ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/229 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 229/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: ޞަފްވަތު
ޞަފްވަތު އަންވަރު
އައިޑީ
ކާޑު ނަންބަރ: A049642
ދާއިމީ އެޑްރެސް: ފޭރުމާގެ، ގއ.ކޮނޑޭ
! މިހާރުގެ އެޑްރެސް: މ.ނެއްލައިދޫގެ، ކ.މާލެ
*
*
0
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:
އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
E
* ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ޝައްވާލް 1435
19 އޯގަސްޓް 2014
ނިމުނު ތާރީޚް: 02 ޒުލްޤައިދާ 1435
28 އޯގަސްޓް 2014
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2014/7469(J(MD-145
ނިންމެވިކަޒު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 2014-08-14 ނިމުނު ތާރީޚް: 2014-08-14
L
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރުން އައްބާސް ޝަރީފް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/229
• ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7469(J
(
MD-145 ކޯޓު އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ގއ.ކޮނޑޭ ފޭޒުމާގެ، ޞަފްވަތު
އަންވަރު (ދ.ރ.ކާޑު ނަންބަރުA049642) ގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު
ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ޞަފްވަތު އަންވަރު ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
.މައްސަލައާއި ގުޅުންހުރީ ލިޔުންތައް:
1- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: TD069581 "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް"
2- މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
އ 0
30
ނަންބަރު:
TD069581
މައްސަލަ ހުށަހަޅާ ފޯމް"
ފާހަގަކުރެވުނު ނުކުތާތައް
01 ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7469(J
(
MD-145 ކޯޓު އަމުރަކީ، މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު: TD069581 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް" އިން ގއ.ކޮނޑޭ
ފޭޒުމާގެ، ޞަފްވަތު އަންވަރު (ދ.ރ.ކާޑު ނަންބަރުA049642)ގެ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ނެރުއްވާފައިވާ
އަމުރެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/229
402 ކްރިމިނަލް ކޯޓުގެ ނަންބަރު: 2014/7469(J(MD-145 "ކޯޓު އަމުރު" އަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ޞަފްވަތު އަންވަރުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި 04 ނުކުތާއެއް ފާހަގަކޮށް އެ ނުކުތާއާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ)
ގައި، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް އޭނާ
ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ޙައްޤު ލިބިދީފައިވަނިކޮށް،
އެޙައްޤު ނިގުޅައިގަނެ، ޞަފްވަތު އަންވަރު ބަންދުކުރައްވަން ފުލުހުން ހިންގެވި އިޖުރާއާތުގެ ޞައްޙަކަމާމެދު
ފަނޑިޔާރު ގޮތެއް ކަނޑައަޅުއްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 19/SC
-
A/2010 ނަންބަރު ޤަޟިއްޔާގެ
ފާހަގަ ކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ (ށ) ގައި، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކަށް،
އެމީހެއްގެ މައްޗަށް
ތުހުމަތުކުރެވޭ ކުށާއި އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ސާފުކޮށް
އޮއްވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD069581 ނަންބަރު "ހައްޔަރު
ކުރެވޭ މީހާގެ މަޢުލޫމާތު ފޯމު" ގައި އެމަޢުލޫމާތު ހިމަނާފައިނެތަސް، އެކަންކަމަށް ބެއްލެވުމަކާ ނުލައި،
ޞަފްވަތު އަންވަރު ހައްޔަރުގައި ދެމެހެއްޓުމަށް އަމުރު ކުރައްވާފައި ވަނީކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޞަފްވަތު އަންވަރު ހައްޔަރު ކުރެވުނު މައްސަލާގައި، އޭނާ ހައްޔަރު
ކުރުމަށް ކޯޓު އަމުރެއް ނެރެފައިވެސް ނެތީސް، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 8 ވަނަ
މާއްދާގެ ދަށުން ހަދާފައިވާ "ފުލުހުންނަށް ލިބިދީފައިވާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން
ހިފުމާބެހޭ ޤަވާޢިދު" ގެ ވަނަ މާއްދާގައި ކޯޓު އަމުރަކާނުލައި މީހުން ދިރިއުޅޭ ތަންތަނަށް ވަނުމަށް
ހުއްދަކުރާ ޙާލަތެއް މެދުވެރިވެފައި ނެތަސް، ޞަފްވަތު އަންވަރު ދިރިއުޅޭ ގެއަށްވަދެ، ޤަވާޢިދާ
ހިންގެވި މިދެންނެވި އިޖުރާއާތުގެ އެއިޖުރާއާތުގެ ސަބަބުން މެދުވެރިވި ޙާލަތެއްގައި
ހއ 2
3 ފ 8
4
2 ހދ2
ނމހނނކށ އއފި
4 2 4
އނމހ
ބޭނުންކޮށްގެން،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
20j4/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހަށި(4ޑ ه
އެދުކުރެދޭ
8.
އަންވަރު ހައްޔަރު ކުރެއްވި ކުރެއްވުން ޤާނޫނީ ގޮތުން ތަސްނީފު ކުރެއްވުމަކާ ނުލައި، ޞަފްވަތު އަންވަރު
ހައްޔަރުގައި ދަމަހައްޓަން އަމުރު ކުރައްވާފައި ވަނީ ކަމުގައި ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ކޯޓުއަމުރަކާ ނުލައި މީހުން
ގޮތުން ފުލުހުންނަށް
ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާގައި
ކަނޑައެޅި ބަޔާންކޮށްފައިވާ އެއްވެސް ސަބަބެއް މެދުވެރިވެފައި ނެތީސް، ކޯޓުއަމުރަކާ ނުލައި ޞަފްވަތު
އަންވަރު ކުރެއްވި ހައްޔަރުގެ ޤާނޫނީ ޞައްޙަކަމާމެދު ދަށުކޯޓުން ގޮތެއް ކަނޑައަޅުއްވާފައި ނުވާކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
03 ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7467(J
(
MD-145 ކޯޓު އަމުރަށާއި، ޞަފްވަތު
އަންވަރުގެ ފަރާތުން އެ އަމުރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެ
(ހ) ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
ގައި، ކުށެއްގެ ތުހުމުގައި ހައްޔަރު ކުރެވޭ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް އޭނާ
ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ޙައްޤު ލިބިދީފައި ވަނިކޮށް،
އެ ޙައްޤު ޞަފްވަތު އަންވަރުގެ ކިބައިން ނިގުޅައިގަނެ، ޞަފްވަތު އަންވަރު ބަންދުކުރަން ފުލުހުން ހިންގި
އިޖްރާއާތުގެ ޞައްޙަކަމާމެދު ކްރިމިނަލް ކޯޓުގެ މުއްދަތުގެ މަޖިލީހުގައި ގޮތެއް ކަނޑައަޅުއްވާފައި
ނުވާކަމަށްބުނެ، ޞަފްވަތު އަންވަރުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ނުކުތާއަށް ބަލާއިރު،
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ
ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް،
އަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން 24
ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެކަމަށާއި، އަދި ޝަރުތަކާއެކު މީޤަޑުގެ ހަ
ފިއވ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
06
5
20j4/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 s
2
3 ގތ
ބޮއެ ނިންމުމަށް
ޝަރުޠަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ
ފަނޑިޔާރަކަށް ލިބިގެންވާކަމަށް، އެމާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، މީހަކު ހައްޔަރު ކުރުމަށްފަހު، 24 ގަޑިއިރުގެ ތެރޭގައި އެމީހާގެ ބަންދާމެދު
އެމީހަކު ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭ ވަގުތު، މުހިންމު ދެ ކަމެއްގައި އެކުއެކީގައި
ފަނޑިޔާރު ގޮތެއް ނިންމަންޖެހޭކަމާއި، އެއީ ފުލުހުން އެމީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާއި
އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، އެމީހަކު 24 ގަޑިއިރަށްވުރެ އިތުރަށް ހައްޔަރުގައި ނުވަތަ
ބަހައްޓަންޖެހޭފަދަ ޙާލަތެއް މެދުވެރިވެފައި ވާކަން ނުވަތަ ނޫންކަން ކަނޑައެޅުންކަމާއި،
މީގެތެރެއިން، އެމީހަކު ހައްޔަރު ކުރެވިފައިވަނީ ޤާނޫނާއި އެއްގޮތަށް ނޫންކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، ޝަރުޠަކާއެކު ނުވަތަ ޝަރުޠަކާނުލައި އެމީހަކު ދޫކޮށްލުމަށް ވަގުތުން ފަނޑިޔާރުން އަމުރު
ކުރަންވާނެކަމާއި، އަދި އެމީހަކު ހައްޔަރު ކުރެވިފައިވަނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް ފަނޑިޔާރަށް
ބުރަވެވިއްޖެނަމަ، އެމީހަކު ބަންދުގައި އިތުރަށް ބަހައްޓަންޖެހޭފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯ ބަލައި،
އެކަމާމެދު ގޮތެއް ނިންމަންޖެހޭކަމާއި، އެހެންކަމުން ހައްޔަރު ކުރެވިފައިވާ މީހާ، 24 ގަޑި އިރަށްވުރެ އިތުރަށް
ބަންދުގައި ންޖެހޭކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި، އެމީހަކު އިތުރަށް ބަންދުގައި ބެހެއްޓުމަށް
ފަނޑިޔާރަށް އަމުރު ކުރެވޭނީ އެމީހަކު ބަންދު ކުރެވިފައިވަނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް ފަނޑިޔާރަށް
ބުރަވެވިގެން ކަމުގައިވާތީ، 24 ގަޑިއިރަށްވުރެ އިތުރަށް އެމީހަކު ބަންދުކޮށްފައިވާ ބެހެއްޓުމަށް ފަނޑިޔާރު
އަމުރުކުރުމުގެ ކުރިން އެމީހަކު ބަންދުކުރެވިފައިވަނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް ކަނޑައަޅައި ވަކި
ނިންމުމެއް ނިންމިކަން އެނގޭގޮތަށް އިޖްރާއީގޮތުންނާއި ޝަކުލީގޮތުން އެކަން ހަމަޖެހިފައި އޮތުމަކީ،
އެންމެ ފުރިހަމަގޮތްކަމާއި، ނަމަވެސް އެފަދަ ނިންމުމެއް ވަކިން ނިންމިކަން ފެންނަން ނެތުމަކީ،
އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ނިންމި ނިންމުން، އެއަސާސްގެ މައްޗަށް ބިނާކޮށް ބާޠިލްވާނެ
ހދދ ތ هلދ ހދ
و مع سرعه
އެކަންކުރުމުގެ
0,7064
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20j4/HC-A/229
ސިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަމުރުކުރެވޭނީ، އެމީހަކު ބަންދުކޮށްފައިވާ ބަންދުކުރުން ޞައްޙަމަކަށް ފަނޑިޔާރަށް ކަނޑައެޅިގެންކަމުގައި
ވާތީކަން ފާހަގަކުރެވެއެވެ.
(ނ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ (ށ) ގައި، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ
މީހަކަށް، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާއި އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ސާފުކޮށް
ބަޔާންކުރަންވާނެކަމަށް އޮއްވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD069581 "ހައްޔަރުކުރެވޭ
މީހާގެ މަޢުލޫމާތު ފޯމު" ގައި އެމަޢުލޫމާތު ހިމަނާފައި ނެތަސް، އެކަންކަމަށް ބެއްލެވުމަކާ ނުލައި ޞަފްވަތު
އަންވަރު ހައްޔަރުގައި ދެމެހެއްޓުމަށް އަމުރު ކުރައްވާފައި ވަނީ ކަމުގައި ޞަފްވަތު އަންވަރުގެ ފަރާތުން ބުނެ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކައިގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރ 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 2 ވަނަ ނުކުތާގެ (ށ) ގައި ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވޭ ވަގުތު އެމީހަކަށް
ހައްޔަރުކުރެވުނު ސަބަބު އެންގުމުގައި ޢަމަލުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ މައިގަނޑު
އަސާސަކީ ހައްޔަރުކުރެވޭ
ހައްޔަރުކުރެވޭ ވަގުތު ކޮންމެ މީހަކަށްވެސް އެމީހަކު ހައްޔަރުކުރެވުނީ ކީއްވެގެންކަން އެމީހަކަށް
ސާފުވާބަހަކުން އެމީހަކަށް ވިސްނޭގޮތަށް އޮޅުން ފިލުވައިދިނުންކަމާއި، އަދި މިސަބަބު ބަޔާންކުރުމުގައި
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 19 ޤަޟިއްޔާއިން ލާޒިމުކުރަނީ ހައްޔަރުކުރެވުނު ޤާނޫނީ ނުވަތަ
މާއްދީ އަސާސް ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ކުރިމަތީގައި ލަސްނުކޮށް ތަޢުނުކުރެވޭ ވަރަށް ސާފުކޮށް އޮޅުން
ފިލާގޮތަށް އަދި ހައްޔަރު ކުރެވިފައިވަނީ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިންކަމަށް ކަނޑައެޅޭ މިންވަރުގެ
ތަފްސީލު އޮތުންކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD069581 "ހައް
ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމު"
ގައި ޞަފްވަތު އަންވަރު ހައްޔަރު ކުރި ސަބަބު ބަޔާންކޮށްފައިވާއިރު، ޞަފްވަތު އަންވަރުގެ މައްޗަށް
ތުހުމަތުކުރެވެނީ ކުށެއްކަމާއި، ޞަފްވަތު އަންވަރު ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބި(
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
7
20j4/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮން މާއްދާއެއްގެ ދަށުންކަމުގައިވެސް ބަޔާންކޮށްފައި އޮންނަކަމާއި، ޞަފްވަތު އަންވަރު ހައްޔަރުކުރަން ޖެހުނު
ސަބަބުކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD069581 "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު
ފޯމު" ގައި ބަޔާންކޮށްދީފައިވާ މިމިންވަރަކީ ބަންދާމެދު ގޮތެއް ނިންމުމުގެ މަރުޙަލާގައި، ޞަފްވަތު އަންވަރު
ހައްޔަރުކުރެވުނު އަސާސް ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ކުރިމަތީގައި ލަސްނުކޮށް ތަޢުނުކުރެވޭ ވަރަށް
ސާފުކޮށް އޮޅުން ފިލާފަދަ އަދި ޞަފްވަތު އަންވަރު ހައްޔަރު ކުރެވިފައިވަނީ ޤާނޫނުގައި
މަތިންކަމަށް ކަނޑައެޅޭ މިންވަރުގެ ތަފްސީލު ދެވިފައިވާ ފަދަ ސަބަބެއް ކަމަށް ޝަރީއަތަށް ޤަބޫލުކުރެވޭ
ކަމާއި، މިހެންކަމުން ޞަފްވަތު އަންވަރު ހައްޔަރުކުރުމަށްފަހު ޞަފްވަތު އަންވަރު ހައްޔަރުކުރި ސަބަބު ބަޔާން
ކޮށްދިނުމުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަށް ކަނޑައަޅާފައިވާ އަދަބެއް ބަޔާންކޮށްފައި ނެތް ނެތުމަކީ
ހަމައެކަނި އެސަބަބަށްޓަކަ ޞަފްވަތު އަންވަރު ހައްޔަރުކުރިކުރުން ޣައިރު ޤާނޫނީވާންޖެހޭ
ބަޔާންވެގެންވާ ގޮތުގެ
ނޫންކަމާއި،
އަދި ހއ
ހައްޔަރު
މިނުކުތާއަކީ މީގެކުރިން މިފަދަ އެހެން ޤަޟިއްޔާއެއްގައި ފާހަގަކުރެވި ދިވެހިރާއްޖޭގެ ހައިކޯޓުން
ގޮތެއް ކަނޑައަޅާފައިވާ ނުކުތާއެއްކަމާއި، އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 117/HC-A/2014
ޤަޟިއްޔާކަމާއި، ހައިކޯޓުގެ އެޤަޟިއްޔާގައި ކަނޑައަޅާފައިވާ އެޢުޞޫލަށް އަދި މިހާތަނަށް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުން ބަދަލު ގެންނަވާފައި ނުވާކަން ފާހަގަކުރެވެއެވެ.
(ނ) ތިންވަނަ ކަމަކީ: ޞަފްވަތު އަންވަރު ހައްޔަރު ކުރެވުނު މައްސަލާގައި،
ކުރުމަށް ކޯޓުން އަމުރެއް ނެރެފައި ނެތީސް، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 8 ވަނަ
މާއްދާގެ ދަށުން ހަދާފައިވާ "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން
ހިފުމާބެހޭ ޤަވާޢިދު" ގެ 10 ވަނަ މާއްދާގައި، ކޯޓު އަމުރަކާނުލައި މީހުން ދިރިއުޅޭ ތަންތަނަށް ވަނުމަށް
ހުއްދަކުރާ ޙާލަތެއް މެދުވެރިވެފައި ނެތީސް، ޞަފްވަތު އަންވަރު ދިރިއުޅޭ ގެއަށްވަދެ، ޤަވާޢިދާ ޚިލާފަށް
އިޖްރާއާތުގެ ބޭނުންކޮށް، އެއިޖްރާއާތުގެ ސަބަބުން މެދުވެރިވި ޙާލަތެއްގައި ޞަފްވަތު ޑީޢާންރު
ހައްޔަރުކުރިކުރުން ޤާނޫނީގޮތުން ތަކްލީފު ކުރުމަކާނުލައި، އޭނާ ހައްޔަރުގައި ދަމަހައްޓަން ކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j4/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OcOX
އަމުރު ކުރައްވާފައިވަނީ ކަމަށް ޞަފްވަތު އަންވަރުގެ ފަރާތުން ފާހަގަކޮށް، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައާއި ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި،
މިޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
ޞަފްވަތު އަންވަރު ހައްޔަރު ކުރެވިފައިވަނީ، 2014 އޯގަސްޓް 14 ވަނަ ދުވަހުގެ ވަގުތެއް
(ރޭގަނޑު) ގައި، ޞަފްވަތު އަންވަރު އާއި އަދި އިތުރު ބަޔަކު ބައިވެރިވެގެން، "އެވަރ ވިން ފްރެޝް"
ނަކަމަށް ކިޔާ ދޯންޏަށް އަރާ، އެދޯނީގައިހުރި އިބްރާހީމް ރަޝީދު ކިޔާމީހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގާ،
ވާގަޑަކުން އިބްރާހީމް ރަޝީދު ބަނދެ، "އެވަރ ވިން ފްރެޝް" ދޯނީގައިހުރި ބައެއްތަކެތި އެހެން ދޯންޏަކަށް
އަރުވާ، އިބްރާހީމް ރަޝީދު ރަހީނުކޮށްގެން ގެންގޮސްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި،
ގ.ވަޔަލިން އެވެ ކިޔާ ގޭގެ ކޮޓަރިއެއްގެ ތެރެއިން 02:40 (މެންދަން) ހާއިރު، އިބްރާހީމް ރަޝީދު
ސަލާމަތްކުރުމަށް ހިންގުނު އޮޕަރޭޝަންގެ ތެރެއިން، އިބްރާހީމް ރަޝީދު ގޮވައިގެން ޞަފްވަތު އަންވަރު އާއެކު
މިކަމުގައި ބައިވެރިވާ އެހެން މީހަކާއެކު ވަނިކޮށް ކަމާއި، ޞަފްވަތު އަންވަރު އާއި އޭނާގެ ބައިވެރިން ތިލަފުށީ
ފަޅުގައި އޭރުއޮތް "އެވަރ ވިން ފްރެޝް" ދޯންޏަށް އަރާ މާރާމާރީ ހިންގުމަށްފަހު އެދޯނީގައި މަސައްކަތްކުރާ
ފަރާތްކަމުގައިވާ އިބްރާހީމް ރަޝީދު ގަދަކަމުން މާލެ ގެނެސްފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނު
އިރުން ފެށިގެން އިބްރާހީމް ރަޝީދު ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާކަމާއި، އިބްރާހީމް ރަޝީދު
އާއިމެދު އެދޯނީގައި ހިންގުނު މާރާމާރީއާ އެދޯނީގައި އިބްރާހީމް ރަޝީދު ބަނދެފައި އިން އިނުމާއި، އޭނާގެ
ނުރުހުމުގައި ގަދަކަމުން މާލެގެނެސް އޭނާ ވީނުވީތަނެއް ނޭގިވުމާއި، މިކަންތައްތަކަށް ބަލާއިރު، ގ.ވަޔަލިން
ގޭގެ ކޮޓަރިއެއްގައި އިބްރާހީމް ރަޝީދު ގޮވައިގެން އެހެން މީހަކާއެކު ޞަފްވަތު އަންވަރު ވަނިކޮށް އެގެއަށްވަދެ
ފުލުހުން ކޯޓު އަމުރެއް ނެތި ޞަފްވަތު އަންވަރު ހައްޔަރުކޮށްފައިވަނީ، "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި
ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ ވަނަ މާއްދާގައި، ކޯޓު އަމުރަކާނުލައި
މީހުން ދިރިއުޅޭ ތަންތަނަށް ވަނުމަށް ހުއްދަކުރާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ނުވަތަ ޙާލަތްތަކެއް
މެދުވެރިވެފައިވާކަމަށް ބެލެވޭ ހިނދެއްގައިކަމަށް ބުރަވެވޭކަމާއި،
4
2 ހ24 32
31
...
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2014/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2
43
OCCOX
ومر
އެހެނީ މީހެއްގެ ނުވަތަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް، ނުވަތަ މުދަލަކަށް ލިބިދާނެ ބޮޑު
ގެއްލުމަކުން އެމުދާ ސަލާމަތްތެރިކުރުމަށް، ނުވަތަ ތުހުމަތުކުރެވޭ މީހާ ފިލާފާނެ ކަމަށް، ނުވަތަ ކޮންމެހެން
ފިޔަވަޅު އަޅަންޖެހޭކަމަށް އެކަށީގެންވާ ސަބަބަކާއެކު ޤަބޫލުކުރެވޭ ޙާލަތެއްގައި، ކޯޓު އަމުރަކާ ނުލައިވެސް
ފުލުހުންނަށް ގޯތިގެދޮރަށާއި މީހުން ދިރިއުޅޭ ތަންތަނަށް ވަދެ ބަލާފާސްކޮށް އެވަގުތަކަށް ކޮންމެހެން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމުގެ ބާރު އެޤަވާއިދުން ލިބިދީފައިވާތީކަން ފާހަގަކުރެވެއެވެ.
(ރ) ހަތަރުވަނަ ކަމަކީ، ކޯޓު އަމުރަކާނުލައި މީހުން ހައްޔަރުކުރުމާބެހޭ ފުލުހުންނަށް
ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާގައި،
ކަނޑައެޅި ބަޔާންކޮށްފައިވާ އެއްވެސް ސަބަބެއް މެދުވެރި ވެފައި ނެތީސް ޞަފްވަތު އަންވަރު
ހައްޔަރުކޮށްފައިވާއިރު، އެ ހައްޔަރުގެ ޤަނޫނީ ޞައްޙަކަމާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމާފައި
ނުވާކަމަށްބުނެ ޞަފްވަތު އަންވަރުގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ރަހީނުކުރެވިފައިވާކަމަށް ބެލެވޭ މީހާއާއެކު ގ.ވަޔަލިން އެވެ ކިޔާ
ގޭގެ ކޮޓަރިއެއްގައި ޞަފްވަތު އަންވަރު ހުއްޓާ 2014 އޯގަސްޓް 14 ވަނަ ދުވަހުގެ 02:40 ގައި އޭނާ
ހައްޔަރު ކުރެވިފައިވަނީ،
އޭނާގެ ފުށުން އެހެންމީހެއްގެ މުދަލަކަށް ނުވަތަ އެހެން މީހެއްގެ ފުރާނައަށް
ނުރައްކާވުމުގެ އިހުތިމާލު އޮތްކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސަށް ލިބިފައިވާތީކަން ހުށަހެޅިފައިވާ
ލިޔުންތަކުން ސާފުކޮށް އެނގެން އޮތްކަމަށްޓަކައި، އެ ޙާލަތަކީ "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ
ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ
ޙާލަތްތަކުގެ ތެރެއަށް ފެތޭ ޙާލަތެއްކަމަށް ނުބެލެވެންވީ ސަބަބެއް އޮތްކަމަށް ނުފެންނަކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7469(J
(
MD-145 ކޯޓު އަމުރުން 2014 އޯގަސްޓް 14
ވަނަ ދުވަހުގެ 16:30 އިން ފެށިގެން 2014 އޯގަސްޓް 24 ވަނަ ދުވަހުގެ 16:29 ގެ ނިޔަލަށް
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ޞަފްވަތު އަންވަރު ބަންދުކޮށްފައި
CCCC
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރުއް ހައިކޯޑު"
10
20j4/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަމުރުކޮށްފައިވަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާޢިދު ތަކުގެ ބޭރުންކަމަށް ބެލެވެން ނެތްކަން
ކުރެވެއެވެ
0
ޙުކުމް:
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7469(J
(
MD-145 ކޯޓު އަމުރުން 2014 އޯގަސްޓް 14
ވަނަ ދުވަހުގެ 16:30 އިން ފެށިގެން 2014 އޯގަސްޓް 24 ވަނަ ދުވަހުގެ 16:29 ގެ ނިޔަލަށް،
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ޞަފްވަތު އަންވަރު ބަންދުކޮށްފައި ބެހެއްޓުމަށް
ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަށް ބަދަލުގެންނަންޖެހޭތަނެތް ނެތްކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން
ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv