ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/81 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/81
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 81/HC-A/2014
• އިސްތިއުނާފުކުރި ފަރާތް؟
* ނަން: އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު:
ދާއިމީ އެޑްރެސް: މ.ރޯވިލް/ ކ. މާލެ
* މިހާރުގެ އެޑްރެސް: މ.ރޯވިލް ކ. މާލެ
C-0512/2004
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ސްޓްރީ ނަންބަރު:
ދާއިމީ އެޑްރެސް: ލ. އެލާ | ކ. މާލެ
މިހާރުގެ އެޑްރެސް: މ. އެލާ | ކ. މާލެ
• ރަޖިސްޓްރީކުރި ތާރީޚް: 23 ޖުމާދަލްއޫލާ 14.35
ނިމުނު ތާރީޚް: 28 ޖުމާދަލްއޫލާ 1436
މާރޗް 2015
24
މާރޗް 2014
19
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1554 ޤަޟިއްޔާ
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 13.09.2012
ނިމުނު ތާރީޚް: 24.10.2013
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރ ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު އަލީ ޝަމާލްގެ
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2014/HC-A/81
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1554 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި
މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ.
ފާހަގަބތްފަން 462:
ހ
ޤަޟިއްޔާއަކިޑު
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1554
އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0512
/
2004-C) އިން ހިންގަމުންގެންދާ
ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އިން، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއަށް ދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ފުރިހަމައަށް އަދާކޮށްފައި ނުވުމުގެ ސަބަބުން، އަދި އެ ފައިސާ ހޯދުމަށް އެދި ސީ އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގައި ތަކުރާރުކޮށް އެދުމުންވެސް، އެ ފައިސާ ފުރިހަމައަށް އަދާކޮށްފައިނުވާތީ، އެ ފައިސާގެ
ތެރެއިން މިހާތަނަށް ދައްކާފައިނުވާ 19,546.00
SS (ނަވާރަހާސް ފަސްސަތޭކަ ސާޅީސް ހަ އެމެރިކާ ޑޮލަރު)
ޝަރީޢަތް މެދުވެރިކޮށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ހޯދުމަށް އެދި އާރު.އެމް.އެލް
ލެޝަރ ޕްރައިވެޓް ލިމިޓެޑްއިން ދަޢުވާކުރުމުން އެ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށާއި، މި
މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔެކިޔުންތަކުގެ މައްޗަށް
.މް.އެލް ލެޝަރ
ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 0512
/
2004-C) އިން ހިންގަމުންގެންދާ ސެންޓާރާ ގްރޭންޑް
އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އިން، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް
ދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
2
ރޮޢާޔަތުކޮށް،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2014/HC-A/81
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދާކޮށްފައި ނުވުމުގެ ސަބަބުން، އަދި އެ ފައިސާ ހޯދުމަށް އެދި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގައި ތަކުރާރުކޮށް އެދުމުންވެސް، އެ ފައިސާ ފުރިހަމައަށް އަދާކޮށްފައިނުވާތީ، އެ ފައިސާގެ ތެރެއިން
މިހާތަނަށް ދައްކާފައިނުވާ -/19.546 $US (ނަވާރަހާސް ފަސްސަތޭކަ ސާޅީސް ހަ އެމެރިކާ ޑޮލަރު) ޝަރީޢަތް
މެދުވެރިކޮށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ހޯދުމަށް އެދި އާރު.އެމް.އެލް ލެޝަރ
ޕްރައިވެޓް ލިމިޓެޑްއިން ހުށަހަޅާފައިވާ މި މައްސަލަ ޝަރީޢަތުން ބެލިއިރުގައި،
ހއކތ ހހހ
842ސމްނއ
އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންގެންދާ ސެންޓާރާ ގްރޭންޑް އައިލެންޑް
ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްއާ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ފަތުރުވެރިކަމުގެ
ވިޔަފާރީގެ މުޢާމަލާތްތަކެއް ކުރެވިފައިވާކަމާއި، މި މުޢާމަލާތްތައް ބިނާވެފައިވަނީ، މި ދެފަރާތު ދެމެދުގައި 01
ނޮވެމްބަރު 2009 އިން ފެށިގެން 08 ޖެނުއަރީ 2011 ގެ ނިޔަލަށް އެއްބަސްވެފައިވާ އަގުގެ އެއްބަސްވުމުގެ
އެއްބަސްވުމުގެ ޓާރމްސް އެންޑް ކަންޑިޝަންސްގެ 10 ވަނަ ނަންބަރުގެ ދަށުން، ހޮޓަލާއެކު
ކްރެޑިޓް އެޕްރޫވް ޤާއިމުކުރެވިފައިނުވާނަމަ، ހުރިހައި ބުކިންގްސް އަށް ފައިސާ ދައްކަންޖެހޭނީ އެދިފައިވާ ޚިދުމަތް
ދިނުމުގެ ކުރިންކަމާއި، އަދި ހޮޓަލާއެކު މި ފަދަ ކްރެޑިޓް އެޕްރޫވަލެއް ޤާއިމުކުރެވިފައިވާކަން އާރު.އެމް.އެލް
ލެޝަރ ޕްރައިވެޓް ލިމިޓެޑްއަށް ސާބިތުކޮށްދެވިފައިނުވާތީ، ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ
މޯލްޑިވްސްއަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވާ ފަތުރުވެރިންނަށް ޚިދުމަތް އެ
ރިސޯޓުން ފޯރުކޮށްދޭނީ، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ޚިދުމަތް ހޯދުމުގެ
ކުރިން، އެ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދެއްކުމުންކަމާއި، އަދި އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް
ލިމިޓެޑުން ދަޢުވާއާއެކު ހުށަހަޅާފައިވާ އިންވޮއިސްތަކަށް ބަލާއިރުގައި، އެ އިންވޮއިސްތަކުގައި، ފައިސާ
ޖަމާކުރަންވީ ބޭންކް އެކައުންޓްގެ ތަފްޞީލް ލިޔެވިފައި އޮތުމުގެ އިތުރުން، ސީ އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއިން ފޮނުވަން ބޭނުންވާ މެހެމާނުން އައުމުގެ އިންތިޒާމްތައް ފުރިހަމަކުރެވޭނީވެސް، އެ
އިންވޮއިސްގައިވާ ފައިސާ ދެއްކުމަށްފަހު (remittance) އަދި އެކަން އެނގޭނެ ލިޔުމެއް ފޮނުވުމުންކަމުގައި އެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: wwww.highcourt.gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/81
އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާތީ، ދެ ފަރާތުގެ ދެމެދުގައި ކުރެވިފައިވާ ފަތުރުވރިކަމުގެ މުޢާމަލާތްތަކަކީ
ފައިސާ ދެއްކުމުން ފޯރުކޮށްދޭ ޚިދުމަތްތަކެއްކަން އެނގެންއޮންނަކަމާއި،
އިސްވެ ބަޔާންވެދިޔަ ސަބަތުތައް އެ ގޮތުގައި ހުރުމާއެކު، މި މައްސަލައިގައި ހުށަހެޅިފައިވާ
ލިޔުންތަކަށް އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށް، އެ ލިޔުންތަކުގެ މައްޗަށް ތުހުމަތު
އުފައްދާފައިވާ ޙާލަތުގައި، މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ފަތުރުވެރިކަމުގެ މުޢާމަލާތްތައް ބިނާވެފައިވާ
އެއްބަސްވުމުގެ ދަށުން ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އިން ދޭ ޚިދުމަތްތަކަކީ
ފައިސާ ދިނުމަށްފަހު ދިނުމަށް އެއްބަސްވެފައިވާ ޚިދުމަތްތަކެއްކަމުގައިވާތީ، މި
އެއްބަސް
ޚިދުމަތްތަކެއް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެވިފައިވާކަން ޝަރީޢަތަށް ސާބިތުނުވާކަމަށް
ކަނޑައަޅައި، އެ ޚިދުމަތްތަކަށް ހޯދުމަށް އެދިފައިވާ ފައިސާ ޝަރީޢަތުން ނަގައިދެވެންނެތްކަމަށް ޙުކުމްކޮށް"
މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ޚިލާފަށް
2) ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/15554 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފުކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ހހ2
c429
کر کہ میر میر حمل سرو
• ފުރަތަމަ ނުކުތާއަކީ، މަދަނީ މައްސަލަތަކުގައި ޝަރީޢަތްކުރުމާއި
އުޞޫލުތަކާއި އެއްގޮތަށް ޝަރީޢަތުން ޢަމަލުކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
. ދެވަނަ ނުކުތާއަކީ، ދަށު ކޯޓުގެ މަރުޙަލާގައި މައްސަލަ ކުރިއަށްދިޔައިރު، މައްސަލައިގައި
ހިމެނޭ ދެފަރާތުން ޝަރީޢަތުގައި ފާހަގަކޮށްފައިނުވާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތްކުރައްވައި، އެ ކަންކަމުގެ
މައްޗަށް ބިނާކުރައްވައި، މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
2014/HC-A/81
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ތިންވަނަ ނުކުތާއަކީ، މައްސަލަ ހުށަހެޅި ފަރާތުގެ ހައިޞިއްޔަތުން އާރު.އެމް.އެލް ފެޝަރ
ޕްރައިވެޓް ލިމިޓެޑުން ދަށުކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ހުށަހަޅާފައިވާ ލިޔުންތަކަށް ޝަރީޢަތުން
ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1554 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި .ތައްތައް ފާހަގަ ކުރެވިފައިވެއެ
(ހ) ފުރަތަމަ ކަމަކީ، ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
ހިންގުމުގެ ހުއްދަ ދީފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެ ނަންބަރު 2004-0512-C
ރަޖިސްޓްރީގައިވާ ރިޖެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ކަމާއި، ރިޖެންޓް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ނަން 08 ޖުލައި 2012 ގައި އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރެވިފައިވާކަމާއި،
އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގައި އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް
ލިމިޓެޑުން ކޮށްފައިވާ ދަޢުވާއަކީ، އެ ކުންފުނިން ހިންގަމުންގެންދިޔަ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް
އެންޑް ސްޕާ މޯލްޑިވްސް އިން، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ޚިދުމަތްތަކަށް
ދައްކަންޖެހޭ ފައިސާ، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފުރިހަމައަށް އަދާކޮށްފައި ނުވުމުގެ
ސަބަބުން، އަދި އެ ފައިސާ ހޯދުމަށް އެދި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި ތަކުރާރުކޮށް
އެދުމުންވެސް، އެ ފައިސާ ފުރިހަމައަށް އަދާކޮށްފައިނުވާތީ، އެ ފައިސާގެ ތެރެއިން މިހާތަނަށް ދައްކާފައިނުވާ
19,546.00 $US (ނަވާރަހާސް ފަސްސަތޭކަ ސާޅީސް ހަ އެމެރިކާ ޑޮލަރު) ޝަރީޢަތް މެދުވެރިކޮށް
ހޯދުމަށްކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/81
02 22
2009 ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދު އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑާއި
ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު މުޢާމަލާތްތަކެއް ހިނގާފައިވާކަން މައްސަލާގެ ދެފަރާތުގެ
ބަހުންވެސް އެނގެން އޮންނަކަމާއި، އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފުކުރެވޭ ސިވިލް
ކޯޓުގެ ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ އިސްވެ ބުނެވުނު މުޢާމަލާތްތަކާ ގުޅޭގޮތުން ސީ އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާތަކެއް ވާތީ، އެ ފައިސާތައް ހޯދުމުގެ ދަޢުވާކަމަށް 25 މާރޗް 2013
ގައި އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1554 ޤަޟިއްޔާގެ
ޝަރީޢަތަށް ހުށަހެޅި ބަޔާނުގެ 9 ވަނަ ނަންބަރުން އެނގެން އޮންނަކަން ފާހަގަކުރެވޭކަމާއި،
އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ، ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ
އައުމުގައި މެދުވެރިއެއްގެ ބައި އަދާކުރާ ފަރާތެއްކަމަށާއި، ފަތުރުވެރިޔާ ރާއްޖޭ އައުމަށް ނިންމުމުން އެ
ފަތުރުވެރިޔާ ބޭނުން ފެންވަރެއްގެ ރިޒޯޓަކުން ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ފަތުރުވެރިޔާއަށް ބޭނުންވާ
ޚިދުމަތްތައް ހޯދުމަށް، ރިޒޯޓުތަކާ ވާހަކަ ދައްކައިގެން، ފަތުރުވެރިޔާ ރާއްޖެ އައުމަށް ހަމަޖެހޭ ދުވަހުގެ ކުރިން
ރިޒޯޓުން ބުކިންގ ހަދައި، ކޮންފަރމްކޮށް، ފައިސާ ދައްކަންޖެހޭނެކަމަށާއި، މި
އެހެން ގޮތަކަށް އެއްވެސް
ރިޒޯޓަކުން ޚިދުމަތް ނުދޭކަމަށާއި، އެގޮތުން، 2009 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރަށް އެކި ފަހަރު
މަތިން ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އިން ޚިދުމަތްތައް ހޯދާފައިވާނެކަމަށް ސީ
އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތުގައި
އެކި ފަހަރު މަތިން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1554 ޤަޟިއްޔާގެ ޝަރީޢަތް
ނުގޮތުގެ ރިޕޯޓުގައި، 2009 ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދު، މި ދެފަރާތު ދެމެދު ކުރެވުނު
ބިނާވެފައިވަނީ މި ދެ ފަރާތު ދެމެދުގައި 01 ނޮވެމްބަރު 2009 އިން ފެށިގެން 08 ޖެނުއަރީ
2011 ގެ ނިޔަލަށް އެއްބަސްވެފައިވާ އަގުގެ އެއްބަސްވުމުގެ މައްޗަށްކަމަށް ފާހަގަކުރައްވާފައިވާކަމާއި، އިސްވެ
ޙަވާލާދެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3.2 ވަނަ ނުކުތާގައި ޕިންރޯއި
0 9
ނޫން
2 2x 2 2
سردی کی تھی کہ
22 ހ2 ތ ދވ
މުޢާމަލާތްތައް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/81
?
ދެމެދު ވެވުނު އެއްބަސްވުމު
ސްވުމުގެ ޓާރމްސް އެންޑް ކޮންޑިޝަންސްގެ 10 ވަނަ ނަންބަރުގެ ދަށުން، ހޮޓަލާއި އެކު
ކްރެޑިޓް އެޕްރޫވަލް ޤާއިމްކުރެވިފައިނުވާނަމަ، ހުރިހާ ބުކިންގސްއަށް ފައިސާ ދައްކަންޖެހެނީ އެދިފައިވާ ޚިދުމަތް
ދިނުމުގެ ކުރިންކަން އެނގެން އޮންނަކަމަށާއި، އެހެންނަމަ
އެހެންނަމަވެސް ހޮޓަލާއި . ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑާ ދެމެދު މިފަދަ އެޕްރޫވަލެއް ޤާއިމްކުރެވިފައިވާކަން ހުށަހެޅިފައިވާ އެއްވެސް ލިޔެކިޔުމަކުން އެނގެން
ނެތްކަމަށް ފާހަގަކުރައްވާފައިވާކަމާއި، އެހެންކަމުން، ދެފަރާތު ދެމެދު އޮތް އެއްބަސްވުމުގެ ދަށުން، ސެންޓާރާ
ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އިން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދެނީ، އެއްބަސްވުމުގެ 10 ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި،
ޚިދުމަތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ޚިދުމަތް ހޯދުމުގެ ކުރިން ދައްކާ ނިންމުމުންކަމަށް އެ ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
"...ޢާންމު
probandi)
(onus
(
ދަޢުވާކުރާ
(ނ) ދެވަނަ ކަމަކީ، އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ
ނަންބަރު 2012/Cv
-
C/1554 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކަށް ރިޢާޔަތް ކުރިއިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ (ނ) ގައި
އުޞޫލެއްގެ ގޮތުގައި މަދަނީ
ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ
އުފުލުމަކީ
ފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ
އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފް" (plea)
ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްއެއް" ކުރާ ފަރާތް..." ކަމަށް
ކަނޑައަޅުއްވާފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ
ފަރާތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން 13 (ތޭރަ)
couco
02 20
ހިއިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/81
32
ޚިދުމަތް ފޯރުކޮށްދީފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ޚިދުމަތަށް އެދި ފޮނުވާފައިވާކަމަށް ބުނާ އީމެއިލްތަކަކާއި، ބުނެވުނު އީމެއިލްތަކުގައިވާ ފަތުރުވެރިންނަށް
ޚިދުމަތަށް އެދިފައިވާ ތާރީޚުތަކުގައި ޚިދުމަތް ލިބޭނެކަމަށް ބުނެ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް
ސްޕޯ މޯލްޑިވްސްގެ ފަރާތުން ޖަވާބުގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ
އީމެއިލްތަކަކާއި، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް
އެންޑް ސްޕާ މޯލްޑިވްސްއަށް ފޮނުވާފައިވާ ބުކިންގ ކޮންފަރމޭޝަންތަކަކާއި، ސީ އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ޚިދުމަތަށް އެދި ފޮނުވާފައިވާ ފަތުރުވެރިން އެ ތާރީޚުތަކުގައި ސެންޓާރާ ގްރޭންޑް އައިލެންޑް
ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްއަށް ދިޔަކަމާއި، އެނބުރި އައިކަން އަންގައިދިނުމުގެ ގޮތުން ހުށަހަޅާފައިވާ
މޯލްޑިވިއަން އެއަރ ޓެކްސީގެ އިންވޮއިސްތަކަކާއި، އަދި ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ
މޯލްޑިވްސްގެ ފަރާތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ އިންވޮއިސްތަކެއް
ހުށަހަޅާފައިވާކަމާއި،
ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޚިދުމަތަށް އެދި ފޮނުވާފައިވާކަމަށް
ބުނާ އީމެއިލްތަކަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވާފައިވާ އީމެއިލްތަކެއް
ނޫންކަމަށާއި، މޯލްޑިވިއަން އެއަރ ޓެކްސީގެ އިންވޮއިސްތަކަކީ ޞައްޙަނޫން އިންވޮއިސްތަކެއްކަމަށާއި އަދި
ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގެ އިންވޮއިސްތަކަކީ ސީ އެންޑް ސަން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިނުވާ، ޞައްޙަނޫން އިންވޮއިސްތަކެއްކަމަށާއި، ސެންޓަރާ ގްރޭންޑް
އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގެ ފަރާތުން ފޯރުކޮށްދީފައިވާ ޚިދުމަތެއްވާނަމަ ދެފަރާތް ދެމެދު
ލިޔުމުން ވެވުނު އެއްބަސްވުމުގައިވާ ފަދައިން، ދައްކަންޖެހޭ ފައިސާ ޚިދުމަތް ދިނުމުގެ ކުރިން ދައްކާ
ނިންމާފައިވާނެކަމަށާއި، ފަހުން ފައިސާ ދޭގޮތަށް އެއްވެސް ޚިދުމަތެއް ހޯދާފައިނުވާކަމަށާއި، އަދި އެފަދަ ޚިދުމަތެއް
ފޯރުކޮށްދީފައިވެސް ނުވާކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށު ކޯޓުގައާއި އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ފާހަގަކޮށްފައިވާކަމާއި،
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2014/HC-A/81
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24
<< O
ޚިދުމަތަށް އެދި ފޮނުވާފައިވާ އީމެއިލްތަކަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ފޮނުވާފައިވާ އީމެއިލްތަކެއް ކަމަށާއި، އަދި ދެފަރާތް ދެމެދު ލިޔުމުން އޮތް އެއްބަސްވުމުގައި ޚިދުމަތް ދިނުމުގެ
ކުރިން ފައިސާ ދައްކާ ނިންމަންޖެހޭނެކަމަށް އޮތްނަމަވެސް، ބައެއް ފަހަރު ޚިދުމަތް މެދުނުކެނޑި ފޯރިކޮށްދިނުމުގެ
މަޤުޞަދުގައި، ޚިދުމަތަށް އެދޭ ފަރާތުން އެޑްވާންސްކޮށް ފައިސާ ނުދެއްކި ނަމަވެސް، ޚިދުމަތް ދީ ނިމުމަށްފަހު އެ
ފަރާތަށް އިންވޮއިސް ފޮނުވާކަމަށާއި، އަދި އިންވޮއިސް ފޮނުވުމުން، އެ ފަރާތުން ފައިސާ ދައްކާކަމަށް
އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާކަމާއި،
އެގޮތުން، ދެފަރާތު
އަތު ދެމެދު އޮތް އެއްބަސްވުމުގެ ބޭރުން ހިނގި މުޢާމަލާތެއް ސާބިތުކޮށްދިނުމުގެ
ގޮތުން، ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްއިން ސީ އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ޚިދުމަތްދީ ނިމުމަށްފަހު، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފައިސާ
ދައްކާފައިވާކަން އެނގޭނެ ލިޔުންތަކެއް އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅިކަން ފާހަގަކުރެވޭކަމާއި،
ބުނެވުނު ލިޔުންތަކަށް ބަލާއިރު، 11 ނޮވެމްބަރު 2009 ގައި "ރިޒަރވޭޝަންސް-ސީ އެންޑް
ސަން މޯލްޑިވްސް" ގެ ނަމުގައިވާ އީމެއިލް އެޑްރެހުން އިސްމާޢީލް ޙަބީބު، "ރިޒަރވޭޝަންސް ސީ.އައި.އާރް.އެމް"
މި ނަމުގައިވާ އީމެއިލް އެޑްރަކަށް އީމެއިލެއް ފޮނުވާފައިވާކަމާއި، އެ އީމެއިލްގައި، 15 ޑިސެމްބަރު 2009 އިން
18 ޑިސެމްބަރު 2009 ގެ ނިޔަލަށް (ރެފަރެންސް ނަމްބަރު 2009-1180) ޚިދުމަތަށް އެދި ރިޒަރވޭޝަން
ކޮންފަރމްކޮށްދިނުމަށް ސެންޓަރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގެ ކިބައިން އިސްމާޢީލް
ޙަބީބް އެދިފައިވާކަމާއި، އިސްވެ ބުނެވުނު ތާރީޚުތަކަށް (ރެފަރެންސް ނަމްބަރު 2009-1180) ބުކިންގ
ކޮންފަރމް ވެއްޖެކަމަށް ބުނެ ހަމަ އެ ދުވަހު ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
އިން އިސްމާޢީލް ޙަބީބުއަށް އެޑްރެސްކޮށް ޖަވާބު ފޮނުވާފައިވާކަމާއި، އިސްވެ ބުނެވުނު ޖަވާބު "ސޭލްސް- ސީ
އެންޑް ސަން މޯލްޑިވްސް" މި ނަމުގެ ދަށުންވާ އީމެއިލް އެޑްރެހަކަށް ކޮޕީކޮށްފައިވާކަން އެނގޭކަމާއި، އަދި ހަމަ
24 2
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2014/HC-A/81
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
8 0 4
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްގައި، މައްސަލާގެ ދެފަރާތު ދެމެދު ކުރެވުނު މުޢާމަލާތްތައް ބިނާވެފައިވަޓީޓް ހައިކޯޓް
އެ ދުވަހުގައި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް
ސްޕާ މޯލްޑިވްސްއަށް (ބުކިންގ ނަންބަރު 1180) ބުކިންގ ކޮންފަރމޭޝަން ފޮނުވާފައިވާކަމާއި،
ބަޔާންވެދިޔަ ޚިދުމަތް ދީ ނިމުނު ތާރީޚު ކަމުގައިވާ 18 ޑިސެމްބަރު 2009 ގައި ސެންޓާރާ
ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްއިން އެ ރިޒޯޓްގެ ނަންބަރު 182/CTL/2009
އިންވޮއިސް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާކަމާއި، އެއީ ފަތުރުވެރިން އެ
ރިޒޯޓުގައި ޗުއްޓީ ހޭދަކުރި އެންމެ ފަހު ދުވަސްކަން ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް އެ އިންވޮއިސްގައިވެސް
ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭނީ ފައިސާ ދެއްކުމަށްފަހުކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ
އިންވޮއިސް ފޮނުވާފައިވަނީ އެ އިންވޮއިސްގައިވާ ފަތުރުވެރިން ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް
ސްޕާ މޯލްޑިވްސްއިން ފުރި ތާރީޚުގައިކަން އެ އިންވޮއިސްއަށާއި ހުށަހެޅިފައިވާ އެހެން ލިޔުންތަކަށް ބެލުމުން
އެނގޭކަމާއި،
އަދި ބުނެވުނު ފަތުރުވެރިންނަށް ފައިސާ ދެއްކިކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އިސްމާޢީލް ޙަބީބު ސޮއިކޮށްފައިވަނީ ޚިދުމަތްދީ ނިމުނުތާ ތިން ވަނައަށްވީ ދުވަސް ކަމުގައިވާ
21 ޑިސެމްބަރު 2009 ގައިކަން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 190/2009
ޕޭމަންޓް ވައުޗަރއަށް ބެލުމުން އެނގެންއޮންނަކަމާއި،
ދެފަރާތް ދެމެދު ޢާންމުގޮތެއްގައި ކުރެވޭ މުޢާމަލާތްތައް ކުރެވެނީ ލިޔުމުން ނުވަތަ އީމެއިލްގެ
ޒަރިއްޔާއިންކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބުނެފައިވާކަމާއި، އަދި އިސްވެ ފާހަގަކުރެވުނު، ހިނގާ ނިމިފައިވާ މުޢާމަލާތަށް ސީ އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް އިންކާރުކޮށްފައިނުވާކަން
ފާހަގަކުރެވެން އޮތްހިނދު، އެ މުޢާމަލާތަކީ މި މައްސަލާގެ ދެ ފަރާތް ދެމެދު ހިނގާފައިވާ މުޢާމަލާތެއްކަމަށް
މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމާއި، އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1554
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/81
04 04
ދެ ފަރާތް ދެމެދުގައި 01 ނޮވެމްބަރު 2009 އިން ފެށިގެން 08 ޖެނުއަރީ 2011 ގެ ނިޔަލަށް އެއްބަސްވެފައިވާ
އަގުގެ އެއްބަސްވުމުގެ މައްޗަށްކަމަށާއި އަދި އެ އެއްބަސްވުމުގެ ޓަރމްސް އެންޑް ކޮންޑިޝަންސްގެ 10 ވަނަ
ނަންބަރުގެ ދަށުން، ހޮޓަލާއި އެކު ކްރެޑިޓް އެޕްރޫވަލް ޤާއިމްކުރެވިފައިނުވާނަމަ، ހުރިހާ ބުކިންގްސް އަށް ފައިސާ
ދައްކަންޖެހޭނީ އެދިފައިވާ ޚިދުމަތް ދިނުމުގެ ކުރިންކަމަށާއި، އެގޮތުން، އެފަދަ ކްރެޑިޓް އެޕްރޫވަލެއް
ޤާއިމުކުރެވިފައިވާކަން އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްއަށް ސާބިތުކޮށްދެވިފައިނުވާތީ އާއި،
އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑުން ދަޢުވާއާއެކު ހުށަހަޅާފައިވާ އިންވޮއިސްތަކުގައި، ސީ އެންޑް ސަން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވަން ބޭނުންވާ މެހެމާނުން އައުމުގެ އިންތިޒާމްތައް ފުރިހަމަކުރެވޭނީވެސް،
އެ އިންވޮއިސްގައިވާ ފައިސާ ދެއްކުމަށްފަހު އަދި އެކަން އެނގޭނެ ލިޔުމެއް ފޮނުވުމުންކަމަށް އޮތް އޮތުމުގެ
މައްޗަށް ބިނާ ކުރައްވައި، މި ނޫން އެހެން ގޮތަކަށް ދެ ފަރާތު ދެމެދު މުޢާމަލާތް ކުރެވިފައިވާކަން
ސާބިތުކޮށްދެވިފައިނުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަމާއި، ދެ ފަރާތް ދެމެދު
ކުރެވޭ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކުރާ އަގުގެ އެއްބަސްވުމެއް އޮތްނަމަވެސް، އަދި ސެންޓާރާ
ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕޯ މޯލްޑިވްސްއިން ފޮނުވާ އިންވޮއިސްތަކުގައި ޚިދުމަތް ދެވޭނީ ފައިސާ
ދައްކާ ނިމުމުންކަމަށް ބަޔާންކޮށްފައި އޮތްނަމަވެ
ޚަމަވެސް، ޚިދުމަތަށް އެދޭ ފަރާތުން ޚިދުމަތް ހޯދުމަށްފަހު ފައިސާ
ދައްކާކަން އެނގޭކަމާއި، އަދި އެގޮތުން، މީގެ ކުރިން، ސީދާ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ޚިދުމަތް ލިބުމުގެ މާ ފަހުގެ ތާރީޚެއްގައި އެ ޚިދުމަތަށް ދައްކަންޖެހޭ އަގު ދައްކާ ނިންމާފައިވާކަން އާރު.އެމް.އެލް
ލެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން މަދަނީ މިންގަނޑުން
ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުކަމެވެ.
0 (
(ނ) ތިންވަނަ ކަމަކީ، އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފަހުން ފައިސާ
ދައްކާގޮތަށް، ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގެ ފަރާތުން 13 (ތޭރަ)
ފަތުރުވެރިއަކަށް ޚިދުމަތް ދީފައިވާކަން ސާބިތުކުރުމުގެ ގޮތުން: ޚިދުމަތަށް އެދި ފޮނުވާފައިވާ އީމެއިލްތަކަކާއި
ބުކިންގ ކޮންފަރމޭޝަންތަކަކާއި، މޯލްޑިވިއަން އެއަރ ޓެކްސީ އިންވޮއިސްތަކަކާއި އަދި ސެންޓް
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/81
02
އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްއިން ފޮނުވާފައިވާކަމަށް ބުނާ އިންވޮއިސްތަކެއް އާރު.އެމް.އެލް ލެޝަރ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމާއި،
ބުނެވުނު ލިޔުންތަކަކީ ޞައްޙަ ލިޔުންތަ
ންތަކެއްނޫންކަމަށް ބުނެ ސީ އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި އިންކާރުކުރުމުން، ފައިސާ ދައްކާ ނިމިފައިވާ މުޢާމަލާތެއްގެ
ލިޔެކިޔުންތައް އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާކަމާއި، އަދި މިހާރު ފައިސާ
ހޯދުމަށް ކޮށްފައިވާ ދަޢުވާގައި ހިމެނޭ ބައެއް މުޢާމަލާތްތަކުގައިވާ އީމެއިލްތައް ފޮނުވިކަމަށް އޮންނަނީ، ދެފަރާތު
ދެމެދު މީގެ ކުރިން ކޮށް ނިމިފައިވާ މުޢާމަލާތުގައިވެސް ހިމެނޭ އީމެއިލް އެޑްރެހުންކަން ފާހަގަކުރެވޭކަމާއި، އަދި
އިސްވެ ބުނެވުނު ނިމިފައިވާ މުޢާމަލާތުގެ އީމެއިލްތައް ފޮނުވާފައިވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އިސްމާޢީލް ޙަބީބުގެ ނަމުގައި ކަމާއި، އަދި ޕޭމަންޓް ވައުޗަރގައި ސީ އެންޑް ސަން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީވެސް އިސްމާޢީލް ޙަބީބުން އެ ލިޔުންތަކަށް ބެލުމުން
އެނގެން އޮތްއިރު، މިހާރު ހުށަހެޅިފައިވާ ދަޢުވާގައި ހިމެނޭ ގިނަ މުޢާމަލާތްތައްކޮށްފައިވަނީވެސް އިސްމާޢީލް
ޙަބީބުގެ ނަމުގައިކަން ފާހަގަކުރެވޭކަމާއި، އަދި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ލެޓަރ
ހެޑްގައިވާ ބުކިންގ ކޮންފަރމޭޝަންތަކުގައިވާ ފަތުރުވެރިން ޚިދުމަތަށް އެދިފައިވާ ތާރީޚުތަކުގައި ސެންޓާރާ
ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްއަށް ޒިޔާރަތްކުރިކަން، މޯލްޑިވިއަން އެއަރ ޓެކްސީގެ
އިންވޮއިސްތަކެއްކަމަށް ބުނެ ހުށަހަޅާފައިވާ ލިޔުންތަކަކުން ދޭހަވާކަން ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް، އެ
ލިޔުންތަކުގެ ޞައްޙަކަމާއި މެދު ސިވިލް ކޯޓުން ވަކި ގޮތެއް ކަނޑައަޅުއްވާފައިނުވާކަމާއި،
އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިހާރު ކޮށްފައިވާ ދަޢުވާގައި ހިމެނޭ
އީމެއިލްތަކަކީ ޞައްޙަ އީމެއިލްތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އެ އީމެއިލްތައް ފޮނުވި ފަރާތްކަމުގައިވާ އިސްމާޢީލް ޙަބީބު ޝަރީޢަތަށް ޙާޟިރުކޮށް އިސްމާޢީލް ޙަބީބް
ލައްވާ ހުވާކުރުމަށް އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާކަން
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C
1554 ޤަޟިއްޔާގެ ޝަރީޢަތަށް 25 މާރޗް 2013 ގައި އާރުއެމް އެން
04 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: wwww.highcourt.gov.mv
;
ދިވެހިރާއްޖެ
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/81
ލެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި މީގެ އިތުރުން
އެ އީމެއިލްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ކޯޓު މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކިބައިން
ފޮރެންސިކް ތަޙުލީލުކޮށްދިނުމަށް އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާކަންވެސް
އިސްވެ ފާހަގަކުރެވުނު ތާރީޚުގައި އެ ކުންފުނިން ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮންނަކަމާއި،
އެހެންނަމަވެސް، އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ ފަދައިން
އިސްމާޢީލް ޙަބީބު ހެއްކެއް ގޮތަށް ޙާޟިރު ކުރައްވާފައިވާކަން މި މައްސަލާގައި ހުށަހެޅުނު އެއްވެސް ލިޔުމަކުން
އެނގެން ނެތްއިރު، އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާ
އީމެއިލްތަކުގެ ޞައްޙަކަން
ކަށަވަރުކުރެއްވުމަށްޓަކައި ދަށު ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ތަޙްލީލަކަށް
އެދިވަޑައިގެންފައިވާކަންވެސް އެނގެން ނެތްކަމާއި، ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކަކީ ޞައްޙަ
ލިޔެކިޔުންތަކެއްކަމަށް އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތަކުރާރުކޮށް ބުނެފައިވާއިރު، މި
މައްސަލާގައި ދަޢުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުމުގައި އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ހުށަހަޅާފައިވާ އީމެއިލްތަކުގެ ޞައްޙަކަމާއި މެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅުއްވާފައި ނުވާކަމާއި،
ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފަހުން ފައިސާ ދައްކާގޮތަށް ކޮށްފައިވާކަމަށް ބުނާ 13
(ތޭރަ) މުޢާމަލާތަކީ ވަކިވަކިން ހިނގާފައިވާ މުޢާމަލާތްތަކެއްކަމާއި، އަދި އެކި މުޢާމަލާތްތަކުގައި ލިޔެކިޔުންތައް
އެކި މިންވަރަށް ކަމުގައިވާއިރު، ދެފަރާތު ދެމެދު ވެފައި އޮތް އެއްބަސްވުމުގެ ބޭރުން، ފަހުން ފައިސާ ދައްކާ
ގޮތަށް، ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްއިން ސީ އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް މީގެ ކުރިން ޚިދުމަތް ދީފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާން އޮތް ހިނދު، މިހާރު
ފައިސާ ނުދައްކާކަމަށް ބުނާ ކޮންމެ މުޢާމަލާތެއް އެއީ ހިނގާފައިވާ މުޢާމަލާތެއްތޯ ނުވަތަ ނޫންތޯ ސިވިލް ކޯޓުން
ކަމާއި، އަދި އެކަން ކަނޑައެޅުއްވޭނީ ކަމާއިބެހޭ ފަރާތްތަކުން ހޯދޭ ހެކީގެ އަލީގައި ކަމުން،
މި މައްސަލާގައި މި މަރުޙަލާގައި ގޮތެއް ކަނޑައެޅުމުގެ ނަތީޖާއަކަށްވާނީ، ސިވިލް ކޯޓުގައި ގޮތެއް ކަނޑަނޭޅި
ހުރި ގެންކަމަށް ގޮތެއް ކަނޑައެޅުންކަމާއި، އަދި އެކަމުގެ ސަބަބު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީޓީގެ
990
ހހ09 2
0
2
4
ކަނޑައަޅުއްވަންވާނެ
ސައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
ދިވެހިރާއްޖެ
14
2014/HC-A/81
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
56 ވަނަ މާއްދާގައި ބުނާ އިސްތިއުނާފުކުރުމުގެ ޙައްޤު އެއް މަރުޙަލާއިން ގެއްލި، އިސްތިއުނާފުކުރުމުގެ
ފުރުޞަތު ހަނިވެގެންދާނެކަމެއްކަމަށް ބެލެވެން އޮތަތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން، ދަށު ކޯޓުގައި ނުބެލި ހުރި
ކަންތައްތަކެ
ތަކެއް ހުރުމުން، އެ ކޯޓުން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑު މައްސަލައެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި ޤި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުކަމެވެ.
ގޮތުގެ މަތިން
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1554 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމާއިއެކު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1554 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާތިލު ޙުކުމެއްކަމަށް މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑުން
ހިންގަމުން ގެންދާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އާއި ސީ އެންޑް ސަން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދުގައި 01 ނޮވެމްބަރު 2009 އިން ފެށިގެން 08 ޖެނުއަރީ 2011 ގެ
ނިޔަލަށް އެއްބަސްވެފައިވާ އަގުގެ އެއްބަސްވުމުގެ ބޭރުން، މި ދެ ފަރާތް ދެމެދު މުޢާމަލާތެއް ހިނގާފައިވާކަން
މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 2012/5588C
-
C
ޤަޟިއްޔާގައި އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/81
ކަންތައްތަކުގެ
ކިބައިން ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާއާ ގުޅޭ މުޢާމަލާތްތަކުގެ އީމެއިލްތަކާއި ހުށަހެޅޭ އެހެނިހެން
އަލީގައި، އެ މުޢާމަލާތްތައް ހިނގިތޯ ނުވަތަ ނޫންތޯ ސިވިލް ކޯޓުން ކަނޑައެޅުއްވުމަށްފަހު، އޭގެ
ތެރެއިން އެއްވެސް މުޢާމަލާތަކީ ދެފަރާތް ދެމެދު ހިނގި މުޢާމަލާތެއްކަމަށް، އަދި ފައިސާ ނުދައްކާ އޮތް
މުޢާމަލާތެއްކަމަށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ މުޢާމަލާތަކަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ އަދަދު ކަނޑައަޅުއްވައި، އެ ފައިސާ
އާރު.އެމް.އެލް ފެޝަރ ޕްރައިވެޓް ލިމިޓެޑަށް ނަންގަވައިދެއްވައި، އަލުން މި މައްސަލަ ބެއްލެވުމަށްޓަކައި، ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް
މި މައްސަލަ ތަޙުލީލުކޮށް، މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
04 04
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;