ
ކޮންމެ ކަމަކާ ބެހޭގޮތުން،
އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި، ޤާނޫނު
ބާޠިލުކުރުމުގެ ބާރު އެ މަޖިލީހަށް ލިބިގެންވާކަމާއި ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހެދުމުގައި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެކަމާއި
ރައްޔިތުންގެ މަޖިލީހުން، ޤާނޫނު ހަދާންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުނުވާ
ގޮތެއްގެ މަތީންކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހެދޭ ކޮންމެ
ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް
' ބާޠިލުވާނެ ކަމެވެ.
02
އނޏެއް
0 0
<< O
02 0 0
(ވ) ނުވަވަނަ ކަމަކީ، މީހެއްގެ ޙައްއް އަސާސީ ޙައްޤަކަށް ވަނީ ޤާނޫނުއަސާސީއިން އެ
ޙައްޤެއް ކަށަވަރު ކޮށްދިނުމުން ކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ
އަސާސީ ޙައްޤެއް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތުގެމަތީން މެނުވީ،
ނުހިފެހެއްޓޭނެ ކަމާއި އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟުވާ
ނަމަ، އެ ތަޢާރުޝްވާ މިންވަރެއް ބާޠިލު ވާނެކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ
ބާބުން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާ ގޮތުގެމަތިން އެ މާއްދާގައި ބުނާ
މިންވަރަށްކަމާއި އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވާނަމަ
ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން
އެކަށީގެންވާ މިންވަރަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް
ހިފެހެއްޓި ފަރާތެއްގެ
.ގެ ޒިންމާއެއްކަން އެނގެން އޮންނަ އޮތުމެވެ.
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 7
عری کی
(މ) ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްވާ ޤާނޫނުއަސާސީއިން ކަށަވަރު
ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި، ޕްރައިވެޓް ލޯއިން ލިބިދޭ ޙައްޤުތައް
ލިބިދިނުމުގައި ކޯޓުން ގެންގުޅޭ އުޞޫލާ ޚިލާފަށް، ލުއި ވިސްނުމަކުން ވިސްނާންވާނެ ކަމެވެ.
42c 0 2
(0 އެގާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރު
ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި ލުއި ވިސްނުމަކުން ވިސްނިކަމުގައި
ވިއަސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް (ޕްރައިމަރީ ލެޖިސްލޭޝަން) ނުވަތަ ޤާނޫނަކުން
ބައެއް ވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޚިލާފުކަމަށް ކޯޓުން ކަނޑައެޅުމުގައި، އެ
ކަނޑައެޅުމުގެ ސަބަބުން ނުކުމެދާނެ ހުރިހާ ނަތީޖާއަކަށް ބަލާ ރިޢާޔަތް ކުރާންވާނެ ކަމާއި ދިވެހިރާއްޖޭގެ
ދުސްތޫރީ ނިޒާމުގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރަކީ ރައްޔިތުންގެ މަޖިލީހަށް އޮތް މުތްލަޤް
ބާރެއްކަމާއި ރައްޔިތުންގެ މަޖިލީހަށް އޮތް މުޠުލަޤު ބާރެއްގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް އަދި
ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވެސް އަދި މުސްތަޤިއްލު ކޮމިޝަނަކަށް ވެސް އަދި މުސްތަޤިއްލު
މަޤާމެއްގައި ހުރި މީހަކަށްވެސް އަދި ކިއެއްތަ؟ އެއްވެސް ފަރާތަކަށް ނުވަދެވޭނެ ކަމާއި ރައްޔިތުންގެ
މަޖިލީހުން ޤާނޫނު ހަދަނީ ފުޅާ ދާއިރާއެއްގައި އެކަމަކާ ދޭތެރޭ، ތަފާތު މަރުޙަލާގައި، ބަހުސް ކުރުމަށް
ފަހުގައި ކަމާއި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން އެ ބިލެއްގެ ތިން ކިޔުން ބާއްވާކަމާއި ފުރަތަމަ
ކިޔުމަކީ ބިލުގެ ސުރުޚީ ރައްޔިތުންގެ މަޖިލީހަށް އިއްވުން ކަމާއި ދެވަނަ ކިޔުން ބެހިގެންވަނީ މައިގަނޑު
ތިން މަރުޙަލާއަކަށް ކަމާއި އެއީ ބަހުސްގެ މަރުޙަލާ އާއި ކޮމެޓީގެ މަރުޙަލާ އާއި ރިޕޯޓުކުރުމުގެ މަރުޙަލާ
ކަމާ އަދި ތިންވަނަ ކިޔުމަކީ ބިލުގައި ހުރި މުހިންމު ކަންކަމާގުޅޭ ގޮތުން މެންބަރުން ފާޅުކުރާން ބޭނުންވާ
ކަމެއް އޮތްކަމަށްވާނަމަ އެކަމެއް ބަޔާންކުރުމާއި، ބިލަށް ޖަވާބުދާރީވާ ފަރާތުން ދެވަނަ ކިޔުމަށްފަހު ބިލު
އޮތްގޮތުގެ މައްޗަށް ފަހުބަޔާން އިއްވުމުގެ މަރުޙަލާކަމާއި މިގޮތަށް "މަލްޓި ލެވެލް ގައި "ސްކުރުޓިނީ"
ކޮށް، ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ މަންދޫބުން، ޒިންމާދާރު އެތައް މަސައްކަތްތަކަކަށް ފަހު، ހަދާ
t
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 8
OXO
ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުކަމަށް
ބުނެ ކޯޓުން "ސްޓްރައިކް ޑައުން" ކުރުމަކީ ކުޑަކަމެއް ނޫންކަމާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ
ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމަށް
ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނުވަތަ
ޤާނޫނަކުން ބައެއް ވިޔަސް "ސްޓްރައިކް ޑައުން" ކުރާންވާނީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާ ޚިލާފް ކަމަށް އެ މައްސަލައެއް ބެލި ކޯޓަށް ޤަބޫލުކުރެވި އަދި އެ ޤަބޫލު ކުރެވުނު ގޮތުގެ
ފުރިހަމަ "ލީގަލް ރީޒަނިންގ" ދިނުމަށް ފަހު ކަމަށް އަހުރެން ދެކެމެވެ.
0 0
<
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ކައުންސިލަކަށް ކައުންސެލަރަކު
އައްޔަން ވުމަށްފަހު، އޭނާ އެ މަޤާމުގައި ތަމްޞީލުކުރަނީ އޭނާގެ އަމިއްލަ ހައިޞިއްޔަތުނޫންކަމާއި، އޭނާ
އެ މަޤާމުގައި ތަމްސީލްކުރަނީ އޭނާ އިންތިޚާބް ކުރި ރައްޔިތުންކަމާއި، އޭނާ ކައުންސިލަށް ހޮވި
ރައްޔިތުންގެ ޙައްޤަށް އިޙުމާލުވެ، ކައުންސެލަރަކަށް އޭނާގެ އަމިއްލަ ހައިޞިއްޔަތު ތަމްސީލް ކުރުމުގެ
ޙައްޤެއް ނުއޮންނާނެ ކަމާއި ލޯކަލް ކައުންސިލްތަކަށް އިންތިޚާބް ކުރެވޭ ހުރިހާ ކައުންސިލަރުންގެ ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލަނީ ޤާނޫނު ނަންބަރު 7
:
2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ބ) ގައިވާ ހިފެހެއްޓުން އެގޮތަށް އޮވެ
އެކަމާ ރުހި ޤަބޫލުވެގެންކަމާއި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ބ) ގައި ބުނާ ހިފެހެއްޓުމަކީ، މަޤާމުގެ
ހައިޞިއްޔަތުން އަދި މަޤާމުގައި އަދާކުރަންޖެހޭ ޒިންމާއެއްގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައި ބުނާ ހަމަތަކުގެ މަތިން ޤާނޫނަކުން ހިފެހެއްޓިފައިވާ ހިފެހެއްޓުމެއް ކަމާއި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ވެސް އަދި ޤާނޫނުން ވެސް ވަކި ވަކި މަޤާމު ތަކުގައި ތިބޭ މީހުން ވަކި
0 /
<< O
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 9
2 20
ކަންތައްތަކެއް ކުރުމުން މަނާކުރެވޭކަމާއި މިއީ ތަހުޒީބު ދުނިޔޭގައި މިކަން އޮންނަ ގޮތްކަމާއި، މިގޮތުން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 119 ވަނަ މާއްދާގެ (ހ) އިން ޢާއްމު މީހަކަށް ކުރެވޭ
އެކަމަކު ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމުގައި ހުންނަ މީހަކު ކޮށްގެން
ކަންތައްތައް ބަޔާން ކޮށްފައިވާކަމާ އަދި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައި، ފަނޑިޔާރުކަމުގެ މަޤާމުގައި ތިބެ ކުރެވޭނެ އަދި
ނުކުރެވޭނެ ކަންތައްތައް ބަޔާން ކުރާކަމާ އަދި ހަމަ މި ޤާނޫނުގެ 43 ވަނަ މާއްދާގައި ފަނޑިޔާރުން
ވާން
ކޮށްގެންނުވާނެ މަސައްކަތްތައް ވެސް ބަޔާންކުރާކަން އަހުރެން ފާހަގަ ކުރަމެވެ.
(ދ) ތޭރަވަނަ ކަމަކީ، ޕާޓީ ޓިކެޓުގައި ކެންޑިޑޭޓަކު ރައްޔިތުން އިންތިޚާބުކުރަނީ ޕާޓީއަށް
ކުރާ ސަޕޯޓް ނުވަތަ އެ ޕާޓީއެއްގެ ސިޔާސަތު ކަމުދާތީ އެކަން ޙާޞިލްކުރުމުގެ ބޭނުމުގައި ކަމާ އެ
ކެންޑިޑޭޓަކު އެގޮތުގެ މަތިން ރައްޔިތުންނާ ކުރިމަތިލައި އިންތިޚާބު ކާމިޔާބު ކުރުމަށްފަހު، ޕާޓީ ދޫކޮށްލުމަކީ
ނުވަތަ ޕާޓީއިން ވަކިވާފަދަ ކަމެއް ކުރުމަކީ އެފަރާތަކަށް ވޯޓުދިން ރައްޔިތުންނަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 26 ވަނަ މާއްދާގެ (ނ) އިން ލިބިދީފައިވާ އެމީހަކު އަމިއްލައަށް ނުވަތަ
އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގެ
ޙައްޤު ގެއްލޭނެ ޢަމަލެއްކަމުގައި ދިވެހި ދައުލަތުން ބުނާބުނުން ރަނގަޅު ކަމަށް އަހުރެން ދެކެމެވެ. އަދި އެ
މީހަކު އިންތިޚާބަށް ކުރިމަތިލި ޕާޓީގެ ޙައްޤާއި އެ ޕާޓީގެ މަސްލަޙަތާއި ސިޔާސަތަށް ލިބޭނެ ގެއްލުމާ އަދި
އެމީހަކަށް ވޯޓުދިން ބައެއްގެ ޙައްޤަކީ ވެސް މި ފަދަ ނިންމުންތައް ނިންމާއިރު ކޯޓުން ވިސްނަންޖެހޭނެ
ކަންތައްތައް ކަމާއި މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ
ދަށުން ލިބިދީފައިވާ ޙައްޤުގެ ބޭނުންހިފައި ރައްޔިތުން އިންތިޚާބްކޮށްފައިވާ މީހަކު، ވަކި ޕާޓީއަކަށް
ނިސްބަތްވާނަމަ، އޭނާ އެ އިންތިޚާބުކުރާ ރައްޔިތުން އޭނާ އިންތިޚާބް އެކުރަނީ، ވަކި ފިކުރަކަށް ނުވަތަ
ވަކި މެނިފެސްޓޯއަކަށް ނުވަތަ ކަންތައްތަކެއް ޙާޞިލް ކުރުމުގެ ބޭނުމުގައި ކަމަށްވީއިރު، ޕާޓީ ޓިކެޓުގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 10
OXO
އިންތިޚާބްކޮށްފައިވާ މީހަކު، ޕާޓީ ނުވަތަ ފިކުރު ނުވަތަ މެނިފެސްޓޯ ނުވަތަ ކުރާން ބުނި ކަމެއް
ބަދަލުކޮށްފި ނަމަ އެގެއްލެނީ އޭނާއަށް ވޯޓުދިން މީހުންގެ ޙައްޤުކަމާއި ވަކި ސިޔާސީ ޕާޓީއަކުން، ވަކި
ފިކުރަކަށް ނުވަތަ ވަކި މެނިފެސްޓޯއަކަށް ނުވަތަ ވަކި ކަންތައްތަކެއް ޙާޞިލްކޮށް ދިނުމަށް ވަޢުދުވެ،
އިންތިޚާބެއްގައި ބައިވެރިކުރާ މީހަކު އޭނާ އިންތިޚާބާ ކުރިމަތިލިއިރު ހުރި ސިޔާސީ ޕާޓީއިން ވަކިވުން
ނުވަތަ ވަކިކުރުމުން ކަން ކުރާންވީ އެންމެ އިންޞާފްވެރި ގޮތަކީ އަލުން އިންތިޚާބަށް ކުރިމަތިލުންކަމެވެ.
404
(ލ) ސާދަވަނަ ކަމަކީ، ކޮންމެ މީހަކުވެސް ސިޔާސީ ޕާޓީއަކާ ގުޅެނީ، އެއްވެސް
މަޖްބޫރުކަމެއް ނެތި، އެ ސިޔާސީ ޕާޓީއަކުން ގެންގުޅޭ އުޞޫލްތަކާއި ސިޔާސަތުތައް ޤަބޫލުކޮށްގެންކަމާއި،
އަދި ކޮންމެ ސިޔާސީ ޕާޓީ އެއްގެވެސް އަމިއްލަ އިޖްރާޢޫތުތަކެއްވާނެ ކަމާއި، އެގޮތުން އެޕާޓީއެއްގެ
މެންބަރުން ޕާޓީގެ އުޞޫލުތަކާ ޚިލާފުވާނަމަ އަދި އެކަމުގެ ސަބަބުން އެ ޕާޓީއެއްގެ މަސްލަޙަތަށް އަސަރު
ކުރާނަމަ، އެ ޕާޓީއެއްގެ އަސާސީ ޤަވާއިދު ބުނާ ގޮތެއްގެ މަތިން، އެ ޕާޓީއަކުން ވަކިކުރެވިދާނެކަމާ އަދި
ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގައި، އިންތިޚާބުވުމަށްފަހު ޕާޓީ
ބަދަލުކޮށްފިނަމަ ނުވަތަ ވަކިކޮށްފިނަމަ، އެ އިންތިޚާބުވި ގޮނޑި ގެއްލޭނެކަމަށް ބުނެފައިވަނިކޮށް، އެކަން
އެނގި، އެކަން ޤަބޫލުކޮށް، ޕާޓީ ޓިކެޓުގައި އިންތިޚާބާ ކުރިމަތިލައި އިންތިޚާބު ކާމިޔާބު ކުރުމަށްފަހު، އެ
މީހަކު ތަންފީޒު ކުރަންޖެހޭނީ އެމީހަކު އިންތިޚާބާ ކުރިމަތިލުމަށް ޓިކެޓު ދިން ސިޔާސީ ޕާޓީގެ
ސިޔާސަތުކަމާއި އިންތިޚާބުވުމަށްފަހު، އެމީހަކު އިންތިޚާބްވި މަޤާމުގައި ހުރެ، މަޤާމުގެ ވާޖިބު
އަދާކުރުމުގައި، އެމީހެއްގެ އަމިއްލަ މަސްލަޙަތު ނުވަތަ އެހެންމީހެއްގެ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ
މަސްލަޙަތު ކުރިއެރުވުމުގެ ޙައްޤު ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބާ ކުރިމަތިލުމުގެ ސަބަބުން، އެ
މީހަކު އަމިއްލައަށް، ހަނިކުރީކަމާއި ޕާޓީ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރަން ނިންމުމަކީ އެމީހެއްގެ
އަމިއްލަ އިޚްތިޔާރުގައި އޮތްކަމެއްކަމާއި އެއީ އެއްވެސް މަޖުބޫރުކަމެއް އޮތް ކަމެއް ނޫންކަމާ އަދި ސިޔާސީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ 1 އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 11
ޕާޓީތަކުން މީހުން ޕާޓީ ޓިކެޓެއްގައި އިންތިޚާބުތަކަށް ނެރެނީ އެ ޕާޓީއެއްގެ ސިޔާސަތު ކުރިއަރުވާނެ ކަމުގެ
ޔަޤީންކަމާއި އިތުބާރު ދީގެންކަމެވެ.
<< O
(ގ) ފަނަރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ
މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި
މިނިވަންކަން ޤާއިދުކޮށް ހިފަހައްޓައި، ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙް
ގެނައުމުގެ ޤާނޫނު) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް
އިންތިޚާބުވިއިރު ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކޮށްފިނަމަ،
ކައުންސިލްގެ މެންބަރުކަމުން ވަކިވާނެ ކަމަށް އޮތް އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
16 ވަނަ މާއްދާގެ (ހ) ގައިވާ ހަމައިންކަން ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 16 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކުރާ ނުކުތާތަކަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅުމަކީ މިމައްސަލައިގައި ވަކިގޮތެއް
ކަނޑައެޅުމުގައި އަހުރެން ޢަމަލުކުރަންޖެހޭ މިންގަނޑުކަމާ އަދި ޙައްޤެއް ނުވަތަ މިނިވަންކަމެއް
ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި
ޚިލާފުނުވާގޮތަށްކަން ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްދީފައިވާ ކަންކަމީ މިނިވަން ޑިމޮކްރެޓިކް
މުޖުތަމަޢުތަކުގެ ކޯޓުތަކުންވެސް މިފަދަ މައްސަލަތަކުގައި ބަލަމުންދާ ހަމަތަކާއި ދާދި އެއްގޮތް ހަމަތަކެއް
ކަމާއި، މިނިވަން ޑިމޮކްރަޓިކް އެތައް ޤައުމެއްގައިމެ ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ޤާނޫނު ހެދިފައިވާކަމާއި
އެ ގޮތުން، އިންޑިޔާ ޤާނޫނުއަސާސީގެ ދިހަ ވަނަ ޝެޑިއުލްގައި، އިންތިޚާބުވުމަށްފަހު ޕާޓީ ބަދަލުކުރުން
މަނާކުރާކަމާއި އިންތިޚާބްވިއިރު ހުރި ޕާޓީން ވަކިވުން ނުވަތަ ވަކިކުރުމުން އިންތިޚާބްވި ގޮނޑި ގެއްލުމަކީ
2202
ހިރާއްޖޭގެ
ސުޕްރީމް <
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 12"
ނިޒާމުތަކަށް އާ ކަމެއް ނޫންކަމާއި އެއީ ޑިމޮކްރެޓިކް އުޞޫލާ އެއްވެސް ހަމަޔަކުން
ޑިމޮކްރަޓިކް
ޚިލާފްކަމެއް ނޫންކަމެވެ.
ނޯޓް:
އިންޑިޔާގެ ޤާނޫނުއަސާސީ އަށް ބަލާއިރު އެ ޤާނޫނުއަސާސިގެ ދިހަވަނަ ޝެޑިއުލްގެ ޕެރަގްރާފް 2 ގައި
ބުނަނީ:
2. Disqualification on ground of defection.—(1) Subject to the provisions of paragraphs 4
and 5, a member of a House belonging to any political party shall be disqualified for being a
member of the House
(a) if he has voluntarily given up his membership of such political party; or
(b) if he votes or abstains from voting in such House contrary to any direction issued
by the political party to which he belongs or by any person or authority authorised by
it in this behalf, without obtaining, in either case, the prior permission of such
political party, person or authority and such voting or abstention has not been
condoned by such political party, person or authority within fifteen days from the date
of such voting or abstention.
ސިންގަޕޫރުގެ ޤާނޫނުއަސާސީ އަށް ބަލާއިރު އެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބުނަނީ:
Article 46 Tenure of Office of Members:
(2) The seat of a Member of Parliament shall become vacant
(b) if he ceases to be a member of, or is expelled or resigns from, the political party
for which he stood in the election;
ދާގައި ބުނަނީ:
ބަންގްލަދޭޝްގެ ޤާނޫނުއަސާސީ އަށް ބަލާއިރު އެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި
70. Vacation of seat on resignation, etc.
(1) A person elected as a Member of Parliament at an election at which he was nominated as
a candidate by a political party shall vacate his seat if he resigns from that party or votes in
Parliament against the party.
ޗެހިރާއްޖޭގެ
މިހެންނެވެ.
ސުޕްރީމް &
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 13
4
(ޏ) ސޯޅަވަނަ ކަމަކީ، އިސްވެ ނޯޓުކުރި ޤައުމުތަކުގެ ޤާނޫނުއަސާސީގެ މިބުނި
މާއްދާތަކަށް ބަލާއިރު، ޚުދު މި ޤައުމު ތަކުގެ ޤާނޫނުއަސާސީތަކުގައިމެ އިންތިޚާބުވިއިރު އެމީހަކު ހުރި
ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ހުރި ޕާޓީއަކުން ވަކިކުރުމުން، މަޤާމް ގެއްލޭ އުޞޫލު
ޤާއިމްކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ. ދިވެހިރާއްޖެއާ ދާދި އެއްގޮތަށް އިލެކްޓޯރަލް ސިސްޓަމް
އޮންނަ، އިންޑިޔާ އަދި ސިންގަޕޫރު ފަދަ "ފަސްޓް ޕާސްޓް ދަ ޕޯސްޓް" ނުވަތަ އެންމެ ގިނަ ވޯޓު
މީހާ އިންތިޚާބުވާ ގޮތަށް ޤާނޫނު ބައްޓަންކޮށްފައި ހުންނަ ޤައުމު ތަކުގައިމެ، ސިޔާސީ ޕާޓީއިން ވަކިވުން
ނުވަތަ ވަކިކުރުން އެއީ އިންތިޚާބް ވެފައިވާ މަޤާމް ގެއްލޭ ޙާލަތެއްކަމަށް ޤާނޫނުގައި ކަނޑައެޅި
ބަޔާންވެފައި އެބަހުރިކަމާ އަދި ސައުތް އެފްރިކާ ފަދަ ނޮމިނޭޝަން ސިސްޓަމް ހުރި ޤައުމް ތަކުގައިމެ
މިފަދަ މާއްދާތައް ހުރިކަން އަހުރެން ފާހަގަ ކުރަމެވެ.
(ސ) ސަތާރަވަނަ ކަމަކީ، ސިޔާސީ ޕާޓީ އެއްގެ ޓިކެޓުގައި އިންތިޚާބުކުރެވޭ މީހަކު،
އެމީހަކު ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކޮށްފި ނަމަ،
މެންބަރުކަން ގެއްލޭ ގޮތަށް އިންޑިޔާގެ ޤާނޫނުއަސާސީ އަށް 1985 ވަނަ އަހަރު ގެނެވުނު އިސްލާޙްގެ
މަޤްޞަދާ ގުޅޭގޮތުން އިންޑިޔާގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ
“The object is to curb the evil of political defections motivated by lure of office or other
similar considerations which endanger the foundations of our democracy.” Kihoto Hollohan
v Zachillhu AIR 1993 SC 412
މާނައަކީ: "މިކަމުގެ (އިންޑިޔާގެ ޤާނޫނުއަސާސީ އަށް ގެންވުނު އިޞްލާޙް ގެ) މަޤްޞަދަކީ، މަޤާމުގެ
ބޭނުންކޮށް ފައިދާ ހޯދުމުގެ ދަހިވެތިކަމުގައި، ސިޔާސީ ވިސްނުމާއި ފިކުރު އަދި/ނުވަތަ ސިޔާސީ ޕާޓީ
ބަދަލުކުރުމުގެ ސުންޕާ ބަލި ހުއްޓުވުމާއި އަހަރުމެންގެ (އިންޑިޔާގެ) ޑިމޮކުރަސީގެ ބިންގަލަށް ނުރައްކާވާ
އެފަދަ އެހެނިހެން ކަންކަން ހުއްޓުވުމެވެ."
ހިރާއްޖެ
ސުޕްރީމް />
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 14
2 0 0 0
(ޕީ، އަށާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާ ތަކަށް
ބަލާއިރު، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ
ޤާނޫނު) އަށް 2 ވަނަ އިޞްލާޙްގެނައުމުގެ ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު
މަޚްލޫފް އެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެއްކަމާއި މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި
ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ބަހުސްތަކަށް ބަލާއިރު، އަހުރެންނަށް ދޭހަވަނީ، މި ބިލް ރައްޔިތުންގެ
މަޖިލީހުން ފާސްކުރެއް
ބޭނުމަކީ ލޯކަލް ކައުންސިލްތަކުގެ ހިންގުމަށް ހަމަޖެހުން ގެނައުމާ: އަދި
ރައްޔިތުންގެ މަޖިލީހުގައި އިސްވެ ބުނި، އިންޑިޔާގެ ސުޕްރީމް ކޯޓުގެ ނިންމުމުގައި ފާހަގަކުރި ފަދަ
ވިސްނުން ހުރިކަމެވެ.
ރެއެވެމުގެ
04 ދ ތތ
މެދުއެއެކަމަށް
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުގުތާތައް އެހެން ހުރުމާއެކު، ޤާނޫނު ނަންބަރު
2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ
ޤާނޫނު) އަށް ދެވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
4 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއީ ޚިލާފް
ކަނޑައަޅަންޖެހޭނެ އެއްވެސް ސަބަބެއް އަހުރެންނަށް ނުފެނުނު ހިނދު އަދި ޤާނޫނު ނަންބަރު 2/2011
(ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)
އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު)، އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16
ވަނަ މާއްދާގައި ބުނާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްވެސް
ފުށުއެރުމެއް ނުވާގޮތުގެ މަތީން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ޤާނޫނެއް ކަމަށް
އަހުރެންނަށް ފެނުނު ހިނދު ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙްގެނައުމުގެ ޤާނޫނު)
2x 29
است که
ހިރާއްޖޭގެ
ސުޕްރީމް <
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Nlaldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 15 ގެ 15"
އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފް ޤާނޫނެއް ނޫންކަމަށް ބުނެ އަހުރެންގެ ރަޢުޔު
އިއްވަމެވެ.
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel