ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/306 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/306
A4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 306/HC-A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ނިޝާމް
* އައިޑީ ކާޑު ނަންބަރު: A279275
ދާއިމީ އެޑްރެސް: ގަލަދުންގެ | އއ.ރަސްދޫ
މިހާރުގެ އެޑްރެސް:
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީ ނަންބަރު:
* ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ރަޖިސްޓްރީ ތާރީޚް: 25 ޛުލްޤައިދާ 1434
01 އޮކްޓޯބަރ 2013
ނިމުނު ތާރީޚް: 01 ޛުލްޙިއްޖާ 1434
06 އޮކްޓޯބަރ 2013
3 4 9
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8498(J(MD-145 ކޯޓު އަމުރު
• ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދުކޮށްފައި ބެހެއްޓުމުގެ ކޯޓު އަމުރު
• ހުށަހެޅި ތާރީޚް: 26.09.2013
ނިމުނު ތާރީޚް: 26.09.2013
ދިވެހިރާއްޖޭގެ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔ
ހައިކޯa
ފަނޑިޔާރު އަބްދުއްރައޫފު އިބް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
'2
2013/HC-A/306
• ދަޢުވާގެ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8498(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި
އއ.ރަސްދޫ / ގަލަދުންގެ އިބްރާހީމް ނިޝާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާ
1) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8498(J(MD-145 ކޯޓު އަމުރަށް ބަލާއިރު،
އެއަމުރު ނެރުއްވާފައިވަނީ ފުލުހުންގެ ގައިގައި ތަޅާ މާރާމާރީ ހިންގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ
ތުހުމަތުގައި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި، އއ.ރަސްދޫ | ގަލަދުންގެ އިބްރާހީމް ނިޝާމް މިވަގުތު ދޫކޮށްލުމަށް
ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވެ، 26 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 16:30 އިން 06 އޮކްޓޯބަރ
2013 ވަނަ ދުވަހުގެ 16:29 އަށް އިބްރާހީމް ނިޝާމް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8498(J(MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން، އއ.ރަސްދޫ
ގަލަދުންގެ އިބްރާހީމް ނިޝާމްގެ ފަރާތުން 3 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާ ޚިލާފަށް، އަދި އިބްރާހީމް ނިޝާމްއަކީ އެމާއްދާއަށް
ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި، ހަމައެކަނި ފުލުހުން ބުނާ ބުނުމެއްގެ މައްޗަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވަނީ ކުށެއްގެ
ޓީމެއް
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤައިދުގެ
މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
213/HC-A/36
ބެހެއްޓެވުމަށް ޤާޟީ ނިންމެވި ނިންމެވުމަށް ވާޞިލުވި
ތިންވަނަ ނުކުތާއަކީ، ބަންދުގައި
ފައިނުވާކަމަށް ބުނެ ހުށަހެޅި
އދ ވ މ އނ އ ދ
ސަބަބު ބަޔާންކުރައްވާފައި
ޅ( 6 ·
0އވެ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
44
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8498(J
(
MD-145 ކޯޓުއަމުރުގައި
ހަވާލާދެއްވާފައިވާ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދު ކުރިތާ 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް" ނަންބަރު TD057369 ގައި އިބްރާހީމް
ނިޝާމް ހައްޔަރުކުރި ސަބަބުކަމަށް ބަޔާންކުރެވިފައިވަނީ، 2013 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 21:30
ހާއިރު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރުމައްޗަށްވާ ގޮތަށް ނަގާފައިހުރި ހުދު ކުލައިގެ ބޮޑު ޖަނގިޔާއެއް
ފުލުހުން ނަގައި
ރަސްދޫ ޕޮލިސް ސްޓޭޝަނަށް ގެންދަނިކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުން
ގައިގައި ތަޅައި މާރާމާރީ ހިންގައި، ރަސްދޫގެ ޕޮލިސް ސްޓޭޝަނުން ކަރަންޓު ކަނޑާލައި، ގަދަކަމުން
ޕޮލިސް ސްޓޭޝަން ތެރެއަށްވަދެ، ފުލުހުން އަތުން ޖަނގިޔާ ގަދަކަމުން އަތުލުމަށްފަހު، ދެވަނަ ފަހަރަށް
ގެންގޮސް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރުމައްޗަށްވާ ގޮތަށް ޖަނގިޔާ ނަގައި، ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިކަން ދައްކައި، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، މިކަމާ
ގުޅިގެން އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ކަރަންޓު ކަނޑާލުމުގައި ބައިވެރިވާ ފަރާތެއްކަމަށް ތުހުމަތު ކުރެވޭ
މައްސަލައިގައިކަން އެފޯމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، އިބްރާހީމް ނިޝާމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާ ޚިލާފަށް، އަދި އިބްރާހީމް ނިޝާމްއަކީ
އެމާއްދާއަށް ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި، ހަމައެކަނި ފުލުހުން ބުނާ ބުނުމެއްގެ މައްޗަށް ކަމަށް ބުނެ ހުށަހެޅި
ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުން ރިޢާޔަތްކުރިއިރު،
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ހައްޔަރުކުރާ މީހާއަށް މީހަކު ކުށެއް
ފެންނަހިނދެއްގައި، ނުވަތަ މީހަކު ކުށެއްކޮށްފިކަމަށް، ނުވަތަ އެވަގުތު އެއުޅެނީ ކުށެއް ކުރާންކަމަށް
ހިއްކާވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
2013HC-A/36
ޖ3379 ސޑއ އ
ޤަބޫލުކުރެ9ފ
އެއްވެސް މީހަކު ހިފާ
ވަނަ
22 22
ވާފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ
ލިބިގެން މެނުވީ،
ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެން ނުވާނެކަމަށާއި،
ޤާނޫނުއަސާސީގެ 49
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް
ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް،
ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި
އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ
ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، އަދި
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގައި، އިބްރާހީމް ނިޝާމް އެންމެ ފުރަތަމަ ހައްޔަރުކުރެވިފައިވަނީ
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
42/HA
)
U2MC
-
B) ކޯޓު އަމުރުން
ހުއްދަ ލިބިގެންކަން އެނގެން އޮތުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8498(J
(
MD-145
ކޯޓުއަމުރުގައި އިބްރާހީމް ނިޝާމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި
ބަޔާންކުރާ ޙާލަތްތަކުންކުރެ ޙާލަތެއްނެތި، އެމާއްދާއާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމާއި،
އިބްރާހީމް ނިޝާމްގެ ބަންދުގެ މުއްދަތު އިތުރުކުރެއްވި ސަބަބަކީ އިބްރާހީމް ނިޝާމްގެ މައްޗަށް
ތުހުމަތު ކުރެވިފައިވާ، ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ
މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅުނު ކަންކަމާއި ޙާދިސާ ހިނގާފައިވާ
ރިޢާޔަތްކުރެއްވިއިރު، އިބްރާހީމް ނިޝާމް ދޫކޮށްލުމަކީ މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް
މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިނުގަންނަވާތީ، މުޖްތަމަޢުގެ
ސަލާމަތަށްޓަކައިކަން އެނގެން އޮތުމުން، އިބްރާހީމް ނިޝާމްގެ ބަންދުގެ މުއްދަތު އިތުރޯއްވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާ އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް irif [email protected] ވެބްސައިޓް www.highcourt.gov.mv
ކަމެއްކަމަށް
މ 4
2 ހދ8
5
2013/HC-A/36
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތްތަކުގެ
ތެރެއިން، މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައިކަން އެނގެން އޮންނަކަމާއި، އަދި އިސްވެ ބުނެވުނު
މާއްދާތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްކަމަށް ނުވަތަ ނެތްކަން ކަނޑައެޅުމަކީ ބަންދުގެ
މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
93/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވޭކަމާއި،
އިބްރާހީމް ނިޝާމް ބަންދުގައި ބެހެއްޓެވުމަށް ފަނޑިޔާރު ނިންމެވި ނިންމެވުމަށް ވާޞިލުވި
ސަބަބު ބަޔާންކުރައްވާފައިނުވާ ކަމަށް އިބްރާހީމް ނިޝާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވީނަމަވެސް، އިސްވެ ފާހަގަކުރެވުނު ކަންތައްތައް ކްރިމިނަލް ކޯޓުގެ ނަންބަރު
2013/8498(J
(
MD-145 ކޯޓު އަމުރުގައި "ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބު" މި ސުރުޚީގެ ދަށުން
އޮތްބައިގައި ސާފުކޮށް ބަޔާންކޮށްދެއްވާފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި އިބްރާހީމް ނިޝާމްއަކީ މުޖަތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްހުރި ނުރައްކަލެއްކަމަށް
ފެންނަނަމަ، އިބްރާހީމް ނިޝާމްގެ ފަރާތުން އެފަދަ ކަމެއް ހިނގާފައިވާކަމަށް އެކަށީގެންވާ ޤަރީނާ
އިބްރާހީމް ނިޝާމްގެ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް، މައްސަލައެއް ތަޙްޤީޤު
ކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުހަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ
މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫންކަމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ
މައްސަލަތަކުގައި ކޯޓަށް ހެކިހުށަހަޅަންޖެހޭނީ ކުށެއްކުރިކަމަށް ސާބިތުވާ މިންވަރުގެ ހެކިޤަރީނާ ނޫންކަމަށާއި،
އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއްކުރިކަމުގެ ތުހުމަތެއް އުފެދޭ
މިންވަރުގެ ހެކި ޤަރީނާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 263/HC-A/2012 ޤަޟިއްޔާގައި
ކަނޑައަޅާފައިވާކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 213/HC
-
A/2012 ޤަޟިއްޔާއާއި އަދި
120/HC
-
A/2013 ޤަޟިއްޔާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމަކީ އެކަމުގެ ސަބަބުން
މުޖްތަމަޢަށް އިތުރަށް ނުރައްކާތެރިވެ، މުޖަތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ ސަބަބެއްކަމަށް
ކަނޑައަޅާފައި އޮތުމުން،
ހުށަހެޅިފައިމިވާ މައްސަލާގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެފަރާތުގެ
އިބްރާހީމް ނިޝާމް ހުރަސްއަޅާފައިވާކަމަށް ބުނާބުނުމުންނާއި،
ހުންނަންވާނެކަމަށް
UCO
cu o
ދިވެހިރާއް
ހައިކޯa
އަދި ދެފަރާތުންވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/306
ޑއ
ގޮތްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކުން، އިބްރާހީމް ނިޝާމް ކުށެއްކުރިކަމުގެ ތުހުމަތު އުފެދޭ މިންވަރަށް
ހެކި ޤަރީނާ ހުށަހެޅިފައިވާކަން ފާހަގަކުރެވޭކަމާއި،
ންކަމުން، އިބްރާހީމް ނިޝާމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު
ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" އާ ޚިލާފަށްކަމަށް
އެއްވެސް ޤާނޫނީ އަދި ޝަރުޢީ ހުއްޖަތްތަކެއް އިބްރާހީމް ނިޝާމްއަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދެއްކިފައިނުވާކަމެވެ.
cucc
CUO
ކޮލެވޭން
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު
2013/8498(J
(
MD-145 ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ
ޚިލާފަށްކަމަށް ބަލާނެ ތަނެއްނެތްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލިހުގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv