ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009-HC-A-258 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A{258
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 258/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް.
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
ވަކީލް: ޕަބްލިކް ޕްރޮސިކިއުޓަރ އދއ ޢައިޝަތު ފަޒުނާ އަޙްމަދު
* ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ އޒީ. ޙުސައިން ނާޝިދު
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ނަޖާޙް މޫސާ
އައިޑީ
ކާޑު ނަންބަރ. A098466
، ދާއިމީ އެޑްރެސް: މ.ފެންނިރު
މިހާރުގެ އެޑްރެސް:މ. ފެންނިރު
*
.ތާރީޚް: 21 ޖުމާދަލްއާޚިރާ 1432
، ރަޖިސްޓްރީކުރި ތާރީޚް: 06 ރަމަޟާން 1430
27 އޯގަސްޓް 2009
24
2011
އިސްތި
ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/616
* ނިންމެވިކްޓް: ޖިނާއީކޯޓު
• ޤަޟިއްޔާގެބާވަތް: އަމުރަށްނުކިޔަމަންތެރިވުން
ހެޅުނުތާރީޚް:
2009 - 03 - 01
* ނިމުނު ތާރީޚް: 20
2009 - 05
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ(އާބުރުޖުހިގުން) މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
)
2009/HC-A/258
ޚުލާޞާ
މިއީ ޖިނާއީކޯޓުގެ ނަންބަރު 2009/JC/616 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ވ.ފެންނިރު މުޙައްމަދު ނަޖާޙު
424
3-އވެ.
255
0831 45
މެޗެ8ނކަން
ވީމާ، 31 ޖުލައި 2008 ދުވަހުގެ 18:30 އެހާކަންހާއިރު ލ.ރޫބީގެއިން
ވައްކަންކުރަން އުޅެނިކޮށް މީހަކު ހިފަހައްޓާފައިހުރިކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ލިބުމާ ގުޅިގެން ފުލުހުން އެގެއަށްގޮސް، މުޙައްމަދު ނަޖާޙު މޫސާ އެގެއިން ފެނިގެން
މުޙައްމަދު ނަޖާޙު މޫސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނިކޮށް، ކޮންސްޓަބަލް އަޙުމަދާ
"ވިސްނައިގެން ހުންނާށޭ، އޭދި ތިމަންނަ ދޫކޮށްލާނެ ނޫންހޭ، ދޫކޮށްލީމާ ކަލޭ
ކޮށާލާނަމޭ" ބުނެ ކޮންސްޓަބަލް އަޙުމަދަށް ބިރުދައްކާފައިވާކަމަށް ބުނެ މުޙައްމަދު ނަޖާޙު މޫސާގެ
މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއަށް ބެލިއިރު، އެދަޢުވާގައި ބުނެފައިވާ
ކަންތައްތައް އެދަޢުވާގައި ބުނެފައިވާ ގޮތުގެމަތިން ހިނގާފައިވާކަން މުޙައްމަދު ނަޖާޙު މޫސާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކަ ތަކުން އެނގެންއޮންނަކަމާއި މުޙައްމަދު ނަޖާޙު މޫސާގެ އިޢުތިރާފު އެކަމުގެ
މައްޗަށް ލިބިފައިވާކަން އެނގޭއިރު، ޤާނޫނާއި އިސްލާމީ ޝަރީޢަތުގައި މަނާކުރެވިފައިވާ ކޮންމެކަމަކީ
ދިވެހިރާއްޖޭގައި މަނާކަމެއްކަމަށް ބެލުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 02 ވަނަ
މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ) ގެ ދަށުން ލާޒިމްވާތީއާއި،
އަދި ޤާނޫނުގައި ނައްޞުން ބަޔާންކުރެވިފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް
އޮންނަގޮތުގެ މައްޗަށް ރިޢާޔަތް ކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142
ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން، މުޙައްމަދު ނަޖާޙު މޫސާގެ ޢަމަލަކީ ކުށެއްކަމުގައި ސާބިތުވާން
ނެތްކަމުގައި ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/616 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ(އާބުރުނުހިގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-A/258
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމުގައި ކަނޑައަޅައި،
މުޙައްމަދު ނަޖާޙު މޫސާ ކޮންސްޓަބަލް އަޙުމަދަށް އިންޒާރުދީ ބިރުދެއްކި ދެއްކުމަކީ ބަޔާންކުރެވިދިޔަ
ފަދައިން ކުށުގެ ޢަމަލެއްކަން އެނގޭއިރު، މުޙައްމަދު ނަޖާޙު މޫސާ ކޮންސްޓަބަލް އަޙުމަދަށް އިންޒާރުދީ
ބިރުދެއްކިކަން މުޙައްމަދު ނަޖާޙު މޫސާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ
އިޢުތިރާފުން ސާބިތުވާކަމަށާއި، އެހެންކަމުން މުޙައްމަދު ނަޖާހު މޫސާގެ މައްޗަށް އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނުލް ޢުޤޫބާތުގެ
88 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ނަޖާޙު މޫސާ 2 (ދޭއް) މަސްދުވަހުގެ މުއްދަތަށް
އީދުމަށް ޙުކުމް ކޮށްފީމެވެ.
އައިކޯޓް
މިޤަޟިއްޔާ ބަލާ ނިޔާކަނޑައެޅީ:
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު)
އަޙްމަދު ޝަރީފު
(އިސްފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ(އާބުދުޖުހިގުން) މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv