ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/100 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/100
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 100/HC
-
A/2017
• އިސްތިއުނާފު ކުރި ފަރާތް:
ނަން: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް މާލެ
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް މާލެ
*
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ވިލާ އެއަރ
ޕްރައިވެޓް ލިމިޓެޑް
* އައި.ޑީ.ކާޑު ނަންބަރު
* ދާއިމީ އެޑްރެސް: ވިލާ ބިލްޑިންގ{ މާލެ
މިހާރުގެ އެޑްރެސް: ވިލާ ބިލްޑިންގ/ މާލެ
0
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 07 ޖުމާދަލްއޫލާ 1438
05 ފެބްރުއަރީ 2017
ނިމުނު ތާރީޚް: 26 ޖުމާދަލްއޫލާ 1438
23 ފެބްރުއަރީ 2017
O
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2017
/
01/B3
-
CR3
/
VA
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ވަގުތީ އަމުރު
އަމުރު ނެރުއްވި ތާރީޚް: 31 ޖެނުއަރީ 2017
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދުﷲ ދީދީ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2017/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
އެއްގޮތަށް
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2017
/
01/B3
-
CR3
/
VA ވަގުތީ އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ
ނޫންކަމަށްބުނެ، އެއަމުރު
އިސްތިއުނާފުކޮށްދިނުމަށް އެދި، ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2017
/
01/B3
-
CR3
/
VA ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެއަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި، ދިވެހި
ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2017
/
01/B3
-
CR3
/
VA ވަގުތީ އަމުރަށް ބަލާއިރު، އެ އަމުރަކީ،
ގދ. ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް ދިވެހި ސަރުކާރާއެކު 6 ނޮވެމްބަރ 2013 ގައި ކޮށްފައިވާ
އެގްރީމެންޓާއި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 47
/
1997-C) އިން
ޚިލާފުވެފައިވާކަމަށް ބުނެ 18 ޖެނުއަރީ 2017 ގައި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އަށް ފޮނުވާފައިވާ
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރ 2017
/
06/ASS
/
PRIV/448 (18 ޖެނުއަރީ 2017) ސިޓީން
ނޯޓިސްދީފައިވާތީ ނޯޓިސްއާ މެދުގައި ޚިލާފު އުފައްދާ އެއްބަސްވުން އެގޮތަށް އުވާނުލެވޭނެކަމަށާއި،
އެއްބަސްވުމުގެ ދަށުން ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވާ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/100
COC
ދިވެހި ދައުލަތުގެ މައްޗަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު
2017/Cv-C/497 ޤަޟިއްޔާގައި އެއްބަސްވުމުގެ ދަށުން ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އަށް ލިބިދާނެ
ގެއްލުން ހުއްޓުވުމުގެ ބޭނުމާއި މަޤްޞަދުގައި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދުމުން
ނެރުއްވާފައިވާ ވަގުތީ އަމުރެއްކަމާއި،
އެއަމުރުގައި ވަނީ "... ޝަރީޢަތުގެ ފަރާތުން ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭނީ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާގައި ޤާއިމްކޮށްފައިވާ އަސާސީ މަބްދަޢުގެ އުސޫލާއި
ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (06) ގެ 295 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ކަންތައްތަކާއި ޢަދާލަތުގެ ހަމަތަކުގެ ހަމަ (equity) ގެ ގޮތްތަކުގެ މައްޗަށް ކަމާއި،
ޢަދާލަތުގެ ހަމަތަކުގެ ހަމަ (equity) އަށް ބެލުމުގައި ފަނޑިޔާރުން އެމައްޗަށް ބުރަވާ ޝަރުޢީ
ޤާޢިދާއަކީ (ކަމެއްގެ އަޞްލުގޮތް އެނޫންގޮތަކަށް ބަދަލުވިކަން ސާބިތުނުވާހާ ހިނދަކު އެކަމެއް އަޞްލު
އޮތްގޮތުގައި ދެމި އޮންނާނެއެވެ.) މިޤާޢިދާކަމާއި،
މިގޮތުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް އުވާލެވިފައިވުމާއި ދެމިއޮތުމާއި ދެމެދަށް
ޚިލާފުވުމެއް އުފައްދާ ދެބަސްވާ ވުމުގައި ބަލަންޖެހޭނީ ސާބިތުވަންދެން ޚިލާފު އުފެއްދުމުގެ
ކުރީގައި އެބަޔަކު އެއީ އޭގެ އަޞްލުގޮތް ކަމުގައިކަމާއި،
އިޞްތިޞްޙާބުގެ އުޞޫލަކީވެސް އެކަމެއް އެނޫން ގޮތަކަށް ސާބިތުވަންދެން ކުރި އޮތްގޮތް އެއީ
އަޞްލުގޮތް ކަމުގައި ބެލުންކަމާއި،
މިފަދަ އެއްބަސްވުމެއް އުވާލިކަމާއި ދެމިއޮތުމާއި މެދުގައި އުފައްދާ ޚިލާފުވުމާއި މެދުގައި ޝަރީޢަތުން
ގޮތެއް ކަނޑައަޅަންދެން އެއްބަސްވުން ނިމުމާއި ދެމިއޮތުމާއި ދެމެދަށް އުފައްދާ ޚިލާފުވުން އުފައްދާ ހިސާބުގައި
އެބަޔަކު ތިބެންޖެހޭ ގޮތަށް ޝަރީޢަތުގެ ފަރާތުން ފިޔަވަޅު އަޅަންޖެހޭކަމާއި،
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކުރިކުރުމާއި ދެމިއޮތުމާއި ދެމެދަށް އުފައްދާ
ޚިލާފެއްގައި އެއްބަސްވުން ބާޠިލްކުރިގޮތް ޞައްޙަގޮތްކަމަށް ޝަރީޢަތުން ކަނޑައެޅުމުގެ ކުރީގައި އެއްބަސްވުން
ޑ 2
OXOX
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/100
ބާޠިލުވާކަމަށް ބެލެވިގެން އަޅާ ފިޔަވަޅަކުން ނުކުންނަ ނަތީޖާއަކުން އިއާދަ ނުކުރެވޭފަދަ އެއްވެސް ގެއްލުމެއް
ކުރިމަތިވާނަމަ އެގެއްލުން ހުއްޓުވުމުގެ މައްޗަށް ޝަރީޢަތުގެ ފަރާތުން ވަގުތީ ގޮތެއްގައި ފިޔަވަޅުއަޅައި ވަގުތީ
އަމުރުތައް ނެރުމަކީ ޝަރީޢަތުގެ ފަރާތުން ކުރަމުން އަންނަ ކަމެއްކަމާއި،
މިގޮތުން ގދ. ކާޑެއްދޫ އެއަރޕޯޓް ކުއްޔަށް ދިނުމާއި ބެހޭގޮތުން ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާއި،
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އާ ދެމެދު ވެފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން
ނިމުމަކަށް ގެނެސްފައިވާ ވުމާމެދުގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން ގދ. ކާޑެއްދޫ އެއަރޕޯޓް
ކުއްޔަށްދިނުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރ 2017
/
06/ASS
/
PRIV/448 (18 ޖެނުއަރީ 2017) ސިޓީއަށް
ޢަމަލުކުރުން ފަސްކުރެވިގެންވާކަމަށް މިސިޓީއަށް ޢަމަލުކުރަންޖެހޭ ފަރާތްތަކަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމް
އަށާއި ދިވެހި ސަރުކާރަށް އަންގައި އަމުރުކޮށްފީމެވެ" މިފަދައިންނެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 2017
/
01/B3
-
CR3
/
VA ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެއަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި، ދިވެހި
ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)ގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
2
8 9ޑ 8
ގއމއ
ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2017
/
01/B3
-
CR3
/
VA ވަގުތީ އަމުރުގައި
ވަގުތީ އަމުރަށް އެދޭ ފަރާތަށް އިޢާދަނުކުރެވޭނެ ލިބޭނެ ކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާގައި، އަސްލު މަޢުޟޫޢީ ދަޢުވާ ލަސްވެގެން
ހިނގައްޖެނަމަ ވަގުތީ އަމުރަށް އެދޭ ފަރާތަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމަށްޓަކައި ކަނޑައަޅުއްވާފައިވާ
އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2017/HC-A/10
ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2017
/
01/B3
-
CR3
/
VA ވަގުތީ އަމުރު
ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 71/HC-A/2015 ޤަޟިއްޔާގައި، ވަގުތީ އަމުރަށް އެދި
ހުށަހަޅާ މައްސަލަތަކުގައި އެ އަމުރު ނުނެރެފިނަމަ، އެއަމުރަށް އެދުނު ފަރާތަށް ލިބިދާނެ ގެއްލުމަކަށް
ރިޢާޔަތްކުރާ ފަދައިން، އެއަމުރު ނުނެރުމުގެ ސަބަބުން އަނެއް ފަރާތަށް ލިބިދާނެ ގެއްލުމަކަށްވެސް،
ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭނެ ކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތް ކުރުމެއް ނެތިކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 2017
/
01/B3
-
CR3
/
VA ވަގުތީ އަމުރުގައި
ވަގުތީ އަމުރަށް އެދޭ ފަރާތުގެ މައުޟޫޢީ ޙައްޤެއް އޮތްކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުގެ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ
މަރުކަޒެއް ގާއިމުވެފައިވޭތޯ ބެލުމަށްޓަކައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށްކަމަށް ހުށަހެޅި
Au
eه
ނުކުތާއެވެ.
4. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2017
/
01/B3
-
CR3
/
VA ވަގުތީ އަމުރު ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއެއް ބުނެ، ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)ގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ވީމފދ ގދ 2
3
4 މ ގތ
ލުތަކާއެއްގޮތެގީންވާކަމަށް
ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2017
/
01/B3
-
CR3
/
VA ވަގުތީ އަމުރަކީ، ގދ. ކާޑެއްދޫ އެއަރޕޯޓް ކުއްޔަށް ދިނުމާ ބެހޭގޮތުން ވިލާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2017/HC-A/100
5
އެއަރ ޕްރައިވެޓް ލިމިޓެޑްއާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން
ދެމެދު ވެފައިވާ
އެއްބަސްވުން ދިވެހި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ވުމާއިމެދުގައި ޝަރީޢަތުން ވަކިގޮތެއް
ކަނޑައަޅަންދެން ގދ. ކާޑެއްދޫ އެއަރޕޯޓް ކުއްޔަށްދިނުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން ވިލާ
އެއަރ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ މިނިސްޓްރި އޮފް
އޮފް ޓޫރިޒަމްގެ
ނަންބަރ
2017
/
06/ASS
/
PRIV/448 (18 ޖެނުއަރީ 2017ސިޓީއަށް ޢަމަލުކުރުން ފަސްކުރެވިގެންވާކަމަށް
އެސިޓީއަށް ޢަމަލުކުރަންޖެހޭ ފަރާތްތަކަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އަށާއި، ދިވެހި ސަރުކާރަށް އަންގަވައި
ނެރުއްވާފައިވާ އަމުރެއްކަމާއި،
އެއަމުރު ނެރުއްވި ސަބަބަކީ، އެފަދަ އެއްބަސްވުމެއް އުވާލިކަމާއި ދެމިއޮތުމާއި މެދުގައި އުފައްދާ
ޚިލާފުވުމާއި މެދުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންދެން އެއްބަސްވުން ނިމުމާއި ދެމިއޮތުމާއި ދެމެދަށް
އުފައްދާ ޚިލާފުވުން އުފައްދާ ހިސާބުގައި އެބަޔަކު ތިބެންޖެހޭ ގޮތަށް ޝަރީޢަތުގެ ފަރާތުން ފިޔަވަޅު
އަޅަންޖެހޭކަމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކުރިކުރުމާއި ދެމިއޮތުމާއި ދެމެދަށް
އުފައްދާ ޚިލާފެއްގައި އެއްބަސްވުން ބާޠިލްކުރިގޮތް ޞައްޙަގޮތްކަމަށް ޝަރީޢަތުން ކަނޑައެޅުމުގެ ކުރީގައި
ވުން ބާޠިލުވާކަމަށް ބެލެވިގެން އަޅާ ފިޔަވަޅަކުން ނުކުންނަ ނަތީޖާއަކުން އިއާދަ ނުކުރެވޭފަދަ އެއްވެސް
ކުރިމަތިވާނަމަ އެގެއްލުން ހުއްޓުވުމުގެ މައްޗަށް ޝަރީޢަތުގެ ފަރާތުން ވަގުތީ ގޮތެއްގައި
ފިޔަވަޅުއަޅައި ވަގުތީ އަމުރުތައް ނެރުމަކީ ޝަރީޢަތުގެ ފަރާތުން ކުރަމުން އަންނަކަމެއްކަމަށްވާތީކަން އެއަމުރަށް
222 20
8،7 8 2
4:
0043އ
ބެލުމުން އެނގެންއޮންނަ
ފެނަކަމެވެ.
XOC
(ށ) ދެވަނަ ކަމަކީ، ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް
ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ހާލަތްތަކުން ކުރެ ހާލަތެއްއޮވެ، ވަގުތީ އަމުރެއް
ފިޔަވަޅެއް ނާޅައިފިނަމަ، ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ހާޞިލްނުވެ
ހިގައިދާނެކަމަށް، ނުވަތަ މައްސަލާގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ
ނުވަތަ ވަގުތީ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/100
މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާނެ ގޮތަކަށް ރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމަށް ނުވަތަ ދަޢުވާ
ލިބޭ މީހާ ފިލައިގެން ހިނގައިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ
ގޮތަކަށް ނުވަތަ އެމުދަލެއްގެ ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ޤަބޫލުކުރެވޭނަމަ
އެކަން ހުއްޓުވުމަށް އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވާކަން "ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ
ގަވާއިދު" 6 ގެ 295 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މިގޮތަށް ކޯޓަށް ލިބިދޭ ބާރުގެ
ބޭނުންކުރުމުގައި އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި، ޒާތަށާއި، ބާވަތަށާއި، ހާލަތަށާއި،
މައްސަލާގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް ބައްލަވައި ވަގުތީ އަމުރެއް ނުވަތަ
ވަގުތީ ފިޔަވަޅެއް އެޅުމަކީ އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ (discretionary)
ބާރެއްނަމަވެސް އެބާރަކީ މުޠުލަޤު ބާރެއްނޫންކަން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 އާއި، 5 ގެ (ބ) ގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ
މައްޗަށް ބަލާއިރު، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަ ވޭތޯ ބަލަންޖެހޭ ޢާންމު
ޝަރުތުތަކެއްވާކަން ތަފާތު ޤާނޫނީ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ އިޖްރާއީ ޢާންމު އުޞޫލުތަކަށް
ބެލުމުން އެނގެން އޮންނަކަން ބަޔާންކުރައްވާފައިވާކަމާއި، އެގޮތުން ބަލަންޖެހޭ ޝަރުޠުތަކަކީ:-
Pue
(1) ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް
ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން
(Fumus boni juris); ބުނެވިދިޔަ ފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު
ޤާއިމުވެގެންވާ ކަމުގައި ބެލެވޭނީ އެޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް ޙިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް
އިތުރުން، ވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ
ޑ
ہر مرد کی
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހި*
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/
މަރުކަޒެއް ވާކަމުގެ އިޙްތިމާލު ޤާއިމްވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށް
ވުމާއި،
(2) ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ
ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (Periculum in mora); މީގެ މަފްހޫމަކީ މައުޟޫޢީ ދަޢުވާ
އާދައިގެ އިޖްރާއާތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ
ނުރައްކަލަކާއި ނުވަތަ ގެއްލުމަކާ އެދަޢުވާއާ ގުޅިގެން ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުމާއި،
(3) ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޤާނޫނީ ގޮތުން
ލިބިގެންވާ ފަރާތެއްކަމުގައިވުން ކަމާއި،
އަދި ކޯޓަށް ހުށަހެޅޭ މައްސަލައާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު މައްސަލާގައި
ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް ނުވަތަ އެޙައްޤު
ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމާ،
އެވާނީ އެމައްސަލަ ބެލުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް
ދާއިމީ ޙިމާޔަތް ކުރިއާލައި ދެވުންކަމަށް ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
ޓ ޓ ޓ 9
8 އ ދ
އަހންތާނމަ
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ވަގުތީ އަމުރަށް އެދި ވިލާ އެއަރ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވަނީ ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު
ދެމިއޮއްވައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރ 2017
/
06/ASS
/
PRIV/448 (18 ޖެނުއަރީ 2017)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/100
15
ސިޓީއިން އެގްރީމަންޓް ބާޠިލްކުރުމާ ގުޅޭގޮތުން ދީފައިވާ ނޯޓިސްއަށް ޢަމަލުކޮށްފިނަމަ، ވިލާ އެއަރ ޕްރައިވެޓް
ލިމިޓެޑަށް އިޢާދަނުކުރެވޭފަދަ ގެއްލުންތަކެއް ލިބުމުގެ އިހުތިމާލު އޮތްކަމަށްބުނެ ކަމާއި، އެއަމުރު ސިވިލް
ކޯޓުން ނެރުއްވާފައިވަނީވެސް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ފަދައިން އެފަރާތަށް
ލިބިދާނެ އިޢާދަނުކުރެވޭފަދަ ގެއްލުމެއް ހުއްޓުވުމުގެ މަޤްޞަދުގައިކަން އެއަމުރަށް ބެލުމުން އެނގެންއޮންނައިރު،
ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާއި ދިވެހި ދައުލަތާދެމެދު ވެފައިވާ މިމައްސަލާގައި ބަޔާންކުރާ
އެއްބަސްވުން ބާތިލްކުރުމުގެ ނޯޓިސްއަށް ބަލާއިރު، އެ ނޯޓިސްއަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމުގެ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން
ކަނޑައަޅާފައިވާ ޤަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ކާޑެއްދޫ
އެއަރޕޯޓް ހިންގުމުގައި ޢަމަލުކޮށްފައިނުވާތީ، އެއްބަސްވުމުގެ 40 ވަނަ މާއްދާގެ (i) އިން އްބަސްވުން
ނިމުމަކަށް ގެނައުމަށް ދައުލަތަށް ލިބިދޭ ބާރުގެ ދަށުން، އެ އެއްބަސްވުމުގެ 41 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ
މަތީން ދީފައިވާ ނޯޓިސްއެއްކަން އެނޯޓިސްއަކާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބެލުމުން
އެނގެންއޮންނަކަމާއި، އެފަދައިން ދައުލަތުން ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް ނޯޓިސް ދީފައިވަނީ، ސިވިލް
އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑުތަކަކީ އެ އެއަރޕޯޓް ބޭނުންކުރާ އެންމެހާ
ސަލާމަތަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުތަކެއް ކަމަށް ވެފައި އެމިންގަނޑުތައް ފުރިހަމަނުވާ ޙާލު އެ
އެއަރޕޯޓް ހިންގުމުގެ ފުރުޞަތު ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަކީ ގިނަ ބައެއްގެ ސަލާމަތަށް
ހުރި ނުރައްކަލަކަށްވާތީކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، އެކަންކަން ހުރީ އެހެން ނޫންކަމަށް ވިލާ
އެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް ބުނެފައިނުވާކަން ފާހަގަކުރެވޭކަމާ
އިސްތިއުނާފުކުރެވިފައިމިވާ ވަގުތީ އަމުރު ނުނެރެފިނަމަ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް
ލިބޭނެކަމަށް އެފަރާތުން ބަޔާންކުރާ ކަންތައްތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ޓޫރިޒަމުން ދީފައިވާ ނޯޓިސްއާ
އެއްގޮތަށް އެއްބަސްވުން ބާޠިލްކުރެވިއްޖެނަމަ އެކަމާ ގުޅިގެން ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި
މައްސަލާގައި ނެރޭ ޙުކުމުގެ ބާރުކެނޑި އެޙުކުމް ތަންފީޒުކުރުން މުސްތަޙީލުކަމެއްކަމަށް ވެގެން
ހ84/:s
ފިރިންތަކުގެ
ކމއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/100
ހިނގައިދާނެކަމަށްވާތީއާއި، ހުށަހެޅިފައިވާ މައްސަލަ ނިމުމުގެ ކުރިން އެއެއްބަސްވުން ބާޠިލް ކަމަށް
ބަލައިފިނަމަ އެއެއްބަސްވުމުގެ ދަށުން ބ. މެންދޫގެ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން ބާޠިލްވެ، އެރަށް
ތަރައްޤީކުރުމުގެ ފުރުސަތު ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް ގެއްލި އެރަށަށް ފައިނޭންސް ހޯދުމުގެ ފުރުސަތު
ގެއްލިގެންދިއުމާއި، ގދ. ކާޑެއްދޫ އެއަރޕޯޓް ހިންގުމަށްޓަކައި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން 97 މިލިއަން
ރުފިޔާއަށް ވުރެ ގިނައަދަދެއްގެ ފައިސާ ޚަރަދުކޮށްފައިވުން ހިމެނޭކަން ވަގުތީ އަމުރަށް އެދި ވިލާ އެއަރ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ފޯމަށް ބެލުމުން އެނގެންއޮންނައިރު، މިކަންކަމަކީ
ފައިސާއިން އަގުކުރެވޭނެ، ފައިސާއިން ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ކަންތައްތަކެއްކަން އެނގެންއޮންނަކަމާއި،
އަދި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މިމައްސަލާގައި ބަޔާންކުރާ ޤަޟިއްޔާ ދައުލަތާ
ދެކޮޅަށް ނިމި ނިހާއީ ޙުކުމެއް އައިކަމުގައިވީނަމަވެސް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ
ބަދަލު ދައުލަތުން ދޭން ތައްޔާރަށްތިބިކަމަށް ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ ވަގުތީ އަމުރު ނެރުއްވާފައިވަނީ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް
ލިބިދާނެ ގެއްލުމެއް ހުއްޓުވުމަށްކަން އެވަގުތީ އަމުރަށް ބެލުމުން އެނގެން
.ގެންއޮންނައިރު، ވަގުތީ އަމުރަށް އެދި
ހުށަހަޅާ މައްސަލަތަކުގައި އެއަމުރު ނުނެރެފިނަމަ، އެއަމުރަށް އެދުނު ފަރާތަށް ލިބިދާން ގެއްލުމަކަށް
ރިޢާޔަތްކުރާފަދައިން އެއަމުރު ނެރުމުގެ ސަބަބުން އަނެއް ފަރާތަށް ލިބިދާނެ ގެއްލުމަކަށްވެސް ޝަރީޢަތުން
ރިޢާޔަތްކުރަންޖެހޭނެކަމާއި، މިކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 71/HC-A/2015
ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާކަން އެނގެންއޮންނައިރު، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ސިވިލް
ކޯޓަށް ހުށަހެޅި މައްސަލަ ނިމޭގޮތަކުން އެއަމުރު ނެރުއްވުމުގެ ސަބަބުން ދައުލަތަށް ލިބިދާނެ ގެއްލުން
ކުޑަކުރެވޭނެ ނުވަތަ ހިމާޔަތްކުރެވޭނެ ގޮތްތަކެއްގެ މައްޗަށް އެއަމުރު ނެރުއްވުމުގައި ދަށު ކޯޓުން
ރިޢާޔަތްކުރައްވާފައިނުވާކަން ފާހަގަކުރެވޭކަމާއި، ހުށަހެޅިފައިވާ ކަންތައްތަކަށް ބަލާއިރު، މިމައްސަލާގައި ވަގުތީ
އަމުރު ނެރުއްވުމުގައި ހިމާޔަތްކުރެވޭ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ މަސްލަޙަތަށްވުރެ، އެއަމުރު ނުނެރުމުން
ރައީކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2017/HC-A/
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ހ012ކށް
ރައްކާކުރެވޭ ދައުލަތުގެ މަސްލަޙަތު ބޮޑުކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
އެހެންކަމުން، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ
ނަންބަރު 2017
/
01/B3
-
CR3
/
VA ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ
އެއްގޮތަށް ކަމަށް ނުވާތީ އެއަމުރަށް ބަދަލު ގެންނަންޖެހޭކަމަށެވެ.
ޙުކުމް:-
ދެންފަހެ، އިސްވެބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2017/Cv-C/497 ޤަޟިއްޔާއާ ގުޅިގެން އެކޯޓުން ނެރުއްވާފައިވާ ނަންބަރު 2017
/
01/B3
-
CR3
/
VA
ވަގުތީ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނެރުއްވާފައިވާ އަމުރެއްނޫންކަމުން އެއަމުރު
ބާޠިލްކޮށް، މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv