ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/225 ޤަޟިއްޔާގެ ޙުކުމް
12
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{013/HC-A/225
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އިކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 225/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ފާއިޒް
* އައިޑީ ނަންބަރު: A048198
222c
ދާއިމީ އެޑްރެސް: ޕިންޓްހައުސް / ސ
ނަދުވާ ކ. މާލެ
މިހާރުގެ އެޑްރެސް:
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަން
ދުންބަރު:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
، ރަޖިސްޓްރީ ތާރީޚް: 09 ރަމަޟާން 1434
17 ޖުލައި 2013
ނިމުނު ތާރީޚް: 16 ރަމަޟާން 1434
24 ޖުލައި 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6077(J/MD-145 ކޯޓު އަމުރު
• ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދުގައި ބެހެއްޓުމުގެ ކޯޓު އަމުރު
• ހުށަހެޅި ތާރީޚް: 10.07.2013
ހިމުނު ތާރީޚް: 10.07.2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2013/HC-A/225
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާ.
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6077(JMD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި
ޕިންޓްހައުސް އަޙްމަދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
22
ފާހަގަކުރެވުނު ނުކުތާތައް
22 ހ23 24
#ހ2ތކުޗެވެ
1) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6077(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު،
ސ. ފޭދޫ ގެ ޕިންޓްހައުސް އަޙްމަދު ފާއިޒްގެ މައްޗަށް ބްލެކްމެއިލްކުރުމާއި އޮރިޔާންކާޑު ގެންގުޅުމުގެ
މައްސަލައިގައި، އަޙްމަދު ފާއިޒް ދޫކޮށްލައިފިނަމަ ހެކި ފޮރުވުމަށް ނުވަތަ ހެކި ނައްތާލުމަށް
މަސައްކަތްކޮށްފާނޭކަމަށާއި މުޖުތަމަޢުގެ ހަމަޖެހުމަށް ނުރައްކާވެދާނޭކަމަށް ޝަރީޢަތަށް ފެނިވަޑައިގަންނަވާތީ، 11
ޖުލައި 2013 ވަނަ ދުވަހުގެ 12:13 ން ފެށިގެން 26 ޖުލައި 2013 ވަނަ ދުވަހުގެ 12:12 ގެ ނިޔަލަށް
15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން ކަނޑައަޅާ ތަނެއްގައި އަޙްމަދު ފާއިޒް
ބަންދުކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކުރައްވައި ކްރިމިނަލް ކޯޓުން
ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
22c
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6077(J
(
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން،
ޕިންޓްހައުސް އަޙްމަދު ފާއިޒްގެ ފަރާތުން 2 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، އަޙްމަދު ފާއިޒް ބަންދު ކުރެވިފައިވަނީ ހެކި ނައްތާލަން
މަސައްކަތްކޮށްފާނެތީކަމަށް ބަޔާންކުރައްވާފައިވާއިރު، މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުން ހައްޔަރު
ނުކުރާނަމަ ކުރެވިފައިވާ ބަންދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ރޫޙާ
ޚިލާފަށް ކުރެވިފައިވާ ބަންދެއް ކަމުގައިވާ
އިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ceco
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2013/HC-A/225
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދެވުނު ނުކުތާއަކީ، ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ އަޙްމަދު ފާއިޒްގެ ޣައިރު
ޙާޟިރުގައިކަމަށާއި އެޢަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އާ ޚިލާފު
ޢަމަލެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
0 2
<< O
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް ނަންބަރު 093506/MF
އަށް ބެލިއިރު، އަޙްމަދު ފާއިޒް ބަންދުކޮށްފައިވަނީ އަޙްމަދު ފާއިޒްއާއި އިތުރު ބަޔަކާ ބައިވެރިވެގެން ދައުލަތުގެ
އިސް މަޤާމެއްގައި ހުރި މީހަކާއި އިތުރު ބައެއް ފަރާތްތަކުގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް
ބޭނުންކޮށްގެން އެފަރާތްތަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށްގެން ގިނަ އަދަދެއްގެ ފައިސާ އަތުލަން އުޅުމާއި،
އޮރިޔާން މަންޒަރު ދައްކުވައިދޭ އެވީޑިއޯ އެކި ފަރާތްތަކަށް ބޮޑު އަގުގައި ވިއްކަން އުޅޭކަމަށް ތުހުމަތު ކުރެވޭ
މައްސަލައިގައި، މީނާ ދޫކޮށްލައިފިނަމަ މައްސަލައިގައި ހެކިބަސް ދޭ މީހުންނަށް ނުފޫޒު ފޯރުވުމަށް
މަސައްކަތްކޮށްފާނެކަމަށް ބެލެވޭތީވެއާއި، މައްސަލައިގެ ބާވަތަށް ބަލާއިރު، މިފަދަ ޢަމަލު ހިންގާކަމަށް ތުހުމަތު
ކުރެވޭ މީހަކު މުޖްތަމަޢުއަށް ދޫކޮށްފައި ހުރެއްޖެނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވަފާނެ
ކަމަށްޓަކައިކަމަށް އެފޯމުގައި ބަޔާންކުރެވިފައިވާކަމާއި،
އަޙްމަދު ފާއިޒް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބުކަމަށް އިސްވެ އިޝާރާތްކުރެވުނު
ފޯމުގައި ބަޔާންކުރެވިފައިވަނީ، އަޙްމަދު ފާއިޒް ޝާމިލްވާކަމަށް ބުނާ މައްސަލައަކީ ފުޅާ ދާއިރާއެއްގައި
ތަޙްޤީޤުކުރަންޖެހޭ މައްސަލައަކަށްވުމާއި، މިމައްސަލައިގެ ތަޙްޤީޤު މިހާރުވެސް ކުރެވެމުން ދިއުމާއެކު އަޙްމަދު
ފާއިޒް ދޫކޮށްލައިފިނަމަ އެމައްސަލައިގެ ހެކި ފޮރުވަފާނެކަމަށް ބެލެވޭތީވެއާއި އަޙްމަދު ފާއިޒް މިފަދަ ކަމެއް
ކޮށްފައިވަނީ ދައުލަތުގެ އިސްމަޤާމެއްގައިހުރެ ކަމަށް ވުމުން، މިފަދަ ޢަމަލު ހިންގި މީހަކު މުޖްތަމަޢު ތެރެއަށް
ދޫކޮށްލާފައި ބަހައްޓައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ޙަވާލާދީ އަޙްމަދު ފާއިޒް ބަންދުން ދޫކުރަން ނުފެންނާތީކަމަ
ބަޔާންކޮށްފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2{013/HC-A/225
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24 0 ·
(ށ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އެމީހެއްގެ
ކިބާގައި ފުރިހަމަވެފައިވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް
ނިންމުމުގެބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ .
24 2 .
c
2 ތ 8
4
2
2 ކ އވ
را بر سر مسر
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ
އެއްގޮތްވާ ގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި،
އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، އަދި
ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކު ހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާކަމާއި،
މައްސަލައެއް ތަޙްޤީޤު ކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުހަލާގައިވެސް،
ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫންކަމާއި، ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ މައްސަލަތަކުގައި ކޯޓަށް ހެކިހުށަހަޅަންޖެހޭނީ ކުށެއްކުރިކަމަށް ސާބިތުވާ
މިންވަރުގެ ހެކިޤަރީނާ ނޫންކަމަށާއި، އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭ
، ފައި
ކުށެއްކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
263/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅާފައި އޮންނަކަމާއި،
އަޙްމަދު ފާއިޒް ބަންދު ކުރެވިފައިވަނީ ހެކި ނައްތާލަން މަސައްކަތް
އެކަތްކޮށްފާނެ ކަމުދީދީވެރި
ބަޔާންކުރައްވާފައިވާއިރު، މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުން ހައްޔަރު ނުކުރާނަމަ ކުރެވިފައިވާ ބަންދަކީ
24 2
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
24 3ތ *
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/225
2 ހޑ އ ހދ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ރޫޙާ ޚިލާފަށް ކުރެވިފައިވާ ބަންދެއް
ކަމުގައިވާކަމަށް އަޙްމަދު ފާއިޒް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވީނަމަވެސް،
އަޙްމަދު ފާއިޒްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ބްލެކްމެއިލްކުރުމާއި އޮރިޔާންކާޑު ގެންގުޅުމުގެ
މައްސަލައިގައި، އަޙްމަދު ފާއިޒްގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިކަން އެނގެން އޮންނަކަމާއި، އަދި އެގޮތުން، އަޙްމަދު
ފާއިޒް ވިއްކަން އުޅުނުކަމަށް ބުނާ ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކެއް ހުރުމުގެ އިތުރުން،
އެވީޑިއޯތައް ވިއްކަން މަސައްކަތްކޮށްފައިވާކަމަށް، އަޙްމަދު ފާއިޒްއާ ދެކޮޅަށް ލިބިފައިވާ ހެއްކާއި ޤަރީނާތަކުން
ތުހުމަތުކުރެވޭ ހިނދު، އަޙްމަދު ފާއިޒްގެ ކުށުގެ ރިކޯޑަށް ބަލާއިރު، އަޙްމަދު ފާއިޒްގެ މައްޗަށް އެކި ބާވަތުގެ
އެތައް ބައިވަރު ކުށްތަކެއް މީގެކުރިން ސާބިތުވެފައިވާކަން އެނގޭކަމާއި، އަދި އޭގެ ތެރޭގައި އޮރިޔާން ކާޑު
ގެންގުޅުމުގެ ކުށްވެސް ސާބިތުވެފައިވާކަމާއި، ހުށަހެޅިފައިވާ މައްސަލައިގައި އަޙްމަދު ފާއިޒްގެ މައްޗަށްކުރެވޭ
ތުހުމަތާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަދި ސާފުކުރަން ބޭނުންވާ ކަންތައްތަކެއް ހުރިކަމަށާއި،
އެހެންކަމުން މިމައްސަލައިގެ ތަޙްޤީޤު ފުރިހަމަ ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައި
0
02
2
0
xތ
009އލިކަށި،
އޮތުމުން،
މިމައްސަލައާ ގުޅިގެން އެހެން ބަޔަކު ހައްޔަރު ނުކޮށް އޮތްއޮތުމަކީ، އަޙްމަދު ފާއިޒްގެ ބަންދުގެ
މުއްދަތު އިތުރުކޮށްދެއްވު.
އްވުމަށް ނެރުއްވާފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6077(J
(
MD-145 ކޯޓު
އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ރޫޙާ ޚިލާފަށް
ނެރުއްވާފައިވާ އަމުރެއްކަމަށް ބެލެވެން އޮތް ސަބަބެއް ނޫންކަމެވެ.
02 22
(ނ) ހަތަރުވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރުމަށް އެދި ހުށަހަޅާ
މައްސަލަތަކުގައި ހުށަހެޅޭ ހެއްކަކީ އެމީހެއްގެ މައްޗަށް ކުށެއް ސާބިތުކުރުމުގެ ގޮތުން ހުށަހެޅޭ
ނޫންކަމާއި، އެކަމަކު ކުށެއް ކުރިކަމުގެ ތުހުމަތު އުފެދޭ މިންވަރުގެ ހެއްކެއްކަމާއި، ކުށެއްގެ ތުހުމަތުގައިވާ
މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިހަކީ އެއްވެސް ޙާލަތެއްގައި އެމީހެއްގެ މައްޗަށް ޝަރީޢަތް ހިންގާ
އޭނާގެ މައްޗަށް ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ދިފާޢުވެ ހެކިންނާއި ސުވާލުކޮށް ހެކި ތަޢުނުކުރުމަށް ބޭއްވޭ
މަޖިލިހެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޟިއްޔާގައިޑްޖޭގެ
ކަނޑައަޅާފައިވާކަމާއި، ކުށުގެ ތުހުމަތުގައިވާ މީހާއަށް އޭނާގެ މައްޗަށް ހުރި ހެކިތަކާއި ޤަރީނާތަކުގެ ތަފްޞީބު
2012/HC-A/340
ދިވެހިރާއްޖޭގެ ހައިކޯޓް، އްބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2013/HC-A/225
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OXO
ނަންބަރު
ތަޙުޤީޤުގެ މަރުހަލާގެ ތެރޭގައި އެނގިއްޖެނަމަ، އެކަމުގެ ސަބަބުން މައްސަލައިގެ ތަޙްޤީޤަށް ހުރަސްއެޅި، ހެކި
ނައްތާލުމާއި
ހެއްކަށް ނުފޫޒުފޯރުވުމުގެ އިހްތިމާލު އޮންނާނެކަމަށާއި، އެހެންކަމުން، ބަންދުގެ މުއްދަތުގެ
މަޖިލިހެއްގައި ހަމައެކަނި ތުހުމަތުގައިވާ މީހެއްގެ މައްޗަށް ހުރި ހެކިތަކަކީ ކޮބައިކަން އިޖުމާލީ ގޮތެއްގައި ކުށެއްގެ
ތުހުމަތުގައިވާ މީހަކަށް ބަޔާންކޮށްދިނުމުން ފުދޭނެކަމަށް އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި
ކަނޑައަޅާފައިވާއިރު، ކްރިމިނަލް ކޯޓުގެ 2013/6077(J
(
MD-145 ކޯޓު އަމުރުގައި
ޙަވާލާދެއްވާފައިވާ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމު ނަންބަރު 093506/MF ގައި އަޙްމަދު
ފާއިޒްގެ މައްޗަށް ހުށަހެޅިފައިވާ ހެއްކާ ޤަރީނާ ބަޔާންކޮށްފައިވާކަމާއި، އަދި މިފޯމަކީ "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 14
ވަނަ މާއްދާގެ (ށ) ގެ ދަށުން އަޙްމަދު ފާއިޒްއަށް ލިބެންއޮތް ލިޔުމެއްކަން ފާހަގަކުރެވޭކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6077(JMD-145 ކޯޓުއަމުރު ނެރުއްވި ޝަރީޢަތުގެ
މަޖިލިހުގައި އަޙްމަދު ފާއިޒްއާއި އޭނާގެ ޤާނޫނީ ވަކީލު ޙާޟިރުވެތިބިކަމަށް ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި، އަދި އަޙްމަދު ފާއިޒްގެ ޞިއްޙީ ޙާލަތު ގޯސްވެގެން ޝަރީޢަތުގެ
މަޖިލިހުން ނިކުތްއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އަޙްމަދު ފާއިޒްގެ މައްޗަށް ތުހުމަތު ކުރެވޭ
މައްސަލައަކީ ކޮބައިކަމާއި އެމައްސަލައާ ގުޅިގެން ލިބިފައިވާ ހެއްކާއި ޤަރީނާ ހުށަހަޅާފައިކަމަށާއި، އަދި އެވަގުތު
ވާހަކަ ދައްކަމުން ދިޔައީ އަޙްމަދު ފާއިޒްގެ ޤާނޫނީ ވަކީލުކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު، މިވާހަކަތަކަށް އަޙްމަދު ފާއިޒް އިންކާރުކޮށްފައިނުވާކަމާއި،
ޝަރީޢަތުގެ މަޖިލިސް ކުރިއަށް ދިއައީ އަޙްމަދު ފާއިޒްވެސް ޙާޟިރުވެ އިނދެ، އަދި އޭގެ
ފަހުން އަޙްމަދު ފާއިޒް ނިކުންނަންޖެހުމުން، އަޙްމަދު ފާއިޒްގެ ޤާނޫނީ ވަކީލުގެ ޙާޟިރުގައި ކަމުގައިވާއިރު، އަދި
ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރުމަށް ނުވަތަ ބަންދުކޮށްފައިވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް
އެދި ހުށަހަޅާ މައްސަލަތަކަކީ ޠަބީޢީގޮތުން އަވަސް ފިޔަވަޅު އަޅަންޖެހޭ މައްސަލަތައްކަމުގައި ވީހިނދު،
ހުށަހެޅިފައިމިވާ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6077(JMD-145 ކޯޓުއަމުރު
ނެރުއްވާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް
މިމައްސަލަ ބެލި ހުރިހާ ފަނޑިޔާރުންނަށް
އެއްބަސްވެވުނެކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2013/HC-A/225
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު
2013/6077(J
/
MD-145 ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ
ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިޤާޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލިހުގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv